Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީ

ތަޖުރިބާ

Ummu Zainab Level 1
February 25, 2016 2 Mins Read
23 Comments

 

ލޯތްބަކީ ބާރުގަދަ އެއްޗެކޭ މީހުން ބުނާ އަޑު އަހަމެވެ. އެހެނަސް އެ ލޯތްބަކީ ތޫފާނެއްފަދަ އެއްޗެއްކަން އަހަރެން ނުދެނަހުރީމެވެ. އެއީ އަހަންނަށް އެކަން ތަޖުރިބާ ކުރެވުމުގެ ކުރިންނެވެ.

 

އަހަރެންގެ ޢުމުރުގެ އެހެނިހެން ފިރިހެންކުދިންނެކޭ އެއްފަދައިން ޙަޔާތުގެ ބައިވެރިއަކަށް ހަދާނެ ރީތި އަންހެން ކުއްޖަކު ހޯދަން އަހަރެން ބޭނުންވިއެވެ. ކަން ދިމާވީވެސް އެހެންނެވެ. އަހަރެން ކައިވެނީގެ ގޮތުން ގުޅުނީ އެހެން އަންހެން ކުދިން ޙަސަދަވެރިވާފަދަ ރީތި ކުއްޖަކާއެވެ. އެ ކައިވެނި ކުރެވުނީ ދެ ޢާއިލާގެ ވެސް ރުހުމުގައެވެ.

 

އެއީ އަހަރުމެން ރައްޓެހިވެގެން ތިން އަހަރު ހޭދަ ކުރުމަށްފަހު ކުރި ކައިވެންޏެކެވެ. ކައިވެނި ކުރެވުނީ ރަނގަޅަށް އެކަކު އަނެކަކު ދަސްވެއްޖެކަން ދެމީހުންނަށްވެސް ޤަބޫލު ކުރެވުމުންނެވެ. އަހަރެންގެ ޢާއިލާގައި އުޅެނީ އަހަރެންގެ މަންމައާއި ދިހަ އަހަރުގެ ކުޑަކުޑަ އަންހެން ކޮއްކޮއެވެ. އަހަރެންގެ ޢާއިލާއަށް އިތުރުވި އާ މެންބަރާއިއެކީ ދުވަސްތައް ވޭތުވަމުން ދިޔަދިޔަހެން އަހަރެން ކަންބޮޑުވުމެއްނެތި ހޭދަކުރި ދުވަސްތަކަށް ނިމުމެއްއައެވެ. ކޮންމެ ދުވަހަކުހެން އޮފީހުން ގެއަށް އައިސް އަންހެނުންގެ ޝަކުވާތަކާއި ކުރިމަތިލާ މީހަކަށް އަހަރެންވިއެވެ. އަހަރެންގެ މަންމަ ކަންތައް ކުރާ ގޮތުންނޭ ބުނެ އަންހެނުން ރޮއި ހެދިއެވެ. އަހަރެންގެ އަންހެނުންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން، އެ މަންޒަރު ބަލަން އަހަންނަކަށް ކެތްނުވިއެވެ.

 

މަންމައަށްޓަކައި ހިތުގައި ނަފްރަތްތެރިކަން ވާ ޙާލު މި މައްސަލައަށް ޙައްލެއް ގެންނަން އަހަރެން ނިންމީމެވެ. އަންހެނުންނާއެކު ވަކި ދިރިއުޅުމެއް އުޅެން ގެއިން ނިކުމެގެން ދިޔައީމެވެ. ދުވަސްތައް ފާއިތުވަމުން ދިޔަދިޔަހެން އަހަރެންގެ ހާސްކަމާއި ހިތާމަތައް އިތުރުވަމުން ދިޔައެވެ. ވަކިން އުޅެން ފެށިފަހުން އަހަންނަށް ގެއިން ކާން ލިބެނީ ވެސް މަދު ފަހަރަކުއެވެ. އޮފީހަށްދާން ލާ ހެދުންތައް ވެސް ހުންނަނީ އިސްތިރި ނުކުރެވި ނުވަތަ ނުދޮވެވިއެވެ. މިކަމާއި އަންހެނުންގާތު ޝަކުވާކުރުމުން އޭނަ އައީ ރުޅިއެވެ. ގޭގައި އެކަނިމާއެކަނި ހުރިހާ ކަމެއް ނުކުރެވޭނެކަމަށް ބުނެ އޭނަ ހަޅޭއްލެވިއެވެ.

