Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ރިޔާޝާ (25ވަނަ ބައި)

Saandy
November 18, 2016
8 Mins Read
56 Views
42 Comments

“ލޯބިވާތީ.” “ތިލޯބި ކޮންމެވެސް އެހެން މީހަކަށް ދައްކާ. އަހަރެންގެ ލޯތްބެއް ދުވަހަކުވެސް އަޔާޒަކަށް ނުލިބޭނެ. ކުރިން އަހަރެން ހީކުރީ އަހަރެންނަށް އަޔާޒްދެކެ ވެވުނީ ލޯބިކަމަށް. އެކަމަކު މިހާރު އެނގިއްޖެ އެއީ އަދި ލޯތްބެއް ނޫންކަން. އަހަރެން ލޯބިވަނީ ހަމައެކަނި ފަޔާޒްދެކެ. އަދި އަހަރެންދެކެ ލޯބިވަނީވެސް ހަމައެކަނި ފަޔާޒް.” ރިޔާޝާ ބުނެލިއެވެ. “ރިޔާޝާ ލޯބިވަނީ އަހަރެންދެކެ. އަދި އަބަދުވެސް ލޯބިވެވޭނީ އަހަރެންދެކެ. އެއީ ރިޔާޝާއަށް ޙަޤީޤީ ލޯބިވެވުނީ އަހަރެންދެކެ ކަމަށްވާތީ.” އަޔާޒް ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ. “ތީ ކުށްހީއެއް. ތިކަހަލަ މީހެއްދެކެ ދުވަހަކުވެސް މީހަކު ލޯތްބެއް ނުވާނެ.” ރިޔާޝާވެސް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. “ތިހެން ކޮންމެ މީހަކަށްވެސް ލޯބިވެޔޭ ކިޔާފައި އަނެއް މީހާގެ ތަންމަތި ފަޅުފިލުވައިދެވިދާނެ. މިހާރުވެސް ނޭނގެ ކިތައް މީހުންގެ ތަންމަތި ފަޅުފިލުވައިދީފަ ކަމެއް ތިހުރީ.” އަޔާޒް ބުނި އެއްޗަކުން ރިޔާޝާގެ ލޭ ކެކިގަތެވެ. ކައިރީގައި ހުރީ ހޫނު ކޮފީ ތަށި ނަގާ އަޔާޒްގެ މޫނަށް ޖެހިއެވެ. “ރިޔާޝާ!”

ރިޔާޝާއަށް ކުއްލިއަކަށް ބަދިގެ ދޮރާއި ދިމާ ބަލާލެވުނެވެ. ދޮރުމަތީގައި ހުރި ފަޔާޒް ފެނުމުން ރިޔާޝާގެ ހިތް ތެޅިގަތެވެ. އޭނާއަށް އަޔާޒަށް ބަލާލެވުނުއިރު އަޔާޒް އިނީ މޫނުގައި އަތް އަޅައިގެންނެވެ. ފަޔާޒް އަވަސްއަވަހަށް ގޮސް އަޔާޒް ގޮނޑިން ނެގިއެވެ. އަދި އަޔާޒް ގޮވައިގެން އަތް ދޮންނަ ތަށި ކައިރިއަށް ގޮސް އަޔާޒްގެ މޫނަށް ފެން އެޅިއެވެ. އެމަންޒަރު ބަލަން ރިޔާޝާވެސް ހުރީ ކުރެވުނު ކަންތަކާ ދެރަވެފައެވެ. އޭނާގެ ސަބަބުން އެއްވެސް މީހަކަށް ދެރައެއް ދޭން ބޭނުމެއްނުވެއެވެ. ނަމަވެސް އަޔާޒްގެ ސަބަބުން އެކަންވެސް އެ ވީއެވެ. އަޔާޒް އޭނާއާއި ދިމާއަށް އެފަދަ ދަށު ދަރަޖައިގެ ވާހަކައެއް ބުނުމުން ހިތަށް ކެތްނުވީއެވެ. ރިޔާޝާ ފަޔާޒަށް ބަލާލިއިރު ފަޔާޒް ގާތަށް ހުރީ ދުވަހަކުވެސް ނާންނަ ވަރަށް ރުޅިއައިސްފައެވެ. ފަޔާޒް އައި ގޮތަށް އައިސް ރިޔާޝާގެ އަތުގައި ހިފައިގެން ގޮސް ވަނީ ކޮޓަރިއަށެވެ.

“ރިޔާޝާ! ކިހިނެއްތަ ވެގެން ތިއުޅެނީ؟” ރުޅިވެރިކަމާއެކު ފަޔާޒް އެހިއެވެ. ރިޔާޝާއަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. “ބަލަ އަހަރެން މި ވާހަކަދައްކަނީ ރިޔާޝާއާއޭ. ކިހިނެއްހޭ ވެގެން ތިއުޅެނީ؟” ފަޔާޒްގެ އަޑު ކުރިއަށްވުރެ ބާރުވިއެވެ. ރިޔާޝާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ފަޔާޒްގެ ރުޅިވެރިކަން ފެނިފައެވެ. “އަމިއްލައަށް ބުނާނީތަ ނޫނީ ގަދަކަމުން ބުނުވާނީތަ؟” އަނެއްކާވެސް ވާހަކަދެއްކީ ފަޔާޒެވެ. “ކީއްވެހޭ އެހެން ހެދީ؟ އެއީ މީހުން ކުރާ ކަހަލަ ކަންތައްތަ؟” ފަޔާޒް އައިސް ރިޔާޝާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތެވެ. “އާނ. އެއީ އޭނައަށް ހަދަންޖެހޭ ގޮތް. އޭނައަކީ އިންސާނުން އުޅޭ ތަންތަނަށް ވައްދަން ހެޔޮވާވަރުގެ މީހެއް ނޫނޭ. އޭނަ އުޅޭ އެއްވެސް ތަނެއްގައި ހަމަޖެހުމެއް ނޯންނާނެ. އެކަން އެބަ ފެނެއެއްނު. މީގެ ކުރިން ދުވަހަކުވެސް އަހަރެމެން ދެމީހުން ދެބަސްވާން ޖެހުނުތަ؟ އޭނަ އައިފަހުން އަހަރެން ހަމަޖެހިލައިގެން އެންމެ ނޭވައެއް ލާނެ ފުރުސަތެއްވެސް ނުދޭ.” ރިޔާޝާ ގާތަށްވެސް ރުޅިއައީ ފަޔާޒް އަޔާޒްގެ ދިފާޢުގައި ވާހަކަ ދެއްކުމުންނެވެ.

