Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ޢަޞްރު (އެއްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
November 18, 2016 11 Mins Read
35 Comments

ހެނދުނު ގަޑިން 6:00 ޖެހި ވަގުތު ގަން އިންޓަނޭޝަނަލް އެއާރޕޯޓަށް ތިރިކުރަމުން ދިޔަ ފްލައިޓްގައި އިން ވިސާމްގެ ނަޒަރު ހުއްޓިފައިވީ ކުޑަދޮރުން ބޭރަށެވެ. ފްލައިޓްގެ ބިޒްނަސް ކްލާހުގައި އޭނަގެ އިތުރުން 5 ވަރަކަށް ފަތުރުވެރިން ތިއްބެވެ. އެ ހެނދުނު ގަޑީގައި ވިސާމް ފިޔަވައި އެހެން އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ނިދީގެ އަސަރުތަކެވެ. އޭނަގެ ސީޓުގައި އޮތް ބާލީސްވެސް ކައިރީގައި ހުރި ހުސް ސީޓުގައި އޮތުމުން އޭނަ ނިންޖަކަށް ބޭނުމެއްވެސް ނުވާކަން އެނގެއެވެ.

 

ފްލައިޓް ޖެއްސީވެސް ވިސާމްގެ ސީރިއަސް ނަޒަރު ބޭރަށް ހުއްޓިފައި ވަނިކޮށެވެ. ނުހަނު ބާރު ސްޕީޑެއްގައި ފްލައިޓް ރަންވޭ މަތިން ދުއްވާލި ވަގުތު ވިސާމް އޭނަގެ އަތުގައި އޮތް ފޯނަށް ބަލައި ފޯނު ޖެއްސުމުގެ މަސައްކަތް ފެށިއެވެ. ފޯނު ހުޅުވާލެވުނުއިރު ފްލައިޓްގެ ކެބިން ކްރޫ އެންމެ ފަހުގެ އެންގުންތައް އަންގަން ފަށައިފިއެވެ. ވިސާމް އެއަކަށް ފަރުވާލެއްނެތި އަވަސްއަވަހަށް އޭނަގެ ފޯނުން ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.

 

“ހެލޯ؟ މިޝްކާ ކޮބައިތަ؟” ވިސާމް އޭނަގެ އޮމާން ފިރިހެންވަންތަ އަޑުން ސުވާލުކުރިއެވެ. އެވަގުތު އެ މޫނުމަތީގައި ހިސާބެއްގެ ކަންބޮޑުވުމެއްވިއެވެ. އެކޮޅުން ދެއްކި ވާހަކައެއް އަޑު އަހަން އިނދެފައި ވިސާމް ފުން ނޭވައެއް ދޫކޮށް، ލޯމަރާލަމުން ދެ ކަރުނަވަޅުގައި ދެ އިނގިލި ޖައްސާލިއެވެ.

 

“މިޝްކާ ކައިރި ބުނާތި އަހަރެން އައިސްފީމޭ.” ވިސާމް ލޯ ހުޅުވައި އެހެން ބުނެލަމުން ފޯނު ކަންފަތުން ނަގާލިއެވެ. އޭގެ މާގިނައިރެއްނުވެ ފްލައިޓް މަޑުކޮށްލުމުން އޭނަ ބެލްޓް ނައްޓައި ފްލައިޓުން ފައިބަން އަވަސްވެގަތެވެ.

 

އެއްކޮނޑުގައި ގަދަ ނޫކުލައިގެ ދަބަހެއް އަޅުވައިގެން އާދައިގެ ހިނގުމެއްގައި ވިސާމް އެއާރޕޯޓަށް ވަދެގެން ދިޔައީ ފޯނާއި ކުޅެމުންނެވެ. އޭނައާއެކީ ފައިބައިގެން އައި ގިނަ ފަސިންޖަރުންގެ ނަޒަރުތައް އޭނައަށް އަމާޒުވަމުން ދިޔައީ އޭނަގެ ހިތް ދަމައިގަންނަފަދަ ސޫރައިގެ ސަބަބުން ކަންނޭނގެއެވެ. ކުރުކޮށް ކޮށާލެވިފައިވާ ކަޅުކުލަގަދަ ފަން އިސްތަށިގަނޑުވަނީ އެއްފަރާތަކަށް ކަހާލެވިފައެވެ. ގަދަ ބުމައިގެ ދަށުގައިވި ލޮލުގައި ވަނީ މުށިކުލައެވެ. ހަތަރެސްކަން ބައްޓަމަށްވި އަލި މޫނެއްވީއިރު ތުނބުޅި ކުޑަކޮށް ފަޅަން ފަށާފައިވިއެވެ. އެހާ ބިޔަ ހަށިގަނޑެއްކަމުގައި ނުވިޔަސް އޭނަ ލައިގެން ހުރި ހުދުކުލައިގެ އަތްކުރު ޓީޝާޓުވަނީ ގަޔަށް ހިފިފައެވެ. އެއާރޕޯޓަށް ވަންނަމުން ދިޔަ ގިނަ ޒުވާން އަންހެން ކުދިންގެ ނަޒަރުތައް އޭނައަށް އަމާޒުވަމުން ދިޔައެވެ. ބައެއް އަންހެން ކުދިން ވިސާމަށް ބަލާފައި ހެވިފައި ތިބެ ކައިރީގައި ހުރި ކުއްޖާއަށް އޭނަ ދައްކައި ސިއްރުސިއްރުން “ސޭމް”އޭ ބުނަމުން ދިޔައެވެ. ބައެއް ކުދިން ނޫންކަމަށް ހަދައި ވިސާމާއި ދުރުދުރުން އެއްހަމައެއްގައި ހިނގަމުން ގޮސް އައި ޕެޑްތަކުންނާއި ފޯނުތަކުން އޭނަގެ ފޮޓޯވެސް ނަގަމުން ދިޔައެވެ. އަދިވެސް ފޯނާއި ކުޅެމުން ދިޔަ ވިސާމަށް އެކަން އެނގުނަސް އޭނަ އެއަކަށް ސަމާލުކަމެއް ނުދިނެވެ. ކުޑަވެސް ސަމާލުކަމެއް ދީފިނަމަ މުޅި ދުވަސް އެއްކަމަކަށް ނިމިދާނެކަން އޭނައަށް އެނގޭތީވެއެވެ. މި ވޭތުވެދިޔަ 8 އަހަރުތެރޭގައި އޭނަ ކުރި މަސައްކަތުން އޭނަ ވަނީ މުޅި ދުނިޔެއަށް ވެސް މަޝްހޫރު ލަވަ ކިޔުންތެރިޔައަކަށްވެފައެވެ. މިކަން ފެށިގެން ދިޔައީ އޭނައަށް 20 އަހަރުގައި އޭނަ އިނގިރޭސި ލަވައެއް ކިޔައި ޔޫޓިއުބަށް އަޕްލޯޑްކުރި ވީޑިޔޯއަކުންނެވެ. އެ ވީޑިޔޯއަށް ލިބުނު ތަރުޙީބުގެ ސަބަބުން އިތުރު ލަވަތައް ކިޔުމަށް އޭނައަށް އިތުރު ހިތްވަރެއް ލިބުނެވެ. ދުވަހުން ދުވަހަށް އޭނަގެ ވީޑިޔޯތަކަށް ލިބެމުން ދިޔަ ވިއުސްއާއި ލައިކްސްތައް ގިނަވަމުން ދިޔައީތީ އޭނަ އަމިއްލައަށް ވެސް ޅެންތައް ލިޔަން ފެށިއެވެ. އެންމެ ފުރަތަމަ ލިޔުނީ އިނގިރޭސި ޅެންތައް ކަމަށްވިޔަސް އޭނަ ފަހުން ދިވެހި ޅެންތައް ވެސް ލިޔުނެވެ. އޭނަ އަމިއްލައަށް ހެދި ހުރިހާ ލަވައަކަށް ދުވަހަކުވެސް ނުލިބޭ ފަދަ ތަރުޙީބެއް ލިބުމުން ވިސާމަށް އޭނަގެ އަމިއްލަ ހުނަރަށް އިތުބާރު ކުރެވުނެވެ. އޭނައަށް މި ދާއިރާއިން ކުރިއަށް ދެވޭނެކަން ޔަޤީންވުމުން ވިސާމް ހުއްޓާކަށް ބޭނުމެއްނުވިއެވެ. އެހެންކަމުން އިތުރު ވަޒީފާއަކަށް ނުގޮސް އޭނަ މުޅިން ވެސް އާ ޅެންތަކާއި އާ ރާގުތައް ހެދުމުގެ މަސައްކަތަށް އޭނަގެ ހުރިހާ ވަގުތެއް ހުސްކޮށްލިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މާ ގިނަ ދުވަހެއްނުވެ ދިވެހި ފިލްމަކަށްޓަކައި ލަވަ ކިޔުމުގެ ފުރުޞަތު ވިސާމަށް ލިބުނެވެ. އެ ލަވައަށް ލިބުނު މަޝްހޫރު ކަމެއްގެ ސަބަބުން އޭނައަށް އަމިއްލަ އަލްބަމެއް ހެދުމުގެ ފުރުޞަތުވެސް ލިބުނެވެ. މާ ގިނަ ދުވަހެއްނުވެ ވިސާމް ރާއްޖޭގެ ލަވަ ޝޯތަކުން ފެންނަން ފެށިއެވެ. ރަސްމީކޮށް ލަވަ ކިޔުންތެރިއަކަށްވިއެއްކަމަކު އޭނަ ދެންވެސް ޔޫޓިއުބަށް ވީޑިޔޯތައް ހަދަމުން ދިޔައެވެ. ފަހުގެ ރީތި ލަވައެއް ނިކުންނައިރަށް އޭނަ އެ ލަވަ ކިޔާފައި އަޕްލޯޑްކޮށްދިނުމަށް މީހުން އެދެމުން ދިޔައީތީވެއެވެ. ލަވަ އަޑުއެހުމަށް ލޯބިކުރާ މީހުންގެ މެދުގައި “ސޭމްގެ ކަވާރ”އޭ ކިޔާ އަޑު ގިނަވާން ފެށިއެވެ. ވިސާމްގެ މަޝްހޫރުކަމާއެކީ އޭނަގެ ހުނަރާއި އޭނަގެ ލަވަތައް ވެސް އިތުރުވަމުން ދިޔައެވެ. މިހުރިހާ ކަމަކާމެދު އުފާކުރަމުން ދަނިކޮށް އޭނައަށް އެއަށްވުރެ ވެސް ބޮޑު އުފަލެއް ލިބިގެން ދިޔައީ އޭނަގެ އަމިއްލަ ރާގެއްގެ ދިވެހި ލަވައެއް ދުނިޔޭގެ ޗާޓެއްގެ އެއްވަނައަށް އެރުމުންނެވެ. ވިސާމް މުޅި ދުނިޔެއަށް މަޝްހޫރުވީ އެދުވަސްފަހުންނެވެ. އެދުވަސްފަހުން ރާއްޖެއާއި ރާއްޖެ ކައިރީގެ ޤައުމުތަކުގެ ކޮންސާޓްތަކުގައި ލަވަ ކިޔުމަށް އޭނައަށް ދަޢުވަތު ލިބެން ފެށިއެވެ. މިއަދު ވެސް އޭނަ އަނބުރާ މި އައީ އިންޑިޔާގެ މަޝްހޫރު ޝޯއެއްގެ އެންމެ ފަހު އެޕިސޯޑުގައި ސްޓޭޖްމަތިން އޭނަގެ ހުނަރު ދައްކާފައެވެ. ކޮންމެ ޝޯއަކަށްފަހު އޭނަ އޭނަގެ ސަޕޯޓަރުންނާއެކީ ވަގުތުކޮޅެއް ހޭދަކުރިޔަސް އޭނަގެ ޒާތީ ޙަޔާތުގައި އެ މީހުންނަށް ވަގުތު ދިނުމަކީ އޭނަގެ ގޮތެއްނޫނެވެ. ޓީވީއިންނާއި ވީޑިޔޯތަކުން ފެންނައިރު އޭނަ ކިތަންމެ ހެވިފައި ހުއްޓަސް ޢާއްމު ގޮތެއްގައި ވިސާމް ފާހަގަވަނީ ސީރިއަސް މީހެއްގެ ގޮތުގައެވެ.

