މިވާހަކައަކީ އޮމާންގައި ދިރިއުޅުނު އޮމާންގެ ކުޑަ އަންހެން ކުއްޖެއްގެ ހަޤީޤީ ވާހަކައެކެވެ. މިއަންހެން ކުއްޖާގެ ވާހަކަ ކިޔާދީފައިވަނީ އޭނާގެ އެކުވެރިންނާއި ޢާއިލާގެ މީހުންނެވެ. މިވާހަކަ ފެށެނީ އޮމާންގެ ޒުވާން ފިރިހެނަކު ހުޅަނގުގެ އަންހެނަކާ ކައިވެނި ކުރާ ހިސާބުންނެވެ. އަންހެން މީހާ ހުރީ އޭނާގެ ދީން ކަމުގައިވާ ކްރިސްޓިއަން ދީނުގެ މަތީގައެވެ. ނަމަވެސް އޭނާ ދިރިއުޅުމަށްޓަކައި، އޭނާގެ ފިރިމީހާޔާ އެކު ޔަމަނަށް އައެވެ. ފިރިހެން މީހާއަކީ ރަނގަޅު ވަޒީފާއެއްގައި އުޅޭ މުދާވެރި މީހެކެވެ. މިދެމީހުންނަށް ލިބުނު ކުދިންގެ ތެރެއިން […]
އަހަރެންނަކީ މާކަ ރީތި އަންހެން ކުއްޖެއް ނޫނެވެ. ނަމަވެސް ހުތުރު ކުއްޖެކޭވެސް ނުބުނެވޭނެއެވެ. ހުންނާނީ ބުރުގާ އަޅާފައެވެ. ފިރިހެން ކުދިންގެ މެދުގައި މާކަ މައްޝޫރު ނޫނަސް، ފުދޭވަރަކަށް ގިނަ ކުދިންނާއި ވާހަކަ ދައްކާ އުޅެމެވެ. ނަމަވެސް އެއްވެސް ކުއްޖަކާއި އަދި ރައްޓެއްސެއް ނުވަމެވެ. ކޮންމެގޮތެއްވިޔަސް، އަދި ކުރިޔަށް އޮތް ތާނގައި ކޮންމެ މީހަކާއި އެކުގައި އަހަރެން އުޅުނު ކަމުގައި ވިޔަސް، ދާދި ފަހަކުން އަހަރެންގެ ޙަޔާތުގައި ޖެހުނު ލައްގަނޑެއް ހިތަކުން ފިލައިގެނެއް ނުދާނެއެވެ. މިފަދަ ކަމެއް، އަހަރެންނަށް […]
“އަޅުގަނޑުގެ ނަމަކީ ނާއިފް….ވަރަށް ބޮޑަށް ޝުކުރިއްޔާ” ނާއިފް ޝާޑްއާއި އަތްގުޅާ ސަލާމްކޮށްލިއެވެ. އެ އޮފީހުން ނުކުމެ ފަޔާޒްއާއި އެކު ކާރަށް އަރަން ދެމީހުން އެކުގައި ހިނގައިގަތެވެ. އަދި ކާރުގެ ސީޓް ބެލްޓް އަޅަމުން ފަޔާޒް ނާއިފްގެ ދަޅު ދިއްކޮށްލިއެވެ. “އެ ދަޅު އެއްކޮށް ދަމާލީތަ؟…. ހެހެހެ… އެތާ ތެރޭ ހުރީ އެއްކަލަ ބޯދިގުކޮށްފަ ހުރި ސޮރު… އެއީ އޮފީހެއް… މަމިއައީ ދޮގެއްހަދާފަ އެ ކުންފުނީގެ ޕޯޓްފޯލިއޯ ހިފައިގެން….” ނާއިފްގެ ވާހަކަ މިހިސާބަށް ދިޔައިރު ފަޔާޒް ކާރު ސްޓާޓް […]