 

މިފަހަރުވެސް ހަތިޔާރު ބަހައްޓަން ޖެހުނީ އަހަންނަށެވެ. ގޭގައި މަސައްކަތް ކުރާނެ މީހަކު ގެނެސްދިނީމެވެ. ނަމަވެސް ކަންތައް ދިޔައީ ގޯހުން ގޯހަށެވެ. އޭގެ ފަހުން އޮފީހުން ގެއަށް އައިސް އަނބިމީހާއާއެކު ހޭދަކުރަން އޮންނަ ވަގުތުތައް އަހަރެން ހޭދަކުރަން ޖެހުނީ އެކަންޏެވެ. އޭނަ އަބަދުވެސް ވާނީ ކޮންމެވެސް ޕާޓީއަކަށް ނުވަތަ ކޮފީއަކަށް ގޮހެވެ. އަހަރެން ހިތުގައި އެންމެ ރިއްސާލީ އަހަރެންގެ ޙަލާލު އަނބިމީހާ ހިލޭ ފިރިހެނުންނާއި ގުޅުން ބާއްވާކަން އަހަރެންގެ ޢާއިލާއާއި ރައްޓެހިންގެ ފަރާތުން އެނގުމުންނެވެ. އޭނަ ފިރިހެނުންގެ ސައިކަލުތަކުގެ ފަހަތުން ވެސް ފެންނަން ފެށިއެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލީ މި ހިސާބުންނެވެ.

 

އޭނަ މުޅިން ދޫކުރުމުގެ ކުރިން އަހަރެން އޭނައަށް ވަރަށް ނަޞޭޙަތްތެރިވީމެވެ. އެ ކުރެވެމުންދާ ފާފަތަކުގެ ބޮޑުކަމާއި ހުރި ޢަޒާބުވެސް ވިސްނައިދެވޭތޯ ބެލީމެވެ. އެހެނަސް އޭނަ އަހަރެން ކުރި އާދޭސްތަކަށް ދިނީ ބީރު ކަންފަތެކެވެ. އަދި އަހަންނަކީ އޭނައާއި އަރާއަރަ ފޯދިގެންނުވާ މީހެއްކަމަށް ބުނެ އަޑުލިއެވެ.

 

އަހަންނަށް ވިސްނުނީ ދެނެވެ. އޭނައަށް އަހަރެން މާ ބޮޑަށް އަޅުވެތިވީއެވެ. އެންމެ ލޯބިދޭންޖެހޭ މަންމަ ދޫކޮށް އަހަރެން އޭނަގެ އަވައިގައިޖެހުނީއެވެ. އަހަރެން ދަހިވެތިވީ އޭނަގެ ރީތިކަމަށެވެ. އެ ރީތި ކަމުގެ މަސްތުގައިޖެހި އަހަންނަށް ޙަޤީޤަތްވެގެން ދިޔައީ އަވާމެންދުރަކަށެވެ. އަވާމެންދުރެއްފެނި އެތަނުން ފެން ލިބޭނެކަމަށް މީހަކަށް ހީވެދާނެ ފަދައިން އަންހެން ކުއްޖެއްގެ ރީތިކަމުން އުފާވެރިކަން ލިބޭނެކަމަށް އަހަރެން ހީކުރީމެވެ. އެހެނަސް އަވާމެންދުރު ފެންނަ ހިސާބާއި ހަމައަށް ދިޔުމުން އެތާނގައި ފެން ނެތްކަން އެނގުންވާ ފަދައިން، އުޅުމާއި އަޚްލާޤެއް ނެތް އަންހެނެއްގެ ކިބައިން އަހަންނަށް ލިބޭނެ އުފަލެއް ނެތްކަން އަހަންނަށް ޔަޤީންވިއެވެ.

 

އަހަންނަށް ކުރެވުނު ކުށުގެ އިޙްޞާޞް އަހަންނަށް ރަނގަޅަށް ކުރެވުނީ އޭނަ ދޫކޮށް އަހަރެން މަންމަ ގާތަށް ދިޔުމުންނެވެ. ކޮންމެ ދުވަހަކު އޭނަ މަންމައާއި ކޮއްކޮގެ ޝަކުވާތައް ކުރަމުން ދިޔައިރު އެއީ ތެދެއްތޯ އަހާވެސް ނުލާ އެމީހުން އަހަރެންގެ ޙަޔާތާއި ދުރުކުރކަމުގެ މޮޔަހީވިއެވެ. އަހަންނަށް މި ލިބެނީ އެކަމުގެ ޢަޒާބު ކަމަށްބުނެ އަހަރެންގެ ހިތް ޔަޤީންކުރިއެވެ. ޖަޒުބާތުން ފުރިގެން ދިޔަ އެ ހިތާއެކީ އަހަރެން މަންމަގާތު މަޢާފަށް އެދުނީމެވެ. އެއްވެސް ބުރަކަމެއް ހިތުގައި ނުބާއްވާ މަންމަ އަހަންނަށް މަޢާފްކުރިއެވެ. މައިވަންތަ ކަމުގެ ލޯތްބަކީ އޭގެ އަގު ދުވަހަކުވެސް އަދާ ނުކުރެވޭނެ ފަދަ ލޯތްބެއްކަން އަހަންނަށް އެނގުންވީ އެދުވަހުއެވެ.

