Skip to content
އެސްފިޔަ

މަންމަ އަށްޓަކައި…

މިއީ ޙަޤީގީ ވާހަކައެކެވެ. މީގައި ވަނީ އަސްލު ނަން ތަކެއް ނޫނެވެ..މި ވާހަކަ ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ .

ފެންޑާގައި ހުރި ޖޯލިފަތީގައި ޒަހްރާ އޮށޯތީ މުޅިދުވާލު ހަތަރުދަމު ވެފައި ހުރި ވަރުބަލިކަން ފިލުވާލުމަށެވެ.އެއިރު މަގުވަށާފާރުން ބޭރުގައި ހުރި ބޮކިދަނޑީގައި ހަރުކޮށްފައި ހުރި ޓިއުބުލައިޓުން ދެމުން ދިޔަ ވަރުގަދަ އަލީގެ ތެރެއިން ހިމަތުނި ވާރޭގެ ކަނިތައް ފެންނަމުން ދިޔައެވެ. މަޑުމަޑު ވައިރޯޅިވެސް ޖެހެމުން ދިޔައެވެ. އެ ވައިރޯޅިތައް ޒަހްރާގެ މާޒީގެ އެންމެ ހިތްދަތި ސޮފްޙާ ތައް ހުޅުވާލަދިން ކަހަލައެވެ.ވައިބާރުވެ ވާރޭ ބޯ ކުރަމުން ދިޔަވަަަރަކަށް ޒަހްރާ ގެ އެ ހަނދާން ތަކުގެ ތެރެއަށް ގެނބެމުން ދިޔައެވެ.އެންމެ ހައަހަރުގެ ތުއްތު ޒަހްރާގެ އެންމެ ދުރު ހަނދާންތަކުގެ ސަފްޙާތަކެވެ.

ޖަމީލާ އަކީ ޒަހްރާގެ ބައްޕަ ފަރާތުން ބޮޑުދައިތައެވެ. މަންމައާއި ބައްޕަ ވަކިވުމަށްފަހު ބައްޕަގެ އެދުމުގެ މަތީން ޒަހްރާ ބަލަހައްޓަމުން ދިއައީ ޖަމީލާ އެވެ.ޖަމީލާ އަކީ ހަރުކަށި ނަމަވެސް ނުބައި މީހެއްނޫނެވެ. ޖަމީލާގެ 15 އަހަރަށް ދާ އަންހެން ކުއްޖަކާއި ޒަހްރާގެ ޢުމުރުގެ ފިރިހެން ކުއްޖަކު ތިބެއެވެ. ޖަމީލާ ވެސް އިނދެގެން އުޅެނީ ދެވަނަ މީހާ އާއެވެ. އެހެންނަމަވެސް އެއިރުވެސް ޒަހްރާގެ އެ ތުއްތު ހިތަށް އެނގުނު ކަމަކީ ޖަމީލާގެ އަސްލު ދަރީން ދެކެވާ ލޯބި އޭނާދެކެ ނުވާނެ ކަމެވެ. ޒަހްރާ ކިތަންމެ މައިވަންތަ ލޯބި އިޙްސާސް ކުރަން ބޭނުންވި ކަމަށް ވިޔަސް މެއެވެ.ތަޤްދީރު އޭނާއާއި ކުރިމަތި ކުރީ ބޮޑު އިމްތިޙާނެކެވެ.މާތް ރަސްކަލާނގެ އޯގާވަންތަ ކަމުން އޭނާ އެކަންކަމާއި ޝަކުވާކުރުމުގެ ބަދަލުގައި އެކަނލާގެ އަށް ޙަމްދު ކުރެއެވެ. އޭނާއަށް ނަމާދު ކުރުމަށް އަދަބު ނުދިނަސް ޤުރުއާން ނުކިޔަވައިފި ނަމަ އިލޮށިފަތީގެ ހޫނުކަމާއި ކުރިމަތި ލާން ޖެހެއެވެ.ދެނަމާދު ދޭތެރޭ ބަރާބަރަށް ޤުރުއާން ކިޔަވަން ޖެހެއެވެ.ކުޑަކުއްޖެއް ކަމުން ބޮޑާހޭކުމާއި ފޫހިވުމާއި ހުރެދާނެ ނޫން ހެއްޔެވެ؟އޭނާ މިއަދު ޖަމީލާގެ އެ އަދަބުތަކަށް ޝުކުރުވެރި ވެއެވެ.މަންމަ އަކާއި ނުލައި އޭނާގެ ޢުމުރުން ފަސް އަހަރުން ފެށިގެން އެގޮތްމިގޮތަށް ތެޅި ގޭނި ބޮޑުވެފައި ހުރުމުން ދިރިއުޅުމާއި ކުރިމަތި ލާން ކެރިފައި ހުރީތީ އެވެ.

