Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އައިޝާ 3

Axoo Level 310 Stories100 Comments100 Login
October 23, 2016 4 Mins Read
11 Comments

” އަހަރެން މިހުރީ އަހަރެން އައިޝާއަށްވީ ވައުދުތައް ފުރިހަމަކޮށްގެން އެނބުރި އައިސް” އައިޝާގެ ކަންފަތުގައި ޖެހުނު އަޑަކުން މުޅިގައިގާ ހީބިހި ނަގައިގެން ދިޔަ ކަހަލައެވެ. ފަހަތަށް އެނބުރެން ނުކެރިފައި ހުއްޓާ އަނެއްކާވެސް އިސް އުފުލާލެވުނީ ދެވަނަފަހަރަށް އެއަޑު އިވުމުނުންނެވެ. ދެންވާން ފެށިގޮތަކުން ފަހަތުން އެމީހަކު ކީއެއްޗަކަށް ސަމާލުކަން ދެވޭ ގޮތެއްނުވިއެވެ. އައިޝާއަށް ތަންތަން ނުސާފުކޮށް ފެންނަންފެށިއެވެ. މުޅިތަން އެނބުރޭހެން ހީވާން ފެށުމުން ބޮލުގައި ހިފަހައްޓާލެވުނެވެ.

ފަހަތުގައި ހުރި ހުޝާމްއަށް އައިޝާ އަށް ގޮތެއްވާހެން ހީވާންފެށިއެވެ. އަރިއަަޅާލައިގެން ވެއްޓެން އުޅޭހެން ހީވަންފެށުމުން ހުޝާމް ހަދާނެގޮތް ހުސްވިއެވެ. އައިޝާގެ ހުއްދަނެތި ގައިގާ ބީހެންް ހުޝާމް ނުރުހެއެވެ. އެއްވެސް އިތުުރު ގޮތެއް ނެތުމުން ހުޝާމް އައިޝާ ގައިގާ ހިފަހައްޓަން ކައިރިވެލިއެެވެ. ނަމަވެސް ހަމަ އެވަގުތު އެތަނުން ހުރަސްކުރި މެދުއުމުރުގެ އަންހެނަކަށް މިމަންޒަރުފެނި އައިޝާ ގައިގާ ހިފެހެއްޓިއެވެ. ހުޝާމްދެން އަވަސްވެގަތީ އެގޭ މީހަކަށް އެކަން އެނގުމަށެވެ. ދޮރުގައި ޓަކިޖަހާލެވުނީވެސް ފުދޭވަރަކަށް ބާރަށްކަން އެނގުނީ އެތެރޭން އަންހެނަކު ހަޅޭއްލަވައިގަތް އަޑަށެވެ.

” ކަލޯ މޮޔަވީތަ؟..” ދޮރުހުޅުވާލުމަށްފަހު ބޭރުގަ ހުރި ހުޝާމް ފެނުމުން ސޮފިއްޔާ ބުންޏެވެ.

” ދައްތާ މިގޭ ކުއްޖެއް އެއޮތީ އަނބުރައިގަނެފަ.. ” ފަހަތުގައި އައިޝާ ހިފަހައްޓައިގެން ހުރި އަންހެންމީހާ ދައްކަމުން ހުޝާމް ބުންޏެވެ. ސޮފިއްޔާ ލޯހަނިކޮށްލަމުން ބޭރު ބަލާލިއެވެ.

” އެއީ އަހަރުމެން ގޭގެ ކުއްޖެއްނޫން.. ” އަވަސްއަވަހަށް އެހެން ބުނެފަ ދޮރުލައްޕަން އުޅުނު ސޮފިއްޔާ މަޑު ޖެހުނީ އީޝަލް ކައިރިއަށް ހުއްޓި ކިހިނެއްވީތޯ ސުވާލުކުރުމުންނެވެ. ސޮފިއްޔާ ޖަވާބުދޭން އުޅުމުން ސޮފިއްޔާއަށްވުރެ ކުރިން ޖަވާބު ދިނީ ދޮރުމަތީގައި ހުރި ހުޝާމްއެވެ. އީޝަލް އަވަސްއަވަހަށް ބޭރުބަލާލިވަގުތު ދެލޯ ބޮޑުވެގެން ދިޔައެވެ. ދުވެފައި ގޮސް އައިޝާގައިގާ ހިފިގޮތަށް ރޯންފެށިއެވެ. އައިޝާ ކާރަކަށް ލައިގެން ގެންދިއުމުންވެސް ހުޝާމް ހުރީ ހުރިތާ ގުޑިލަން ނޭނގިފައެވެ. އަދިވެސް އައިޝާގެ މެރިފައިވާ ދެލޯ ހުޝާމްއަށް ފެންނަމުން ދާކަހަލައެވެ.

