Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީލޯބި

މިހިތުގެ ފަސާނާ 24

ShaiShy Level 410 Stories100 Comments500 Comments
November 13, 2016 5 Mins Read
27 Comments

“ކޮބާ އެމީހުން..ނާދޭތަ އަދިވެސް..؟” ޝަމާންގެ ހިތް ބޭޣަރާރުވަމުން ދިޔައީ އެހިތުގެ ރާނީ ދެކިލުމަށެވެ. ހަމައެވަގުތު ލޯންޗް ތެރެއަށް ވަތް ސޫރަ ފެނުމާއެކު ޝާމާންއަށް ކަޅިޖަހާނުލާ ބަލަން އިނދެވުނެވެ. ސިމާ ދައްކަމުން ދިޔަ ވާހަކަ ޝަމާން އަށް އަޑެއް ނީވެއެވެ. ވަށައިގެން ތިބި މީހުންވެސް ނުފެނެވެ. ފެންނަނީ މިކްޔާ އެކަންޏެވެ. ވަށައިގެންވި މާހައުލުވެސް ހުއްޓިފައި ވަނީ ޝަމާން އަށް ވަގުތު ދިނުމަށެވެ. ޝަމާން އަށް ބޭއިޙްތިޔާރުގައި ކޮޅަށް ތެދުވުނެވެ.
“ކޮންތާކަށް ތި ދަނީ؟ މިހާރު ލޯންޗް ނައްޓާލަނީއޭ..”ޝަމާންގެ އަތުގައި ހިފަމުން ސީމާ ވާހަކަދެއްކިއެވެ. ޝަމާން އަށް ސިހުންލިބި ވަށައިގެން ބަލާލެވުނީ މިކްޔާ ފެނޭތޯއެވެ. ކުރީބަރީގައި އިން ޝީޓަކު އިށީނދެއިން މިކްޔާ ފެނި އެހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

“މިކްޔާ އަހަރެން މިކްޔާއަށް އިންތިޒާރު ކުރާތާ ކޮންދުވަހެއް؟ މިކްޔާ ކޮންމެ ފަދަ ހާލެއްގައި އިނަސް އަހަރެން އަބަދުވެސް ލޯބިވާނަން..މި ލޯޓްބަށް ކުޑަނަމަވެސް ބަދަލެއް ނާދޭ… އަށްއަހަރު މިވީ މިގޮތުގައި އަހަރެން މިހުންނަނީ ހަމައެކަނި ތިލޯބީގެ އިންތިޒާރުގައި…މިކްޔާ ނޫން އަންހެން ކުއްޖަކާ ދިމާއަށް ދުވަހަކުވެސް ލޯބީގެ ނަޒަރަކުން އަހަރެން ބަލާވެސް ނުލަން…މިވީ އަށްއަހަރު އަހަރެންނަށްވެސް ވަނީ އެތައް ހުށައެޅުމެއް ލިބިފައި އެކަމަކު މިހިތުގައި ރަސްކަން ކުރަމުންދާ މަލިކާ ނޫން ދެވަނަ މީހަކަށް މިހިތުން ޖާގައެއް ލިބިފައި ނުވޭ..އިންސާނަކަށް ކެތްކުރެވޭނެ އެންމެ މައްޗަކަށް އަހަރެން ކެތް ކުރާނަން..ތި ލޯތްބަށް އެދި ސަލާން ޖަހަން ޖެހުނަސް އަހަރެން އެކަންވެސް ކޮށްފާނަން…ތި ލޯބި ނޫން އެހެން އެއްޗެއް އަހަރެން ނޭދެން..އަހަރެން އަބަދުވެސް މިހާރުވެސް އަދި ކުރިއަށް އޮތްތާނގައިވެސް ލޯބިވާނީ ހަމަ މިކްޔާދެކެ..” އައުފް ގެ ހިތުގެ ގޮވުންތަށް މިކްޔާ އަށް އަޑު އިވޭނެ ނަމައެވެ. އެންމެ ފަހަރަކުވެސް އެދުލުން ލޯބިވާ ވާހަކަ ބުނެލާނެނަމައެވެ. ޝަމާންގެ ހިތުގެ ދުޢާ އަކީ މިކްޔާގެ ލޯބި އޭނގެ ނަސީބުގައި ލެއްވުމެވެ.

