Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ފިޔަފަތް 11

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
July 30, 2020 6 Mins Read
19 Comments

* ޒައިލީން ރަވިކާން މަރާލަން އިއުލާން ކޮށްފައި އަނބުރާ ޒައިދާންމެންގެ ގާތަށް ދާނީހެއްޔެވެ.؟ ނޫނީ ބާރީ ދިން ދެގޮތުގެ ތެރެއިން ދެވަނަ ގޮތަށް އަމަލުކޮށް އެ އާދަޔާޚިލާފް ތަނުގައި މަޑުކުރަން އެއްބަސް ވާނީ ހެއްޔެވެ.؟ *

************

“އެންމެ ރަނގަޅު.. ތި ކުދިންނަށް މިތަނުގައި ހުރެވިދާނެ.. އެކަމަކު ކުދިންކޮޅަކާއެކީގައި ކޮޓަރި ޝެއާ ކޮއްގެން…” އެ މުސްކުޅި އަންހެން މީހާ ބުނެލިއެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ.. ދައްތަގެ ތި ހެޔޮކަން ދުވަހަކުވެސް ހަނދާނެއް ނުނައްތާލާނަން…” ޒައިދާން އުފާވެފައި ގާތުގައި ހުރި ހެއިލަންގެ ކޮނޑުގައި ޖަހާލިއެވެ. ޒައިލީން ގެއްލުނުފަހުން ހުންނާނެ ތަނެއް ނެތިގެން އެއީ ވަންނަ ފަސްވަނަ ގެއެވެ. މިގޭ ދައްތަ ރަނގަޅުކަމުން ޒައިދާންމެން އެގޭގައި ބަހައްޓަން އެއްބަސްވުމަކީ ލިބުނު ކާމިޔާބެކެވެ.

“އެކުދިންނާއި ބައްދަލު ކޮށްލަން ދާންވީއެއްނު..؟” ކޮޓަރިއާއި ދިމާލަށް އިޝާރާތް ކޮށްފައި އެ ދައްތަ އެހެން ބުނެލުމުން އެބުނީ ޒައިދާންމެންނާއެކީ ކޮޓަރީގައި އުޅޭނެ ކުދިންނާއި ބައްދަލު ކުރަން ދާށޭކަން ޒައިދާންއަށް އެނގުނެވެ. އަލްޔާ މަޑުމަޑުން ޒައިދާންގެ ކަންފަތް ދޮށުގައި ދާށޭ ބުނެލުމުން ޒައިދާން އެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެއްސެވެ. “މިގޭގައި މަޑުކުރަން ކިހާވަރެއް ދައްކަން ޖެހެނީ..؟؟” ހެއިލަން އަހާލިއެވެ. “އުނހޫ.. ދަރިފުޅުމެން މިގޭގައި މަޑުކުރަން އެންމެ ރަނގަޅު ލާރި ނުދެއްކިޔަސް އިނގޭ…” އެ ދައްތައަކީ ޔޫ.އެސްގެ ރައްޔިތަކަށް ނުވާތީ އެ ދައްތަގެ އެކްސެންޓް އެހާ ރަނގަޅެއް ނޫނެވެ. “ކީކޭތޯ..؟” ހެއިލަންއަށް އެ ބުނި ޖުމްލަ ސާފު ނުވުމުން އަނެއްކާވެސް އަހާލިއެވެ.

“މި ގޭގައި ދަރިފުޅުމެންނަށް ހުރެވޭނެޔޭ ކޮންމެހެން ފައިސާ ނުދެއްކިޔަސް..!” އެ ދައްތަ ތަންކޮޅެއް ބާރަށް ބުނެލިއެވެ. “އޯހް.. ވަރަށް ބޮޑަށް ޝުކުރިއްޔާ..” ހެއިލަންއަށް އަތް ޖަހާލެވުނެވެ. ”ދައްތަ ތި ކުދިން ކާން އެއްޗެއް ހަދާނަން.. އިހަކަށް ދޭ ފެންވަރާލައިގެން އަންނަން..” އެ ދައްތަ ހެއިލަންގެ ބުރަކަށީގައި ފިރުމާލާފައި ބަދިގެއާއި ދިމާލަށް ދިޔައެވެ.

އޭރު އަލްޔާ އާއި ޒައިދާން ހުރީ ކޮޓަރީގެ ދޮރު ކުރިމަތީގައި ޓަކި ޖަހާނީ ކާކުތޯ ބަހުސް ކުރާށެވެ. ހެއިލަން އެ ގެއަށް ބަލާލިއެވެ. މާ ބޮޑު ނޫނަސް ފުދޭވަރެއް ވެއެވެ. އެގޭގައި އުޅެނީ އެދައްތަ އެކަނިކަން އެ ދައްތަ ވަނީ މާކުރިން ހެއިލަންމެންނަށް ކިޔާދީފައެވެ. މާ ފަސޭހައިން އެދައްތަ ހެއިލަންމެން އެގޭގައި ބޭތިއްބީ އެދައްތަގެ އެކަނިވެރިކަންވެސް ފިލާނެތީކަން ހެއިލަންއަށް ޔަގީން ކުރެވުނެވެ. އެ ގޭގައި ހުރީ އެންމެ ދެ ކޮޓަރިއެވެ. އެއް ކޮޓަރިއަކީ އެ ދައްތަ ނިދާ ކޮޓަރިއެވެ. އަނެއް ކޮޓަރިއަކީ އެ ކުދިން ނިދަން ޖެހޭނެ ކޮޓަރިއެވެ. އެހާ ގިނަމީހުންނަށް އެއްފަހަރާ އެ ކޮޓަރީގައި ނިދޭނެ ބާއޭވެސް ހެއިލަންގެ ހިތަށް އެރިއެވެ.

