Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އައިޝާ 9

Axoo
November 17, 2016
4 Mins Read
59 Views
19 Comments

 

” އަލްހަމްދުލިﷲ.. ވަރަށް އުފާވެރި ހަބަރެއް.. އަނެއްކާ އެއީ ކޮންކުއްޖެއް؟” ހާރޫނު ސުވާލުކޮށްލިއެވެ.

” އެއީ ޖެހިގެން ހުރިގޭ ހާރޫނުބެގެ އައިޝާ” ހުޝާމްގެ ޖުމްލައިން ހެވިފައި އިން ހަބީބާގެ މޫނުމަތީގެ ކުލަ އޮއްސުނެވެ. އަނގައަށް ލާން ނެގި ގުޅަ ތަށިތެރެއަށް ވެއްޓުނެވެ. ނިތްކުރިއަށް ރުގިނަވެގެން ދިޔައީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ.  ހިބާ އާއި ހައިފާ އަށް މޫނު ކުނިކޮށްލެވުނީ ބޭއިޙްތިޔާރުގައެވެ. ހަބީބާއަށްވީ ގޮތް ފެނި ހުޝާމް އާއި ސާމީއަށް އެދިމާއަށް ބަލާލެވުނެވެ. ދެއަތުން މޭޒުމަތީގައި ޖަހަމުން ހަބީބާ ތެދުވިއެވެ.

” ހުޝާމް ކީކޭތަ ތިކިޔަނީ.. އައިޝާ ނޫން މީހަކު ނުފެނުނީތަ” ހަބީބާ ބުންޏެވެ.

” މަންމާ އައިޝާ ކިހިނެއްވީ.. އެއީ ގޯސް ކުއްޖެއްނޫން.. ވަރަށް ރަނގަޅު ކުއްޖެއް އައިޝާ އެއީ..” ހުޝާމް ހަބީބާއަށް ވިސްނައިދެވޭތޯ ބެލިއެވެ.

” އެކަމަކުވެސް ހެޔޮ.. މިވީހާ ދުވަހު އަހަރެން ދެކެމުން އައި ހުވަފެންތައް ފުނޑުފުނޑުކޮށްލުމުގެ އެއްވެސް ހައްޤެއް ހުޝާމްއަކަށް ނޯންނާނެ.. ހުޝާމް އާއި އެންމެ އެކަށީގެންވަނީ ލޫޝާއާ… ”

” މަންމާ ލޫޝާއަކީ އަހަރެންގެ ކޮއްކޮއެއް ކަހަލަ ކުއްޖެއް ” އިސްޖަހާލަމުން ހުޝާމް ބުންޏެވެ.

” ހަބީބާ ތިގޮތަށް ހުޝާމްއާ ވާހަކަދެއްކުމުގެ އެއްވެސް ހައްޤެއް ހަބީބާއަށް ވެސް ނޯންނާނެ.. ހުޝާމް އަކީ ބޮޑުވެފަހުރި ފިރިހެން ކުއްްްޖެއް.. އޭނަގެ ހަޔާތުގެ މުހިންމު ނިންމުންތައް ނިންމަން އެނގޭ ކުއްޖެއް ހުޝާމްއަކީ.. އެހެން ނޫނަސް ހަބީބާ މިޒަމާނަށް ލޯބި ކުރާ މީހާ ތިގެންގުޅެނީ އެންމެ ކުރީގެ ހިޔާލު” ސާމީ އިންތްނުން ތެދުވަމުން ހަބީބާއާއި ކުރިމަތިލިއެވެ.

” މީކުރީގެ ހިޔާލު ގެންގުޅެނީކީ ނޫން.. އެކަމަކު އަހަރެންގެ ދައްތަައަށް ވެފައިވާ ވައުދެއް ފުއްދަން ބޭނުންވަނީ.. ލޫޝާ ނޫން އެހެންމީހަކާ ކައިވެނިކުރަން އަހަރެން ދުވަހަކުވެސް އެއްބަހެއް ނުވާނަން.. ހުޝާމް އަހަންނާ މޫނު ކެނޑެން ބޭނުންނުވަންޔާ އައިޝާނޫން އެހެންމީހަކާ ކައިވެނިކޮށްގެން ނުވާނެ” ހަބީބާ ފަހު ބަސް އިއްވާލިއެވެ.

