Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އައިޝާ 5

Axoo
October 31, 2016
4 Mins Read
73 Views
11 Comments

 

” މަންމަ މިއުޅެނީ ވަރަށް ބޮޑު ވާހަަކައެއް ދައްކަންވެގެން.. މިހާރު އައިޝާ އަކީ ވެސް ބޮޑު ކުއްޖެއް.. މާގިނަ ގިނަދުވަހު އަންހެންކުދިން މީހަކާ ނީނދެ ތިބުމަކީ އެހާ ރަނގަޅު ކަމެއް ނޫން..” ސޮފިއްޔާ ދައްކަން ފެށި ވާހަކައަކުން އައިޝާ ހިތްނުތަނަވަސް ވާން ފެށިއެވެ.

” ސައްދާމް އަކީ ވަރަށް ރަނގަޅުކުއްޖެއް.. މަންމަ އާއި ބައްޕަ އަދި ސައްދާމްގެ އާއިލާ ވާހަކަދައްކާފަ ނިންމައިފިން ވީހާވެސް އަވަހަކަށް ތިދެކުދިންގެ ކައިވެނި ކުރުވަން..” ސޮފިއްޔާގެ ޖުމްލައިން އައިޝާ ސިހިފައި ސޮފިއްޔާއަށް ބަލާލިއެވެ. އީޝަލްވެސް އަނގަމަތީގައި އަތްއަޅާލީ ޤަބޫލުކުރަން ދަތިވެގެންނެެވެ.

” ދަރިފުޅު ޤަބޫލުވާނެކަން މަންމައަށް އެނގޭ.. ސައްދާމް އަކީ ވަރަށް ރަނގަޅު ކުއްޖެއް.. އައިޝާ ބެލޭވަރުގެ ހަރުދަނާ މީހެއް.. ކީކޭ އީޝަލް ބުނަނީ..” އީޝަލްއަށް ބަލާލަމުން ސޮފިއްޔާ އަހާލިއެެވެ.

” މަންމާ އެކަމަކު ދޮން ނުވެސް ދަންނަ މީހަކާ ކިހިނެއް ކައިވެނި ކުރާނީ.. ” އީޝަލް ކުރިއަށް ފިޔަވަޅެއް އަޅަމުން ބުނެލިއެވެ. އައިޝާވެސް އިސްޖަހާލީ އެއްޗެއް ބުނަން ނުކެރިގެންނެވެ.

އީޝަލް އަދި ކުޑަ ވާނެ..  މީހުންނާ ރައްޓެހިވެގެން އެކަހެރި ބައްދަލުވުންތައް ބޭއްވުމަކީ އަހަރުމެންގެ ދީން ހުއްދަ ކުރާ ކަމެއް ނޫން.. އެކަން އީޝަލްއަށް ނުވިސްނުނަސް އައިޝާއަށް ވިސްނޭނެ… އަދި އަހަންނަށް އެނގޭ އަހަރެންގެ އެދުމަކާ އައިޝާ ދެކޮޅެއް ނުހަދާނެކަން” ސޮފިއްޔާ ޖުމްލަ ނިންމާލިއިރު އައިޝާއަށް އިނީ ރޮވެން ކައިރިވެފައެވެ. ސޮފިއްޔާ އެކި ގޮތްހޮތަށް ކައިވެނީގެ ކަންތައް ހަމަޖައްސަމުން ދިޔައިރު އައިޝާއަށް ހަމަ އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. އީޝަލްވެސް އެއްޗެއް ނުބުނެ އިނީ މެހުމާނަކަށްވީތީ ކަމޭހިތުމުގެ ގޮތުންނެވެ. ސައްދާމް ދިއުމުން އީޝަލް ސޮފިއްޔާ އަށް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އައިޝާ އީޝަލްގެ އަތުގައި ހިފާލަމުން ދެފަރަތާށް މޫނު އަނބުރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އީޝަލް ހިތްހަމަ ނުޖެހިފައި ކޮޓަރިއާ ދިމާއަށް ހިނގައިގަތުމުން އައިޝާވެސް ހިނގައިގަތީ ކޮޓަރިއަށް ދިއުމަށެވެ. ނުފެނީ ސޮފިއްޔާގެ ތުންފަތްމަތީގައިވާ ވިހަ ހިނިތުންވުމެވެ.

