Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އައިޝާ 2

Axoo Level 310 Stories100 Comments100 Login
October 22, 2016 4 Mins Read
26 Comments

އީޝަލް ކިހިނެއްވީތޯ ސުވާލުކުރުމުން އެބައަންނަމޭ ބުނުމަށްފަހު އައިޝާ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ނަމަވެސް ހުއްޓެން ޖެހުނީ ކުރިމައްޗަށް އެރި މީހެއްގެ ސަބަބުންނެވެ.

“ކޮން ވަހެއްތަ އެދުވަނީ.. ރޮށި އަންދާލީ ދޯ” ތަވާ މަތީގައި އޮތް އަނދާފައި އޮތް ރޮއްޓަށް ސޮފިއްޔާ ބަލާލިއެވެ

“ކަލޭ ބައްޕަ ފޮނުވާ މަދު ލާރިކޮޅުން އަހަރެން ގަންނަ ކާއެތިކޮޅު އެގޮތަށް ދޯ ކަލޭ ހުސްކުރަނީ.. ހުރެބާ ކުޅިދައްކާލާނަން..” ސޮފިއްޔާ އައިޝާގެ އަތުގައި ހިފިއެވެ. އަދި އުނދުނާ ދިމާއަށް ދާންފެށިއެވެ. އޭރު އައިޝާ ނޭނިގިވީކަމެއް ކަމުގައި އެތައްފަހަރަކު ބުނަމުން ގެންދިޔައެވެ. އީޝަލް ސޮފިއްޔާގެ އަތުގައި ހިފާ އެހެން ނުހެދުމަށް ބުނުމުންވެސް ސޮފިއްޔާ އީޝަލްގެ އަތްފޮޅުވާލުމަށްފަހު އުދުން ކައިރީ ހުއްޓި ހޫނު ތަވާ މަތީގައި އައިޝާގެ އަތްޖެއްސިއެވެ. އެވަގުތު ވީހޫނުން ތޫނު ހަޅޭކެއްގެ އަަޑު އައިޝާގެ އަނގައިން ނިކުތެވެ. އީޝަލްކައިރިއަށް އައި ރުޅިން ސޮފިއްޔާގެ ދެކޮނޑުގައި އަތްއަޅާ ދުރަށް ކޮއްޕާލިއެވެ. އެވަގުތު ކޮންޓްރޯލް ނުކުރެވި ސޮފިއްްޔާ އަރިއަޅާލައިގެން ވެއްޓުނެވެ. އެންމެ ފުރަތަމަވެސް މަންމާއޭ ކިޔާ ސޮފިއްޔާއާއި ކައިރިވެލެވުނީ އައިޝާއަށެވެ. އީޝަލްވެސް ސޮފިއްޔާ ނެގުމަށްޓަކައި ކައިރިވެލިއެވެ. ސޮފިއްޔާ ކައިރީގައި ކުޑަކަކޫ ޖަހައިގެން އިން އައިޝާގެ އަތް ފޮޅުވާލުމަށްފަހު ސޮފިއްޔާ ތެދުވީ އީޝަލްގެ އަތުގައި ހިފާފައެވެ. އެވަގުތު ސޮފިއްޔާ ފެންކަޅިވެފައި އީޝަލްއާއި ދިމާއަށް ބަލާލިއެވެ. އީޝަލްހުރީ ހަދާނެ ގޮތް ހުސްވެފައެެވެ. އަމިއްލަ މައިމީހާއަށް އެހެން ހެދުނީތީ އީޝަލް ދެރަވިއެވެ. މަންމަ ކޮންމެ ގޮތެއް ހެދިޔަސް އެ މަންމަ އާއި ދޭތެރޭގައި އިހާނާތްތެރި ވުމަކީ ފާފައެކެވެ. އެހެނީ ސުވަރުގެ ވަނީ އެމައިމީހާގެ ފައިތިލަދަށުގައެވެ.އީޝލް ތިރީގައި އިން އައިޝާއަށް ބަލާލިއެވެ. އައިޝާ އަތުގައި ފިހިފައި އިންތަނަށް ބަލާލަމުން އައިޝާއާއި ދިމާއަށް ދާން އީޝަލް ފިޔަވަޅެއް އެޅިއެވެ. ނަމަވެސް އޭގެ ކުރިން އައިޝާ ތެދުވެގެން ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ސޮފިއްޔާއާއި ދެތެރޭގައި ކަންތައްކުރި ގޮތުން އައިޝާ ހިތްހަމަނުޖެހުނީކަން އީޝަލްއަށް އނގުނެވެ.

