ނޯޓް: މިއީ 28 ޖޫން 2010 ގައި ޔަނާބީ ޑޮޓް ކޮމް ގައި ޝާއިއުކުރެވިފައިވާ ލިޔުމެކެވެ. އަދި މިއީ ޙަޤީޤީ ޙާދިޘާއެއް ކަމުގައިވެސް ދަންނަވަމެވެ.
އަހަރެން އެންމެ ފުރަތަމަ ޔުނިވަރސިޓީ ފެށިއިރު އެހެން މުސްލިމު އަޚަކާ ބައްދަލުވިއެވެ. އަހަރެމެން އެކުވެރި ރަހުމަތްތެރިންތަކަކަށް އިސާހިތަކު ބަދަލުވެއްޖެއެވެ. އެހެނަސް މިއީ އާދައިގެ ރަހުމަތްތެރިކަމެއް ނޫނެވެ. އަހަރެން ހުރީ އޭނާއަށް ކޮންމެ ކަމެއްވެސް ކޮށްދޭން ތައްޔާރަށެވެ. އެއީ އަހަރެންގެ އެއްބަނޑު އެއްބަފާ މީހެއް ފަދައެވެ. ޔުނިވަރސިޓީގެ އެންމެ ފަހު އަހަރު، މިއަޚާ އަހަރެންގެ ގާތު އޭނާ ޚުތުބާވެފައިވާ ކަމާއި ކިޔެވުން ނިންމާލާފައި ވަޒީފާއެއް ހޯދުމަށްފަހު ކައިވެނިކުރާނެކަމަށް ބުންޏެވެ. އަހަރެން ހުރީ އެކަމާ ވަރަށް އުފާވެފައެވެ. އޭނާ ކައިވެނީގެ ވާހަކަ ހުއްޓާނުލާ ތާއަބަދު ދައްކަން ފެށިއެވެ. އަދި އަހަރެން ދިޔައީ މަޑުމަޑުން އޭނާއާ މެދު ހަސަދަވެރިވަމުންނެވެ. އޭނާ ކިޔެވުން ނިންމާފައި ކައިވެނި ކުރަން އުޅޭތީއެވެ. އަދި އޭނާ އައިސްފައިވަނީ މުއްސަނދި އާއިލާއަކުން ކަމަށް ވުމުންނެވެ.
އެއްދުވަހަކު މީނާ އަހަރެން ގާތު ކޮފީޝޮޕުން ބައްދަލުވުމަށް އެދުނެވެ. އޭނާ އައެވެ. އެހެނަސް އާދައިގެ މަތީން އޭނާގެ މޫނުމަތިން ފެންނަ އުފާވެރި ހިނިތުންވުމެއް ނުފެނުނެވެ. އަދި އިންނަން އުޅޭ ކުއްޖާގެ ވާހަކައެއްވެސް ނުދެއްކިއެވެ. އަހަރެން އޭނާ ގާތު ވީ ކީއްތޯ އެހީމެވެ. އޭނާ އަހަރެން ގާތު އެކަހެރިކޮށް ބައްދަލުވެލަން ބޭނުންކަމަށް ބުންޏެވެ. އަހަންނަށް އޭނާ އެހުރީ ދެރަވެފައިކަން އިހުސާސްކުރެވުނެވެ. އޭނާ ބުނިގޮތުން ސިކުނޑީގައި އިން ޓިއުމަރެއް ވަނީ ކެންސަރަށް ބަދަލުވެފައެވެ. އޭނާ އެޚަބަރު ދިންއިރު އޭނާގެ އަޑު ދިޔައީ ތުރުތުރު އަޅަމުންނެވެ. އަދި ދިޔައީ ރޮމުންނެެވެ. އޭނާގެ ކޯތާފަތުން ލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ދުވަހަކުވެސް މީނާ މިހާ ދެރަވެފައި ހުއްޓާ އަހަންނެއް ނުދެކެމެވެ. އަހަރެން ހުރީ އެތެރެއިން ކަރުނަތައް ހިފަހައްޓައިގެންނެވެ. އޭނާއަށް އަހަރެން މިހުރީ ދެރަވެފައިކަން ނާންގަން އަހަރެން މަސައްކަތް ކުރީމެވެ. އަހަރެންގެ ސިކުނޑި ހީވަނީ ފަޅައިގެން ދާނެހެންނެވެ. ޚިޔާލަށް އެތަކެއް އެއްޗެއް އަރާ ފައިބަމުން ދިޔައެވެ. ހިތަށް އެރިއެވެ. މިއީ ކިހިނެއް ވާނެ ކަމެއް ހެއްޔެވެ؟
