Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންމަޖާލޯބި

ޝަހަރު 26ވަނަބައި

kudhoo Level 310 Stories100 Comments
July 30, 2020 4 Mins Read
6 Comments

” ރާވިން ކިހިނެއްވީ.. ދެލޯވެސް ހާދަ ރަތޭ..” މަޑުމައިތިރި އަޑަކުން މަލާއިން އަހާލިއެވެ. ” މަލާ އަހަރެން ވަރަށް ދުވަސް ވެއްޖެ ހިތުގައި މިވާހަކަ ބާއްވައިގެން އުޅޭތާ… ދެން އެކަމަކު ނުބުނެ ހުންނަން އުނދަގޫވެއްޖެ..” ރާވިން ބުންޏެވެ. ” ކީކޭތަ ރާވިން ނުބުނެވިގެން ތިއުޅެނީ… ރާވިން ކީއްވެ ނުބުނެ ހުންނަންވީ؟..” ރާވިން ބުނަން އެއުޅެނީ ކީއްކޭކަން ނޭނގި މަލާއިން އަހާލިއެވެ.

” މަލާ އަހަރެން… އަހަރެން… މަލާދެކެ ވަރަށް ކުޑައިރުން ފެށިގެން ވެސް ލޯބިވޭ…” ބުނަން ނުބުނަން ހުންނަ ފަދައަކުން ރާވިން ބުންޏެވެ. ” އަޅެ ތިވާހަކަތަ.. މިއޮތް ހުރިހާ ދުވަހު ނުބުނެ ތިހުރީ… ރާވިންތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ… އަނެއްކޮޅުން އަހަރެންނަށް އެނގޭ މި އާއިލާގެ އެންމެންވެސް އަހަރެން ދެކެ ލޯބިވާކަން…” މަލާއިން ބުންޏެވެ.

” މަލާތީ އަހަރެންގެ ކުޑއިރުއްސުރެ އެކުވެރިއެއް އަދި މިއާއިލާގެ މެންބަރެއް އެކަމަކު އަހަރެންގެ ހިތުގައި މަލާއަށް ދެވިފައިވާ ގުޅުން އެއަށްވުރެ ބޮޑު… އަހަރެން މަލާދެކެ ލޯބިވަނީ ހަމައެކަނި އެގޮތަކަށް ނޫން..” ރާވިން ބުންޏެވެ. ރާވިން ކިޔާއެއްޗެއް މަލާއިން ސާފުވީ އަދި ކިރިޔާއެވެ. ދެމީހުންގެ ދުލުންވެސް އިތުރު ބަހެއް ނުބުނެ ފަސްމިނިޓް ވަރު ހޭދަވެގެން ދިޔައެވެ. ” އަހަރެންނަށް އެނގޭ ލޯތްބަކީ އެމީހަކު ގަސްދުގައި ވާއެއްޗެއް ނޫންކަން.. އެކަމަކު އަހަރެން ދެކެނީ ރާވިންތީ އަހަރެންގެ އެކުވެރިއެއް، އަދި އާއިލާގެ މެންބަރެއްގެ ގޮތުގައި.. އިތުރަށް ދުވަހަކުވެސް ދެކޭކަށް ބޭނުމެއް ނޫން…. އަހަރެންވެސް ކުއްޖަކު ދެކެ ލޯބިވޭ.. އަހަރެންނަށް މާފުކުރޭ… އަހަރެންނަކަށް ނެތް އާއެކޭ ބުނެވޭކަށް..” މަލާއިން ބުނަން ބޭނުންވި ވަރަށް ބުނެވުމުން އަވަހަށް އެކޮޓަރިން ނިކުމެގެން ދިޔައެވެ.