ކޮޓަރިއަށް ވަންގޮތަށް އަވަސްއަވަހަށް އައިޝާ މޫނުމަތީގައި އަޅާފައިވާ ފޮތިކޮޅު ނެގީ ހާސްވާހެން ހީވާން ފެށުމުންނެވެ. ކުއްލިއަކަށް ކަންތައްވެގެން ދިޔަ ގޮތުން އައިޝާ މުޅިން މާޔޫސް ވެއްޖެއެވެ. އެއްކޮޅުން މީހަަކަށް ވެފައިވާ ވައުދެކެވެ. އަނެއްކޮޅުން ބަލާބޮޑުކުރި މަންމައެވެ. ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެން ފުނޑުފުނޑުމިވީ ހަމަ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ހުޝާމްއަށް ދެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ. ބޯ ހާސްވެ ރޮވެން އުޅޭހެން ހީވާން ފެށުުމުން ވުޟޫ ކޮށްގެން އަވަހަށް ނަމާދަށް އެރީ ހިތަށް ލުޔެއް ހޯދުމަށެވެ.

 

އިޝާ ނަމާދަށް ފަހު ހުޝާމް ތައްޔާރުވަމުން ދިޔައީ އައިޝާގެ ގެއަށް އައިޝާގެ މައިންބަފައިންނާ ބައްދަލުކުރަން ދިއުމަށެވެ. ދައްކާނެ ވާހަކަތައް ބޮލުތެރޭގައި ރާވަމުން ދިޔައިރު ހުޝާމް ހުރީ ކުޑަކޮށް ހިތްއަވަސްވެފައެވެ. ދޮރު ހުޅުވާލާފައި ނިކުންނަން އުޅުނު ވަގުތުގައި ކުރިމައްޗަށް އެރި މީހެއްގެ ސަބަބުން ހުޝާމްގެ މޫޑު ގޯސްވާ ގޮތްވިއެވެ. ކުރިމަތީގައި ހެވިލާފައި ހުރީ ހުޝާމްގެ މަންމަ ފަރާތު ބޮޑުދައިތަގެ އެންމެ އަންހެން ދަރިއެއް ކަމަށްވާ ލޫޝާ އެވެ. ކަޅު ކުލައިގެ ދިގުހެދުމެއް ލާފައި ހުރިއިރު ރަތްކުލައިގެ ކުޑަ ޝޯލްއެއް އަޅާފައިވެއެވެ. ކަޅުކުލައިން ފަވާލާފައި ބޮޑު ލޮލުން ހުޝާމްއާއި ދިމާއަށް ބަލަމުން ދިޔައިރު ރަތްކުލަ ޖައްސާލާފައިވާ ހިމަ ތުންފަތުގައިވަނީ ހިނިތުންވުމެކެވެ. ލާފައިހުރި ކަޅު ދިގު ހެދުން ބާރުކަމުން ގޮސް ހީވަނީ ދެންމެ ދެންމެ ހެދުން ފަޅައިގެން ގޮސްދާނެ ހެންނެެވެ. ހުޝާމް އިސްދަށައް ޖަހާލީ ގަތް ލަދުންނާއި އައި ރުޅިއެއްގެ ބޮޑުކަމުންނެވެ. ލޫޝާ އަކީ ހުޝާމް ކުޑައިރު ކިތަންމެ ގާތްކޮށް އުޅުނު ކުއްޖެއްވިޔަސް މިހާރު ލޫޝާ ހެދުން އަޅާ ގޮތުން ލޫޝާއާއި ދިމާއަށް ބަލާލަންވެސް ހުޝާމް ބޭނުމެއް ނުވެއެވެ.

” ހުޝް ކިހިނެއްތަ.. އައި ފަހުން އަދި މިފެނުނީ ދޯ..” ލޫޝާ މިހެން ބުނުމުން ހުޝާމް ލުއި ގޮތަކަށް ހީލިއެވެ.

” މިއައީ ގޭގަ އިންނަން ފޫހިވެގެން.. ހިނގާބާ އަހަރެން ގޮވައިގެން އަލަށް ހުޅުވައިގެން އުޅޭ ޕާކަށް ގޮސްލަން..” މިހެން ބުނަމުން ލޫޝާ ހުޝާމްގެ އަތުގައި ހިފާލިއެވެ. ދެވަނަ ސިކުންތުގައި ހުޝާމް ލޫޝާގެ އަތް ދުރުކޮށްލިއިރު ހުރީ ހިސާބަކަށް ހިތްހަމަ ނުޖެހިފައެވެ. ލޫޝާގެ ހިނިތުންވުން ފިލައިގެން ދިޔައިރު ނިތަށްވަނީ ރޫއަރުވާލެވިފައެވެ.