 

ގޭތެރެއަށް ވަދެގެން ދިޔަ ސޮފިއްޔާވަނީ ރުޅިއައިސް ރަތްވެފައެވެ، މޫނުކުނިކޮށްލަމުން އައިސް ސޯފާއަށް ވެއްޓިގަތެވެ. ކުރިމަތީގައި ހުރި މޭޒުމަތީގައި ބަހައްޓާފައި ހުރި ދުފާދަޅުނަގައި އުނގުމަތީގައި ބެހެއްޓިއެވެ. ފަސްވަރަކަށް ފޯއްފޮތި އަނގައަށް ލުމަށްފަހު ކުޑަކޮށް ހަފާލިއެވެ. ބިލެއްގަނޑެއްނަގައި ދެބައިކޮށްފަ އެއްބައި އަނގައަށް ގަންނަވާލިއެވެ. ތިން ކަރަންފޫ އަނގައަށް ލުމަށްފަހު ދުންފަތް ޕެކެޓުން ދުންފަތްގަނޑެއް އަންގައަށްލިއެވެ. ހުރިހާއެއްޗެއް ރަނގަޅަށް ހަފާލަމުން އެއްފައި ސޯފާމައްޗަށް ނެގިއެވެ. އެއަށްފަހު އަތުގައި އޮތް  މޮބައިލްފޯނުން ނަމްބަރަކަށް ގުޅާލައި ކަންފަތުގައި ޖަހާލިއެވެ. އެކޮޅުން ހަލޯއޭ ބުނުމާއެކު އަނގައިގައިވާ ބޮޑު ރަތްކުޅު ދިރުވާލިއެެވެ. އަދި ވާހަކަދައްކަން ފެށިއެވެ.

” ބޭބޭ މިހާރު އަހަންނަށް ބޮޑު އުނދަގުލަކަށް ވެއްޖެ އޭނައާ ހެދި.. އަހަރެންގެ އީޝަލްވެސް އަހަންނާ ވަރަށް ދުރުވެއްޖެ.. ބޭބެއަށް އެނގޭތަ މިއަދު އެ އައިޝާއަކާ ހެދި އަހަރެންގެ އީޝަލް އަހަރެން ވައްޓާވެސްލި…” ރޯންކަމަށް ހެދިގެން ސޮފިއްޔާ ވާހަކަދެއްކިއެވެ. އެގޮތުގައި އެތައް އިރަކު ވާހަކަދައްކަން އިނުމަށްފަހު ސޮފިއްޔާ ދެލޯ ފޮހެލިއެވެ. އަދި އަހަރެން ބޭބެ ބުނިގޮތަށް ކަންތައްކުރާނަމޭ ބުނުމަށްފަހު ފޯނުކަނޑާލީ ފަތަހައިގެ ހިނިތުންވުމެއް މޫނުމައްޗަށް ވެރިކޮށްގެނެވެ.

 

އެމަރޖެންސީ ރޫމުގެ ބެޑެއްމަތީގައި ބާއްވާފައި އޮތް އައިޝާގެ އަތުގައި ބޭސްއަޅަން އެއްފަރާތުގައި ނަރުހެއް ހުއްޓެވެ. އަނެއްފަރާތުގައި އައިޝާގެ އަތުގައި ހިފަހައްޓާލައިގެން އީޝަލް އިނެވެ. ނަރުސް ކުއްޖާ ޑޮކްޓަރ އެތެރެއަށް ވަންނަން އުޅޭ ވާހަކަ ބުނުމުން އަންހެން ޑޮކްޓަރެއްތޯ ސުވާލުކުރިއެވެ. ނަރުސް ކުއްޖާ ހީލާފައި އާއެކޭ ބުނަމުން ޑޮކްޓަރ އެތެރެއަށް ވެއްދިއެވެ.

