1 އަހަރު ފަސް
މިއަދަކީ ޝައުނާ އިތުރަށް ތަޢުލީމު ޙާޞިލް ކުރުމަށް މާލެ ދާ ދުވަހެވެ. ޢާއިލާގެ އެކި މެންބަރުން ޝައުނާއަށް ބައްދަލު ކޮށްލަން ގެއަށް އެބަ އާދެއެވެ. ދަތުރަށް ތައްޔާރުވެގެން ބަންދަރުގައި ތިބީމެވެ.
އަހަރެން ގޮސް ލާންޗަށް އެރީމެވެ. އަހަރެންގެ ޙަޔާތުގައި މިއަދަކީ އެހެން ކަހަލަ އިޙުސާސް ތަކެއް ކުރެވޭ ދުވަހެކެވެ. މައިންބަފައިން ދޫކޮށް އެހެން ރަށެއްގައި އަހަރެންނަށް އުޅެވޭނެބާއޭ ޝައުނާ ހިތައް އަރަމުން ދިޔައެވެ. ކޮންމެއަކަސް ލާންޗު މާލެއަށް މިސްރާބު ޖަހައިފިއެވެ. ޝައުނާގެ ހިތުގައި ޝަމްވީލްގެ ހަނދާންތައް އަދިވެސް ހުރީ ތާޒާ ކޮށެވެ. އަބަދު ވިސްނެއެވެ. އަދި ޝަމްވީލް އަންނާނޭބާއޭ ހިތައް އަރައެވެ. ޝަމްވީލާ ނުލައި އުޅެވޭނެބާއޭ ހިތައް އަރައެވެ.
ސިއްސައިގެން ގޮސް ޝައުނާއަށް ހޭލެވުނެވެ. ލާންޗު އޮތީ މާލޭ ފަޅުތެރޭގައެވެ. މާލޭގައި ހުންނަ ޝައުނާގެ ކުޑަބޭބެ ކަމަށްވާ އަނަސް ޝައުނާ ކައިރި ހުއްޓެވެ. “ބަލަ ޝައުނާ، ހިނގާ ދަމާ އަވަހަށް!” އަނަސްގެ ސައިކަލު ފަހަތައް އަރައި ޝައުނާ ދިޔައެވެ.
ޝައުނާ ދުވަހަކުވެސް ދެކެފައިނުވާ ފަދަ ތަނެކެވެ. ޝައުނާ މާލެ އައީ މުޅިން އަލަށެވެ. އުސް އިމާރާތްތައް ފެނިފައި ކުޑަކޮށް ބިރުވެސް ގަތެވެ. 10 މިނެޓު ތެރޭގައި ޝައުނާ ގޮވައިގެން އަނަސް ގެއަށް ގެނައެވެ. “މިއީ ޝައުނާ ހުންނާނެ ގެ” ޝައުނާ ގޮވައިގެން އެތެރެއަށް ވަންނަމުން އަނަސް ކިޔައިދިނެވެ. ސިޑިއަކުން އަރަމުން އަރަމުން ގޮސް ތިންވަނަ ފްލޯރ އާ ހަމައަށް ދެވިއްޖެއެވެ.
“މިއީ ޝައުނާގެ ކޮޓަރި!” އަނަސް ބުންޏެވެ. އެމީހުން ފަހަތުން އެތަނުގެ ބޮޑު މީހާ އައިސް އެމީހުންނާއެކީ އެ ކޮޓަރިއަށް ވަނެވެ. “މި ކޮޓަރީގެ އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދީ އުޅެވޭތޯ ބަލާތި، ދެން މިހުރީ ފާޚާނާ، މި ކޮޓަރީގައި ކަނބުލޮގެ އިތުރުން އަދި އެއް ކުއްޖަކު އުޅޭނެ، މި ކޮޓަރީގައި ދުންފަތުގެ އިސްތިޢުމާލު ކޮށްގެން ނުވާނެ!”
ކަންތައް ކުރަންވީ ގޮތް ވަރަށް ރަނގަޅަށް އެމީހާ ކިޔައިދީފައި ކޮޓަރީގެ ތަޅުދަނޑި ދިނުމަށްފަހު ހިނގައްޖެއެވެ. “ކުޑަބޭބެ ވެސް މިދަނީ…” އަނަސް ވެސް މިހެން ބުނެފައި ހިނގައްޖެއެވެ.