” މަންމާ ދުވަހަކުވެސް އަޅުގަނޑު މަންމައާއި މޫނު ކެނޑެން ބޭނުމެއްނޫން.. އަޅުގަނޑު ކައިވެނި ކުރާނީ މަންމަ ބުނާ މީހަކާ.. ” މިހެން ބުނުމަށްފަހު ހުޝާމް އިންތަނުން ތެދުވެގެން ގެއިން ނިކުންނަން ހިނގައިގަތެވެ. ހުޝާމް ދިއުމުން ސާމީ ހިތްހަމަނުޖެހިފައި ހަބީބާއަށް ބަލާލިއެވެ. ހިބާއަދި ހައިފާއަށް ކޮޓަރިއަށް ދާން އަމުރުކުމުން އެދެމީހުންވެސް މަޑުމަޑުން ހިނގާފައި ގޮސް ކޮޓަރިއަށްވަނެވެ.

” ހަބީއަށް ތިހެން ގަދަ ބާރު ދައްކައިގެން މިއަދު އުޅެވިދާނެ.. އެހެންވީމަ ހަބީވެސް އަހަރެން ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާ.. ލޫޝާ މިކައިވެންޏަށް ނުގަބޫލުވިއްޔާ ހުޝާމްއަށް އޭނަ ބޭނުން މީހަކާ ކައިވެނި ކުރުމުގެ ފުރިހަމަ މިނިވަންކަން ދޭން ޖެހޭނެ.. ހަބީބާ އަހަންނާ މޫނު ކެނޑެން ބޭނުންނުވަންޏާ ޖެހޭނީ އެގޮތަށް އެއްބަސްވާން.. ” ސާމީވެސް އޭނަގެ ފަހު ބަސް އިއްވާލަމުން ކޮޓަރިއާ ދިމާއަށް ހިނގައިގަތީ ހިތްހަމަ ނުޖެހިފަހުރެއެވެ. ސާމީ ދިޔަދިމާއަށް ހަބީބާ ބަލަހައްޓައިގެން ހުރީ މީގެ ކުރިން ދުވަހަކުވެސް އެފަދަ ގޮތަކަށް ސާމީ ހަބީބާއާއި މުހާތަބުކޮށްފައި ނުވާތީއެވެ.

…………………………………………………………

އައިޝާ އީޝަލްގެ އަތުހިފަލައިގެން ގޮސް ހާރޫނުމެން ކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއެވެެ. އެތެރެއިން ދޮރުހުޅުވާލީ ނީމާއެވެ. އައިޝާ ބައްޕަ ކޮބާހޭ އަހާލުމުން ނީމާ އެމީހުން އެތެރެއަށް ވަންނަން ތަންދެއްކިއެވެ. ކޮޓަރިއަށްވަން އައިޝާއާއި އީޝަލް ފެނުމާއެކު އެނދުމަތީގައި އޮތް ހާރޫނު ތެދުވިއެވެ. އަދި އެއްކައިރިއަށް ޖެހިލަމުން އައިޝާއާއި އީޝަލް އިށީންނަން ތަންދެއްކިއެވެ.

” އަޅުގަނޑަކަށް ނޭނގޭ ބައްޕަ ކީއްވެގެން ކުރިކަމެއް ކަމެއް އެއީ.. އަޅުގަނޑަށް އެނގޭހާވެސް އެއްޗަކީ ބައްޕަ ދައްކާ ކޮންމެ ވާހަކައެއްވެސް އަޅުގަނޑު އަޑުއަހާނަންކަން.. އަދި އަދި ޤަބޫލުލުވެސް ކުރާނަންކަން” އައިޝާއަށް ވުރެ ކުރިން އީޝަލް ވާހަކަދެއްކިއެވެ.