” ލޫޝާއަކީ އަހަރެންގެ ދެބެންގެދެދަރި ކުއްޖަކަށްވިޔަސް ތީ ހިލޭ އަންހެނެއް.. ހިލޭ އަންހެނުންނާ ފިރިހެނުން ތަންތަނަަށް ގޮސް ހެދުމަކީ އަހަރުމެންގެ ލޮބުވެތި އިސްލާމްދީނުގައި ވަރަށް ބޮޑަށް ހަރާމް ކުރައްވާފައި ވާކަމެއް.. ބޭބެއެއްގެ ހައިސިއްޔަތުން އަހަރެން ވަރަށް ރަނގަޅު ނަސޭހަތެއް ދީފާނަން.. ލޫޝާ ތިއުޅޭ ގޮތް ދޫކޮށް އަވަހަށް ތައުބާވޭ.. އެހެންނޫނީ މާލަސްވެދާނެ..” މިހެން ބުނަމުން ހުޝާމް މަޑުނުކޮށް ގެއިން މިކުމެގެން ދިޔައީ އިތުރަށް އެތާ މަޑުކުރަން ބޭނުން ނުވާތީއެވެ. ހުޝާމް ދިއުމުން ލޫޝާ ބަލާލީ ބަދިގޭގައި ފިލާ އެމީހުން ދައްކާ ވާހަކަ އަޑުއަހަން ހުރި ހަބީބާއަށެވެ. ހުޝާމް ދިޔަދިމާއަށް ބަލަމުން އައިސް ލޫޝާ ކައިރިއަށް ހުއްޓި ލޫޝާގެ ކޮނޑުމަތީގައި އަތްބާއްވަމުން މާޔޫސް ނުވުމަށް ހަބީބާ ބުންޏެވެ. އަދި ހުޝާމްގެ ހިތް އަތުލުމަށް ގަދައަޅާ މަސައްކަތް ކުރަންވެސް ނަސޭހަތްތެރިވިއެވެ. ނަމަވެސް ލޫޝާއަށް ވިސްނެމުން ދިޔައީ ހުޝާމްގެ ފަހު ދެޖުމްލައާއި ދޭތެރޭގައެވެ. ސިކުނޑީގައި އެވާހަކަތައް އެނބުރެމުން ދިޔައިރު ވަރަށް ފުންކޮށް އެބުނި އެއްޗަކާ މެދު ވިސްނަމުން ދިޔައެވެ.

ސޮފިއްޔާ، އީޝަލް އަދި އައިޝާ ރޭގަނޑު ކެއުމަށް އިންސާފުކުރަމުން ދިޔައިރު ސޮފިއްޔާގެ އަނގަ އެންެމެ ހިނދުކޮޅަކަށްވެސް ނުހުއްޓެއެވެ. އައިޝާގެ ކައިވެނީގެ ވާހަކަ ދައްކަމުން ދިޔައިރު އެއްޗެއް ނުބުނަން އީޝަލް ވަރަށް މަސައްކަތް ކުރިއެވެ. އައިޝާއަށް ބަލާވެސް ނުލާ ކަމުންދިޔައިރު އައިޝާއަށް އިރުއިރުކޮޅާ އީޝަލްއަށް ބަލާލެވެއެވެ. ސަމްސަލުން ބަތްތަށި މޮޑެލަ މޮޑެލާ އިންއިރު އޭގެއިން އަނގައަށް ދަނީ މަދުއެތިކޮޅެކެެެވެ. ގޭދޮރު ޓަކިޖަހާލިއަޑަށް ތިންމީހުންނަށް އެއްފަހަރާ އެދިމާއަަށް ބަލާލެވުނެވެ. އީޝަލް ހުޅުވަންދާން ތެދުވުމުން އައިޝާ ބޯމައްޗަށް އެއްލާފައިވާ ފޮތިކޮޅުން މޫނު ނިވާކޮށްލިއެވެ. އީޝަލްއާ އެއްކޮށް ވަދެގެން އަންނަ މީހާ ފެނުމާއެކު އައިޝާއަށް ހީވީ ބިރެއް ފެނުނު ހެންނެވެ. ތަށާތެރެއަށް ސަމްސާ ވައްޓާލާފައި އިންތަނުން ތެދުވިއެވެ. އައިޝާއަށް ވީގޮތް ހުޝާމްއަށް ފެނުމުން ކުޑަކޮށް ހިނިއަންނަގޮތްވިއެވެ.

