Skip to content
އެސްފިޔަ

ބަދަލު

ފޭސްބުކުން ފެންނަން އިން އަަހަރެންގެ ފޮޓޯއަށް ވަރަށް ރަނގަޅަށް ބަލާލީމެވެ. އެއީ އަހަރެންގެ ދޮންތަގެ ކައިވެނި ޕާރޓީގައި ދޮންތައާއި އެކު އަހަރެން ނަގާފައިވާ ފޮޓެއެކެވެ. އެކަނި ހުންނަ ފޮޓޯ ފޭސްބުކަށްލުމަކީ މިހާރު އަހަރެން ކުރާކަމެއްނޫނެވެ.  ރަށްޓެހިންގެ ވަރަށް ގިނަ ކޮމެންޓްސްތަކާއި ލައިކްތައް އެ ފޮޓޯއަށް ލިބުނެވެ. . ހުސް އެ ފޮޓޯގެ ރީތި ވާހަކައެވެ. ހެދުން އަޅާފައިހުރި ގޮތް ރީތި ވާހަކައާއި އަހަރެންނާއި ވަރަށް ގުޅޭ ވާހަކައެވެ. އަހަރެންނަށް ހިނިތުންވެލެވުނެވެ. ހިތަށްއެރިއެވެ. އަސްލުވެސް ޖިލްބާބު ލާފައި ތިބޭ އިރު އަންހެންކުދިން މާ ފުރިހަމަވެފައި އަންހެންވަންތައެވެ. އެހެދުމުގައި ހުންނައިރު އަހަރެންވެސް ހާދަތަފާތޭ ހިތަށް އެރިއެވެ. މިއީ މިހާރުގެ އަހަރެންނެވެ. އެހެންނަމަވެސް މި ދިރިއުޅުމަށް އައުމުގެ ކުރިން…

އަހަރެންނަކީވެސް  އެންމެ ފަހުގެ ފެޝަންތަކަށް ލޯބިކުރާ އަންހެންކުއްޖަކީމެެވެ. ގަޔަށް ބާރުކޮށް ހުންނަ ކުރު ހެދުންތަކަކީ އޭރު އަހަރެން ގަބޫލުކުރި ގޮތުގައި އަންހެންކުދިންގެ ރީތިކަމާއި އަންހެންވަންތަކަށް ދައްކުވައިދޭ އެންމެ ބޮޑު ވަސީލަތެވެ. އެހެންކަމުން އަހަރެން އަބަދުވެސް ބޭނުންވަނީ އެފަދަ ހެދުންތައް ލާށެވެ. އެހެންނަމަވެސް އޭރުވެސް އަހަރެން އެންމެ ބޭނުންވާ ގޮތަށް ހެދުން އެޅުމުގެ ފުރުސަތުވަނީ އަހަރެންގެ މަންމައާއި ހެދި ކޮންމެވެސް ވަރަކަށް ހަނިވެފައެވެ.

