Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އައިޝާ 8

Axoo
November 12, 2016
5 Mins Read
60 Views
31 Comments

ހާރޫނު ރުޅުގަދަވެފައި ސޮފިއްޔާ ކޮބާތޯ ސުވާލުކޮށްލުމުން އީޝަލް ކޮޓަރިއާ ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. އަދި ހާރޫނު ބާރު ހިނގުމެއްގައި އެދިމާއަށް ދާންފެށުމުން އީޝަލް އައިޝާއަށް ބަލާލީ ކަމަކާ ޝައްކުވެގެން ބަލާލާފަދަ ގޮތަކަށެވެ. އީޝަލްގެ ޝައްކު ޔަގީނަށް ބަދަލުވެގެން ދިޔައީ އީޝަލްގެ މޫނުފެނި އައިޝާ އިސްޖަހާލި ގޮތުންނެވެ. އީޝަލް ދެފަރާތަށް ބޯހޫރާލަމުން ސޮފިއްޔާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތީ ހިތްހަމަނުޖެހިފައެވެ. ނަމަވެސް ކޮޓަރިއާ ހިސާބަށް ނުދެވެނީސް ހާރޫނު ސޮފިއްޔާ އަތުގައި ހިފާ ދަމަމުން ނިކުންނަތަން ފެނުނެވެ. އޭރު ސޮފިއްޔާ އެހެން ނުހެދުމަށް ހާރޫނުކައިރީ އެދި އާދޭސްކުރަމުން ދިޔައެވެ. މަންމަގެ އެހާލުފެނި އީޝަލް ހިތުގައި ޖެހުނެެވެ. ނަމަވެސް ހާރޫނު ހިފަހައްޓާކަށް އީޝަލް ބޭނުމެއްނޫނެވެ. ސޮފިއްޔާ އެކުރި ކުށުގެ ހައްޤު ސަޒާ ލިބެން ޖެހޭނެއެވެ.  އައިޝާ ދުވެފައި ގޮސް އެހެން ނުހެދުމަށްބުނެ ހާރޫނުގެ އަތް ސޮފިއްޔާގެ އަތާ ވަކި ކުރުވިއެވެ.

” ދަރިފުޅަށް އަދި ތިއުޅެނީ މިހިރަ ނުލަފާ އަންހެނާގެ ގޮތް ނޭނގިގެން.. ދރިފުޅާ ދޭތެރޭ މީނަ ކަންތައް ކުރަމުން ދިޔަ ގޮތް ބައްޕައަށް ވަރަށް ރަނގަޅަށް އެނގޭ” ހާރޫނު ފަހު ޖުމްލައާއި އެކު އެންމެންގެ މޫނުމަތިން ހައިރާން ކަން ފާޅުވިއެވެ. އެހެނީ އެކަންކަމަކީ އެންމެންވެސް ހާރޫނަށް ސިއްރުކޮށްފައިވާ ކަންތައްތަކެވެ.

” އާނ ދަރިފުޅާ.. ބައްޕަ ދަރިފުޅުމެންނާ ކިތަންމެ ދުރުގައި އުޅުނު ކަމުގައިވިޔަސް ބައްޕައައީ ތިކުދިން އުޅޭ ނޫޅޭގޮތް ބަލަމުން.. ބައްޕައަށް ހުރިހާ ވާހަކަތަކެއް ކިޔައިދެމުން ދިޔައީ ސޮފިއްޔާގެ ބޭބެ ސައިފު.. ދަރިފުޅު ކައިރިއަށް އަންނަން ބައްޕަ ކިތަންމެހާވެސް ބޭނުންވި.. ނަމަވެސް ހާލަތު ހުރިގޮތުން ބައްޕައަށް އާދެވޭގޮތެއް ނުވި.. އެންމެ ފަހުން ސައިފު ބައްޕައަށް ދިން ހިޔާލެއްގެ މަތިން ސޮފިއްޔާ ދަރިފުޅު މީހަކާދެވާ ވާހަކަ ބުނުމުން އެއްބަސްވިން.. އެއީ ސޮފިއްޔާގެ ވަކި ތަކުން ދަރިފުޅު ސަލާމަތް ކުރަން  ބައްޕަ ނިންމި ނިންމުމެއް.. އެކަމަކު މި ނުލަފާ އަންހެންމީހާ ނުބައި ރޭވުމުގެ ސަބަބުން ދަރިފުޅު ސަލާމަތްތިވީ ހަމަ ކިރިޔާ.. އެނގޭތަ ކާކު ބުނެގެންކަން ދަރިފުޅުގެ އިއްފަތްތެރިކަން ފޭރިގަންނަން އުޅުނީ” ވާހަކަ ދައްކަމުން ދިޔައިރު ހާރޫނުގެ އަޑު ނިކުންނަނީ ހަމަކިރިޔާއެވެ. ސޮފިއްޔާގެ ނަންގަންނަ ކޮންމެފަހަރަކު ސޮފިއްޔާއާއި ދިމާއަށް ބަލާލެވެނީ ކަޅިއަޅައިގެންފައެވެ.