މިހާރު ޒަހްރާއަށް އަށް އަހަރެވެ.ޖަމީލާ އަހަރުދެކޮޅުގައި ވިހެއި 2 ކުދީން ބަލަހައްޓަން ޖެހުނީ ޒަހްރާއަށެވެ.ޖަމީލާ ގިނަވަގުތު ނިދަން އޮތުމާއި ފިލްމު ބަލަން ޖެހޭތީ އާއި މައެއްގެ ހުންނަން ޖެހޭ މުރާލި ކަމެއް ނެތުމުން އެދެކުދީންނަށް ކާންދީ ބުއްފުޅިހަދާ ނިންދަވާ ފެންވަރުވާ މިހުރިހައި ކަމެއް ޒަހްރާ ކުރަމުން ދިޔައީ އެއްވެސް ޝަކުވާ އެއް ނެތިއެވެ. އެދެކުދީން ނަކީ އޭނާގެ އެކަނިވެރިކަމާއި ހިތްދަތި ކަމުގެ ޝިފާއެއްކަހަލައެވެ.ނަމެއްގައި ސްކޫލަށް ވެސް ދެއެވެ. ކޮންމެ މަހަކު ބައްޕަ ފަސްސަތޭކަ ރުފިޔާ ފޮނުވާ ކަމަށް ވެއެވެ. އެއިރާ ބަލާއިރު އެއީ ވަރަށް ބޮޑު ޢަދަދެކެވެ.އެހެން ނަމަވެސް ޒަހްރާ ލައި އުޅެނީ އޭނާގެ މާމަ ތަންތަނުން ހޯދައިގެން ގެންނަ ހެދުމާއި ފައިވާނެވެ. އަތުގައި ޢީދު ދުވަހަކަށް ވެސް ލާނެ ރީތި ހެދުމެއް ނޯވެއެވެ. މިހެން ކަމުން ހަވީރުވެސް ފެންވަރާރީތިވާކަށް ޒަހްރާ ނޫޅެއެވެ. ރީތިވެގެން ކުރާނީ ވެސް ކޮން ކަމެއް ހެއްޔެވެ؟ ބޭރަކަށް ދިއުމުގެ ހުއްދައެއް ނޯވެއެވެ. ޅަދަރި މައެކޭ ފެނުނު ބަޔަކު ހިތަށް އަރާނެއެވެ. ގިނަ ދުވަހު ފެންވެރެނީ ވެސް ރޭގަނޑު އަށެއްޖަހާފަހުންނެވެ. ބޮކިތަކާއި އެއްޗިހި ނުހުންނާތީ ގިފިއްޔަށް ދަނީ ފުޅިބައްތި ހިފައިގެން މާމަ ގޮވައިގެންނެވެ. މާމަ ވެސް ޒަހްރާގެ މިޙާލާއި މެދު ވަރަށް ކަން ބޮޑު ވެއެވެ. އެކަމަކު ކީއްކުރާނީ ހެއްޔެވެ؟މާމަ ވެސް ހުންނަން ޖެހެނީ ޖަމީލާގެ ދަށުވެފައެވެ.ކިރިއާވެސް އޭނާއަށް އަޅާލައި އޯގާތެރިވަނީ މާމައެވެ. މާމަ އަކީ ވަރަށް ހެޔޮ މީހެކެވެ. ދުވަހަކަުވެސް ޒަހްރާ ދެކެ ރުޅިނާދެއެވެ. ޒަހްރާގެ އަތުން ކުޑަ ކުށެއް ވެއްޖިއްޔާ ޖަމީލާގެ އަތުގެ ހޫނުކަން ތަޙައްމަލް ކުރަން ޖެހޭއިރު މާމަ ވެސް ސިއްރުން ރޮއި ހަދައެވެ.