” ބައްޕަ މަންމައަށް އޮޅުވައެއް ނުލަން.. ބައްޕަކުރިކަމެއް ކުރީ މަންމަގެ ހުއްދަ ލިބިގެން.. މަންމަ ފުރަތަމަ ބޭނުންވީ ވަރިވާން.. ނަމަވެސް ފަހުން ގުޅާފަ ހަމަ އަމިއްލައަށް އެކަމަށް އެއްބަސްވީވެސް.. ނީމާއަކީ ގޯސްމީހެއް ނޫން.. އެއީ ވަރަށް އެކަނިވެރިކޮށް އުޅެމުން އައި ކުއްޖެއް.. މުސްކުޅި ބައްޕައެއްގެ ހުރި ހަމައެންމެ ދަރިއެއް އެއީ.. ” ހާރޫނު ކިޔައިދޭންފެށިއެވެ.

” އެއީ ބައްޕަ ދަތުރު ކުރަންފެށިތާ ދެވަނަ އަހަރުގަ.. އެބޯޓުގަ އުޅުނު ވަރަށް ގާތް ޕާކިސްތާނު ރައްޓެއްސެއް.. ރިޒްވާންކިޔަނީ.. އަހަރެން އެބޯޓަށް އެރިއިރު އިރު އޭނަ އެބޯޓުގަ އުޅޭތާ ހައަހަރު ވަނީ.. އޭނަ އަހަންނަށް ކިޔައިދިން ގޮތުން އޭނަ އެބޯޓަށް އެރީ ދިރިއުޅުމެއް ފެށޭވަރަށް ލާރި އެއްކުރަން ވެގެން.. އަބަދުވެސް ބުނާނެ ޕާކިސްތާނުގަ އޭނަގެ އިންތިޒާރުގަ އަންހެންކުއްޖެއް ހުންނަ ވާހަކަ.. އޭނަވެސް އިންތިޒާރުކުރަމުން ދިޔައީ އަވަހަށް ޕާކިސްތާނަށް ދެވޭނެ ދުވަހަކަށް.. އޭނަ އެންމެ ލޯބިވާ މީހާއާ ކައިވެނިކުރުމަށް އޭނަ ހުރީ ކެތްމަދުވެފަ.. އެންމެ ފަހުން އޭނައަށް ޕާކިސްތާނަށް ދެވޭގޮތްވި.. އޭނަ ދާންވާއިރަށް ކައިވެނީގެ ކަންތައްތައް ހަމަޖައްސާނެ ވާހަކަ އެކޮޅުން ބުނިދުވަހު އޭނަ އުފަލުން ގޮތެއްނެތް.. އޭނަ ބޭނުންވީ ޕާކިސްތާނަށް އަހަރެންވެސް ގޮވައިގެންދާން..  އޭނަ އުޅެމުންދަނީ ޕާކިސްތާނުގެ ޕޭޝާވަރުކިޔާ ރަށެއްގަ.. އަަހރުމެންނަށް އެރަށައް ދެވުނީ އިރުއޮއްސެން އުޅެނިކޮށް.. އެރެއަކީ އޭނަގެ ކައިވެނި ކުރެވޭ ރޭ.. ރިޒްވާންއާއެއްކޮށް އޭނަ އުޅޭ ހިސާބަށް ދާން ޓެކްސީއެއްގަ އަހަރުމެން ދަތުރުފެށިން.. އޭރުވެސް ރިޒްވާންގެ ތުންފަތްމަތިން ހިނިތުންވުމެއް ނުފިލާ.. ޓެކްސީ އެރީއްސުރެ ދައްކަމުން ދިޔައީ އޭނަގެ ވާންއުޅޭ އަންހެނުންގެ ވާހަކަ.. ނަމަވެސް ކާކަށް އެނގޭނީ ޖެހިގެން އޮންނަ ސިކުންތުގައިވެސް ކަންތައް ހިނގާނެ ގޮތެއް.. ރިޒްވާންއާ އެވަރަށް ވާހަކަ ދައްކަމުން ދިޔައިރުވެސް ނޭނގުނު އޭނައާ މިދެއްކެނީ އެންމެ ފަހު ވާހަކަތެކޭ.. ގުލްބަހާރު މަގަށް އެޅުނުތަނާހެން އައިނައި ތަނެއް ނޭނގި އައިސް ބޮޑު ޓްރަކެއް އަހަރުމެން ތިބި ކާރުގައި ޖެހުނު.. އެހާދިސާގައި މާބޮޑު ގެއްލުމެއްނުވެ ސަލާމަތްވީ އަހަރެން އެކަނި.. ރިޒްވާންގެ ފުރާނަނެތް ހަށިގަނޑު ހިފައިގެން އެގެއާ ދިމާއަށް އެނބިއުލޭންސްގަ އަަހަރެން ދަތުރުފެށިން.. އަހަންނަށް އެގެއަށް ދެވުނު އިރު ވަރަށް ގިނަމީހުން އެގޭ ކައިރިއަށް އެއްވެފައި އޮތް.. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އިންތިހާއަށް ހިތާމަވެރިކަން.. ” ހާރޫނު ލޯފޮހެލަމުން އިރުކޮޅަކަށް މަޑުޖެހުނެވެ. ބަލާލެވުނީ ދުރުގައި އިސްޖަހާލައިގެން ހުރި ނީމާއަށެވެ.

