Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އައިޝާ 6

Axoo
November 3, 2016
4 Mins Read
87 Views
15 Comments

 

” އަހަރެން ހަނދާން އެބަހުރި ދޮން ބަދިގޭގައި ހުއްޓަ އަހަރެން ހައިފާގެ ބޭބެ އައިސްގެން އުޅޭ ވާހަކަ ބުނުމުން ދޮން އަށް ވީގޮތް.. އަދި މިއަދު ދޮންތަގެ ހަރަކާތްތައް ހުރިގޮތްވެސް ވަރަށް ރަނގަޅަށް ދުށިން..” އީޝަލް މިހެން ބުނުމުން އައިޝާ އިސްޖަހާލިއެވެ. އަދި ވާހަކަ ދައްކަން އަނގަހުޅުވާލި ވަގުތު ފެނުނު މަންޒަރުން އައިޝާއަށް ހެވުނު ނަމަވެސް ލޮލުން ހޯސްލާފައި ކަރުނަ ފައިބަގަތެވެ.

އައިޝާއަށް ވީގޮތް ފެނުމުން އީޝަލް ވެސް ފަހަތަށް އެނބުރި ބަލާލިއެވެ. ވަދެގެން އެ އަންނަނީ ކޮނޑުގައި ދަބަހެއް އަޅުވައިގެން ހުރި މެދު އުމުރުގެ ފިރހެނެކެވެ. ފުރަތަމަ ކާކުކަން ނޭނގުނަސް ކައިރިވި ވަރަކަށް އެއީ ހާރޫނު ކަން އީޝަލްއަށް އެނގުނެވެ. އީޝަލްއަށް އަނގަމަތީގައި އަތްއަޅާލެވުނީ މުޅިއުމުރުގައިވެސް ފުރަތަމަ ފަހަރަށް ހަމަލޮލަށް ބައްޕަގެ ސިފަ ފެނުމުންނެވެ. ހާރޫނު ކައިރިއަށް ދާން އުޅެފަވެސް އީޝަލްއަށްވީގޮތް ފެނުމުން އައިޝާ މަޑުޖެހުނެވެ. އައިޝާއާއި ހިލާފަށް އީޝަލް އަށް ހާރޫނު ފެންނަމީ ފުރަތަމަ ފަހަރެވެ. އީޝަލްގެ އިހްސާސްތައް ހުންނާނެ ގޮތް އައިޝާއަށް ނަގައިގަނެވުނެވެ. ހާރޫނު ދެއަތް ދުރުކޮށްލީ ކައިރިއަށް އަންނާށޭ ބުނާފަދަ ގޮތަކަށެވެ. އައިޝާ އީޝަލްގެ ބުރަކަށީގައި ފިރުމާލީ ކުރިއަށް ދާށޭ ބުނަމުންނެވެ.  އީޝަލްއަށް ރޮވެން ފެށުނީ އެހިސާބުންނެވެ. އެބައްޕައަށްޓަކައި އެތައް ދުވަހެއްވަންދެން އިންތިޒާރު ކުރި ބައްޕަ ފެނުމުން މިވާ އިހްސާސަކީ ބުނެދޭން ނޭނގޭ ފަދަ އިހްސާސެކެވެ. އަންހެންކުއްޖެއްގެ ހަޔާތަށް ކިތަންމެ ފިރިހެނެއްއަޔަސް ބައްޕައަށް ދީފައިވާ މަގާމް އެހެންމީހަކަށް ނުދެވޭނެއެވެ. މިދުނިޔޭގައި އަންހެން ކުދިންނަށް ފުރިހަމަ އިތުބާރު އޮންނަ ބަޔަކީ ހަމައެކަނި ބައްޕައެވެ. ކުޑައިރު ފޫހިވުމުން އެއްކޮށް ކުޅެ ހަދަނީ ބައްޕައެވެ. އެކުވެރިއެއް ފަދައިން ނަސޭހަތްތެރި ވަނީވެސް އެ ބައްޕައެވެ. އަދި ނުރައްކަލެއް ދިމާވެއްޖެނަމަ ހިމާޔާތް ދޭން ހުންނަނީވެސް ހަމަ އެބައްޕައެެވެ. ނަމަވެސް އީޝަލް ވަނީ މިހުރިހާ ކަމަކުން މަހްރޫމް ވެފައެެވެ. ބާރަށް ހިނގާފައިގޮސް ހާރޫން ގައިގާ ބައްދާލިވަގުތު ބާރަށް ރޮވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. ހާރޫނުވެސް ލޯފޮހެލަމުން ކައިރިއަށް އައުމަށް އައިޝާއަށް އިޝާރާތްކުރިއެވެ.