ޝައުނާގެ ދަބަސް އެނދު ކައިރީގައި ބެހެއްޓުމަށްފަހު އޮށޯވެލިއެވެ. ވަރުބަލިކަން ފިލުވައިލާށެވެ. އެހިނދު ޝައުނާގެ އެނދުގެ ވާތް ފަރާތު އެނދެއްގައި އިން ޝައުނާމެން ވަރުގެ އަންހެން ކުއްޖަކު ގޮވާލިއެވެ.
“ކޮން ނަމެއްތަ ކިޔަނީ؟ ކޮން ރަށު ކުއްޖެއްތަ؟” ޝައުނާ ޖަވާބު ދިނެވެ. “އަހަންނަށް ކިޔަނީ ޝައުނާ، ރަށަކީ ތުލުސްދޫ….! ތީނަ އަށް ކޮން ނަމެއްތަ ކިޔަނީ؟” “މަށަށް ކިޔަނީ އަފްނާން” އޭނާ ބުންޏެވެ. ދެމީހުން ވާހަކަ ދެކެވެމުން ގޮސް އެކުވެރި ވިއެވެ. ކަން ދިމާކުރި ގޮތުން ޝައުނާއާއި އަފްނާން ވެސް އުޅެން ޖެހެނީ އެއް ކޮލެޖެއްގައެވެ.
ހެނދުނު ގަޑިން 7 ޖަހައިފިއެވެ. ޝައުނާއަށް ހޭލެވުނީ އޭނާގެ ފޯނު އެލާމު ވާ އަޑަށެވެ. ތެދުވެ ފާޚާނާއަށް ވަދެފައި ނުކުމެ ކިލާހަށް ދާން ތައްޔާރުވިއެވެ. އަފްނާން އިނީ ތައްޔާރު ވެގެންނެވެ. 8 ޖަހަންވާއިރަށް ދާން ޖެހެއެވެ. ތައްޔާރުވެގެން ދެމީހުން އެކީގައި ހިނގައިގަތެވެ.
ކޮލެޖުގެ ގޭޓާ އަރާ ހަމަވަނިކޮށް ފަހަތުން ދުވެފައި އައި ޒުވާން ފިރިހެނެއް ޝައުނާގެ އަތުގައި ޖެހި ފޮތްކޮޅު ވެރިއްޖެއެވެ. އެ ޒުވާނާ ފަހަތް ބަލައިލިއެވެ. ޝައުނާ ދިޔައީ ސިއްސައިގެންނެވެ. ޝައުނާއަށް ހުރެވުނީ އޭނާއަށް ބަލާށެވެ. އޭނާ އެ ފޮތްކޮޅު ނަގާފައި ދިން އިރުވެސް ޝައުނާ އަށް ހުރެވުނީ އޭނާގެ މޫނަށް ބަލާށެވެ. “އޭތް، ތިވަރުވާކަށް ނުވެޔޭ…!” އަފްނާން ހޭން ފަށާފައި ބުނެލިއެވެ. ޝައުނާ ވެސް ހިނިތުން ވެލާފައި ކިލާހަށް ހިނގައްޖެއެވެ.
“މިވީ ކިހިނެއް؟ އެއީ ޝަމްވީލްބާ….؟ ނޫން.. ޝަމްވީލަށް ވުރެ ކުޑަކޮށް ދިގު! އެހެން ނޫނަސް ޝަމްވީލް؟؟؟؟؟؟؟؟؟” ޝައުނާ ހިތަށް އަރަމުން ދިޔައެވެ.
އަފްނާން އޮތީ ފޯނު ހިފަހައްޓައިގެން ކޮންމެސް މީހަކަށް މެސެޖު ކުރާށެވެ. “އޭތް އަފްނާން…. މިއަދު ކޮލެޖަށް ދަނިކޮށް ދިމާވިއެއްނު މީހެއް! އެއީ ކާކުތަ؟ އޭނަ ދަންނަންތަ؟” ޝައުނާ އެހިއެވެ.