” އަޅުގަނޑަށް ހުރިހާ އެއްޗެއްވެސް އެނގޭ ބައްޕާ.. އެކަމަކު އަޅުގަނޑު މަންމައަށް މައާފުކޮށްފިން އަޅުގަނޑުގެ ހިތުގައި މަންމައާއި ދޭތެރޭގައި އެއްވެސް ޝަކުވާއެއް ނެތް.. މަންމަ ކުރި ކުށުގެ ސަޒާ މަންމައަށް ދެއްވާނީ އެހެން ފަރާތަކުން..” އައިޝާގެ ވާހަކައިން އީޝަލް ލޯ ކަރުނުން ތެމިފޯވިއިރު ހާރޫނު ހުރީ ހައިރާންވެގެން އަންތަރީސް ވާ ވަރުވެފައެވެ. ފަހަތުގައި މަންޒަރު ބަލަންހުރި އަންހެން މީހާވެސް އައިޝާއަށް ބަލާލީ ހަމްދަރުދީގެ ބެލުމަކުންނެވެ.

” މަންމައާއި ހިލާފަށް އެއްވެސް ކޭސްއެއް ފައިލް ކުރާކަށް ބޭނުމެއްނޫން.. އަޅުގަނޑު މަންމައަށް މާފުކޮށްފިން.. ” ފުލުސްމީހާއާއި ދިމާއަށް އެނބުރެމުން އައިޝާ ބުންޏެވެ.

” އަނިޔާ ލިބުނު މީހާ ކުށްވެރިޔާއަށް މާފުކުރިޔަސް އަޅުގަނޑުމެންނަށް އޭނަ ދޫކޮށްލެވޭކަށް ނެތް.. ސަބަބަކީ އޭނަ އެކުރީ ޖިނާއީ ކުށަކަށްވީމަ.. އޭނަ ޖެހޭނީ އަޅުގަނޑުމެންނާއެކު ދާން” ފުލުސްމީހާ މިހެންބުނެ ބޭރު ތިބި ދެ އަންހެން ފުލުހުންނަށް ގޮވާލިއެވެ.

ފުލުސްމީހާ ދެއްކި ވާހަކައަށް ފަހު އައިޝާ ކަރުއެލުވާލައިގެން ހުރެ ބަލާލީ އީޝަލްއަށެެވެ. އޭރު އީޝަލް އިސް ޖަހާލައިގެން ހުއްެޓެވެ.

” މިހުރިހާ ކަމެއް މިވަނީ ހަމަ ކަލޭގެ ސަބަބުން” ސޮފިއްޔާ ގެ ބާރު އަޑާއެކު އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ސޮފިއްޔާއަށް ބަލާލިއެވެ. އޭރު ސޮފިއްޔާގެ ނަޒަރު ހުއްޓިފައި ހުރީ ހާރޫނަށެވެ.

