ހަ އަހަރު ފަސް ފަތިހުގެ ހިތްގައިމު ފިނިކަން ޖައްވުގައި ހިފާލާފައިވާއިރު، ކާޅުތަކާއި ވާތައް މިންވަރު ކުރެއްވި އާދުވަހައް އުފާފާޅުކުރުމުގައި އެއްގަހުން އަނެއްގަހައް ތިރިކުރަމުންދިޔައީ ގަސްގަހުގައި އަޅާފައި ހުންނަ މޭވާތަކުގެ ރަހަ ބަލަމުންނެވެ. ކާޅާއި، ކޮވެއްޔާއި އަދި އިރުއިރުކޮޅާއި އިވޭ ހާ ގޮވާ އަޑުން އެ ހެނދުނުގެ ހިތްގައިމުކަން އިތުރު ކުރުވައެވެ. އިރު މަޑުމަޑުން އޭގެ ފުރިހަމަ ބައްޓަން ދައްކަމުން އަރަމުން ދިޔަ ދިޔަހެން އެ ހިތްގައިމު ފިނިކަން މަޑުމަޑު ހޫނުކަމަށް ބަދަލުވަމުން ދިޔައެވެ. ގަސްތަކުގެ ތެރެއިން ފޭދިގެން […]
“ތިއޮތީ މާ ރަނގަޅަށްވެސް ގްރެޖުއޭޓްވެފަ!” މިރްޒާން ހެވިފައިހުރެ ބުނެލިއެވެ. އެއާއެކު އަމްނާއަށް ވެސް ރަތްވެގެން ދިޔަ މޫނަކާއެކީ ހީލެވުނެވެ. އެ ހީލުމުގެ ތެރެއިން މިރްޒާން ގޮސް އަމްނާގެ ގައިގައި ބައްދާލި ހިނދު ދެމީހުންގެ ލޮލުން ވެސް އުފާވެރިކަމުގެ ކަރުނަތައް ހިލުނެވެ. މަރާލެވުނު އެސްފިޔަތަކުގެ ތެރެއިން ހިތާމަތަކުން މުޅިން އެއްކިބާވެފައިވި މުސްތަޤްބަލެއް ދެމީހުންނަށް ވެސް ސިފަކުރެވުނީ، ދެން އެމީހުން އެކީގައި ތިބެން އޮތީ މަދު ދުވަސްކޮޅަކަށްޓަކައިކަން ނޭނގިއެވެ. އޭގެ ތިންދުވަސްފަހުން މިރްޒާނާއި އަމްނާވީ ލަންޑަނުން މާލެއަށްދާ ފްލައިޓް […]
އަމާން އަދި އުފާވެރި ދަތުރަކަށްފަހު ދާނިޔަލްމެންނަށް އެމީހުން ދިރިއުޅޭ އިމާރާތާއި ހަމަޔަށް ދެވުނެވެ. ހަވީރުގެ ހިތްގައިމު ވަގުތުތަކުން މަގުމަތީގައި ހޭލަމޭލަވެ އުޅޭ މީހުންގެ ޢަދަދު ވަރަށް ގިނައެވެ. ދާނިޔަލް ކާރުން ފައިބައިފައި ގޮސް ދާޔާ ކާރުން ބޭލުވިއެވެ. އެއިރު އޭނާ ހުރީ ދާނިޔަލް ގަތްދިން ލޮލީޕޮޕް ތަކުން ލޮލީޕޮޕެއްގައި އަނގަ ޖައްސާލައިގެންނެވެ. ބާކީ އޮތް ދޭތި ދާޔާގެ ވާއަތުގައި އޮތެވެ. ފިޔާތޮޑިކުލައިގެ ކުޑަ ބެކްޕެކް ދާޔާގެ ކޮނޑުގައި އަޅުވާލައިފައި އޮތެވެ. މަގުގައި ގިނަ މީހުން ދުއްވަމުން ދިޔުމުން […]
އެންމެންނަށް ލިބުނު ޙައިރާން ކަމުގައި އަޖާއިބުވެފައި ޙިބާ އަށް ބަލަހައްޓައިގެން ތިބެވުނީ ސުވާލުން ފުރިފައިވި ހިތަކާއިއެކުއެވެ. ޙިބާ ލައިގެންހުރި ކައިވެނީގެ ހެދުމުގައި އެއްވެސް ހާއްސަކަމެއް ފެންނަން ނެތުމުންނެވެ. ބްރައިޑެއްހެންވެސް ހީނުވާތީއެވެ. ޙިބާގެ އާއިލާއަކީ ވިޔަވާރީއެއް ހިންގާ ފުދުންތެރި ބަޔެއްކަމަށް ވީނަމަވެސް އެކަން ލައިގެންހުރި ހެދުމުން ނުފެންނާތީއެވެ. އާންމުކޮށް ޙިބާ ލާއުޅޭ ކަހަލަ ކަޅު، ގަޔައްދޫ ހެދުމެއްގައި ފެންނަން ހުރިއިރު އެންމެހާ ޒީނަތްތެރިކަން ވަނީ ރަނގަޅައްވެސް ފޮރުވިފައެވެ. އެކަޅު ހެދުމުގެ ފަސްބައިގައި ރީތި ޑިޒައިނެއް ހަދާލާފައިވެއެވެ. އަދި އަޅައިގެންހުރި […]