“ޝަމާން އަށް އަހަރެންގެ ލޮލުން ލޯބި ނުފެންނަނީ ހެއްޔެވެ؟ ފެނުނަސް ނުފެންނަ ކަމަށް ހެދެނީހެއްޔެވެ؟ އަހަރެން މިވާ ލޯބީގެ އެއްވެސް އަގެއް ނެތީ ހެއްޔެވެ؟ މީކޮންކަހަލަ ދުނިޔެއެއް ހެއްޔެވެ؟ ލޯބިވާ މީހުން އެކަކު އަނެކަކާ ދުރު ކުރަނީ ކީއްވެހެއްޔެވެ؟ ޝަމާން ނޫން އިތުރު މީހެއްދެކެ އަހަރެން ލޯތްބެއް ނުވަމެވެ… ނަމަވެސް އަހަރެންގެ ލޯތްބަށް ލިބެނީ ނާކާމިޔާބީއެވެ… އެހެން ނޫންނަމަ މިދެދޮލުން ޝަމާން އަށް އެދޭވަރު ފެންނާނެއެވެ… ތި ދުލުން އަހަރެންދެކެ ލޯބިވާ ވާހަކަ ބުނާ އަޑު އެހުމަށް މިހިތް ރޮމުންދާތާ ކިތައްމެ ދުވަހެއްވެއްޖެއެވެ… އަހަރެންގެ ދުޢާ އަކީ ތި ލޯބި ނަސީބުގައި ލެއްވުމަށެވެ..” ސީމާގެ ދެލޮލުން ވެއްޓެން ތައްޔާރުވި ކަރުނަތި އެތެރެއަށް ހިންދާލަމުން މޫނުމައްޗައް މަސްނޫއީ ހިނިތުންވުމެއް ގެނުވިއެވެ.

ލޯންޗް އޭގެ މަންޒިލަށް ވާސިލް ވުމާއެކު މީހުންތައް ފެބިއެވެ. ސޮފިއްޔާ އާއި މިކްޔާ އެންމެ ކުރިން ފައިބައިގެން ގޮސް ބީޗްގައި ހުރި ރުކެއްކައިރީގައި މަޑުކޮށްލިއެވެ. ދެމީހުންގެ އަތުގައި ދެ ކުރުނާބާ އޮތެވެ. ލޯންޗުން ފޭބި ވަގުތު މަރުހަބާކިޔަން އައިސް ތިބި ކުދިން ދިން އެކުރުނބާ ހިފައިގެން ދެމީހުންވެސް ބޭނުންވީ ހިޔާ ލިބޭތަނެއްގައި މަޑު ކޮށްލުމަށެވެ.

އައުފާއި މައިކަލްގެ ފަހަތުން އެލޯންޗުން ފޭބި މީހެއް ފެނި މިކްޔާގެ ހިއްސުތައް ގަނޑުވިއެވެ. ކުރުކޮށް ކޮށާލެވިފައިވާ އެކަޅުކަންގަދަ އިސްތަށިގަނޑުން އެމޫނުމަތި ވަނީ ފުރިހަމަވެފައިއެވެ. ތުނިކޮށް ބަހައްޓާފައިވާ ތުބުޅިން ޒުވާންކަން އިތުރުވެފައި ވީހެން ހީވެއެވެ. އަތް ދިގު ހުދުކުލައިގެ ގަމީހަކާ ޑެނިމް ޖީންސުގައި ހުރި އިރު އެކަސްރަތީހަށިގަނޑަށް އެތައް އަންހެން ކުދިންނެއް ފިދާވާނެކަން ގައިމެވެ. ރޭބަން އަވި އައިނުން އެސިހުރުވެރި ދެލޯ ފޮރުވާލީ އޭގެ ޖާދޫގައި ޖެހެމުންދާ އަންހެން ކުދިންތައް ފެނިފައި ކަމެއް ނޭނގެއެވެ.