މިއީ ހުރިހާ އެއްޗެއް ލިބި، ހުރިހާ ކަމެއް ފުރިހަމަވެފައިވާ ޒުވާނެކެވެ. އެހެނަސް މީނާއަށް މިވީ ކީއްހެއްޔެވެ؟ މިއަޚާއަށް ޖެހުނީ ޔުނިވަރސިޓީގެ ފަހުއަހަރުގެ މެދުތެރެއިން ކިޔެވުން ހުއްޓާލާށެވެ. ސަބަބަކީ އޭނާގެ ހަނދާނަށް އަންނަންފެށި ބަދަލުތަކެވެ. ހަނދާން މާބޮޑަށް ބަލިވަނީއެވެ. އެއްފަހަރު އަހާ އެއްޗެއް އެތައް ފަހަރަކު ތަކުރާރުކޮށްލަ ކޮށްލާ ހުރެދާނެއެވެ. މީނާއަކީ އެއްއިރެއްގައި ވިސްނުންތޫނު މީހެކެވެ. އެކަމަކު ހަނދާން މާބޮޑަށް ބަލިވުމުން އޭނާއަށް ޔުނިވަރސިޓީގައި ފުރުސަތެއް ނެތެވެ. އޭނާގެ ގާތު އޭނާ އިންނަން އުޅުނު އަންހެންކުއްޖާގެ އާއިލާއިން ބުނިގޮތުގައި އެމީހުންގެ ދަރިފުޅު އޭނާއާ ދެވަން އެމީހުން ބޭނުމެއް ނުވެއެވެ. ސަބަބެއް ކަމަށް ވަނީ ވަޒީފާއެއް ނެތުމާއި އަދި މުސްތަޤުބަލެއްވެސް ނެތުމެވެ. އޭނާއަށް އެކަން ބަރުދާސްތުކުރަން ވަރަށް އުނދަގޫވާނެއެވެ. އެތައް ފަހަރަކު އަހަަރެންގެ ގާތުގައި އެކަމާ ބެހޭގޮތުން ވާހަކަދައްކާ ކަރުނައަޅާ އޭނާ ރުޔެވެ. އޭގެ ފަހުގައި މީނާއަށް ލިޔުމުގައި އުނދަގޫތައް ކުރިމަތިވާން ފެށިއެވެ. އަދި ކަނާތު ލޮލުގެ ފެނުންވެސް ކޮށިވަމުން ދިޔައެވެ. އޭނާގެ ސިކުނޑީގެ ޓިއުމަރު އިނީ ވާތްފަރާތުގައެވެ. އެހެންވެ ކަނާތްފަރާތުގެ ބައިތަކަށް އެކަމުގެ އަސަރު ކުރަމުން ދިޔައެވެ. އޭނާގެ ހަނދާން ބަލިވަމުން ގޮސް އެންމެފަހުން ދަސްކޮށްފައިހުރި ސޫރަތްތަކާއި އަދި ނަމާދުކުރާނެ ގޮތްވެސް ހަނދާންނެތުނެވެ. އޭގެ އަހަރެއް ފަހުން، އޭނާގެ ކަނާއަތް ޕެރެލައިޒުވިއެވެ. އަދި ކަނާތްފަރާތު ލޮލުގެ ފެނުން އެއްކޮށް ގެއްލުނެވެ. އެއީ އަހަންނަށް ދިމާވި އެންމެ ހިތްދަތި ކަންތަކެވެ. އަހަރެން އެހާ ލޯބިވި އަޚާއެވެ.
އަހަރެން އޭނާއަށް ޤުރުއާން ކިޔެވުމުގައި އެހީތެރިވެދެން ފެށީމެވެ. އޭނާއަށް ސޫރަތުލް ފާތިހާ ކިޔައިދޭން ފެށުމުން އަހަރެންގެ އަޑުދަށުން ކިޔަވަން ފެށިއެވެ. އަހަރެންގެ ހިތަށް އެރިއެވެ. މިއީ އެހާ ވިސްނުންތޫނު ޒުވާނާއެވެ. މިއީ އެހާ މުއްސަނދި މީހާއެވެ. މިއީ އެތައް ދުވަހަކު ކައިވެންޏާ ބެހޭގޮތުން އަދި އާއިލާއެއް ބިނާކުރުމާ ބެހޭގޮތުން ވާހަކަދެއްކި އަޚާއެވެ. މިއީ ހުރިހާ އެއްޗެއް ލިބިފައިވީ އިންސާނާއެވެ. އެކަމަކު މިހާރު އަހަރެން އޭނާ ގާތު މީގެ ދިހަ މިނެޓު ކުރިން ބުނާ އެއްޗެއް ހަނދާނެއް ނުހުރެއެވެ. އޭނާއަކަށް ކައިވެންޏެއް ނުކުރެވޭނެއެވެ. އަދި މިހާރު އޭނާ އެދަނީ ކީރިތި ޤުރުއާން ކިޔަވަން އެހާ ހާލުގައި މަސައްކަތްކުރަމުންނެވެ. މީގެ ކުރިން މީނާއަކީ ޤުރުއާން ކިޔަވަން އިސްކަންދިން މީހެއް ނޫނެވެ. އެހެންވެ ޤުރުއާން ކިޔެވުން މީނާއަށް ގޮންޖެހުމަކަށް ވިއެވެ. މިހާރު މީނާ ހުރިހާ ތަކެއްޗެއް ދޫކޮށްލާފައި ﷲގެ ޙަޟްރަތަށް ރުޖޫޢަވެއްޖެއެވެ. ﷲއަކީ އޭނާއަށް ހުރިހާ އެއްޗެއް ދެއްވި ފަރާތެވެ. އެކަލާނގެއަށް އެހުރިހާ އެއްޗެހި ގެންދެވުމަކީ ދާދި ފަސޭހަކަމެކެވެ.
