ހައިކަލްގެ މާމަ އާ ހައިކަލްއަށް ޝުކުރުވެރިވާނެ ގޮތެއްވެސް އަހަރެންނަކަށް ނޭންގެއެވެ. އަހަރެންމީ ދުރުހިލޭ މީހަކަށް ވެ ހުރެވެސް އެދެމީހުން އަހަރެންނާ ދޭތެރޭ އެ ކަންކުރަނީ ނުލާހިކު ލޮއެއްބާ އޯގާތެރި ކަމާއެކުގައެވެ. އަމިއްލަ އާއިލާ ފަރާތުންވެސް އަަހަރެންނަށް އަޅާނުލިތާންގަ އަަހަރެންނާއޮތް ހުރިހާ ގުޅުމެއްވެސް ކަނޑާލިއެވެ. ” ޔަލްވީ ކޮންވިސްނުމެއްގަ… އިފް ޔޫ ޑޯންޓް މައިންޑް ކެންއައި އާސްކް ޔޫ ސަމްތިންގް” ކައިރިން ހައިކަލްގެ އެ ފިރިހެންވަންތަ އަޑުއިވުނެވެ. ” އޯކޭ” އަހަރެން ހައިކަލް ދިން ހެދިކާއެއް ކަމުން ބުނެލީމެވެ. […]
މެންދުރުވަންދެން އެތަށް ވާހަކައެއް ދައްކަން އިނުމަށް ފަހު މާމަ ދިޔައީ މެންދުރު ނަމާދު ކުރާށެވެ. އެހެން އޮއްވާ އަހަރެންނަށް ނިދުނު ގޮތެއްވެސް ނޭންގެއެވެ. ހޭލެވުނީ ބަޔަކު ވާހަކަ ދައްކާ އަޑަށެވެ. “ސޯ ވަޓް އާ ޔޫ ގޮނަ ޑޫ ޓް ހާ” އަޑުން އެ ވާހަކަ ދައްކަނީ ހައިކަލް ނޫންކަން އަހަރެންނަށް އެނގުނެވެ. އެ ބުނި ޖުމަލައިން އަހަރެންގެ ހިތަށް ބިރުވެރިކަން ވެރިވިއެވެ. މަޑު މަޑުން ދެލޯ ހުޅުވާލީ ތަނެއް ނުފެނޭނެކަން އެނގިހުރެވެސް އަހަރެން ހޭލާއޮތްކަން އެމީހުނަށް […]
އަހަރެންނަށް ކުޑަކޮށް ނިދި ޖެހުނުތަނާހެން ރާޔާ ވާހަކަ ދައްކާ އަޑު އިވުނުވެ. ލޯ ހުޅުވާލަން އުޅެނިކޮށް ރާޔާ ބުނި އެއްޗަކުން އަހަރެން ނިދާފަ އޮތްކަމަށް ހެދެން މަޖްބޫރު ވިއެވެ. ރާޔާ ވާހަކަ ދައްކަމުން ދިޔައީ ފޯނުންކަން އަހަރެންނަށް އެނގުނީ އެކޮޅުން ވާހަކަ ދައްކާ މީހާގެ އަޑު ނީވޭތީއެވެ. ” ބޮޑު މުސީބާތަކާ ޖެހިގެން މިއުޅެނީ. ޔަލްވީ އެބޮތް އެކްސިޑެންޓްވެގެން ހޮސްޕިޓަލްގް. އޭނަގެ ލޮލަށްވެސް ފެންނަނީކީ ނޫން. މަށައް ޔަގީން އޭނަ މަންމަ އޭނަ ނުބަލާނެކަން. ދެން […]
ސިޓީ ކިޔަމުން ދިޔަ އިރު އަހަރެންގެ ދެލޯ ވަނީ ކަރުނައިން ފުރިފައެވެ. އަހަރެން ކުރަމުން އައި ފޮނި އުންމީދުތައް ފުޑުފުޑު ވީއެވެ. މުޅިދުނިޔެއިން ބާކީވީއެވެ. ‘ އަހަރެން އެނބުރި އަޒްރަކް ކައިރިއަށް ދާކަށް ބޭނުމެއްނުވެއެވެ…، ދުވަސްތަކެއް ވެތުވެގެން ހިނގައްޖެއެވެ. ހިސާހިތަކު އަހަރެންގެ އޯލެވެލް ވެސް ފެއްޓިއްޖެއެވެ. އޯލެވެލްގެ ނަތީޖާ ލިބުމާ އެކީ، ރަށް ދޫކޮށް މާލެ އަށް ދާން އަހަރެން މަންމަ ގާތުގަ އެދުނީ މެއެވެ. އަޒްރަކް ގެ ޙިޔާލުތަކާ އަހަރެން ދުރަށް ދާން ބޭނުންވާތިވެއެވެ.. މަންމަ […]
އަހަންނަށް ހުރެވުނީ ހަމަ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ކިހިނެއް އަހަރެންގެ ނަން އެގުނީ؟ މިހެން އަހަރެން ބުނުމާއެކު އެޒުވާނާ އަހަރެންގެ ގައިގައި އޮޅުލައި ގަތެވެ..’ އައިރީން! އަހަރެން އައިރީން ދެކެ ވަރަށް ބޮޑަށް ލޯބިވޭ ! މީގެ ދެއަހަރު ކުރިން ފެށިގެން އަހަރެން އައިރީން ދަންނަން” އެއީ ކިހިނެއް އަޒްރަކް އަަހަރެން ދަންނަނީ؟ ” އެކަމަކު އަހަރެން ދުވަހަކުވެސް އަޒްރަކް ނުދެކެން ” އަހަންނަށް ސުވާލަކަށްފަހު ސުވާލެއް ކުރެވެންފެށުނެވެ. “އަހަނަނަށް ، އައިރީން ފެނުނީ މީގެ ދެއަހަރު […]
