Skip to content
އެސްފިޔަ

މާޒީ

އަހަރެން ކިޔަވައި ނިމުމާއެކު ވަޒީފާއަކަށް ދާން ފެށީމެވެ. އަހަރުގެ ކުރީކޮޅު ދިޔައީ ނުހަނު އޮމާންކޮށެވެ. ނަމަވެސް ގިނަ ދުވަސްތަކެއްނުވެ އަހަރެންގެ ޙަޔާތަށް ކުދިކުދި ބަދަލުތަކެއް އަންނަން ފެށިއެވެ. ޙަޔާތުގައި ފުރަތަމަ ފަހަރަށް އަހަރެން ކުއްޖަކާއި ރައްޓެހިވީމެވެ. އަހަރެން އޭނަދެކެ އިންތިހާއަށް ލޯބިވީމެވެ . އަދި އޭނަ ބުނާ ކޮންމެ ކަމެއް ފަސްނުޖެހި ކުރަމުން ދިޔައީމެވެ. ފިރިއަކަށް ދޭންޖެހޭ މަތިވެރި މަޤާމް އަހަރެންގެ ހިތުން އޭނައަށް ދިނީމެވެ.

 

ދުވަސްތައް ފާއިތުވަމުން ދިޔަދިޔަހެން އަހަރުމެންގެ ބައްދަލުވުންތައް އިތުރުވަމުން ދިޔައެވެ. އަދި ދެމީހުންގެ ދެމެދުގައި އޮވެގެން ނުވާނެފަދަ ގާތްގުޅުމެއް އުފެދުނެވެ. ނަތީޖާއަކަށްވީ ﷲ ސުބުޙާނަހޫ ވަތަޢާލާ ނުރުއްސަވާ ފާފަތަކަށް އަރައިގަނެވުނެވެ. މި ކުރެވެނީ ގޯސް ކަންތައްތަކޭ އަހަރެންގެ ހިތަށް އޭރުވެސް އަރައެވެ. ނަމަވެސް އޭނަ އަހަންނަށް ވިސްނައިދެމުން ދިޔައީ އެއީ މިފަދަ ޒަމާނެއްގައި މާ ބޮޑު ކަމެއް ނޫންކަމަށެވެ. އަހަންނަށް އޭނަގެ ބަސް ޤަބޫލު ކުރެވުނެވެ. ހެއްދެވި ފަރާތް މަތިން ހަނދާން ނެތެން މާ ގިނަ ވަގުތެއް ނުނަގައެވެ.

 

މާ ގިނަ ދުވަސްތަކެއްނުވެ އޭނަ އަހަރެން ދޫކޮށްލާފައި ހިނގައްޖެއެވެ. އަހަރެންގެ ހިތް ކުދިކުދިވެ ހުރިހާ ހުވަފެންތައް ވިއްސިވިހާލިވިއެވެ. މިހެން ކަންތައްތައް ވާނެއެކޭ ދުވަހަކުވެސް ހިތަކަށް ނާރައެވެ. މިއީ ޙަޔާތުގައި ކުރިމަތިވި ފުރަތަމަ ހިތްދަތިކަމެވެ. އެންމެ ހިތްދަތި ދުވަސްތަކެވެ. އެ ހަނދާންތަކާ ދުރަށް ގޮސް އެ ދުވަސްތައް މަތިން ހަނދާން ނައްތާލަން އަހަރެން ނިންމީމެވެ. ކިތަންމެ ލޯބިވިޔަސް ދެން އެދުވަސްތައް އަނބުރާ ގެންނާކަށް އަހަރެން ބޭނުމެއްނޫނެވެ. އަހަރެން އަހަންނަށް ކުރެވުނު ކަންތަކާއިމެދު ދެރަވަމެވެ. އެހެނަސް އެކަމަށްޓަކައި އެއްވެސް މީހަކަށް އިނގިލި ދިއްކުރެވޭކަށްވެސް ނެތެވެ. އަހަރެން ވެސް އެނގިހުރެ އެ ފާފައިގައި ބައިވެރިވީތީވެއެވެ. ނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންގެ ފާފަ ފުއްސަވާކަން އަހަންނަށް އެނގެއެވެ. ފުރިހަމަ ތައުބާއަކުން ތައުބާވެ ކުރީގެ އުޅުން އަހަރެން ދޫކޮށްލީމެވެ.