އަހަރެންނަކީ ގުދުރަތުން މާތްﷲ ރީތި ސިފަތަކެއް ދެއްވާފައިވާ އަންހެން ކުއްޖެކެވެ. މަގުމަތިން ހިނގާފައިދާ އިރު ކޮންމެ ދުވަހަކުމެ އެތައްބައެއްގެ ދުލުން އަހަރެން ރީއްޗޭ ބުނާއަޑުއިވެއެވެ. އެފަދަ ކޮންމެ ވަގުތެއްގާއި އަހަރެންގެ ހިތް އުފަލުންފޮޅެއެވެ. އެސިފައިގެ ބޭނުން ހިފާ، ދާ ކޮންމެ ތާކުމެ ތިބޭ ފިރެހެނުންގެ ހިތް ލެއްބުމަކީ އަހަރެން ކުރާހިތުން ކުރިކަމެކެވެ. ސްކޫލްގައި އުޅުން އިރު ގިނަ ޓީޗަރުން  އަހަންނާއި ގަޔާވާކަން އަހަރެންނަށް އެނގެއެވެ. ޓިއުޝަން ކްލާހަކަށް ގޮސްފިނަމަ އެތަނުން ހައެއްކަ ފިރިހެންކުދިންނާއި، ސަރ އަހަރެންނާއި އަޅައިނުގަންނަތާކަށް ދެވުން ހަނދާނެއްނުވެއެވެ. އެހެންނަމަވެސް ކުދިންނާއި ރައްޓެހިވެ އެކުދިންނާއި އެކު ބޭރަށްގޮސް އުޅުަމަކީ މަންމަ އަހަންނަށް ހުއްދަ ދޭ ކަންތައްތައްކަމަށް ނުވާތީ، އެކަންތައްތައް ކުރަމުން އައީ މަންމައާއި ސިއްރުންނެވެ. އޮފީހަށް ވަނުމާއިއެކު ބޮސް އަހަރެންނާއި ސެކްޝަނުގެ އެެހެން މީހުންނާއި ތަފާތުކުރިއެވެ. އަހަންނާއި މެދު ޚާއްސަ ގާތްކަމެއް ބަހައްޓާން ފެއްޓިއެވެ. އެކަން ސެކްޝަނުގެ އެހެން ކުދިންނަށްވެސް ފާހަގަވެގެން އެވާހަކަ ދައްކާނެއެވެ. އެފަދަ ކޮންމެ ވަގުތެއްގައި އަހަރެންނަށް ހިނިތުންވެވެނީ އަސްލުވެސް އެކަމާއި އުފާވާތީއެވެ. އޮފީހަށް ވަންތާ 6 މަސްވީތަނާއި އަހަރެންނަށް އޮފީހުގެ ފަރާތުން ކޯހެއްލިބުނެވެ. އެކޯހުގައި ރާއްޖެއިން ބޭރަށް ދިއުންވެގެން ދިޔައީ ހުޅަނގުގެ ފެޝަންތަކާއި އިތުރަށް ރައްޓެހިވާންލިބުނު ފުރުސަތެއްކަމުގައެވެ. އެއީ މުސްލިމު އާބާދީ ބޮޑުގައުމެއް ނަމަވެސް އެހެން ދީންތަކުގެ މީހުންވެސް އެތަނުގައި އުޅެއެވެ. އެހެންކަމުން މިފަދަ ތަނެއްގައި ދިރިއުޅުމުގެ ފުރުސަތުލިބުމާއި، އިމެއްނެތް މިނިވަންކަން ލިބުންވެގެންދިޔައީ އަހަރެންގެ ދިރިއުޅުން ކުރިއަށްވުރެވެސް ދީނާއިދުރުވެ ހުޅަނގުގެ ގޮތްތަކަށް އުޅުމަށް ހިތްޖެހުމަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. އަދި އަހަރެންނަށް ފުރަތަމަ އެތަނަށް ގޮސް އުޅެން ލިބުނު ރައްޓެހިންނަކީވެސް އަހަރެންފަދަ ބަޔަކަށް ވުމުން އަހަރެންނަށް އޭރު އުޅެވެމުންދިޔައީ ރަނގަޅު އުޅުމެއް ނޫންކަމެއް އެއްގޮތަކަށްވެސް އިހުސާސެއްނުވެއެވެ. ކުރިންވެސް މަންމަ ބުނީމާ، މަންމަ ރުޅިއަތުވެދާނެތީ ފަސްނަމާދު ކުރަމުންއައި އަހަރެން، މަންމައާއި ދުރަށް އާދެވުމުން ނަމާދަކީ ހަމައެކަނި އިމްތިހާނު ދުވަސްވަރު ކޮށްލާކަމަކަށް އެކަނި ވެއްޖެއެވެ. ދީނުގެ އެއްވެސް ކަމެއް އަހަރެންގެ ގައިގައި ނެތްކަހަލައެެވެ. މަންމަކައިރީގައި ނެތުމުން ހެދުން އެޅުމުގައިވެސް އަހަރެން ބޭނުންވާ މިންގަނޑު އިޚްތިޔާރުކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންދިޔައެވެ.