” އަހަރެން އައިޝާއަށް ހެދިހާ ގޮތެއް ހެދީ ހަމަ ކަލޭގެ ސަބަބުން.. އަހަރެންގެ ހިތުގަ ނަފްރަތުގެ ހުޅުރޯކުރީ ހަމަ ކަލޭ.. އަހަރެން އައިޝާއަށް ހެދި ގޮތެއް ހެދީ ހަމަ ކަލޭއަށް ދެރަކުރަންވެގެން.. ކަލޭ އަހަންނަށް މަޖުބޫރުކުރީ.. އައިޝާއަށް އަނިޔާއެއްދޭ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް ހަމަޖެހުންލިބޭ.. އައިޝާއަށް އަނިޔާއެއް ދިނުމުން އަހަންނަށް ކަލެއަށް އަނިޔާއެއް ދެވޭ ކަހަަލަ..” ސޮފިއްޔާ ދައްކަމުން ދާ ވާހަކައިން ހާރޫނުގެ މޫނުމަތިން މާ ބޮޑު ހައިރާންކަމެއް ނުފެނުނަސް އައިޝާ އަދި އީޝަލްތިބީ ހައިރާންވެ އަންތަރީސްވެފައެވެ.

” މަންމަ ކީކޭތަ ތިކިޔަނީ.. ބައްޕަގެ ކުށަކީ ކޮބައިތަ؟” އައިޝާއަށް ނުހުރެވިގެން އަހާލިއެވެ.

” ކުށަކީ ކޮބައިހޭ.. އެހެރީ ކުށަކީ” ހަޅޭލައްވައިގަންނަމުން ދުރުގައި ހުރި އަންހެންމީހާއާއި ދިމާއަށް ސޮފިއްޔާ އިންގިލި ދިއްކުރިއެވެ. އެންމެންގެ ނަޒަރު އެމީހާއަށް ހުއްޓުނު ވަގުތު ސޮފިއްޔާ ބާރަށް ހިނގާފައި ގޮސް އެމީހާގެ އަތުގައި ހިފިއެވެ. އަދި ދަމަމުން ގެނެސް ހާރޫނާ ދިމާއަށް ހޫރާލިއެވެ. ހާރޫނު އެއަންހެންމީހާ ގައިގާ ނުހިފިނަމަ އޭނާ ވެއްޓުނީހެވެ. އެވަގުތު ހާރޫނު އަޑު ނެތްތާކަށް ސޮފިއްޔާއަށް ގޮވާލިއެވެ. ސޮފިއްޔާ އަނެއްކާވެސް އެއަންހެންމީހާއާއި ދިމާއަށް އަންނަން ފެށުމުން ފުލުހުންގެ ދެ އަންހެނުން އައިސް ސޮފިއްޔާ ހިފގެހެއްޓިއެވެ. އަދި ގޮވައިގެން ދާން މަސައްކަތް ކުރިއެވެ.

” އައިޝާ އެއީ ކަލޭގެ ދެވަނަ ދޮންމަންމަ” ނުދާން ގަދަ ހަދަމުން ސޮފިއްޔާ ބުނި އެއްޗަކުން އައިޝާއަށް ހީވީ ބޯމަތީގައި ބަރު އެއްޗަކުން ޖެހުނު ހެންނެެވެ. ބަލާލެވުނީ އީޝަލްއަށެވެ. އީޝަލްގެ ހާލު އައިޝާއަށްވުރެވެސް ދެރައެވެ. އެއްކޮޅުން ވިހޭ މައިމީހާ ފުލުހުން ގެންދާތަން ބަލަން ކެތްވަނީކީ ނޫނެވެ. އަނެއްކާ މިލިބުނު ހަބަރުން އީޝަލްއަށް ހީވީ މުޅިދުނިޔެ އެނބުރިގަތް ހެންނެވެ. އަނގަމަތީ އަތް އަޅަމުން ދުވެފައިގޮސް ކޮޓަރިއަށް ވަނީ އެތާ ހުންނަން ކެތް ނުވެގެންނެވެ.  ހާރޫނު އީޝަލް ފަހަތުން ދާން އުޅުުމުން އައިޝާ ހާރޫނު ހުއްޓުވިއެވެ. އަދި އިރުކޮޅަކު އީޝަލް އެކަނި ދޫކޮށްލުމަށް އެދުނެވެ. އޭރު ފުލުހުންގެ ވޭނަށް ސޮފިއްޔާ އަރުވައިގެން ގެންގޮއްސިއެވެ.