” އަހަންނަށް ނީމާ ފެނުނީ ރިޒްވާނުގެ މަރުވެފައިވާ މަސްގަނޑާ ދިމާއަށް ރޮއެހޭރެމުން އަންނަތަން.. ނީމާގެ މުސްކުޅި ބައްޕައަށްވެސް އޭނަގައިގާ ހިފަހައްޓާލެވުނީ ކިރިޔާ.. ނަމަވެސް ރިޒްވާނުގެ އާއިލާ މީހުން ނީމާ ރިޒްވާނާ ކައިރިވިޔަވެސް ނުދިން.. ރިޒްވާން މަރުވީ ނީމާއާ ހެދިކަމަށް ބުނެ.. ނީމާ ދިމާއަށް ވަރަށް އެއްޗެތި ގޮވި.. ނީމާއަކީ ސުންޕާއެއްކަމަށް ބުނެ އެހިސާބުމީހުން ނީމާއާ ދިމާއަށް އޮށްގާ އުކަންފެށި.. އޭނައަށް ހަމައެކަނި ހިމާޔަތްދިން މީހަކަށް ހުރީ އޭނަގެ ބައްޕަ.. އެންމެ ފަހުން އެމީހާގެ ހާލުބޮޑުވެ ހަބަރުހުސްވެގެން ވެއްޓުނު.. ނީމާއާއި އޭނަގެ ބައްޕަ އެހާލަށް ދޫކޮށް އެންމެން އެތެރެއަށްވަނީ ދެވަނަ ފަހަރަށް އެދިމާއަށް ބަލާލުމެެއްވެސް ނެތި.. އެމީހުންނަށް ހަމްދަރުދީ ވާނެ ހަމައެކަނި މީހަކަށް ހުރީ އަހަރެން… އެމީހާ ހޮސްޕިޓަލަށް ގެންދެވުނީ އަހަރެންގެ އެހީގަ.. ހޮސްޕިޓަލުގެ ހުރިހާ ހަރަދުތަކެއްވެސް ބެލެހެއްޓީ އަހަރެން.. ނީމާގެ ބައްޕަ އެހާލުގެ އޮވެގެން މަރުވެގެން ދަމުން އަހަންނަށް ކުރީ އެންމެ ވަސިއްޔަތެއް.. އެއީ ނީމާއާ ކައިވެނިކުރުން…” ހާރޫނަށް މިހިސާބަށް ކިޔައިދެވުުނުތަނާ ނީމާ އަޑުން އަޑު ނަގާ ރޯންފެށިއެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ހިފަހައްޓާ ނުލެވުނީއެވެ. އެހަނދާންތަކަކީ ނީމާ ކިތަންމެ ބޭނުންވިޔަސް ހަދާނުން ފޮހެލަން ދަތި ދުވަސްތަކެކެވެ. އައިޝާ ތެދުވެގެން ގޮސް ނީމާއާއި ކައިރިވެލަމުން ކެތްތެރިވުމަށް ނަސޭހަތްތެރިވިއެވެ.  އީޝަލްވެސް ދެލޯފޮހެލުމަށްފަހު ހާރޫނު ކައިރިއަށް ޖެހިލާ އަތުގައި ބައްދާލިއެެވެ. ބައްޕައަކީ އެހާ ރަނގަޅު މީހަކަށް ވީތީ އައިޝާވެސް އަދި އީޝަލްވެސް އުފާކުރެއެވެ.