ރާވިން މަލާއިން މަޑުކުރުވާކަށް މަސައްކަތެއް ނުކުރެއެވެ. ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫންކަން ރާވިންއަށްވެސް އެނގެއެވެ. ނަމަވެސް އޭނަ މަލާއިން ނޫން ކުއްޖަކު ހަޔާތަށް ގެންނާކަށް ބޭނުމެއް ނުވެއެވެ. ދުވެފައި ގެއަށް ވަންނަން އައި މަލާއިންގެ ލޮލުގައި އަޅައިގަތީ ބޭރު މޭޒު ދޮށުގައި ވަތަށް އިސްޖަހާލައިގެން ވިސްނުމަކަށް ގެއްލިފައި ހުރި ހާތިބުއެވެ. މަލާއިންގެ ދުވެއްޔަށް މަޑުކަމެއް އައެވެ. މަޑުހިނގުމެއްގައި ގޮސް ހާތިބުގެ ކައިރީގައި ހުއްޓިއްޖެއެވެ. ހާތިބުވެސް އޭނާ ގާތުގައި މީހަކު އައިސް ހުއްޓުނުހެން ހީވެގެން ބަލާލިއެވެ. މަލާއިން ފެނުމުން ވާހަކަ ދައްކާ ހިއްވިޔަސް ބަހެއް ކިޔާކަށްވެސް ހާތިބު އަކަށް ނުކެރުނެވެ. އެއީ ހުވަފެނުގެ ރާނީއަކީ މަލާއިން ކަމުގައި ވިޔަސް އޭނާއާ ދުރުގައި ހުންނަން ހާތިބަށް މަޖުބޫރު ވެއްޖެއެވެ. އެހެންނޫނީ އެދެމެދުގައި ހިނގާނީ ކޮންފަދަ ކަމެއްކަން އަންދާޒާ ކޮށެއްވެސް ނުލެވޭނެއެވެ.

