Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ރިޔާޝާ (23ވަނަ ބައި)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
November 15, 2016 7 Mins Read
40 Comments

ފަޔާޒްގެ ހިތުގައިވެސް އެފަދަ ޝުޢޫރުތަކެއް ހިނގަމުން ދިޔައެވެ. އަޔާޒް އެގެއަށް ގެންދިޔުމުން ކަންތައް ވާނީ ކިހިނެއްބާވައެވެ. ރިޔާޝާގެ ހިތް އަޔާޒަށް އެނބުރޭނީބާވައެވެ. ނަމަވެސް މަންމަ އެކަމަށް އެދެފިނަމަ މަންމައަށްޓަކައި އޭނާ އެކަންވެސް ކުރާނެއެވެ. އަނެއްކޮޅުން އޭނާ ރިޔާޝާއަށް ވީ ވަޢުދުވެސް އޭނާ ފުއްދައިދޭނެއެވެ. ރިޔާޝާ ބޭނުންވެއްޖެނަމަ އޭނާ ރިޔާޝާ ދޫކޮށްލައިދޭނެއެވެ. ރިޔާޝާގެ އުފަލަށްޓަކައެވެ. އޭނާގެ ފުރިހަމަނުވެ އޮތް ޢާއިލާގެ ޙައްޤޫގައެވެ. އެއާއިލާގެ އުފާވެރިކަމަށްޓަކައި އޭނާގެ ލޯބި ޤުރުބާންކުރަންވެސް އޭނާ އެހުރީ ތައްޔާރަށެވެ. އެވެސް އެއްމާބަނޑު ކޮއްކޮއަށެވެ. ކާރު އައިސް ގެއަށް މަޑުކޮށްލުމާއެކު ފަޔާޒާއި އަޔާޒް ކާރުން ފޭބިއެވެ. ފިޔާޒާވެސް ފޭބިއިރު ރިޔާޝާ އިނީ ނުފައިބައެވެ. ފަޔާޒް ކައިރިވެލާފައި ގޮވާލުމުން ސިހިފައި އަވަސްއަވަހަށް ރިޔާޝާ ކާރުން ފޭބިއެވެ. ގެއަށް ވަންނަން ހިނގައިގަތުމާއެކު އަޔާޒްގެ ހިތް ތެޅިގަތީ ކީއްވެކަމެއް އޭނާއަކަށް ނޭނގުނެވެ. ތެޅިތެޅި އޮތް ހިތަކާއެކު ފަޔާޒްމެންގެ ފަހަތުން އޭނާވެސް ގެއަށް ވަނެވެ.

ގެއަށް ވަތްއިރު ސިޓިންގރޫމް ސޯފާގައި ވަރަށް ޝަޢުޤުވެރިކަމާއެކު ފޮތެއް ކިޔަން ރަތީބާ އިނެވެ. އެހެންކަމުން އޭނާއަކަށް ގެއަށް ބަޔަކު ވަތްކަމެއް ނޭނގެއެވެ. ފިޔާޒާ މަޑުމަޑުން ގޮސް ސޯފާގެ ފަހަތުގައި ހުއްޓުނެވެ. “ޕޮއް.” ފިޔާޒާ ކުއްލިއަކަށް ރަތީބާގެ ކޮނޑުގައި ހިފަމުން ހަޅޭއްލަވައިގަތެވެ. ރަތީބާ ސިހުނު ވަރުން އަތުގައި އޮތް ފޮތްވެސް ދޫވިއެވެ. އޭނާގެ އަނގައިން މަޑު ހަޅޭކެއްގެ އަޑުވެސް ބޭރުވިއެވެ. އެމަންޒަރު ފެނުމުން ފަޔާޒްމެން ގާތަށް އައި ހިނި ކޮންޓްރޯލެއް ނުކުރެވުނެވެ. “މީ ހާދަ ލާނެތް ކުއްޖެކޭ. ހުރެބަލަ ނިކަން.” ރަތީބާ ކުއްލިއަކަށް އަތް އެއްލާ ފިޔާޒާގެ އަތުގައި ހިފައިގެން ގެނެސް އުނގަށްލާފައި ހިފައިގަތެވެ. “ކިރިޔާއެއްނު މާމަ ބިރުން ހަލާކުނުވީ. ދެން އެކަހަލަ ކަމެއް ނުކުރައްޗޭ.” ފިޔާޒާގެ ކޮލުގައި ހިފާލަމުން ރަތީބާ ބުނެލިއެވެ. “ސޮރީ މާމާ.” ހެމުން ހެމުން ފިޔާޒާ އެހެން ބުނެލާފައި ގޮސް ކޮޓަރިއަށް ވަނެވެ.

“ހަމަ ކުޑަކުޑަ ފަޔާޒެއް އެހުރީ. ފަޔާޒްވެސް ކުޑައިރު ވަރަށް އެކަހަލަ ކަންތައް ކުރާނެ. މިހާރުވެސް.” ރަތީބާ އެހެން ބުނިއިރުވެސް ރިޔާޝާއާއި ފަޔާޒް ތިބީ ހީލަހީލައެވެ. އަޔާޒް އެމީހުންނާއި ބައިވެރިވި ނަމަވެސް ފަޔާޒްމެންގެ ފަހަތުގައި ހުރުމުން ރަތީބާއަކަށް އޭނާއެއް ނުފެނެއެވެ. “ދަރިފުޅުމެން ތިތާ ތި ތިބީޔޯ؟” ފަޔާޒްމެން އެތެރެއަށް ނުވަދެ ތިބުމުން ދޮރުމަތީގައި ތިބުމުން ރަތީބާ އަހާލިއެވެ. ފަޔާޒްއާއި ރިޔާޝާ އެއްފަރާތް ވެލުމުން ރަތީބާއަށް އެމީހުންގެ ފަހަތުގައި ހުރި އަޔާޒް ފެނުނެވެ. ތޭވީސް އަހަރު ފަހުން އޭނާގެ ދަރިފުޅު ފެނުމުން އޭނާއަށް އުފަލުން ރޮވުނެވެ. މައިވަންތަކަމުގެ އިހުސާސުން އޭނާގެ ހިތް އުތުރި އަރައިގަތެވެ. ރަތީބާއަށް ވީގޮތް ފެނުމުން އަޔާޒް ހުރީ ހައިރާންވެގެން ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭރުވެސް އޭނާގެ ހިތުގެ ތެޅުމަކަށް ބަދަލެއް ނާދެއެވެ. އެކަމުގެ ސަބަބެއް އޭނާގެ ވިސްނުމަކަށްވެސް ނައެވެ.