ޒައިދާން އާއި އަލްޔާގެ ބަހުސް ހުއްޓުވުމުގެ ގޮތުން ހެއިލަން ގޮސް ދޮރުގައި ޓަކި ޖަހާލިއެވެ. އަލްޔާ ހެއިލަންގެ ބުރަކަށީގައި ޖަހާލާފައި ހެއިލް ކިހާ ރަނގަޅު ހެއްޔޭ ބުނެލިއެވެ. އެތެރެއިން ދޮރު ހުޅުވުމުން އެންމެން ވާހަކަ ދެއްކުން ހުއްޓާލިއެވެ. އަލްޔާ ކޮންމެވެސް އެއްޗެކޭ ބުނެލިއަޑު އިވުނެވެ. ގައިމުވެސް ހުރީ ނުހަނު ބޮޑަށް ސިހިފައިކަން އަލްޔާގެ މޫނަށް ބަލާލި މީހަކަށް އެނގޭނެއެވެ. ހެއިލަން ކުރިމަތީގައި ހުރި މީހާގެ މޫނަށް ބަލާލިއެވެ.

************

ޒައިލީން ގޮތް ހުސްވިއެވެ. އޭނާގެ އަމިއްލަ ބޭނުމަކަށް ރަވިކާން މަރުވިޔަކަ ނުދޭނެއެވެ. އެއީ އޭނާގެ ހިތްއެދޭ ގޮތް ވެސްމެއެވެ. ގޮތް ހުސްވެފައިވާ މީހެއްގެ މޫނުމަތިން ފެންނަފަދަ ކުލަވަރެއް ޒައިލީންގެ މޫނު މަތިން ފެނުނެވެ.

ޒައިލީން އިސް ޖަހާލީ ބަންޑުން ވާން ތައްޔާރަށް ހުރި ކަރުނަތައް ފޮރުވަން ވެގެންނެވެ. “އަ.. އަހަރެން ހުންނާނީ..” ޒައިލީންގެ ދުލުން އެންމެ ފަހުން ބޭރުވިއެވެ. ޒައިލީންގެ ދުލުން ރަވިކާންގެ މަރަށް ބަސް ނުކުންނާނެކަމަށް އެ އަޑު އަހަންވެގެން ކަންފަތް ދީގެން އިން ރަވިކާންއަށް ލިބުނީ ވަރުގަދަ ޝޮކެކެވެ. ޒައިލީން އެހެން ބުނެފާނެކަމަށް ރަވިކާންގެ ހިތަކަށް ނުވެސް އަރައެވެ. ޒައިލީންގެ ފުރާނައަށް އެހާ ނުރައްކާ އޮތް ތަނަކު ޒައިލީން މަޑު ނުކުރާނެކަމަށް ރަވިކާންގެ ހިތުގައި އެހާ ޔަގީންކަން އޮތްއިރު ޒައިލީން ބުނެލި ޖުމްލައިން ހީވީ ރަވިކާންގެ މޫނުމަތީގައި މީހަކު ވަރުގަދަ ބޮނޑިއެއް އެޅިހެންނެވެ.

އަނބުރާ ދާން ލިބުނު ފުރުސަތުގެ އަތުން ދޫކޮއްލާފައި ޒައިލީންއަށް ނުވެސް އެނގޭ ތަނަކު މަޑުކުރުމަށް ޒައިލީން އެއްބަސްވީ ރަވިކާންގެ ފުރާނަ ސަލާމަތް ކޮއްދޭން ވެގެންނެވެ. ރަވިކާން މަރާލާތަން ބަލަން ޒައިލީންއަށް ނުހުރެވޭނެކަން ޔަގީންވާތީއެވެ. ރަވިކާން މަރާލާފައި ޒައިދާންމެންގެ ގާތަށް ދިޔަސް އެ ހިތަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެކަން އެނގޭތީއެވެ.

ފާރަވެރިންތަކެއް އައިސް މޭޒުމަތީގައި ކާ އެއްޗެހިތަކެއް އަތުރަން ފެށިއެވެ. ކާ އެއްޗެއްސަށް ބަލާލާފައި ޒައިލީން މޫނު އަނބުރާލިއެވެ. އެ ކާއެއްޗެހީގެ ތެރެއިން ރަވިކާން ޒައިލީން ގޮވައިގެން ދިޔަ ވިނަތަކުގެ ތެރޭގައި ހުރި މޭވާތައްވެސް ފާހަގަކުރަން ޒައިލީންއަށް އެނގުނެވެ.