 

ލޮބުވެތި އަޚުންނޭވެ! ޙަޔާތުގެ ބައިވެރިއެއް ޚިޔާރު ކުރުމުގައި އަންހެން ކުއްޖެއްގެ އަޚްލާޤަށް ބަލާށެވެ. ﷲ ރުހިވޮޑިގެންނުވާފަދަ ގުޅުމަކަށް ނުގޮސް އެ ކުއްޖަކު ތިބާގެ ޙަޔާތުގެ ބައިވެރިއަކަށް ހަދާށެވެ. އަދި އެކުއްޖަކުދެކެ ކިތަންމެ ލޯބިވިޔަސް ތިބާގެ މައިންބަފައިންނަށްވުރެ އެކުއްޖާ އިސް ނުކުރާށެވެ. އެހެންނޫނީ މިހުރިހާ ކަމެއްގެ ހިތި ނަތީޖާ ދުނިޔެއާއި އާޚިރަތުގައި ވެސް ދެކެން ޖެހިދާނެއެވެ.

 

(މިއީ “ކަލަކުވޭ، ބިރުވެތިވޭ” ނަމަކަށް ކިޔާ ފޭސްބުކް ޕޭޖްގައިވާ ވާހަކައަކަށް ކުދި ބަދަލުތައް ގެނެސްގެން ޝާއިއުކުރެވުނު ވާހަކައެކެވެ.)

 

 

Share Article

Follow Me Written By

Ummu Zainab

Level 1

Other Articles

Previous

ނިމިދާނެ ޖާނާ ހިތާ 4

Next

ފުންއަސަރު 04

Next
February 26, 2016

ފުންއަސަރު 04

Previews
February 25, 2016

ނިމިދާނެ ޖާނާ ހިތާ 4

23 Comments!

  1. misty says:
    February 25, 2016 at 9:46 pm

    Nyc

    1. Ummu Zainab says:
      February 26, 2016 at 6:40 pm

      Jazakillah khairan 🙂

  2. faz says:
    February 25, 2016 at 9:48 pm

    Masha allah..v reethi moral story eh..i was desperate to read such a dheenee story..n hope to get to read more..jazakillah khairan zainab sis for sharin this here..

    1. Ummu Zainab says:
      February 26, 2016 at 6:37 pm

      Wa iyyaaki ??
      InShaAllah adhives gina vaahaka thah up kohdheynan. ?

  3. aish says:
    February 25, 2016 at 9:53 pm

    heevanee v reethi vaanehen

    1. Ummu Zainab says:
      February 26, 2016 at 6:35 pm

      Jazakillah khairan?

  4. faz says:
    February 25, 2016 at 9:54 pm

    And by da way its sad to c ppl nt commentin much on any dheenee stories..seems u ppl r more fond of readin other stories..nt dheenee..bt its readin this kind of story dt u wil get encouraged to make ur world hereafter beautiful n safe..

    1. Ummu Zainab says:
      February 26, 2016 at 6:35 pm

      Jazakillah khairan ?
      Adhives mikahala gina dheenee ibraiytheri vaahakathah liyeveytho balaanan. InShaAllah ??

  5. ken? says:
    February 25, 2016 at 10:49 pm

    i read most of the writings in this site..but mihaaru v comment nukuran…but this writing is really interesting…keep writing more…..???

    1. Ummu Zainab says:
      February 26, 2016 at 6:30 pm

      Jazakillah khairan ?
      InShaAllah adhives veehaaves gina vaahaka thah liyeveytho balaanan. ☺?

  6. santhi says:
    February 25, 2016 at 10:54 pm

    V salhi ?? ???

    1. Ummu Zainab says:
      February 26, 2016 at 6:42 pm

      Jazakillah khairan ?

  7. sherin says:
    February 25, 2016 at 10:58 pm

    V ibarai theri v reethi stry eh..
    Thnkx zainab ???❤

    1. Ummu Zainab says:
      February 26, 2016 at 6:22 pm

      Jazakillah khairan ?

  8. sarah says:
    February 26, 2016 at 7:54 am

    V reethi

    1. Ummu Zainab says:
      February 26, 2016 at 6:22 pm

      Jazakillah khairan ?

  9. naax says:
    February 26, 2016 at 8:55 am

    V reethi story eh

    1. Ummu Zainab says:
      February 26, 2016 at 6:22 pm

      Jazakillah khairan ☺

  10. roassy says:
    February 26, 2016 at 3:11 pm

    NICE

    1. Ummu Zainab says:
      February 26, 2016 at 6:21 pm

      Jazakillah khairan ?

  11. xoya says:
    March 3, 2016 at 2:47 pm

    V reethi vaahaka eh…..

  12. alma.. says:
    November 19, 2016 at 7:36 pm

    masha allah varah ibraitheri vaahaka eh… 🙂
    nice story… 🙂 🙂

  13. mal-mal says:
    September 9, 2017 at 2:58 pm

    varah iburaitheri vaahaka eh!! ???

Comments are closed.



All Right Reserved!