“ދަރިފުޅާ!” ކުއްލިއަކަށް ރަތީބާ އައިސް އަޔާޒްގެ ގައިގައި އޮޅުލައިގަތެވެ. ރަތީބާ އޭނާއަށް ދަރިފުޅާއޭ ކިޔާ ގޮވުމުން އޭނާގެ ހައިރާންކަން އިތުރުވިއެވެ. ރަތީބާ އޭނާއަށް ދަރިފުޅު ކިޔަންވީ ކީއްވެ ހެއްޔެވެ؟ އެއީ އޭނާ ދަންނަ މީހެއްވެސް ނޫނެވެ. އަނެއްކޮޅުން އޭނާގެ މަންމަވެސް ގަދަވެ ސަލާމަތުން ދުނިޔޭގައި އެބަހުއްޓެވެ. ބައްޕަވެސް އެބަހުއްޓެވެ. އެހެންވީއިރު މިއަންހެންމީހާ މިކިޔަނީ ކީކޭ ހެއްޔެވެ؟ ބޯގޯސް މީހެއް ކަންނޭނގެއެވެ. ނޫނީ ހަނދާނުން ބައެއް ފޮހެވިފައި ހުރީ ކަންނޭނގެއެވެ. އޭނާ ފަޔާޒަށް ބަލާލީ މީ ކޮންކަމެއްހޭ އަހާލާ ކަހަލަ ގޮތަކަށެވެ. ފަޔާޒް ބޯޖަހާލީ އަދި ހުރިހާ ކަމެއްވެސް އެނގޭނެއޭ ބުނާފަދަ ގޮތަކަށެވެ. އަޔާޒް ރަތީބާ އޭނާއާއި ދުރުކޮށްލިއެވެ. އަދި ހައިރާންކަމުން ފުރިގެންވާ ނަޒަރަކުން ފަރުވާތެރިކަމާއެކު ބަލަމުން ދިޔައެވެ.

ރަތީބާ އަޔާޒްގެ ނިތުގައި ބޮސްދީފައި އަނެއްކާވެސް އޮޅުލައިގަތެވެ. އޭނާގެ ލޮލުން އޭރުވެސް ހުއްޓުމެއްނެތި ހޫނު ކަރުނަތައް އޮހެމުން ދިޔައެވެ. ނަމަވެސް އެއީ ހިތާމައިން އޮހޭ ކަރުނައެއް ނޫނެވެ. ކުއްލިއަކަށް ލިބިގެން ދިޔަ ބޮޑު އުފަލެއްގެ ސަބަބުން އޮހޭ ކަރުނައެވެ. ރަތީބާގެ އެހަރަކާތްތަކުން އަޔާޒަށް އުނދަގޫވަމުން ދިޔައީ ކީއްވެކަމެއް ނޭނގެއެވެ. އޭނާ ދެވަނަ ފަހަރަށް ރަތީބާ ދުރުކޮށްލިއެވެ. އަދި ފަޔާޒްގެ އަތުގައި ހިފައިގެން ގެނެސް އަޔާޒްގެ ކައިރީގައި ބެހެއްޓިއެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު ދެމީހުންގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގާލިއެވެ. ހުރިހާ ގޮތަކުންވެސް ހަމަ ވައްތަރީއެވެ. “ފަޔާޒް! ކިހިނެއްތަ ވެގެން މިއުޅެނީ؟” އަޔާޒަށް ނުހުރެވިގެން އަހާލިއެވެ.

“ސަޕްރައިޒް.” ކުއްލިއަކަށް ގޭ ދޮރުމަތިން އިމާދުގެ އަޑު އިވުމުން އެންމެންނަށް އެއްފަހަރާ ބަލާލެވުނެވެ. އެތެރެއަށް ވަދެގެން އައި އިމާދުގެ ފިޔަވަޅުތަކަށް ލަސްކަމެއް އައީ އަޔާޒް ފެނުމުންނެވެ. އެއްސިފައިގައި ތިބި ދެޒުވާނުން ފެނުމުން އޭނާގެ ހިތް ތެޅިގަތީ މުޅިން ތަފާތު ގޮތަކަށެވެ. އެއީ އޭނާގެ ދެވަނަ ދަރިއޭ ހިތުގެ ކަނަކުން ބުނަމުން ދިޔައެވެ. އިމާދު އެދެޒުވާނުންނަށް ބަލަމުން އައިސް ރަތީބާގެ ކައިރިއަށް ހުއްޓުނެވެ. އަދި ފެންނަމުންދިޔަ މަންޒަރު ޤަބޫލުނުކުރެވިފައި ބަލަހައްޓައިގެން ހުރެވުނެވެ. “އަޔާޒް!” އިމާދުގެ ދެތުންފަތް ފޫދުއްވާލާފައި އެނަން ނުކުތްއިރު އޭނާގެ ދެލޯ ފުރިއްޖެއެވެ. އޭނާގެ ދަރިފުޅު މިފެނުނީ ތޭވީސް އަހަރު ފަހުންނެވެ. އެންމެ ހަތް ދުވަހުގައި އެމީހުންނާއި ވަކިކޮށްލި ދަރިފުޅު މިއަދު މިހުރީ ޒުވާނެއްގެ ގޮތުގައި އެމީހުންގެ ކުރިމަތީގައެވެ.

