Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އައިޝާ 7

Axoo Level 310 Stories100 Comments100 Login
November 8, 2016 5 Mins Read
35 Comments

ސައްދާމް ދޮރު އެތެރެއަށް ބާރަށް ކޮށްޕާލުމާއެކު ދޮރުގައި ހިފަހައްޓައިގެން ހުރި އައިޝާ އަރިއަޅާލައިގެން ވެއްޓުނެވެ. އަދި އެވަގުތު ސައްދާމް އެތެރެއަށް ވަދެ ގޭދޮރު ލައްޕާލައި އައިޝާއަށް ބަލާލިގޮތުން އައިޝާގެ މެޔަށްފިނިވެގެން ދިޔައެވެ. ސައްދާމް އައިޝާ ކައިރިއަށް ދިއުމަށް ފިޔަވަޅެއް އަޅާލުމާއެކު އިންތަނުން ތެދުވެވުނު ގޮތެއްވެސް އައިޝާއަކަށް ނޭނގުނެވެ. ކޮޓަރިއާ ދިމާއަށް ދުއްވައިގަންނަން އުޅުނު ވަގުތު ސައްދާމް ދުވެފައި އައިސް ކުރިމައްޗަށް އެރިއެވެ.

” ޕްލީޒް މިތަނުން ދޭ.. އަހަންނަކީ ތިހީކުރާ ކަަހަލަ ކުއްްޖެއް ނޫން” ތުރު ތުރު އަޅާ އަޑަކުން އައިޝާއަށް ބުނެވުނެވެ.

” އެނގެޔޭ އެކަން.. އެކަމް ތިދެލޮލަށް ބަލާލާފަވެސް އެނގޭ ތީ ކިހާ ރީތި ކުއްޖެއްކަން.. ތިރީތި ސޫރަ ބަލާލުމަށް އަހަރެން މިހުންނަނީ ކެތްމަދުވެފަ.” މަސްތީ ގޮތަކަށް ތުނބުޅިގައި އަތް ހާކަމުން ސައްދާމް ބުންޏެވެ. އަދި އައިޝާއާއި ދިމާއަށް އަންނަން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ދިޔައެވެ. ސައްދާމް ކުރިއަށް އަަޅާ ފިޔަވަޅަކަށް އައިޝާ ފަހަތަށް ފިޔަވަޅެއް އަޅަމުންދިޔައިރު އެލޮލުގައި ވަނީ ބިރުވެރިކަމެވެ. ސައްދާމް ކައިރީގައި އެތަކެއް އާދޭހެއް ކުރަމުން ދިޔައިރު މުޅި މީހާ ތުރުތުރު އަޅައެވެ. އައިޝާއަށް އެއްވެސް ކަމެއް ނުކުރެވޭނޭ ހިތަށް އެރުމާއެކު ހިތާހިތުން މިކަމުން ސަލާމަތްކުރުމަށް އެދި ދުއާ ދެންނެވުނެވެ. ހަތަރު އުދަރެސް ފެނުޖެހުނުހެން ހީވީ އައިޝާގެ ބުރަކަށި ފާރުގައި ޖެހުމުންނެވެ. އަވަސް ނޭވާ ތަކަކާއެކު ދެކޮޅު ހޯދާ ބަލާލެވުނީ ސަލާމާތްވާނެ ގޮތެއް އޮތްތޯއެވެ. ބަދިގެ ފެނުމާއެކު މޮޅު ހިޔާލެއް އައުމުން އައިޝާ ބަދިގެއާ ދިމާއަށް  ދުއްވައިގެތެވެ. ސައްދާމް އައިޝާ ހިފަހައްޓަން އަތެއް އެއްލިނަމަވެސް ހިފޭގޮތެއް ނުވިއެވެ. އެއަށްވުރެ އައިޝާ މާ ހަލުއްވެވެ. ބަދިގެއަށް ވަދެވުމާއެކު އައިޝާ އެންމެ ފުރަތަމަވެސް ނެގީ ފާރުގައި އަޅުވާލެވިފައިވާ ވަޅިއެވެ. އޭރު ސައްދާމްވެސް ބަދިގެއަށް ވަދެގެން އަންނަނީ އެވެ. އައިޝާ ސައްދާމް އާއި ދިމާއަށް ވަޅިދިއްކުރަމުން ކައިރިއަށް ނައުމަށް އިންޒާރުދިނެވެ. ނަމަވެސް ހީކުރި ގޮތާ ހިލާފަށް ސައްދާމްފެށީ ހޭށެވެ. އަދި އައިޝާއާއި ދިމާއަށް އަންނަންފެށީ އެއްވެސް ޖެހިލުމެއް ނެތިއެވެ. އުނދުން ކައިރީގައި ކެއްކުމަށްޓަކައި ނަގާފައި ހުރި ލޮނުމިރުސް އެތި ފެނުނީ އެވަގުތުއެވެ. ނަމަވެސް އުނދުން ހުރީ ތަންކޮޅެއް ދުރުގައިކަމުން އައިޝާއަށް އޭތި ނެގޭ ގޮތެއްނުވިއެވެ. އައިޝާ ވަޅި ދިއްކޮގެން ހުރެ ފަހަތަށް ޖެހެން ފެށީ އުނދުން ހުރިތަނާ ކައިރިވުމަށްޓަކައެވެ. އުނދުނުގައި ގޮސް ޖެހުމާއެކު އައިޝާ އަތުގައި އޮތް ވަޅި ތިރިއަށް ވެއްޓުނެވެ.