ލޯންޗުން ފައިބައިގެން ތިންމީހުންވެސް މިސްރާބުޖެހީ މިކްޔާމެން ތިބި ރުކާ ދިމާއަށެވެ. ފަހަތުން ސީމާ އައީ އެ ރިޒޯޓުގައި މަސައްކަތް ކުރާ އިތުރު މުވައްޒަފުންތަކަކާ ވާހަކަދައްކަމުންނެވެ.

މިކްޔާގެ އަތްފައި ފިނިވެ ހާސް ވަމުން ދިޔައެވެ. ކައިރީގައި ހުރި ސޮފިއްޔާ އަށް މިކްޔާއަށް އަންނަމުންދިޔަ ބަދަލުތައް ފާހަގަވިއެވެ.

“ދަރިފުޅު! ކިހިނެއްވަނީ؟ ހާދަ ވަރަކަށް ދާހިއްލަނީތި…އެކަމަކު އެހާ ހޫނެއވެސް ނޫންދޯ؟” މިކްޔާގެ ހާލަތު ރަނގަޅަށް އެނގިހުރެވެސް ސޮފިއްޔާއަށް ސުވާލުކޮށްނުލައި ނުހުރެވުނެވެ.

“އާނ ދޯ…މީ….މަންމާ ހިނގާބަ އެދިމާއަށް ބަލާލަން…” ތަންކޮޅެއް ދުރުން ފެންނަން ހުރި މާގަސްތަކާ ދިމާއަށް މިކްޔާ އިޝާރާތް ކުރަމުން ހިނގައިގަތީ ސޮފިއްޔާ އަތުގައި ހިފާ ދަމަމުންނެވެ.

މިކްޔާ އަށް ޝަމާން ފެނުމުން ވާގޮތެއް ބުނެދޭކަށް ނޭނގެއެވެ. މީގެ އެތައް މަހެއް ކުރިންވެސް އެ ފެނިލިމުން މިކްޔާގެ ހިތާ ކުޅެލީ އިޚުތިޔާރުން ބޭރުގައިއެވެ. މިއަދުވެސް ޝާމާން ފެނުމުން ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. އޭނާ މިހާރުވެސް ލޯބިވަނީ ޝަމާން ދެކެއެވެ. އެއަތުގެ ހިމާޔަތައް މިކްޔާ ބޭނުންވެއެވެ. ނަމަވެސް އެއީ ވުން އެކަށިގެންވާކަމެއް ނޫނެވެ.
**

މެންދުރުގެ ސުފުރާމަތީގައި ހަމަޖެހިގެން އެންމެންވެސް ކެއުމަށް އިންސާފުކުރަން ތިއްބެވެ. ބޮޑަށް ދެކެވެނީ އައުފާއި ޝަމާންގެ ބިޒްނަސްގެ ވާހަކަތަކެވެ. އައުފް މިވަނީ ޝަމާން އަތުން މި ރިޒޯޓް ގަނެފައެވެ. އޭނާ ދޭން އުޅުނު ސަޕްރައިސްއަކީ މިއީއެވެ. މިކްޔާ އަށް ހަމަރަނގަޅަށްވެސް ސަޕްރައިޒެއް ލިބިއްޖެއެވެ. ދުވަހަކުވެސް ހީނުކުރާ ގޮތަކަށް ޝަމާން އާއި ބައްދަލު ވުމުން އެހިތުގައި ފޮނި ރާގެއް ކުޅެވެމުން ދިޔައެވެ. ޝަމާންގެ މިލްކަކަށް ނުވި ނަމަވެސް އެސޫރަ ފެނުމުން ހިތައް ހަމަޖެހުމެއް ލިބުނެވެ. ވަގުތުކޮޅަކަށް ނަމަވެސް އެތުންފަތް މަތިން އުފާވެރިން ފެނިގެން ދިޔައެވެ. ތަޤްދީރު ކޮންމެ ފަހަރަކު ޝަމާން އާއި މިކްޔާ އެބައްދަލު ކުރުވަނީ ކީއްވެހެއްޔެވެ؟ އޭނާ އިކުރާމް އާއި ކައިވެނި ކުރެވުނީވެސް އެފަދަ ގޮތަކަށް ނަމަވެސް ޝަމާން އާއި ބައްދަލު ވުމަށެވެ. މިއަދު އައުފް މެދުވެރި އަކަށްވެ އަލުން އެފަދަ ދުވަހެއް މިވަނީ ތަކުރާރުވެފައެވެ.
އައުފާއި ވާހަކަދައްކަމުންދިޔަ ޝަމާންއަށް އިރުކޮޅަކާ މިކްޔާ އަށް ނަޒަރެއް ދެވެއެވެ. އައުފްގެ ހިތައް ކިތައްމެ އަސަރެއް ކުރިނަމަވެސް ހިނިތުންވެލައިގެން އެއިންނަނީ މިކްޔާގެ ހައްޤުގައެވެ.