 

ވިސާމް ފެނިފައި އެންމެ އާދަޔާ ޚިލާފު ކުލަވަރެއް ވެރިވެގެން ދިޔައީ އެއާރޕޯޓަށް އެންމެ ފަހަކަށް ވަތް ފުރާވަރުގެ ފިރިހެން ކުއްޖާގެ މޫނުމައްޗަށެވެ. އެކުއްޖާވެސް އެއާރޕޯޓަށް ވަދެގެން އައީ ފޯނާއި ކުޅެން ކުޅެމުންނެވެ. ކަރުގައި އިއާފޯނު އެލުވައިގެން އައި އެކުއްޖާ އިސްއުފުލާލި ވަގުތު ތަންކޮޅެއް ދުރުން ވިސާމް ފެނިފައި އޭނަގެ މޫނަށް އުޖާލާކަން ވެރިވެގެން ދިޔައެވެ.

 

“ތިއްތިބޭ!” އެކުއްޖާގެ އަޑު މުޅި އެއާރޕޯޓް ތެރޭގައި ގުގުމައިގެން ދިޔުމުން ފަސްއެނބުރި ބަލާލި ވިސާމްގެ އިތުރުން އެހެން މީހުންގެ ނަޒަރުތައް ވެސް އޭނައަށް ހުއްޓުނެވެ. އެ ކުއްޖާ އެމީހުންނަށް ފަރުވާލެއްނެތި ވިސާމާއި ދިމާލަށް ދުއްވައިގަތެވެ.

 

“އައިމަން؟” އޭނައާއި ދިމާލަށް އަންނަމުން ދިޔައީ ކާކުކަން އެނގުންވީ ހިނދު ވިސާމްގެ މޫނުމައްޗަށް ޙައިރާންކަން އެކުލެވިގެންވި ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ބަލަބަލާ ހުއްޓާ އޭނައަށްވުރެ އިސްކޮޅުން ތަންކޮޅެއް ކުރު އައިމަން އައިސް އޭނަ ގައިގައި ބައްދާލައިފިއެވެ. އައިމަން އޭނަގެ ގައިގައި ހިފަހައްޓައިގެން ހުރިލެއް ބާރުކަން އިޙްޞާޞް ކުރެވުމުން ވިސާމްވެސް އުފާލާއެކީ އެއަށްވުރެ ބާރަށް އޭނަގެ ކޮއްކޮގެ ގައިގައި ބައްދާލެވޭތޯ ބެލިއެވެ. އަނެއްކާވެސް އެތައް ދުވަހެއްފަހުން އައިމަން ފެނުމުން ވިސާމަށް ހިތްހަމަޖެހުމެއް ލިބުނެވެ. ވިސާމްގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ނުހުރެއެވެ. އައިމަނާއި އައިމަންގެ ބޭބެ އަޒާނަކީ ވިސާމާއި ދެބެންގެ ދެދަރި ކުދިންނެވެ. ވިސާމާއި އައިމަންގެ ބައްޕަމެންނަކީ ދެބެއިން ކަމަށްވެފައި އެދެބެއިން އުޅެމުންދަނީ އެމީހުންގެ ޢާއިލާތަކާއެކީ އެއްގެއެއްގައެވެ. އެހެންކަމުން އައިމަންމެން ބޮޑުވަމުން އައީ ވިސާމާއި އެކީގައެވެ. ވިސާމް ދުވަހަކުވެސް އައިމަންމެނަކީ އޭނައާއި ދުރު ބައެއްކަމުގައި ނުދެކެއެވެ.

 

“ގޯޑް ތިއްތިބޭ……ޔޫ ވާރ އޯސަމް ވަންސް އަގެއިން! އޯސަމްކަމުން އެރޭ ޝޯ ބަލަން ތިބިއިރު އަހަންނަށާއި ޒާންއަށް މަޑަކުން ވެސް ނުތިބެވޭ. ސީރިއަސްލީ ބްރޯ. އަދި އެއްދުވަހު ތިއްތިބެއަށް ގްރޭމީ އެވޯޑެއްވެސް ލިބޭނެ.” އައިމަން ވިސާމްގެ ގައިން ދޫކޮށްލަމުން ޖޯޝާއެކީ ބުނެލިއެވެ. އައިމަން ވާހަކަ ދެއްކި ގޮތުން ވިސާމަށް ލުއި ގޮތަކަށް ހީލެވުނެވެ.

 

“ހެހެ…….ކޮންތަނަކު ހުރެފަތަ ތިއައީ؟ މާލޭގަ؟” ވިސާމް ސުވާލުކުރިއެވެ.

 

 

“މާލޭގަ ހުރެފަ މިއައީ. އެކަމަކު މާލެއަކަށް ނޫން މިކޮޅުން ދިޔައީ. ޒާންއާއެކީ ޗައިނާއަށް ދިޔައީ. މި 6 މަންތްސް ޗުއްޓީ ތެރޭގަ ޑޭޑް އަހަރުމެން ކުޑަވަރެއްގެ ވޯލްޑް ޓުއާރއަކަށް ފޮނުވީ. ކޮންމެ މަންތެއްގަ ވަކި ކަންޓްރީއަކަށް.” އައިމަން ފަޚުރުވެރިވެފައިހުރެ ކިޔައިދިނެވެ. އައިމަންގެ ބައްޕަ ޚާލިދަކީ 5 ރިސޯޓުގެ ވެރިއެކެވެ. ޚާލިދަށް ފައިސާ ލިބެނީ އުޑުން ވާރޭ ވެހޭ ފަދައަކުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ލިބޭ ފައިސާއިން އޭނަ އޭނަގެ ދެ ފިރިހެން ކުދިން ބޭނުންވާހާ ކަމެއް ހޯދައިދެއެވެ. ޚާލިދު ދެކޭ ގޮތުގައި ކުދިން ރަނގަޅަށް ތަރުބިއްޔަތު ކުރުމަށްވުރެ މުހިއްމީ ކުދިން އުފަލުގައި ބޮޑުކުރުމެވެ. ޚާލިދުގެ އަންހެނުންވެސް ހުންނަނީ އެފަދަ ވިސްނުމެކެވެ. އެކަމުގެ ފައިދާ ނަގަން އައިމަން ވަރަށް ރަނގަޅަށް ދަނެއެވެ.