ގޭތެރޭ އަޑުދަގަވެގެން ނިކުތް ސޮފިއްޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހާރޫން އެއްއަތުން އީޝަލްގައިގަ ހިފަހައްޓާލައިގެން ހުރިއިރު އަނެއް އަތުގައިވަނީ އައިޝާއެވެ. ސޮފިއްޔާއަށް ހާރުނުގެ ފުރަގަހަަށް ބޯދިއްކޮށްލެވުނީ ބޭއިހްތިޔާރުގައެވެ. ހާރޫނަށް ސޮފިއްޔާ ފެނުމުން ލުއިގޮތަކަށް ހީލިއެވެ. ސޮފިއްްޔާވެސް ހީލީއިރު ހިތުގައި ބިރުވެރިކަމެއް އުފެދިފައި ވެއެވެ. ހާރޫނު އަންނަން އުޅޭކަން ސޮފިއްޔާއަށް މާކުރިންވެސް އެނގެއެވެ. ނަމަވެސް މިހާކުރިން އައިސްދާނެކަމަކަށް ހިޔެއް ނުކުރެއެވެ. މިވީގޮތުން ސޮފިއްޔާގެ ރޭވުން ނާކާމިޔާބު ވުމަކީ އެކަށީގެންވާ ކަމެކެވެ.

ހާރޫން ދެކުދިން ގޮވައިގެން ގޮސް ވަންނަން ދިމާކުރީ ސޮފިއްޔާގެ ކޮޓަރިއަށެވެ. ނަމަވެސް އައިޝާ ކުއްލިއަކަށް މަޑުޖެހެމުން ބަލާލީ ސޮފިއްޔާއަށެވެ. އެހެނީ މީގެ ކުރިން އައިޝާ އެކޮޓަރިއަށް ވަނުމުގެ ހުއްދައެއް ނޯވެއެވެ. ހާރޫނު އެއްފަހަރު އައިޝާއަށް ބަލާލަމުން އަނެއްފަހަރު ސޮފިއްޔާއަށް ބަލާލިއެވެ. ސޮފިއްޔާ ގަދަކަމުން ހީލަން މަސައްކަތް ކުރަމުން ކިހިނެއްވީތޯ ސުވާލުކުރިއެވެ. އަދި އައިޝާގެ ކޮނޑުގައި އަތް ވަށާލަމުން އައިޝާގެ ގޮވައިގެން ކޮޓަރިއަށް ވަނެވެ. ފަހަތުން ހާރޫނުވެސް އީޝަލް ގޮވައިގެން ވަނެވެ.

 

ބެލްކަނީގައި ބެހެއްޓިފައިވާ ބޮޑު އުނދޯލީގައި އޮށޯވެގެން ކަހަލަގޮތަކަށް ހުޝާމް އޮތެވެ. ކަޅި ހުއްޓިފައިވަނީ ސާފު ރިތި އުޑުގައި ފިޔަޖަހަޖަހާ ހުރި ތަރިތަކަށެވެ. އެހިތްގައިމު މަންޒަރަށް ބަލަން އޮތްއިރުވެސް ހުޝާމްގެ ހިތަކަށް އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބެއެވެ. އެންމެ ކުރިއްސުރެ އުންމީދު ކޮށްގެން ހުރި ކަމެއް ނުވުމުން ހުޝާމްގެ ހިތްވަނީ ދެރަވެފައެވެ. ލޯބި ނުލިބުމުން މަޖްނޫނާއި ފަރުހާދު އުޅުނުގޮތަށް ހުޝާމް އުޅޭކަށް ބޭނުމެއް ނުވެއެވެ. އޭގެ ބަދަލުގައި ހަޔާތުގައި ކިތަންމެ ކަމެއްދިމާވިޔަސް މާތްﷲ ވާގިފުޅާއެކު ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުންދާނީ އެއްވެސް ޝަކުވާއެއްނެތިއެވެ. އެހެން އޮވެގެން ﷲއަށް ޒިކުރުކޮށް ތަސްބީހަތައް ކިޔާލުމުން ހުޝާމްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އަދި ތެދުވެގެން ސިޑިއާ ދިމާއަށް ހިނގައިގަތީ ދެން އިތުރަށް އެކަމާ ނުވިސްނުމަށް އަޒުމް ކަނޑައަޅައިގެންެނެވެ.