” ތީއެއުޅޭ ހަބީބާގެ ހުޝާމުދޯ.. އަނެއްކާ ކޮންބޭނުމެއް ޖެހިގެންބާ މިގެއަށް ތިއައީ..” ސޮފިއްޔާ ރުންކުރު ޖުމްލައިން ހުޝާމް ކުޑަކޮށް ހިތްނުތަނަވަސް ވާގޮތްވިއެވެ. ތީ އައިޝާގެ މަންމަހޭ އަހާލެވުނީވެސް ވަރަށް ވަރުންނެވެ. ހުޝާމްގެ އަނގައިން އައިޝާގެ ނަން އިވުމާއެކު އައިޝާއަށް ތެޅި ގަނެވުނެވެ. އީޝަލްއަށް ވެސް އައިޝާއަށް ބަލާލެވުނުއިރު މޫނުމަތީގައި ވަނީ އިންތިހާއަށް ހައިރާން ކަމެވެ.

ހުޝާމް މުހިންމު ވާހަކައެއް ދައްކަންވެގެންނޭ ބުނުމުން ސޮފިއްޔާ ހުޝާމް ގޮވައިގެން ދިޔައީ ސިޓިންގް ރޫމަށެވެ. ފަހަތުން އައިޝާވެސް ގޮސް އެމީހުންނަށް ނުފެހެންނާނެހެން މަޑުކޮށްލިއެވެ. އީޝަލް އެންމެ ހައިރާންވަނީ އައިޝާ އުޅޭގޮތުންނެވެ. ހުޝާމްފެނުމުން އައިޝާއަށް ވީގޮތް އީޝަލްއަށް ރަނގަޅަށް ފެނުނެވެ.

” ކޮބާތޯ އައިޝާގެ ބައްޕަ..” ދެފަރާތަށް ބަލާލަމުން ހުޝާމް އަހާލިއެވެ.

” ކަލޯ އަނެއްކާ ކޮންވާހަކައެއް ދައްކަން ތިއުޅެނީ.. އައިޝާގެ ބައްޕަވީ ބޯޓުދަތުރުކުރަން ގޮސް.. މިވަގުތު އައިޝާއާ ބެހޭ ވާހަކައެއްވިއްޔާ އަހަރެން ކައިރީގައި ދައްކާ..” ސޮފިއްޔާ ބުނެލިއެވެ. އޭރު އައިޝާގެ ހިތް ނެގި ނެގިފަ ޖެހެނީއެވެ.

” އަޅުގަނޑު މިއައީ އައިޝާގެ ކައިވެންޏަށް އެދެންވެގެން.. އަޅުގަނޑު ބޭނުން ވީހާވެސް އަވަހަކަށް އައިޝާއާއި ކައިވެނި ކުރަން..” ހުޝާމްގެ ޖުމްލައާއި އެކު އައިޝާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަދި ދެވަނަ ސިކުންތުގައި ދެލޯ މަރާ ބާރުކޮށްލެވުނީ ދެން ކަންތައްވެގެން ދާނެ ގޮތް އިހްސާސް ކުރެވުމުންނެވެ. ދުރުގައި މަންޒަރު ބަަލަން ހުރި އީޝަލް އެއްފަހަރު އައިޝާއަށް އަދި އަނެއްފަހަރު ހުޝާމްއަށް ބަލާލިއެވެ. ހުޝާމް ދެއްކިވާހަކައިން ސޮފިއްޔާ ހިތް އަދަމުން ދިޔައީ އެހާ މުއްސަނދި ޤަދަރުވެރި އާއިލާއެއްގެ ކުއްޖަކު އައިޝާއާއި އިންނަން ބޭނުންވުމުންނެވެ. ނަމަވެސް މޫނުމަތިން ހަމަޖެހޭގޮތް ދައްކަމުން ހީލީއެވެ.

” އެކޮއެ ތިވަހާކަ ދައްކަން މާލަސް ވެއްޖެ.. އައިޝާގެ ކައިވެނި އެހެންމީހަކާ ކުރަން ހަމަޖެހުނީ މިއަދު” ސޮފިއްޔާގެ ޖަވާބުން ހުޝާމް މުޅިން މާޔޫސްވިއެވެ. އައިޝާ ހުރިދިމާއަށް ބަލާލެވުނު އިރު މޫނުމަތި ވަނީ މުޅިން ބަނަވެފައެވެ. އައިޝާގެ އެސްފިޔަތައް ދޭތެރެއިން ކަރުނަތިއްކެއް ވެއްޓުނީ ވީދެރައިންނެވެ. ހުޝާމް އެންމެ ރަނގަޅޭ ބުނުމަށްފަހު ގެއިން ނިކުންނަން ދާން ހިނގައިގަތީ އިތުރަށް އެތާ މަޑުކުރުމުގެ ހިތްވަރެއް ނެތުމުންނެވެ. ސޮފިއްޔާ މަލާމާތުގެ ގޮތަކަށް ހީލަމުން ކޭތަށިތައް ނެގުމަށް އީޝަލް ކައިރީ ބުނުމަށްފަހު ވަނީ ކޮޓަރިއަށެެވެ. ލޯމަރައިގެން ހުރި އައިޝާއަށް ސިއްސައިގެން ގޮސް ލޯހުޅުވާލެވުނީ އީޝަލް ގޮވާލުމުންނެވެ. އޭރު އީޝަލް އައިޝާއާއި ދާދި ކައިރީގައި ހުއްޓެވެ. ލޮލުން ކަރުނަ އައިސްފައި ހުރިކަންވެސް ފާހަގަ ކުރެވުނީ އީޝާލް ފޮހެލަ ދިނުމުންނެވެ.