” ހެޔޮނުވާނެ ތިހެންް ނުހަދާ.. ތިހެން ނުހެދިޔަސް ކުޑަ ދުވަސްކޮޅަކުން އަހަންނަކީ ސައްދާމްގެ މީހަކަށް ވާނެ.. ” ސައްދާމްއަށް ނުފެންނާނެހެން އެއްއަތުން މިރުސް އެތީގެ މަތި ނަގަމުން އައިޝާ ވާހަކަ ދެއްކިއެވެ. ” އަހަރެން އެބައުޅެންތަ ކަލެއާ ނީނދެވިގެން.. އަހަރެން ބޭނުންވާ ކަންތައްކޮށްދީ އޭރުން އަހަރެން މަޑުމަޑުން މިތަނުން ހިނގައިދާނަން.. އެއްވެސް މީހެއްކައިރީގައި ނުވެސް ބުނާނަން” ސައްދާމް ދައްކާ ހަޑި ހުތުރުވާހަކައިން ބިން ފަޅާލާފައި އަޑިއަށްދާނެ ނަމައޭ އައިޝާގެ ހިތަށް އެރިއެވެ. އަތުގައި ތުރުތުރުލާ ވަރުން މިރުސްދަޅުގެ މަތިނެގޭ ގޮތެއްވެސް ނުވެއެވެ.

” ދެން ކީއްކުރަން ކަލޭ ކޮންމެހެން އަހަންނާ އިންނަން އުޅުނީ.. ހީކުރަނީތަ ގޮތެއް ހަދާފަ ފިލައިގެން އުޅެވޭނޭ.. އަހަރެންގެ މަންމަ އާއި ބައްޕަ ކަލޭ ހޯދައިގެންވެސް އަދަބުދޭނެ..” އައިޝާގެ ޖުމްލައާއިއެކު އަނެއްކާވެސް ސައްދާމް ބާރަށް ހޭންފެށިއެވެ.