އެނދުގައި އެއް އަތްބޯމަތީގައި ބާއްވާލައިގެން އުއްޑުން ހާރޫނު އޮތެވެ. ކައިރީގައި ސޮފިއްޔާވެސް ސީލިންގަށް ބަލަހައްޓައިގެން އޮތެވެ. އެކަކު އަނެކަކާ ވާހަކާ ނުދައްކާތާނގައި ބަލާނުލަންވެސް ހުވާކޮށްގެން އޮތްކަހަލައެވެ. އެކޮޓަރިން ފަންކާގެ އަޑު ނޫނީ އެހެން އަޑެއް ހަރުލާފައި ނުވެއެެވެ. ސޮފިއްޔާ ވާހަކަ ދައްކަން އުޅެފަވެސް ހުއްޓާލަނީ ވާހަކަދައްކައިގެން ވާނެ ފައިދާއެއް ނެތްކަން އެނގޭތީއެވެ. ނަމަވެސް އެއްމިޔަކަނުން ހީލެވުނީ މާގިނައިރެއްނުވެ ލިބެން އުޅޭ ފައިދާއެއްގެ ބޮޑުކަމުންނެވެ.

އީޝަލް އާއި އަދި އެންމެ ގާތް އެކުވެރިޔާ މަނާލް ކޮލެޖަށް ވަދެގެން ދިޔައިރު ހައިފާއާއި އަދި އެނޫންވެސް ދެތިން ކުދިން ގްރޫޕް ހަދާލާފައި ވާހަކަދައްކަން ތިއްބެވެ. މަނާލް އަކީ އީޝަލްމެންގޭގެ ކުރިމައްޗަށް ހުންނަގޭގެ ކުއްޖެކެވެ.  އީޝަލް ފެނުމުން ހައިފާ ޖެހިގެން ހުރި ކުއްޖާ ކައިރީގައި ސިއްރުން ކޮންމެވެސް ވާހަކައެއް ބުނުމުން އެކުއްޖާ ބާރަށް ހޭން ފެށިއެވެ. އީޝަލް އަޅާވެސް ނުލާ އެމީހުން ހުރަސްކޮށްފަ ދާން އުޅުމުން ހައިފާ ” އެއޮށް ދަނީ މިކޮލެޖްގެ ދައިތަ” އޭ ބުނުމުން ދެންތިބި ހުރިހާ ކުދިން ބާރަށް ހޭންފެށިއެވެ. އެއްވެސް އެއްޗެއް ނުބުނެ އީޝަލް ކުރިއަށް ހިނގައިގަތީ ކެތްތެރިކަމާ ބެހޭގޮތުން އައިޝާ ދީފައިވާ ނަސޭހަތް ހަނދާންކޮށްލަމުންނެވެ. ނަމަވެސް މަނާލް ކުރިއަށް ދާކަހަލަ ހިޔާލެއް ނުކުރިއެވެ. އީޝަލް އަތުގައި ހިފައިގެން އެދިމާއަށް ހިނގައިގަތީ އެއްވެސް ޖެހިލުމެއްނެތިއެވެ.

” އޭ މިސް ޕަރފެކްޓް.. ކަލޭ މުއްސަނދިވީމަ ފޮނިވެގެން އުޅޭނެ ކަމެއް ނެތް.. ކަލެއަށް ކޮން އޭންގަލް އަކުންތަ މީނަ ދައިތަ އަކާ ވައްތަރީ..” މަނާލް އެއްޗެހި ގޮވަމުން ދިޔައިރު އީޝަލް އެކަން މަނާކުރަމުންދިޔައެވެ. ނަމަވެސް މަނާލްއަށް އަޑުނީވޭ ކަހަލައެވެ.

” އޭނަ ލާފަ އެހުންނަ ދޫ ގޯނިގަނޑެއްކަހަލަ ހެދުމަކީ މުސްކުޅިން ލައި އުޅޭ އެއްޗެހި.. ދެން އެންެމެ ރަނގަޅެއްނު އެލާފަ ރީތި ޝޯލްއެއް އަޅަންވެސް.. އެކަމު އެހުންނަނީ ބޮޑެތި މިދުނިޔެވާވަރުގެ ކަޅު ބުރުގާ އަޅާފަ.. ޗިޗިޗި.. ސޯ އޯލްޑް ފެޝަންޑް..” ތުއި ގޮތަކަށް ހައިފާ ބުނެލިއެވެ.

” އެހެންވިއްޔާ ކަލޭ ބޭބެވެސް ހާދަ އޯލްޑް ފެޝަންޑް އޭ ދޯ.. ކަށިމައްޗައް އަރާ ފަޓުލޫނާ އަތްދިގު ގަމީސް ލާފަ ހުންނަނީ.. ހައު އޯލްޑް ފެޝަންޑް..” ހައިފާ ބުނި ގޮތަށް މަނާލްވެސް ބުނެލިއެވެ.