ރިޔާޝާ ކޮޓަރިން ނުކުމެގެން ދިޔައީ އިތުރަށް ފަޔާޒާއި ޒުވާބު ނުކުރަންވެގެންނެވެ. އޭނާ ގޮސް ވަނީ ފިޔާޒާގެ ކޮޓަރިއަށެވެ. އޭރު ފިޔާޒާ ޓެބްލެޓް ހިފައިގެން ކާޓޫނެއް ބަލަން އެނދުމަތީގައި އޮތެވެ. އޭނާ އެކޮޓަރިއަށް ވަނުމާއެކު އޭނާގެ ދެލޯ ފުރިގެން ކަރުނަތައް އޮހިގެންފިއެވެ. މިއަދު މިއޮތީ އޭނާ އެންމެ ބިރުން އުޅުނު ދުވަސް އައިސްފައެވެ. އޭނާއާއި ފަޔާޒްގެ އުފާވެރި ދިރިއުޅުމުގައި ރެނދުލާފައެވެ. އަޔާޒް އެގޭގައި އުޅޭހާ ދުވަހަކު އެރެނދު ދާނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ދޮރުފަތުގައި ލެނގިލައިގެން އިނދެ ރިޔާޝާ ދޮރުބުޑަށް ތިރިވިއެވެ. “މަންމީ! މަންމި ކީއްވެ ރޮނީ؟” ފިޔާޒާ އައިސް ރިޔާޝާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. “ދަރިފުޅާ!” ރިޔާޝާއަށް ފިޔާޒާގެ ގައިގައި ބައްދައިގަނެވުނެވެ. އެގޮތަށް އިރުކޮޅަކު ރޯން އިނުމަށްފަހު ހަމަޖެހިލަމުން ރިޔާޝާ ފިޔާޒާ ގޮވައިގެން ގޮސް އެނދުގައި އިށީނެވެ. “ކޮން ކާޓޫނެއް ތި ބަލަނީ؟” ރިޔާޝާ އަހާލިއެވެ.

“ސިންޑެރެއްލާ.” ފިޔާޒާ ވަރަށް ލޯބިން ބުނެލިއެވެ. “އެހެންތަ؟ ދޫނިއަށް ވަރަށް ރީތިތަ ސިންޑެރެއްލާ ކާޓޫން؟” ރިޔާޝާ އެހެން އަހާލުމުން ފިޔާޒާ ބޯޖަހާލިއެވެ. “ސިންޑެރެއްލާ އަބަދު ރޮނީ.” ފިޔާޒާ ދެރަވެލާފައި ބުނެލިއެވެ. “އަބަދު ކާޓޫން ބަލާކަށް ނުވާނެ. ހިނގާ ހާ ށަވިޔަނި ބަލަން. ދޫނި ޖެހޭނެ ވަރަށް މޮޅު ކުއްޖަކަށް ވާން. އޭރުންނެއްނު މަންމިއާ ޑެޑީ އުފާވާނީ.” ރިޔާޝާ އެހެން ބުނެފައި ޓެބްލެޓްއިން ހާ ށަވިޔަނި ޕްރޮގްރާމް އަޅުވައިދިނެވެ. ފިޔާޒާވެސް ވަރަށް ޝަޢުޤުވެރިކަމާއެކު އެޕްރޮގްރާމް ބަލަން އިނެވެ. ކޮންމެ އަކުރަކަށް ޚާއްޞަކޮށް އެއިން އެއަންނަ ލަވަތައް ކިޔާވެސް ހަދައެވެ. ފިޔާޒާގެ ހަރަކާތްތަކަށް ބަލަން ފޫހިކަމެއްނެތި ރިޔާޝާ އިނެވެ.