 

“ވާވް! ސޯ ކޫލް. ޒާން ކޮބައިތަ؟” ވިސާމް ކަމެއް ފާހަގަވުމުން ދުރު ހޯދަމުން ސުވާލުކުރިއެވެ.

 

“ޒާން އިއްޔެ ރަށަށް އައިއްސި. އަސްލު އިއްޔެގަ ދެމީހުން އެކީގަ އަންނަ ގޮތަށް އޮތީ. އެކަމަކު ވަރަށް ލަސްވީފަހުން އިއްޔެ ދެމީހުންނަށް ވެސް ހޭލެވުނީ. ހޭލެވުނުއިރު ޗެކްއިން ގަޑި ނިމެން ވަރަށް ކުޑަތަންވެފައި އޮތީ. އެހެންވެ އަހަރެން އަވަސްއަރުވާލައިގެން ނުދާންވެގެން މަޑުކޮށްލީ. އެކަމަކު ޒާން ހަމަ ވެއްޖެ ފަޓުލޫނު ލުމުގެ ޕްރޮސެސްގަ ހުރެ ވެސް އެއާރޕޯޓަށްދާން.” އައިމަން އެހެން ބުނެލި ގޮތުން ވިސާމަށް ހީލެވުނެވެ.

 

“ހެހެހެ……ހާދަ ފަން ލައިފެކޭ ތި ދެމީހުންގެ އޮންނަނީ. ދެން ތި މަޖާ ދުވަސްކޮޅުވެސް ނިމުނީދޯ؟ މި ހަފްތާ ނިމުނީމަ ހައި ސްކޫލްގަ ކިޔެވުންފެށޭ؟” ވިސާމް ބުންޏެވެ. އެއާއެކު އައިމަންގެ މޫނުމަތިން އުޖާލާކަން ގެއްލުނެވެ.

 

“އަހް……ކީއްވެތަ ތިއްތިބެ ހަނދާންކޮށްދިނީ؟” އައިމަން މާޔޫސްވެފައި ކަހަލަ ގޮތަކަށް އަހާލިއެވެ. ވިސާމް އޭނަ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރުމުން އޭނަގެ ކޮނޑަށް އަތް ވައްޓައި ވާހަކަ ދައްކަމުން ލަގެޖް އަންނަ ބެލްޓާއި ދިމާލަށް ދާން ހިނގައިގަތެވެ.

 

ވިސާމާއި އައިމަން ދެ ޓްރޯލީ ކޮއްޕަމުން އެއާރޕޯޓުން ނިކުތީވެސް ވާހަކަ ދައްކަމުންނެވެ. ޓާމިނަލުން ނިކުމެ ދެމީހުން އެއްހަމައެއްގައި ހިނގަމުން ގޮސް އެންމެ ފަހަކަށް ވިސާމް މަޑުކޮށްލީ އެތާ އޮތް ކާރުތަކުގެ ރޮނގުގެ އެންމެ ކުރީގައި އޮތް ނޫކުލައިގެ ކާރުގެ ކައިރިއަށެވެ. އާދައިގެ ހެދުމުގައި ހުރި ވިސާމްގެ ޑްރައިވަރު އައިސް އޭނަގެ ލަގެޖްތައް ނަގަން ފެށިއިރު އައިމަން ދެންވެސް އަމިއްލަ ޓްރޯލީގައި ހިފަހައްޓައިގެން ވިސާމްގެ ކައިރީގައި ހުއްޓެވެ. އެވަގުތު އައިމަންގެ މޫނުމަތީގައި ކުރިން ނުފެންނަފަދަ މާޔޫސްކަމެއްވިއެވެ. ޑްރައިވަރަށް އެހީވަމުން ދިޔަ ވިސާމަށް ބަލަން ހުރެފައި އައިމަން އޭނަގެ ޓްރޯލީގެ އަތްގަނޑުގައި ބާރަށް ހިފަހައްޓާލިއެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން ގަދަކަމުން ކަހަލަ ގޮތަކަށް މޫނު އަނބުރާލިއެވެ. ދާން ހިތަށްއެރި ވަގުތު އޭނަގެ ދެބުމަ ކައިރިވީ ގޮތުން އޭނައަށް އުނދަގުލެއްވިހެން ހީވެއެވެ. އޭނަ ދެލޯ މަރާލިއެވެ.

 

“ތިއްތިބޭ.” އައިމަން ހުރި ގޮތަށް ހުރެ އާދައިގެ އަޑަކުން ގޮވާލިއެވެ. ވިސާމް ޑްރައިވަރު އަތަށް އެންމެ ފަހު ފޮށިގަނޑު ލައިދެމުން އައިމަނަށް ބަލާލަމުން ޔެސްއޭ ބުނެލިއެވެ.

 

“ކަމް ބެކް ތިއްތިބޭ…….ވީ މިސް ޔޫ.” އައިމަން އެންމެ ފަހު ޖުމްލަ ބުނެލީ ދެރަ މޫނަކާއެކީ ވިސާމަށް ބަލާލަމުންނެވެ. އައިމަންގެ އެވާހަކަ އިވިފައި ވިސާމްގެ މޫނުމައްޗަށް ވެރިވީ ހިތާމަވެރިކަމާއި ނުރުހުންތެރިކަން އެކުލެވޭފަދަ އަސަރެކެވެ. އޭނަ އިރުކޮޅަކު އައިމަނަށް ބަލަން ހުރެފައި ދުރަށް ނަޒަރު ހިންގާލީ އެއްޗެކޭ ބުނަން ބޭނުންނުވެގެން ކަހަލަ ގޮތަކަށެވެ. އެވަގުތު އޭނަގެ ފުރަގަހުން އޭނަގެ ޑްރައިވަރު ޑިކީ ލައްޕައި ޓްރޯލީ ބަހައްޓަން ހިނގައިގަތެވެ.

 

“7 ޔިއާރސް ތިއްތިބޭ. 7 ޔިއާރސް. ތިއްތިބޭ އަހަރުމެން މަތިން ހަނދާނެއްނުވޭތަ؟” އައިމަން ހިތާމަވެރި މޫނަކާއެކީ ސުވާލުކުރިއެވެ. ވިސާމް ފުން ނޭވައެއް އެތެރެއަށް ދަމާލީ އޭނަގެ އިޙްޞާޞްތައް ހިންދަން އުޅޭ ފަދައަކުންނެވެ.

 

“އައިމަން ކިތަންމެ ބޭނުންވިޔަސް ތިއްތިބެ އެގެއަށް ދިޔައިމަ ނުރުހޭނެ މީހުން އުޅޭނެ.” ވިސާމް ސީރިއަސްކަމާއެކީ ބުނެލިއެވެ.

 

“އެކަމަކު ތިއްތި…….” އައިމަންގެ ވާހަކަ ފުރިހަމައެއްނުވިއެވެ.

 

“މިޝްކާ މިހާރު އިންނާނީ ތިއްތިބޭގެ އިންތިޒާރުގަ.” ވިސާމް ބުންޏެވެ. އެއާއެކު އައިމަންގެ ކުޑަކޮށް ހުޅުވިފައި ހުރި އަނގަ ލެއްޕުނީ އޭނަ ދެން ވާހަކަ ދެއްކުމުގެ ބޭނުމެއްނެތްހެން ހީވާ ފަދައަކުންނެވެ. އައިމަނާއި ވިސާމް އެއްވެސް އެއްޗެކޭ ނުބުނެ އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބާ ވިސާމްގެ ޑްރައިވަރު އައިސް ކާރަށް އަރައި ދޮރު ލައްޕާލިއެވެ. އެއަޑަށް ވިސާމް އެއްފަހަރު އޭނަގެ ކާރަށް އަނެއްފަހަރު އައިމަނަށް ބަލާލިއެވެ. އެއަށްފަހު އޭނައަށް ބާއިއޭ ބުނެލެވުނީ ބުމަގޮށްޖެހިފައިހުރެ ވައި އަޑުންނެވެ. އައިމަން ބަލަބަލާ ހުއްޓާ ވިސާމް ކާރަށް އަރައި ދޮރު ލެއްޕިއެވެ. ކާރު ސްޓާޓްކޮށްލި ވަގުތު އައިމަން ގަދަކަމުން ކަހަލަ ގޮތަކަށް ކާރުން ނަޒަރު ވަކިކޮށްލަމުން އޭނަގެ ޓްރޯލީއާއެކީ ކުރިއަށް ހިނގައިގަތްއިރު އޭނަ ހުރީ ހިތްދަތިވެފައިކަން އެ މޫނުމަތިން އެނގެއެވެ.