” މަންމައޭ.. މަންޖެ ހާދަ މޮޔައޭ ދޯ.. ބަލަ އެމަންމައޭ އަހަންނަށް ހުއްދަ ދިނީ.. އަހަންނަށް އަދަބު ލިބެންޏާ ސޮފިއްޔާއަށްވެސް އަދަބު ލިބެންޖެހޭނެ..” ސައްދާމް އެހެން ބުނި ވަގުތުވީ މިރުސް އެތީގެ މަތި ނެގުނު ވަގުތަށެވެ. ބަލާކަށް ނުހުރެ ސައްދާމްެ މޫނާ ދިމާއަށް މިރުސް އެތި އުކާލިއެވެ. ވޭނީ ހަޅޭކަކާ އެކު ސައްދާމް މޫނު މަތީގައި އަތް އަޅައިގެން މުޅިތާ ދުވަންފެށިއެވެ. ވަގުތު ބަލާފައި އައިޝާ ދޮރާ ދިމާއަށް ދުއްވައިގަތެވެ. ދޮރުހުޅުވާލާފައި ނިކުތްވަގުތު މީހަކު ގައިގާ ޖެހިފައި އައިޝާ ވެއްޓުނެވެ.

” މާފުކުރައްވ..” ވެއްޓިފައި އޮތް އައިޝާ ފެނުމުން ހުޝާމް އަނގަ ބަންދުވިކަހަލައެވެ. އައިޝާއަށް ހުޝާމް ފެނުމާއެކު ފުންމައިގެން ތެދުވިއެވެ. އަދި އަހަރެން ސަލާމަތްކޮށްދޭޭށޭ ބުނީ ރޮމުންނެވެ. ކަމެއް ގޯސްވެއްޖެހެން ހީވުމާއެކު ކިހިނެއްވީތޯ ސުވާލުކޮށްލެވުނެވެ. އައިޝާ ޖަވާބުދޭން އަނގަހުޅުވާލި ވަގުތު ސައްދާމް ގެއިން ނިކުުތުމުން ތެޅިގަނެފައި ހުޝާމްގެ ފުރަގަހަށް ވަދެ ހިމާޔަތް ހޯދިއެވެ. ސައްދާމްގެ މުޅި މޫނުގައި ފެންހުރިއިރު ދެލޯ ވަނީ ރަތްވެފައެވެ. ދެލޯ ހުޅުވެނީވެސް ކިރިޔާއެވެ. ހުޝާމްގެ ކުރިމަތީގައި ކަންތައް ވެގެން ދިޔަގޮތުން ވެގެން އުޅޭގޮތް ކޮންމެވެސް ވަރަކަށް ނަގައިގަނެވުނެވެ. އަދި ރުޅީގެ ނަަޒަރަކުން ސައްދާމްއާއި ދިމާއަށް ބަލާލެވުނެވެ. ކުރެވޭނެ އިތުރުކަމެއް ނެތްކަން އެނގުމާއެކު ސައްދާމް ފިލަންވެގެން ދުއްވައިގަތެވެ. ނަމަވެސް މާދުރަށް ނުދެވެނިސް ހުޝާމް ސައްދާމް ގަދަކަމުން ހިފަހައްޓިއެވެ. އަދި އައިޝާ ކައިރީގައި ފުލުހުންނަށް ގުޅުމަށް ބުނަމުން ދިޔައެވެ. އައިޝާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ފޯނެއް ނެތުމާއެކު ގުޅާނެ ގޮތެއްވެސް ނެތެވެ. މާ އަޑުގަދަވުމުން ލަހެއްނުވެ އެތާ ކައިރިއަށް މީހުން އެއްވާން ފެށިއެވެ.