” ޓެސްޓްތަކުގެ ރިޕޯރޓް އައިސްފި.. ބަލާބެލުމަށް ހީވަނީ މާ ހުންގަދަވީމަހެން ފެއިންޓްވީ.. ބީޕީވެސް ވަރަ ލޯވް ވެފަ ހުރީ.. އަތުގައި ފިހިފައިވާތަނުގަ ވަރަށް ބޮޑަށް ޖަރާސީމު އުފެދިފަހުރީ.. ހީވަނީ އެހެންވެގެންހެން ހުންއައީ.. މިހާރު އެއޮތީ އެންޓިބަޔޮޓިކް ދީފަ.. ކުޑައިރުކޮޅެއްގެ ތެރޭގައި ހޭއަރާފާނެ..” އައިޝާގެ ޕްރެޝަރ ޗެކް ކުރަމުން ޑޮކްޓަރ ބުންޏެވެ. އަދި ބޭސްސިޓީ ލިޔެދިނުމަށްފަހު އީޝަލްއަށް ހީލަމުން އެތަނުން ނުިކުތެވެ. ޑޮކްޓަރ ނިކުތުމުން އީޝަލް އައިޝާ ކައިރީގައި އިށިނދެލިއެވެ. އަދި އައިޝާ ހޭލާނެ އިރަކަށް އިންތިޒާރު ކުރަން ފެށިއެވެ.

 

ހުޝާމް އެނދުމަތީގައި އުއްޑުން އޮށޯވެގެން އޮތްއިރު ދެފައިވަނީ އެނދުން ބޭރުގައެވެ. ސީލިންގަށް ކަޅި ހުއްޓިފައި ވާއިރު ހީވަނީ ފުންވިސްނުމަކަށް ގެއްލިފައި އޮތްހެންނެވެ. ގަޑިން ހަތަރެއް ޖަހަން ގާތްވިއިރުވެސް ހުޝާމް ލޮލަށް ނިދި ނައިސްގެން އުޅެނީއެެވެ. ހުޝާމްގެ ވިސްނުމާއި އެންމެ ބޮޑަށް ގުޅިފައިހުރީ އައިޝާއާއިއެވެ. މީގެ އަށްއަހަރު ކުރިން ހުޝާމް އައިޝާއަށް ވީ ވައުދުތައް ހުޝާމް ފުއްދިއެވެ. އަށް އަހަރުފަހުން ހުޝާމް މިއަދު އެނބުރިއައީ އެންމެ ފަހު ވައުދު ފުއްދުމަށެވެ.

އެއީ މީގެ އަށް އަހަރު ކުރިއެވެ. ހުޝާމް ފުރަންވެގެން ކާރަށް ފޮށިތައް އެރުވި ވަގުތެވެ. ކުރިމަތީގައި ހުރި ކުޑަ ފިހާރައަށް ވަން އައިޝާ ފެނުނީ ހަމަ އެވަގުތެެވެ. އެބަ އަންނަމޭ ބުނުމަށްފަހު ހުޝާމްވެސް އެފިހާރައަށް މިސްރާބު ޖެހިއެވެ. ހުޝާމަށް އެފިހާރައަށް ވަދެވުނުއިރު އައިޝާ ހުރީ އެންމެ ބިއްދޮށު ހަރުގަނޑު ކައިރީގައެވެ. ހުޝާމް އައިޝާއަށް ގޮވާލުމާއެކު އައިޝާ ސިއްސައިގެންގޮސް ބަލާލިއެވެ. ހުޝާމްފެނުމުން އައިޝާ އިސްދަށައް ޖަހާލިއެވެ.