 

ތާރު މަގުން ދުއްވާފައި ދިޔަ ކާރުތެރޭގައި އިން ވިސާމްގެ ނަޒަރު އަނެއްކާވެސް ހުއްޓިފައިވީ ކުޑަދޮރުން ބޭރަށެވެ. އެހެނަސް ބޭރުން ފެންނަމުން ދިޔަ އެއްވެސް މަންޒަރަކަށް އޭނަގެ ސަމާލުކަން ދެވިފައެއްނެތެވެ. އައިމަން ދެއްކި ވާހަކަތަކުން އޭނަގެ ހިތުގެ ހަމަޖެހުން ގެއްލިފައިވިއެވެ. އައިމަން ބުނި ބަސްތައް ސިކުނޑީގައި ގުގުމަމުން ދިޔައިރު މާޒީގެ ޞަފްޙާތައް އޭނަގެ ލޯކުރިމަތިން އުކެމުން ދިޔައެވެ. ހިތަށް ކެތްނުކުރެވޭ ވަރަށް ތަދުވި ދުވަސްތަކުގެ ހަނދާން އާވެފައި ހަމަ އެ ތަދު އޭނަގެ މެއަށްވާން އުޅުނުހެން ހީވި ވަގުތު ވިސާމްގެ ލޮލުން ދިލަ ނަގަން ފެށިއެވެ. އޭނަ އަވަސްއަވަހަށް އެސްފިޔަ ޖަހާލީ އޭނަގެ ލޮލަށް ޖަމާވާން އުޅުނު ކަރުނަތައް ހުއްޓުވުމަށެވެ. ކިތަންމެ ހަނދާން ނައްތާލަން ބޭނުންވިޔަސް އައިމަންގެ އަޑު އޭނަގެ ކަންފަތަށް އިވެމުން ދިޔަހެން ވިސާމަށް ހީވިއެވެ. އައިމަން ހަތް އަހަރޭ ބުނި ހަނދާންވެފައި އޭނަ ގެއިން ނިކުތްތާ ހަމަ އެހާވެސް ގިނަ ދުވަސްވެދާނެބާވައޭ ވިސާމްގެ ހިތް ބުންޏެވެ. އެއާއެކު މިއީ 2015 ވަނަ އަހަރުކަން އޭނައަށް އެނގުންވިއެވެ. އާނއެކެވެ. އޭނަ އޭނަގެ މުޅި ޢާއިލާއަށް ފަސްދީފައި ވަކިން އުޅެން ފެށިތާ މިއީ 7 ވަނަ އަހަރެވެ. ދުވަސްތައް ފާއިތުވެ މިދިޔައީ ހާދަ އަވަހަށޭ އޭނަގެ ހިތަށްއެރިއެވެ. އެދުވަސްތައް އިއްޔެހެން ހަނދާންވަނީ އެހެންވެތާއެވެ. ވިސާމަށް ދެލޯ މަރާލެވުނު ވަގުތު އަނެއްކާވެސް އޭނަ ދެކެން ބޭނުންނުވާ މަންޒަރުތައް ލޮލަށް ސިފަވާން ފެށުމުން އޭނަ ދެލޯ ހުޅުވާލިއެވެ.

 

“ހަސަން ލަވައެއް ޖަހާލަބަލަ.” ކާރުތެރޭގައި އޮތް ހިމޭންކަން ފާހަގަވުމުން ވިސާމަށް ޑްރައިވަރާއި ދިމާލަށް އެހެން ބުނެލެވުނީ ޝަކުވާގެ ރާގަކަށެވެ. އޭނަގެ ސިކުނޑި ނުބައި ޚިޔާލުތަކުން ފުރެނީ ލަވައެއްނުޖަހާތީވެއެއްނޫންހޭ ހިތަށްއެރިއެވެ. ސެޓް ހުޅުވުމާއެކު ވިސާމްގެ ލަވައެއް ފެށިގެން ދިޔައެވެ. އެއާއެކު އެ ލަވައިގެ ތެރެއަށް ވަދެ ވިސާމް ޙަޤީޤީ ދުނިޔެ މަތިން ހަނދާން ނައްތާލަން މަސައްކަތް ކުރިއެވެ.

 

**

 

ވިސާމްގެ ކާރު ގޮސް މަޑުކޮށްލީ ޒަމާނީ ފެންވަރަށް ހަދާފައި ހުރި ގެއެއްގެ ފެންޑާ ތެރެއަށެވެ. ކާރުތެރޭގައި އިން ވިސާމަށް ކުރިމަތިން ފެންނަމުން ދިޔަ ގޭގެ ދޮރު ފެނުމުން ދަތުރުމަތީގައި އޭނައަށް އުނދަގޫކުރަމުން ދިޔަ ޚިޔާލުތަކާއި ކުއްލިއަކަށް ދުރަށް ދެވިއްޖެއެވެ. ހިތަށް ވެރިވެގަތް ޖޯޝާއެކީ ވިސާމް ކާރުން ފޭބީ ފަހަތު ސީޓުގައި އޮތް އޭނަގެ ދަބަސް މަތިން ވެސް ހަނދާން ނައްތާލަމުންނެވެ. އޭނަ ހިނިތުންވުމަކާއެކީ ގެއާއި ދިމާލަށް ހިނގައިގަތީ އޭނަގެ ފޮށިތައް ނެގުމުގެ މަސައްކަތް ހަސަނަށް ދޫކޮށްލަމުންނެވެ.

 

ވިސާމް ގޮސް ގޭގެ ދެފަރާތަށް ހުޅުވޭ ދޮރުގެ އެއްފަރާތް ހުޅުވާލި ވަގުތު ގޭގެ ތަނަވަސް ސިޓިންގް ރޫމުގައި މޮޕް ޖަހަން ބިދޭސީ އަންހެން ކުއްޖަކު ހުއްޓެވެ. ވިސާމް އެކުއްޖާއަށް ސަމާލުކަމެއް ދިނުމެއްނެތި ސިޓިންގް ރޫމުގެ ވަށައި ހޯދާލިއެވެ. އޭނަ ހޯދަން ބޭނުންވި ސޫރަ ނުފެނުމުން އޭނަ ނޯކަރާއި ދިމާލަށް ބަލާލިއެވެ.

 

“މިޝްކާ؟” ވިސާމް ސުވާލުގެ ރާގަކަށް ބުނެލިއެވެ.

 

“ރޫމް.” ނޯކަރު މޮޕުގައި ހިފަހައްޓައިގެން ހުރެ ހިނިތުންވުމަކާއެކީ ޖަވާބުދިނެވެ. އެއާއެކު ވިސާމްގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވީ ވަގުތު އޭނަގެ އަނގައިން ލުއި އާހެއްގެ އަޑުވެސް ނިކުތެވެ. އޭނަ ވަގުތުން ސިޓިންގް ރޫމް ފަހަނަޅައި ދެވެން އޮތް ކޮޓަރި ބަރިއާއި ދިމާލަށް ދިޔައެވެ. އެ ކޮޓަރި ބަރީގެ އެންމެ ފުރަތަމަ ދޮރުގެ ކައިރީގައި މަޑުކޮށްލީ ވަގުތު އެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. ވިސާމް އޭނަގެ ނުފިލާ ހިނިތުންވުމާއެކީ އެ ދޮރު ރަނގަޅަށް ހުޅުވާލިއެވެ. އެ ބޮޑު ކޮޓަރީގެ ހަތަރު ފާރުގައި މަޑު ދަނބު ކުލައެއް ޖެއްސިފައިވީއިރު އެ ފާރުގެ އެތަން މިތަނުގައި ބޮޑެތި ސްޓިކާރތައް ހަރުކުރެވިފައިވިއެވެ. ކޮޓަރީގެ ވާތްފަރާތުގައި ހުރި ފިޔާތޮށި ކުލައިގެ އަލަމާރީގައިވެސް ވަނީ ބާރބީ ސްޓިކާރތައް ތަތްކުރެވިފައެވެ. އަލަމާރީގެ މަތީގައި ދެ ތިން ޓެޑީ ބެއާރ ވީއިރު މުޅި ކޮޓަރީގެ އެތަން މިތަނުން ވެސް އެކި ބާވަތުގެ ކުޅޭ ސާމާންތައް ފެންނަމުން ދިޔައެވެ. ސީދާ ކުރިމަތިން ފެންނަމުން ދިޔަ ފާރުކައިރީގައި ހުރީ ބޮޑު ކިޔަވާ މޭޒެކެވެ. އެ މޭޒުމަތީގައި އެކި ފޮތްތަކާއި ކުލަ ފަންސުރުތައް އެހެން މިހެން ހުއްޓެވެ. ވިސާމް ކަނާތް ފަރާތަށް ނަޒަރު ހިންގާލި ވަގުތު ހުދުކުލައިގެ ޑަބަލް ސައިޒް އެނދެއް ފެނުނެވެ. އެންމެ ފުރަތަމަ ނަޒަރުން ކޮންމެ މީހަކަށް ވެސް ހީވާނީ އެ އެނދުގައި އެއްވެސް މީހެއް ނެތް ހެންނެވެ. އެހެނަސް އެނދުގެ ބޮލާކޮޅުގައި ހުރި ބާލީސްތަކާއި ހަމައަށް ދަމާލެވިފައި އޮތް ބޯ ރަޖާގެ ދަށުން އެއްޗެއް ހެލުނުހެން ހީވިއެވެ. އެ މަންޒަރު ފެނިފައި ވިސާމްގެ ހިނިތުންވުން ލާނެތް ހިނިތުންވުމަކަށް ބަދަލުވިއެވެ.