ދުވަސްތައް ފާއިތުވަމުންގޮސް އެގައުމުގައި އަހަރެން އުޅެމުންދާތަާ 2 އަހަރު ވީ ފަހުން އަހަރެންގެ ދިރިއުޅުމަށް ބަދަލުތަކެއް އައުމަށް މެދުވެރިވި ފަރާތާއި އަހަރެންނާއި ބައްދަލުވިއެވެ. އެއީ މުނީއެވެ . އަހަރެންގެ ކިޔަވަމުންދިޔަ ކޮލެޖަށް އަލަށް އައިކުއްޖެކެވެ. ދެމީހުން އެއްތާކު ކިޔަވަންޖެހުމާއި އެކު ދެމީހުންގެ މެދުގައި އޮތް ގުޅުން ވަރަށް އަވަހަށް ބަދަހިވެ ގާތް ދެރަހުމަތްތެރިންނަށް ބަދަލުވިއެވެ. ގޭގައި އަހަރެންނާއި އެކީ އުޅެމުން އައި ކުދިންނާ އެއްކޮށް ހޭދަކުރާ ވަގުތަށްވުރެ މުނީއާއިއެކު ހޭދަކުރާ ވަގުތު ދިގުވުން ވެގެންދިޔައީ މި ބަދަލު އައުމަށް ލިބުނު އިތުރު ބާރަކަށެވެ. އަހަރެންނާއި ޚިލާފަށް މުނީއަކީ އިސްލާމްދީނަށް ލޯބިކުރާ، ދީނުގެ ހަމަތަކާއި އުސޫލުތައް ހުރިހާ ކަމެއްގައި ބޭނުންކުރާ ކުއްޖެކެވެ. އަޅާފައި ހުންނަނީ އިސްލާމީވަންތަ ހެދުމެވެ. އެންމެ ނަމާދެއްވެސް ނާޅާ ނަމާދުކުރެއެވެ. ސުންނަތް ނަމާދުތަކާއި ހެނދުނާއި ހަވީރުގެ ޒިކުރުތަކާއި ދުއާތައްކިޔާނެއެވެ. ކޮލެޖްގައި އުޅޭގަޑީގައިވެސް ނަމާދު ވަގުތު ޖެހުމުން ނަމާދުކުރާނެއެވެ. ފުރަތަމަ ކޮޅު މުނީ ނަމާދަށް ދިއުމުން ކޮންމެވެސް ބަހަނާއެއް ދައްކާފައި އަހަރެން ފިލަމެވެ. އެހެންނަމަވެސް ފަހުން މުނީ އަހަރެންނާއި ދިމާއަށް ނަމާދުނުކޮށް އުޅޭވާހަކައާއި، އެހެން އުޅޭކަށް ނުވާނޭ ބުނުމުން އަހަރެންނަށް މަޖުބޫރުވީ މުނީއާއި އެކު ނަމާދަށް އަރާށެވެ. ފުރަތަމަ ކޮޅު އަހަރެން ނަމާދަށް އަހަރަންފެށީ މުނީ އެކަމަށް މަޖުބޫރުކުރަން ފެށުމުން އެނޫންގޮތެއް ނެތިގެނެވެ. ބާޒާރަށް ދިޔަސް މުނީއާއި އެކު ގޮސްފިނަމަ އަބަދުވެސް ނަމާދުވަގުތަށް ގެއަށް އަންނާނެއެވެ. ނުވަތަ ޝޮޕިން މޯލް ތެރެއިން މިސްކިތަށް އަރާ ނަމާދުކުރާނެއެވެ.