“ދަރިފުޅާ! ހިނގާ ނަމާދުކުރަން.” މަޣްރިބު ނަމާދު ބަންޤި ގޮވާ އަޑު އިވުމުން ރިޔާޝާ އެހެން ބުނެފައި ފިޔާޒާ ގޮވައިގެން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އޭރު ފަޔާޒް އޮތީ އެނދުގައި ނިދާފައެވެ. “ދަރިފުޅާ! އަވަހަށް ޑެޑީއަށް ގޮވާ.” ރިޔާޝާ އެހެން ބުނެލުމާއެކު ފިޔާޒާ ގޮސް ފަޔާޒްގެ ގައި މައްޗަށް އަރާ ގޮވަން ފެށިއެވެ. ފަޔާޒަށް ހޭލެވުމާއެކު އަވަސްއަވަހަށް ތެދުވީ ފިޔާޒާ ނަގާ އެނދުމަތީގައި ބައިންދަމުންނެވެ. ފަޔާޒް ރިޔާޝާއަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ. މިއަދު ހިނގި ދެބަސްވުމުގެ ސަބަބުން ރިޔާޝާ އަދިވެސް އެހުންނަނީ އޭނާދެކެ ހިތްހަމަނުޖެހިފައެވެ. މިރޭ މިކަން ހަމައަކަށް އަޅުވަން ޖެހޭނެކަމުގައި ފަޔާޒް ދުށްޓެވެ. އޭނާ އަވަސްއަވަހަށް ފާޚާނާއަށް ވަދެ ފެންވަރާލައި ވުޟޫކޮށްލައިގެން ދިޔައީ މިސްކިތަށެވެ. ފަޔާޒް ދިއުމުން ރިޔާޝާވެސް ފިޔާޒާ ގޮވައިގެން އެރީ ނަމާދަށެވެ.

**********

ޝިފާން މިސްކިތުން ފޭބި ތަނާ އޭނާގެ ފޯނަށް އައީ ޢައިޝާގެ މެސެޖެކެވެ. މިރޭ އަށްގަޑި ބައިގައި އެގެއިން ބައްދަލުކުރުމަށް އެދިފައެވެ. ޝިފާންގެ ހިތް ތެޅިލީ ޢައިޝާ ދޭނެ ޖަވާބެއް ނޭނގޭތީއެވެ. ރަނގަޅު ގޮތެއް ވުމަށް ހިތާހިތުން ދުޢާކޮށްލަމުން ސައިކަލަށް އަރާ ދުއްވާލީ އޭނާގެ އަންހެނުން އައިންތު އަވަހަށް ގެއަށް އައުމަށް ބުނެފައި ވާތީއެވެ. ގޭ ކައިރީ ސައިކަލު ޕާކުކޮށްލާފައި ޝިފާން އެތެރެއަށް ވަނެވެ. ޝިފާން ކޮޓަރިއަށް ވަތްއިރު އައިންތު ނަމާދުން ފައިބަނީއެވެ. “ޝިފާން! އަހަރެން އެބައޮތް ވަރަށް މުހިންމު ވާހަކައެއް ދައްކަންވެފައި.” ޝިފާން ފެނުމުން އައިންތު ހީލާފައި ބުނެލިއެވެ. “އެއީ އަނެއްކާ ކޮން ވާހަކައެއް؟” ޝިފާން އައިސް އެނދުގައި އިށީންނަމުން ވަރަށް ގަޔާވެފައި އަހާލިއެވެ.

“އެއްކަލަ ވާހަކަ.” “އާނ. އެކަމާ އެބަ އުޅެމޭ. އަދި އެކަމު ކާމިޔާބު ނުވެގެން މިއުޅެނީ. އައިންތު ބުނީމަ އަހަރެން އެކަންވެސް ކޮށްދެވޭތޯ މިއުޅެނީ.” ޝިފާން އެހެން ބުނެލުމުން އައިންތު އައިސް ޝިފާންގެ ގާތުގައި އިށީނެވެ. “އިރާދަކުރެއްވިއްޔާ އަދި ކާމިޔާބުވާނެ. އަދި އަހަރެމެންނަށް ދަރިއަކުވެސް ލިބޭނެ. އިންޝާ ﷲ.” އައިންތު ޝިފާންގެ ކޮނޑުގައި ބޯ އަޅާލަމުން ބުނެލިއެވެ. ޝިފާން އައިންތުގެ ބޮލުގައި ފިރުމާލިއެވެ. “އެވާހަކަ ދައްކަންތަ އެހާ އަވަހަކަށް އަންނައްޗޭ ބުނީ؟” ޝިފާން އެހެން ބުނެލުމުން އައިންތު ހޫމް އަޅުވާލިއެވެ. “އަހަރެން ހީކުރީ އެއްކަލަހެން ވެގެން ކަމަށް.” ލާނެތް ފާޑަކަށް ހީފައި އިނދެ ޝިފާން ބުނެލިއެވެ. “ދެން ޝިފާން.” ޝިފާންގެ މޭގައި މަޑުމަޑުން ޖަހާލަމުން އައިންތު ޝިފާންގެ މޭގައި މޫނު ފޮރުވާލިއެވެ. ޝިފާން ލުއި ހީލުމަކާއެކު އައިންތުގެ ގައިގައި ބައްދާލިއެވެ.

ގަޑިން އަށްގަޑި ފަނަރަ ހިނގިއިރު ޝިފާން ހުރީ ޢައިޝާމެން ގެއަށް ދާން ތައްޔާރުވެގެންނެވެ. “އައިންތު! އަހަރެން މިރޭ ނުކާނަން އިނގޭ. މިރޭ ބޭރުން ކާނީ.” ޝިފާން ދާން ނުކުންނަމުން އައިންތު ގާތުގައި ބުނެލިއެވެ. އަށްގަޑި ބައިވީއިރު ޝިފާން ހުރީ ޢައިޝާމެން ގޭ ދޮރުމަތީގައެވެ. އޭރު ޢައިޝާ ހުރީ ޝިފާންގެ އިންތިޒާރުގައި ބޭރަށް ނުކުމެއެވެ. “ހިނގާ އެތެރެއަށް.” ޢައިޝާއާއި ޝިފާން އެކުއެކީގައި އެތެރެއަށް ވަތްއިރު ސިޓިންގރޫމް ސޯފާގައި ދިޔާނާ އިނެވެ. “މަންމާ! މީ ޝިފާން.” ޢައިޝާ ޝިފާން އިށީންނަން ތަން ދައްކަމުން ދިޔާނާއަށް ބުނެދިނެވެ. “ހޫމް. އަހަރެން ޝިފާން މިގެނައީ ޢައިޝާ ދެއްކި ވާހަކައަކުން އެކަމާ ބެހޭގޮތުން ވާހަކަދައްކާލަން.” ދިޔާނާ ޓީވީ ނިއްވާލާފައި ޝިފާންއާއި ކުރިމަތިލިއެވެ.