އިމާދަށްވެސް ވީ ހަމަ ރަތީބާއަށް ވީފަދަ ގޮތެކެވެ. ކުއްލިއަކަށް އަޔާޒްގެ ގައިގައި ބައްދައިގަނެފައި ރޮއިގަނެވުނީ ދަރިފުޅާއޭ ކިޔާ ގޮވާލަމުންނެވެ. ކުއްލިއަކަށް މި ދިމާވި ކަންތައްގަނޑުގެ ސަބަބުން އަޔާޒްގެ ބޯ ހާސްވާން ފެށިއެވެ. އަޖައިބެކެވެ. މިއިން އެކަކުވެސް ވެގެން މިއުޅޭ ގޮތެއް އޭނާ ކައިރީ ބުނާކަށް ގަސްތެއް ނުކުރެއެވެ. ކޮންމެ މީހަކުވެސް އޭނާއަށް ދަރިފުޅު ކިޔާފައި ސުވާލުގެ ކަނޑަކަށް ގަންބާލަނީއެވެ. ވާނުވާ ނޭނގި ހާސްކަން އިތުރުވާން ފެށުމުން އަޔާޒްގެ ބޮލުގައި ރިއްސަން ފެށިއެވެ. އިރުގަނޑެއް ފަހުން އިމާދު އަޔާޒް އޭނާގެ ގަޔާއި ދުރުކޮށްލުމުން އަޔާޒް އަވަސްއަވަހަށް ވާހަކަދެއްކިއެވެ. “ފަޔާޒް! އަހަރެން ދެން ގޮސްލަނީ. ވަރަށް ގަދައަށް ބޮލުގައި ރިއްސަން ފަށައިފި.” އަޔާޒް އެހެން ބުނެލުމުން ފަޔާޒް ވަގުތުން ދެކޮޅު ހެދިއެވެ.

“އަހަރެންނަށް އިނގޭ އަޔާ ދާން ތިއުޅެނީ ކީއްވެކަން. ހިނގާ އިށީންނަން. އަޔާ ތި ބޭނުންވާ ހުރިހާ ސުވާލެއްގެ ޖަވާބުވެސް ލިބޭނެ.” ފަޔާޒް އެހެން ބުނެލުމުން އަޔާޒް ބޯ ހޫރާލާފައި ސޯފާއާއި ދިމާއަށް ހިނގައިގަތީ މިރޭގެ ހަތަރެސްކަން ހަމަވީއޭ ހިތަށް އަރުވަމުންނެވެ. އެމީހުންގެ ހަރަކާތްތަކަށް ބަލަން ހުރި ރިޔާޝާ ކޮޓަރިއަށް ވަންނަން ހިނގައިގަތީ ފިޔާޒާ ނިންދަވާށެވެ. ފަޔާޒްގެ ޢާއިލާ އެކަތިގަނޑަކަށް ވާތީ އުފާވި ނަމަވެސް އޭނާގެ އަމިއްލަ ދިރިއުޅުމާއި ދޭތެރޭ ވިސްނާލެވުމުން އޭނާ ކަންބޮޑުވިއެވެ. އޭނާގެ ދިރިއުޅުމަށް މި ލައިގަންނަން މިއުޅޭ ތޫފާނުގެ ވަރުގަދަކަން އޭނާއަށް މިހާރުވެސް ވަޒަންކުރެވެއެވެ. ކުރާނެކަމެއް ނެތެވެ. އޭނާއަށް މިޖެހުނީ ދެބެންގެ މެދުގައި ތާށިވެފައި ހުންނާށެވެ.

“ދަރިފުޅާ އަޔާޒް! ދަރިފުޅު ހިތަށް އަރާނެ ބައްޕަމެން އަޔާޒަށް ދަރިފުޅު މިކިޔަނީ ކީއްވެބާއޭ. އެއީ ކީއްވެކަން ބުނެދީފާނަން. ބައްޕަމެންނަށް މާފުކޮށްދޭތި.” އިމާދު އެހެން ބުނެފައި ކަންތައް ވީގޮތް ކިޔައިދޭން ފެށިއެވެ. އިމާދުގެ ވާހަކަތައް އަޑު އަހަމުން ދިޔައިރު އަޔާޒް އިނީ ހައިރާންވެގެން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި މީހުން ޤުރުބާނީތައް ވާ ވާހަކަ އޭނާވެސް އަޑުއަހައެވެ. ނަމަވެސް މީހަކު މިވަރުގެ ބޮޑު ޤުރުބާނީއެއް ވީ ވާހަކަ އޭނާ މިހާ ތަނަކަށް އަޑެއް ނާހައެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ރަތީބާގެ ކެތްތެރިކަމަށް ތަޢުރީފު ކުރެވުނެވެ. މަޔަކަށްވެހުރެ އެވަރު ކަމެއް ކުރަން ކެރޭނީ ވަރަށް ހިތްވަރުގަދަވެގެންކަން އަޔާޒަށް ވިސްނެއެވެ. އަނެއްކޮޅުން އިމާދުގެ ހެޔޮ ލަފާކަމަށްވެސް އޭނާއަށް ތަޢުރީފުކުރެވުނެވެ.

އަޔާޒަށް އިމާދުމެންގެ ވާހަކަތައް އެހާ ފަސޭހައިން ޤަބޫލުކުރެވުނީ ސަބަބެއް ނެތިއެއް ނޫނެވެ. ރަތީބާ ދެއްކި ފޮޓޯ އަލްބަމްގައި އޭނާއާއި ފަޔާޒް ތުއްތުއިރުގެ ފޮޓޯތައް ހުރުމުން އިތުރު ހެއްކަކަށް ބޭނުމެއް ނުވިއެވެ. ރަތީބާ ބުނި ގޮތުގައި އެއީ އެމީހުން ވިހޭތާ ހަތް ދުވަހުގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކެކެވެ. އެފޮޓޯތަކުން އެއީ އޭނާކަން ޔަޤީންކުރެވޭނެ ކަންތައްތައް ފެނުނެވެ. އޭނާގެ ބޮލުން އިސްތަށި ފަޅާފައިވާ ހިސާބުގައި ހުރި ލަފާއި އޭނާގެ ކަނާއަތު ބުމަ ކައިރީގައި ހުރި ބޮޑު ކަޅުތިލަވެސް ހެއްކަކަށް ފުދެއެވެ. އޭނާގެ ޙަޤީޤީ ޢާއިލާއާއި ދިމާވުމުން އުފާވި ނަމަވެސް ވޭތުވެދިޔަ ތޭވީސް އަހަރުތެރޭ އެމީހުން އޭނާއާއި ބައްދަލުކޮށްފައިނުވާތީ އެޝަކުވާ އޭނާ ކުރިއެވެ. އަދި މިހުރިހާ ދުވަސް ވަންދެން އެކަން ސިއްރުކުރީތީވެސް އޭނާ ޝަކުވާކުރިއެވެ.