މިގޮތަށް މުނީއާއި އެކު އުޅެންފެށީތާ މަހެއްވީ އިރު މުނީގެ ދީނީ ވާހަކަތަކުން މަޑުމަޑުން އަހަރެންގެ އުޅުން ބަދަލުވާންފެއްޓިއެވެ. ކުރިން މުނީ ބުނާތީ މަޖުބޫރުވެގެން ނަމާދުކުރާ މީހާ، އަމިއްލައަށް ފެނިގެން ނަމާދުކުރަން ފެއްޓީމެވެ. އެއްވެސް ނަމާދެއް ނާޅާ ނަމާދުކުރުމުގެ މަގު މުނީއާއި އެކު އުޅެން ފެށުމުން އަހަންނަށް އިތުރަށް ތަނަވަސްވެގެންދިޔައެވެ. އަހަރެންގެ ގޭގައި އުޅޭކުދިންނާއެކު ބޭރަށް ގޮސްފިނަމަ އެ ދުވަހު ހަތަރު ދަންވެސް ބޭރުގައި އުޅެފާނެއެވެ. ނަމާދުގަޑި އެއީ އެމީހުންނަށް ދަންނަ އެއްޗެއް ނޫންކަހަލައެވެ. މިސަބަބަށްޓަކައި ގޭގައި އުޅޭ ކުދިންނާއި އެކު ބޭރަށް ދިއުން އެއްކޮށްކަހަލަ ގޮތަކަށް އަހަރެން ހުއްޓާލީމެވެ. އަހަރެންގެ ހިތަށް ނޭނގޭ ހިތްހަމަޖެހުމެއް މި ބަދަލުގެ ސަބަބުން ލިބެންފެށިއެވެ. ދީނީ ސައިޓްތަކާއި ދީނީ ލިޔުންތައް ބަލަންފެށުމުން ދުވަހެއް ދުވަހަކަށް އަހަރެން ދިޔައީ ދީނާއި ކައިރިވެ ދީނަށް ލޯބިޖެހެމުންނެވެ. މުނީގެ އެހީތެރިކަން މިކަމުގައި އަހަރެންނަށް ވަރަށް ބޮޑަށް ލިބިގެން ދިޔައެވެ. އެންމެފަހުން އަހަރެން ކުރިން އުޅެމުން އައި ގެ ދޫކޮށް މުނީގާތަށް އެއްކޮށް ބަދަލުވީމެވެ. އެމީހުންނާއި އެއްވެސް މައްސަލައެއްޖެހިގެނެއް ނޫނެވެ. އެމީހުންނާއި އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން މިހާރުވެސް އަހަރެން ބާއްވަމެވެ. މުނީއާއި އެކު އެގެއަށް ބަދަލުވިފަހުން ބައެއް ރޭރޭ ފަތިސްވަންދެންވެސް ދީނީ އެކިއެކި މައުޟޫތަކަށް ވާހަކަދައްކަން އަހަރުމެން ތިބެމެވެ.