 

“މިޝް….ކާ…” ވިސާމް ދިގުކޮށް ގޮވާލަމުން ލަސް ފިޔަވަޅުތަކެއްގައި ކޮޓަރި ތެރެއަށް ދާން ފެށިއެވެ. ވިސާމްގެ އަޑު އިވުނު ވަގުތު ރަޖާގެ ދަށުން ކޮންޓްރޯލް ކޮށްލި ހުނުމެއްގެ އަޑު އިވުނެވެ. ވިސާމް ނުހޭން މަސައްކަތް ކުރަމުން ގޮސް އެންމެ ފަހަކަށް އެނދުގެ ކަނާތް ފަރާތުގައި މަޑުކޮށްލިއެވެ. އެއަށްފަހު ކުއްލިއަކަށް އެނދުމައްޗަށް އެރިއެވެ.

 

“ކޮބައިތަ މިޝީ ކޮބައިތަ މިޝީ ކޮބައިތަ މިޝީ.” ވިސާމް އެއްނޭވައިން އެހެން ކިޔައި ރަޖާގެ މަތިން އެކި ދިމަދިމާލުން ކޮއްޓަން ފެށިއެވެ. އެއާއެކު ޅަ އަންހެން ކުއްޖެއްގެ ހުނުމުގެ އަޑު އިވުނެވެ.

 

“ބައްޕި ބައްޕި ޕްލީޒް!” ބޯމަތިން ރަޖާ ނަގައި ތެދުވެލީ މިޝްކާއަށް ބުނެލެވުނެވެ. ކޮންމެ ފަހަރެކޭ ވެސް އެއްފަދައިން މިފަހަރުވެސް އޭނަގެ 6 އަހަރުގެ ދަރިފުޅު ފެނިފައި ވިސާމްގެ ލޮލަށް ފިނިކަމެއް ލިބުނެވެ. އޭނައަށް އިރުކޮޅެއް ވަންދެން މިޝްކާއާއި ދިމާލަށް ބަލަން އިނދެވުނެވެ. ކުދި ދަތްތައް ދައްކައިގެން ފުރިހަމަ ހިނިތުންވުމެއްގައި އިން މިޝްކާގެ ކަޅުކުލަ ގަދަ ބުޅި އިސްތަށިގަނޑުވަނީ ހޭވިފައެވެ. ވިސާމާއި ދިމާލަށް ބަލަން އިންއިރު މިޝްކާގެ ދޮންކޮށް ހުރި ވަށް މޫނުގައި އިތުރު އުޖާލާކަމެއްވިއެވެ. މިޝްކާގެ މުށިކުލައިގެ ބޮޑު ދެލޯ އޭނަ އޭނަގެ ބައްޕައާއި ވައްތަރު ކުރުވިއެވެ.

 

“ބައްޕި ސްމައިލް ކުޑަވަނީ ކީއްވެ؟ ބޮޑުކޮށްލާ!” ވިސާމްގެ ހިނިތުންވުން ފަނޑުވަމުން ދިޔަތަން ފެނިފައި މިޝްކާ ކަކޫމައްޗަށް ތެދުވެ އޭނަގެ ދެކޮލުގައި ހިފައި ދެކޮޅަށް ދަމާލިއެވެ. އެއާއެކު ވިސާމަށް ހީލެވުނެވެ. އެ ހީލުމުގެ ތެރެއިން އޭނަ ކަމެއް ހަނދާންވިއެވެ.

 

“ކޮއްކޮ ރޭގަ ނުނިދާ ވާހަކަ ދައްތި ބުނި. އެއީ ކީއްވެ؟” ޖަވާބު އެނގި ހުރެވެސް މިޝްކާއާއި ވާހަކަ ދައްކާ ހިތުން ވިސާމް ސުވާލުކުރިއެވެ.

 

“ކޮއްކޮ ނިދަން އޮތްވާ ބައްޕި އައިއްސިއްޔާ ބައްޕި އެކަނިވާނެއެއްނު؟” މިޝްކާ އަނެއްކާވެސް އެނދުމަތީގައި އިށީންނަމުން ބުނެލިއެވެ. މިޝްކާގެ އެ ޖަވާބު ވިސާމް އެތައް ފަހަރަކު އަޑުއަހާފައި ވިޔަސް އެއިން އޭނަގެ ހިތަށްކުރާ އަސަރަށް ބަދަލެއް ނާދެއެވެ. އޭނައަށް ޖަޒުބާތުން ފުރިގެން ދިޔަ ހިތަކާއެކީ މިޝްކާގެ ކައިރިއަށްޖެހި އޭނަގެ ކޯތާފަތަށް ބޮސްދެވުނެވެ. ވިސާމް ދުރުވުމާއެކު މިޝްކާވެސް ވިސާމްގެ ކޯތާފަތަށް ބޮސްދީފައި ހީލިއެވެ. ވިސާމަށް ދެންވެސް ލޯބިން ފުރިގެންވި ނަޒަރަކުން އޭނަގެ ދަރިފުޅަށް ބަލަން އިނދެވުނެވެ.

 

“ބައްޕި……ދެން އަޒޫ ދައްތި ނާންނާނެދޯ؟ ދެން ފަހަރަކު އަންނާނީ އެހެން ދައްތިއެއް؟” މިޝްކާ ސުވާލުކުރިއެވެ. އެއާއެކު ވިސާމް ފުން ނޭވައެއް ދޫކޮށްލަމުން ބޯޖަހާލިއެވެ. މިޝްކާ އެ ދައްކަނީ ވިސާމް ނުހުންނަ ދުވަސް ދުވަހު އޭނަ މިޝްކާ ބަލަން ބަހައްޓާ އަންހެން ކުދިންގެ ވާހަކައެވެ. މިޝްކާ ބެލުމުގެ ވަޒީފާއަށްޓަކައި ވިސާމަށް އަމިއްލަ ނަފްސު ފިޔަވައި އެހެން އެއްވެސް މީހަކަށް އިތުބާރެއް ނުކުރެވެއެވެ. އޭނަ ދާ ކޮންމެ ތަނަކަށް މިޝްކާ ގޮވައިގެން ދެވޭނެނަމަ އޭނަ ދިޔައީހެވެ. އެހެނަސް އެގޮތަށް ކަންތައް ނުކުރެވޭނެތީ އޭނަ ރަށުގައި ވަޒީފާއެއްނެތި ތިބޭ ޒުވާން އަންހެން ކުދިންގެ ތެރެއިން އެކަމަށް ޝައުޤުވެރިކަން ފާޅުކުރާ ކުދިންނާ މިޝްކާ ޙަވާލު ކުރެއެވެ. ވިސާމް އެންމެ ފޫހިވާ ކަމަކީ އެ ވަޒީފާ ޙަވާލުކުރެވޭ ކޮންމެ ކުއްޖަކު އޭނައާއި އިނުމުގެ ހުވަފެންތައް ދެކެން ފަށާތީވެއެވެ. ފަހަކަށް އައިސް އޭނައަށް ގެއާއި ހަމައަށް ނުދެވެނީސް ކޮންމެ ކުއްޖަކު ވަޒީފާއިން ކެނޑިގެން ދިޔުމަށް އަންގާފައި އޮންނަނީ އެހެންވެއެވެ. އެހެނަސް އެމީހުން ދެކޭ އެ ހުވަފެންތަކުގެ ސަބަބުން މިހާތަނަށް އައި އެންމެން ވެސް މިޝްކާއާއި މެދު ކަންތައްކޮށްފައިވަނީ ރަނގަޅަށެވެ. ވިސާމާއި ހަމައަށް ދެވޭނީ މިޝްކާއަށް ހެޔޮކޮށް ހިތައިގެންކަން އެންމެނަށް ސާފުކޮށް އެނގޭތީވެއެވެ.