“މަންމަމެންނަށް މާފްކުރޭ. މަންމަމެން އެގޮތަށް ކަންތައްކުރީ ވަޙީދުގެ އެދުމަކަށް. އޭނަ ވަނީ ހަސީނާއަށްވެސް ދަރިފުޅުގެ ޙަޤީޤަތް ސިއްރުކޮށްފައި. އެހެންވެ އޭނާ ބޭނުންނުވީ އެކަން ހަސީނާއަށް އެނގެން. އެހެންވެ އޭނަ މަންމަމެން ގާތު އެދުނީ އެގެއަށް ނައުމަށް. އެގެއަށް ނުގޮސްވެސް ބަރާބަރަށް ދަރިފުޅުގެ ޚަބަރު ލިބޭނެ ގޮތް ހަދައިދޭނެކަމަށް އޭނާ ވަޢުދުވި. އެހެންވެ މަންމަމެން ދިޔުން ހުއްޓާލީ. އެކަމު ފަސް މަސް ވީތަނާ އެމީހުން ރާއްޖޭން ބޭރަށް ބަދަލުވީ އަންގާވެސްނުލާ. އޭގެ ފަހުން މަންމަމެންނަކަށް ދަރިފުޅުގެ ޚަބަރެއް ނުލިބޭ.” ރަތީބާ ދެރަވެފައި އިނދެ އެވާހަކަތައް ކިޔައިދިނުމުން އަޔާޒް އެމީހުންނަށް މާފްކުރިއެވެ. މިހާރު އޭނާއަށްވެސް ވަޙީދުގެ މަކަރުވެރިކަން ވިސްނިއްޖެއެވެ. އޭނާގެ ހިތުގައި ވަޙީދުގެ މައްޗަށް ނަފުރަތު އުފެދުނީ މަދު ސިކުންތުކޮޅެއް ތެރޭގައެވެ.

“ދަރިފުޅު މިކޮޅުގައި މިއޮތް ހުރިހާ ދުވަހު އުޅުނުއިރުވެސް ދިމާނުވީ ކީއްވެބާ؟” ރަތީބާ ބުނެލިއެވެ. “މަންމާ! އަހަރެން ގްރޭޑް ހަތަކުން ފަށައިގެން އުޅުނީ ރާއްޖޭގައި. އެކަނި އުޅުނީވެސް. މަންމަމެން ސިންގަޕޫރުގައި މަޑުކުރަން ބުނީމަވެސް އަހަރެން ރާއްޖެ ދިޔައީ. އަހަރެންނަށް ރާއްޖެ މާ ކަމުދިޔައީ. މިހާރު މިކޮޅުގައި މިއުޅެނީ ޖުމާންގެ ކައިވެނި ޕާޓީއަށް އައިސް. އިއްޔެ އައީވެސް. އެއީ އަހަރެންނާއި އެއް ކުލާހެއްގައި އުޅުނު ކުއްޖެއް.” އަޔާޒް ބުނެލިއެވެ. “އެހެންތަ؟ ދެން އަޔާ އެހާ ކުޑައިރު ސިންގަޕޫރުގައި އުޅުނީމަ ކިހިނެއް ކުއްލިއަކަށް ރާއްޖޭގައި އުޅޭ ހިތްވީ؟” ފަޔާޒް ވަރަށް ގަޔާވެފައި އިނދެ އަހާލިއެވެ. “އެވީގޮތަކީ އެއްފަހަރު ޗުއްޓީއަކަށް އަހަރެން ކިޔާވަރުން މަންމަމެން އަހަރެން ގޮވައިގެން ރާއްޖެ އައީ. އޭރު ރައްޓެހި ބައެއް ކުދިން ކިޔާއަޑު އަހަން ރާއްޖެ ވަރަށް ރީއްޗޭ. ދުނިޔެމަތީގެ ސުވަރުގެއޭ. މިކަހަލަ އެއްޗެހި. އެހެންވެ ދާހިތުން ބުނީ. ދެން އެފަހަރު ގޮސް އަހަރެންނަށް ރާއްޖެ މާ ކަމުދިޔައީ.” އަޔާޒް ވަރަށް ގަޔާވެފައި އިނދެ ބުނެލިއެވެ.

“ކޮބާ އަހަރެން ދިން ސަޕްރައިޒް ކިހިނެއްވަނީ؟” ފަޔާޒް އަހާލިއެވެ. “ވަރަށް ބަރާބަރު. މިވީ ތޭވީސް އަހަރުތެރޭ ވަރަށް ގިނަ ސަޕްރައިޒް ލިބިއްޖެ. އެކަމު މިވަރުގެ ސަޕްރައިޒެއް ނުލިބޭ.” އަޔާޒް އުފަލުން އިނދެ ބުނެލިއެވެ. “ދަރިފުޅު ދެން ރާއްޖެ ދާނެ ކަމެއް ނެތް. ދަރިފުޅު ސިންގަޕޫރަށް ދާން ބޭނުން ނޫނިއްޔާ މިގޭގައި މަޑުކުރޭ.” އިމާދު އެހެން ބުނެލުމުން ފަޔާޒްގެ މޫނުމަތި ބަނަވެގެން ދިޔައެވެ. އޭނާގެ އުފާވެރި ހަޔާތުގައި ސިއްކަ ޖެހުނީ ކަމުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ. އަޔާޒަކީ ރިޔާޝާގެ ފުރަތަމަ ލޯތްބެވެ. އެހެންކަމުން ފުރަތަމަ ލޯބީގެ ބާރު މާ ގަދަވާނެކަމުގައި ފަޔާޒް ދެކެއެވެ. އަނެއްކޮޅުން ރިޔާޝާ އޭނާއާއި އިނީ ލޯތްބަކުންވެސް ނޫނެވެ. މަޖުބޫރުންނެވެ. އެހެންކަމުން މިހާރު ފަޔާޒްދެކެ ރިޔާޝާ ލޯބިވިޔަސް އަޔާޒް ފެންނަ ހިސާބުގައި އުޅޭކަމަށްވަންޏާ ރިޔާޝާގެ ހިތް ބަދަލުވާކަށް ގިނަ ދުވަހެއް ނުވާނެއެވެ. މިފަދަ ނުބައި ވަސްވާސްތަކުން ފަޔާޒްގެ ހިތް ނުތަނަވަސްވާން ފެށުމުން އޭނާ ނިދުމުގެ ބަހަނާ ދައްކާފައި އަވަހަށް ކޮޓަރިއަށް ދިޔައެވެ.