” އަހަރެން މިދަނީ ފުރަންވެގެން… އިންޝާﷲ އެނބުރި އަންނާނީ ގައުމަށް ހިދުމަތެއް ފޯރުކޮށްދެވޭހާ މޮޅަށް ކިޔަވައިގެން.. އަހަރެން ދިއުމުގެ ކުރިން ތިން ވައުދެއް ވާނަން.. ފުރަތަމަ ވައުދަކީ އަހަރެން ކިޔަވައިގެން މޮޅުވުން.. ދެވަނަ ވައުދަކީ ބޭރުގަ ކިތަންމެ ދުވަހަކު އުޅުނަސް ދީނާ ފުށުއަރާވަރުގެ ކަމެއް އިންޝާﷲ ނުކުރާނަން.. އަދި ތިންވަނަ ވައުދަކީ އިންޝާﷲ އަހަރެން އެނބުރިއައިސް އައިޝާ އަހަރެންގެ ހަލާލު އަނބިމީހާއަށް ހަދާނަން.. ” ހުޝާމްގެ ފަހު ޖުމްލައާއި އެކީ އައިޝާއަށް އިސް އުފުލާ ބަލާލެވުނެވެ.

” އަހަރެން އެދޭ ކަމެއް ކުރުމަށް އައިޝާ ވައުދެއް ވެދާނަންތަ.. ” އަނެއްކާވެސް ހުޝާމް ބުނެލިއެވެ. އައިޝާ އިރުކޮޅަކު ވިސްނަން ހުރުމަށްފަހު އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

” އަހަރެން އައުމާ ދޭތެރޭގައި އަހަންނަށްވުރެ ރަނގަޅު މީހަކު އައިޝާގެ ކައިވެންޏަށް ނޭދެންޏާ.. އަހަރެން އެނބުރި އައިސް އައިޝާގެ ކައިވެންޏަށް އެދުނިއްޔާ އެއްބަސް ވާނަންތަ..؟؟.. ” ހުޝާމްގެ ޖުމްލައިން  އައިޝާއަށް ރޮވޭގޮތްވިއެވެ. ދުވަހަކުވެސް މީގެ ކުރިން މީހަކު އައިޝާކައިރީގައި ނުދައްކާ ކަހަލަ ވާހަކައަކަށް ވީމައެެވެ. އަނެއްކާވެސް ހުޝާމް ސުވާލު ތަކުރާރު ކޮށްލުމުން އައިޝާ އިސްޖަހާލިއެވެ.

” އިންޝާﷲ..” އައިޝާއަށް ބުނެވުނީ އެވަރަށެވެ. ހުޝާމް ގެ ތުންފަތްމައްޗަށް ވެރިވީ ބަޔާން ކުރަން ދަތި ހިނިތުންވުމެކެވެ. އައިޝާއަށް ފުރަގަސްދީ އެނބުރި ހިނގައިގަތީ ވަރުގަދަ އަޒުމަކާ އެކުއެވެ.

މާޒީއަށް ގެއްލިފައި އޮތް ހުޝާމްއަށް ހޭވރިކަންވީ ފޯނު އެލާމްވާން ފެށުމުންނެވެ. ހަތަރު ގަޑި ފަނަރައަށް ކޮށްފައިވާ އެލާމް އޮފް ކޮށްލުމަށްފަހު ފާހަނައަށްވަދެ ވުލޫކޮށްގެން ނިކުމެ ދަމުނަމާދަށް އެރިއެވެ.

……………………………………………………………………………

އައިޝާ ބާއްވާފައި އޮތް އެނދުގައި ބޯއަޅައިގެން ނިދިފައި އޮތް އީޝަލްއަށް ހޭލެވުނީ އައިޝާ ގޮވާ އަޑަށެވެ. އައިޝާ މޫނުގެ ދެފަރާތުގައި ހިފާލަމުން ރަނގަޅުހޭ އަހާލުުމުން އައިޝާ ބޯޖަހާލިއެވެ.