“އާދެ.” “ތިކަމާ އަހަރެން ދެކޮޅެއް ނޫން. އެއީ އެކުއްޖެއްގެ ދިރިއުޅުމުގެ ބައިވެރިޔާ އިޚްތިޔާރު ކުރާނީ އެކުއްޖަކު އަމިއްލައަށް. އެކުއްޖަކީ ރަނގަޅު ކުއްޖަކަށް ވާނަމަ އެއީ އެއްވެސް މައްސަލައެއް ނޫން. ދެން އޮތް ކަމަކީ ޝިފާންއަކީ މީހެއްގެ ފިރިއަކަށްވުން. ދެއަނތްބަށް އިނުމަކީ ދެއަނބިން ތަފާތުނުކޮށް ގެންގުޅެވޭނެ ތަނަވަސްކަމާއި ފެންވަރު ހުރެއްޖެނަމަ ކުރަން ހަމަ އެންމެ ރަނގަޅު ކަމެއް. އެކަމަކު އޭގައި ވިސްނަންޖެހޭ ކަމަކީ ދޮށީ އަނބިމީހާއާއި ހަގު އަނބީގެ ގުޅުން. ދޮށީ އަނބި ރުހެންޏާ އެއީ ހަމަ އެންމެ ރަނގަޅު ކަމެއް. ދެން ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫން. މިސާލަކަށް ޝިފާން ދެވަނަ އަނތްބެއް ތި އިޚްތިޔާރު ކުރަނީ ދޮށީ އަނތްބަށް ދަރިން ނުލިބޭތީ. ދެން ޢައިޝާގެ ފަރާތުން ދަރިއަކު ލިބޭއިރަށް ދޫކޮށްލުން އެއީ އުސޫލެއް ނޫން. އެގޮތަށް އެކަން ކުރާނެނަމަ އަހަރެން ތި ކައިވެންޏަކާ ޤަބޫލެއްނޫން.” ދިޔާނާ ވަރަށް މަޑުމައިތިރިކަމާއެކު ވާހަކަދެއްކިއެވެ.

“އަޅުގަނޑު ޢައިޝާއާއި ކައިވެނިކޮށް ދަރިއަކު ލިބުނަސް ޢައިޝާ ދޫކޮށްނުލާނެކަމުގެ ޔަޤީންކަން ދެން. އަޅުގަނޑުގެ އަންހެނުންވެސް ވަނީ އޭނަ އަޅުގަނޑުގެ ދެވަނަ އަނބި ވަރިކުރުމަށް ނޭދޭނެކަމުގެ ޔަޤީންކަން ދީފައި. އަދި ގުޅިގެން އުޅޭނެކަމުގެ ޔަޤީންކަންވެސް ދީފައި. ދެން އަޅުގަނޑު ދެއަނބިން ތަފާތުނުކޮށް ގެންގުޅޭނެކަމުގެ ޔަޤީންކަންވެސް ދެން.” ޝިފާން ވަރަށް އަދަބުވެރިކަމާއެކު ވާހަކަދެއްކިއެވެ. “އެންމެ ރަނގަޅު. އެހެންވިއްޔާ އަހަރެން ތި ކައިވެންޏާއި ހަމަ ރުހި ޤަބޫލު.” ދިޔާނާގެ ޖަވާބު ލިބުމުން ޝިފާންއަށް ހިތްހަމަޖެހުމެއް ލިބުނެވެ. “ޢައިޝާ ގޮސް ކާންހަދާ. ޝިފާން ކައިގެން އިނގޭ ދާންވާނީ.” ދިޔާނާ އެހެން ބުނެލުމުން ޢައިޝާ ބަދިގެއާއި ދިމާއަށް ހިނގައިގަތެވެ. ޢައިޝާ ދިއުމުން ދިޔާނާ އެޢާއިލާއާ ބެހޭގޮތުން އިތުރު މަޢުލޫމާތު ދިނެވެ. ޢައިޝާ ދުނިޔެއަށް އުފަންވުމުގެ ކުރިން އޭނާގެ ބައްޕަ ނިޔާވިކަމާއި އެޢާއިލާގައި އިތުރު ފިރިހެނަކު ނުހުންނަ ވާހަކައެވެ. ހުންނަނީ މަންމަ ފަރާތު ބޮޑުދައިތައެއް އެކަނިކަމަށްވެސް ބުންޏެވެ.