 

“އަޒޫ ދައްތި ރަނގަޅުތަ؟ އެއްވެސް ބޭޑް ކަމެއް ކުރިތަ؟” ވިސާމް ޔަޤީންކޮށްލުމުގެ ގޮތުން އަހާލިއެވެ.

 

“ނޫން ބޭޑް ކަމެއް ނުކުރޭ…..ބައްޕި! ބައްޕި ގެނައިންދޯ ކޮއްކޮއަށްދޭން ޗޮކްލެޓް؟” މިޝްކާ ކަމެއް ހަނދާންވުމުން އޭނަގެ މޫނުމަތި އިހުނަށްވުރެ އުޖާލާވެގެން ދިޔައެވެ.

 

“ގެނައިން……އެކަމަކު މިހާރު ކޮއްކޮ ނިދާލަންވީ.” ވިސާމް ބުނެލިއެވެ. އެއާއެކު މިޝްކާގެ މޫނުމަތީގެ ކުލަވަރު އޮއްސުނެވެ.

 

“ނޫން ބައްޕި މިހާރު!” މިޝްކާ ޝަކުވާގެ ރާގަކަށް ބުނެލިއެވެ. ވިސާމް އާފުރާކަމަށް ހެދުނެވެ.

 

“ހަމަ ގައިމުވެސް ބައްޕި މިއުޅެނީ ނިދިއައިސްގެން. ބައްޕިއަށްވެސް ރޭގަ ނުނިދޭވިއްޔަ. އާދޭ ބައްޕި ލަވައެއް ކިޔައިދޭނަން.” ވިސާމް އެނދުގައި އޮށޯވެ މިޝްކާއަށް ބަލަން އޮވެ ބުނެލިއެވެ.

 

“ބައްޕި ނިދަންޏާ ކޮއްކޮވެސް ނިދާނަން. އެކަމަކު ބައްޕި މިފަހަރު ލަވައެއްނޫން. ބައްޕި ގޮއްސަ ހުއްޓާ ކޮއްކޮއަށް އެތަނުން ވަރަށް ތިއްތި ވާހަކައެއް ފެނުނު. ކޮއްކޮ ހަމައެކަނި ފޮޓޯ ބެލީ. ބައްޕި އެވާހަކަ ކިޔައިދޭނަންދޯ ކޮއްކޮއަށް؟ ކިޔައިދީ ނިމޭއިރު ބައްޕިއަށް ވެސް ކޮއްކޮއަށް ވެސް ނިދިދާނެދޯ؟” މިޝްކާ ނުހަނު ފޯރިއާއެކީ ވާހަކަ ދެއްކިއެވެ. ވިސާމް ހިނިތުންވުމަކާއެކީ ބޯޖަހާލިއެވެ. މަޑު ބާލީހެއްގެ މަތީގައި އޮށޯވެވުމުން އޭނަ ޙަޤީޤަތުގައި ވެސް ވަރަށް ގަދައަށް ނިދި އައިއްސިއެވެ. އެހެނަސް މިޝްކާގެ ވާހަކަ ކިޔައި ނިމެންދެން ނުނިދަން ނިންމިއެވެ. އޭނަ ބަލަބަލާ އޮތްވާ މިޝްކާ އެނދުން ފައިބައިގެން ގޮސް ކިޔަވާ މޭޒުކައިރީގައި ހުރި ތިރި ފޮތް ހަރުގަނޑުން ފޮތެއް ނެގިއެވެ. އެއަށްފަހު ދުވެފައި އައިސް އެނދަށް އަރައި އެފޮތް ވިސާމްގެ އަތަށް ލައިދިނެވެ. ވިސާމް އެ ފޮތުގެ ބޭރުގަނޑަށް ބަލަން އޮތްވާ މިޝްކާ ވިސާމްގެ ކޮނޑުގައި ބޯއަޅައިގެން އޮށޯތެވެ.

 

“ސްނޯވް ވައިޓް އެންޑް ދަ 7 ޑްވާފްސް.” ވިސާމް ފޮތަށް ބަލަން އޮވެ ވާހަކައިގެ ނަން ކިޔާލިއެވެ. އެއާއެކު މިޝްކާ ޑްވާފްސްއަކީ ކޯޗެއްތޯ ސުވާލުކުރިއެވެ. ވިސާމް ވީހާވެސް ކުރުކޮށް މިޝްކާއަށް އެނގޭނެހެން ކިޔައިދިނެވެ. އެއަށްފަހު ވާހަކަ ފޮތް ހުޅުވައި ކިޔަން ފެށިއެވެ. ފުރަތަމަ ޞަފްޙާގައި ރަސްގެފާނަކަށާއި ރާނީއަކަށް ކުއްޖަކު ލިބުނު ވާހަކަ ވީއިރު ދެވަނަ ޞަފްޙާގައިވީ އެކަން ދައްކުވައިދޭ ތަސްވީރެކެވެ.

 

“މިހިރީ ކިންގް. މިހިރީ ކުއީން. ކުއީން އަތުގަ މިއޮތީ އެމީހުންގެ ބޭބީ. އެ ބޭބީ ވާނީ ޕްރިންސެސްއަށް.” ތަސްވީރުގައި ތިބި އެކި މީހުންނަށް ޢިޝާރާތްކުރަމުން ވިސާމް ކިޔައިދިނެވެ.

 

“ޕްރިންސެސް؟ އެއީ ބައްޕި ވެސް ކޮއްކޮއަށް ކިޔާ އެއްޗެއް. ކޮއްކޮއަކީ ޕްރިންސެސްއެއްވިއްޔާ………ބައްޕި ވާނީ ކިންގްއަށްދޯ؟” މިޝްކާ އައި ފޯރިއާއެކީ އަނެއްކާވެސް ތެދުވެލިއެވެ. ވިސާމަށް ހީލެވުނެވެ.

 

“ހެހެ…..އާނ….ބައްޕި މިއީ ކިންގް. ތިއީ ބައްޕިގެ ޕްރިންސެސް. ކޮއްކޮ ހާދަ މޮޅޭ.” ވިސާމް ހެވިފައި އޮވެ ބުނެލިއެވެ. އެވަގުތު މިޝްކާ އޭނަގެ ޝަހާދަތް އިނގިލީގައި ދަތް އަޅައިގެން އިނީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ކަހަލަ ގޮތަކަށެވެ.

 

“އެހެންވީމަ ބައްޕީ…..ބައްޕިއަށް ކުއީންއެއް ލިބުނިއްޔާ ކޮއްކޮއަށް މަންމިއެއް ލިބޭނެދޯ؟” މިޝްކާ ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ބުނެލި ވާހަކައިން ވިސާމްގެ ހިނިތުންވުން ފޭދިގެން ދިޔައެވެ. އޭނަ އިރުކޮޅެއް ވަންދެން މިޝްކާއަށް ބަލަން އޮވެފައި އަތުގައި އޮތް ފޮތާއި ދިމާލަށް ބަލާލީ ޖަވާބެއްދޭން ބޭނުންނުވާ ފަދައަކުންނެވެ. މިޝްކާ އޭނަގެ ކުޑަ ދެއަތުން ވިސާމްގެ މޫނުގައި ހިފަހައްޓާލިއެވެ.

 

“ބުނެބަލަ ބައްޕި. ބައްޕިގެ ކުއީން ކޮބައިތަ؟” މިޝްކާ ޝަކުވާގެ ރާގަކަށް ސުވާލުކުރިއެވެ. ވިސާމް މިޝްކާއަށް ބަލާލަމުން މިޝްކާގެ އެއްއަތުގައި ހިފައި ގެނެސް އެ އަތަށް ބޮސްދިނެވެ.

 

“ބައްޕިގެ ކުއީން ވަރަށް އަވަހަށް އަންނާނެ.” ހިތަށް އަރާ ފައިބަމުން ދިޔަ ޖަޒުބާތުތައް ކޮންޓްރޯލްކުރަން މަސައްކަތް ކުރަމުން ވިސާމް ބުނެލިއެވެ.

 

“ކޮން ދުވަހަކުތަ ބައްޕި؟” މިޝްކާ އަހާލިއެވެ.

 

“ވަރަށް އަވަހަށް……ކޮއްކޮ ނިދާލާ. ހުވަފެނުން ބައްޕިގެ ކުއީން ހުރިތަނެއް ފެނުނިއްޔާ ކިޔައިދެއްޗޭ. އޭރުން ބައްޕި އެތަނަކުން ކުއީން ގެންނާނަން.” ވިސާމް އޭނަގެ މޫޑު ބަދަލު ކުރެވޭތޯ ބަލަމުން ވާހަކަ ދެއްކިއެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް މިޝްކާގެ މޫނުމަތި އުޖާލާވެގެން ނުދެއެވެ. އޭގެ ބަދަލުގައި މިޝްކާ ފުން ނޭވައެއް ދޫކޮށް ލަސްލަހުން އަނެއްކާވެސް ވިސާމްގެ ކައިރީގައި އޮށޯތެވެ.