“ހައްހައްހާ.. އިންސިންނަކީ ހަމަ ހިތްބަލި ކުޅޭ ކުޅޭ އެއްޗެއް ފަދަ..” ބާރީ އަޑުގެ ކޮޅަށް ހީގަންނަމުން ކެއުމަށް އިންސާފު ކުރަން ފެށިއެވެ. ރުޅިވެރިކަން މޫނުމަތިން ނުފިލާ ރަވިކާންގެ މޫނުގައިވަނީ ބަޔާން ކުރަން ދަތި ކުލަވަރެކެވެ. ޒައިލީންވެސް ކާންފެށިއެވެ. ޒައިލީން ކެއީ އާފަލާއި އެހެން މޭވާއެކެވެ.

ކައި ނިމުމާއެކީ ޒައިލީންއާއި ރަވިކާން ގޮވައިގެން ފާރަވެރިންތައް ހިނގައިގަތެވެ. ބާގަނޑަކުން އެތެރެ އަށް ވަތްތަނާ އަނދިރިކަމުން ޒައިލީންއަށް ތަންތަން ވަކި ނުކުރެވޭ ވަރުވިއެވެ. ކުއްލިއަކަށް މީހަކު ޒައިލީންގެ އަތުގައި ހިފިކަން އެނގުނެވެ. ޒައިލީން އަޅާނުލީ އެވާނީ ފާރަވެރިއަކަށް ކަން އެނގޭތީއެވެ. އެ އަތުގައި ހިފައިގެން ޒައިލީން ކުރިއަށް ދިޔައެވެ. އަނެއްކާވެސް ތަންތަން އަލިވުމުން ޒައިލީންއަށް އަމިއްލަ އަތާއި ދިމާލަށް ބަލާލެވުނީ ކުރިމަތީގައި ދެ ފާރަވެރިން ހުރުމުންނެވެ. ޒައިލީންއަށް ހުރެވުނީ ރަވިކާންގެ އަތުގައި ހިފައިގެންނެވެ. ޒައިލީންއަށް ދެން ބަލާލެވުނީ ރަވިކާންގެ މޫނަށެވެ. ކުރިން ބުނި ޖުމްލައިގެ ސަބަބުން ރަވިކާން އަދިވެސް ހުރީ ހައިރާންވެފައި ކަމަށް ވާތީ އެ މޫނުމަތިން ރުޅިވެރިކަމުގެ އެއްވެސް ކުލަވަރެއް ނެތެވެ. އޭގެ ބަދަލުގައި ޒައިލީންގެ މޫނަށް އެ ރީނދޫކުލައިގެ ދެލޯ އަމާޒުކޮށްގެން ރަވިކާން ބަލަން އިން ގޮތުން ނިކަން މައުސޫމު ވައްތަރެއް ޖެހިއެވެ.

ފާރަވެރިންތަކާއި އެކީގައި ކުރިއަށް ދިޔަވަރަކަށް ޒައިލީންއަށް އެތާތެރޭ ހުރި ‘ޖަލު ކޮޓަރި’ ތަކުގައި ހުރި ޖިންނިން ފެންނަން ފެށިއެވެ. ޒައިލީންމެން ކުރިއަށް ދިޔަވަރަކަށް އޭއްޗެހި އަޑުއަޑު ލައްވަމުން ގެންދިޔަ ގޮތުން ޒައިލީންގެ ލޯލިތައް ކޮޅަށް ޖެހުނެވެ. ފާރަވެރިން ގޮސް ޒައިލީން އާއި ރަވިކާން ވެއްދީ ތަންކޮޅެއް ދުރުގައި ހުރި ޖަލު ކޮޓަރިއަކަށެވެ. ނަމަވެސް ޒައިލީންމެން ހުރިތަނާ ބަލާފައި އެތަން މާ ހިތްގައިމެވެ.

“ތިދެމީހުންވެސް އުޅޭނީ މިތާ.. ކަލޭމެން ފިލަން މަސައްކަތް ކޮއްފިނަމަ…!!! ހަދަންވީ ގޮތް އެނގޭނީ މަށަށް..!!!!” ބާރީ ގަދައަޑުން އެހެން ހަޅޭއްލަވައިގަނެފައި ފާރަވެރިންނާއިއެކީގައި ދަމުން އެ ދޮރު ރަނގަޅަށް ތަޅުލިއެވެ.

**************

“ރޫބީ..!” އަލްޔާ ރޫބީގެ ގައިގައި އޮޅުލައިގަތެވެ. “އަލް..” ރޫބީވެސް އަލްޔާގެ ގައިގައި އޮޅުލައިގަތެވެ. “ރޫބީ.. ކާކުތަ..؟” ލައުރާއަށް އަދިވެސް އަލްޔާގެ މޫނެއް ނުފެނެއެވެ. “ލައޫ.. އިޓްސް އަލް..” ރޫބީ އުފާވެފައި ހުރިވަރުން ހުރީ ހުރިހާ ދަތްކޮޅެއް ދައްކާލައިގެންނެވެ. ލައުރާވެސް އައިސް އަލްޔާގެ ގައި ގައި ބައްދާލިއެވެ. އޭރު އެތެރޭގައި ހުރި ނައިކެން އާއި އައިދިންވެސް ނުކުމެ ޒައިދާން އާއި ހެއިލަން އާއި ސަލާމްކޮށް ހާލުއަހުވާލު އޮޅުން ފިލުވަން ފެށިއެވެ.