” އަހަރެން ނީމާއާ އިނީ ތިން ސަބަބަކަށްޓަކާ.. ނީމާގެ ބައްޕަގެ ވަސިއްޔަތުގެ ސަބަބުންނާ… އަހަރެންގެ ރަހުމަތްތެރި ރިޒްވާންއަށްޓަކާ އަދި ނީމާއަށް ރަނގަޅު ހަޔާތެއް ހޯދައިދިނުމަށް.. ބައްޕައަށް މިކުރެވުނީ ކުށަކަށްވާނަމަ މިކުށައް ނިހާޔަތަށް މާފަށް އެދެން.. ” ކުރެހިފައިވާ އަޑަކުން ހާރޫނަށް ބުނެވުނެވެ.

” ނޫން ބައްޕާ.. އަހަރުމެން މިއަދު ފަހުރުވެރިވާ ތީއަހަރުމެންގެ ބައްޕައަށްވީތީ.. އަހަރުމެންގެ ފަރާތުން ދައްތައަށްވެސް ބައްޕައަށް ކުރާހާ ޤަދަރާ އިއްޒަތު ލިބޭނެ.. ” ނީމާ ގައިގާ ބައްދާލަމުން އައިޝާ ބުންޏެވެ.

” އެއީ ތެދެއް.. މީގެ ފަހުން އަހަރެން ދެކޭނީ ތީވެސް އަހަރެންގެ މަންމައެއްގެ ގޮތުގަ..” އީޝަލްވެސް ތެދުވެގެން ގޮސް ނީމާ ކައިރިއަށް ހުއްޓުނެވެ.

ހާރޫނު ދެލޯ ފޮހެލަމުން ހީލީ ދަރިންނާމެދު ފަޙުރުވެރިވެހުރެއެެވެ. ނަމަވެސް އިރުކޮޅެއްގެ ތެރޭގައި އެހިނިތުންވުންފިލައިގެންދިޔައީ އަދިވެސް ހަޤީގަތް އެއްކޮށް ކިޔައިނުދެވޭތީއެވެ.

ދުވަސްތައް ފާއިތު ވަމުންގޮސް ސޮފިއްޔާ އަތޮޅުވެއްސަށް ގެންދިޔަތާ ބަރާބަރު ހަފްތާއެއްވީއެެވެ. އެތަނަށް ގެންދިޔަފަހުން ސޮފިއްޔާ އެއްވެސް މީހަކާ ބަހެއް ނުބުނެއެވެ. ދިނީމަ ކައިގެން ނިދިއައިމަ ނިދައިގެން ހަމަ އިންނަނީއެވެ. ފެންވަރަނީވެސް ދެދުވަހުން އެއްދުވަހު ކަހަލަގޮތަކަށެވެ. އަނދިރިކަން ވެރިވެފައިވާ ކުޑަގޮޅީގެ ތެރޭގައި ބަހައްޓަފައި ހުރި ކުޑަމަތީގައި އަރިއަކަށް އޮށޯވެލައިގެން ސޮފިއްޔާ އޮތެވެ. ދެލޯމަރައިގެން އޮތް ސޮފިއްޔާ ދެލޯ ހުޅުވާލީ ގޮޅިއަށްވަންނަން ހަދާފައި ހުރި ކުޑަ ދަގަނޑުދޮރު ހުޅުވާލިއަޑަށެވެ.