އައިޝާ ލަދުން އިސްޖަހާލައިގެން ހުރިއިރު ދެއަތުން ހެދުމުގައި ބާރަށް ހިފަހައްޓާލައިގެން ހުއްޓެވެ. މިމަންޒަރު ހުޝާމްއަށް ފެނުމުން އިތުރަށް އައިޝާކައިރީގައި ބުނާކަށް ނުކެރުނެވެ. ސައްދާމް ގައިގާ ހިފެހެއްޓެނީވެސް ހަމަކިރިޔާއެވެ. އެތަނުން އެހެން މީހަކު ފުލުހުންނަށް ގުޅުމަށްފަހު ސައްދާމްގައިގައި ހިފަހައްޓަން ހުޝާމްއަށް އެހީވެދިނެވެ. ކާރުން ގޭދޮރުމައްޗަށް ފޭބި އީޝަލް އެތާކައިރީ މާމީހުން ގިނަވެގެން އުޅޭތަން ފެނުނެވެ. އެންމެ ހައިރާންވީ އެތާނގައި އައިޝާ ހުރީމައެވެ. އެތާނގައި އައިޝާ ހުއްޓަސް ގިނަ މީހުންގެ ލޯތައް އައިޝާއަށް އަމާޒުވާތަން ފެނުމުން އީޝަލް އައިޝާކައިރިއަށް އައެވެ. އީޝަލް ފެނުމާއެކު އައިޝާގެ ބަޑި ފަޅައިގެން ދިޔަކަހަލައެވެ. އީޝަލް ގައިގާ ބައްދައިގެންފައި ރޯންފެށިގޮތުން ބަލާލި ކޮންމެ މީހަކު ދެރަވާނެއެެވެ. ވާނުވެ ނޭނގިހުރި އީޝަލް ސިއްސައިގެން ދިޔައީ ސައްދާމް އާއި ހުޝާމް ތިބިގޮތުންނެވެ. ވީގޮތެއް ނޭނގުނަސް ކޮންމެވެސް ވަރަށް ބޮޑު ކަންތައްގަނޑެއް ހިނގައިފިކަން އީޝަލްއަށް އެނގުނެވެ. އަވަހަށް އައިޝާ ގޮވައިގެން ގެއާ ދިމާއަށް ދިޔައީ އިޝާރާތުން އައިޝާ ގޮވައިގެން ދިއުމަށް ހުޝާމް ބުނުމުންނެވެ.

………………………………………………………………………

ތަނަވަސް ބޮޑުކޮޓަރީގެ ރިތިވާ މޭޒުކައިރީގައި ލޯގަނޑަށް ބަލަހައްޓައިގެން ހަބީބާ ހުއްޓެވެ. ތިމާ މީހާގެ ރީތި ކަަމަށް ހިތާހިތުން ތައުރީފުކުރަމުން ދިޔައިރު އިރުއިރުކޮޅާ މޫނުގައި ފުއްމާގަނޑު ހާކާލައެވެ. އެންމެ މިޒަމާނުގެ ގޮތަކަށް އިސްތަށިގަނޑު ހަދާފައި ހުރިއިރު ލާފައި ހުރީ މަޑުނޫކުލައިގެ ދިގު މެކްސީއެކެވެ. އުމުރުން ދުވަސްވާ ވަރަކަށް ހަބީބާ މަސައްކަތް ކުރަނީ ދަރިންނަށްވުރެވެސް ޒުވާންވެވޭތޯއެވެ. ފައުންޑޭޝަނާއި އެނޫންވެސް އެކި ކަަހަލަ އެއްޗެހި ބޭނުން ކޮށްގެން އަބަދުވެސް މޫނު ހުންނަނީ އޮފްއަރުވާލާފައެވެ.

ތުންފަތުގައި ގަދަ ފިޔާތޮށި ކުލައިގެ ލިޕްސްޓިކް ހާކާލަމުން ނޫކުލައިގެ ވޮލެޓް ހިފައި ކޮޓަރިން ނިކުތީ ފަރި ހިނގުމެއްގައެވެ. ތިން ދަރިންނަށް އެއްފަހަރާ ކަހަލަޮތަކަށް ގޮވާލީ ތުއި އަޑަކުންނެވެ. އެވަގުތު ހިބާ އާއި ހައިފާވެސް ތައްޔާރުވެގެން ކޮޓަރިން ނިކުތެވެ. ގޭތެރެ ހޯދާލަމުން ހަބީބާ ހުޝާމް ކޮބައިތޯ އަހާލިއެވެ. ކްލިނިކްގެ މަސައްކަތެއްގައި ދާންޖެހިގެން ދިޔަވާހަކަ މާޝާ ބުނުމުން ހަބީބާ ދެއަންހެން ކުދިން ގޮވައިގެން ގޮސް ކާރަށް އެރީ ދުވަސްގަނޑަކަށްފަހު މިއަދު ރާއްޖެ އަންނަ ހަބީބާގެ ފިރިމީހާ ސާމީ އެއަރޕޯޓަށް ރިސީވްކުރަން ދިއުމަށެވެ.