” ބައްޕަ ކިހިނެއް ތިހެދީ” ހިތްހަމަނުޖެހިފައި ނަމަވެސް އައިޝާ ސުވާލުކޮށްލީ މަޑުމައިތިރިކަމާއެކުގައެވެ. ހާރޫނު ކުށްވެރިއެއް ފަދައިން އިސްޖަހައިގެން ހުރިއިރު އަންހެންމީހާ ހުރީ ލަދުން ހަދާނެ ގޮތް ހުސްވެފައެވެ.

” ދަރިފުޅާ ބައްޕަ ކިޔައިދޭނަން.. އެކަަމަކު އެއީ އީޝަލްވެސް ހުރެގެން.. މިވަގުތަށް ބައްޕަ ބުނެލަން ބޭނުންވަނީ މީ ބައްޕަ މީހަކަށް ހެޔޮކަމެއް ކޮށްދެންވެގެން ކުރިކަމެކޭ..” ހާރޫނަށް ބުނެވުނީ އެހިސާބަށެވެ. އަޑުބެދުނީ ރޮވެން އުޅުމުންނެވެ. ހާރޫނަށް ވެފަހުރިގޮތް ފެނި އަންހެންމީހާއަށްވެސް ރޮވެން ފެނުނެވެ. މިމަންޒަރު އައިޝާއަށް ފެނުނު ވަގުތު އެއަންހެންމީހާއާއި ދޭތެރޭގައި ރަހުމު އުފެދުނެވެ. ވީގޮތެއް ނުބަލާ މީހަކަށް “ޖަޖް” ކުރުމަކީ ރަނގަޅުކަމެއް ނޫންކަން އައިޝާއަށް ވިސްނުނެވެ.

“ކޮންނަމެއްތަ ކިޔަނީ” ހީލަމުން އައިޝާ ސުވާލުކޮށްލުމުން ހާރޫނާއި އަންހެންމީހާ ހައިރާންވެފައި ބަލާލިއެވެ.

” ނީމާ ” ކުރަކި އަޑަކުން އަންހެންމީހާއަށް ބުނެވުނެވެ.

” ދައްތައަށް އަހަރުމެންެގެ ފުރިހަމަ އިހްތިރާމާއި ޤަދަރު ލިބޭނެ.. ތީވެސް ހަމަ އަހަރެންގެ މަންމައެއް ކަމުގައި ދެކިގެން އަހަރެން އުޅޭނީ.. ހިނގާ އަހަރެން ކޮޓަރިއަށް ގެންގޮސްދޭނަން..” ނީމާގެ އަތުގައި ހިފާލަމުން އައިޝާ ނީމާ ގޮވައިގެން ހިނގައިގަތީ އައިޝާގެ ކޮޓަރިއާ ދިމާއަށެވެ. ހާރޫނު އައިޝާއަށް ބަލާލީ ފަޙުރުވެރިވެ ހުރެއެވެ. އައިޝާ ކަހަލަ ރަނގަޅު ދަރިއަކު ލިބުނީތީ ހާރޫނު އުފާކުރެއެވެ.

………………………………………………………………………….

ހުޝާމް ގެއަށް އައިސްވަންއިރު ހުރީ ބޯހާސްވެފައެވެ. ސޮފިއްޔާ ގެންދަންދެން އައިޝާމެން ގޭގައި ދެކެވުނުހާ ހުރިހާ ވާހަކައެއް ހުޝާމްއަށް އަޑުއިވުނެވެ. މިއަދާ ހަމައަށް އައިޝާ އުޅެން ޖެހުނު ހާލު ހިތަށް އެރުމާއެކު ވޭނީ އާހެއް އަނގައިން ބޭރުކޮށްލެވުނެވެ. ހިނގައި ދިޔަ ކަންތައްގަނޑަށް ފަހު އައިޝާ ހުޝާމްގެ މީހަކަށް ހަދަން ކުރިއަށްވުރެވެސް ބޮޑަށް ހުޝާމް ބޭނުންވެއެވެ.

” އަންނަން އެނގިއްޖެ ދޯ” ކޮޓަރިއަށް ވަދެ ވަދެ ހުރި ހުޝާމް ހުއްޓުން އެރީ ހަބީބާގެ ހަރު އަޑުންނެވެ.