ނަމާދު ބަރާބަރަށް އަދާކުރަން ފެށިފަހުން މުނީ އަހަރެންނަށް ބުނެދޭން ފެއްޓީ އަހަރެން ހެދުން އަޅާގޮތް ދީނާއީ ނުގުޅޭކަމުގަޔާއި އެފަދަ ބާރު ހެދުންތައް ލައިގެން ނަމާދުކުރުމުން ނަމާދު ސައްހަނުވާނެކަމުގައެވެ. މިހެން ބުނުން ވެގެންދިޔައީ އަހަރެން ކުރިން  އަހަރެން ލަމުންއައި ގަޔަށް ބާރު ހެދުންތައް ލުން ހުއްޓާލުމުގެ މައިގަނޑު ސަބަބުކަމުގައެވެ. ކޮންމެ ވަގުތަކު ނަމާދުނާޅާ ނަމާދުކުރަމުން އަހަރެން ގެންދާއިރު، މާތްﷲގެ ހަޟްރަތުގައި އެނަމާދުތައް ގަބޫލުނުވުމުގެ ސަބަބަކަށް އަހަރެން ލާ ހެދުންތައް ވާން އެއްގޮތަކަށްވެސް އަހަރެން ބޭނުންނުވީއެވެ. މީގެ އިތުރުން މުނީއާއި އެކު ބޭރަށް ދާވަގުތުތަކުގައިވެސް މުނީ ކައިރި އަހަރެން ހުންނައިރު އަހަންނާއި ދިމާއަށް ފިރިހެނުންގެ ނަޒަރުތައް ހުރުމާއި، ބައެއްފަހަރު އެމީހުންގެ ތަފާތު ބަސްތައް އަހަރެންނަށް ރައްދުވުމުން އަހަންނަށް އުނދަގޫވާން ފެށިފެށުންވެސް ވެގެންދިޔައީ މިކަމުގެ ސަބަބަކަށެވެ. އަހަރެން ޖިލްބާބުލާން ބޭނުން ވާޙަކަ ބުނުމުން މުނީ ވަރަށް އުފާވިއެވެ. މުނީއަކީ ފަހަންދަންނަ ކުއްޖެއްކަމުން އަހަރެން ބޭނުންވާ ގޮތަށް އަހަރެންނަށް ހެދުންފަހައިދިނެވެ. އެހެންނަމަވެސް އޭރު އެއަހަރުގެ ރޯދަމަސް އަންނަން ހަފްތާއެއްވަރަށް ކައިރިވެއްޖެއެވެ. އެހެންކަމުން އަހަރެން ބޭނުންވީ ރޯދަމަހުގެ ފުރަތަމަ ދުވަހު ޖިލްބާބުލާން މަޑުކުރާށެވެ. އަދި އެއަހަރުގެ ރޯދަމަހުގެ ފުރަތަމަ ރޭ އަހަރެން ޖިލްބާބުލާން ފެއްޓީމެވެ. މިކަމާއި އަހަރެންގެ މަންމަ ވަރަށް އުފާވިއެވެ. މަންމައާއި ދުރުގައި ހުންނައިރުވެސް ދީނީކަންތައްތަކަށް އަހަރެން ފަރުވާ ބަހައްޓާތީއެވެ. މުނީ އާއެކު އެ އަހަރު ކޮންމެ ރެއަކު ރޯދަމަހު އަހަރެން ތަރާވީސްކުރަން ފެއްޓީމެެވެ. އެއީ ފުރަތަމަ ފަހަރަށް އަހަރެން ތަރާވީހަށް ދިޔަ ރޯދަމަހެވެ. ކުރިން އަހަރެން އަބަދުވެސް ހިތަށް އަރައެވެ. އެހާ ދިގު ނަމާދެއް ކުރަން ތިބޭ އިރު ފޫއްސެއްނުވޭބާވައެވެ. ރޯދަ ވީއްލާ ގޮތަށް ވަރުބައްޔެއް ނުވޭ ބާވައެވެ. އެ ހުރިހާ ސުވާލެއްގެ ޖަވާބު އެއަހަރު އަހަރެންނަށް ލިބުނެވެ. ތަރާވީސް ނަމާދަކީ ރޯދަމަހުގެ އެންމެ އިންތިޒާރުކުރެވޭ އެއްވަގުތަށް ވިއެވެ.