ކާރުގައި ހައިފާ ދައްކަމުން ދިޔައީ މިއަދު ކޮލެޖްގައި ކަންތައް ހިނގައިދިޔަ ގޮތުގެ ވާހަކައެވެ. ހިތްހަމަ ނުޖެހިފައި އެވާހަކަ ދައްކަމުން ދިޔައިރު ހައިފާގެ ނަޒަރުގައި އެކަމުގައި ކުށްވެރިވަނީ ހުޝާމްއެވެ. ހުޝާމްގެ ސަބަބުން ރަހުމަތްތެރިން ކުރިމަތީގައި ހައިފާ “އިންޒަލްޓް” ވަނީއެވެ. ހައިފާގެ ވާހަކައާއި ހިބާވެސް އެއްބަސްވުމުން ހައިފާއަށް އިތުރު ހިތްވަރެއް ލިބުނު ކަހަލައެވެ.

” އަޅާނުލާ.. ދޮންބެ އެއީ ގޯސް މީހެއް ނޫން.. ދޮންބެ ފަސްވަގުތު ނަމާދު ކުރާތީ މަންމަވެސް ވަރަށް ހިތްހަމަޖެހޭ.. ޤަބޫލުކުރަން ތަންކޮޅެއް “އޯވަރ” ކަމަށް.. އެކަމަކު ބައްޕަ އައިމަ ދޮންބެ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރާނަން” ހަބީބާގެ ވާހަކައިން ހިބާ ހިތްހަމަޖެހުނަސް ހައިފާ ތުންއަނބުރާލީ ހުޝާމްދެކެ ވެފައިވާ ފޫއްސެއްގެ ބޮޑުކަމުންނެވެ.

……………………………………………………………

އައިޝާ އީޝަލްއަށް ހުރިހާ ވާހަކައެއް ކިޔައިދީ ނިންމާލިއިރު ގިސްލާފައި ރޮވެއެވެ. އީޝަލްގެ ލޮލުންވެސް ކަރުނަ ފައިބަމުން ދިޔައިރު އައިޝާ ހަމައަކަށް އަޅުވަން ހަދާނެ ގޮތެއް އީޝަލްއަކަށް ނޭނގުނެވެ. އެވަގުތު ދޮރުގައި ޓަކި ދިނުމުން އީޝަލް ދުވެފައިގޮސް ދޮރުހުޅުވީ އެއައީ ހާރޫނާއި ސޮފިއްޔާކަން އެނގޭތީއެވެ. އެތެރެއަށް ވަން ސޮފިއްޔާ އާއި ވާހަކަދައްކަން އަނގަ ހުޅުވާލި ވަގުތު ފަހަތުން ހާރޫނާއި އެކު ވަދެގެން އައި އިތުރު އަންހެނެއް ފެނުމުން އީޝަލް މަޑުޖެހުނެވެ.

ހާރޫނު ފެނުމާއެކު އައިޝާ ދުވެފައި އައިސް ހާރޫނު ކައިރީގައި ހުއްޓުނެވެ. ކައިރީގައި ހުރިމީހަކަށް ފަރުވާލެއް ނުބަހައްޓާ ހާރޫނުގައިގާ ބައްދައިގަނެފައި ބާރަށް ރޯންފެށީ ހިތަށް ކޮށްފައިވާ އަސަރެއްގެ ބޮޑުކަމުންނެވެ. އައިޝާގެ މިހާލަތުފެނުމާއެކު ހާރޫނު ކިހިނެއްވީތޯ ސުވާލުކުރީ ބިރުންހުރެއެވެ. އައިޝާއަށް ރޮވޭވަރުން ޖަވާބެއް ނުދެވުނެވެ. އެހެންކަމުން އީޝަލް އައިޝާ ކިޔައިދިންގޮތަށް ހާރޫނަށް ކިޔައިދިނެވެ. ހަމައެކަނި ނުބުނީ އެހުރިހާ ކަމެއް ކުރުވީ ސޮފިއްޔާ ކަމެވެ. އެއީ އައިޝާ އީޝަލް ކައިރީގައިވެސް އެވާހަކަ ބުނެފައި ނުވާތީއެވެ.