ޑރ. ކަޕޫރާއި ހަސީނާއާއި ރިޔާޝާއާއި ތިން މީހުން ވެގެން އަޔާޒް އެއްގަމަށް އެރުވިއެވެ. ދެން ރިޔާޝާ އެއްވެސް އެއްޗެކޭ ނުބުނެ ހިނގައިގަތީ އެތެރެއަށެވެ. ރިޔާޝާ ދާތަން ބަލަން ތިންމީހުން ހައިރާންވެފައި ތިއްބެވެ. އެވަގުތު އަޔާޒަށް ރިޔާޝާގެ ނަން ކިޔާލެވުނެވެ. ޖެހިގެން އައި ދުވަހެވެ. ހަސީނާ ޑރ. ކަޕޫރާއި ވާހަކަދައްކަމުން ދިޔައީ އަޔާޒްގެ ހާލަތާއި މެދުގައެވެ. ޑރ. ކަޕޫރު ބުނިގޮތުން އަޔާޒްގެ ހާލަތު އައީ މަޑުމަޑުން ރަނގަޅުވަމުން ކަމަށާއި ރިޔާޝާ އަޔާޒް ފެންގަނޑަށް ވައްޓާލުމުން ލިބުނު ޝޮކްގައި އޭނާގެ […]
އަހަންނަށް ކިޔަނީ އައިރީން އެވެ. އަހަރެން މީ އަހަރެންގެ މަންމަގެ އެއްމެ ދޮށީ އަންހެން ދަރިފުޅެވެ. އުމުރުން 16 އަހަރު އަހަންނަކީ އަކީ އައްޑޫ އަތޮޅު ސުކޫލުގައި ގްރޭޑް 10 ކިޔަވަމުން އަންނަ ކުއްޖަކީމެވެ.. އަހަންނަކީ ވަރަށް ކުދިންނާ ރައްޓެހި ވަރަށް މަޖާމިޒާޖެއް ކުއްޖަކީމެވެ. ދުވަސް ތައް ގުނަމުން ގުނަމުން ގޮސް މިހާރު އަހަރެންގެ ޖީ ސީ އީ އޯލެވެލް ފަށްޓަން ވަރަށް ކާރިވެއްޖެއެވެ. މިކަމާ އެންމެ ބޮޑަށް ކަންބޮޑުވަނީ އަހަރެންގެ މަންމަ ވަދީފާ އެވެ. ބައްޕައަކީ، […]
ރިޔާޝާ ގޮސްވަނީ ޖުމާންގެ ގެއާއި މާދުރު ނޫން ހިސާބެއްގައި ހުރި ސަހަރާ ތެރެއަށެވެ. އެތާގައި ރަސްކަން ކުރަމުން ދަނީ ހަމހިމޭންކަމާއި ފަޅުކަމެވެ. އޭނާ ގޮސް ފަޔާޒްގެ މަހާނަ ކައިރީ މަތީ އިށީނެވެ. އޭނާ އެމަހާނައިގެ ވެލިތައް އޮމާންކޮށްލިއެވެ. އަދި މަތީގައި ހުރި ގާކޮޅުތައް ހޮވާލާފައި އެއްލާލިއެވެ. އޭނާ އަނެއްކާވެސް ވެލިގަނޑު އޮމާންކޮށްލާފައި ވެލިމުށެއް ނެގިތަނާ އޭނާގެ އަތްތިލައަށް މީހަކު ފައިން އެރިއެވެ. ރިޔާޝާ ސިހިފައި ބަލާލިއިރު އަރުޖުން ސިންގ ހުރީ ނުބައި ފާޑަކަށް ހީފައެވެ. “އަރުޖުން ސިންގ! […]
“އިންސްޕެކްޓަރ! ކަލޭ ތިބުނީ ރަނގަޅަށް. އަހަރެން ޖެއިލަރ މަރާލީ.” އަރުޖުން ސިންގ ދާން ހިނގައިގަނެފައިވެސް ރިޔާޝާ އެހެން ބުނެލުމާއެކު އެނބުރި ބަލާލިއެވެ. “އެކަމަކު ކަލޭއަށް އަހަންނަކަށް އެއްވެސް ކަމެއް ނުކުރެވޭނެ. އެއީ އަހަރެންގެ ފިރިމީހާގެ ޤާތިލަކީ އަޙްމަދު އަޔާޒްކަން އެދުވަހު އަހަންނަށް ސާބިތުކޮށް ނުދެވުނުގޮތަށް، މިއަދު ކަލޭއަކަށްވެސް ސާބިތެއް ނުކޮށްދެވޭނެ ޖެއިލަރ މަރާލީ އަހަރެން ކަމަކަށް. އަރުޖުން ސިންގ! ކޮމިޝަނަރ ސާބް ކަލެއަށް އެބަ އިންތިޒާރުކުރޭ. އަވަހަށް ދޭ.” ރިޔާޝާ އެހެން ބުނެލުމުން އަރުޖުން ސިންގ ނުކުމެގެން […]