ކުއްލިއަކަށް ނައިކެން ބޭރަށް ބޯދިއްކޮއްލާފައި ދެފަރާތް ބަލާލިގޮތުން މީހެއް ނުވަތަ އެއްޗެއް ހޯދަނީހެން ހީވިއެވެ. “ޒައި… ކޮބާތަ ޒައިލީން..؟؟” ޒައިދާންމެންގެ ތެރޭގައި ޒައިލީން ނެތްކަން ފާހަގަވީ ނައިކެން އަށެވެ. “ތެދެއް.. ޒައި ކޮބާ..؟” ލައުރާވެސް ބޭރަށް ބޯ ދިއްކޮއްލިއެވެ. “ގައިޒް ލިސެން..” އެވާހަކަތައް ކިޔާދޭން އިސްނެގީ ހެއިލަންއެވެ.

************

ޒައިލީން އެ ކޮޓަރިއަށް ރަނގަޅަށް ބަލާލިއެވެ. ދެކޮޅުގައި ދެ އަށްޓާއި އަލަމާރިއެއް ފާޑުގެ އެއްޗެއް ހުއްޓެވެ. އެކޮޅުގައި ދޮރެއްވެސް ހުއްޓެވެ. އެވާނީ ފާޚާނާއަށް ކަމަށް ޒައިލީންއަށް ހީވިއެވެ. ޒައިލީން ގޮސް އެ އަލަމާރި ހުޅުވާލިއެވެ. ޒައިދާންމެންނާއިއެކީ އިންސާނުން އުޅޭތަނުގައި ލާކަހަލަ ޖިންސާއި ޓީޝާޓް ފަދަ އެކައްޗެއްވެސް ނެތެވެ. ވީފޫހިން ޒައިލީން އަށިމައްޗަށް ވެއްޓިގަތެވެ. އަށިމަތީގައި މުށި ކުލައިގެ ގޮދަޑިއެއް އޮތްކަން ޒައިލީންއަށް ފާހަގަވީ ދެނެވެ. އެކޮޓަރިންވެސް ދުވަނީ ނުލާހިކު މީރު ވަހެކެވެ.

ޒައިލީން އޮތްގޮތަށް އޮވެ ލޯމަރާލިއިރު ދެލޯފުރިގެން ނުފައިބައި ހުރި ކަރުނަތައް އޮހިގަނެފިއެވެ. ޒައިލީން މޫނުމަތީގައި ބާލީސް އަޅާ ބާރުކޮއްލުމަށްފަހު އެތަށް އިރެއް ވަންދެން އެހެން އޮތެވެ. ޒައިލީންއަށް އަމިއްލަ ވަގުތުކޮޅެއް ދޭން ވެގެން ރަވިކާން އަނގައިން ބުނެވެސް ނުލާ ހުއްޓެވެ. ފަސްވަރަކަށް ގަޑިއިރު ފަހުން ރަވިކާންއަށް ނުހުރެވިގެން ޒައިލީންއާއި ދިމާލަށް އިންސި ކުއްޖާއޭ ކިޔައި ގޮވާލިއެވެ.

އަޑު އިވުނެއް ކަމަކު ޒައިލީން އޮތް ގޮތަށް އޮތީއެވެ. އިތުރަށް ޒައިލީންއަށް އުނދަގޫ ނުކުރަން ވެގެން ރަވިކާން އޭނާގެ އަށީގައި ޖައްސާލިއެވެ. އެހެން އޮއްވާ ރަވިކާންއަށް ނިދުނެވެ. ރަވިކާންގެ ފަރާތުން އިތުރަށް އަޑެއް ނުއިވުމުން ޒައިލީން ބާލީސް ހިއްލާލަމުން އެދިމާލަށް ބަލައިލިއެވެ. ރަވިކާން އޮތީ ނިދާފައި ކަން ޔަގީންވުމުން ޒައިލީން ތެދުވެ އެ ދޮރު ހުޅުވާލިއެވެ. ހީވީ ހަމަ ރަނގަޅަށެވެ. އެއީ ހަމަ ފާޚާނާއެކެވެ. މިތަނުގެ ފެންވަރު ރަނގަޅުކަމުން ޒައިލީންގެ ހައިރާންކަން އަދިވެސް ނުފިލައެވެ. ޒައިނާ ކިޔާދިން ވާހަކަ ތަކުގައި ޖިންނިން އުޅެނީ ބޮޑެތި ބިރުވެރި ގަސްގަހުގައެވެ. އަނެއްކާ އެފަދަ ގަހެއްގެ ތެރޭގައި ފާޚާނާއާއި އެހެނިހެން ސާމާނުތައް ހުންނަނީ ހެއްޔެވެ.؟ ނޫނީ ޒަމާނާއި އެއްވަރަށް ޖިންނިން ވެސް ބަދަލުވަނީ ހެއްޔެވެ.؟ އެކަން ހިތަށް އެރުމުން ޒައިލީންއަށް ހެވުނެވެ. ރަވިކާން ހޭލަފާނެތީ އަވަހަށް ހުނުން ހުއްޓާލާފައި ޒައިލީން އެ އަލަމާރިން ދިގު ހަރުވާޅަކާއި ކަކުލާއި ހަމައަށް އަންނަވަރުގެ ހެދުމެއް ނެގިއެވެ. ޒައިލީންއަށް އެހެދުންތައް ކުޑަކޮށް ދުލެވެ. އެ އަލަމާރީގެ މަތީ ކަނުގައި ސަލްވިޔާއޭ ޖަހާލާފައި އޮތުމުން ޒައިލީން އެ ހެދުންތަކާއި ދިމާލަށް ބަލާލިއެވެ. ”މީ ސަލްވިޔާގެ ހެދުންތަކެއްބާ..؟” ޒައިލީންއަށް ބުނެވުނެވެ.