ތަންކޮޅެއް ދުރުގައި ހުރި ސޮފިއްޔާ މިވީހާއިރު އުފަލުން ހުރީ ބޭނުންވިގޮތަށް ކަންތައްވިކަމަށް ހީކޮށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ނުވާކަން އެނގުމުން ސޮފިއްޔާއަށް ދަތްކުޑި ވިކާލެވުނެވެ.

ހާރޫނުގެ ދަތްތައް ބާރުކޮށްގެން ހުރިއިރު ދެއަތް މުށްކަވައިގެން ހުރީ ސައްދާމްގެ ދުވަސް ދުއްވާލަން ބޭނުންވެފައެވެ. އީޝަލް ކައިރީގައި އައިޝާ ބެލުމަށް ބުނުމަށްފަހު ކައިރީގައި ހުރި އަންހެން މީހާ ކައިރީގައި އަންނަންދެން ސޮފާގައި އިށީންނާށޭ ބުނަމުން ހާރޫނު ބާރުމިނުގައި ގެއިން ނިކުތީ ޕޮލިސްޓޭޝަނަށް ދިއުމަށެވެ. ސޮފިއްޔާ ފަޅާއަރާފާނެތީ ބިރުން ތުރުތުރުއަޅާ ހާލު ގޮސްކޮޓަރިއަށްވަނީ އައިޝާއަށް ބަލާލުމެއްވެސް ނެތިއެވެ. މިކަމާ އީޝަލް ހައިރާންވި ނަމަވެސް އައިޝާއާއި ދޭތޭރޭ ކަންބޮޑުވެފައިވާވަރުން އެހެންކަމަކާ ވިސްނޭގޮތެއް ނުވިއެވެ.

ހާރޫނާއި ހުޝާމް ދިމާވީ ޕޮލިސްޓޭޝަން ތެރެއިންނެވެ. ހުޝާމްއަށް ހާރޫނު ފެނުނީ ކައުންޓަރުގައި އިން ޕޮލިސް އަންހެންކުއްޖާ ކައިރީގައި ސައްދާމް ކޮބާހޭ ކިޔާ ހަޅޭއްލަވަމުން ދަނިކޮންނެވެ. ހުޝާމް ހާރޫނު ކައިރީގައި ހުޝާމަށް ފެނުނު ހިސާބުން ފެށިގެން ކަންތައްވީ ގޮތް ކިޔައިދިނެވެ. އަދި ސައްދާމް ސުވާލުކުރުމަށްފަހު ސައްދާމް ގޮޅިއަށް ލާފައިވާ ކަމަށްވެސް ބުންޏެވެ. އަދި ހާރޫނު ގޮވައިގެން އެކަމާ ހަވާލުވެ ހުރި ފުލުސް އޮފިސަރާ  ބައްދަލު ކުރަން ދިޔައެވެ.

މޫނުގައި ދެއަތް އަޅައިގެން ސޯފާގައި އައިޝާ އިންއިރު އައިޝާ ގައިގާ ކުޑަކޮށް ބައްދާލައިގެން އީޝަލް އިނެވެ. ކައިރީގައި އިން އަންހެންމީހާވެސް އައިޝާއަށް ހިތްވަރު ދިނުމުގެ ގޮތުން އެކިވާހަކަ ދައްކަމުން ދިޔައެވެ. މިހުރިހާ ވާހަކައެއް ކޮޓަރީގައި ހުރި ސޮފިއްޔާއަށް އިވެމުން ދިޔައިރު އިރުއިރުކޮޅާ ދަތްކުޑިވިކާލެވެއެވެ. ލަހެއް ނުވެ ސައްދާމް ފަދައިން ސޮފިއްޔާވެސް ފުލުސް އޮފީހަށް ހާޒިރު ކުރާނެ ކަމުގެ ބިރު ހީވަމުން ދިޔައިރު ހާސްކަމާއެކު ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ ހަދާނެ ގޮތް ހުސްވުމުންނެވެ. އެންމެ ފަހުން މޮޅު ހިޔާލެއް އައުމުން ސޮފިއްޔާ އެއާ އެއްގޮތަށް އަމަލު ކުރުމަށް އަވަސްވެގަތެވެ.

