Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީ

ތައުބާ..

lai
February 6, 2016
3 Mins Read
30 Views
10 Comments

އިރުއޮއްސި ދުނިޔެ މައްޗަށް އަނދިރިކަން ވެރިވަމުން ދިޔައެވެ.  ނަމާދަށް އަވަހަށް އަންނާށޭ ގޮވާލުމާއިއެކު އެއްބައި މީހުން ވުޝޫކޮށްގެން އަވަހަށް ނަމާދަށް އަރަން އަވަސްވެގަތް އިރު އަނެއްބައި މީހުން ތިބީ ބަންގި ގޮވުމުންވެސް އެމީހެއްގެ އަމިއްލަ މަސައްކަތެއްގައި އަވަދިނެތިއެވެ. ކުރާނީ ކީއް ހެއްޔެވެ؟ . މިއީ މި ދުނިޔޭގެ އާދައެވެ. އެއްބައި މީހުން ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރާއިރު އަނެއްބައި މީހުން ހޭދަ ކުރަނީ އުފަލާއި މަޖާ ކުރުމުގައެވެ.

“މިހާރު އަހަރެންނަކީ އުމުރުން ބާވީސް އަހަރު ފުރިފައިވާ ޒުވާން އަންހެން ކުއްޖަކީމެވެ. ބައްޕަ ވަނީ އަހަރެން ވަރަށް ކުޑައިރު ނިޔާވެފައެވެ. އެހެންކަމުން އަހަރެން ބަލާބޮޑުކުރީ މަންމަ އެކަނިމާ އެކަންޔެވެ. މަންމަ އަށް ލިބުނު ހަމަ އެކަނި ދަރިއަކީ އަހަރެން ކަމުން އެ މަންމަ އަހަރެން ދެކެ އިންތިހާއަށް ލޯބިވިއެވެ. ނަމަވެސް އެކަން ނުދެނެހުރި ކަމަށް ހަދާލީވެސް ހުދު އަހަރެންނެވެ.

އަހަރެން ފުރާވަރަށް އަޅަމުން އައިވަރަކަށް އުޅެމުން ދިޔައީ ހިތު ހުރި ގޮތަކަށްށެވެ. މަންމަ ބުނާ ބަހެއް ނާހަމެވެ. މަންމަ ދޭ އެއްވެސް ނަސޭހަތެއް އަހަރެންނަށް އޭރު އަޑުވެސް ނީވޭ ފަދައެވެ. ނޫނީ ހަމަ ގަސްތުގައި އަޑު ނީވޭ ކަމަށް ހަދާލީއެވެ. ނަމާދު އެއީ ކުރަން ޖެހޭ އެއްޗެއްކަންވެސް ހިތަށްވެސް ނާރައެވެ. ބަނގި ގޮވާ ގަޑީގައިވެސް އަހަރެން އޮންނަނީ ލަވަ ޖަހައިގެންނެވެ. މީން ޒަމާނެއްގައި ޤުރުއާނުގެ އަކުރެއް ކިޔެވި ހަނދާނެއް ނެތެވެ.