” އެނގޭ އަހަންނަކީ އަދި ސަތާރަ އަހަރުގެ ކުޑަ ކުއްޖެއްކަން.. އެކަމަކު އަހަންނަކީ ކަންތައްތައް ނުވިސްނޭވަރުގެ ކުޑަ ކުއްޖެއްނޫން.. ހުޝާމް އާއި ދޮންތަ ގެ އޮތީ ކޮން ގުޅުމެއްތަ” އީޝަލް އަހާލިއެވެ. އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެ އައިޝާ ދާން އުޅުމުން އީޝަލް އައިޝާގެ އަތުގައި ހިފާ ހުއްޓުވިއެވެ.

” އަހަރެން ހަނދާން އެބަހުރި ދޮން ބަދިގޭގައި ހުއްޓަ އަހަރެން ހައިފާގެ ބޭބެ އައިސްގެން އުޅޭ ވާހަކަ ބުނުމުން ދޮން އަށް ވީގޮތް.. އަދި މިއަދު ދޮންތަގެ ހަރަކާތްތައް ހުރިގޮތްވެސް ވަރަށް ރަނގަޅަށް ދުށިން..” އީޝަލް މިހެން ބުނުމުން އައިޝާ އިސްޖަހާލިއެވެ. އަދި ވާހަކަ ދައްކަން އަނގަހުޅުވާލި ވަގުތު ފެނުނު މަންޒަރުން އައިޝާއަށް ހެވުނު ނަމަވެސް ލޮލުން ހޯސްލާފައި ކަރުނަ ފައިބަގަތެވެ.

 

 

 

-ނުުނިމ-

22
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Axoo

Other Articles

Previous

އަހަރެންގެ ކުށް (ފަހުބައި)

Next

ރިޔާޝާ (13ވަނަ ބައި)

Next
October 31, 2016

ރިޔާޝާ (13ވަނަ ބައި)

Previews
October 31, 2016

އަހަރެންގެ ކުށް (ފަހުބައި)

11 Comments

  1. ny says:
    October 31, 2016 at 8:11 pm

    Haadakurey

  2. imagination says:
    October 31, 2016 at 8:12 pm

    nice <3

  3. binthi says:
    October 31, 2016 at 8:14 pm

    Ma sha Allah v reethi vaahaka eh 🙂 waiting for next part..

  4. Qeen says:
    October 31, 2016 at 8:15 pm

    V reethi lasnukoh genesdheythi

  5. Ree says:
    October 31, 2016 at 8:32 pm

    Maa sha ALLAH v reethi

  6. ainth says:
    October 31, 2016 at 9:25 pm

    V reethi! Komme dhuvahaku part e genas dheeba….. v kiyahivey

  7. Aimee says:
    October 31, 2016 at 9:40 pm

    Hadha kurey
    And varah las update kuraleh.
    But vahaka hama super

  8. Saaamaaaa says:
    November 1, 2016 at 9:00 am

    Haadha kurey…. dhigukoh avahah genesdheynama adhi miahvure furihama vaane…..
    Varah reethi vaahakaeh…….

  9. Faxoo says:
    November 2, 2016 at 8:40 am

    Hayyu ge mivaahaka varah reethi. dheenee vaahaka eh vyma varah kiyaahithun mihiry. 😀 next part konirakun? dhn oi part thankolheh dhigukollacchey. Vaahaka varah reethi, MaShaAllah 😉

  10. xeyboo says:
    March 25, 2017 at 2:37 pm

    KURY DHW..

  11. mal-mal says:
    August 31, 2017 at 10:23 am

    އަޅެ ދެން ހަމަ ސޮފިއްޔާ ކީއްތަ ވާނީ އެންމެ ފަހަރަކު ނަމަވެސް އައޝާ ކައިރި??ކައިވެންޏާ ޤަބޫލުތޯ އަހާލިއްޔާ؟؟???

Comments are closed.

All Right Reserved!