” ސޮރީ މަންމާ.. މަންމައާއި އެކު ނުދެވުނީމަ.. ކޮބާ ބައްޕަ” ގޭތެރެ ހޯދާލަމުން ހުޝާމް ސުވާލުކޮށްލިއެވެ.

” ބައްޕަ އެބައިން ކޮޓަރީގަ ހުޝާމްގެ އިންތިޒާރުގަ.. މިހާރަކަށް އައިސް ހުޝާމް މަންމައަށް ވަގުތެއް ނުދޭ.. މުޅިންވެސް އުޅެނީ އެހެން ކަންކަމުގަ”  ހަބީބާ ހަރަމްބަނދެލަމުން ތުއި ގޮތަކަށް ޝަކުވާކޮށްލިއެވެ.

” މަންމައަށް ވަގުތުދޭން އަހަރެން މިގެއަށް ކުއްޖަކު ގެންނަންތަ.. އޭރަށް މަންމަ ފޫއްސެއްނުވާނެ.. ” ހަބީބާގެ މޫނުގެ ދެފަރާތުގައި ހިފާލަމުން ހުޝާމް ބުނިއެއްޗަކުން ހުރިހާ ދަތްތަކެއް ފެންނަވަރަށް ހަބީބާއަށް ހީލެވުނެވެ. ހަބީބާ ހީކުރީ ހުޝާމް ލޫޝާގެ ވާހަކަދައްކަނީ ކަމަށެވެ.

” ހަމަ ރަނގަޅަށްތަ ދަރިފުޅާ.. މަންމަ ވަރަށް އުފާވެއްޖެ.. މިދަނީ ބައްޕަކައިރީ ތިވާހަކަ ބުނަން..” ހަބީބާ ފޮނިގޮތަކަށް ބުނަމުން ކޮޓަރިއާ ދިމާއަށް ހިނގައިގަތެެވެ. ނަމަވެސް ހުޝާމް ހަބީބާ ހުއްޓުވީ ހުޝާމް އަމިއްލައަށް ސާމީ ކައިރީގައި އެވާހަކަ ބުނަން ބޭނުންވާ ކަމަށް ބުނެއެވެ.

…………………………………………………………………………..

އަސުރު ނަމާދުކޮށްލައިގެން އައިޝާ އީޝަލްގެ ކޮޓަރިއަށް ވަނީ އީޝަލްގެ ހާލު ބަލާލުމަށްޓަކައެވެ. އޭރު އެނދުމަތީގައި އިށީނދެލައިގެން ހެނދުނާއި ހަވީރުގެ ޒިކުރުކިޔަން އީޝަލް އިނެވެ. އައިޝާ އީޝަލް ކައިރީގައި އިށީނދެލީ އީޝަލް ޒިކުރުކިޔާ ނިމެންދެނެވެ.

” ކިހިނެއްވީ ދޮން..” ފޯނުން ހެނދުނާއި ހަވީރުގެ ޒިކުރު އެޕްލިކޭޝަން ކްލޯޒް ކޮށްލަމުން އީޝަލް އަހާލިއެވެ.

” ރުޅިތަ…” އީޝަލްއިން ވައްތަރުން އައިޝާ އަހާލިއެވެ.

” އަހަރެން ދޮން ދެކެ ރުޅިއެއް ނާދޭ.. އަހަރެން ހިތްހަމަނުޖެހިފަ މީނދީ އަހަރެންގެ އަމިއްލަ މައިންބަފައިން ދެކެ..” އީޝާލް މިހެން ބުނުމުން އައިޝާ އީޝަލް ގައިގާ ބައްދާލީ އީޝަލްގެ ކުރާ ހިތާމަތަކަށް ލުޔެއް ހޯދައިދިނުމުގެ މަޤްސަދުގައެވެ.

