މިޒަމާނު މިއުޅޭމީހުންނައް ހީވާކަހަލައެވެ. އަނިޔާގެ ވޭންތަހައްމަލު ކުރަމުންދަނީ ނުވަތަ އަނިޔާއާ ޖެއްސުމާ ފުރައްސާރަ (ބުލީ) ކުރުން ކުރިމަތިވަނީ ހަމައެކަނި އަންހެނުންނައް އެކަނިކަމަށެވެ. އަންހެނުންގެ ދިފާއުގަ އަންހެނުންނައް ކުރިމަތިވާ އެކިކަހަލަ ގޯނާތަކާ ފުރައްސާރަޔާ އަނިޔާ ދިނުން ހުއްޓުވަން ދުނިޔޭގެ އެކިއެކި ޖަމިއްޔާ ތަކުން އެއްއަޑުން ގޮވަމުންދާއިރު ފިރިހެނުންނައް ނުހައްގުންލިބޭ އަނިޔާއާވޭން ހުއްޓުވުމައް ދުނިޔޭގެ ޖަމިއްޔާތައް މިވަނީ ނުކުޅެދިފައޭ ބުނުމީ ގޯހަކައްނުވާނެއެވެ. މިއީ މިކުޑަ ކުޑަ ދިވެހިރާއްޖޭގަ ހިގަމުންދާ ހިނގާފަވާ ހާދިސާތަކުގެ މައްޗައް ލިޔެވިގެންދާ ވާހަކައެކެވެ. ނުވަތަ ހާދިސާއެކުވެ. މިހާދިސާ […]
އަޞްރު ނަމާދުކޮށްގެން ރިޔާޝާއާއި ފަޔާޒް ތައްޔާރުވަމުން ދިޔައީ ފިޔާޒާ ގޮވައިގެން ޕާކަށް ދާށެވެ. އެދަރިފުޅު އުފަލުގައި ބެހެއްޓުމަށް ކުރަންޖެހޭ ކޮންމެކަމެއް ކުރުމަށް އެދެމީހުން ތިބީ އަތުކުރި އޮޅާލައިގެންނެވެ. “ދަރިފުޅުމެން ކޮންތާކަށް ދާން ތިއުޅެނީ؟” ރިޔާޝާއާއި ފަޔާޒް ފިޔާޒާ ގޮވައިގެން ކޮޓަރިން ނުކުތްތަން ފެނިފައި އިމާދު އަހާލިއެވެ. “ކާފާ! މިއުޅެނީ ޕާކަށް ދާން. ކާފަވެސް ދާން އާދޭ. މާމަވެސް އާދޭ.” ފިޔާޒާ ބުނެލިއެވެ. “ދަރިފުޅުމެން ގޮސްލާ. ކާފަމެން ދާނަން އެހެން ދުވަހަކުން.” އިމާދު ފިޔާޒާގެ ގެނެސް އުނގަށްލަމުން ބުނެލިއެވެ. […]
ފަތިހުގެހިތްގައިމު ވަގުތެވެ. ލޯންޗުބާރު ސުޕީޑުގަ ލޮނުގަނޑު ކަފަމުން ހަލުވިދުވެލީގަ މަންޒިލައް ދަތުރުކުރަމުން ދިޔައެވެ. ޖައްވުގެތެރޭ ހިފާފައިވާ ތެތްފިނިކަން މަޑުމަޑުން ކެނޑި އަރާމު ހޫނަކައްބަދަލު ވަމުންދިޔައީ ހީވެސްނުކުރާހާ ފުރިހަމަޔަށެވެ. ރޭގަނޑުގެ އަދިރިޔައް އިރުގެއަލި ގަދަވެގަނެ ދުނިޔެމައްޗައް އަލިކޮއްލީ ގުދުރަތުގެ ފުރިހަމަކަން މީސްތަކުންނައް ދައްކަމުންނެވެ. ލޯންޗުގެ ހުޅުވާފަވާ ރޭޑީޔޯއިން އިވެމުންދިޔަ ލަވައިން މިމަންޒަރައް އިތުރުފުރިހަމަ ކަމެއް ގެނެސްދެމުންދިޔައެވެ. ވިންދުއެމާ ކަނޑުތެރޭ’ އަލިރަތްމުތްހެންދިރޭ މީމަގޭ އުފަންބިމޭ ދީބުދިވެހިމީ” ލޯންޗު ކުޅުދުއްފުށީ ބަދަރައް ލެފުމާއެކު ފަސިންޖަރުން ރަށައް ފައިބާން ފަށާފިއެވެ. އޭ ބަލަގަ […]