“ތި އިންނަ ކުއްޖާއަށް ހުރިހާކަމެއް ފުރިހަމަ ކޮށްދޭތި. އެއްވެސް ކަމެއް އުނިވިޔަ ނުދޭތި. އަހަރުމެންނާ ދެކޮޅަށް ތިކަން ކުރިޔަސް މިރްޒާންގެ ޒިންމާދާރުކަން ދައްކަދޭތި. ބޭބެ އުޅޭހެން އަބަދުއަބަދު އަންހެނުންގެ ޝަކުވާ ލިބޭފަދަ މީހަކަށް ނުވާތި. ހިއެއްނުވޭ މިރްޒާން އިންނަން ތިއުޅެނީ ވެސް ބޭބެ އިން ފަދަ އަމިއްލަ އެދުން ބޮޑު ކުއްޖަކާ ހެންނެއް. އެހެންވީމަ މި ޢާއިލާގެ ކުއްޖެއްގެ ގޮތުގަ ފުރިހަމަ މިސާލެއް ދައްކަދޭތި.” ލަތީފް މިރްޒާނަށް ބަލަން އިނދެ ނަޞޭޙަތްތެރިވިއެވެ. ބައްޕަގެ އެ ނަޞޭޙަތް އިވިގެން […]
ޙިބާ އާއި ހުމާޔާ ދެކުދިންނަކީވެސް ހިކި ކޮށް ތިބޭ ދެކުދިން ކަމުން ހިބާގެ ހެދުން ހުމާ ލުމުންވެސް ހުމާގެ ގަޔައް މާ ބޮޑު ތަފާތެއް ނުފެނެއެވެ. ނަމަވެސް ހުމާ އާންމުކޮށް ލައި އުޅޭ ހެދުންތަކާއިބަލާފައި މާބޮޑައްވެސް ދޫކަން ހުމާއަށް އިހްސާސް ކުރެވުނެވެ. ޢެހެން ކަމުން ދެންވެސް އެ ލައިގެން ތިރިއަށް ދާންވީކަމާއިމެދު ޔަޤީން ނުވެފައި ލޯގަނޑުން ބަލަހައްޓައިގެން ހުރީއެވެ. ޙިބާ ގޮސް އޭނާގެ އަލަމާރީގެ އެކިއެކި ދިމާ ހޯދާފައި އެންމެ ފަހުން އައީ ޝޯލެއް ހިފައިގެންނެވެ. އެއީ […]
އެހެނެއްކަމަކު އޭގެ މާނައަކީ ފާފަ ފުއްސެވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުން ﷲ ރިޒްޤު ތަނަވަސްކޮށްދެއްވާ ވާހަކައެވެ. އެ ބަސްތައް ހަނދާންވެގެން ދިޔަދިޔަހެން ފުރަތަމަ ފަހަރަށް ﷲ ހަނދުމަކޮށް މިރްޒާންގެ ލޮލަށް ކަރުނަތައް ޖަމާވީ އެކަލާނގެ ބަސްފުޅުގެ ޙައްޤުކަމާއި އެކަލާނގެ ވަޢުދުފުޅުތަކުގެ ތެދުކަން އިޙްސާސް ކުރެވުމުންނެވެ. އޭނަ ތައުބާވިތާ މާ ގިނަ ދުވަހެއް ނުވަނީސް އޭނައަށް މި ލިބުނީ ހާދަ ގިނަ ރިޒްޤެކެވެ. އޭނަ މި ހުރިހާ ދުވަހު ވެސް ފަސްދިނީ ހަމަ މި […]
22ވަނަ ބައި ނާސިރު އަވަސް އަރުވާލައިގެން ގޭތެރެ ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅޭތަން ހިބާއަށް ފެނުމުން މަންމަ ކޮބާބާއޭ ހިތައް އެރިއެވެ. އޭނާ ކައިވެންޏެއް ކުރާއިރު މަންމަގެ ހެޔޮ ނަސޭހަތެއް ހިސާބުވެސް އޭނާ އަށް އަޑު ނީވޭތާ މަންމަގެ ހިތްހެޔޮ ހިނިތުންވުމެއްވެސް އޭނާއަށް ނުފެންނަތާ މިހާރު ވީ ކިތައް ދުވަސް ކަމެއްވެސް ނޭނގެއެވެ. މާ ގިނަ ދުވަހެއް ނުވެ އޭނާ ފިރިމީހާއާއެކު އެގެއިން ނިކުމެގެން ދާން ޖެހޭނެއިރު މަންމަގެ ރުހުން ނުލިބި ދާން ވެއްޖެ ނަމަ އޭނާގެ […]
“އަމްނާ……އާނ ތީ އެއްކަލަ ދުވަހު އެކުއްޖެއްގެ ފޮޓޯ ފޮނުވި ކުއްޖާ ދޯ؟ ހާދަ ސަޅި ބިޓެކޭ ތީ…..” މައިސޫން އެންމެ ފަހުން ބުނެލި ޖުމްލައާއެކީ ދައްކަން ފެށި ވާހަކަތަކަކުން މިރްޒާންގެ ދެބުމަ ކައިރިވިއެވެ. މައިސޫން އަމްނާއަށް ތަޢުރީފުކުރަން ފެށީ އެންމެ ހުތުރު ގޮތްގޮތަށެވެ. މީގެ ކުރިން ވެސް މައިސޫން އޭނަ ލައްވާ ފޮޓޯ ފޮނުވައި އެހެން އަންހެން ކުދިންނާ ބެހޭގޮތުން މިގޮތަށް ވާހަކަ ދައްކާފައިވެއެވެ. އެހެނަސް މިހާތަނަށް އައިއިރު އެއީ މިރްޒާނަށް މާ ބޮޑު ކަމަކަށް ނުވިއެވެ. […]