ފަޔާޒް ގޮސް ކޮޓަރިއަށް ވަތްއިރު ރިޔާޝާ އޮތީ ފަންކާއަށް ނަޒަރު ހުއްޓާލައިގެންނެވެ. ނިތްމަތީގައި އެއްއަތް ބާއްވާލައިގެން އޮތްގޮތުން ފުން ވިސްނުމެއްގައި އޮތްކަން އެނގެއެވެ. ދޭތެރެ ދޭތެރެއިން ކަރުނަ ލޯ ފޮހެލައެވެ. ރިޔާޝާ ރޮނީކަން އެނގުމުން ފަޔާޒަށް ހުރެވުނު ތަންވެސް ނޭނގުނެވެ. “ރިޔާ! ރޮނީތަ؟ ކީއްވެ ތިރޮނީ؟” ފަޔާޒް ކަންބޮޑުވެފައި އަހާލިއެވެ. ރިޔާޝާ އަވަސްއަވަހަށް ދެލޯ ފޮހެލާފައި ނުރޮމޭ ބުނެލިއެވެ. “އުހުނ. ބުނެބަލަ. ކީއްވެތަ ތިރޮނީ؟” ފަޔާޒް ރިޔާޝާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ. ފަޔާޒްގެ އެ ގާތްކަމުން ރިޔާޝާއަށް ފަޔާޒްގެ މޭގެ ތެރޭގައި ބޮނޑިވެގަންނަމުން ރޮއިގަނެވުނެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން ފަޔާޒަށް ވިސްނުނެވެ. އެހެންނޫނީ ރިޔާޝާ އެގޮތަކަށް ނުރޯނެއެވެ.

“ރިޔާ! ދެން ނުރޮއިބަލަ. ތިހެން ވީގޮތް ނުބުނެ ރުޔަކަސް ނޭނގޭނެ ދޯ؟ އަހަރެން ވަރަށް ދެރަވޭ ރިޔާ ރޯތަން ފެނުނީމަ. ހުއްޓާލާފަ ބުނެބަލަ ދެން ވީގޮތެއް.” ފަޔާޒް ލޯތްބާއެކު ބުނެލިއެވެ. “އަހަރެން ބިރުގަންނަނީ ފަޔާ.” ރިޔާޝާ ވަރަށް އުނދަގުލުން ބުނެލިއެވެ. “އަހަރެން ހުއްޓާވެސް. ކޮންކަމަކާތަ ބިރުގަންނަނީ؟” ފަޔާޒް ރިޔާޝާ ހެއްވާލެވޭތޯ މަސައްކަތްކުރިއެވެ. “ފަޔާއަށް ހީވޭތަ ދެން އަހަރެމެންނަށް ކުރިންހެން އުފަލުގައި އުޅެވިދާނެހެން؟” ކުއްލިއަކަށް ރިޔާޝާ އެކުރި ސުވާލަކުން ފަޔާޒް ސިހިއްޖެއެވެ. ރިޔާޝާ އެރޮނީ އެހެންވެގެންބާވައޭ ފަޔާޒްގެ ހިތަށްއެރިއެވެ. “އަހަރެންނަށް އިތުބާރެއް ނުކުރަންތަ؟” “އަހަރެން ފަޔާއަށް އިތުބާރުކުރަން. އެކަމަކު އަޔާޒް އައިމަ އަހަރެންނަށް ހީވަނީ އަހަރެމެން ދެމީހުން ވަކިވެދާނެއޭ.” ރިޔާޝާ ވަރަށް ދެރަވެލާފައި ބުނެލިއެވެ.

“ކީއްވެ؟ ރިޔާ އަދިވެސް އަޔާދެކެ ލޯބިވަނީ ދޯ؟” ފަޔާޒަށް އެސުވާލުގެ ޖަވާބު އެނގުނު ނަމަވެސް އޭނާ ބޭނުންވަނީ ރިޔާޝާގެ ދުލުން ބުނުވާށެވެ. “އަހަރެމެން މެރީ ކުރުމުގެ ކުރިން އަހަރެން ރިޔާއަށް ވަޢުދެއްވިން. އެއީ ރިޔާ ބޭނުންވި ދުވަހަކުން ރިޔާ މިނިވަންކޮށްދޭނަންކަމަށް. ރިޔާ މިއަދުވެސް އަޔާ ވިޔަސް އަދި އެހެން މީހެއް ކައިރިއަށް ވިޔަސް ދާން ބޭނުންވެއްޖެއްޔާ ބުނޭ. އަހަރެން ރިޔާ އެދޭ ގޮތަށް ރިޔާ ދޫކޮށްލަދޭނަން.” ފަޔާޒް އެހެން ބުނުމުން ރިޔާޝާއަށް އަނެއްކާވެސް ރޮވުނީއެވެ. “ނޫން ފަޔާ. އަހަރެން ލޯބިވަނީ ހަމައެކަނި ފަޔާދެކެ. ޤަބޫލުކޮށްބަލަ. އަހަރެން އެހެން އެއްވެސް މީހެއްދެކެ ލޯތްބެއްނުވޭ. ފަޔާ! އަހަރެން ދޫކޮށްނުލައްޗޭ. އަހަރެންނަކަށް ފަޔާއާނުލައެއް ނޫޅެވޭނެ. ފަޔާ އަހަރެން ދޫކޮށްލައިފިއްޔާ އަހަރެން އަމިއްލައަށް މަރު…” “ނޫން. ދެން ހުއްޓާލާ. އަހަރެން ރިޔާ ދޫކޮށްލާކަށް ނޫޅެމޭ. އަހަރެން ބޭނުންވީ ރިޔާ އަހަރެންދެކެ ލޯބިވާވަރު ރިޔާ ލައްވާ ބުނުވަން. ރިޔާއާނުލާ އަހަރެންނަކަށްވެސް ނޫޅެވޭނެ.” ފަޔާޒް ރިޔާޝާ އޭނާގެ ގަޔާލައި ބޮނޑިކޮށްލިއެވެ.