އެގެއިން އަޔާޒް ނުކުތްއިރު ހުރީ ވަރަށް ހައިރާންވެސް ވެފައެވެ. އަމީނާ އޭނާއާއި ފަޔާޒްގެ ނަމުން މުޚާތަބުކުރީ ކީއްވެބާވައެވެ. އެބުނާ ފަޔާޒަކާއި އޭނާ ވައްތަރީ ހެއްޔެވެ؟ އަނެއްކާ އެބުނާ ފަޔާޒަކީ ރިޔާޝާގެ ފިރިމީހާ ހެއްޔެވެ؟ ޔަޤީނެވެ. އެހެންނޫންނަމަ ރިޔާޝާ ވީތަނެއް އެނގޭނީ ފަޔާޒަކަށް ނޫންހޭއެކޭ އެ އަންހެންމީހާއެއް ނުބުނީހެވެ. އެ އަންހެންމީހާއަކީ ރިޔާޝާގެ މަންމަބާވައެވެ. އެހެންކަމަށްވާނަމަ އޭނާއަށް ރިޔާޝާ ވީތަން ނޭނގެންވީ ކީއްވެ ހެއްޔެވެ؟ ދެން ރިޔާޝާ ވީތަނެއް ހޯދަން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ މިފަދަ ޚިޔާލުތަކެއްގައި […]
“ޝިފާން! ކީކޭ ތި ކިޔަނީ؟ ތިކިޔާ އެއްޗެއް ސާފުކޮށް ކިޔާބަލަ. ރިޔާއަށް ކަމެއްވީތަ؟ ކީއްވެ އަހަރެންނާހެދި؟” އަޔާޒް ހުރިހާ ސުވާލެއް އެއްފަހަރާ ކޮށްލިއެވެ. “ރިޔާ މެރީކޮށްފި.” “ކީކޭ؟” އަޔާޒް ޔަޤީން ނުވެފައި އަހާލިއެވެ. “އާނ އަޔާ. ރިޔާ މެރީކޮށްފި.” ޝިފާން ވަރަށް ސީރިއަސްވެފައި ބުނެލިއެވެ. “ޝިފާން! ތީ ސަމާސާއެއް ދޯ؟ ތިކަހަލަ ސަމާސާ ނުކުރޭ. އަހަރެންނަށް ކޮންމެފަދަ ގޮތެއްވެސް ވެދާނެ.” އަޔާޒް ޝިފާންގެ ކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ބުނެލިއެވެ. “ނޫން އަޔާ. މީ ސަމާސާއެއް ނޫން. މީ […]
ދޮރާއި ހަމައަށް ދެވުނުތަނާ ޝިފާން ލައިގަތީ އެތެރެއިން ނުކުތް މީހެއްގެ ގައިގައެވެ. ޝިފާންއަށް އަވަސްއަވަހަށް އެމީހާއަށް ބަލާލެވުނެވެ. ޝިފާންއަށް ބަލާލެވުނުއިރު އެމީހާ ހިފައިގެން ހުރި އަސާގަނޑު ނަގަން ގުދުވަނީއެވެ. ޝިފާން އަވަސްއަވަހަށް ގުދުވެ އަސާގަނޑު ނަގައިދިން ވަގުތު އެމީހާގެ މޫނު ފެނުމުން “އަޔާ” ބުނެލެވުނެވެ. “ޝިފާން!” އަޔާޒަށްވެސް ބުނެވުނެވެ. ލިބުނު އުފާވެރިކަމަކުން އަޔާޒަށް ޝިފާންގެ ގައިގައި ބައްދާލެވުނެވެ. ޝިފާން ހުރީ ހަރަކާތެއްވެސް ނުގެނެވިފައެވެ. ޝިފާންގެ އެ ދުރުކަމުން އަޔާޒްގެ ހިތަށް ތަދުވިއެވެ. ދުވަސްތަކެއް ވަންދެން ދުރުގައި އުޅުމަށްފަހު […]