“އޭނާއަށް ކިޔަނީ އިކުރާމު، އަހަރެމެން ކިލާހުގައި އުޅޭނީ…! ކިހިނެއްވީ؟ ލައިކް ވީ ދޯ!” އަފްނާން ވަރަށް މަޖާވެފައި ބުނެލިއެވެ.
“ނޫނޭ، އެހެންވެއެއް ނޫން….ދަންނަ މީހަކާ ވައްތަރު ވީމަ މި އަހާލީ!” ޝައުނާ ބުންޏެވެ. ޝައުނާ އަޖާއިބުވިއެވެ. އޭނާ ޝަމްވީލަށް ހާދަ ވައްތަރެވެ. ހަމަ އެ ތުންފަތެވެ. ހަމަ އެ ލޮލެވެ. އެ ނޭފަތެވެ. އެ މޫނެވެ. އެ އިސްތަށިގަނޑެވެ. އެ ހަށިގަނޑެވެ. ހަމައެކަނި ތަފާތީ އޭނާގެ އިސްކޮޅެވެ. ޝަމްވީލަށް ވުރެ އޭނާ ކުޑަކޮށް ދިގެވެ. އަދި އޭނާގެ އަޑެއް ނީވެއެވެ. އެހެންކަމުން އަޑު ކިހާ ވައްތަރު ކަމެއް ނޫނީ ނޫން ކަމެއް ނޭނގެއެވެ.
“އޭނަ އެހި ޝައުނާ ވާހަކަ!” އަފްނާން ބުނެލިއެވެ. “ދެން؟؟” ޝައުނާ ދެލޯ ބޮޑު ކޮށްލާފައި ބުނެލިއެވެ. “އަހަރެން ބުނިން ތިއީ މިވެނި ރަށެއްގެ މިނަން ކިޔާ ކުއްޖެކޭ…!” އަފްނާން ކިޔައިދިނެވެ. ޝައުނާ އެއްޗެކޭ ނުބުނެއެވެ.
“ކިހިނެއްވީ އެއްޗެކޭ ނުބުނީ؟ ރުޅި އައީތަ؟” އަފްނާން އެހިއެވެ. “ނޫން ރުޅިއެއް ނާދޭ…” ޝައުނާ މިހެން ބުނެފައި އޮށޯވެލިއެވެ. ޝައުނާއަށް އަނެއްކާވެސް ނޭނގޭ އިޙުސާސްތަކެއް ކުރެވެން ފެށިއެވެ. ލޯ މަރާލާއިރަށް ފެންނަނީ އެ މޫނެވެ. އިކުރާމްގެ މޫނެވެ. ޝަމްވީލްގެ މޫނެވެ. ‘އަހަރެންނަށް އަނެއްކާ އިކުރާމް ދެކެ…….’ ޝައުނާ ހިތަށް އެރިއެވެ. ‘ނޫން…..ނޫން….. އެހެނެއް ނުވާނެ…..” ޝައުނާ އަށް އިކުރާމް ދެކެ ވެވުނީ ފާޑެއްގެ ލޯތްބެކެވެ. އޭނާ އަސްލު ލޯބިވަނީ އިކުރާމް ދެކެއެއް ނޫނެވެ. ޝަމްވީލް ދެކެއެވެ. އެކަމަކު ޝަމްވީލްގެ އެ ރީތި މޫނު ދެކެ ވާލޯބި އިކުރާމްގެ މޫނު ދެކެ ވެވުނީއެވެ. މިއީ ކޮން ކަހަލަ އިއްތިފާޤެއް ހެއްޔެވެ. ‘މަށަށް ރަނގަޅީ ދެން އިކުރާމް ނުފެނިއްޖިއްޔާ’ ޝައުނާ ހިތަށް އަރަމުން ދިޔައީ މިހެންނެވެ. އޭނާ އެ ލޯބިވާކަށް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ލޯބި އެއީ ވެވޭ އެއްޗެއް ކަމުން، އިކުރާމް ދެކެ ޝައުނާއަށް ލޯބި ވެވުނީއެވެ.