ޒައިލީން އަށީގައި އޮށޯވެލީ ނިދިއައުމުންނެވެ. އޭރު ރަވިކާން ގަދަ ނިދީގައި އޮތެވެ. އެހެން އޮއްވާ ޒައިލީންއަށް ނިދުނީ ކުއްލިއަކަށެވެ.

ޒައިލީންއަށް ލޯ ހުޅުވާލެވުނީވެސް ކުއްލިއަކަށެވެ. އަދިވެސް ނިދި އައިސްފައިވުމުން ރަވިކާންއާއި ބާރީގެ މަތިން ޒައިލީން ހަނދާނެއްނެތެވެ. ޒައިލީންއަށް ހީވީ މިހުރެވުނީ ޔޫއެސްގައިކަމަށެވެ. މޯޅިއަކަށް ދެމިލަމުން ޒައިލީން ކުރިމައްޗަށް ބަލާލެވުނުއިރު ފެނުނީ ނިދިފައި އޮތް ރަވިކާންއެވެ. ޒައިލީން ސިއްސައިގެންގޮސް މިހާރު އޭނާގެ ހާލަތު ކުއްލިއަކަށް ހަނދާންވިއެވެ.

ޒައިލީން ފެންވަރައިގެން އަތްދިގު ކަޅު ހެދުމަކާއި ހުދުކުލައިގެ ހަރުވާޅެއް ލިއެވެ. އޭގައި ހުރީ ބެލްޓެއް ކަހަލަ އެއްޗެކެވެ. އަދި ބޭރަށް ދާންވެއްޖެނަމަ ކަޅުކުލައިގެ އޮފު އަރައަރާ ހުރި ފައިވާނެއް ވައްތަރު ޖަހާ އެއްޗެއް ބެހެއްޓިއެވެ. އެފައިވާން ހުރީ އެންކަލްބޫޓެއް ފަދައިންނެވެ. ނަމަވެސް އޮޅިފައިވާ ރޮދިގަނޑެއް ހެން އޭގެ ވަދު ހުއްޓެވެ. ޒައިލީން އެނދުގައި އިށީންތަނާ ރަވިކާން ހޭލިއެވެ.

ރަވިކާންވެސް ފެންވެރިއެވެ. ރެއިން ފެށިގެން އޮމާންކޮށްފައިވާ އިސްތަށިގަނޑު ރަނގަޅަށް ހާވައިލިއެވެ. އިސްތަށިގަނޑު ހާވާލުމުން ޒައިލީން ހަނދާންވީ އެންމެ ފުރަތަމަ ބައްދަލުވި އިރު ރަވިކާން ހުރިގޮތެވެ. ވަރަ ހުޅުވާލާފައި ވަރައިގެ ފަތްތައް ރަނގަޅަށް އޮމާންކޮއްލުމަށްފަހު ރަވިކާން ޒައިލީން އާއި ދިމާލަށް ބަލައިލިއެވެ.

“ކީއްވެގެން އައިތަނަށް އަނބުރާ ނުދިޔައީ..؟؟؟” ރަވިކާންގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. ރަވިކާންގެ ގޮތް އެނގޭތީ ޒައިލީން ވެސް ރުޅިމޫނު ހަދާލިއެވެ. ”އަހަރެންނާއި ހެދި އެހެން މީހަކު މަރުވާން ނޭދޭތީ..” ޒައިލީން ބުނެލިއެވެ. ”ބުނީމެއްނު ދާން ބޭނުމީވެސް ދުނިޔެއަށޭ.. އެހެން ނޫނަސް އަހަރެންގެ ގާތުން ދުރަށް ދިޔައީމަ އިންސި ކުއްޖާއަށް ވެސް މާ ފަސޭހަ ވާނެއެއްނޫންތަ..؟ އަހަރެން މަރުވާން ދޫކޮއްލާފައި ދިޔަނަމަ..” ރަވިކާން ބުނެލިއެވެ. “ހެވޭ.. ރަވިކާންގެ ގާތުގައި ހުންނާކަށް ބޭނުންވާތީއެއް ނޫން ހުންނަން އެއްބަސްވީ.. މަރުވާ ތަން ބަލާކަށް ކެތެއް ނުވާނެ..” ޒައިލީން އަޑަށް ރުޅިވެރިކަން ގެނެވޭތޯ ބެލިނަމަވެސް ވެރިވީ މޮޅިވެރިކަމެވެ. ރަވިކާންއަށް އެކަން ފާހަގަކުރެވުނެވެ.