މިފަދަ ޚިޔާލުތަކެއްގައި އިންދާ ކުއްލިއަކަށް ދޮރު ހުޅުވާލި އަޑު އިވުމުން ސިހިފައި އަވަސްއަވަހަށް ދެލޯ ފޮހެލިއެވެ. ފަޔާޒް ފެނުމާއެކު އޭނާގެ ހިތް ތެޅިގަތް ގޮތުން ހީވީ މޭ ފަޅާލާފައި ނުކުމެދާނެހެންނެވެ. ދޮރު ތަޅުލާފައި ފަޔާޒް އޭނާއާއި ކައިރިއަށް އަންނަން ފެށުމުން އޭނާގެ ހާސްކަން އިތުރުވިއެވެ. ފަޔާޒް ރިޔާޝާއާއި ދިމާއަށް އައިސް އައިސްފައި އަލަމާރިއާއި ދިމާއަށް މިސްރާބު ބަދަލުކޮށްލިއެވެ. އަދި ގޮސް އޭނާ ލައިގެންހުރި ގަމީހާއި ފަޓުލޫނު ބާލައި ކޮނޑުގައި އަޅުވާލިއެވެ. ސޯޓެއް ލައިގެން އައިސް އެނދުމަތީގައި ހުރި […]
(މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުގެ ރައްޓެހި ކުއްޖަކު ލިޔެފައިވާ ލިޔުމެކެެވެ. އެ ކުއްޖާގެ އެދުމުގެ މަތިން މި ލިޔުން އަޕްލޯޑްކޮށްލީއެެވެ.) ލޯގަނޑުގެ ކުރިމަތީގައި އަހަރެން ހުއްޓި ހުރީމެވެ. އަހަރެންގެ ހިތް އެދެމުން ދިޔައީ އެ ލޯގަނޑު ތަޅާލާށެވެ. އަހަރެންގެ ސިފައަށް އަހަރެން ނަފުރަތު ކުރަމެވެ. ރުޅިއައިސްގެން ޑްރެސިންގް ޓޭބަލްގެ މަތީގައި އަހަންނަށް މުއްކެވި އަތުން ޖެހުނެވެ. މޭޒުމަތީގައި ހުރި ބައެއް ފުޅިތައް ވެއްޓި ތަޅައިގެން ވެސް ހިނގައްޖެއެވެ. ނަމަވެސް އެކަމާ ވިސްނާ ވަރަށް ވުރެ […]
ރިޔާޝާ އެއްޗެކޭ ބުނަން އުޅެނިކޮށް ވެއިޓަރ ޕިއްޒާއާއި ދެ ކޯކްފުޅި ބެހެއްޓުމުން ފަޔާޒް “ތޭންކްސް” އޭ ބުނެލިއެވެ. “އަދި އަހަރެންނަށް އެނގިފައި އޮތްގޮތުން ރިޔާޝާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން. އެހެންވީމަ ރިޔާޝާއަށް އަހަރެންނާ ގުޅެން އުނދަގޫވާނެކަންވެސް އެނގޭ. އެކަމަކު އަހަރެން ހީކުރަން ރިޔާޝާ މިކައިވެންޏާ ދެކޮޅު ނުހަދާނެކަމަށް. އަދި އެއްވާހަކަ. ރިޔާޝާގެ ނުރުހުމުގައި އަހަރެން ރިޔާޝާގެ ގައިގައި އިނގިލި ކުރިވެސް ޖައްސާނުލާނަން.” ފަޔާޒް ރިޔާޝާއަށް ބަލާލަމުން ހިނިތުންވެލިއެވެ. ރިޔާޝާ ފަޔާޒަށް ބަލާލީ ހައިރާންވެފައި އިނދެއެވެ. ފަޔާޒް ބޯޖަހާލީ […]