” ހާތިބު މިތާ ކީއްތިކުރަނީ… އެކަމާ ވިސްނަނީ ދޯ؟..” ވާހަކަ ދައްކަން ނުކެރުނު ކަމުގައި ވިޔަސް ހާތިބާ ގާތް ގުޅުމެއް ބާއްވަން މަލާއިން ބޭނުންވެއެވެ. އޭނާއަށް ހާތިބު ހަމަލޮލަށް ފެނުމުގެ ކުރިންވެސް ވަނީ ލޯބި ވެވިފައެވެ. މިހާރު ހަމަލޮލަށް ފެނުމުން އެފުރުސަތު ދޫކޮށްލަންވީ ކީއްވެގެން ހެއްޔެވެ. ހާތިބު ހަމައެކަނި ހީލުމަކުން ފުއްދާލިއެވެ. ނަމަވެސް އޭނަ އެކަމާ ވިސްނާވަރު އެ މޫނު މަތިންވެސް ފެންނަން ހުއްޓެވެ. ” އެއީ ރާވިންގެ އުޅުން ހުންނަގޮތް…. އޭނަ ހިތްހަމަ ނުޖެހޭ ކަމެއް ވެއްޖެއްޔާ ވަގުތުން އެކަން ފިލުވާލަން މަސައްކަތް ފަށާނެ..ފަހުން އޯކޭވާނެ..” މަލާއިން ބުންޏެވެ. މަލާއިން ވާހަކަ ދައްކާއިރުވެސް ދުރުގޮތެއް ނުހުރެއެވެ. އެއަޑުގައި ވަނީ އޯގާތެރިކަމާ ލޯތްބެވެ. ވާހަކަ ނުދައްކަން ނިންމައިގެން ހުރި ހާތިބުއަށް މިފަހަރުވެސް ދަމާ ބާރަކުން އޭނަގެ އަޑު ނިކުންނަން ފެއްޓިއެވެ. ” މަލާއިން ދޯ ކިޔަނީ…” ހާތިބު އަހާލިއެވެ. ” އާނ! އާއިލާގެ އެންމެނާ ރައްޓެހިން ކިޔަނީ މަލާ… ހާތިބު ބޭނުންވަންޏާ މަލާ ކިޔަސް އޯކޭ..” މަލާއިން ބުންޏެވެ. ” މަލާއިން ވަރަށް ރީތި ނަމެއް.. އަދި މަލާ ކިޔާއިރު އެއަށްވުރެ ލޯބި..” ހާތިބު ބުންޏެވެ. ” އެބައަންނަން ކޮފީއެއް ހިފައިގެން ދެމީހުނަށް… ކޮފީއެއް ބޯލުމުން ސިނކުޑިއަށް ލުއިވާނެ..” މަލާއިން މިހެން ބުނެ އޭނަގެ ގެއަށް ވަންނަން ހިނގައިގަތެވެ. ހާތިބު އަށް އަނެއްކާވެސް ވާހަކަ ދެއްކެނީއެވެ. ގަސްދުގައި ވާހަކަ ދައްކަން ބޭނުންވެގެނެއް ނޫނެވެ. އިރުކޮޅެއްފަހުން ހޫނު ދެކޮފީތަށި ހިފައިގެން މަލާއިން އައިސް އެއްކޮފީތަށި ހާތިބު ކައިރީ މޭޒުމަތީ ބަހައްޓާފައި އަނެއް ކޮފީތަށި އޭނަގާތުގައި ބަހައްޓައި އިށީދެއްޖެއެވެ. ” އަހަރެން ވާހަކައެއް ދައްކާލަން ބޭނުން..” ހާތިބު ބުންޏެވެ. ” އަޑުއަހަން މިހުރީ އަވަހަށް ބުނޭ..” މަލާއިން ބުންޏެވެ. ” އަހަރެންނަށް ވަރަށް ކުރިއްސުރެ މަލާއިން ހުވަފެނުންފެނޭ…. އަހަރެންނަށް އެނގޭ މީ ގަބޫލު ކުރެވޭފަދަ ވާހަކައެއް ނޫންކަން… އެކަމަކުވެސް ތެދަށް މިބުނީ.. ގަބޫލުކުރުމާ ނުކުރުން އެއީ މަލާގެ ކަމެއް..” ހާތިބު އޭނަ ދައްކަން ބޭނުންވާ ވާހަކައިގެ ސީދާ މައުޟޫއަށް ދިޔައެވެ. ” ކީއްވެ އަހަރެން ގަބޫލު ނުކުރަންވީ… ތިކަންތައް އަހަރެންނަށް ދިމާވާތާވެސް އެތައް ދުވަހެއް ވެއްޖެ…” މަލާއިން ބުނި ވާހަކައިން ހާތިބަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ. ތަގުދީރުގައި އޭނައާ މަލާއިން އާގުޅެންވަނީ މާކުރިންވެސް ނިމިފައިބާއެވެ.

ދެމީހުންނަށްވެސް އިތުރަށް ކިޔާނެ އެއްޗެއް ނޭނގި މަޑުމަޑުން ކޮފީތަށީގައި ތުނބު ޖައްސާލާ އެތިފޮދުން ބޮމުން ގެންދިޔައެވެ. ހާތިބަށް ހުރެވުނީ ގަނޑުވަރުން ނިކުމެގެން ދާމީހުން ފެންނަ ދިމާލުގައި ކަމުން ހާތިބަށް ކުއްލިއަކަށް ފެނުނީ އެމީހުނާ ދިމާލަށް ބަލަހައްޓައިގެން ހުރި ރާވިންއެވެ. އަލިފާނުގައި ފޫ ޖެހުނުހެން ފުންމައިގެން ހާތިބު ގޮނޑިން ތެދުވުނެވެ. ހާތިބު އެހާ ކުއްލި ގޮތަކަށް ތެދުވުމުން މަލާއިން ސިއްސާގެންގޮސް އޭނަ އަތުގައި ހުރި ކޮފީތަށިވެސް ބަންޑުންވިއެވެ. ހާތިބު ބަލަހައްޓައިގެން ހުރި ދިމާލަށް މަލާއިން އެނބުރި ބަލާލައިފިއެވެ. މަލާއިންއަށްވެސް ލިބުނީ ސިހުމެކެވެ. މަލާއިން އެނބުރި ބަލާލުމުން ހިތްދަތިކަމާ ވޭނާ ރުޅި އެކުލެވިގެންވީ ލޮލަކުން ބަލަހައްޓައިގެން ހުރި ރާވިން ބޭރަށް ދާން އޮތް މަގުން ހިނގައިލައިފައި ގޮސް އޮބާލިއެވެ. އިރުކޮޅެއް ވަންދެން ދެމީހުނަށް ވެސް ބަހެއް ނުބުނެވި ރާވިން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ދެމީހުންގެ ހަށިގަނޑުވެސް ގޮނޑިތެރެއަށް ދޫކޮށްލެވުނީ އެއްފަހަރާއެވެ.