“ދޭ ބާރީގާތު ބުނަން…” ރަވިކާން ބުނެލިއެވެ. “ކޮބާ މައްސަލައަކީ..؟ އަހަރެން އަމިއްލައަށް ބާރީގާތު ބުނީ މިތާނގައި މަޑުކުރާނަމޭ.. އަމިއްލައަށް ބުނީ.. އެހެންނު..؟ ދެން ރަވިކާން އަމިއްލައަށް މަރުވާން ބޭނުމިއްޔާ އެވާހަކަ ބާރީ ގާތު ބުނޭ..” ޒައިލީން ތުން އަނބުރާލާފައި ބުނެލިއެވެ. ޒައިލީންގެ ވާހަކަތައް ދާން އުޅޭ މިސްރާބުން ރަވިކާން ރުޅިއައެވެ. “އެންމެރަނގަޅު.. އިންސިކުއްޖާއަށް ދެން ކޮންމެކަމެއް ވިޔަސް އަހަރެން ދެން ސަލާމަތެއް ނުކުރާނަން.. ނުބުނާތި އަހަރެން ނުކުރީއޭ..” ރަވިކާން ބުނެލިއެވެ. “އެހީއަކަށް އެދިގެންތާ ސަލާމަ……” ޒައިލީންގެ ބަސް ބުރިވިއެވެ. ރަވިކާން އެދިމާލަށް ބަލާލިއިރު ޒައިލީންގެ ފައިގާތު ފުދޭވަރަކަށް ބޮޑު ފައިދިގު މަކުނެއް ދުވަމުން ދިޔައެވެ. ޒައިލީންގެ ލޯ ބޮޑުވެފައި ވެއެވެ. ޒައިލީން ފައިދިގު މަކުނުދެކެ ބިރުގަންނަކަން ރަވިކާންއަށް އެނގުމުން ތުންފަތް މައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

ޒައިލީން ބިރުން ހަރަކާތެއް ނުކުރެވިފައި ހުއްޓެވެ. ފައިދިގު މަކުނު ދުވަމުން ގޮސް އެންމެ ފަހުން އެރީ ޒައިލީންގެ ފަޔަށެވެ. ޒައިލީން ރޫޅުނުފަދައެވެ. ރަވިކާންގާތު އެހީއަކަށް އެދެން އަނގަ ހުޅުވާލުމަށްފަހު ޒައިލީން މަޑުކުރިއެވެ. އެފައިދިގު މަކުނު މަޑުމަޑުން އަރަމުންދިޔައެވެ. ކަކުލާއި ހަމައަށް އޭތި އެރުމުން ޒައިލީންއަށް ހަޅޭއްލަވައިގަނެވުނީ އެހެނެއް ބަލާފައެއް ނޫނެވެ. އޭތި ވިއްސައިގެން ދޭތޯ ޒައިލީން ފައި ތަޅުވަން ފެށިއެވެ. ނަމަވެސް އެ ފައިދިގު މަކުނު ވިއްސައިގެންނެއް ނުދިޔައެވެ. އެ ފައިދިގު މަކުނު ޒައިލީންގެ އަތަށް އެރިއެވެ. ޒައިލީންއަށް އެންމެ ފަހުން ރަވިކާންއަށް ގޮވާލެވުނެވެ.

ޒައިލީން އެންމެފަހުން ބަލި ގަބޫލުކުރިކަން އެނގުމުން ރަވިކާން ގޮސް ދެއިނގިލިކުރިން ފައިދިގުމަކުނު ނަގާ ދޮރު ކައިރިއަށް ދޫކޮއްލުމުން އޭތި ބޭރަށް ނުކުތެވެ.

“ހެހެ.. އަދިވެސް ބަލި ގަބޫލެއް ނުކުރާނަންތަ..؟؟” ރަވިކާން އެހެން ބުނެލިއިރު އަޑުގައި ފަޚުރުވެރިކަން އެކުލެވިގެންވެއެވެ. އެއަޑު އިވުމުން ޒައިލީން ފޫހިވިއެވެ. “އޯކޭޔޭ.. ބަލި ގަބޫލު ކޮއްފިން.. އެކަމު ދެން ރަވިކާން ޕްލީޒް.. ދިމާ ނުކޮއްބަލަ.. އެންމެން ވެސް ބިރުގަންނަ ނޫނީ ފަކުރު ގަންނަ ބައިވަރު ކަންކަން ހުންނާނެ.. މިސާލަކަށް ޒައިލީން ފަކުރުގަނޭ ފައިދިގު މަކުނެއް ފެނުނަސް.. އެއީ އިންސިން ދެކޭގޮތް.. ޖިންނިން ދެކޭގޮތެއް ނޭނގެ..” ޒައިލީންގެ އަޑުގައި ވަނީ އާދޭހެވެ.