“ދެން ކޮންއިރަކުން ނިންމާނީ؟” އައުފް ސުވާލުކޮށްލިއެވެ.

“އައުފް ބުނޭ ކޮންއިރަކުންކަން…އަހަރެން ހަމަ ރެޑީގައި މިހުރީ…މިހާރުވެސް ލައްކަ ދުވަހު އިންތިޒާރު ކުރެވިއްޖެ މިކަންތައް ނިންމަން..އަހަރެން ބެނުންވަނީ ވީހާވެސް އަވަހަށް މިކަން ކުރަން..” ޝަމާންގެ އަޑުގައި ވަނީ އުފާވެރި ކަމެވެ.

މިކްޔާ އިނީ ޝަމާންގެ ބެލުންތަކުން އިސް އުފުލާލަންވެސް ނުކެރިފައެވެ. އެތައް މަޝްވަރާތަކެއް ކުރުމަށްފަހު ކެއުން ނިމިގެން ދިޔައީ ވަރަށްވެސް އޮމާންކަންމަތީގައެވެ.

**

ބްލޫ ލެގޫން ރިޒޯޓްގެ ވޯޓާ ވިލާއެއްގެ ކޮޓަރިތެރޭން އިވެމުން ދިޔައީ ފުން ނޭވާތަކެއްގެ އަޑުތަކެކެވެ. ވަރުބަލިވެފައިވާ އަންހެނަކާ ފިރިހެނެއް ބަރަހަނާ ހާލު އެނދުމަތީގައި އޮތީ ހަށިގަނޑުގައި ތެދުވާނެ ވަރެއް ނެތީމައެވެ. އެވަރުވީއިރު އަދިވެސް ފިރހިހެންމީހާގެ ކަރުހިއްކުން ފިލާ ދާގޮތެއް ނުވެއެވެ. އޭނާގެ އަތުން އަންހެން މީހާގެ ގައިގައި އަތް އުނގުޅަމުން ދިޔައީ ކަރުހިއްކައިގެންފައިވާ ސިންގާއަކަށް ޝިކާރައެއް ލިބިފައިވީ ފަދައިންނެވެ. މޫނުމަތިން ފެންނަމުން ދިޔައީ އެކަމަށް ބޭނުންވެފައިވާ މިންވަރެވެ. މިއިން ކޮންމެ ކަމަކަށް މަރުހަބާ ކިޔައިގެން އޮތް އަންހެން މީހާ އޮތީ ލިބެމުންދާ އަރާމުން ލޯމަރާލައިގެންނެވެ.

އެތައް ގަޑިއިރަކަށް ދިގުދެމިގެންދިޔަ އެ ޝަހުވާނީ އެދުންވެރިކަމަށް ނިމުން އައީ ފިރިހެންމީހާ ފޯނަށް އައި ކޯލެއްގެ ސަބަބުންނެވެ. ގައިމަތީގައި އޮތް އަންހެން މީހާ ނަގާ އެއްފަރާތް ކޮށްލަމުން އަވަހާ ތެދުވެ ގަޔަށް އަންނަނުތައް މަހާލީ ހާސްވެހުރެއެވެ.

ފަޓުލޫނުގެ ޖީބުންނެގި ވޮލެޓުން ކާޑެއް އެނދުމައްޗައް އެއްލަމުން އެމިހާ އަވަސްވެލީ ކޮޓަރިން ނިކުންނާށެވެ.
“މީޓް މީ އިން މައި ކްލިނިކް..ޔޫ ވިލް ގެޓް ވަޓް ޔޫ ވޯންޓް..” ދޮރާ ހަމައަށް ދިޔުމަށްފަހު އެމީހާ ބުނެލިއެވެ. އެވަގުތު އެއަންހެން މީހާ އެކާޑަށް ބަލަހައްޓައިގެން އޮވެ ބޯޖަހާލިއެވެ.

އެކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ކުރިމަތީގައި ހުރި މީހަކު ނިތައް ރޫގިނަވިއެވެ.
“ބޮޑުބެ މިހާރު ކޮންއިރެއް އަޅުގަނޑު ހޯދާތާ…ވަރަށް މުހިއްމު ކަމަކު މިގުޅަނީ..އެއްކަލަ ސްވިޒްލޭންޑް ޕްރޮޕޯސަލް އަޅުގަނޑު އެކްސެޕްޓް ކޮށްފިން.. އެކަމާ ބެހޭ މަޝްވަރާތަކެއް ކޮށްލަން މިއައީ..ހިނގާ އެތެރެއަށް..” ޝާމާން ގެ ޝަކުވާތަކާއި އެކު ކުރަން އައި ކަންތަކަށް އަވަސްވެގަތެވެ.
އެވަގުތު އިކުރާމްގެ މޫނުމނަތިން ބިރުވެރިކަން ފާޅުވީ ކުރިމަތިން އިފުރީތެއް ފެނުނަސް ބިރު ނުގަންނާނެ ވަރަށެވެ.

“ނޫން…ނޫން” އިކްރާމަށް ހަޅޭލަވާ ނުގަނެވުނީ ހަމަ ކިރިޔާއެވެ. އިކުރާމް އުޅޭ ގޮތުން ޝަމާންގެ ހިތުގައި ޝައްކު އުފެދުނެވެ. އޭނާއަށް މީގެ ކުރިންވެސް އެތަނުގެ މުވައްޒަފުންގެ ފަރާތުންވަނީ ވާހަތަކެއް އަޑު އިވިފައެވެ. އެހެން ނަމަވެސް ލޮލުން ނުފެންނަހާ ހިނދަކު އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނަން ޝަމާން ބޭނުމެއް ނުވެއެވެ.

“ދެންމެ ބޮޑުބެއަށް ނިދުނީމަ މިހާރު ވަރަށް ކަންނެތް ވެފައި މިހުރީ…އަނެއްކާ ކޮޓަރިއަށް ވަނީމަ ނިދިކަންނޭނގެ އަންނާނީ…ހިނގާބަލަ ރެސްޓޯރެންޓަށް ބަނޑުވެސް ހައިވެފަ މިހުރީ..އެއްޗެއް ކައިގެން ކަމަމާ ވިސްނޭނީ…” އިކުރާމް ދުލަށް އައި ބަސްތައް ފަށުވި ކަމާއެކު އަތުރާލީ ޝަމާންގެ ޝައްކުވެސް ފިލާދާނެހާ އޮމާން ކޮށެވެ.

އެދެމީހުންގެ ފިޔަވަޅުގެ އަޑު ހިނދުމާއެކު ކޮޓަރިތެރޭގައި އޮތް އަންހެން މީހާގެ ހުނުމުގެ އަޑު އިވުނެވެ. ހީވަނީ ވަރަށް ބޮޑު އުފަލެއް ލިބިގެން އުޅޭހެންނެވެ.

“ހާ….ހާ…ފައިނަލީ ޔޫ ވިލް ރެސްޓް އިން ޕީސް…” ބަނޑުގައި އަތް ހާކާލަމުން ޒީޝާ އަނެއްކާވެސް ހިނިގަނޑެއް ޖަހާލިއެވެ.