މިއަޚާ މަރުވުމުން މީނާގެ ޖަނާޒާއަށް އަހަރެން ދިޔައީމެވެ. އޭނާ ހިނެވުމުގައިވެސް ބައިވެރިވީމެވެ. އެއަޚާއާ އެކީ އަހަރެން ހައަހަރު ހޭދަކުރީމެވެ. ދުވަހަކުވެސް އޭނާ ކުރިމަތީގައިވެސް އަދި އެހެން އިރަކުވެސް ނުރޮމެވެ. އަހަރެން އޭނާގެ ޖަނާޒާގައިވެސް ނުރޮމެވެ. އެހެންނަމަވެސް ގެއަށް އަައިސް އަހަންނަށް ރޮވުނެވެ. ﷲގެ ބާރުފުޅުގަދަކަން ހިތަށް އަރާފައެވެ. އަހަރެންގެ އަޚާގެ މަރުން އަހަންނަށް އަހަރެން ދުނިޔެއަށް އައި ސަބަބު ހަނދާންވިއެވެ. އަހަރެމެން އެނބުރިދާނީ އެކަލާނގެ ޙަޟްރަތަށޭ ބުނަނީ ދުލުންނެވެ. އެކަމަކު ޙަޤީޤަތުގައި އެބުނާ ބުނުމާމެދު ނުއެއް ވިސްނަމުއެވެ. ވިސްނާނަމަ އަހަރެންގެ މަރުވި އަޚާ ފަދައިން ޤުރުއާން ކިޔަވަން މަސައްކަތްކޮށް ﷲއަށް ކުއްތަންވާން މަސައްކަތްކުރާނެއެވެ.
އަހަރެން އަޚާގެ ލޮލުގެ ފެނުން ގެއްލުނެވެ. އޭނާގެ އަތުން ވީ ވާގިދޫވެފައެވެ. ހަނދާން ވީ ނެތި، ގެއްލިފައެވެ. އެހެންނަމަވެސް ކޮންމެ ދުވަހެއްގެ ހެނދުނު ތެދުވެގެން އަހަރެންގެ ގާތު އޭނާއަށް ޤުރުއާން ކިޔަވައިދޭން އެދޭނެއެވެ. އަހަރެމެން ކުޅެދޭއިރުވެސް ޤުރުއާން ކިޔަވަން މަސައްކަތެއް ނުކުރަމުއެވެ. އަހަރެންގެ އަޚާ ދުނިޔަވީ ތަކެއްޗަށް ލޯބިކުރިއެވެ. އެކަމަކު މަރުއައިސް ޖެހުނު ހިނދު އޭނާއަށް އެއެއްޗެހީގެ އެއްވެސް އަގެއް ނެތެވެ. އެތަކެއްޗަކީ އޭނާ ސުވަރުގެއަށް ގެންގޮސްދޭނެ އެއްޗެހި ނޫންކަން އޭނާއަށް އެނގުނެވެ. އަހަރެން އަހަރެންގެ އަޚާދެކެ ލޯބިވަމެވެ. އަދި އޭނާއަށް ޖަންނަތު ލިބުން އެދެމެވެ.
13 Comments!
Comments are closed.

Iburaitheri liumeh
v reethi
varah iburaih theri
Varah reethi
eynaage hasada verikan eyna ge ahkaa ah jehuny noon baa
varah reethi vaahaka eh…
wow.. salhi .. dheenee vaahakaeh veema haadha madhu kuhjeh mi vaahaka kiyaafa mi inee..??
Vedhaane thihenves.
v reethi
V reethi
meehaka niumathelibuneema hasadhaveri vumakee v dherakameh.
Ma Shaa Allah,, Vr touching
V nice.rngalhu ibratheh libehja.kudhinn naa ginagina inn namaadh koh quruan kiyavaa allah mathin handhaa kurwy.ekalaan geyah biruvethi vey.e buri dhiyunn othy ekalaan ge ahsratah