” ދޮންތަގެ ލޯބި ލޯބި އީޝޫ.. ދޮން ދައްކާ ވާހަކަ ވަރަށް ރަނގަޅަށް އަޑު އަހައްޗެ.. އެއްވެސް މީހަކީ ހުރިހާ ގޮތަކުން ފުރިހަމަ މީހެއް ނޫން.. ކޮންމެ އިންސާނެއްގައިގަވެސް ކޮންމެވެސް ކަހަލަ އުނިކަމެއް ވާނެ.. މަންމަކުރި ކަމެއް ކުރީ މަންމަގެ ހިތުގައި ރޯވެފައިވާ ނަފްރަތުގެ ހުޅުކޮޅެއްގެ ބޮޑުކަމުން.. އެއީ މަންމަ އަމިއްލައަށް ކުރިކަމެއް ނޫން.. މަންމަގެ ބޮލަށް ސަވާރުވެފައިވާ ރުޅި މަންމަލައްވާ އެކަން ކުރުވީ.. މަންމައަށް ކުރެވުނު ކުށަކީ ދީނީ ކަންކަމަށް ފަރުވާކުޑަ ކުރެވުން.. އޭގެ ސަބަބުން މަންމަގެ އީމާންތެރިކަން ކުޑަވެގެން ދިޔައީ.. އީމަންތެރިކަމެއް ނެތް އިންސާނާގެ ބޮލަށް ސަވާރުވުމަކީ ޝައިތާނާއަށް އެއްވެސް އުދަގޫ ކަމެއްނޫން..

ދެން ހުރީ ބައްޕަ.. ބައްޕަ ނީމަދައްތަ އާ ކައިވެނިކުރުމުގެ ފަހަތުގައިވެސް ކޮންމެވެސް ސަބަބެއް ވާނެ.. ބައްޕައަށް ކަންހިނގައިދިޔަގޮތް އޮޅުންފިލުވައި ދިނުމުގެ ފުރުސަތު ލިބެންޖެހޭނެ.. އެފުރުސަތު ނުދީ ބައްޕައާ ދޭތެރޭގަ ގޮތްގޮތަށް ހީކުރެވުމަކީ ވަރަށް ބޮޑު ގޯހެއް… ” އައިޝާ ކިޔާ ނިމުުނުއިރު އީޝަލްއަށް ރޮވިއްޖެއެވެ. އައިޝާގެ ކޮނޑުމަތީގައި ބޯއަޅައިގެން އޮވެ ރޮމުންދިޔައީ ކުޑަކުއްޖެއް ފަދައިންނެވެ.

” އީޝޫ.. ދުނިޔެ އަބަދު އެއްގޮތަކަށް ނޯންނާނެ.. އަނދިރިގަނޑަކަށް ފަހު އަލިކަމެއް ވާނެ.. ކޮންމެ އަޑިގަނޑަކަށްފަހު އުސްގަނޑެއްވެސް ވާނެ.. އަހަރުމެން ހީވެސް ނުކުރާގޮޮތްތައް ކަންތައް ބަދަލުކުރާ ފަރާތެއްވޭ.. އެހެންވީމާ އަހަރުމެންނަށް އޮތީ ކެތްތެރިވުން.. އަަދި މަޑުމޮޅިހިތަކާއެކު އެފަރާތަށް ދުއާ ދެންނެވުން” މިގޮތަށް އެތައް އިރެއްވަންދެން އައިޝާ އީޝަލްއަށް ވިސްނަދޭން އިނެވެ.

…………………………………………………………………………

ހުޝާމް ފެންވަރައިގެން ކޮަޓަރިން ނިކުތްއިރު ހުޝާމް ފިޔަަވައި އެހެން އެންމެން ހަވީރުގެ ސަޔަށް އިންސާފުކުރަން ތިއްބެވެ. އައިޝާއާއި ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނަން މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނޭ ހިތަށް އެރުމާއެކު އަވަސްއަވަހަށް އެންމެންނާއެކީ ސައިބޯން ބައިވެރިވިއެވެ.

” ބައްޕައައި ފަހުން އަދި މިފެނުނީ ދަރިފުޅު.. ކޮންތާކު ތިއުޅެނީ ފެނިވެސް ނުލާ..” ސާމީ ސައިތަށިން ކޯވަރެއް ބޯލަމުން ކުރިމަތީގައި ހުރި ތަށިން ގުޅައެއްނަގާ އަނގައަށްލިއެެވެ.

” މިއަދު ކުޑަކަމެއްގަ ވަރަށް ބިޒީކޮށް އުޅުނީ.. ބައްޕާ އަޅުގަނޑު ބޭނުން މުހިންމު ވާހަކައެއް ދައްކަން” ހަބީބާއަށް ބަލާލަމުން ހުޝާމް ބުންޏެވެ.