“ބަޓް އައި އޭމް ގޮނަ މިސް ޔޫ މައި ޕުއަރ ބޭބީ..” މޫނަށް ދެރަވާ ވައްތަރެއް ޖައްސާލަމުން ޒީޝާ ބުނެލިއެވެ. އިރުކޮޅަކުން އަނެއްކާވެސް ހިނިގަނޑެއް ޖަހާލިއެވެ. އެނދުމަތިން ފުންމާލައިގެން ގޮސް ފާހަނައަށް ވަނދެ ފެން މާގަނޑު ދޫކޮށްލީ ހަށިގަނޑަށް ލިބިފައިވާ ލޮޑުކަން ފިލުވާލުމަށެވެ. ކުރެވުނު ކަންތަކުން އެހިތުގައި ކުޑަ މިންވަރެއްގެވެސް ބިރުވެރި ކަމެއްނެތެވެ. ފާފަ އަކަށްފަހު ފާފައެއް ކުރަމުންދާއިރު އާޚިރަތްދުވަސް މަތިން ޒީޝާ ހަނދާން ހުންނަހެނެއް ހިޔެއް ނުވެއެވެ.
މީގެ ދެދުވަސް ކުރިން ޒީޝާ އަށް އިކުރާމްގެ ކޯލެއް ލިބުމާއެކު އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދިޔައެވެ. ބޭނުންވާ މަޤްސަދު ހާސިލްކުރުމަށް އެރޭ ޒީޝާ ފުރައިގެން ރާއްޖެ އައީ އިކުރާމްގެ މާސްޓަރ ޕްލޭން އަށް އަންޖާމު ދިނުމަށެވެ. އެކަމުން އޭނާއަށްވެސް ފައިދާ ވާނެތީވެއެވެ. މައިކަލް އަށް ލިޔެފައިވާ ނޯޓް ކޮޅަކީވެސް އިކުރާމް ބުނި ގޮތަށް ލިޔެފައިވާ ބަސްތަކެކެވެ.

ޒީޝާ ދުވަހަކުވެސް އައުފާއެކީގައި އެފަދަ ގުޅުމެއް ނުހިންގައެވެ. ބަނޑުގައި އެވާ ދަރިޔަކީ ޖޯން އާއެކު ހިންގުނު އަމަލުގެ ނަތީޖާއެވެ. ޒީޝާ އަށް އެކަން އެނގުނު ދުވަހު ޖޯން އަށް ގުޅައިގެން ގެނެސް ބުނުމުންވެސް ވި ފައިދާއެއް ނެތެވެ. ޖޯންވެސް އެކަން ޤަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. ސަބަބު ޒީޝާ އަށް ވެސް އިނގެއެވެ.
އައުފަކީ ބޭބެ ކަން އެނގުމުންވެސް އެހިތުގައިވާ ލޯތްބަކަށް ބަދަލެއްނާދެއެވެ. އައުފް އޭނާއަށް ނުލިބުނިއްޔާ އިތުރު މީހެއްގެ ހައްޤަކަށްވެސް ނުވެވޭނެއެވެ. ޒީޝާ އޭނާގެ މަޤުސަދު ހާސިލް ކުރަން ކޮންމެފަދަ ޤުރުބާނީއެއްވެސް ވެދާނެއެވެ.

އިކުރާމްގެ އެނދު ތަންމަތި ފަޅުފިލުވައި ދެނީ ޒީޝާގެ ރުހުމުގައެވެ. އެކަމުން ޒީޝާއަށް ލިބޭނެ ގެއްލުމެއްވެސް ނެތީމައެވެ. އިކުރާމަށް ކޮށްދޭ ކަންތަކުގެ އަގުވެސް ޒީޝާއަށް ލިބޭނެއެވެ. އެދުވަހަކަށް މިހާރު އޭނާ އިންތިޒާރު އެކުރަނީއެވެ. މާދަމާ އިކުރާމްގެ ކްލިނިކުން ބައްދަލު ކުރަން އެބުނީ އެކަމުގެ އަގު އަދާކުރަން ކަންނޭނެގެއެވެ.

އެތައް އިރަކު ފެންމާގަނޑު ދަށުގައި ހުރުމަށްފަހު ފެންވަރާ ތާޒާ ވެލައިގެން ޒީޝާވެސް ބެރަށް ނިކުމެލިއެވެ. ރެސްޓޯރެންޓުން ކައިގެން ޒީޝާ ބޭނުންވީ ބީޗްގައި މަޑުކޮށްލުމަށެވެ. މަޑު ހިނގުމެއްގައި ހިނގާފައި ދިޔަ ޒީޝާގެ ކުރިމައްޗައް އެރި މީހަކު ފެނި ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