އުޚްތުންނޭވެ! ތިބާގެ ރީތިކަން ތިބާ ވިއްކާނުލާށެވެ! ތިބާއަކީ ޤަދަރާއި ޝަރަފު ދެއްވާފައިވާ މީހެކެވެ. ތިވާ ޝައިތާނީ ލޯތްބަކީ މި ދުނިޔޭގައި ވަރަށް ބޮޑު އެއްޗެއް ކަމުގައި ފެނުނަސް، އާޚިރަތުގައި ތިބާއަށް އެ ލޯބިން މަންފާއެއް ނުކުރާނެއެވެ. ތިބާގެ ނުބައިކަމުގެ ތިލަފަތް ބަރުކުރަނިވި ސަބަބަކަށް އެ ލޯބި ވެދާނެތީ ބިރުވެތިވާށެވެ. ކައިވެނިން ބޭރުގައި ވެވޭ ލޯތްބަކީ އެއްވެސް އަގެއްނެތް އެއްޗެއްކަން ތިބާއަށް ވިސްނޭނެނަމަ ކިހާ ރަނގަޅު ހެއްޔެވެ؟

 

**ނިމުނީ**

 

(މިއީ “ކަލަކުވޭ، ބިރުވެތިވޭ” ނަމަކަށް ކިޔާ ފޭސްބުކް ޕޭޖްގައި ލިޔެވިފައިވާ ވާހަކައެކެވެ. އަޅުގަނޑު މިވާހަކަ މި ސައިޓްގައި ޝާއިއުކުރީ މިވާހަކަ ލިޔުއްވި ފަރާތުގެ އިޒުނައާއެކު އަޅުގަނޑުގެ އެކުވެރިއެއްގެ އެދުމުގެ މަތިންނެވެ. މާތް ﷲ މިފަދަ ކޮންމެ ހަނދުމަކޮށްދިނުމެއްގައި ބަރަކާތް ލައްވާ އަޅަމެން އެންމެނަށް ހިދާޔަތް ދައްކަވާށި! އަމީން!)

Comments (12)

  1. Aisha

    Facebook beynun nukuraa kudhin khineh follow kurany jana thi bunaa post thah ????

    1. jana
      Aisha

      Aisha, jana hunnaane fb ga noolhey kiyuntherinnah haassakoh Hijra ge baeh baithakuge dhashuga comment thakegge zariyyaain fb post thah hissa koffa. komme baeh kiyaafa thiriyah scroll kureema fennaane In Sha Allah 🙂 kuriah oiy thanuga ves vaahaka eh up kuraairu egothah kanthah kuraanan In Sha Allah 🙂

  2. nish

    Thanks jana .. mi vaahaka share kohly thyve .. v happy vehje jana anehkaavess stry eh genesdhinyma .. .. looking frward to ryd mre stories like this frm u .. i myn dhynee vaahaka .. mi vaahaka vess v rythi n ibratheh libihje .. thanks

    1. jana
      nish

      nish, jana mihaaruves mi dhany vaahaka eh liyamun. vaahaka vaki hisaabakah liyevunyma up kuraanan In Sha Allah 🙂 Alhamdhulillah! (All praise and thanks belongs to Allah)

  3. Samma

    Aameen!! Mikahala ibraitheri ginavaahaka dhakeh kiyaalan libeynekamah ummeedhukuran…

    1. jana
      Samma

      libeyne In Sha Allah 🙂

  4. Ahlaam

    Aameen. Jana ge dhigu ibraiytheri vaahaka akah varah inthizaaru kuran.

    1. jana
      Ahlaam

      Janage dhigu vaahaka eh adhives fenigendhaane In Sha Allah 🙂

  5. Ram

    Thee vara ragalhu kame jana

  6. faz

    Jana m so hapy to c u again..u r da only writer who writes dheenee stories as far as i know..jana liyaa konme story eh i would luv to read..ei jana liyaani konmes dheenee story ehkan believe kureveythee..keep writin such stories..more than luv stories we shuld b fond of readin religious stories..so keep it up..may allah give u more strength n ideas to write stories..n hope to c a new story of urs soon..

  7. seym

    thy araamagu.com ga thiya loabivaage loibah evaahaka liyunu janaa tha? thiyaloabivaage loibah evaahaka liyunu jana viyyaa evaahaka alun mi site ga post kohdheefaanan……

    1. fui
      seym

      kaloa maamey

Comments are closed.