“ތިމާގެ ކުއްޖެކޭ؟ މިއީ އަހަރުންނާ ތިމާގެ ކުއްޖެއް ނޫން. މީގެ ހަފްތާއެއްހާ ދުވަސްކުރިން މީނަ އައީ ކުޑަ ކުއްޔަކަށް މިގޭގަ ހުރެވިދާނެހޭ ކިޔާފަ. މިގޭގަ ނޯކަރެއްގެ ގޮތުގަ މަސައްކަތް ވެސް ކޮށްދޭނަމޭ ކިޔާފަ. އާލެއް އިޔާރެއް ހުރި މީހެއްނޫން މިއީ. މިރަށު މީހެއްގެ ކުއްޖެއްވެސް ނޫން މިއީ.” އެ ފިރިހެން މީހާ ކިޔައިދިން ވާހަކަތަކުން މިރްޒާންގެ ނިތަށް ރޫގިނަވިއެވެ. އޭނައަށް ކުއްލިއަކަށް ބަލާލެވުނީ އޭނަގެ އެއްފަރާތުގައި ހުރި ހަސަނާއި ދިމާލަށެވެ. އެ ހިނދު ހަސަން އޭނައަށް ބަލަން […]
“އައިޑީ ކާޑާއި ލާރި ހުންނާނެ….އައިޑީ ކާޑު އެމީހުންނަށް ދައް..ކާ. އެހެން…ނޫނީ ބޭ..ބެ އަތުން އެމީހުން ލާރި ހޯދާން..ނެ.” ހަސަން ބުންޏެވެ. ހަސަން އެހެން ބުނުމުން މިރްޒާން ހަސަންގެ ޖީބުން ވޮލެޓް ނެގީ ވަކި ލާރީގެ ބޭނުމުގައެއްނޫނެވެ. އެއަށްވުރެ ބޮޑަށް އޭނަ ހުރީ އެހެންކަމެއް ދެނެގަންނަން ބޭނުންވެފައެވެ. މަޑު މުށިކުލައެއްގެ ބާ ވޮލެޓް ހުޅުވާލަމުން އޭގައި ހުރި ޕޮކެޓެއްގެ ތެރެއިން އައިޑީ ކާޑެއްގެ ބައެއް ފެނިފައި މިރްޒާން އޭގައި ހިފައި ދަމާލިއެވެ. އެއާއެކު މިރްޒާންގެ ދެބުމަ ކައިރިވިއެވެ. ކާޑުގެ […]
ފަރުހާނާ ދިޔުމުން ރޯޝީން ނައީމު ގާތު މިއަދު އޭނާއާއި ފަރުހާނާ ދެއްކި ވާހަކަތައް ކިޔާ ދިނެވެ. އަދި އެއީ އޭނާ ވަރަށް ބޮޑަށް ބޭނުންވާ ކަމެއްކަމާއި އެދަރިފުޅު ގާތުން މަޢާފަށް އެދެން ބޭނުންކަމުގައިވެސް ރޯޝީން ބުނީ ގިސްލެވޭ ހާލުގައިއެވެ. ނައީމު ދޭނެ ޖަވާބަކަށް އިންތިޒާރު ކޮށްލައިގެން ރޯޝީންއަށް އިނދެވުނީ ނޭވާ ހިފައްޓައިލާގެންނެވެ. އަދި އޭނާގެ ހިތް ދިޔައީ ނުހަނު ބާރަށް ތެޅެމުންނެވެ. ނައީމުވެސް ފުންނޭވާއެއް ދޫކޮށްލާފައި އޭނާގެ ޖަވާބު ރޯޝީންއަށް އިއްވާލިއެވެ. ”ރޯޝީން.. އަހަރެމެންގެ ކައިވެންޏަށް ނަވާރަ […]
ކާރު ތެރޭގައި އިންއިރު ވެސް ކެތްތެރިކަން ކޮޅުން ލަމުން ދިޔަ މިރްޒާނަށް ކުޑަ ދޮރުން ބޭރު ބަލަމުން އާތިފް އެ ބުނި ފިހާރަ ފެނޭތޯ ބަލަމުން ދިޔައެވެ. އެންމެ ފަހުން މިރްޒާން އެހެން އިންދާ ކުއްލިއަކަށް ފިހާރައެއްގެ ނަންބޯޑުން އެ ނަން ފެނިފައި މިރްޒާނަށް ކުއްލި ގޮތަކަށް މަޑުކުރާށޭ ބުނެލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ކާރު ކުއްލިއަކަށް ބުރަކި ޖައްސާލި ތަނާހެން މިރްޒާން ކާރުގެ ދޮރު ހުޅުވައި ފޭބިއެވެ. އަދި އަވަސްވެފައިވި ހިތަކާއެކީ ދިގު ފިޔަވަޅުތަކެއްގައި ފިހާރައިގެ […]
ލަމްހާވެސް އަދި ރުހުޒީވެސް ހުރީ އައްޒައާއި އެއްބައިވެލައިގެންނެވެ. ރޯޝީންއަށް ކުރެވުނުހާވެސް ކަމަކީ އެތާ ހުރެގެން ރުއިމެވެ. އަދި ދިޔައީ އައްޒަ މެން ގާތު މަޢާފު ކުރާށޭ ކިޔަމުނެވެ. އެހިތަށް ވަނީ ނުހަނު ބޮޑު ފުންއަސަރު ތަކެއް ކޮށްފައިއެވެ. ރޯޝީންއަށް ހަމައެކަނި ހިތްވަރު ލައިދޭން ހުރީ ނައީމު އާއި ފަރުހާނާއެވެ. ޕޮލިހުން އެމައްސަލަ ބަލާފައި އިޔާންމެން ހަތަރު އަހަރަށް ޖަލަށްލީއެވެ. ޝިބާންގެ ކޮއްކޮ ޝިނާންގެ ލޮލުންވެސް ކަރުނަ ނުހިކެއެވެ. ލަމްހާވެސް ދިޔައީ ރޮމުންނެވެ. އިރުކޮޅަކުން ޕޮލިސް ސްޓޭޝަންގައި ހުރި […]