ކައިގެން އިރުކޮޅަކު އެގޭގައި މަޑުކޮށްލާފައި ޝިފާން ގެއަށް ދާން މިސްރާބުޖެހީ އަވަހަށް އައިންތުއަށް އެ އުފާވެރި ޚަބަރު ދޭށެވެ. އޭނާގެ ހިތް އުފަލުން ނަށަމުން ދިޔައިރު އޭނާއަށް ސައިކަލުވެސް ދުއްވުނީ އާންމުކޮށް އޭނާ ސައިކަލު ދުއްވާ ވަރަށްވުރެ ބާރަށެވެ. އެކަން އޭނާއަށްވެސް ފާހަގަކުރެވުނީ މާ ފަހުންނެވެ. ނަމަވެސް އެކްސިޑެންޓަކާއި ކުރިމަތިނުވެ އަމާންކަމާއެކު ގެއަށް އާދެވުމުން އޭނާއަށް ﷲއަށް ޙަމްދުކުރެވުނެވެ. އޭނާ އައިއިރު އައިންތު ބަދިގެއިން ނުކުންނަނީއެވެ. ޝިފާން އައިސް ކުއްލިއަކަށް އައިންތު އުރާލާފައި އެނބުރިލިއެވެ. “އޭތް ޝިފާން! ކިހިނެއްވީ؟” ވާނުވާ ނޭގިފައި ހުރެ އައިންތު އަހާލިއެވެ. “ކާމިޔާބު ކާމިޔާބު.” ޝިފާން އެހެން ބުނެލުމުން އައިންތު ކޮންކަމެއްހޭ އަހާލިއެވެ. “އެއްކަލަ ކަންތައް.” ޝިފާން އެހެން ބުނެލުމުން އައިންތުއަށް އުފަލުން ޝިފާންގެ ނިތުގައި ބޮސްދެވުނެވެ.

**********

ނަޢީމް އެއަރޕޯޓުގައި ހުރީ އޭނާގެ މަންމައާއި ދޮންބައްޕަ އަންނަ މީހުންގެ ގޭޓުން ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ރާއްޖޭން ބޭރަށް ބޭހަކަށް ގޮސްފައި އެމީހުން އެއަންނަނީ މަހެއް ކޮށްފައެވެ. ނަޢީމްއަށް ހިތްހަމަޖެހުމުގެ ނޭވައެއް ލެވުނީ ފޮށި ދަމަމުން ގޭޓުން ނުކުމެގެން އަންނަ އޭނާގެ މަންމައާއި ދޮންބައްޕަ ފެނިފައެވެ. “މަންމާ! މިހާރު ރަނގަޅުތަ؟” އަނީސާގެ ގައިގައި ބައްދާލަމުން ނަޢީމް އަހާލިއެވެ. “އާނ ދަރިފުޅާ. މަންމަ މިހާރު ރަނގަޅޭ.” ނަޢީމްގެ ބުރަކަށީގައި ފިރުމާލަމުން އަނީސާ ބުނެލިއެވެ. “ބައްޕަ ކިހިނެއް؟” ރަޝީދުގެ ގައިގައިވެސް ބައްދާލަމުން ނަޢީމް ބުނެލިއެވެ. “އިރާދަކުރެއްވީތީ ބައްޕަވެސް ވަރަށް ރަނގަޅު. ދަރިފުޅު ކިހިނެއްތަ؟” ނަޢީމްގެ ބުރަކަށީގައި ފިރުމާލަމުން ރަޝީދު އަހާލިއެވެ. “އަޅުގަނޑުގެ ހާލު މިހިރީ ފެންނާކަށްނޫންތޯ؟” ނަޢީމް އެހެން ބުނެފައި ފޮށީގެ އަތްގަނޑުގައި ހިފާ ފޮށި ދަމަމުން އެމީހުންނާއެކު އެއަރޕޯޓުން ނުކުތެވެ.

ފެރީގައި އިންއިރު މާގިނަ ވާހަކަތަކެއް ނުދެކެވެއެވެ. ވަރުބަލިވެފައި ތިބުމުންވެސް ކަންނޭނގެއެވެ. ފެރީ ލެފުމާއެކު މަޑުމަޑުން މީހުންތައް ފައިބަން ފެށިއެވެ. އެންމެ ކުރީ ބައިގައި ނަޢީމްމެން ފައިބައިފިއެވެ. ފޮށިތައް ޑިކީއަށް ލާފައި ނަޢީމް ކާރަށް އަރާ ދުއްވާލިއެވެ. ވިއްސަކަށް މިނެޓްގެ ދަތުރަކަށްފަހު ކާރު މަޑުކޮށްލީ “ޕެލެސް” ގެ ގޯތި ތެރޭގައިވާ ހުސް ބިމަށެވެ. ފޮށި ހިފައިގެން ނަޢީމް އެތެރެއަށް ވަންނަން ހިނގައިގަތުމުން ފަހަތުން ރަޝީދުމެންވެސް ދިޔައެވެ. “ދައްތާ! އަވަހަށް ކާންހަދާ.” އަމީނާއަށް ގޮވާލާފައި ހިތްހެޔޮކަމާއެކު ނަޢީމް ބުނެލިއެވެ. ފޮށި ހިފައިގެން ރަޝީދުއާއި އަނީސާ ކޮޓަރިއަށް ވަނީ ފެންވަރާ ތާޒާވެލާށެވެ. ފެންވަރާ ތާޒާވެލައިގެން ރަޝީދުއާއި އަނީސާ ބަދިގެއަށް ދިޔައީ ނަޢީމްއާއެކުގައެވެ. އޭރު އަމީނާ ހުރީ އަލަމާރި ކައިރީގައިކަމުން ބަދިގެއަށް ވަދެގެން އައި މީހުންނެއް ނުފެނެއެވެ. ޖޫސްފުޅި ނަގައިގެން މޭޒާއި ދިމާއަށް އެނބުރުނު ވަގުތު ރަޝީދު ފެނިފައި އޭނާ އަތުން ޖޫސްފުޅި ދޫވިއެވެ.