ބައްޕާ މިދޭ އިޙްތިރާމް(ފުރަތަމަބައި)

Next

ހިތް ބޭނުމޭ…8

Next
November 13, 2016

ހިތް ބޭނުމޭ…8

Previews
November 13, 2016

ބައްޕާ މިދޭ އިޙްތިރާމް(ފުރަތަމަބައި)

27 Comments!

  1. kayashandy says:
    November 13, 2016 at 9:53 am

    zeesha n ikraam is disgusting dho…keekuraanee dn truth is mikahala meehunves ulheye hama migothah…:(
    kaakubaa zeesha kurimahchah eree…? auf n shamaan knkamei mi raavanee…? mikya is still confused between auf n shamaan..kudhin kudhin plx suggest her to choose de perfect partner for her…

    thank you all…:)

  2. shooty says:
    November 13, 2016 at 9:54 am

    yeeey me first…????? story v salhi ?

  3. Hassu says:
    November 13, 2016 at 10:08 am

    Mikyaa and shamaan gulhu vaaa dheeba…plxxxx they love each other and varah Gina dhuvas vehjjey ehn inthizaar ga thibey tha gulhuva dhehchey ey dhey meehuh puhlease puhlease ..I just love this story ..keep it up .waiting waiting for the next part

  4. ulvy says:
    November 13, 2016 at 10:23 am

    Shamaan aa mikyaa aa gulhuvahchey..dhn ehaa varah dhemeegun vx lwbi veema gulhuvan vaanu ??

  5. Saandy says:
    November 13, 2016 at 10:33 am

    ވަރަށް ރީތި… ކޮބާ ހަމަ ރަނގަޅަށޭ ދޯ މި ހީކުރެވުނީ… މިކްޔާއާ އެދިމާކުރާ މީހަކީ ޒީޝާގެ ކަމެކޭ ދޯ ހަމަ… މި ޒީޝާ ރަނގަޅު ބޮނޑިއެއް ބޮއިގެން ކަންނޭނގެ ހުއްޓާނީ… ހީވަނީ އައުފްހެން އެއީ… 25ވަނަ ބައިވެސް އަވަސްކޮށްލައްޗޭ… އެބަ ވަރަށް އިންތިޒާރު ކުރެވޭ

  6. Anonymous says:
    November 13, 2016 at 10:34 am

    Kayashandy ah egeynee thihurihaasuvaallehge javaab v reethi

  7. Axee says:
    November 13, 2016 at 10:54 am

    Beynumy auf ah mikyaa libun..pls kayashandy ehen hadhaadhehchey..dhen shamaan mikyaa r nulaa kurin ulhungothah ehen girl r eku ulhelaany dhw dhen….thi xyshaa ah dhuvahaku vixneynebaa…..xeeshaa ah ragalhu bodieh libunyma nooni islaahu nuvaane.anyways mi baives v salhi.waitin 4 next part.thanks kayashandy.☺

  8. Xu says:
    November 13, 2016 at 10:57 am

    Varah reethi story, xu ah rangalhee mikya ah auf libuniyya

  9. Axee says:
    November 13, 2016 at 10:58 am

    Aslu mikyaa dheki hagygy lobivany auf.nt shamaan.in my opinion……so finally auf vill get mikya.shamaan vil get syma….

  10. aroo says:
    November 13, 2016 at 11:15 am

    Auf ah mikya plx plx.. cox shaaman ah vvure maa good auf shaaman mi huriha dayga ulhun gothah hama ulhenveenun…. mikya ah trust nukurima v foohi.. plx auf ah mikya libey goiy hadahchey

  11. candycane says:
    November 13, 2016 at 11:44 am

    I hate zeesha..
    Candy beynumee auf and micky❤
    Shamaan aeema ves foohi dhn.
    Ikram and zeesha eww ? ikraam mee haadha selfish meehekey dhw..
    Seemaa and shamaan dhw ehn veema? ?
    This story is amazing
    ❤

  12. Mar Sha Marsha says:
    November 13, 2016 at 12:35 pm

    I want auf n mikya to b a cpl… shamaan cn hv syma.. story is awsum… inthizaaring for next ep… plzz hurrryyyy kayashandy..