ދޮރުގައި ޓަކިޖަހާލި އަަޑަށް އީޝަލް އައިޝާގެ މޫނުގެ ފޮތިކޮޅު ރީތިކޮށްލަދިނެވެ. އަދި ގޮސް ދޮރުހުޅުވާލުމާއެކު ހާރޫނާއެކު އެތެރެއަށްވަން ފުލުސްމީހާ ފެނުމުން ފަހަތަށް ޖެހިލެވުނެވެ. އައިޝާ އާއި އަންމީހާއަށްވެސް ކޮޅަށް ތެދުވެވުނީ ވާން މިއުޅެނީ ކިހިނެއްބާއޭ ހިތަށް އެރުމުންނެވެ. ހާރޫނު ރުޅުގަދަވެފައި ސޮފިއްޔާ ކޮބާތޯ ސުވާލުކޮށްލުމުން އީޝަލް ކޮޓަރިއާ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. އަދި ހާރޫނު ބާރު ހިނގުމެއްގައި އެދިމާއަށް ދާންފެށުމުން އީޝަލް އައިޝާއަށް ބަލާލީ ކަމަކާ ޝައްކުވެގެން ބަލާލާފަދަ ގޮތަކަށެވެ. އީޝަލްގެ ޝައްކު ޔަގީނަށް ބަދަލުވެގެން ދިޔައީ އީޝަލްގެ މޫނުފެނި އައިޝާ އިސްޖަހާލި ގޮތުންނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Axoo

Level 310 Stories100 Comments100 Login

Other Articles

Previous

ހިތް ބޭނުމޭ…4

Next

ތާޝާ (12ވަނަ ބައި)

Next
November 8, 2016

ތާޝާ (12ވަނަ ބައި)

Previews
November 8, 2016

ހިތް ބޭނުމޭ…4

35 Comments!

  1. hayyu says:
    November 8, 2016 at 5:59 pm

    v bodah maafah edhen upload kurun las vaathy.. mi bai innaany kury bayah vure dhigukohalaafa.. heekuran hurihaa kiyuntherinnah kamudhaane kamah. kamu nudhaa kameh inas comment kollevun edhen.
    jazakallah khairan :*

    1. Amm says:
      November 8, 2016 at 6:12 pm

      v.reethi
      maasha allah

  2. Mishu says:
    November 8, 2016 at 6:18 pm

    Varah reethi.. thankolheh avahah up kohdheythi next part

    1. hayyu says:
      November 9, 2016 at 5:31 am

      In sha Allah. Jazakallah khair

  3. Nern.. says:
    November 8, 2016 at 6:21 pm

    Haadha kurey mihaa dhuvaskohfa up kuri iruves

    1. hayyu says:
      November 9, 2016 at 5:32 am

      Nern Dhen faharaku miah vure dhigu kureveytho balaanan in da allah

  4. Xeena says:
    November 8, 2016 at 6:24 pm

    ما شاء الله V reethi vaahaka eh .. V iburaiytheri.. Jazak Allah khair

    1. hayyu says:
      November 9, 2016 at 5:34 am

      Jazakallah khair zeena

  5. Naanu says:
    November 8, 2016 at 6:33 pm

    Masha Allah varah reethi
    Ekamu kuree genesdheyleh
    I hope dhen avahah upload kohdheynekamah
    Konme dhuvahakuwes up kohdhy bala