ކުއްލިއަކަށް އެއްޗެއް ތެޅުނު އަޑަށް ތިންމީހުން އެއްފަހަރާ ބަލާލިއެވެ. އެވަގުތު އަމީނާ ފެނުމުން ރަޝީދަށްވެސް ސިހުން ލިބުނެވެ. މިފަދަ ގޮތަކަށް އަމީނާއާއި ކުރިމަތިލާން ޖެހިދާނެ ކަމަކަށް އޭނާ ހިއެއްނުކުރެއެވެ. މިހާރު ފެންނަން އެހުރީ ހަމަ އަމީނާބާވައޭވެސް އޭނާގެ ހިތަށް އެރިއެވެ. ކުރިން އަމީނާ ހުރި ގޮތާއި މިހާރު ހާސްބައި ތަފާތެވެ. އަޅާފައިވާ ހެދުމުންވެސް އެކަން ވަރަށް ރަނގަޅަށް އެނގެއެވެ. ކުރިން އެންމެ ޒަމާނީ ހެދުންތައް ލިޔަސް މިހާރު ވަނީ ބޮޑު ކަޅު ހެދުމުން މުޅި ހަށިގަނޑު ނިވާކޮށްފައެވެ. “އަނހާ ދައްތާ. ކިހިނެއް ތިހެދީ؟” ހައިރާންވެފައި ނަޢީމް އަހާލިއެވެ. “މާފްކުރައްވާ! ފުޅި އަތުން ދޫވީ.” އަމީނާ ދެރަވެލާފައި ބުނެލިއެވެ. “އެއީ އެހާވަރުގެ ކަމެއް ނޫން. ތިތަން ސާފުކޮށްލާ. ދައްތަ ބަލައިގެން އުޅެއްޗޭ.” ނަޢީމް ބަދިގެއިން ނުކުންނަމުން ބުނެލިއެވެ. އަދި ބަދިގެ ސާފުކޮށް ނިމޭހާއިރު ކޮށްފައި ނަޢީމްމެން އައިއިރު އަމީނާ ހުރީ ޖޫސްވެސް ގިރާފައެވެ. އެމީހުން ވަރަށް ކިޔައިގެން ކެއުމުގައި އަމީނާވެސް ބައިވެރިވިއެވެ.

**********

ފަޔާޒް ކޮޓަރީގައި އޮތީ ރިޔާޝާ އަދިވެސް ނިދަން ނާންނާތީއެވެ. މިއަދު ދެމީހުންގެ މެދުގައި ހިނގި ދެބަސްވުމަށްފަހު ރިޔާޝާ އަދި އޭނާއަކާއި ވާހަކައެއް ނުދައްކައެވެ. އެކަމާއި ފަޔާޒްގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. މިރޭ ރިޔާޝާ ނިދާނީވެސް ފިޔާޒާގެ ގާތުގައިކަން ގައިމެވެ. އެހެން ހިތަށް އެރުމުން ފަޔާޒް އެނދުން ތެދުވެގެން މިސްރާބުޖެހީ ފިޔާޒާގެ ކޮޓަރިއަށެވެ. ހަމަ އެވަގުތެވެ. އަޔާޒް އެނދުގައި ފުރޮޅި ފުރޮޅި އޮތީ ލޮލަށް ނިދީގެ އަސަރު ވެރިނުވާތީއެވެ. މިއަދު ރިޔާޝާ އޭނާއާއި ދޭތެރޭ ކަންތައްކުރި ގޮތުން އޭނާ އިންތިހާއަށް ދެރަވެ އެހާމެ ރުޅިވެސްއައެވެ. ހަމައެހެންމެ ރިޔާޝާ އެގޮތަށް އެކަންތައް ކުރީ އޭނާގެ ސަބަބުންކަމަށް ސިކުނޑި ބުނަމުން ދިޔައެވެ. އޭނާއަށް ރިޔާޝާއާއި ދިމާއަށް އެފަދަ ދަށު ދަރަޖައިގެ އެއްޗެއް ބުނެގެން ނުވާނެއެވެ. އަޔާޒަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނާ ބޭނުންވީ ކޮފީއެއް ބޯލާށެވެ. އެހެންކަމުން ކޮޓަރިން ނުކުތް ވަގުތު ފެނުނު މަންޒަރަކުން އޭނާ އެނބުރި ކޮޓަރިއަށް ވަނެވެ.