**********

“އަނހާ ޢައިޝާ. ހާދަ ދުވަހެކޭ ދޯ ދިމާނުވާތާ. ކިހިނެއްތަ؟” ދުވަސްގަނޑަކަށްފަހު ޝިފާންއަށް ޢައިޝާއާއި ބައްދަލުވީ ފިހާރައެއްގެ ތެރެއިންނެވެ. “ރަނގަޅޭ. ޝިފާން ކިހިނެއްތަ؟” ޢައިޝާވެސް ހީލާފައި އަހާލިއެވެ. “އަހަރެންވެސް ދެން ރަނގަޅު.” “ދެން ރަނގަޅޭ. މުޅިން ރަނގަޅެއް ނޫނޭ ދޯ ތިބުނީ؟” ޢައިޝާ އެހެން އަހާލުމުން ޝިފާން ބޯޖަހާލިއެވެ. “މީ… ވައިފް ތަންކޮޅެއް ބަލިކޮށް އުޅޭތީ. ދެން އަހަރެންވެސް ރޯގާ ކަންތައް ބޮޑުވެގެން މިއުޅެނީ.” ޝިފާން އޭނާގެ ހާލަތު އޮޅުންފިލުވައިދިނެވެ. “އޭތް. އަންގާވެސްނުލާ މެރީވެސް ކުރީތަ؟ ސައި ދޭންވާނެ.” ޢައިޝާ ދިމާކުރިއެވެ. “ހެހެހެ. ރިޔާއާ މައްސަލަ ޖެހުނުފަހުން ޢައިޝާއާ ދިމައެއްވެސް ނުވޭވިއްޔަ. ދެން ކިހިނެއް ކަމެއް އަންގާނީވެސް.” ޝިފާން ހީލާފައި ބުނެލިއެވެ.

“ކޮންއިރަކު ތިދެމީހުން މައްސަލަ ޖެހުނީ؟” ޢައިޝާ ހައިރާންވެފައި އަހާލިއެވެ. “އެއީ އަޔާއާ ޖެހުނު ކުޑަ މައްސަލައެއްގައި.” ޝިފާން ދިނީ ކުރު ޖަވާބެކެވެ. “އެކަމު އެދެމީހުންގެ ވެޑިންގ ނައިޓްގައި ހިއެއްނުވޭ މައްސަލައެއް ޖެހިގެން އުޅޭހެނެއް.” ޢައިޝާ އެހެން ބުނުމުން ޝިފާން ގާތަށް ކުޑަކޮށް ހިނިއައެވެ. “ތިވާހަކަ ކިޔައިދޭނަން މީޓްވީމަ. މިކަހަލަ ތާކު ނުކިޔޭނެއެއްނު.” މާހައުލަށް ނަޒަރެއް ދެމުން ޝިފާން ބުނެލިއެވެ. “އާނ. އެންމެ ރަނގަޅު.” “ބިޒީ ނޫނިއްޔާ އަހަރެންނާއެކު ކޮފީއަކަށް ދެވިދާނެތަ މިހާރު؟” ޝިފާން އަހާލިއެވެ. “އާނ. މައްސަލައެއް ނެތް.” ޢައިޝާ އެހެން ބުނެފައި ޝިފާންއާއެކު ފިހާރައިން ނުކުތެވެ. “ޢައިޝާ އެއްޗެއް ގަންނާކަށް ނޫންތަ އައީ؟” ޢައިޝާ އެއްޗެއް ނުގަނެ ނުކުތުމުން ޝިފާން ހައިރާންވެފައި އަހާލިއެވެ. “އާނ. ހަމަ ބަލާލަންވެގެން ވަނީ. ޝިފާން އޯ؟” “މަ ސެންޓް ފުޅިއެއް ގަނެލަންވެގެން ވަނީ. އެކަމު އެވައްތަރެއް ނެތް.” ޝިފާން އެހެން ބުނެފައި ސައިކަލަށް އަރާފައި ޢައިޝާ ގާތުގައި އެރުމަށް ބުންޏެވެ.

ކޮފީ ޝޮޕެއް ކައިރިއަށް ސައިކަލު ހުއްޓާލުމުން ޢައިޝާ އަވަސްއަވަހަށް ފޭބިއެވެ. ޝިފާންއަކީ މީހެއްގެ ފިރިއަކަށްވާތީ ޝިފާންއާއެކު ސައިކަލު ފަހަތުގައި އިންދާ މީހަކަށް ފެނިދާނެތީ އޭނާ ކަންބޮޑުވިއެވެ. “ހޫމް. ދެން ކިޔައިދީބަލަ.” ދެފަރާތް ބަލާލަމުން ޢައިޝާ އަހާލިއެވެ، “ހާދަ ބިރަކުން ތިއުޅެނީ. އަހަރެންގެ ވައިފް ވަރަށް އަންޑަސްޓޭންޑިންގ ވާނެ.” ޢައިޝާ ޖެހިލުންވެފައި އިންދާ ފެނުމުން ޝިފާން ބުނެލިއެވެ. “ހޫމް. ޢައިޝާ ހީކުރީ ރިޔާ އިނީ އަޔާއާ ކަމަށް ދޯ؟” ޢައިޝާ ބޯޖަހާލިއެވެ. “މަ ދިޔައިމޭ އެރޭ އެމީހުން ބޭއްވި ކުޑަ ސަޔަށް. އަޔާއާ ދެމީހުން ވަރަށް ހަމަޖެހިލާފަ ތިބީ.” “އެއީ އަޔާއެއް ނޫން. އޭނަގެ ނަމަކީ ފަޔާޒް.” ޝިފާން އެހެން ބުނެލުމުން ޢައިޝާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. “ވަޓް؟ އެހެން ނުވާނެ. އެހެންވިއްޔާ އެއީ ޓްވިންސްތަ؟” ޢައިޝާ ހައިރާންވެފައި އިނދެ އަހާލުމުން ޝިފާން ބޯ ހޫރާލިއެވެ.