” ޔަގީން ކޮންމެވެސް ފަތުވާއެއް ދޭން އެއުޅެނީ” ހައިފާ ސިއްރުން ހިބާ ކައިރީ އެހެން ބުނިވަގުތު ދެމީހުން އެއްކޮށް ހޭންފެށިއެވެ. ނަމަވެސް މާގިނައިރެއްނުވެ އެކަން ހުއްޓުނީ ނުރުހިފާ ސާމީ ބަލާލުމުންނެވެ.

” ބައްޕާ.. މިހާރު އަޅުގަނޑުވެސް މިހުރީ ބޮޑުވެފަ.. މަންމަވެސް ގޭގައި ވަރަށް ފޫހިވާތީ އުޅެނީ.. އެހެންވެ އަޅުގަނޑު އެބަވިސްނަން… މިގެއަށް… ކުއްޖަކު ގެންނަން” އިސްޖަހައިގެން އިނދެ ހުޝާމް ވާހަކަ ދެއްކިއެވެ.

” އަލްހަމްދުލިﷲ.. ވަރަށް އުފާވެރި ހަބަރެއް.. އަނެއްކާ އެއީ ކޮންކުއްޖެއް؟” ހާރޫނު ސުވާލުކޮށްލިއެވެ.

” އެއީ ޖެހިގެން ހުރިގޭ ހާރޫނުބެގެ އައިޝާ” ހުޝާމްގެ ޖުމްލައިން ހެވިފައި އިން ހަބީބާގެ މޫނުމަތީގެ ކުލަ އޮއްސުނެވެ. އަނގައަށް ލާން ނެގި ގުޅަ ތަށިތެރެއަށް ވެއްޓުނެވެ. ނިތްކުރިއަށް ރޫގިނަވެގެން ދިޔައީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ.

-ނުނިމޭ-

33
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Axoo

Other Articles

Previous

މިހިތުގެ ފަސާނާ 23

Next

މަންމަ އަށްޓަކައި…

Next
November 12, 2016

މަންމަ އަށްޓަކައި…

Previews
November 12, 2016

މިހިތުގެ ފަސާނާ 23

31 Comments

  1. hayyu says:
    November 12, 2016 at 5:49 pm

    alhamdulillah miothy 8vana baives up kurevifa.. mifaharuves maa lahun dhw up mi kurevuny.. kyhkuraany hayyu ah vaa varu mee hama.. 😉 in sha allah kuriah oithaanga balaanan miah vure avahah up kohdheveytho..
    so about story kihineh hywany.. eeshal haroonah maafu kuraanetha.. kiyaalaafa hurihaakudhinves comment kohlahche..:) 🙂 :*

  2. ?aishath? says:
    November 12, 2016 at 6:13 pm

    yaa. heevey eeshal maaf kuraanehen.. vvvv nice mi part vx masha allah.. bt adhivx hama kuryyy.. next part miyah vure dhigukohladhehcey ingey hayyu.. pleeeexx.. nd pleex upload soon. ? waiting…. mihaar hama kehmadhu vefa mihury next part kiyaalaa hithun.. ?

    1. hayyu says:
      November 12, 2016 at 8:50 pm

      jazakallah khairan aishath in sha allah miahvureves dhigukureveytho balaanan 🙂

  3. Saaamaaaa says:
    November 12, 2016 at 7:02 pm

    Wow…… v salhi……..hyvany eeshal maafukuraanehen…..
    Next part avahah dhigokoh geneadhechheeyyy…..

    1. hayyu says:
      November 12, 2016 at 8:53 pm

      jazakallah khairan aishath saaamaaaa

  4. Rafa says:
    November 12, 2016 at 7:29 pm

    heyonuvaane upload FAST plxxxxxxxx varah reethi mi part…plxxxxx upload fast..