މުނީއާއި އަހަރެން ދިމާވުން ވެގެން ދިޔައީ މާތްﷲ އަހަރެންނަށް އިސްލާމްދީނަށް ލޯބިޖެހުމަށް މެދުވެރިކުރުވި ސަބަބަކަށެވެ . އެފަހުން މިހާރު 8 އަހަރު ފާއިތުވެއްޖެއެވެ. ދުވަހަކުވެސް ނަމާދެއް ނާޅަމެވެ. ގަޔަށް ބާރު ހެދުން ލުމަކީ އެއްގޮތަަކަށްވެސް އަހަރެން މިހާރު ގަޔާވާކަމެއްނޫނެވެ. ފިރެހެނުން ގިނަ ތަންތަނަށްދިއުމާއި އެމީހުންނާއި ހީ މަޖާކޮށް ސަކަރާތްޖަހާ އެމީހުންގެ ސަމާލުކަން ހޯދަން އުޅުމަކީ މިހާރު އަަހަރެންގެ މިޒާޖެއް ނޫނެވެ. އަދި އަހަރެން ގަޔާވާކަމެއްވެސް ނޫނެވެ. މިއަދު އަހަރެންނަކީ ދީނަށް ލޯބިކުރާކުއްޖަކީމެވެ. އަދި ވީހާވެސް ބޮޑަށް އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް އުޅެން މަސައްކަތްކުރާ ކުއްޖަކީމެވެ https://erektilemed.de/. އަހަރެންގެ ދިރިއުޅުން ވަރަށް އުފާވެރިއެވެ. ކަންކަމާއި މާޔޫސްވުމާއި ނާއުއްމީދުވުމަކީ މިހާރު އަހަރެންގެ ހަޔާތުގައި ނެތްކަމެއްފަދައެވެ. ކޮންމެ ކަމެއްގައިމެ މާތްﷲ އަށް ވަކީލުކޮށް އެކަލާނގެ ހަޟްރަތަށް އަހަރެންގެ ހިތުގައި އޮންނަ ޔަގީންކަން ވެގެންދިޔައީ މިކަމުގެ ސަބަބުކަމުގައެވެ.

އެކުވެރިންނޭވެ! ފަހަރެއްގައި ތިބާގެ ހަޔާތުގައިވެސް މިފަދަ ދުވަސްތަކެއް ތަޖުރިބާކޮށްފާނެއެވެ. ވަގުތު ފާއިތެއްނުވެއެވެ. އަވަހަށް ތައުބާވެ ހެޔޮމަގަށް ރުޖޫއަވާށެވެ. އިޚްލާސްތެރިކަމާއެކު ވާ ތައުބާ މާތްﷲ ޙަޟްރަތުގައި ގަބޫލުކުރައްވާނެކަމުގެ ޔަގީންކަމާއެކު ތައުބާވާށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކަކީ މާތްﷲ އަންގަވާފައިވާ ގޮތަށް އުޅުމަށް އަޒުމުކަނޑައަޅާ އެ ގޮތުގައި ދެމިހުރުމަށް މަސައްކަތްކުރާ ދުވަސްތަކަކަށް ހަދާށެވެ. ކޮންމެ މީހެއްގެ ހަޔާތަށް އަހަރެންނަށް ދިމާވި ފަދަ ރަހުމަތްތެރިއަކު ނައިސް ހިނގައިދާނެއެވެ. އެހެންނަމަވެސް މިއީވެސް ފުރުސަތެއްކަމަށް ބަލާ މި ފުރުސަތުގެ ބޭނުން ހިފާށެވެ.

މުނީއާއި އަހަރެންގެ ގުޅުން އޭރެކޭ އެއްގޮތަށް މިހާރުވެސް ބަދަލެއް ނައިސް އޮވެއެވެ. އެއީ ވަރަށް ޚާއްސަފަރާތެކެވެ. އެއީ އަހަރެންގެ ދިރިއުޅުމަށް ހެޔޮބަދަލުތައް ގެނައުމަށް މަސައްކަތްކޮންދިން ފަރާތެކެވެ. އެއީ ހެޔޮއެދޭ ރަހުމަތްތެރިއެކެވެ. މިކިޔައިދިނީ އަހަރެންގެ ދިރިއުޅުން ބަދަލުވެގެން ދިޔަ ގޮތުގެ ވާހަކައެވެ. އަހަރެންގެ ހަޔާތުގެ ވާހަކައެވެ. މި ވާހަކައިގެ ސަބަބުން ތިޔަ އެކުވެރިންގެ ހަޔާތަށް ހެޔޮ އަސަރުތަކެއް ކުރުމަކީ އަހަރެންގެ  ދުޢާއެވެ.