” މަންމާ އަހަންނަށް މާފުކުރޭ..” ސޮފިއްޔާގެ ދެފައިގައި ހިފަމުން އީޝަލް ރޯންފެށިއެވެ. އަދި ތެދުވެ ބާރަށް ސޮފިއްޔާ ގައިގައި ބައްދާލިއެވެ. ސޮފިއްޔާ އީޝަލްގެ ބުރަކަށީގައި ފިރުމާލިއެވެ. އަދި އެއީ އައިޝާގެ ސަބަބުން ވީކަމެއް ކަމުގައި ބުނަމުން ދިޔައެވެ. އަދި އައިޝާ އީޝަލްއަށް ނުބައި ނަސޭހަތްދެނީ ކަމަށް ބުނެ އައިޝާއާއި ދުރުގަހުރުމަށް ނަސޭޙަތްތެރިވިއެވެ. އީޝަލް ރައްދުދޭން އުޅެފަވެސް ހުއްޓުނީ ބުނެވޭ އެއްޗަކުން ސޮފިއްޔާ ދެރަވެދާނެތީއެވެ.

އަނދިރިކަން ވެރިވެފައިވާ ކޮޓަރިތެރޭގައި އެނދުކައިރީގައި އިށީނދެލައިގެން އައިޝާއިނެވެ. ގިސްލަމުން ދިޔައިރު ބެލެމުން ދިޔައީ އަތުގެ ނުފުށުގައި ބޮޑުކޮށް ފިހިވެފައިވާ ތަނަށެވެ. އެތަނަށް އަޅަމުންދިޔަ ވޭނަށްވުރެ ބޮޑަށް ހިތުގައި އަޅިމުންދިޔަވޭން މާބޮޑެވެ. އަދި މިނޫން ދުވަހެއް ދައްކަވާތޯ ހިތާހިތުން ދުއާކޮށްލެވުނެވެ. އެގޮތަށް އެތައް އިރެއްވަންދެން އައިޝާ ރޯންއިނެެވެ. މެންދުރު ނަމާދު ބަންގި ގޮވިއަޑުއިވުމާއެކު އައިޝާ އަވަސްވެގަތީ ނަމާދުކުރުމަށެވެ. ވުޟޫ ކުރަމުންދިޔައީވެސް އެތައްހިތްވަރެއް ކޮށްގެންނެވެ.

………………………………………………..

ތަނަވަސް ބޮޑު ސިޓިންގްރޫމްގެ މެދުގައި ބެހެއްޓިފައިވާ ފެންވަރުގެ ސޯފާގައި އިށީނދެގެން އެއިނީ ލަކީ ޕެލެސްގެ ވެރިޔާ ހަބީބާއެވެ. ޓީވީން އަންނަ އިނގެރޭސި ފިލްމެއް ބަލަންއިންއިރު އެންމެ މިޒަމާނުގެ ކުއްޖެކޭ އެއްގޮތެވެ. ތުންފަތްމަތިން ފެންނަމުން ދިޔަ ހިނިތުންވުމުން ހީވަނީ ކަމަކާ ވަރަށް އުފާވެފައިންހެނެވެ. ސޮފިއްޔާ ކައިރީގައި ނިޔަފަތިތަކުގައި ކުލަޖައްސަން ހަބީބާގެ ބޮޑު އަންހެންދަރި ހިބާ އިންއިރު ހިބާ ކައިރީގައި ހިބާގެ ނިޔަފަތި ތަކުގެ ފޮޓޯ ނަގަން ކުޑަ އަންހެންދަރި ހައިފާ އިނެވެ.