“އައްޒާމްގެ އިންޓަވިއު ނިންމާލާފަ ހަމަ ގަޑިއިރުތަކެއްފަހުން ފުރުން އޮތީ. ހަވީރު އެހާ ހިސާބަށް ދެވޭނީ.” އާތިފް އަންދާޒާކޮށްލަމުން ބުނެލިއެވެ. އެ ހިނދު މިރްޒާން ފުން ނޭވައެއް ދޫކޮށްލީ އޭނަގެ އަވަސްވެފައިވި ހިތް ހަމައަކަށް އެޅުވޭތޯއެވެ. އެހެނަސް މި ވޭތުވި ދެދުވަސްތެރޭގައި ވެސް އޭނަގެ ހިތްވީ އެފަދަ ޙާލެއްގައެވެ. ފަޔާޒް މާލެއަށް އަނބުރާ އައިސް ‘ހަސަން’ އާ ބެހޭގޮތުން ކިޔައިދިން ވާހަކަތަކެއްގެ ސަބަބުންނެވެ. އޭނައަށް އެންމެ ފަހުން އޭނަގެ ދަރިފުޅު ފެންނަން އުޅެނީތޯ ހިތަށްއެރި ވަގުތު މިރްޒާނަށް ނޭނގި […]
“ހާދަ ރުޅިއައިސްފައޭ ދަރިފުޅު ތިހިރީ. ކާފަ ގޮވީމަ ލައްބައޭ ވެސް ނުބުނޭ…..ވަރަށް ދެރަވެއްޖެ. އިބިލީސް މާ ބޮޑަށް ބޮލަށް އެރީދޯ؟” ހާޝިމް އެންމެ ފަހު ޖުމްލައިން ހިނިތުންވުމަކާއެކީ ސަމާސާ ރާގެއް އެޅުވީ އައްޒާމްގެ ތަބީޢަތު ރަނގަޅުވާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް…. “ރޭގަ މަންމަ ގުޅި.” އައްޒާމް ހުރިގޮތަށްހުރެ ބުނެލި ވާހަކައިން ހާޝިމްގެ ހިނިތުންވުން ފިލައި އޭނަ ހުއްޓުންއެރިއެވެ. އައްޒާމް އެ ނަންގަތް މީހެއްގެ ސޫރަ ހާޝިމްގެ ލޮލަށް ސިފަވެގެން ދިޔަ ވަގުތު އައްޒާމް ކުއްލިއަކަށް އޭނަގެ […]
ރޯޝީންއާއި ނައީމު ގެއަށް އައިސް ވަން އިރު ގޭގެ ދޮރު މަތީގައި ހުރި ފައިވާނުން އިޔާން އައިއްސި ކަން އެނގުނެވެ. އަތުގައި ހުރި ކޮތަޅުތަށް ބެހެއްޓުމަށްފަހު އިޔާން ކައިރިއަށް ދާން އުޅުނު ރޯޝީން ހުއްޓުވީ ނައީމުއެވެ. ރޯޝީން އާއި ނައީމުއަށް އެމީހުންގެ ހަޔާތަށް އަންނަން އުޅޭ ކޮޅިގަނޑުގެ ހިލަމެއްވެސް ނުވެއެވެ. މެންދަމުގެ ހަމަ ހިމޭން ވަގުތުގައި އިޔާންއަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށެވެ. ”ހަލޯ.. އަދިވެސް ނިދަނީތަ؟ އާދެބަލަ ރުފިޔާކޮޅެއް ހިފައިގެން.. އަހަރެމެންގެ ގުރޫޕަށް މިހާރު އެހެން ދެ މީހަކު އިތުރު ވެއްޖެ.. ދެންވެސް އާދެބަލަ.. ވަރަށް ފޯރި މިތަން..” ފޯނު ނެގުމާއިއެކު ލޫޝާން ވާހަކަދައްކަން ފެށިއެވެ. މެންދުރު ނިދި ގޮތަށް އިޔާންގެ ދެލޯ ހުޅުވާލީ ފޯނު ރިންގުވި އަޑަށެވެ. […]
“ތި މަންމައާއި ބައްޕައަށް ރަނގަޅަށް ހިތާތި. ކުދިކުދި ކަންތައްތަކާމެދު އެމީހުންނާ ޒުވާބުކޮށް ރުޅިނުވާތި….އެހާ ލޯބިވާ މަންމައާއި ބައްޕައެއް ކައިރީގަ ތިބުމަކީ އެންމެންނަށް ލިބޭ ނިޢުމަތެއްނޫން.” އައްޒާމް އަނެއްކާވެސް ސީރިއަސްވެގެން ދިޔަ މޫނަކާއެކީ ބުނެލުމުން މާޝާއަށް އޭނައަށް ބަލަހައްޓައިގެން ހުރެވުނެވެ. އައްޒާމްގެ މަންމައާއި ބައްޕަ ކޮބައިތޯ ފުރަތަމަ ފަހަރަށް މާޝާގެ ހިތް ސުވާލުކުރިއެވެ. އައްޒާމް ފެނުނު ފުރަތަމަ ދުވަހުވެސް އޭނަ ބަލައި އޭނަގެ ކާފަ އައިސްފައި ހުރުމުން މާޝާގެ ސިކުނޑީގައި މި ޒާތުގެ ޚިޔާލުތައް ދައުރުވިއެވެ. އެހެނަސް އެކަމާމެދު […]