ޖެހިގެން އައި ދުވަހު ވެސް އޭނާ ފެނުނެވެ. ވާހަކަ ވެސް ދެއްކިއެވެ. ވަރަށް ރައްޓެއްސެވެ. މިއީ ޝައުނާއާއި އިކުރާމާއި ދެމީހުން ވާހަކަ ދައްކަން ފެށުނު ދުވަހެވެ. އެކަކު އަނެކަކަށް ފޯނު ނަންބަރު ދިނެވެ. ބެސްޓް ފްރެންޑްސް އަށް ވެއްޖެއެވެ.
ހަފްތާއެއް ފަހުން ދެމީހުން އެކުގައި ވަގުތު ހޭދަ ކުރަން ފަށައިފިއެވެ. ދެމީހުންގެ ދިރިއުޅުމުގެ ވާހަކަ ދައްކައެވެ. އިކުރާމަށް ޝައުނާ ދެކެ ލޯބިވެވުނީ ދެމީހުން އެކުގައި ވަގުތު ހޭދަ ކުރަން ފެށި ފަހުންނެވެ. އަފްނާންއާއި އިކުރާމާއި ޝައުނާ ރޭގަނޑު ކޮފީއަށްވެސް ދާން ފެށިއެވެ. އިކުރާމް ޝައުނާއަށް ލޯބި ހުށަހެޅީ އަފްނާން ނުދާ ރެއެއްގައި ޑައިނަމޯ ގައި އިނދެފައެވެ. ޝައުނާ ޝަމްވީލްގެ ހަނދާންތައް އާވިއެވެ. އިރުކޮޅަކު ބަހެއް ނުބުނެ އިނެވެ. ނަމަވެސް އިކުރާމްގެ ލޯބި ޤަބޫލު ކުރިއެވެ.
“ދަރިފުޅާ……..”.”މި އަންނަނީ މަންމާ ބޭސް ގަނެގެން…………”.”ކަލޭމެން ތިއީ ކޮންބައެއް……………………..”.”އަހަންނަށް ތިހެން ނުހަދާ، ހެޔޮނުވާނެ…………………”.”ޝައުނާ……….” ޝަމްވީލަށް ހޭލެވުނީ މި ހުރިހާ ކަމެއް ހުވަފެނެއްގެ ގޮތުގައި ފެނިފައެވެ. ޝަމްވީލް ހަނދާންވާން ފެށިއެވެ. ‘މަންމަ، މަންމަ، ބޭސް ގަނެގެން ގެއަކަށް ނުދެވޭ…..މަންމަ ކޮބާ……؟ މަންމަ ޙާލު ކިހިނެއްބާ؟؟’ ޝަމްވީލް ހަނދާނަށް ހުރިހާ އެއްޗެއް އަތުވެއްޖެއެވެ. ‘ޝައުނާ؟’ “ޝައުނާ………………”
ޝަމްވީލް ހަޅޭއްލަވައިގަތް އަޑަށް ތަނުގެ ސެކިއުރިޓީ މީހުން އައެވެ. “އަހަރެން މިތަނަށް ގެނައީ ކީއްކުރަން؟ ކަލޭމެން ކައިރީގައޭ މި އަހަނީ، ޖަވާބު ދީބަލަ! ކޮބާތަ އަހަރެންގެ މަންމަ؟ އޭތް….” ޝަމްވީލް ރުޅި އައިސްގެން ގޮސް ރޮވިއްޖެއެވެ. ސެކިއުރިޓީ ސިފައިން، ބޮސް އަށް ގުޅައިގެން ގެނެސް ޝަމްވީލްގެ ޙާލު ދެއްކިއެވެ. ޝަމްވީލް އެއްކޮށް ރަނގަޅުވީ ބާއެވެ. އާއެކެވެ. ﷲގެ އިރާދަފުޅުން ޝަމްވީލް މުޅިން ރަނގަޅު ވީއެވެ. މަންމަގެ ދުޢާ އިޖާބަ ކުރެއްވީއެވެ.
ނުނިމޭ…
4 Comments!
Comments are closed.

maasha Allah ❤️❤️❤️❤️
varah reethi mi part ves brw…???
take care n stah safe gey…???
❤️ EID MUBARAK ❤️
.???
EID Mubaarak
V reethi mi baives…Naaim eid mubaarak… Waiting for the next part
EID MUBAARAK