 

“ބައްޕީ……ކޮއްކޮގެ ހުރިހާ ފްރެންޑުން ގޮވައިގެން ސްކޫލަށްދަނީ އެކުދިންގެ މަންމިމެން. އެ ހުރިހާ ކުދިންވެސް އެކުދިންގެ މަންމިގެ ވާހަކަތައް ކިޔައިދޭ. ކޮއްކޮ ވެސް ބޭނުން ކޮއްކޮގެ މަންމިގެ ވާހަކަ ކިޔައިދޭން.” މިޝްކާ އެ ވާހަކަ ބުނެލި ގޮތުން ވިސާމް ދެރަވިއެވެ.

 

“ކޮއްކޮގެ މަންމިވެސް އަދި އަންނާނެ.” ވިސާމް ދެބުމަ ކައިރިކޮށް ސީލިންގަށް ނަޒަރު ހުއްޓައިގެން އޮވެ ބުނެލިއެވެ.

 

“ޕްރޯމިސް؟” މިޝްކާ ވިސާމްގެ މޫނަށް ބަލާލަމުން އަހާލިއެވެ.

 

“ޕްރޯމިސް….ކޮއްކޮ ނިދާލާ.” ވިސާމް އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރުވޭތޯ ބަލަމުން އަނެއްކާވެސް ބުނެލިއެވެ. މިޝްކާ މިފަހަރު ދެކޮޅު ހެދުމެއްނެތި ވިސާމާއި އިހުނަށްވުރެ ކައިރިއަށް ޖެހިލަމުން ދެލޯ މަރާލިއެވެ. އޭގެ މާ ގިނައިރެއްނުވެ މިޝްކާ ފުން ނިންޖެއްގެ ތެރެއަށް ގެނބުނެވެ. އެހެނަސް ވިސާމްގެ ލޮލުން ނިދި ފިލައިފިއެވެ. މިޝްކާގެ ވާހަކައިން އޭނަގެ ހިތުގެ ހަމަޖެހުން އަނެއްކާވެސް ގެއްލިއްޖެއެވެ. މިޝްކާގެ މަންމަވަނީ މި ދުނިޔެ ދޫކޮށްގޮސްފައެވެ. އެހެނަސް ވިސާމް މިޝްކާގާތު އެ ވާހަކަ ބުނާކަށް ބޭނުމެއްނުވެއެވެ. އެއީ ވަކި އެވާހަކަ އިވިފައި މިޝްކާ ދެރަވެދާނެތީވެއެއްނޫނެވެ. އެފަދަ ނުލަފާ އަންހެނެއްގެ ވާހަކަ މިޝްކާއަށް ކިޔައިދޭން ބޭނުމެއްނުވާތީވެއެވެ. ވިސާމްގެ އެންމެ ބޮޑު އެއް އެދުމަކީ މިޝްކާއަށް އޭނަގެ އަސްލު މަންމަ ނޭނގި ބޮޑުވުމެވެ. އަދި ބޮޑުވުމަށްފަހު ވެސް އެ އަންހެނާގެ ވާހަކަތައް މިޝްކާއާ ހަމައަށް ނުފޯރުމެވެ. ވިސާމް އެންމެ ކުރިން ނިންމައިގެން ހުރީ ދެން ދުވަހަކުވެސް މީހަކާ ނުއިނދެ އަމިއްލައަށް މިޝްކާ ބަލައި ބޮޑުކުރުމަށެވެ. އެހެނަސް ފަހަކަށް އައިސް މިޝްކާ ދައްކާ ވާހަކަތަކުން މިޝްކާއަށް މަންމައެއްގެ ލޯބި ކިހާ ބޮޑަށް ބޭނުންވާކަން އޭނައަށް އިޙްޞާޞް ކުރެވެން ފެށިއެވެ. އޭނަ މިޝްކާގާތު މިޝްކާގެ މަންމަ އަންނާނެއޭ ބުނަންފެށީ މީހަކާ އިނުމުގެ ޚިޔާލު ކުރަމުންނެވެ. އެ ޚިޔާލަކީ އޭނަ ކިތަންމެ ނަފްރަތު ކުރާ ޚިޔާލަކަށް ވިޔަސްމެއެވެ. ޙަޔާތުގައި އެންމެ ފުރަތަމަ އަމިއްލަ ހިތާއި ކައިރި ކުރި އަންހެން ކުއްޖާގެ ގޮތް ފެނިފައި ވިސާމްވަނީ ހުރިހާ އަންހެނުން މަތިން ފޫހިވެފައެވެ. އެ އެންމެންނަކީ އެއްކަހަލަ ބައެއްކަމުގައި އޭނައަށް ނިންމުނީތީވެއެވެ. އެހެނަސް މިޝްކާގެ އުފަލަށްޓަކައި އޭނަ ޤުރުބާންވާން ބޭނުންވެއެވެ. އޭނަ ހޯދަން ބޭނުންވަނީ އޭނައަށް ރަނގަޅަށް ކަންތައް ކޮށްނުދިނަސް މިޝްކާ ރަނގަޅަށް ބަލަހައްޓާނެ ކުއްޖެކެވެ. އޭނައާއި އިންނަން ބޭނުންވާ ޒުވާން އަންހެން ކުދިންގެ ޢަދަދެއްވެސް އޭނައަކަށް ނޭނގެއެވެ. އޭގެއިން ކުއްޖަކާ އިނދެފިނަމަ އޭނަދެކެ ވާ “ލޯތްބެއްގެ” ސަބަބުން އެ ކުއްޖާ މިޝްކާދެކެ ވެސް ލޯބިވެދާނެއޭ ވިސާމްގެ ހިތް ބައެއްފަހަރު ބުނެއެވެ. އެހެނަސް އޭނަ ޖެހިލުންވަނީ ކައިވެންޏަށްފަހު އެކުއްޖަކު ދަހިވެތިވެ އޭނައަށް ސިއްރުން މިޝްކާއަށް އަނިޔާކުރަން ފަށާފާނެތީވެއެވެ. ދޮންމަންމައެއްގެ ދައުރަކީ އެއީއެއްނޫންހޭ އޭނަގެ ހިތަށްއަރައެވެ. މިޝްކާދެކެ ދެގޮތެއްނުވާ ލޯތްބެއްވާ، އޯގާތެރި ކުއްޖަކު އޭނަ ބޭނުންވަނީ އެހެންވެއެވެ. އެފަދަ ކުއްޖަކު ލިބުމުގެ ޔަޤީންކަން ކިތަންމެ ކުޑަވިޔަސް ވިސާމް އުއްމީދު ކަނޑައެއްނުލައެވެ.

 

ވިސްނުމެއްގެ ތެރެއަށް ގެއްލި އޮވެފައި ވިސާމް ފުން ނޭވައެއް ދޫކޮށްލިއެވެ. އެއްލި ކަޅިއަކުން ކައިރީގައި ނިދިފައި އޮތް މިޝްކާ ފެނިފައި އޭނަ ހިނިތުންވެލާފައި މިޝްކާގެ ނިތަށް ބޮސްދިނެވެ. އެއަށްފަހު ކުޑަކޮށް ތެދުވެ ދުރުގައި އޮތް ބޯ ރަޖާ ގެނެސް ދެމީހުންގެ ގައި މަތީގައި އަޅާލަން އުޅުނެވެ. އެވަގުތު އޭނަގެ އަތުން ޖެހި ހެޑްބޯޑް މަތީގައި ހިނގަހިނގާ ހުރި ދަންފުޅި ވެއްޓުނެވެ. ބާރު އަޑެއް އިވުމާއެކު ވިސާމަށް ވަގުތުން ބަލާލެވުނީ މިޝްކާއަށެވެ. މިޝްކާ އަދިވެސް ނިދިފައި އޮތުމުން ވިސާމަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އޭނައަށް ދެންވެސް އެއްފަހަރު އެ ދަންފުޅިއަށް ބަލާލެވުނެވެ. އޭތި ހެޑްބޯޑް މަތީގައި އޮށޯވިފައި އޮތްއިރު އޭގެ ތެރޭގައި ހުރި ހުދުކުލައިގެ ހިލަކުނޑި ދެބަޔަށް ބެހިފައިވިއެވެ. ވިސާމް އެއަކަށް ފަރުވާލެއްނެތި ރަނގަޅަށް ރަޖާ އަޅަމުން އޮށޯވެ ދެލޯ މަރާލިއެވެ.