” ދޮން ޕްލީޒް އަހަންނަށް މަޢާފުކުރޭ.. އިންޝާﷲ ދެން ދުވަހަކުވެސް މަންމައަށް ގޮތެއް ނުހަދާނަން” ރޮވިފައި އިނދެ އީޝަލް ބުންޏެވެ. އައިޝާ ކެނިއުލާ ގުޅާފައި އޮތް އަތުން އީޝަލް މޫނުގައި ފިރުމާލިއެވެ. އަދި ހިނިތުންވުމެެއް ހަދިޔާކޮށްލީ ރުޅިއައިސްފައި ނެތްކަން އެންގުމުގެ ގޮތުންނެވެ. އައިޝާ އޮތް އެނދުގެ ވަށައި ދަމާފައި ފަރުދާ ކެހިގެން ދިއުމާއެކު އައިޝާ އަވަސްއަވަހަށް ބޯމަތީގައި އޮތް ފޮތިގަނޑުން މޫނު ނިވާ ކޮށްލިއެވެ.

” ހާސް ނުވޭ.. މިތަނަށް ފިރިހެނަކު ނުވަންނާނެ” ހިނިތުންވެލާފައި ނަރުސް ކުއްޖާ ބުންޏެވެ. ދޫކޮށްލަނީ ކޮންއިރަކުންތޯ ސުވާލުކުރުމުން އިރުކޮޅަކުން ޑޮކްޓަރ ދުރުވެ ޑިސްޗާޖް ކުރާނެ ވާހަކަ ބުންޏެވެ.

ނަރުސް ކުއްޖާ ދިއުމުން އައިޝާ އެނދުގައި ހަމަޖެހިލިއެވެ. އަދި ދެލޯމަރާލީ އަދިވެސް ވަރުބަލިކަން އިހްސާސް ކުރެވޭތީއެވެ. އެވަގުތު ހަނދާނަށް އައީ އަނބުރައިގަތުމުގެ ކުރިން ވިކަންތަކެވެ.

” އީޝޫ.. ދޮން މިތަނަށް ގެނައީ ކާކު” ކުއްލިއަކަށް ކަމެއް ހަނދާންވެގެން އަހާ ކަހަލަ ގޮތަކަށް އައިޝާ އަހާލިއެވެ.

” އަހަރެން ގެނައީ.. ދޮން އަނބުރައިގަތް ވާހަކަ ގޭދޮރުމަތީގައި ހުރި ފިރިހެނެއް ބުނީ.. އޭރު ދޮން ގައިގަ ހިފަހައްޓައިގެން ހުރީ އަންހެންމީހެއް..” އީޝަލް ހަނދާނަށް އައިވަރަކަށް ކިޔައިދިނެވެ.

” ފިރިހެނެކޭ.. ކިހިނެއް ހުރި މީހެއް..” އައިޝާއަށް ސުވާލުކޮށްލެވުނެވެ.

” ހިކި މީހެއް.. ވަރަށް ދޮން.. ތުންބުޅިއެއް ލާފަ.. ނޭނގެ އެހާ ބޮޑަކަށް.. ” އީޝަލް ކިޔައިދިނެވެ. އީޝަލް ކައިރީ އިތުރަށް ސުވާލުކުރާކަށް އައިޝާއަކަށް ނުކެރުނެވެ. ނަމަވެސް އެނގޭހާވެސް އެއްޗަކީ ފަހަތުން އެއިވުނު އަޑަކީ އައިޝާ އެއަޑަކަށް އަށް އަހަރުވަންދެން އިންތިޒާރުކުރި އަޑުކަމެވެ.

އިރުކޮޅެއްފަހު ޑޮކްޓަރ އައިސް ބެލުމަށްފަހު ގެއަށް ދިއުމަށް ހުއްދަ ދިނުމުން އީޝަލް އައިޝާ ގޮވައިގެން ގެއަށް ދިއުމަށް ނިކުތެވެ. ކާރުން ގެކައިރިއަށް ފޭބުމަށްފަހު އީޝަލް އައިޝާގެ އަތުގައި ހިފައިގެން ގެއަށް ވަންނަން ދިޔައެވެ. އެވަގުތު މައްޗަށް ބަލާލަން ހިތަށް އެރީ ކީއްވެކަމެއް ނޭނގެއެވެ. ނަމަވެސް ބަލާލުމާއެކު ކުޑަވަގުތުކޮޅަކަށް އައިޝާ ހުއްޓުންއެރިއެވެ. ބެލްކަނީގައި އައިޝާއާ ދިމާއަށް ބަލަހައްޓައިގެން ހުރީ ހުޝާމް ނޫން ދެވަނަ އެހެން މީހެއް ނޫނެވެ. އީޝަލް ކިހިނެއްވީތޯ އެހުމުން ކަމެއް ނުވާކަމަށް ބުނެ ގެއަށް ވަންނަން ދިޔައެވެ. ތަޅުދަނޑިން ހުޅުވާލާފައި އެތެރެއަށް ވަން އައިޝާ ފެނުމާއެކު ސޯފާމަތީގައި ރޯންއިން ސޮފިއްޔާ އައިސް އައިޝާ ގައިގާ ބައްދައިގަތެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