  6. D@h@@ says:
    November 8, 2016 at 6:38 pm

    V v rythiii

    1. hayyu says:
      November 9, 2016 at 5:38 am

      In sha Allah adhi Kuriah oi thaanga dhiguvaane. Jaxakallah khair 🙂

  7. Boo says:
    November 8, 2016 at 6:54 pm

    V reethii

    1. hayyu says:
      November 9, 2016 at 5:38 am

      jazakallah khair

  8. ?? says:
    November 8, 2016 at 7:01 pm

    vvvvv ves reethi vaahaka eh heekuran thankolheavaha up kodheynekamah

  9. Nee says:
    November 8, 2016 at 7:48 pm

    Vvvvvv reethi

  10. Fathima says:
    November 8, 2016 at 8:11 pm

    Ma sha Allah. Waiting for the next upload.

  11. ??.....aayaa..... ?? says:
    November 8, 2016 at 8:35 pm

    v rythi vahaka eh. masha allah.. ? adhivx dhikohladhehcey…. waiting 4 next..

    1. hayyu says:
      November 9, 2016 at 5:37 am

      In sha Allah adhi Kuriah oi thaanga dhiguvaane.

  12. Ammaar says:
    November 8, 2016 at 9:29 pm

    Alhamdhlillah Aisha is safe

    1. hayyu says:
      November 9, 2016 at 5:29 am

      🙂

  13. Khajja says:
    November 9, 2016 at 3:34 am

    Masha allah mi stry v v v rythi v ibraiytheri n alhamdhulillaahi aisha salaamaiy koh dhevvikamattakaa v bodah shukuriyyaa n jazakallah khairaa HYYU mikahala thafaathu dhyny stry eh genes dheythy allah thibaage masakkathugaa barakaaiylavvaa thibaage masakkaiy kaamiyaab koh dhevvaa mi stryge sababun kiyaamyhunnah iburathen haasilkoh dhevvaashi aameen

    1. hayyu says:
      November 9, 2016 at 5:28 am

      Aameen:) jazakallah khair 🙂

  14. Azu says:
    November 9, 2016 at 8:45 am

    Ma sha allah…vaahaka vvv reethi…baarakallah feek…

    1. hayyu says:
      November 10, 2016 at 4:27 pm

      jazakallah khair Azu 🙂

  15. Anonymous says:
    November 9, 2016 at 10:13 am

    plx mi vaahaka avhah up kohdhee.. v reethi vaahakaeh

  16. girl :))) says:
    November 9, 2016 at 11:12 am

    masha allah mee v reethi vaahakaeh. v inthizaaru kurevey vaahakaeh..mi vaaahaka kyma v ehen kahala feeling eh annani
    good job hayyu <3

    1. hayyu says:
      November 10, 2016 at 4:28 pm

      jazakallah khair girl 🙂 😉

  17. he he he says:
    November 9, 2016 at 3:37 pm

    Maasha allah mi story varah salhi. And Iam so happy.. mikahala story ey kiyaalan libuneema…. hijra story ah fahu mikahala story ey kiyaalan adhi mi libunee thank you hayyu.. jazaakallah hairran… avah genes dhiniyya vara happy vaane☺

    1. hayyu says:
      November 10, 2016 at 4:29 pm

      jazakallah khair 🙂 in sha Allah avahah upkureveytho balaanan

  18. Mari says:
    November 9, 2016 at 8:03 pm

    Masha allah…. V reethi mi baives…

    1. hayyu says:
      November 10, 2016 at 4:29 pm

      jazakallah khairan Mari 🙂

  19. Fathima says:
    November 11, 2016 at 11:53 am

    Hayy u. Thankolhe avaha upload kohbala

  20. Fathima says:
    November 11, 2016 at 11:54 am

    Hayyu. Thankolhe avaha upload kohbala

  21. xeyboo says:
    March 25, 2017 at 3:00 pm

    haadha kureyyyyyyyyyyyyyyyyyyyyyyyyyy

  22. mal-mal says:
    August 31, 2017 at 10:39 am

    hahhahahhaaaaa. kobaa reethi ladeh mi faharu libeyne Sofiyya ah!! ???

Comments are closed.

Next Episodeއައިޝާ 8←


All Right Reserved!