    1. hayyu says:
      November 12, 2016 at 8:54 pm

      jazakallah khairan aishath rafa in sha allah v avahah upload kureveytho balaanan

  5. rosy says:
    November 12, 2016 at 7:37 pm

    VVVVV REETHI

    1. hayyu says:
      November 12, 2016 at 8:55 pm

      jazakallah khairan rosy

  6. Saadha Abdhulatheef says:
    November 12, 2016 at 7:57 pm

    V.ibray theri vaahaka eh v v v reetthi

    1. hayyu says:
      November 12, 2016 at 8:56 pm

      jazakallah khairan saadha abdhulatheef 🙂

  7. Anonymous says:
    November 12, 2016 at 8:42 pm

    v v v reethi.. mi vaahakayah inthizaaru kureveny.. keep it up

    1. hayyu says:
      November 12, 2016 at 8:56 pm

      jazakallah khairan 🙂

  8. Naanu says:
    November 12, 2016 at 8:45 pm

    MAsha Allah
    Vrah reethi
    Hyvany eeshal maaf kurane
    Eeeshal ah mihaaru heyo visnun libijje?

    1. hayyu says:
      November 12, 2016 at 8:57 pm

      jazakallah khair Naanu

  9. ~minty~ says:
    November 12, 2016 at 9:20 pm

    Mee ey sslu kiyan beynun vaa kahala vrhaka aky….i luurrrvvv Thi story ?….waiting…

    1. hayyu says:
      November 12, 2016 at 9:24 pm

      awwwnnnn.. jazakallah khairan minty :* 🙂

  10. Azu says:
    November 12, 2016 at 11:56 pm

    Vaahaka hama 1 vana…..eshal maafukuraane yey azu ge hiy bunanee….ekam hithah aranee husham ge bappa gaboolu vaane vaa ey aisha yaa husham kaiveni kuran……aneh baige inthizaaruha hureemeve….shukuriyya

    1. hayyu says:
      November 13, 2016 at 8:20 pm

      dhen balamaa hingaa husham ge bappa gabool veytho.. hehe.. jazakallah khairan Azu..

    2. Amath says:
      November 13, 2016 at 8:49 pm

      Aslu name aky amathullah, kurukoh amath kiyany. Jazzakallah khair hayyu

    3. hayyu says:
      November 13, 2016 at 9:07 pm

      baarakallah feeki Amath 🙂

  11. Khajja says:
    November 13, 2016 at 12:21 am

    Wow this stry is great aslu mikahala dhyny bai bodah himanaigen vaahakathan liyanvy mikahala dhyny vaahakathah bodah liyuntherin genesdhenvy mikahala mujuthama egga mikala stry thakun iburaiyhaasil kurumuge furusathu kiyun therinnah hoadha dheyn v thank u so much HAYYU n stry v v v rythi v interesting

    1. hayyu says:
      November 13, 2016 at 8:22 pm

      ummeedhu kuran hama gina kiyuntherin mi vaahaka kiyaafa ibraiy libigannaane kamah. jazakallah khair khajja

  12. Amath says:
    November 13, 2016 at 12:24 am

    Wwooow v reethi. Eeshal maaf kuraane ey hiy bunany. Avaha upload kohlachey

    1. hayyu says:
      November 13, 2016 at 8:24 pm

      In sha Allah balaanan avahah up kureveytho.. jazakallah khairan Amath.. masha Allah v nice name eh Amath aky.. <3

  13. Keiymadhu says:
    November 14, 2016 at 9:33 pm

    Hayyu nxt prt thankolheh avas kollabala mi stry dailykoh kiyan libeyne nama dhw v kiyaa hithun kiyaa stry eh miee v interesting stry eh plx avahah up kolladhybala plx

  14. ukhthi says:
    November 15, 2016 at 5:19 pm

    Masha Allah…best storyever :D……JAZAKILLAHU KHAIRAN for the story……just waiting for next part..

  15. alma.. says:
    November 16, 2016 at 7:08 pm

    eeshal maaf kuraane hen hiyvaniy n it was awsome…
    waiting for the next part.. 🙂

  16. Anonymous says:
    November 17, 2016 at 11:42 am

    kobaa update avs kohdeebala
    inthizaaruga mihunnany

  17. Anonymous says:
    August 31, 2017 at 10:49 am

    MashaAllah, a nice part as usual. keep up the good work!! ????

  18. mal-mal says:
    August 31, 2017 at 11:47 am

    MashaAllah, mi part ves varah reeethi!!

Comments are closed.

All Right Reserved!