” އޭ އަހަރެންގެ ދޮންބެއާ ނުކިޔާތި.. އެއީ އަހަރެންގެ ދޮންބެ އޯލްޑް ފެޝަން ވެގެން ލާ އެއްޗިއްސެއްނޫން” ދުބުމަ ގޮށް ޖަހާލަމުން ހައިފާ ބުނެލިއެވެ.

” ދެން އެއީ ކީއްވެގެން ލާ އެއްޗެހިތަ” ހައިފާ އިތުރަށް ރުޅި އަރުވާލުމުގެ މަގްސަދުގައި މަނާލް އަހާލިއެވެ.

” އެއީ އަހަރެންގެ ދޮންބެ ދީންވެރި ވީމަ.. އެނގިއްޖެތަ” ދަތްކުޑި ވިކާލަމުން ހައިފާއަށް ބުނެވުނެވެ.

” އެގްޒެކްޓްލީ.. ދެޓްސް މައި ޕޮއިންޓް” ހައިފާއާއި ކައިރިވެލަމުން މަޑުމަޑުން މަނާލް ބުނެލިއެވެ.

” ހައިފާވެސް އެގޮތަށް ހެނދުން އަޅަނީ އެހެންވީމަ.. އެންމެންނަކީ ކަލޭ ކަހަލަ ތަންދޮރު ނޭނގޭ މީހުންނެއް ނޫން.. އީޝޫ ވެސް އަދި ކަލޭގެ ދޮންބެވެސް ހެދުން އަޅާފައި އެހުންނަނީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް.. އެހެންވީމާ އެހެން މީހުންނާ ދިމާއަށް ފާޑުފާޑުގެ ނަން ގޮވުމުގެ ކުރިން ކަން އޮންނަގޮތް ރަނގަޅަށް ބަލާ ހޯދާ.. ” މަނާލް އެހެން ބުނަމުން އީޝަލްގެ އަތުގައި ހިފައިގެން ދާން ހިނގައިގަތެވެ. ހައިފާ ހިތްހަމަ ނުޖެހިފާ އެންމެން ދުރަށްލަމުން އެތަނުން ދާން ހިނގައިގަތެވެ.

ސޮފިއްޔާ އާއި ހާރޫނު ކޮޓަރިން ނިކުތްއިރު އައިޝާ ސައިހަދައިގެން މޭޒުދޮށުގައި އިނެވެ. އައިޝާ ފެނުމުން ހާރޫނު ހީލާފައި އައިސް މޭޒުދޮށުގައި އިށީނީ ފުރަތަމަ ފަހަރަށް ދަރިފުޅު އަތުން ހަދާފައިވާ ކާއެއްޗެހި ކެއުމަށެވެ. ސޮފިއްޔާވެސް އައިސް އިށީންނަމުން އައިޝާއަށް ބަލާލާފައި ހީލިއެވެ. ސައިބޮއެ ނިމިގެން ސޮފިއްޔާ ހާރޫނަކައިރީގައި ގަޑިޖެހެނީއޭ ބުނުމުން ކޮންތާކަށް ދަނީތޯ އައިޝާ ސުވާލުކޮށްލިއެވެ. ސޮފިއްޔާ އާއި ހާރޫނު އެކަކު އަނެކަކަށް ބަލާލީ ދޭނެ ޖަވާބެއް ނޭނގުމުންނެވެ.

” މިދަނީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް ބަލާ އެއަރޕޯޓަށް.. ” ސޮފިއްޔާ ދިން ޖަވާބުން  ހިތްހަމަނުޖެހިފާ ހާރޫނު ބަލާލިއެވެ. ނަމަވެސް އިތުރު އެއްޗެއް ނުބުނެ ގެއިން ނިކުންނަން ހިނގައިގަތީ މިވަގުތު އެވާހަކަ ދައްކަން ބޭނުން ނުވާތީއެވެ.

ހާރޫނާއި ސޮފިއްޔާ ދިއުމުން އައިޝާ ގޭގައި އެކަނިވިއެވެ. މެންދުރަށް ކެއްކުމަށްފަހު ޓީވީ ހުޅުވާލީ ފޫހިވެގެންނެެވެ. ޕީސް ޓިވީ އިން ދައްކާ ދަރުހެއް ބަލަން އިންއިރު އައިޝާއިނީ އެއަށް ގެއްލިފައެވެ. ދޮރުގައި މީހަކު ޓަކިޖަހާލީ އައިޝާ އެއަށް ގެއްލިފަ އިންދައެވެ. ފޮތިގަނޑު ތިރިކޮށްލަމުން އަވަހަށް ގޮސް ދޮރު ހުޅުވާލީ އީޝަލް ކަމަށް ހީކޮށެވެ. ނަމަވެސް ދޮރުމަތީގައި ހުރި ސައްދާމް ފެނުމުން އައިޝާ އިސްޖަހާލިއެވެ. އަދި މިވަގުތު އެއްވެސް މީހެއް ގޭގައި ނޫޅޭ ކަމަށް ބުންޏެވެ.