 

Comments (23)

  1. Niz

    Wow..vvvv ibraitheri vaahaka eh…

  2. Eyesh

    Oh blackbeauty .. u r just too gud v v reethi ibaarai kurun and v rythi mi story ves.. i like ur stories ingey ?

  3. mice

    very nice! true stry ehtha??

  4. ishaa

    Maa Sha Allah…. this story is awesome…

  5. ahmed

    Wow varah reeethi story eh aslehtha?

  6. xeeel

    Ma sha Allah. V hiyy gaimu adhi ehaame ibraitheri vhka eh.. 🙂

  7. Blackbeuty

    Thanxxx..Hurihaa kudhinge loabi comments thakah.????

  8. Ahmed Ammu

    Varah furihama. Ibraiytheri vaahaka eh. ?

  9. Nihko

    Woww v nice….

  10. maluudxxx

    Ohhh wow blackbuty…this story is awesome. .i like this story…ekam story maa kury♡♡♡♡♡♡♡♡

  11. Nihko

    Asluvx dho ..maa kury…but very nice…:

  12. Nishaan

    Blackbuty kihineyy tha mi syte ga dhivehin vaahaka liyanee, rajister ves kohfin ekamu adhi neynge vaanuvaa eh kiyaala dheeba vaahaka liyan hadhaa jehey goyy

    1. MarSha
      Nishaan

      Log in vefa dash board ah gossa liyaany….

  13. Faxoo

    ވަރަށް ވަރަށް ރީތި މާޝާ ﷲ!! މިކަހަލަ ވާހަކަ ގެނެސް ދީގެން މުޖުތަމަޢު ހޭލުންތެރި ކުރުވަންވީ… 😀 Its really awesome!! BlackBeuty ge aa vaahaka akah inthixaaru kuran ! and mivaahaka mi iy hageegatheh tha? its very intresting MashaAllah… 🙂

  14. Blackbeuty

    Faxoo.. Vaahakaige bodu bayakee hageegai ??

  15. Blackbeuty

    Nishaan..rajister vefa iniyya loginvefa fennan hunnaane baivaru ehched thakeh..ethanun new story ah click koffa dhen liyaanee..e ew black beuty hadhaa goii

  16. Juma

    Vvv nice n vvv ibraitheri.. keep it up!!??

  17. InsaanehMiAAlamGaivAA

    V interesting.. May god bless you.

  18. Anonymous

    V interesting.inshaa Allah mi story in miuleny kudin nah v bodu iburateh libey ne. Maaith Allah tibaa yah heyo rahumaith lah vaashi

  19. flower

    Story kee hurihaa kudhinney..story liyunu kujjaa ah thaureef kurumuge kurin story ga v goiy nikan visnaa lavvavaaa..ibrathun furigen nuveytho..Allaah Subhaanahu Wata’aalage rahmaiy v ves thanavas vegen vey..ekujja ah hidhaayaiy libunu kamah takaa hamdhu koh mee ibrathe gothuga dhekilavvaa..ekujja ah hulhuvigendhiyaee suvarugeah dheveyne mageh..saabithu vejje nama in sha Allaah kaamiyaab vaane..hayaathaky v kuru eche..fb ah photo laa kudhin visnaalavvavaa..thibaa ge reethikan dhakkan r photo laairu Allaah dhevvevi sifa ah bodaave nuganey..e sifa dhevvi kamahtakaa fahuruveri vumuge kurin e sifa dhevvikamahtakaa amaanaiytherive e sifa rakkaatherikurumah Allaah Subhaanahu Wata’aala Quran ga angavaafaivaa gothah nivaavumah naseyhaiytherivan..

  20. Xia

    Story v ibraitheri. Visnunves badhalu vejje. Ekm story ah balaairu 1bai madhu. Course ah c gothaa, vazyfaa ah v goi. Keep it up.

  21. Shavan

    mi kahala vaahaka ginain liyumah edhen. varah salhi vaahaka eh.

  22. nadha

    warah reethi story eh

Comments are closed.