މަންމަ އަބަދުވެސް އަހަރެން އުޅޭގޮތުން އެއްޗެހި ނުކިޔާ ދުވަހެއް ނުދާނެއެވެ. ނަމަވެސް އަހަރެންގެ މި ކަންފަތަކަށް އެއިން އެކަށްޗެއްވެސް އަޑެއް ނީވުނެވެ.ފަހުން ފަހުން އައިސް އަހަރެން ހިލޭ ފިރިހެނުންނާ ވެސް ގުޅުން ހިންގަން ފެށީމެވެ. އަމިއްލަ ދެއަތުން އަބުރާއި އިއްޒަތް ނަގާލެވުނު އިރު މި ކުރެވެނީ ކިހާ ބޮޑު ފާފައެއްކަމެއްވެސް އޭރު އަހަރެން ނަކަށް ރެއަކާވެސް ނުލިއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އަހަރެންގެ މަންމަ މި ދުނިޔެއާއި ވަކިވެގެން ދިޔައީ ބަލިއެނދުގައި އޮއްވާ އަހަރެން ބަނޑުބޮޑު ހަބަރު ލިބުމުން އެ ހިތާމަޔަށް ކެތް ނުކުރެވުމުންނެވެ. އަހަރެން ނަށް ވިސްނުނީ މަންމަ މި ދުނިޔެއާއި މާ ދުރަށް ދިޔަ ފަހުންނެވެ. އަދިވެސް އެދުވަހު މަންމަ އަހަރެން ކައިރީގައި ބުނި ވާހަކަތަށް އިއްޔެ ބުނި ވާހަކަ ތަކެއް ހެން ކަންފަތުގައި ހަރުލާފައި ވެއެވެ. އެންމެ ފަހު ނޭވާ ދޫ ކުރަމުންވެސް މަންމަ ބުނީ ރަނގަޅު މަގު ހިޔާރު ކުރުމަށްށެވެ. އަހަރެން އެ ދުވަހު ކަރުނަ އަޅާ ރުއީމެވެ. މަންމަ ކައިރިން މައާފަށް އެދެން ވެސް ބޭނުންވިއެވެ. ނަމަވެސް އަހަރެންނަކަށް އެ ހިތްވަރެއް ނުލިބުނެވެ. އަހަރެން މަންމަ އާއި މެދު ކަންތަށް ކުރި ގޮތް ހިތަށް އަރާތީއެވެ. އެ މަންމަ އަހަރެންނަށް އެންމެ ބޭނުންވި ދުވަހު އަޅާ ނުލާ ދިޔައީއެވެ. އެއީ ނުވަމަސްވަންދެން އަހަރެން ބަނޑުގައި ގެންގުޅު މައިމީހާ ކަންވެސް ހަނދާން ނައްތާލީއެވެ. އަހަރެން މިއަދު ދެރަވެއެވެ. އުޅެވުނު ގޮތާއި މެދު އެތަށް ފަހަރަކު ދެރަވެ ހިތާމަ ކުރަމެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. އަހަރެންނަށް ވިސްނުނީ މާ ފަހުންނެވެ. ވާނެ އެއްޗެއް އޮތީ ވެ ނިމިފައެވެ. އެ ދުވަހަށް ފަހު އަހަރެން އުޅުނީ ވަރަށް ހާލުގައެވެ. ރަށު މީހުންގެ މަލާމަތާއި ފުރައްސާރަ ލިބުނަސް އަހަރެން ކެތްތެރި ވީމެވެ. ކުރިން އުޅުނު ދިރިއުޅުން ދޫކޮއްލާފައި ބަރާބަރަށް ނަމާދު ކޮށް ސުންނަތް ނަމާދުތަށްވެސް ކުރަންފެށީމެވެ. ކޮންމެ ނަމާދަކަށް ފަހުގައި ﷲ ގެ ހަޒްރަތުން އަހަރެންނަށް ކުރެވުނު ފާފަތަށް ފުއްސަވާތޯ ލޮލުން ކަރުނަ ހިލޭ ހާލު ދެއަތް ނަގާ ދުޢާ ކުރީމެވެ.

މަންމަ ވަކިވެ ދިއުމަށް ފަހު އަހަރެން މުޅިން ހެން ހިތްވަރު އެލުވާލީމެވެ. ބަނޑުގައި އޮތް ދަރިފުޅުވެސް ވައްޓާލަން ހިތަށް އެރިއެވެ. ނަމަވެސް މަންމަ ގެ ބަސްތަށް ހިތަށް އެރުމުން އެ ހިޔާލު ދޫކޮއްލީ އެވެ. ކިހާ ދެރަ ހެއްޔެވެ. އަހަރެން ސޯލިހުވެ ރަނގަޅު އަމަލުތަށް ކުރަން ފެށި ދުވަހު މަންމަ އަހަރެން ކައިރިއަކު ނެތެވެ. އަހަރެންނަށް މަންމަ ބޭނުންވި ފަދަ ދަރިއަކަށް ނުވެވުނެވެ. އަހަރެންގެ އަބަދުގެވެސް ދުޢާ އަކީ މަންމަ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުމެވެ. މަންމަ އަހަރެންނަށް މަޢާފު ކޮއްދޭނެ ކަމެވެ.