“މަވެސް ހިތަށްއަރާ ބައެއް ފަހަރު އެއީ ޓްވިންސްބާއޭ. އެކަމު ދެ ފެމެލީއަކުން ޓްވިންސްއެއް ނާންނާނެތާ. އަހަރެން އެދެމީހުން ވަކިކުރާ ގޮތް ބުނަންތަ؟ އަޔާގެ މިތާ އިންނާނެ ލަފެއް.” ބޮލުގެ އިސްތަށި ފަޅާފައިވާ ހިސާބުގައި އަތް ޖައްސާލަމުން ޝިފާން ބުނެލިއެވެ. “އަދި ކަނާއަތު ބުމަ ކައިރީ އިންނާނެ ބޮޑު ކަޅުތިލައެއްވެސް.” ޝިފާން އިތުރުކޮށްލިއެވެ. “އެހެންތަ؟ އެހެންވިއްޔާ ރިޔާއަށް އަޔާ ކަމަށް ހީކޮށް އެ އިނދެވުނީ އެހެން މީހަކާތާ.” ޢައިޝާއަށް ބުނެވުނެވެ. “ނޫނޭ. އޭނާ ފަޔާޒްއާ އިނީ އެއީ އަޔާ ކަމަކަށް ނޫން.” ޝިފާން އެހެން ބުނެފައި ކަންތައް ވީގޮތް ކިޔައިދިނެވެ. “ވަރަށް ދެރަކޮށް ތި ކަންތައް ދިމާވީ ކޮންމެއަކަސް.” ޢައިޝާ ދެރަވެލާފައި ބުނެލިއެވެ. “ނޫނޭ. އެއީ ހަމަ ރަނގަޅަކަށް ވީކަމެއް. މިހާރު ރިޔާގެ ދިރިއުޅުން ވަރަށް އުފާވެރި. އަޔާއާ ގުޅުނުނަމަ އެހާ އުފާވެރި ދިރިއުޅުމެއް ނުލިބޭނެކަން ޔަޤީން.” ރިޔާޝާ އުފަލުގައި ހުރި ވާހަކަ ބުނުމުން ޢައިޝާއަށް “އަލްޙަމްދުﷲ” އޭ ބުނެވުނެވެ.

“ދެން ޢައިޝާ އަދިވެސް މެރީ ނުކުރަންތަ؟ ކީއްވެތަ ތިހެން ހުސްކޮށް ތިހުންނަނީ؟” ޝިފާން މަޢުޟޫ ބަދަލުކޮށްލިއެވެ. “ލޯބިވާ މީހާ ނުލިބުނީމަ.” ޢައިޝާ ވަރަށް ކުރުކޮށް ޖަވާބުދިނެވެ. “އެހެންތަ؟ އެއީ އަނެއްކާ ކާކު؟” ޝިފާން އެހެން ބުނެލުމުން ޢައިޝާ ވިސްނާލިއެވެ. “އެއީ ޝިފާންއަށްވެސް އިނގޭނެ އޭނަ. އެއީ އަޔާޒް. އޭނަ ރިޔާދެކެ ލޯބިވާ ވާހަކަ ބުނީމަ އަހަރެން އޭނައަށް އެކަން ނޭންގީވެސް. އެހެންވެ އަހަރެންނަށް އެދުވަސްކޮޅު ރިޔާއާ ދުރުވެސް ވެވުނު. އަޔާޒްދެކެ އަހަރެން އަބަދުވެސް ލޯބިވިން. އެކަމު ދެންމެ ތި ކިޔައިދިން ވާހަކަތަކުން ވަރަށް ފޫހިވެއްޖެ އޭނަދެކެ. އެހެންވީމަ މިޖެހުނީ އޭނަ މަތިން ހަނދާން ނައްތާލާފަ އެހެންމީހަކު ހޯދަން އުޅެން.” ޢައިޝާ ސީރިއަސްވެފައި ބުނެލިއެވެ. “އެހެންވިއްޔާ އަހަރެން ބުނަންތަ ވާހަކައެއް؟” ޢައިޝާ ބޯޖަހާލިއެވެ. “ޢައިޝާ އަހަރެންނާ މެރީކުރަންވީނު.”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ނާމާން 3

Next

ބީރައްޓެހިޔާ 2

Next
November 15, 2016

ބީރައްޓެހިޔާ 2

Previews
November 14, 2016

ނާމާން 3

40 Comments!

  1. Kiyaa says:
    November 15, 2016 at 7:10 am

    Yey yey
    First meeee
    Nice v v n waitng 4 next …..

    1. Saandy says:
      November 16, 2016 at 2:36 am

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 24ވަނަ ބައި ގެނެސްދޭނަން

  2. ?? says:
    November 15, 2016 at 7:11 am

    Wow haadha reehchey mi part vex…

    1. Saandy says:
      November 16, 2016 at 2:36 am

      ޝުކުރިއްޔާ

  3. Dhondhooni says:
    November 15, 2016 at 9:09 am

    v nice..mipart ves… waiting 4 next part…

    1. Saandy says:
      November 16, 2016 at 2:37 am

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 24ވަނަ ބައި ގެނެސްދޭނަން

  4. Ashvy says:
    November 15, 2016 at 9:19 am

    Vvvv Salhi ingey.. dhn vaany kihinehbaa? Ayaz ah riyasha libeynebaa?? Riyasha nudhahchey ayaz kairi ah ? waiting for next part…

    1. Saandy says:
      November 16, 2016 at 2:38 am

      ޝުކުރިއްޔާ! ކުރިއަށްހުރި ބައިތައް ކިޔާލީމަ އެނގިދާނެތާ ވާގޮތެއް… އިރާދަކުރެއްވިއްޔާ މާދަމާ 24ވަނަ ބައި ގެނެސްދޭނަން

  5. Axee says:
    November 15, 2016 at 9:29 am

    Wow salhi??……ekm aishaa r ayaa dho gulhuvaany..eyrah salhi vaany….☺☺waitin 4 next part

    1. Saandy says:
      November 16, 2016 at 2:39 am

      ޝުކުރިއްޔާ! އިނގިދާނެތާ ޢައިޝާ ގުޅެނީ ކާކާކަންވެސް… އިރާދަކުރެއްވިއްޔާ މާދަމާ 24ވަނަ ބައި ގެނެސްދޭނަން