  13. Dhondhooni says:
    November 13, 2016 at 12:52 pm

    v v reethi mi partvx thanx kayashandy…. waitin 4 next part…

  14. Nau says:
    November 13, 2016 at 1:23 pm

    Auf Nd mikya guluvadhybo … Shamaan r gulihja ikram r face kuran mikya ah jeheyni .. so plx plx .. dhen shamaan Nd sheema…. Plx plx

  15. Aff says:
    November 13, 2016 at 1:53 pm

    Auf n miky gulhuvadhybala dhw eyrah seema n shamaan. Story varah obi. Love it

  16. SaSha says:
    November 13, 2016 at 1:58 pm

    ofcox we want auf and mikiya.

  17. Nish says:
    November 13, 2016 at 2:59 pm

    Auf n mik
    Shaman n seema

  18. kalhey ??? says:
    November 13, 2016 at 4:42 pm

    In my opinion mikya and auf should get together. Becos mikya shamaan dheke loabivaanama ehen meehaka feelings develop eh nuvaane. Shamaan was an attraction but auf is mikya’s love. Pls mikya and auf couple akah hadhaaba. And syma and shamaan couples ah.
    And zeesha ge kurimahchah aranee auf or eynage bappa.
    Dhn inna part thankolheh avahah update kohdhehcheyyy

  19. Aish says:
    November 13, 2016 at 6:30 pm

    Story v v v reethi..bt auf n mikyaa gulhunihyaa kanneyge dhn reethi vaany…ehn noony seemaa baakyvaane…shamaan ah kurinvx ulhunu gothah ulheveynehnnu keih kohgn..bt mihithah arany shamaan ehaadhuvax van dhn mikyaa ah inthixaaru kohffa e dhemyhun ekaku anekaku dheke ehaa loabivaa irugavx emyhunnah emyhunge loabi nulibihjjy aa dhen vaany kihineh hey..inthi xaaruge nimumaky foni ehchekey bunaathy ahan…dhn vaa gotheh engidhaanethaa dhw..?

  20. Meera says:
    November 13, 2016 at 10:51 pm

    Alhe pls pls pls auf n mikiya gulhuvaidhehchey. Shamaan n seema gulhuvaanee pls pls pls pls pls pls pls pls

  21. Khajja says:
    November 14, 2016 at 1:08 am

    Stry v v v rythi waitin nxt prt

  22. Ashvy says:
    November 14, 2016 at 10:45 am

    Kobatha next part.. kehmadhuvefa mihaaru mihiry ?

    1. candycane says:
      November 14, 2016 at 11:14 am

      Aseevaa dhw miulheny

  23. Shiya says:
    November 14, 2016 at 11:57 am

    Shaman n mikya gulhuniyya salhy.
    Mihar shaman ge vahaka ehaa nannaathy enmen e bunany mikya n auf ey..
    Shaman lobivaathy dho ehaa dhuhu inthizaar ga hury plus rashuga es lobi lobin time spend koffa hury

  24. Anonymous says:
    November 18, 2016 at 4:49 pm

    Dhennn shaman nd mik..plx plx..

  25. Khajja says:
    November 20, 2016 at 8:28 pm

    Mi aesfiya ah Vaahaka miliyanee haadha kaneh kudhin ginavaahaka thibee nunimmaa aehen veema kiyan v foohi aehen meehun ves foohi nuvaagothah aemeehaku kuraa masakkthah faruvaa therivaasheve ginavaahaka mimmaali vaahaka liauntherin nah faffashun shukuriyyaa???

  26. mimmi says:
    November 25, 2016 at 6:13 pm

    shamaan n mikya gulhunyma rangalhu vaany… mihr vx 2 myhun ehaa loabivey… n shamaan kihaa dhigu inthizaareh e kury, eyna kihaa ekaniveri dhuvas thakeh e heydha kury… he loves mikya alot… n mikya loves him back… alsu mikya auf ah attract vias she dont love her… plxxxx 2 loabiverin vaki nukuraathi… shamaan n mikyaa kaamiyaabu vaan jeheyny… ehn noony v hadi vaane story… waiting for the next part 🙂

Comments are closed.

Next Episodeމިހިތުގެ ފަސާނާ 25←


All Right Reserved!