ﷲ ގެ ރަހުމަތް ފުޅުން މިއަދު އަހަރެން ދެކެ އިންތިހާއަށް ލޯބިވާ ފިރިއަކު އެބަ ހުއްޓެވެ. ލޯބި ލޯބި އަންހެން ދަރިއަކު އެބަހުއްޓެވެ. ﷲ ގެ އިރާދަ ފުޅުން އަހަރެން މިއަދު މި އުޅެމުން މިދަނީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. އަހަރެން ގެ ދަރިފުޅު އުފަންވި ހިސާބުން ފެށިގެން އަޒުމް ކަނޑަ އެޅީމެވެ. އެ ދަރިފުޅު ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަށްށެވެ. އެ ދަރިފުޅު އަހަރެން ދިޔަ ފަދަ ނުބައި  ދުވަހަކުވެސް މަގަކުން ދިޔަ ނުދިނުމަށްށެވެ.

އަހަރެންގެ ނަސޭހަތަކީ އެއްވެސް ކުށެއް ކުރެވިފައި ވާނަމަ އަވަހަށް އެ ކުށަށް ތައުބާ ވާށެވެ. އެހެން ނޫނީ ވަގުތު ފާއިތު ވެދާނެއެވެ. ކޮންމެ ވަގުތަކު ވެސް މި ދުނިޔެ ދޫ ކޮށް ދާން ޖެހިދާނެ ކަން ހަނދާނުގައި ބަހައްޓާށެވެ. ﷲ އަށް ބިރުވެތިވާށެވެ. ފަހުން ތައުބާ ވާން ނުތިބޭށެވެ. ކޮންމެ ދުވަހަކީ ދެވަނަ ފުރުސަތެއްކަމަށް ދެކިގެން ދިރިއުޅޭށެވެ. ނޫނީ އާޙިރަތުގެ ނަތީޖާ ހިތިވެދާނެއެވެ.”

ސިއްސައިގެން ގޮސް އިނާޔާ އޭނާގެ ޑައިރީ ލައްޕާލީ ކުޑަ ކުޑަ ނަމްޝާ ހެމުން ހެމުން އައިސް އޭނާގެ އުނގަށް އެރުމުންނެވެ. ލޮލުގާވި ކަރުނަތަށް ފޮހެލުމަށްފަހު ހިނިތުންވެލަމުން އިނާޔާ ވަރަށް ލޯބިން ނަމްޝާ ގައިގަ ބައްދާލިއެވެ. އެވަގުތު ކައިރިއަށް އައިސް ހުއްޓިލި އިނާޔާ ގެ ފިރިމީހާ ޖާވިދު އެނދުގައި އިށީނދެލަމުން އެ ދެމައިން ގަޔާލާ ބޮނޑި ކޮއްލިއެވެ. އެވަގުތު އޭނައަށް ހެޔޮ މަގު ދެއްކެވީތީ އިނާޔާ ހިތުގެ އަޑިން ﷲ އަށް ޝުކުރުވެރި ވިއެވެ.

( ނިމުނީ )

 

8
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

lai

Other Articles

Previous

ކުރަމުން ތިދާހާ ގޯނާ 6..

Next

ކަޅު ސަފުހާ – 6

Next
February 6, 2016

ކަޅު ސަފުހާ – 6

Previews
February 5, 2016

ކުރަމުން ތިދާހާ ގޯނާ 6..

10 Comments

  1. misty says:
    February 6, 2016 at 8:05 pm

    Varah reethi.. True story eh tha?

  2. Maalu says:
    February 6, 2016 at 8:09 pm

    wowwwwwww vrh vrh reethi story eh…

  3. Shara says:
    February 6, 2016 at 8:41 pm

    wowww.. v.nice… keep it up

  4. ina says:
    February 6, 2016 at 9:21 pm

    Wowwwwwwwwwwwww laii……vrh vrh vrh vrh vrh vrh nice mi stry??????vrh sad dhw……?ekm vx vrh nice….kyppppp it upppp..laitxxx….miss u n love u lotttt..???tc

  5. Marsha says:
    February 6, 2016 at 9:36 pm

    ????❤

  6. x doo says:
    February 6, 2016 at 9:55 pm

    V v reethi

  7. Kai says:
    February 6, 2016 at 10:35 pm

    Lai kobai tha loabin ekeega vaanamei prt 11 this story awesome

  8. lull says:
    February 9, 2016 at 5:22 pm

    Nice story…keep it up

  9. AR says:
    February 10, 2016 at 8:38 am

    v.nice

  10. Bla Bla Bla says:
    February 28, 2016 at 5:10 pm

    Awesome (Y)

Comments are closed.

All Right Reserved!