ހެނދުނު ތެދުވެގެން އެޢުމުރުގެ ކުދީން ކުރާނީ ކޮން ކަމެއް ހެއްޔެވެ؟ ސައިބޮއި ޤުރުއާން ކިޔަވައި ފޮތްތައް ބަލައި ކުރަހައި މަޖާކޮށް ކުޅެ ހަދާނީ ނޫން ހެއްޔެވެ؟ ޒަހްރާ ފަކީރު ޖެހެނީ ޖަމީލާގެ ހަގަށް ތިބި ދެމީހުން ތާހިރުކޮށް ފެންވަރުވައި ކާންދީ ނުވިތާކަށް ހެނދުނުގެ ނާސްތާ ވެސް ތައްޔާރު ކުރުމަށް އުޅޭށެވެ. މާމަ އުޅޭނީ ބަދިގޭގައި އެކަނި ކަމުން މާމަ އެކަނި ދޫކޮށްލާކަށް ޒަހްރާ ނުރުހެވެއެވެ. މިއަދަކީ ވެސް މިގޮތުގެ މަތީން އާދައިގެ ދުވަހެކެވެ. މާމަ ބަދިގޭގައި ހުރެފައި ޖެހިގެން ހުރި ފާތުމަގެ އަށް ގޮސް ލޮނުކޮޅެއް ގެނެސްދިނުމަށް އެދުނެވެ. ޒަހްރާ ޖަމީލާގެ ކުޑަމީހާ ކިހިލީގައި ޖަހައިގެން ފާތުމަގެއަށް ދިއައެވެ. އޭނާއަކީވެސް ކުޑަކުއްޖެއް ކަމުން އެގެއަށް ގޮސް ކުޑަކޮށް ދުވެލައި ސަކަރާތް ޖަހާފައި ލޮނުކޮޅު ހިފައިގެން އެނބުރި އައި އިރު ފަނަރަ ވަރަކަށް މިނިޓް ފާއިތު ވެދާނެއެވެ. އެގެއިން ނިކުތްތަނާ އޭނާގެ ފައިތިލަދަށުން ބިންގަނޑު ކެހިގެން ދިޔަހެން ހީވިއެވެ. ހިތް ބާރު ބާރަށް ތެޅެން ފެށިއެވެ. ވާނުވާ ނޭނގި ފިޔަވަޅުތައް އެޅެން ފެށިއެވެ.ގޭ ބޭރުފާރުން މަގާވީ ފަރާތުގައި އެހެރީ ދެވަނަ މީހެއް ނޫނެވެ. އެއީ އޭނާގެ މަންމަ އެވެ.އޭނާގެ ހިތް އެމީހަކަށް ޓަކައި ތެޅިފޮޅޭ އޭނާގެ ލޯބިވާ މަންމަ އެވެ.

Comments (13)

  1. Rifa

    Nimuneetha..kihineh evee ..

    1. Ruway
      Rifa

      adhi kuriah othee Rifa 🙂

  2. green

    heevanee reethi wanehen

  3. Blue lady

    Nimuneetha…. Zahura ah kithah aharu..

    1. Ruway
      Blue lady

      Zahura akee mihaaru mamma eh..2 vana paragraph in vahaka feshifai vanee.Zahrage enme dhuru handhan huree 6 aharun feshigen kamah vaathee eha hisaabun vahaka liyan fashafai vaanee..thank you all 🙂

  4. sushila

    Asthaakolo vah!haadhareche wah

  5. hayyu

    Good starting 🙂 waiting For the Next Part.. 🙂

  6. shaai

    vvvvv rythi. next part avahah upload kohdhehche

  7. Salhi

    Reethi varah

  8. Khajja

    Mi stry ekkoh kiyaalan v beynun stry fashaafa ingoiy v shalhi masha allah v ibraiytheri stry eh hen hyvey nxt prt avaskollaafa mi avvure dhigukollaadhevvaa pls stry v v v v v rythi

  9. ARU

    Vvvv vvvv reethi…..????????????

  10. Nuzuu

    stry varah varah reethi
    waiting for the next chapter

  11. someone

    nice waiting for the next part

Comments are closed.