“ޖިންނި ފިރިހެން ކުދިންނަކީ ޖިންނި އަންހެން ކުދިންނަށް ރައްކާތެރިކަން ދޭން ޖެހޭ ބައެއް.. އަހަރެމެންގެ މާހައުލާ އިންސިންގެ މާހައުލާ އެހާ ތަފާތެއް ނުވާނެ.. އެކަމަކު ދެން އިންސި ކުއްޖާއަށް ވެސް އެނގޭނެދޯ މިހެން ބުނީމައި.. އެކަމަކު އާދަޔާޚިލާފު ކަންކަންތައް ފިޔަވާ..” ރަވިކާން ބުނެލިއެވެ. “އިންސިންނާއި ޖިންނިންގެ މާހައުލު އެހެންވީމައި އެހާ އެހާ ތަފާތެއް ނޫން..” ޒައިލީންއަށް ބުނެވުނެވެ. “ތިހެންނެއް ނޫންތަ ބުނެދޭން މިއުޅެނީ..؟” ރަވިކާން ލޯއަޅާލިއެވެ.

“ރަވިކާން ބުނަންތަ ވާހަކައެއް..؟” ޒައިލީން އެއްސެވެ. “ކުރިންވެސް އިންސި ކުއްޖާ އަހަރެންނާއި ވާހަކަ ދައްކަނީ ހުއްދަ އަހައިގެންތަ..؟؟” ރަވިކާން އަހާލިއެވެ. “ފައިން..! މި ބުނަން އުޅޭ އެއްޗަކީ ރަވިކާންއަށް ސަތޭކަ އަހަރު ވިޔަސް އަހަރެމެން ދެމީހުންނަކީ ގާތްގަނޑަކަށް އެއްވަރުގެ ދެމީހުން.. ޖިންނިންގެ އުމުރު ހާހަކަށް އެރިއަސް ވަކި ތަފާތެއް ނޯންނާނެ.. އެހެންވެ ކާފައެއްގެ ރޯލު ނުކުޅުނަސް އެންމެ ރަނގަޅޭ..” ޒައިލީން ބުނެލިއެވެ.

“ދެން ކާކުގެ ރޯލެއް ކުޅެދޭންވީ..؟ މުނިކާފަގެ ރޯލު..؟ ބައްޕަގެ ރޯލު..؟ ބޭބެއެއްގެ ރޯލު..؟” ރަވިކާން ފައްޗަކަށް އަމުނާލިއެވެ. “ނޫން.. އެކުވެރިއެއްގެ ރޯލު.. ނޫނީ ރުޅިވެރިއެއްގެ ރޯލު… ކަމުދަނީ ދެބައި ވެސް ކުޅެދިނީމަ..” ޒައިލީންއަށް އެހެން ބުނެވުނީ ކުޑަކޮށް ހީލަމުންނެވެ.

“ތިއީ ހަމަ ސީރިއަސްކޮށް ބުނާ އެއްޗެއްތަ..؟” ޒައިލީންއަށް ހެވުމުން ރަވިކާންވެސް ހިނި އައިސްފައި އެއްސެވެ. “ހްމްމް..” ޒައިލީން ބުނެލިއެވެ. ”ހެހެ.. ހީކުރީތަ އިންސިކުއްޖާ ބުނާ ކޮންމެ ރޯލެއް އަހަރެން ކުޅޭނެކަމަށް..؟ ނޫނޭ.. އަހަރެން މިއީ މިނިވަނެއް.. އަހަރެން ބޭނުން ކަމެއް ކޮއްލުމުގެ ހައްގު އަހަންނަށް ލިބިފައިވޭ..” ރަވިކާން ބުނެލިއެވެ. ޒައިލީން ބުމަ މައްޗަށް އަރުވާލަމުން ބޯޖަހާލީ ޖެއްސުމަށެވެ. ރުޅި ނައިސް އަދި ފަޚުރުވެރިނުވެ ރަވިކާންއަށް ނުހުރެވޭނެކަން އެނގޭތީއެވެ.

”އަހަރެން ބޭނުމިއްޔާ މިހާރުވެސް އިންސިކުއްޖާ މަރާލާފައި ކާލެވިދާނެ..” ރަވިކާން ލޯއަޅާލަމުން ބުނެލިއެވެ.
ޒައިލީންއަށް ހެވިފައި ހުރެވުނީ ރަވިކާން އެކުރަނީ ސަމާސާއެއްހެން ހީވުމުންނެވެ. ނަމަވެސް އެ ދެލޯ ވިދާލި ގޮތުންނާއި ޒައިލީންއާއި ގާތަށް ފިޔަވަޅު އަޅަން ފެށިގޮތުން ޒައިލީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

ރިޝްގެ ވާހަކަ: ހިތި ނިމުން

Next

ޝަހަރު 26ވަނަބައި

Next
July 30, 2020

ޝަހަރު 26ވަނަބައި

Previews
July 30, 2020

ރިޝްގެ ވާހަކަ: ހިތި ނިމުން

19 Comments!

  1. luciyaa says:
    July 30, 2020 at 8:36 pm

    wowww sooo beautifull… im curious ..alhe kihinehbaa dhaany vaany… masha allah .. v nice… ly n tc yoonyyyy …next part when … hama mihaa interesing n reethikohlahchey dhoooonnyaa