“މިއައީ އައިޝާގެ މޫނު ބަލާލާންވެގެން.. ވާންއުޅޭ ފިރިމީހާއަށް މޫނު ދެއްކުމަކީ މައްސަލައެއްނޫނެއްނު” ސައްދާމް ދެއްކި ވާހަކއިން އައިޝާ ހިތްހަމަ ނުޖެހޭ ގޮތްވިއެވެ. އަދި ގޭމީހުން ތިބޭގަޑިއެއްގައި އައުމަށް ބުނެ ދޮރުލައްޕަން އުޅުުމުން ސައްދާމް ދޮރުގައި ހިފެހެއްޓިއެވެ. ސައްދާމް ދޮރު އެތެރެއަށް ބާރަށް ކޮށްޕާލުމާއެކު ދޮރުގައި ހިފަހައްޓައިގެން ހުރި އައިޝާ އަރިއަޅާލައިގެން ވެއްޓުނެވެ. އަދި އެވަގުތު ސައްދާމް އެތެރެއަށް ވަދެ ގޭދޮރު ލައްޕާލައި އައިޝާއަށް ބަލާލިގޮތުން އައިޝާގެ މެޔަށްފިނިވެގެން ދިޔައެވެ.

-ނުނިމޭ-

25
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Axoo

Other Articles

Previous

ބަދަލުވި ހަޔާތް

Next

ވާލޯބި އެނގޭނަމަ… 8

Next
November 3, 2016

ވާލޯބި އެނގޭނަމަ… 8

Previews
November 3, 2016

ބަދަލުވި ހަޔާތް

15 Comments

  1. hayyu says:
    November 3, 2016 at 3:31 pm

    އައްސަލާމް އަލައިކުމް.. ކިހިނެއްތަ ހުރިހާ ކުދިން؟އިރާދަކުރެއްވީތީ ހަވަނަބައިވެސް އަޕްލޯޑް ކުރެވިއްޖެ.. ހީކުރަން ހުރިހާ ކުދިންނަށް ކަމުދާނެ ކަމަށް..

  2. Luyoona says:
    November 3, 2016 at 3:34 pm

    hadi eh nun…but haadha kurey kiya kiya indha e nimuny

  3. binthi says:
    November 3, 2016 at 3:42 pm

    Maa bodah ves kuru ? dhigukoh lieba.. Mihaa lahun up kuraa iru ?

  4. ? says:
    November 3, 2016 at 3:44 pm

    V salhi.. kn irakun next part.. ❤❤❤❤

  5. Naanu says:
    November 3, 2016 at 6:02 pm

    Pls thankoleh dhigu koh genes dhybala
    ma lahy update kuraleh?
    Plsss hayyyu
    Vhaka v nce

  6. Aishu says:
    November 3, 2016 at 6:42 pm

    Alhey haadha kurey. Story v reethi.

  7. miny says:
    November 4, 2016 at 12:52 pm

    Varah salhi. Ekm thankolheh kuru dhw.

  8. Fin says:
    November 4, 2016 at 1:14 pm

    Varah different but really pretty story.. Avahah upkoh dheche

  9. Falak says:
    November 4, 2016 at 6:14 pm

    Interesting storyeh… Sadhdham kairee buney olhigenves Aisha ah goaheh nahadachchey…

  10. Anonymous says:
    November 6, 2016 at 11:18 am

    woww haadha reethi vaahaka ekey.. plx up kohdeebala avahah

  11. Saaamaaaa says:
    November 7, 2016 at 1:05 pm

    When next part?????

  12. Naanu says:
    November 7, 2016 at 7:09 pm

    Kba tha next part
    Varah inthixaar kuerevey eba
    Plx be fast
    ?

  13. milly says:
    December 17, 2016 at 11:57 pm

    Masha Allah…mivarah vaahaka kiyaa iruves mihaa salhi vaahaka akaa dhimaeh nuvey… Waiting for a reply

  14. xeyboo says:
    March 25, 2017 at 2:47 pm

    kurukan…:/

  15. mal-mal says:
    August 31, 2017 at 10:30 am

    Oh no!! it seems this Saddam is a bad guy. may Allah save Aisha from him

Comments are closed.

All Right Reserved!