“އެއްގޮތެއްވެސް ނުވާނެ. ނިޝާ ކަންބޮޑުނުވޭ.” ރިޔާޝާ އެހެން ބުނެލިތަނާ ޖަލުގެ މުއައްޒަފަކު އައިސް އޭނާއާއި ބައްދަލުކުރަން މީހަކު އައިސް ހުރި ވާހަކަ ބުނުމުން ރިޔާޝާއަށް ބަލާލެވުނީ ނިޝާއަށެވެ. ނިޝާ ބޯޖަހާލީ ދާށޭ ބުނާފަދަ ގޮތަކަށެވެ. ރިޔާޝާ ގޮސް ގައިދީންނާ ބައްދަލުކުރަން އަންނަ މީހުން ތިބޭ ކޮޓަރިއަށް ވަތްއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. “ރިޔާޝާ!” ރިޔާޝާ ސިހިފައި ބަލާލިއިރު އަޔާޒް ހުރީ ތޭރި ޖަހާފައި ހުރި ކުޑަދޮރު ކައިރީގައެވެ. “ކަލޭތަ؟” “އަހަރެން މިއައީ ރިޔާޝާގެ ހާލު ބަލާލަން.” […]
ޕާސަނަލް ރީސަންތަކަކާހުރެ މި ވާހަކަ އިތުރައް ޕަބްލިޝަ ނުކުރުމަށް އަޅުގަނޑު ނިންމައިފީމެވެ. ކިޔުންތެރިން އަޅުގަނޑައް ދެއްވި ތަރުހީބައް ވަރައް ބޮޑައް ޝުކުރިއްޔާ.
“ދަރިފުޅަށް ހީވޭތަ ކަންތައް ތިކުރެވުނީ ރަނގަޅަށްހެން. ފިޔާޒާއާ ދޭތެރޭ ކުޑަކޮށްވެސް ވިސްނާލިނަމަ.” “މަންމަ އަބަދުވެސް ވިސްނަންވަނީ ފަޔާޒްގެ މީހުންނާ ދޭތެރޭތަ؟ އަހަރެން މީ އެއްވެސް މީހެއް ނޫންދޯ؟ އެންމެ ފުރަތަމަވެސް ރިޔާޝާ އަހަރެން ބުނި ގޮތް ހެދިނަމަ ނުވީސް ދޯ މިހެންނެއް؟” އަޔާޒް ބުނެލިއެވެ. “ކީކޭ؟ ރިޔާޝާ ކޮންގޮތެއް ހެދީތަ؟” އަޔާޒަށް މިބުނެވުނީ ބުނަން ނުވާވަރުގެ އެއްޗެއްކަން ވިސްނުނީ ރަތީބާގެ އަޑު އިވިފައެވެ. “މި… މިބުނީ އޭނަ އަހަރެންނަށް ހަމަލާ ނުދިންނަމަ މިހެންނެއް ނުވީހެއް ނޫންހޭ؟” އަޔާޒް […]
ފަޔާޒް ވަޅުލައި ކަންތައްތައް ކުރުމުގައި ޖުމާންގެ އެހީތެރިކަން ރިޔާޝާއަށް ވަރަށް ބޮޑަށް ލިބުނެވެ. ރިޔާޝާ ގޮވައިގެން އެހުރިހާ ތަނަކަށް ގޮސް ހެދީ ޖުމާނެވެ. މޫނު ދައްކާ ހަދާފައި ފަޔާޒް ވަޅުލުމުންވެސް ރިޔާޝާ މަޑުކުރީއެވެ. ރަތީބާ ދާން ބުނުމުންވެސް އޭނާ އިރުކޮޅަކުން ދާނަން ކަމުގައި ބުނެ ރަތީބާ ފޮނުވާލީއެވެ. ރަތީބާ ދަމުން ޖުމާން ގާތުގައި ރިޔާޝާ ގާތުގައި މަޑުކޮށްލަދިނުމަށް އެދުނެވެ. ޖުމާން ރިޔާޝާ ގާތުގައި ގެއަށް ދާން އެދުމުންވެސް އޭނާ ގެއަށްދާ ޚިޔާލެއް ނުކުރިއެވެ. އެހެންކަމުން ޖުމާން ރިޔާޝާ […]
ފަޔާޒްއާއި ރިޔާޝާގެ ދެމެދުގައި ވަރުގަދަ ފާރެއް ލެވިއްޖެކަމުގައި ރިޔާޝާއަށް އިހުސާސްކުރެވެން ފަށައިފިއެވެ. މިހާރު ފަޔާޒް ގިނަ ވަގުތު ހޭދަކުރަނީ ގެއިން ބޭރުގައެވެ. ގިނައިން ކަނީވެސް ގެއިން ބޭރުންނެވެ. ކުރީގައި ހުންނަ މަޖާ މިޒާޖު ވަނީ ބަދަލުވެފައެވެ. އަބަދުވެސް ހުންނަނީ ނެގިމަޑުވެފައެވެ. ގޭގައި އުޅޭ ވަގުތުތަކުގައިވެސް މާގިނައިން ރިޔާޝާއާއި ވާހަކަދައްކައެއް ނޫޅެއެވެ. ގިންއިން އޮންނަނީވެސް ފިކުރެއްގައެވެ. ވަރަށް ބޮޑު ފިކުރެއް ކުރަމުންދާކަން ޔަޤީނެވެ. ނަމަވެސް ރިޔާޝާއަށް ނޭނގެނީ ފަޔާޒް އެފިކުރު ކުރަނީ ކޮންކަމަކާ ކަމެވެ. މިކަންތައްތައް ވެގެންދިޔައީ ރިޔާޝާއަށް […]