    1. luciyaa says:
      July 30, 2020 at 9:32 pm

      happy hajju n happy eid to yoon n everyone

    2. yooon yoooon says:
      August 1, 2020 at 11:49 am

      Thnxxx so much Luciyaa ??? Love you more Lucyyyyy ??? I have Submitted the nxt part now ? Insha allah will Try my best ??? U take care too dhooonnyaaa ??? Stay safe

    3. yooon yoooon says:
      August 1, 2020 at 11:51 am

      Eid Mubarak Luciyaa dear ????? May Allah grant all ur wishes n bless you with an amazin life ??? Take care

  2. N0 oNe says:
    July 30, 2020 at 8:44 pm

    wow wow wow wow wow wow wow wow wow woooooooww…???
    haada reehchey…?????
    varah salhi ♥️♥️♥️♥️♥️
    hama habeys ???
    tc n stay safe gey sissssoooo..??
    luv u a lotss…????????

    1. yooon yoooon says:
      August 1, 2020 at 11:53 am

      Thanxxiesss No one ??? Rlly happy ? You take care too ingeii ??✨ Love you so much more as alwaysss ?? Stay safe n take care Dearlingsss

  3. Een says:
    July 30, 2020 at 9:01 pm

    …….Mashaa Allah so this part is so beautiful ?
    …….. curiously waiting for the next part ??
    ………lysm and tgc my lovely author ♥️♥️♥️
    ………..Eid Mubarak my lovely author..and all of you who read this story…..???♥️♥️

    1. yooon yoooon says:
      August 1, 2020 at 11:54 am

      Thnxx so much Een dealarr ??? Insha allah the nxt will be uploaded soon ?? Awwnnnn Eid mubarak to u too Een ??? Love you more ???? Tc dearlingsss

  4. N0 oNe says:
    July 30, 2020 at 9:05 pm

    oh btw..
    EID MUBARAK everyone..???
    may god bless you with all the happiness in this world..

    1. yooon yoooon says:
      August 1, 2020 at 11:56 am

      Eid mubarak No one sweetie ??? Stay safe

  5. ❤️❤️❤️❤️❤️ says:
    July 30, 2020 at 9:44 pm

    Vhk v rythi… Btw eid mubarak

    1. yooon yoooon says:
      August 1, 2020 at 11:57 am

      Thnk u so much dear ???✨ Alheii Eid Mubarak to u too dear ??? Lovsss

  6. Rose says:
    July 30, 2020 at 10:11 pm

    ?❤❤❤❤Varah reethi mi baa ves EID MUBAARAK Everyone

    1. yooon yoooon says:
      August 1, 2020 at 11:58 am

      Thannxxies Rose ??? N Eid mubarak to u too sweetie ??✨ Lysm n tc dear

  7. Nerr__ says:
    July 31, 2020 at 1:04 am

    varah reethi mi part vx ❤️❤️.. Eid Mubarak everyone.. nxt part vx avaha up kohdhechey ingey ?

    1. yooon yoooon says:
      August 1, 2020 at 11:59 am

      Thnk u vvvv much Nerr__ ??? Insha allah nxt vrh avahah up waane ?? Eid mubarak to u too dearlinnnn ???? stay safe

  8. ?Ril? says:
    July 31, 2020 at 9:26 am

    Wow mi part ves vrh Sali amazing . ?????????????????
    Rakivaan aa zaileen aa haadha majaley dhw baehfahru heheheh?????
    Vrh curious kohlaafaa ingey Yoon thininmaalee.???
    When next waitting ingey??
    Love uuu❤️❤️???
    Tc and stay safe❤️❤️❤️
    Eid Mubarak to Yoon and other readers ???????

    1. yooon yoooon says:
      August 1, 2020 at 12:03 pm

      Awww Thnxxx Ril dear ???? Yesh Labba v majaa dhw baeh faharu faharu ??? It’s kinda my hobby to make the ending like that ?? Nxt soon Insha allah ???? Love you so so much more ingeii ??????? Eid Mubarak to u too dearr ✨✨✨ Stay safe and take good care Ril dearr ??? lovesss

  9. yooon yoooon says:
    August 1, 2020 at 12:09 pm

    Heii my lovelyy Reader Dearsss ??? Now that i got the chance, I wish ya all A Very happy Eid ✨✨?? Eid Mubarak guysss ??? Hope u all had an amazin Eid while staying safe ??? I have submitted the next part now and after it gets the admin approval, You guys will get go read it ??? Hope u all enjoyed reading this story ???? May Allah Bless you with A fabulous n an amazing Awesome Life With lots of happiness ??? I love u all so much ????? So all of u stay safe and take vvv good care because I’ll be vvvv sad if even one of u gets sick ????? So be well n keep on readin ???? Once again Love u all

Comments are closed.

Next Episodeފިޔަފަތް 12←


All Right Reserved!