ހަބީބާގެ ބޮޑުދަރިފުޅު އަދި ހަމައެކަނި ފިރިހެންދަރިފުޅު ހުޝާމް އިޝާނަމާދުކޮށްގެން ގެއަށް އައިސްވަނީ ހަމައެވަގުތުއެވެ. ހުޝާމް ފެނުމާއެކުކުރިއަށްވުރެވެސް ބޮޑަށް ހަބީބާ ހިނިތުންވެލިއެވެ. ހުޝާމްއަކީ ހަބީބާގެ ފަހުރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.އުމުރުން ތޭރައަހަރުގައިމެލޭޝިއާއަށް ކިޔަވަންދިޔައީ ބައްޕަ ސާމީއާއެއްކޮށެވެ. އަށް އަަހަރު ފަހުން މިއަދު އެއައީ ޑޮކްޓަރުކަން ކިޔަވައިގެންނެވެ. ވަދެގެން އައިގޮތަށް އެންމެ ފުރަތަމަވެސް ހުޝާމް ހަބީބާއަށް ސަލާމްގޮވާލިއެވެ. ހަބީބާ ހީލަމުން ކައިރީގައި އައިސް އިށީނުމަށް އިޝާރާތް ކުރިއެވެ. ހުޝާމް އިށީންނަމުން ކޮއްކޮމެން ކޮށް އުޅޭ ކަންތަކަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. އަދި އެންމެން ނަމާދުކޮށްފިންތޯ ސުވާލުކޮށްލިއެވެ. ހަބީބާ އޭނަ ނަމާދުކޮށްފިން ކަމުގައި ބުންޏެވެ. އަދި ހައިފާ އާއި ހިބާ ފަހުން ނަމާދު ކުރާނެ ކަމުގައި ބުންޏެވެ. ހަބީބާގެ މިޖަވާބުން ހުޝާމް ހިތްހަަމަނުޖެހޭ ގޮތްވިއެވެ. އެހެނީ މަންމައެއްގެ ހައިސިއްޔަތުން ހަބީބާ އެދިނީ ވަރަށް ފަރުވާކުޑަ ޖަވާބެކެވެ.

” މަންމާ ނަމާދަކީ އެއްވެސް އުޒުރެއްނެތި ފަހުން ކުރަން ދޫކޮށްލާވަރުގެ ކަމެއް ނޫން.. އެއީ އޭގެ ވަގުތުގަ ކުރަންޖެހޭ އެއްޗެއް.. އެހެންނޫނަސް ނިޔަފަތިތަކުގަ ފާޑުފާޑުގެ ކުލަޖައްސައިގެން ކުރާ ނަމާދު ސައްހައެއްވެސް ނުވާނެ..” ހުޝާމް ބުނި އެއްޗަކުން ހިބާ އަދި ހައިފާއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ .

” ދޮންބެއަށް އެއްވެސް ވަރަކަށް ކަމަކުނުދޭ ކޮއްކޮމެން ހެދުން އަޅާފަ ތިހުންނަގޮތްވެސް.. މުސްލިމް އަންހެނެއްވިއްޔަ ޖެހޭނެ ފުރިހަމަ ހިޖާބަކުން ހިޖާބުވާން” ހަބީބާއަށްވެސް ބަލާލަމުން ހުޝާމް ބުނެލިއެވެ.

” އޯވްހް ޕްލީޒް ދޮންބޭ.. ދޮންބެ ބޭނުންވަނީ ޖެހިގެން ހުރިގޭ އީޝަލް އަޅާ ކަހަލަ ހެދުން އަޅަން ދޯ އަހަރުމެން.. ” ހައިފާ ބުނެލިއެވެ.

” އީޝަލްއެއްވެސް ނޫން.. އެގޭ އައިޝާ އަޅާކަހަލަ ބެޓްމެން ހެދުން އަހަރުމެން ލާންވީ” މަލާމާތުގެ ގޮތަކަށް ހިބާ ބުނެލިއެވެ. އައިޝާގެ ނަން އިވުމާއެކު ހުޝާމްގެ މެޔަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލިހެންނެެވެ. މިހާރު އައިޝާ ކޮބައިބާވައޭ ހިތަށް އަރަމުންދިޔައެވެ. އައިޝާ ހުޝާމް މަތިން ހަންދާން ހުންނާނެ ބާއޭ ހިތަށް އެރިއެެވެ. އަދި އައިޝާ ހުޝާމްއަށް ވީ ވައުދު ފުރިހަމަ ކުރި ބާއޭވެސް ހިތަށް އެރިއެވެ. ދުރު ބަލަހައްޓައިގެންއިން ހުޝާމް ސިއްސައިގެން ދިޔައީ ހަބީބާގެ އަޑަށެވެ.