“ދަރިފުޅާ.. ބައްޕަ އެބަވިސްނަން ބައްޕަގެ ދޯނި ދަރިފުޅުގެ ނަންމައްޗަށްް ރަޖިސްޓަރީކުރަން.” ހަސަނު ފާއިޒުގެ މޫނަށް ފުންކޮށްބަލައިލަމުން ބުންޏެވެ. އެވަގުތު ފާއިޒުގެ މޫނުމަތިން ފެނިގެންދިޔަ ހައިރާންކަމުންވެސް އޭނާއަށް ހަސަނު ބުނިބަސް ގަބޫލުނުކުރެވޭކަމަށް ހެކިދެއެވެ.ބުނާނޭ އެއްޗެއްވެސް ނޭންގިފައި ފާއިޒުއިނެވެ.ބައްޕަ އޭނާއަށް މިހާރު މާ ހެޔޮވެގެންމިއުޅެނީ ކީއްވެބާއޭހިތަށް އަރަމުންދިޔައެވެ. “ދަރިފުޅު މިކަމާއި ބުނަނީ ކީކޭ؟” ހަސަނުވެސް ނުކެރިފައިންކަހަލަގޮތަކަށް އަހާލީ ފާއިޒު އަނގައިން ނުބުނުމުންނެވެ. “އަހަރެން ބޭނުމެއްނޫން.” ފާއިޒު އޭނާގެ ޖަވާބުދިނީވެސް އެއިންގޮތަށް އިސްޖަހައިގެން އިނދެއެވެ. “އެކަމަކު ބައްޕަ ބޭނުމީ ދަރިފުޅަށް ދޯނިދޭން.ނޫނީ […]
“މީނދަ ފިރިހެނާ މިގެއިން ނުދަނީސް މަގޭ ރުޅި މަޑެއް ނުވާނެ. ހިތަށްއަރާ މިފިރިހެނާއާ ދިމާނުވިނަމައޭ. ލަދުވެސް ގަނޭ ކޮއްކޮއޭ ބުނަން.” ފަޔާޒް އަޔާޒާއި ދިމާއަށް އިނގިލި ދިއްކޮށް ބުނެލިއެވެ. ރިޔާޝާ ފަޔާޒްގެ އަތުގައި ހިފާ ފިތާލީ ހަމަޖެހޭށޭ ބުނާފަދަ ގޮތަކަށެވެ. “ރިޔާޝާ މަޑުން އިނދެބަލަ. އޭނަ އިތުރަށް މިގޭގައި ބަހައްޓަން މަސައްކަތް ކޮށްފިއްޔާ ދެން ނޭނގެ ހަދާނެ ގޮތެއްވެސް. އޭނަ ނުދަންޏާ އަހަރެން މިގެއިން ދާނަން.” ފަޔާޒް މިފަހަރު ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ […]
އިރުއޮއްސި އަނދިރިވުމުން ކޮފީއެއް ބޯލުމަށް ނާހިދު ކައިރީހުރި ރެސްޓޯރެންޓްއަކަށް ވެންނިއެވެ. ނާހިދު ކޮފީއަކަށް އޯޑާ ދިނުމުން ނާލް ދިނީ މައިލޯ އަކަށެވެެ. ” ނާލް ދޮންބެ އެބައޮތް ބޮޑުވާހަކައެއް ބުނަންވެފަ” ނާހިދު ކުޑަކޮށް ލަދުގެންފައި އިނދެ ބުނެލިއެވެ. ” ބުނެބަ…. ހާދަ ބްލަޝް ތިވަނީ….. ވެއިޓް ލެޓް މީ ގެސް…. ފަހަރިއެއް ލިބެނީ” ނާލްއަށް އެހެން ބުނެވުނީ ތަންކޮޅެށް ބާރަށެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. މިއޮށްހުރިހާ ދުވަހު އޭނަ ދެކުނު ހުވަފެނަކީ އެއީއެވެ. އޭރުން ގޭގަވެސް ފޫހިވެގެން […]
ޒަހްރާ އަވަސް ފިޔަވަޅު ތަކެއް އަޅަމުން އެދިޔަ ގޮތަށް ދިއައީ ބަދިގެއާއި ދިމާލަށެވެ. މާމަ އަތަށް ލޮނުކޮޅު ދީފައި ކިހިލީލައި އިން ކުއްޖާ ބިންމަތީ ބައިންދާފައި އެތާ ހުރި އަށްޓެއްގައި އިށީދެއްޖެއެވެ.މާމަ އަށް މިތަން ފެނި ތިހިރީ ވަރަށް ކަންބޮޑުވެފަދޯ އޭ އަހާލިއެވެ.ޒަހްރާ އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އޭނާގެ ވަށައިގެން ވާ މާޙަވްލު ވެސް މަޑުމައިތިރި ވިކަހަލައެވެ. އިރުކޮޅަކުން ބަދިގޭން ބޭރު ބަލައިލި އިރު މަންމަ ފެންނާކަށް ނެތެވެ. އެކަން ޔަޤީން ވުމުން އޭނާގެ […]