“މީ… މީ ކޮން… އެއްޗެއް؟” ރިޔާޝާ ހުއްޓަހުއްޓާފައި އަހާލިއެވެ. “ތީ ދަރިފުޅުގެ ޙައްޤެއް. ތީ ދަރިފުޅުގެ ގޭގެ ރެޖިސްޓްރީ ބައްޕަގެ ނަން މައްޗަށް ބަދަލުކުރިކަމުގެ ލިޔުން. އަދި އަލުން އަނބުރާ ދަރިފުޅުގެ ނަމަށް ބަދަލުކުރާކަމުގެ ލިޔުން.” އިމާދު އެހެން ބުނެލުމުން ރިޔާޝާއަށް ހައިރާންކަމާއެކު އިމާދަށް ބަލާލެވުނެވެ. “އެކަމަކު ކިހިނެއް؟ އެގެ ވަނީ ބައްޕަ އަހަރެންގެ ނަމަށް…” “އާނ. ދަރިފުޅަކަށް އެކައްޗެއްވެސް ނޭނގޭ. ދަރިފުޅަށް ތަނެއްދޮރެއް ނޭނގި ދަރިފުޅުގެ މަންމަ ވަނީ އޭނަގެ ނަމަށް މުޅި ގެ ބަދަލުކޮށްފައި. […]
“ލޯބިވާތީ.” “ތިލޯބި ކޮންމެވެސް އެހެން މީހަކަށް ދައްކާ. އަހަރެންގެ ލޯތްބެއް ދުވަހަކުވެސް އަޔާޒަކަށް ނުލިބޭނެ. ކުރިން އަހަރެން ހީކުރީ އަހަރެންނަށް އަޔާޒްދެކެ ވެވުނީ ލޯބިކަމަށް. އެކަމަކު މިހާރު އެނގިއްޖެ އެއީ އަދި ލޯތްބެއް ނޫންކަން. އަހަރެން ލޯބިވަނީ ހަމައެކަނި ފަޔާޒްދެކެ. އަދި އަހަރެންދެކެ ލޯބިވަނީވެސް ހަމައެކަނި ފަޔާޒް.” ރިޔާޝާ ބުނެލިއެވެ. “ރިޔާޝާ ލޯބިވަނީ އަހަރެންދެކެ. އަދި އަބަދުވެސް ލޯބިވެވޭނީ އަހަރެންދެކެ. އެއީ ރިޔާޝާއަށް ޙަޤީޤީ ލޯބިވެވުނީ އަހަރެންދެކެ ކަމަށްވާތީ.” އަޔާޒް ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ. “ތީ ކުށްހީއެއް. […]
“ދެން ޢައިޝާ އަދިވެސް މެރީ ނުކުރަންތަ؟ ކީއްވެތަ ތިހެން ހުސްކޮށް ތިހުންނަނީ؟” ޝިފާން މަޢުޟޫ ބަދަލުކޮށްލިއެވެ. “ލޯބިވާ މީހާ ނުލިބުނީމަ.” ޢައިޝާ ވަރަށް ކުރުކޮށް ޖަވާބުދިނެވެ. “އެހެންތަ؟ އެއީ އަނެއްކާ ކާކު؟” ޝިފާން އެހެން ބުނެލުމުން ޢައިޝާ ވިސްނާލިއެވެ. “އެއީ ޝިފާންއަށްވެސް އިނގޭނެ އޭނަ. އެއީ އަޔާޒް. އޭނަ ރިޔާދެކެ ލޯބިވާ ވާހަކަ ބުނީމަ އަހަރެން އޭނައަށް އެކަން ނޭންގީވެސް. އެހެންވެ އަހަރެންނަށް އެދުވަސްކޮޅު ރިޔާއާ ދުރުވެސް ވެވުނު. އަޔާޒްދެކެ އަހަރެން އަބަދުވެސް ލޯބިވިން. އެކަމު ދެންމެ […]