ރިޔާޝާ (8ވަނަ ބައި)

Next

ނޭނގޭހެ ހާދަ ލޯބިވޭ 28

Next
October 23, 2016

ނޭނގޭހެ ހާދަ ލޯބިވޭ 28

Previews
October 23, 2016

ރިޔާޝާ (8ވަނަ ބައި)

11 Comments!

  1. Ss says:
    October 23, 2016 at 3:04 pm

    Alhe avahah nxt part genesdhehchey…. Plxxx

  2. shaai says:
    October 23, 2016 at 3:50 pm

    i like this story.. v kiyaa hiy wey mikahala story thah… u did a great work hayyu. plx upload the next part soon.

  3. Mar Sha Marsha says:
    October 23, 2016 at 4:14 pm

    ވަރަށް ރީތި މިބައިވެސް، އަނެއް ބަޔަށް އިންތިޒާރު ކުރން މި ފެށުނީ… އެންމެ ބޭނުން ވަނީ އައިޝާ އަވަހަށް ހުޝާމްއާ ކައިވެނި ކުރަން، ސޮފިއްޔާއަށް ހެޔޮ ވިސްނޭނީ ކޮން ދުވަހަކުން ބާ؟ ކީއްވެތަ ސޮފިއްޔާ އައިޝާ ދެކެ އެހާ ރުޅި އަންނަނީ؟ އަނެއްކާ އެ ކައިވެންޏަށް ހުޝާމްގެ އާއިލާއިންވެސް ގަބޫލު ވާނެ ހެން ވަރަށް ހީނުވޭ، ގަބޫލު ވިޔަސް އައިޝާއަށް އެމީހުންވެސް ވަރަށް ކުޅި ދައްކާނެހެން ހީވަނީ، ކޮންމެއަކަސް މީ ވަރަށް ތަފާތު ވަރަށް ރީތި ވާހަކައެއް، ހައްޔުއަށް ޝުކުރު އަދާކޮށްލާ ހިތްވޭ މިކަހަލަ ވާހަކައެއް ގެނެސްދޭތީ،

  4. Ammaar says:
    October 23, 2016 at 8:13 pm

    kyp it up,waiting

  5. xenn says:
    October 23, 2016 at 8:41 pm

    Nice

  6. Aish says:
    October 24, 2016 at 12:27 am

    Yageeney sofiyya nubai reyvumeh raavaaleekan
    Maa heyo edhey meehakah vegen gos bahdjaiganefi ennu…

  7. xeyboo says:
    March 25, 2017 at 2:21 pm

    <3

  8. Kalhu handi says:
    March 25, 2017 at 3:30 pm

    V rythi mivaahaka.. Enme bodah hih hama jeheny ehves kahala ingireysi baheh nulaa kiyaalan libeythy.. Adhi v bodah dheenee kan kamah iskan dheythy.. Mikahala vaahaka mihaaru v kiyan nulibeyne..

    1. mal-mal says:
      August 31, 2017 at 10:07 am

      yeah, Kalhu handi thibuny hama thedheh. Mivaahaka mashah ves kamudhanee thi 2 sababaa hure. ???

  9. sis says:
    May 30, 2017 at 9:55 am

    Dhw vvv reythi

  10. mal-mal says:
    August 31, 2017 at 10:06 am

    MashaAllah, mi part ves varah furihama.???

Comments are closed.

Next Episodeއައިޝާ 4←


All Right Reserved!