” ދަރިފުޅު ތުންބުޅި ނުބާލާތާ ކިހާދުވަހެއްވެއްޖެ.. އެހެންނޫނަސް ކޮންގޮތަކަށްތަ ހެދުން އަޅައިގެން ތިހުރީ.. ޖިންސްވެސް ތިހުރީ ކަށިމައްޗަކަށްނު… ދަރިފުޅު ވަރަށް ބަދަލުވެއްޖެހެން މަންމައަށް ވަރަށް ހީވޭ.. ” ހަބީބާ ބުންޏެވެ.

” ރަނގަޅަށް ތިބުނީ މަންމާ.. އަހަންނަކީ މީގެ އަށް އަހަރު ކުރިން އުޅުނު ހުޝާމެއް ނޫން.. މުސްލިމް ފިރިހެނެއްވިއްޔަ ހެދުން އަޅަން ޖެހެނީ މިހެން.. އަހަރެންގެ މިތުނބުޅިއަކީ ކަށްވަޅުގައި އަހަރެން ދުނިޔެމަތީގައި ރަނގަޅަށް އުޅުނުކަމުގެ ހެއްކަކަށްވާނެ އެއްޗެއް.. މާތްﷲ މަންމަ އަދި އަހަރެންގެ ކޮއްކޮމެންނަށް ހެޔޮވިސްނުން ދެއްވާށި..” މިހެން ބުނެ ހުޝާމް ތެދުވެގެން ގޮސް ގެއިން ބޭރަށް ނިކުތެވެ. އޭރު ހިބާ އިނީ މަލާމާތުގެ ގޮތަކަށް ހެވިފައެވެ.

” މަންމާ އަހަންނަށް ހީވަނީ ދޮންބެ ލަސްނުވެ ސީރިއާ އަށް ޖިހާދަށް ދާނެ ހެން” ހިބާގެ ޖުމްލައިން ކައިރީގައި އިން ހައިފާއަށްވެސް ހެވުނެވެ. ހަބީބާވެސް ހީލުމަށްފަހު ފިލްމު ބެލުމައިގެން ކުރިއަށް ދިޔައެވެ.

ހުޝާމް ބޭރަށް ނިކުމެފައި އެންމެ ފުރަތަމަވެސް ބަލާލީ ޖެހިގެން ހުރި ގެއާ ދިމާއަށެވެ. އެގޭ ކައިރިއަށް ގޮސް އައިޝާއާއި ބައްދަލުކޮށް ވާހަކަދައްކަން ހުޝާމް ހިތަށް އެރިއެވެ. ނަމަވެސް ރަނގަޅު ކަމަކަށް ނުވާނޭ ހިތަށް އަރާ ހުޝާމް ކުރިމަތީގައި ހުރި ފިހާރައާއި ދިމާއަށް މިސްރާބުޖެހިއެވެ.

……………………………………………………………………………………..

އައިޝާ ކޮޓަރިން ނުނިކުމެ ގިނައިރުވުމުން އީޝަލް ކަންބޮޑުވިއެވެ. އައިޝާ ހިތްހަމަނުޖެހިފަ ހުންނެތީ ގޮވަން ނުކެރިފައި ހުރީއެވެ. ނަމަވެސް ދެން އީޝަލްއަކަށް މަޑެއް ނުކުރެވޭނެއެވެ. އޭރު ވަންގޮތަށް ނުނިކުންނަ ތާނގައި ކޮޓަރީގެ ލައިޓްވެސް އެހުންނަނީ ނުދިއްލައެވެ. އީޝަލް ހިތްވަރުކޮށްފައި އައިޝާގެ ކޮޓަރީގެ ތަޅުގައި ހިފާލަން އުޅުނެވެ. ނަަމަވެސް ހަމައެވަގުތު ދޮރުހުޅުވާލައި އައިޝާ ނިކުތެވެ. އައިޝާ މޫނު އަޅާފައި ހުރުމުން އީޝަލްއަށް ފެންނަނީ އައިޝާގެ ދެލޮލެވެ. ދެލޮލުގެ ރަތްކަން ފެނި އައިޝާ އަދިވެސް ރޮނީބާއޭ ހިތަށް އެރިއެވެ. ނަމަވެސް އައިޝާއަކީ ހިތްވަރުގަދަ ކުއްޖެއްކަން އީޝަލްއަށް އެނގެއެވެ. ކަމެއްވާ ވަގުތު ރުޔަަސް ފަހުން ހަމައަކަށް އެޅޭނެކަންވެސް އީޝަލްއަށް އެނގެއެވެ.