“އާއިލާ މީހުންގެ ބައްދަލުވުމެއް އެބައޮތް މިއަދު.. ހިނގާ ދާން..” ޕޮލިސް އަންހެންކުއްޖާ އެތެރެއަށް ބޯދިއްކޮށްލަމުން ބުނެލިއެވެ. ސޮފިއްޔާ އިތުރު ބަހެއް ނުކިޔާ އަންހެން ކުއްޖާ ފަހަތުން ދާންފެށިއެވެ. ދޮރެއް ހުޅުވާލަމުން އެތެރެއަށް ވަންނަން ބުނުމުން ސޮފިއްޔާ އެތެރެއަށް ވަނެވެ. ސޯފާގައި އިށީނދެއިން މީހާ ފެނުމާއެކު ސޮފިއްޔާ ދެބުމަ ގޮށްޖަހާލައި ދެއަތް މުށްކަވާލިއެވެ.

-ނުނިމޭ-

26
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Axoo

Other Articles

Previous

ހުރީ ވެވިފާ ބާކީ… (ފުރަތަމަ ބައި)

Next

ރިޔާޝާ (25ވަނަ ބައި)

Next
November 18, 2016

ރިޔާޝާ (25ވަނަ ބައި)

Previews
November 17, 2016

ހުރީ ވެވިފާ ބާކީ… (ފުރަތަމަ ބައި)

19 Comments

  1. hayyu says:
    November 17, 2016 at 10:42 pm

    emme furathama ves bunelan beynun vany varah bodah sorry eh ehaa dhuwaskohfa kurukoh up kurevunyma.. evves kuhjeh hayyu dheke rulhi naanahche hayyu busy koh adhi kudakoh balikoh ulhunyma ginain liyevey goi nuvey.. 🙁 rulhi nais huriha kudhinves mi bai kiyaalafa commenteh kolahche, 🙂 lwbivey hurihaa kudhindhekeves 🙂 <3

  2. Xeena says:
    November 17, 2016 at 11:12 pm

    V v v reethi mi baivx.. Shafakillah hayyu.. ?

    1. hayyu says:
      November 18, 2016 at 2:27 pm

      jazakallah khairan xeena :*

  3. Petite says:
    November 17, 2016 at 11:20 pm

    Nice

    1. hayyu says:
      November 18, 2016 at 2:28 pm

      jazakallah khairan petite 🙂

  4. mimmi says:
    November 17, 2016 at 11:36 pm

    Masha Allah. Sooo nice. Luv it ❤❤❤

    1. hayyu says:
      November 18, 2016 at 2:29 pm

      jazakallah khairan mimmi <3 🙂

  5. Amath says:
    November 18, 2016 at 1:20 am

    Hayyu avaha upload kurachey next episode ? v nice story vex

    1. hayyu says:
      November 18, 2016 at 2:30 pm

      In Sha Allah upload kuraanan Avahah 🙂 jazakallah khairan Amath 🙂 🙂

  6. Maree says:
    November 18, 2016 at 5:58 am

    V reethi

    1. hayyu says:
      November 18, 2016 at 3:12 pm

      jazakallah khairan maree

  7. he he he says:
    November 18, 2016 at 10:16 am

    Hayyu mi vaahaka akee varah interesting vaahaka ey.. bunalan otheee readers rulhi nayas happy vaane ey thankolhey avas kollaafa dhigu kohleema… ekam ingay bxy meehun ves aulheyne kan.. good work☺

    1. hayyu says:
      November 18, 2016 at 2:31 pm

      jazakallah khairan for the lovely advice and for the comment :* 😉

  8. faidhaS says:
    November 18, 2016 at 12:52 pm

    maasha Allah, vvv reethi dhaagoi, 🙂

    1. hayyu says:
      November 18, 2016 at 2:32 pm

      jazakallah khairan faidhaS

  9. Naanu says:
    November 18, 2016 at 7:27 pm

    Masha Allah v rythi
    hayyu mirey up kohdhevidhanetha?

  10. alma.. says:
    November 19, 2016 at 7:28 pm

    Masha Allah mi part vs varah reethi..
    kuriah huri part thah vs reethi vaane hen hiyvaniy…. 🙂

  11. Anonymous says:
    August 31, 2017 at 10:57 am

    mi part ves varah reethi,MashaAllah. mi kahala vaahaka eh kiyan libunyma varah ufaa vehjje.

  12. mal-mal says:
    August 31, 2017 at 11:48 am

    woooowww!!! this story is getting interesting!! MashaAllah, very nice! keep up the good work!

Comments are closed.

All Right Reserved!