ފަޔާޒް ރިޔާޝާ އޭނާގެ ގައިގައި ލައްކޮށްލައިގެން އައިސް ވަތްއިރު އެދެމެދުގައިވާ ލޯބި ކިތަންމެ ރަނގަޅަކަށްވެސް ހާމަވެއެވެ. ވަގުތުން އަޔާޒް ކޮފީ ބޯހިތްވެސް ފިލައިފިއެވެ. އޭނާގެ ޠަބީއަތު މުޅިން ހަރާބުވެއްޖެއެވެ. ހަސަދައިގެ އަލިފާންގަނޑު އިތުރަށް ބޮޑުވެގެން ދިޔައީ އޭނާގެ މަޤްސަދު ކުޑަކޮށްވެސް ހާސިލްވަމުން ނުދާތީއެވެ. އޭނާ ހީކޮށްގެން ހުރީ މިއަދު ހިނގި ހާދިސާގެ ސަބަބުން ރިޔާޝާއާއި ފަޔާޒްގެ ގުޅުން ހީނަރުވާން ފަށާނެކަމަށެވެ. ނަމަވެސް އޭނާ ހީކުރި ގޮތަށް ކަންތައް ނުދިޔުމުން އޭނާ މުޅިން މާޔޫސްވެއްޖެއެވެ. ނުބައި ޚިޔާލުތަކުން ސިކުނޑިއަށް ބާރު ބޮޑުކުރަން ފަށައިފިއެވެ. ފަޔާޒްގެ ގާތުގައި އޭނާއަށްޓަކައި ރިޔާޝާ ދޫކޮށްލަން ބުނަންވީއެވެ. ޢާއިލާއަށްޓަކައި ފަޔާޒް އެގޮތަށް ކަންތައް ކުރާނެއެވެ. އެހެންނޫންނަމަ ރިޔާޝާއާއި އޭނާއަކީ ކުރީގެ ލޯބިވެރިންކަން އެނގިހުރެ އޭނާ އެގެއަކަށް ނުގެނައީހެވެ. އަޔާޒްއަށް ހިނިތުންވެލެވުނީ ކުރެވުނު ފޮނިފޮނި ޚިޔާލަކުންނެވެ.

ފަޔާޒް ރިޔާޝާއާއި ވިސްނައިދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. “ރިޔާ ޕްލީޒް. އަހަރެން މި ދައްކާ ވާހަކަ އަޑުއަހާބަލަ. އަހަރެންނަކަށް ރިޔާއަށްވުރެ އަޔާ މުހިންމެއް ނުވާނެއެއް ނޫންތަ؟” “ތިކަމެއް ނޭނގުނު އަހަރެންނަކަށް. އެ އަޔާޒް މިގެއަށް ގެންނަ ވާހަކަ ދެއްކީމަވެސް އަހަރެންނަށް އެނގުނޭ މިހެންކަން ވާނީ. ކޮއްކޮތާ މުހިންމުވާނީ ބޮޑަށް. ހިތަށްއަރާ އަހަރެންނަށް ތިދެމީހުންނާ ދިމާނުވިނަމައޭ. އޭރަކުން މިހުރިހާ ކަމެއް ލައެއް ނުގަތީހެއްނު. ފަޔާވެސް އަހަރެންނާ ނީނދެ އަހަރެންގެ އަމިއްލަ ހާލަށް ދޫކޮށްލިނަމަ.” ރިޔާޝާއަށް ރޮވުނެވެ. “ރިޔާ ޕްލީޒް. ދެން ތިހެން ނޫޅެބަލަ. އަހަރެންނަކަށް ރިޔާއަށްވުރެ އެހެން އެކަކުވެސް މުހިންމެއް ނުވާނެ. އައި ޕްރޮމިސް.” ފަޔާޒް ބުނެލިއެވެ.

“އަހަރެން ހަމަ މާދަމާ މަންމަމެންނާ ވާހަކަ ދައްކާނަން. އެންމެ ރަނގަޅެއްނު.” ފަޔާޒް ބުނެލިއެވެ. “އޭރުންނޯ؟ އޭރުން މަންމަމެން ރުޅިއަންނާނީ އަހަރެންދެކެ. އަހަރެން ބޭނުމެއްނޫން އަހަރެންދެކެ އެއްވެސް މީހަކު ރުޅިއައިސްފައި ހުންނާކަށް. އަދި މިޢާއިލާ ތެރޭގައި އަހަރެންނާހެދި މައްސަލަ ޖެހޭކަށް.” ރިޔާޝާ އަވަސްއަވަހަށް ބުނެލިއެވެ. “އެކަމަކުވެސް ހެޔޮ. އަހަރެން މާދަމާ މަންމަމެންނާ ވާހަކަ ދައްކާނަން. އެވަރުން އަޔާޒް މައިތިރި ނުވެއްޖެއްޔާ އަހަރެން ރިޔާއާއި ފިޔާ ގޮވައިގެން މިގެއިން ދާނީ.” ފަޔާޒް އޭނާގެ ފަހުގެ ނިންމުން ނިންމިއެވެ. “އެކަމަކު…” “އެއްވެސް އެކަމަކު މިކަމަކުއެއް ނޯންނާނެ. މީ އަހަރެންގެ އެންމެ ފަހުގެ ނިންމުން. ކޮންމެ ގޮތެއްވިޔަސް އަހަރެންނަކަށް ރިޔާ ދޫކޮށެއް ނުލެވޭނެ.” ފަޔާޒް އެހެން ބުނެލަމުން ރިޔާޝާ ގައިގައި ބައްދާލިއެވެ.