“ދޮން ބަލީތަ…” ނުކެރިފަ ހުރެ އީޝަލް އަހާލިއެވެ. ޖަވާބުގައި ދެފަރާތަށް ބޯހޫރާލުމަށްފަހު އީޝަލް ފަސްދީ ދާން އުޅުމުން އީޝަލްއަކަށް ކެތެއް ނުވިއެވެ. އައިޝާގެ އަތުގައި ހިފުނީ ބޭއިހްތިޔާރުގައެވެ. އެވަގުތު އައިޝާއަށް މަޑު އާހް އަކާއެކު އަތް ފޮޅުވާލެވުނެވެ. އަންގިވެސް ނުލައްވާ އޮތް އައިޝާގެ އަތް ފެނުމާއެކު އީޝާލްއަށް ދެލޯ ބޮޑު ކޮށްލެވުނެވެ.

” ދޮން މިވަރުވީއިރުވެސް ކީއްވެ ނުބުނީ” އީޝަލް އައިޝާގެ ފިނި އަތުގައި ހިފާލިއެވެ.” ބޭނުންނުންނުވީ ބުނަން.. މަންމައަކާ ދޭތެރޭ އެހާ އިހާނެތިވާ މީހަކާ ވާހަކަވެސް ދައްކާކަށް ބޭނުމެއްނޫން…” އީޝަލްގެ އަތް ދުރުކޮށްލަމުން އައިޝާ ބުންޏެވެ.

“އަޅެ ތީ ކޮންކަހަލަ ހިތެއް އޮންނަ މީހެއްތަ.. އެމަންމަ ހެޔޮ ދޯ ދަރިއަކާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައްކުރިޔަސް.. ” އީޝަލް އަށް ބުނެވުނެވެ.

“މަންމަ އަހަރުމެންނަށް ގޮތެއް ހަދައިފިނަމަ އެކަމަށް އަދަބުދޭނީ އަހަރުމެންނެއް ނޫން.. އެހެން ފަރާތަކުން.. މިވާހަކަވެސް އީޝަލް ކައިރީ ކިތައްފަހަރުތަ ބުނަންވީ..” އައިޝާ ވާހަކަދެއްކީ ހިތްހަމަނުޖެހިފަ ހުރެގެން ނަމަވެސް އަޑުގަައިވަނީ މަޑުމައިތިރިކަމެވެ .

“އަހަރެން މިދަނީ ހޮސްޕިޓަލަށް ބޭސް އަޅަން.. އަހަރެން ފަހަތުން ނާންނާތި..” މިހެން ބުނުމަށްފަހު އައިޝާ ގެއިން ނިކުންނަން ހިނަގއިގަތެވެ. އީޝަލް ވީދެރައިން އަނބުރާލާފައި ގޮސް ވަނީ ކޮޓަރިއަށެވެ.

އައިޝާ އަތުގައި ފޯނެއް ނެތުމާއެކު ޓެކްސީއަކަށް ގުޅެން ނެތުމުން މަގުމަތިން ދިޔަ ކާރުތަކަށް އައިޝާ އަތް ނަގަމުން ދިޔައެވެ. ނޭނގުނީ އައިޝާގެ ހަރަކާތްތަކަށް ބަލަން ފަހަތުގައި މީހަކު ހުރިކަމެވެ.