ފަޔާޒްގެ ހިތުގައިވެސް އެފަދަ ޝުޢޫރުތަކެއް ހިނގަމުން ދިޔައެވެ. އަޔާޒް އެގެއަށް ގެންދިޔުމުން ކަންތައް ވާނީ ކިހިނެއްބާވައެވެ. ރިޔާޝާގެ ހިތް އަޔާޒަށް އެނބުރޭނީބާވައެވެ. ނަމަވެސް މަންމަ އެކަމަށް އެދެފިނަމަ މަންމައަށްޓަކައި އޭނާ އެކަންވެސް ކުރާނެއެވެ. އަނެއްކޮޅުން އޭނާ ރިޔާޝާއަށް ވީ ވަޢުދުވެސް އޭނާ ފުއްދައިދޭނެއެވެ. ރިޔާޝާ ބޭނުންވެއްޖެނަމަ އޭނާ ރިޔާޝާ ދޫކޮށްލައިދޭނެއެވެ. ރިޔާޝާގެ އުފަލަށްޓަކައެވެ. އޭނާގެ ފުރިހަމަނުވެ އޮތް ޢާއިލާގެ ޙައްޤޫގައެވެ. އެއާއިލާގެ އުފާވެރިކަމަށްޓަކައި އޭނާގެ ލޯބި ޤުރުބާންކުރަންވެސް އޭނާ އެހުރީ ތައްޔާރަށެވެ. އެވެސް އެއްމާބަނޑު ކޮއްކޮއަށެވެ. ކާރު […]
“ކޮބާ އެމީހުން..ނާދޭތަ އަދިވެސް..؟” ޝަމާންގެ ހިތް ބޭޣަރާރުވަމުން ދިޔައީ އެހިތުގެ ރާނީ ދެކިލުމަށެވެ. ހަމައެވަގުތު ލޯންޗް ތެރެއަށް ވަތް ސޫރަ ފެނުމާއެކު ޝާމާންއަށް ކަޅިޖަހާނުލާ ބަލަން އިނދެވުނެވެ. ސިމާ ދައްކަމުން ދިޔަ ވާހަކަ ޝަމާން އަށް އަޑެއް ނީވެއެވެ. ވަށައިގެން ތިބި މީހުންވެސް ނުފެނެވެ. ފެންނަނީ މިކްޔާ އެކަންޏެވެ. ވަށައިގެންވި މާހައުލުވެސް ހުއްޓިފައި ވަނީ ޝަމާން އަށް ވަގުތު ދިނުމަށެވެ. ޝަމާން އަށް ބޭއިޙްތިޔާރުގައި ކޮޅަށް ތެދުވުނެވެ. “ކޮންތާކަށް ތި ދަނީ؟ މިހާރު ލޯންޗް ނައްޓާލަނީއޭ..”ޝަމާންގެ އަތުގައި […]
ދަންވަރުގެ ހަމަހިމޭން ވަގުތެވެ.ނަމަވެސް އެހަމަހިމޭންކަން މިރޭ ނަގާލާފައިވަނީ ފޭރުގަސްދޮށުގެއިން އިވެމުންދިޔަ ވޭނީ ރުއިމުގެ އަޑުންނެވެ.ކައިރި އަވަށްޓެރިންނާއި ގާތްތިމާގެ މީހުންނާއިގެން އޭރުވެސް އެގޭދޮށްްވަނީ ތޮއްޖެހިފައެވެ.އެހެން ނުވާންވީވެސް ކީއްވެހެއްޔެވެ؟ އެގޭ ހަދީޖާ އޭނާގެ ދެވަނަ ދަރިފުޅު ވިހެއުމަށްފަހު ނިޔާވީއެވެ.އެެއީ ވިހެއުމަށްފަހު ގިނައަދަދަކަށް ހަށިގަނޑުން ލޭފޭބުމުގެ ސަބަބުންކަމަށް ފޫޅުމައިން ބުނަމުންދިޔައެވެ.ހަދީޖާއަށް އޭނާ ވިހޭ ތުއްތުތުއްތު ފިރެހެން ދަރިފުޅު އުރާލާ ލޯބިކޮށްލަންވެސް ފުރުސަތެއް ނުލިބުނެވެ. ގާތްތިމާގެ މީހުންނާއި އަވަށްޓެރިން ރޮއެ ހޭރޭއިރު ހަދީޖާގެ ފިރި ހަސަނުއިނީ ހުއްޓުން އަރާފައެވެ. އަށިގަނޑުމައްޗަށް އެއްފައިނަގައިގެން ކަކުލުގައި […]