އޭރު، އަހަރެންގެ އުމުރުން 5 އަހަރެވެ. އަހަރެންގެ އަންހެން ކޮއްކޮއަށް 2 އަހަރެވެ. އަހަރެމެންގެ މަންމަ، ރޭގަނޑުގެ ކެއުން ތައްޔާރުކުރަން އުޅެމުން ދަނިކޮށް، މަންމަގެ ހަށިގަނޑުގެ އެއްބައިގެ ވާގި ނެތުނެވެ. އެހެންކަމުން، އަވައްޓެރިންނަށް ގޮވިއެވެ. އެމީހުން އަހަރެމެންގެ ބައްޕައަށް ގުޅިއެވެ. އޭރު ބައްޕަ ހުރީ ވަޒީފާގައެވެ. އެއަށްފަހު، އެމީހުން ގުޅީ އެމްބިއުލަންސަށެވެ. އެމީހުންނަށް، މަންމައަށް ވީ ގޮތެއް ނޭނގެއެވެ. އަހަރެން ހުރީ ބިރުންގޮސް ހަލާކުވާން ގާތްވެފައެވެ. އިރުކޮޅެއްގެ ތެރޭގައި، އެމްބިއުލަންސާއި އަލިފާން ނިއްވާ ޓްރަކެއް ގޭގެ ބޭރުގައި […]
ކަނު އަނދިރީގެ ތެރޭގައި އަހަރެން މިހުރީ ކީއްވެ ހެއްޔެވެ؟ މިގޮތަށް މިކަން ވާންޖެހުނީ ކީއްވެ ހެއްޔެވެ؟ އަހަރެންގެ ޙަޔާތްވެސް އަނދިރިވެފައި މިވަނީ މިކަނު އަނދިރިގަނޑު ފަދައިންނެވެ. ލޮލުން ހުއްޓުމެއްނެތި ކަރުނަތައް ނީރަމުން ދެއެވެ. އަހަރެންގެ ހިތަކީ ހަރު ހިލަގަނޑެއް ހެއްޔެވެ؟ އަހަންނަކީ ކާކު ހެއްޔެވެ؟ މިއަށްވުރެ މަރުވުންވެސް މާރަނގަޅެވެ. ފާހަނާތެރޭގައި ބޮކި ނިއްވާލައިގެން އަހަރެން މިހުރީ އަލިކަން ނުދެކުމަށް ހިތު އަޅައިގެންނެވެ. ފާހަނާގެ ފެންލައިޓުން އާރޓިފިޝަލް އަލި އެތެރެއަށް އެޅެމުން ދިޔުމުން އަހަންނަށް އުނދަގޫވިއެވެ. ދެލޮލުން ކަރުނަ […]
(މިއީ، އަޅުގަނޑު ކުރިން މި ސައިޓް ގައި ޝާޢިއު ކުރި ކުރުވާހަކަ ‘ގޮތް ހުސްވެފައި..’ ގެ ދެވަނަ ބާބެވެ. މިއީ އަދިވެސް ހިނގަމުން ދާ ހާދިސާތަކެއް ކަމުގައިވާތީ، މި ހާދިސާތައް ވާހަކައެއްގެ ވަކި ވަކި ބާބު ތަކެއްގެ ސިފައިގައި ކުރިއަށް އޮތް ތާނގައި ގެނެސްދޭނެ ވާހަކަ ދަންނަވާލަމެވެ.) އަހަރެން އަދިވެސް މިއޮތީ އެނދުމަތީގައެވެ. އެނބުރެމުންދިޔަ ފަންކަލުގެ ފިޔަތަކަށް ބަލަހައްޓައިގެން އޮތް އިރު އަހަރެންގެ ސިކުނޑިތެރޭ ހިޝާމްގެ ނަން އެނބުރެމުން ދިޔައީވެސް އެ ފަންކަލުގެ ފިޔަތައް ފަދައިންނެވެ. އަހަރެންގެ […]