” އަހަރެން މިހުރީ އަހަރެން އައިޝާއަށްވީ ވައުދުތައް ފުރިހަމަކޮށްގެން އެނބުރި އައިސް” އައިޝާގެ ކަންފަތުގައި ޖެހުނު އަޑަކުން މުޅިގައިގާ ހީބިހި ނަގައިގެން ދިޔަ ކަހަލައެވެ. ފަހަތަށް އެނބުރެން ނުކެރިފައި ހުއްޓާ އަނެއްކާވެސް އިސް އުފުލާލެވުނީ ދެވަނަފަހަރަށް އެއަޑު އިވުމުނުންނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

ކާމިޔާބު އަންހެނާ 6

Next

އެފިނިމެންދަން 5

Next
October 22, 2016

އެފިނިމެންދަން 5

Previews
October 22, 2016

ކާމިޔާބު އަންހެނާ 6

26 Comments!

  1. Lai says:
    October 22, 2016 at 8:47 pm

    Vaahakaige baeh thanthan kolhu kiyaa iru nufeney. Vaanuvaa eh neynge kiyaa iru

    1. hayyu says:
      October 22, 2016 at 8:54 pm

      mihaaru innaany rangalhah

  2. xenn says:
    October 22, 2016 at 9:09 pm

    Varh rythi

    1. hayyu says:
      October 23, 2016 at 9:23 am

      jazakallah khair xenn 🙂

  3. shaai says:
    October 22, 2016 at 9:26 pm

    vvv reethi vaahaka eh

    1. hayyu says:
      October 23, 2016 at 9:24 am

      jazakallah khair 🙂

  4. shai says:
    October 22, 2016 at 9:55 pm

    v reethi

    1. hayyu says:
      October 23, 2016 at 9:24 am

      jazakallah khair

  5. Azu says:
    October 22, 2016 at 9:58 pm

    Ma sha allah…vv reethi…aisha ge aiyy thavaiga jessi gadeega heevee amilla athun ves dhila negihen…. ???

    1. hayyu says:
      October 23, 2016 at 9:27 am

      dhw.. jazakallah azu 🙂

  6. imagination says:
    October 22, 2016 at 10:00 pm

    aahhchaa vv reethi <3

    1. imagination says:
      October 22, 2016 at 10:00 pm

      masha allah mivaahakaiga vaa dheeni bai v furihama

    2. hayyu says:
      October 23, 2016 at 9:27 am

      jazakallah khair 🙂

  7. l says:
    October 22, 2016 at 11:38 pm

    saabas kokko ah. maai allah kokko ah gina guna mauloomath dhevvashi. dheenee bayah hama assaribaha saabas. thigothugaa dhemihureveytho balaa….

    1. hayyu says:
      October 23, 2016 at 9:28 am

      Awwwnnn.. i knew its u.. jazakallah sis :*

  8. Petite says:
    October 23, 2016 at 2:43 am

    Masha Allah! ! V salhi story eh.. waiting for the nxt part ❤❤❤

    1. hayyu says:
      October 23, 2016 at 9:29 am

      in sha allah soon upload kuraanan.. jazakallah khair petite 🙂

  9. Anonymous says:
    October 23, 2016 at 5:52 am

    Maa sha ALLAH

    1. hayyu says:
      October 23, 2016 at 9:29 am

      jazakallah khair

  10. mixoo says:
    October 23, 2016 at 7:52 am

    v salhi.. dhen kon irakun next part.. varah kiyaa hithun mi huree

    1. hayyu says:
      October 23, 2016 at 9:31 am

      In sha Allah next Part soon.. jazakallah khair mixoo 🙂

  11. Ammaar says:
    October 23, 2016 at 9:49 am

    Ma Sha Allah v rythi mi vaahaka. mihaaru gina vaahaka thakuga dhyna fushuaraa kanthahthah v gina(eg ziney ah magufahivaa kanthah)adhi ee maabodu kamakahves nuve ginafaharah liyuntherinnah, miee v hithaamahuri kameh. thikuraa masakkathah Allah heyo ajuru dhevvaane In Sha Allah.☺

    1. hayyu says:
      October 23, 2016 at 10:14 am

      Masha’Allah
      jazakallah khair Ammaar 🙂

  12. Mar Sha Marsha says:
    October 23, 2016 at 11:52 am

    V rythi vaahaka eh mee.. dhen oiy bayah inthizaaru kuran..

  13. xeyboo says:
    March 24, 2017 at 5:12 pm

    wowoww

  14. mal-mal says:
    August 31, 2017 at 9:59 am

    MashaAllah, this story is awesome!! I’m glad to find this story.
    ???❤❤❤❤❤❤

Comments are closed.

Next Episodeއައިޝާ 3←


All Right Reserved!