” މަލާއަށް އެނގޭތަ ރާވިން މަލާދެކެ ލޯބިވާކަން…” ހާތިބު އަހާލިއެވެ. ހާތިބު އަހާލި ސުވާލުން ހައިރާން ކަމާއެކު މަލާއިންއަށް ހާތިބާ ދިމާލަށް ބަލާލެވުނެވެ. ” ކިހިނެއް ހާތިބަށް ތިކަން އެނގުނީ… ހާތިބު  ކައިރީ އޭނާ ބުނީތަ؟… ” ހައިރާންކަން އެކުލެވިގެންވީ ރާގެއްގައި މަލާއިން އަހާލިއެވެ. ” ނޫން.. އަހަރެންނަށް އެނގުނީ ދެންމެ ރާވިންގެ އެކުވެރިން ބުނުމުން… އެމީހުން ބުނުމުގެ ކުރިންވެސް ރާވިން ބުނި އޭނަ ލޯބިވާ ކުއްޖަކު ހުރި ވާހަކަ.. އެކަމަކު އޭރު ނުބުނޭ ކޮންކުއްޖެއްކަމެއް..” ހާތިބު ހުރިހާ އެއްޗެއް އެއްފަހަރާ ކިޔައި ދިނެވެ. “ކުރިއަކުން ނޭނގެ.. ދެންމެ ރުޅިއައިސް ގެން އައީމަ ވީ ކީއްތޯ އަހާލަންވެގެން ވަނީމަ ބުނީ.. އަހަރެން އޭނައަށް ޖަވާބު ދީފިން… އޭނައަކީ ކުޑަ އިރުއްސުރެ އަހަރެންގެ އެކުވެރިއެއް އަދި އާއިލާގެ މެންބަރެއް.. އެއަށްވުރެ އިތުރު ގުޅުމަކަށް އަހަރެން ނުވިސްނަން… އަދި އަހަރެން ލޯބިވާ ކުއްޖެއް ހުންނަކަން މިހާރު އޭނައަށް އެނގޭނެ…” މަލާއިންވެސް ހުރިހާ ވާހަކައެއް އެއްފަހަރާ ބުނެލިއެވެ. ” އެހެންތަ.. މަލާއިން ލޯބިވާ ކުއްޖެއް ހުރޭތަ؟..” ހާތިބު އަހާލިއެވެ. ހަތިބު ކުރި ސުވާލުގެ ޖަވާބު ދޭން މަލާއިންއަށް އުނދަގޫ ވިއެވެ. ދެން އާއެކޭ ބުނެފިނަމަ ހާތިބުގެ ސުވާލަކަށް ވާނީ އެއީ ކޮން ކުއްޖެއްތޯއެވެ. މަލާއިން އަކީ އޭނާ ބޭނުންވާ ކަންކަމުގައި އެހާ ނުކެރި ހުންނަ ކުއްޖެއް ނޫނެވެ. އޭނާ ހާސިލު ކުރަން ބޭނުންވާ ކަންކަމުގައި ކެރިގެން ކުރިމަތިލާ ކުއްޖެކެވެ. ނަމަވެސް ހާތިބު ކުރިމަތީގައި ފެންނަން ހުރުމުން ނޭނގޭ ކަހަލައިގެ ގޮތްތަކެއް ވަނީއެވެ.