ނުނިމޭ

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ބީރައްޓެހިޔާ 5

Next

ތީއޭ މަގޭ ޖާނާ ފުރާނަ

Next
November 18, 2016

ތީއޭ މަގޭ ޖާނާ ފުރާނަ

Previews
November 18, 2016

ބީރައްޓެހިޔާ 5

35 Comments!

  1. jana says:
    November 18, 2016 at 9:05 pm

    Bismillahirrahmanirrahim. Assalam’alaikum wa rahmatullahi wa barakaatuhu. Anekkaaves aa vaahaka akaa eky thiya kiyuntherinna hama ah aumuge taufeequ libunu kamattakai Allah ah hamdhu kuran. Alhuganduge vaahaka eh kureegai kiyaafai neh kiyuntherin alhugandu mi fonuvaa linkah ziyaaraiy kollevvun edhen. Liyaa komme vaahaka akaa eky alhugandu kiyuntherinna hama ah vaahakain libey ibraiythah tafseel kohdheny e fb page in. e page gai jana kureege vaahaka aa gulhigen genesdhin msg thah ves hunnaane. Adhi kureege vaahakaige comment thakuge thereygaives eyge baeh fb post thah hunnaane. FB gai noolhuvva kiyuntherin e comment thakuge beynun hifumaky jana ge varah bodu edhumeh.

    Emme fahakah jana bunelan beynun vany mifaharuves Allahge iraadhafulhun jana thiya kiyuntherinnah faidhaa eh genesdhey fadhain thiya kiyuntheringe faraathun ves jana faidhaa eh libeyne kamah ummeedhukuramey. Jana v ufaavi kureefaharuves theege therein kiyuntheringe faraathun jana ah neyngey ethah kameh engi aa rangalhu visnunthah libunyma. Jana ekuverivi baeh kiyunetherinnaa ves dhuruvegen dhiyaee dhiriulhun maa avadhinethi vegen dhiyumun. Ekamattakai hurihaa kiyuntherinves maaf kuraane kamah ummeedhu kuran.

    Maaiy Allah alhamen emmennah hidhaayaiy ithuru kohdhevvaashi. Adhi mi vaahaka aky mi in mi alhaa ahves adhi thiya kiyuntherinnah ves dhe dhuniyeyge baajjaverikamah fahi kohdhey mageh kamugai lavvaashi. Ameen!

  2. Fathun says:
    November 18, 2016 at 9:17 pm

    Janaa maradhufeydhu tha?
    Vahaka v.reethi

    1. jana says:
      November 19, 2016 at 9:37 pm

      janage rah bunaakahala khiyaaleh nukuran ingey faathun? 😀 Alhamdhulillah! (All praise and thanks belongs to Allah) 🙂

    2. Snow flake❄ says:
      March 19, 2017 at 11:44 pm

      I am maradhoofeydhoo too
      Jana buneba plxxxxx vrh heevey ingey hen. Ulhe eyy rashuga jana eh ma dhannah. E kuhjja vrh molhu ves vaane.mi may know you

  3. alu says:
    November 18, 2016 at 9:25 pm

    Masha Allah vvvvvv reethi jazakilahairan

    1. jana says:
      November 19, 2016 at 9:38 pm

      Alhamdhulillah! Barakallah Laki! 😀

  4. Zuha says:
    November 18, 2016 at 9:26 pm

    Just utterly exquisite, MaShaAllah. Can’t wait for the next part 😀

    1. jana says:
      November 19, 2016 at 9:38 pm

      Alhamdhulillah! 😀

  5. Samy says:
    November 18, 2016 at 10:35 pm

    What is dhanfulhi

    1. Elex says:
      November 19, 2016 at 6:57 am

      Ask your mom babyyyy!!!! ????

    2. Aish says:
      November 19, 2016 at 10:26 am

      Aee hour glass

    3. someone says:
      November 19, 2016 at 11:15 am

      Hour glass

    4. jana says:
      November 19, 2016 at 9:40 pm

      Javaabu libijje dho samy?
      Elex: vaki baby veema eh nooney dhanfulhi aky koachehkan neyngeyny. khudhu jana ahves neygey kurin hour glass ah dhivehin kiyany keekeykan. e nan hoadhaathaa v gina dhuvas fahun engunyves. ey mi vaahakaige mi thankolhu liyanvegen 🙂

  6. Anonymous says:
    November 18, 2016 at 10:44 pm

    Aww janaa darling u r back??.. Ma Sha Allah vrh furihama.. waiting to next part..

    1. jana says:
      November 19, 2016 at 9:41 pm

      yes i am Alhamdhulillah! 😀

  7. Anonymous says:
    November 18, 2016 at 10:46 pm

    janaa kyhve o stry name akah asru kiyaafa eynee?

    1. jana says:
      November 19, 2016 at 9:44 pm

      Adhi thi vaahaka tafseelukoh kiyaidheykah nethin ingey anonymous. vaahaka kuriah dhaavarakah engeyne In Sha Allah. 🙂

  8. AN says:
    November 18, 2016 at 10:57 pm

    V shauguveri kama eku kiyalevunu.ummedhu kuran kuree vahaka ha furihama vaane kamah
    Jazakilahairan

    1. jana says:
      November 19, 2016 at 9:46 pm

      In Sha Allah masakkaiy eba kuran kureege vaahaka ahvure ves shauquveri kureveytho. Alhamdhulillah! Barakallah Laki! 🙂

  9. ken? says:
    November 19, 2016 at 12:40 am

    happy to c u jana..i read ur story hijra….dat was awesome…? btw wats de meaning of de title…? good luck dr..looking forward for great msgs throughout de story ?

    1. jana says:
      November 19, 2016 at 9:48 pm

      hehe…Alhamdhulillah! ken just dont worry for now. you’ll know the meaning in time. In Sha Allah trying to make this beneficial for myself first and foremost and for all the readers. 🙂

  10. ken? says:
    November 19, 2016 at 12:56 am

    rockstar eitha miulhenee…but i heard its not a good thing…religion koh balaanama..nyways story hama habbu varah.. dn bunelinama up vaane days thakaa eichehi eyrahnnu inthizaaru kureveyneeves…hehhe??

    1. jana says:
      November 19, 2016 at 9:50 pm

      ken adhi kudakoh inthizaaru kolla. adhi kiriya vaahaka feshigeneh nu miulheny. In Sha Allah jana dhuvahakuves nubai kamakah thaaeedhu koffa vaahaka eh liyaakah nethin 🙂 vaahaka up vaany dhe dhuvahun ehdhuvahu In Sha Allah. e ah vure las vanya angaanan. Maadhama up vaane In Sha Allah.

  11. ken? says:
    November 19, 2016 at 1:00 am

    asru means hitheekiyevin dhw…rangalhutha????

    1. jana says:
      November 19, 2016 at 9:52 pm

      konthanakun hoadhi maana ehtha thy ken? O.o adhi rangalhu maanaeh noon ingey thee…

  12. aminath says:
    November 19, 2016 at 9:23 am

    emme anhenaku kuraa kamakun hama hurihaa anhenun deke foohi vaan jehe tha? i wonder if that happen in real life 😛

    once again, Maasha Allah. v reethi vahaka, cant wait for more parts. 🙂

    1. jana says:
      November 19, 2016 at 9:54 pm

      faharegga hurihaa emmenge case akah nuvedhaane real life ga. ekamaku ey hama vedhaane gotheh. vakin haassakoh vaahakaiga mi ulhey wisaam ah ehen dhimaavy keevvekan adhi tafseel vegen annaane In Sha Allah. Alhamdhulillah! 😀

  13. زوجة مشرف says:
    November 19, 2016 at 1:36 pm

    MashAllah… ????

    1. jana says:
      November 19, 2016 at 9:54 pm

      😀 <3 <3 <3

  14. Saeedha Mohamed says:
    November 19, 2016 at 4:17 pm

    Mi ee varah reethi vaahakaeh.

    1. jana says:
      November 19, 2016 at 9:54 pm

      Alhamdhulillah! 😀

  15. hayyu says:
    November 19, 2016 at 7:12 pm

    Jana I am a great fan of urs .. Ur one of my biggest inspiration .. To write my story I was inspired by u.. Jana ge hijra vaahaka kiyaafa v bodah inspire vi.. Ummeedhu kuran mivaahaka akyves kury vaahaka hen ethakeh ibraiythakeh haasil vegen dhaane kamah… Love u fillah :*

    1. jana says:
      November 19, 2016 at 10:01 pm

      No doubt all praise and thanks belongs to Allah. hayyuge hithugai rangalhu kameh kuran ‘azum kanda elhigen dhiyaee Allah ge iraadhafulhun. ey vaki jana kuri kamegge sababunneh noon. ey jana kuraa kameh nama janage vaahaka kiyaa hurihaa kiyuntherin evvarakah inspire vees. ekamaku ehenneh nuvey. Allah hidhaayaiy dhakkavany ekalaange aa gaaiy vaan masakkaiy kuraa alhunnah. jana ah varah bodu hiyvvareh libijje mi comment in. Alhamdhulillah! i pray that Allah puts barakah in your effort and the inspiration spreads by the Will of Allah! Ameen! Always remember to have the right intention and be sincere. And Allah’s help will come. this is a reminder to myself first.

  16. unknown says:
    December 11, 2016 at 1:20 pm

    janaaaa whats dhanfulhi?
    varah reethi vaahaka

  17. husna says:
    December 30, 2016 at 7:00 pm

    Reethi varahh

Comments are closed.


All Right Reserved!