އަހަރެން ކުރިން ނިންމައިގެން ހުރީ ޓްރެއިނިން ހަނދަމުންދިޔަ ތަނުގައި ވަޒީފާ އަދާކުރުމަށެވެ. ނަމަވެސް ރިސޯޓްތަކުގައި މަސައްކަތްކުރަން ޖެހޭނެތީ އެވިސްނުން ބަދަލު ކުރީމެވެ. ދޮޅު މަސްދުވަހުގެ އިންޑަސްޓްރިއަލް ޓްރެއިނިން ނިންމުމަށްފަހު އަހަރެން ނިންމީ ކޮލަޖަށް ހުށަހަޅަންޖެހޭ ޓްރެއިނިން ފޯމްތައް ހުށަހެޅުމަށްފަހު ރަށަށް ދާށެވެ. ރަށަށް ދެވުނީ އެއަހަރުގެ ރޯދަމަހަށެވެ. އެއަށްފަހު ރަށުގައި ދިރިއުޅެން ފެށީމެވެ. އަހަރެން ކިޔެވި ދާއިރާއާއި ގުޅުން ހުރި ކުންފުންޏަކުން ވަޒީފާއެއް ހުސްވީ ހަމަ އެދުވަސްކޮޅެވެ. އަހަރެން އެޕްލައި ކުރި ވަޒީފާއަށް ވުރެ މަތީ މަގާމެއްގެ […]
އަހަރެން ބިރުން ހަލާކު ވާވަރު ވިއެވެ. ކުރެވިފައިވާ ފާފަތަކުގެ ސަބަބަން ބިރުން ހަދާނެ ގޮތް ހުސްވިއެވެ. އެރޭ އަހަންނަށް ނިދުނީވެސް މަންމަމެން ކައިރީގައި ބައިތިއްބައިގެންނެވެ. ޖެހިގެން އައިދުވަހު މެންދުރު ނަމާދު ކުރި ގަޑީގައި ރޮވޭވަރުން އަހަރެންގެ ލޮލުން ކަރުނަތައް އައެވެ. ބިރުންހުރެ ނަމާދު ކުރެވެމުން ދިޔައީވެސް ވަރަށް އަވަސް ކޮށެވެ. ނަމާދަށް ހުރެ ދުއްވައި ގަނެވެން އުޅޭހެން ހީވާ ފަހަރުވެސް އައެވެ. އަހަރެނަށް ކެއްނުކުރެވިގެން ބައްޕަމެން ގާތު އެދުނީ އަހަރެން ޝެއިހް އާއި ބައްދަލު ކުރަން އެރަށަށް […]
ދުޢާ އަހަރެންނަށް އުފަލުން ރޮވެއެވެ. ރަހްމާން ވަންތަ ރަހީމް ވަންތަ ﷲ ސުބުހާނަހޫ ވަތައާލާއަށް ހަމްދު ހުއްޓެވެ. ކެތްތެރި ވުމުގެ އަގު ވަރަށް ބޮޑެވެ. އެކަމުގެ ފަހަތުގައިވާ ފޮނި މީރުކަން އަހަރެންގެ މުޅި ނަފްސުގައި ލެއްވި މާތް ﷲއަށް އަދިވެސް އެއްފަހަރު ހަމްދު ކުރަމެވެ. އަހަރެންގެ މާޒީއަކީ އަހަރެންގެ ކުރިމަގު ބައްޓަން ކުރުމުގެ ސަމުގާ އެއްކަމުގައި އަހަރެން ނަހަދާނަމެވެ. މާތްވި އިސްލާމް ދީނަކީ އަހަރެންގެ ކުރިމަގު ބައްޓަން ކުރާ ނިޒާމުކަމުގައި ބެލުމުން ނޫނީ ހިތައް އުފާވެރިކަމެއް ނެއްކަން […]