” އާނ! ހުރޭ އަހަރެންނަށް ހުވަފެނުގައި އެމީހަކު ފެނި އަހަރެންނަށް ވަނީ ލޯބިވެވިފަ..” ލަދުރަކި ހިނިތުންވުމަކާއެކު މަލާއިން ބުންޏެވެ. ” ހާތިބުގެ ހިތަށް ލިބުނު ހިތްހަމަޖެހުން ބުނެދޭންވެސް ނޭނގެއެވެ. ” އަހަރެންނަށް ވެސް ވަނީ ތި ގޮތް ވެފަ… އެކަމަކު އަހަރެމެންގެ ގުޅުން ކުރިއަށް ގެންދަން އާއިލާއިން ބޭނުންވާނެ ހެނެއް ހިއެއް ނުވޭ.. ޚާއްސަކޮށް ދެމީހުންގެ ގުޅުމަކީ ރާވިންގެ ހިތައް ދެވޭނެ އަނިޔާއެއް..” ހާތިބު ވިސްނަމުން ބުންޏެވެ. ” އަހަރެމެންގެ ގުޅުމަކަށް އާއިލާއިން ނަފްރަތެއް ނުކުރާނެ.. އެކަމަކު ތިބުނިހެން ރާވިންއަށް ކުރާނެ… އެކަމަކު ރާވިންއަށްވެސް އެނގޭނެ ދޯ ލޯތްބަކީ ގަސްދުގައި ވާ އެއްޗެއް ނޫންކަން؟…” މަލާއިން ބުންޏެވެ. ކޮންމެއަކަސް ދެމީހުންވެސް ގުޅުން ކުރިޔަށް ގެންދަން ބޭނުންވަނީ އާއިލާގެ އެހެންމީހުނަށް އަންގައިގެންނެވެ. ” އިހަށް ހިނގާ ރާވިންއާ ވާހަކަ ދައްކާލަން…އޭރުންދޯ ރާވިން ދެން ކަންތައް ކުރާނެ ގޮތެއްވެސް އެނގޭނީ..” ހާތިބު ބުންޏެވެ. ” އޭނަ އަހަރެމެން ދައްކާ ވާހަކައެއް އަޑެއް ނާހާނެ.. އެއީ އެއަށްވުރެ ބޯހަރު މީހެއް..” މަލާއިން ބުންޏެވެ.  މަލާއިން އެހެން ބުނިކަމުގައި ވިޔަސް ހާތިބު ބޭނުންވަނީ ރާވިންއާއި ވާހަކަ ދައްކާލުމަށެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

ފިޔަފަތް 11

Next

ޤުރުބާނީ

Next
July 30, 2020

ޤުރުބާނީ

Previews
July 30, 2020

ފިޔަފަތް 11

6 Comments!

  1. Anjaab says:
    July 31, 2020 at 6:41 pm

    Varah reeth vaahaka ahi.Next part nikunnaanee kon irakun ba?

    1. kudhoo says:
      July 31, 2020 at 8:49 pm

      ??? Thank you Anjaab. Inshaa Allah tomorrow

  2. thiththa says:
    July 31, 2020 at 8:56 pm

    masha allah …. kudhu … loved it….

    1. kudhoo says:
      August 1, 2020 at 7:10 am

      ??? Thank you thihthaa

  3. Ram says:
    August 1, 2020 at 8:27 am

    VVVV reethi maasha allah❤❤❤❤❤

    1. kudhoo says:
      August 13, 2020 at 3:53 pm

      Thank you ??? Ram

Comments are closed.

Next Episodeޝަހަރު 27ވަނަބައި←


All Right Reserved!