  6. Axee says:
    November 15, 2016 at 9:31 am

    Fayaa n riyaa ..ayaa n aishaa….dhen story vill b perfect☺☺

    1. Saandy says:
      November 16, 2016 at 2:39 am

      ޝުކުރިއްޔާ

  7. rosy says:
    November 15, 2016 at 9:32 am

    wow… vvv reethi..
    riyasa and fayaa pls

    1. Saandy says:
      November 16, 2016 at 2:40 am

      ޝުކުރިއްޔާ

  8. candycane says:
    November 15, 2016 at 9:57 am

    Shifan e bunre ehnu wife ey? That means shifaan married ekeynu..
    Fayaz and riya vaki nukurahchey ❤ v avahah up kohdhiba

    1. Saandy says:
      November 16, 2016 at 2:41 am

      ޝުކުރިއްޔާ! ކޭންޑީކެއަރ! ހަމަ ދެއަނތްބަށްވެސް އިނދެވިދާނެއެއްނު… ހެހެހެ… އިރާދަކުރެއްވިއްޔާ މާދަމާ 24ވަނަ ބައި ގެނެސްދޭނަން

  9. bad girl says:
    November 15, 2016 at 10:55 am

    what the shifaan keekey hitah araigen tha e ulhenii already he has a wife anikaa dhe anbah tha hehehe nulaahiku aanmu kameh viyya….
    saandy enme hih thelhey hisaabun thi ninmaalee ;D

    1. bad girl says:
      November 15, 2016 at 10:56 am

      riyaa and fayaz vaki nukurachey plx 😀

    2. Saandy says:
      November 16, 2016 at 2:43 am

      ޝުކުރިއްޔާ! ހަމަ ވެދާނެ ދޯ ދެއަނތްބަށް އިންނަން އުޅެނީ ކަމަށްވެސް… އާނ… ވަރަށް އާންމު ކަމެއް ދޯ އަސްލުވެސް

    3. Saandy says:
      November 16, 2016 at 2:44 am

      އެނގިދާނެތާ ވާގޮތެއް… ބަލަން ތިބެމާ ދޯ

  10. Ami says:
    November 15, 2016 at 10:35 pm

    Ohh. Nice. Dhen vaany khinebaa??? Fayaa n riyaa dhuru nukuraathi pls

    1. Saandy says:
      November 16, 2016 at 2:44 am

      ޝުކުރިއްޔާ

  11. Azu says:
    November 15, 2016 at 11:28 pm

    Aya foohi …fiya best…ekam shifan keekeytha mi kiyanee…aisha kaireega eyna yaa innaashe ebunee…gaimu kurin binefi wife eh hunna vaahaka ves…aisha thalhuvaalee dhw e…aneh bai vv kihaa hih vefa…las nukurahchey

    1. Saandy says:
      November 16, 2016 at 2:46 am

      ޝުކުރިއްޔާ! ވެދާނެ ހަމަ ތަޅުވާލީ ކަމަށްވެސް ނޫނީ ހަމަ ސީރިއަސްކޮށް ބުނި އެއްޗަކަށްވެސް… ކުރިއަށް އޮތް ބައި ކިޔާލީމަ ހަމަ އެނގޭނީ… އިރާދަކުރެއްވިއްޔާ މާދަމާ 24ވަނަ ބައި ގެނެސްދޭނަން

  12. Addo says:
    November 16, 2016 at 2:49 am

    Wow… v reethi… dhen vaany kihinehbaa? Ayaaz haadha nulafaa vegen mi ulheny… rangalhu gothakah eyna kanthah ninmaalaathi Ameenaahen.. waiting for the next part

    1. Saandy says:
      November 16, 2016 at 2:55 am

      ޝުކުރިއްޔާ! ކުރިއަށްހުރި ބައިތައް ކިޔާލީމަ އެނގިދާނެތާ ވާގޮތެއް… އަޔާޒަށް ވާގޮތެއްވެސް އެނގޭނެ އަދި… އިރާދަކުރެއްވިއްޔާ މާދަމާ 24ވަނަ ބައި ގެނެސްދޭނަން

  13. Rime says:
    November 16, 2016 at 1:15 pm

    V v reethi

    1. Saandy says:
      November 16, 2016 at 3:01 pm

      ޝުކުރިއްޔާ

  14. raf says:
    November 16, 2016 at 1:58 pm

    e vii kihiney baa kurin bunii marry kogenwy ulhenii denme e ehii marry kuraanan hey…??…..v salhi mi part
    ves ….riyaa ah hagigay ingeyka den gina ire ney dhw….

    1. Saandy says:
      November 16, 2016 at 3:02 pm

      ޝުކުރިއްޔާ! އެނގިދާނެތާ ވާގޮތެއް

    2. raf says:
      November 16, 2016 at 9:16 pm

      hthankyou…. 🙂

    3. Saandy says:
      November 17, 2016 at 9:38 am

      މަރުހަބާ

  15. raf says:
    November 16, 2016 at 2:42 pm

    v salhi ingey aslu ves konirakun nect part up kodeyniii…

    1. Saandy says:
      November 16, 2016 at 3:02 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މިރޭ އަޕްކޮށްލަދޭނަން

  16. Akky says:
    November 16, 2016 at 8:31 pm

    Avaaaaaass

    1. Saandy says:
      November 17, 2016 at 9:37 am

      އިރާދަކުރެއްވިއްޔާ މިއަދު މެންދުރު ގެނެސްދޭނަން

  17. Ami says:
    November 17, 2016 at 8:26 am

    Kobaathrr 24 vana part. Avaskohdhyba. Yester day ga buni gebesdheynamey

    1. Saandy says:
      November 17, 2016 at 9:38 am

      ސޮރީ އަމީ… ރޭގަ ނެޓްވޯކް މައްސަލަ ދިމާވެގެން އަޕްކޮށްނުލެވުނީ… މިއަދު ގެނެސްދޭނަން

  18. raf says:
    November 17, 2016 at 10:34 am

    kobaaaa vaaaaahakaa

    1. Saandy says:
      November 17, 2016 at 1:05 pm

      އަޕްކޮށްފަ އިންނާނެ މިހާރު

Comments are closed.

Next Episodeރިޔާޝާ (24ވަނަ ބައި)←


All Right Reserved!