“ތިހިރީ ވަރިކޮށްފަ. އެހެރީ ދޮރު. ހަމަ މިހާރު ނުކުމެގެން ދާންއުޅޭ.” އިމާދު ހަމަޖެހިލާފައި ދޮރާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން އެހެން ބުނެލުމުން އަމީނާއަށް ސިހުން ލިބުނެވެ. “ކީކޭ؟” އަމީނާއަށް އިވުނު ބަސް ޤަބޫލު ނުކުރެވިގެން އަހާލެވުނެވެ. “އާނ. އަމީނާ ބޭނުންވާ ގޮތަށް ތިހުރީ ވަރިކޮށްދީފައި. ދެން ދާންއުޅޭ މިގެއިން.” އިމާދު ހަޅޭއްލަވައިގަތުމުން އަމީނާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިއެވެ. އިރުކޮޅަކު ހިމޭނުން ހުރެފައި ކުއްލިއަކަށް އައިސް އިމާދުގެ ގަމީހުގައި ހިފައިގަތެވެ. “ކަލޭ ލަދެއް ނުގަނޭތަ؟ ކަލޭ ހީކުރީ […]
މިއީ ޙަޤީގީ ވާހަކައެކެވެ. މީގައި ވަނީ އަސްލު ނަން ތަކެއް ނޫނެވެ..މި ވާހަކަ ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ . ފެންޑާގައި ހުރި ޖޯލިފަތީގައި ޒަހްރާ އޮށޯތީ މުޅިދުވާލު ހަތަރުދަމު ވެފައި ހުރި ވަރުބަލިކަން ފިލުވާލުމަށެވެ.އެއިރު މަގުވަށާފާރުން ބޭރުގައި ހުރި ބޮކިދަނޑީގައި ހަރުކޮށްފައި ހުރި ޓިއުބުލައިޓުން ދެމުން ދިޔަ ވަރުގަދަ އަލީގެ ތެރެއިން ހިމަތުނި ވާރޭގެ ކަނިތައް ފެންނަމުން ދިޔައެވެ. މަޑުމަޑު ވައިރޯޅިވެސް ޖެހެމުން ދިޔައެވެ. އެ ވައިރޯޅިތައް ޒަހްރާގެ މާޒީގެ އެންމެ ހިތްދަތި ސޮފްޙާ ތައް ހުޅުވާލަދިން […]
“މީ… މީ އަހަރެން އަހަން އުޅުނީ… މީ…” ފަޔާޒް އެވާހަކަ އަހަން ޖެހިލުންވިއެވެ. “ދަރިފުޅު ކޮން ވާހަކައެއް ދައްކަންތަ ނުކެރިގެން ތިއުޅެނީ؟ ބުނެބަލަ. ބުނީމައެއްނު މަންމައަށް އެނގޭނީ.” ރަތީބާ އެހެން ބުނެލުމުން ރިޔާޝާ ފަޔާޒްގެ އަތުގައި ހިފާ ފިއްތާލިއެވެ. އެކަމުން ފަޔާޒަށް އިތުރު ހިތްވަރެއް ލިބުނެވެ. ފަޔާޒް ސީދާ ރަތީބާގެ މޫނަށް ބަލަން އިނދެފައި އަހާލިއެވެ. “މަންމަމެންނަށް އަހަރެން ނޫން އިތުރު ދަރިއަކު ނުލިބޭތަ؟” ކުއްލިއަކަށް ފަޔާޒް ކޮށްލި ސުވާލުން ރަތީބާއަށް ލިބުނީ ކުއްލި ސިހުމެކެވެ. މީގެ […]