ހެނދުނު ހެނދުނާ ފަޔާޒް ރަތީބާމެންގެ ގާތުގައި އަޔާޒްގެ ވާހަކަދެއްކިއެވެ. އަދި އަޔާޒް ރިޔާޝާއަށް ކުރާ ގޯނާތައް ހުއްޓުވުމަށް ބުންޏެވެ. އެކަން ނުހުއްޓައިފިނަމަ އަޔާޒް އެގެއިން ނެރުމަށް ބުންޏެވެ. އެގޮތަށް އެކަން ނުވެއްޖެނަމަ އޭނާ ރިޔާޝާއާއި ފިޔާޒާ ގޮވައިގެން އެގެއިން ދާނެކަމަށްވެސް ބުންޏެވެ. ފަޔާޒް އެވާހަކަ ދައްކާފައި ދިއުމުން ރަތީބާ އަޔާޒް ގެނެސް އެވާހަކަތައް ދެއްކިއެވެ. އަދި އެގޮތަށް އެކަން ނުކުރުމަށްވެސް އެދުނެވެ. އެހެން ނޫންނަމަ އަޔާޒް އެގެއިން ފޮނުވާލަން މަޖުބޫރުވާނެ ކަމުގައިވެސް ބުންޏެވެ. އަޔާޒް ބޯ ޖަހާލީ ހިތުގައި ނުބައި ރޭވުންތަކެއް ރާވާލަމުންނެވެ. އޭނާ އެއްވެސް ހާލެއްގައި ރިޔާޝާއާއި ދުރަށް ދާން ޖެހޭނެ ގޮތެއް ނުހަދާނެއެވެ. އޭނާއާއި ރިޔާޝާގެ ދެމެދަށް ވަންނަ ކޮންމެ މީހެއްގެ ދުވަސް އޭނާ ދުއްވާލާނެއެވެ.

ހެނދުނުގެ ނާސްތާގެ ވަގުތުގައި އިމާދު ވަރަށް މުހިންމު ވާހަކައެއް ދައްކަން ބޭނުން ވާހަކަ ބުނުމުން ރިޔާޝާގެ ހިތް ތެޅިގަތެވެ. އޭނާއާއި ގުޅުންހުރި ވާހަކައެއްކަމުގައި ހިތް ބުނަމުން ދިޔައެވެ. “ބައްޕާ! ސައި ބޮއިގެން ނުކުމެފައި ތިވާހަކަ ދައްކަން މަޑުކުރަންވީނު. ނޫނީ މިއަދު ރަނގަޅަށް ސައިވެސް ނުބޮވިދާނެ.” ފަޔާޒް އަވަސްއަވަހަށް އެހެން ބުނެލީ އިމާދު އެދައްކަން އުޅެނީ އަޔާޒްގެ ވާހަކަކަމަށް ހީކޮށެވެ. އިމާދުވެސް އެކަމަށް އެއްބަސްވީ އެވާހަކައަކީ އެޢާއިލާއަށް ޝޮކެއް ލިބޭނެ ވާހަކައެއްކަމަށް ވާތީއެވެ. އެއީ އޭނާ މިދިޔަ ފަސް އަހަރު ތެރޭގައި މުޅި ދުނިޔެއަށް ސިއްރުކޮށްގެން އުޅުނު ވާހަކައެވެ. އިމާދު އެވާހަކަ ފަސްކޮށްލީތީ ރިޔާޝާ ކުޑަކޮށް ހިތްހަމަޖެހުނެވެ. އޭނާއާއި އަޔާޒްގެ ވާހަކައެއް ދައްކަން އުޅޭހެން އޭނާއަށް ހީވަނީއެވެ.

ސައި ބޮއިގެން ނުކުމެފައި އިމާދު އެންމެން ގާތުގައި ސިޓިންގރޫމްގައި މަޑުކުރުމަށް އެންގިއެވެ. އަދި ކޮޓަރިއަށް ވަދެފައި ނުކުތީ ކަޅު ކުލައިގެ ފައިލެއް ހިފައިގެންނެވެ. އިމާދު ކުރަންއުޅޭ ކަމެއް ނޭނގިފައި އެންމެންވެސް ތިބީ ކެތްތެރިކަން ކުޑަވެފައެވެ. “މީ ވަރަށް ބޮޑު ވާހަކައެއް. ވަރަށް ބޮޑު ސިއްރެއް. މިއަދު އަހަރެން ބޭނުންވަނީ މިސިއްރު ހާމަކޮށް ތައުބާވާން.” އިމާދު އެހެން ބުނެލުމުން ހައިރާންކަމާއެކު އެކަކު އަނެކަކަށް ބަލާލިއެވެ. “ރިޔާޝާ އާދެބަލަ މިކޮޅަށް.” އިމާދު އެހެން ބުނެލުމުން ރިޔާޝާގެ ހިތް ތެޅިގަތް ގޮތުން ހީވީ މޭ ފަޅާލާފައި ނުކުމެދާނެހެންނެވެ. ފަޔާޒް ރިޔާޝާގެ އަތަށް ފިތާލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ. އޭނާ ތުރުތުރުއަޅާ ދެފައިން ހިނގައިފައި ގޮސް އިމާދުގެ ކައިރިއަށް ހުއްޓުމުން އިމާދު އޭނާ އަތުގައި އޮތް ފައިލު ދިއްކޮށްލިއެވެ.

“މީ… މީ ކޮން… އެއްޗެއް؟” ރިޔާޝާ ހުއްޓަހުއްޓާފައި އަހާލިއެވެ. “ތީ ދަރިފުޅުގެ ޙައްޤެއް. ތީ ދަރިފުޅުގެ ގޭގެ ރެޖިސްޓްރީ ބައްޕަގެ ނަން މައްޗަށް ބަދަލުކުރިކަމުގެ ލިޔުން. އަދި އަލުން އަނބުރާ ދަރިފުޅުގެ ނަމަށް ބަދަލުކުރާކަމުގެ ލިޔުން.” އިމާދު އެހެން ބުނެލުމުން ރިޔާޝާއަށް ހައިރާންކަމާއެކު އިމާދަށް ބަލާލެވުނެވެ. “އެކަމަކު ކިހިނެއް؟ އެގެ ވަނީ ބައްޕަ އަހަރެންގެ ނަމަށް…” “އާނ. ދަރިފުޅަކަށް އެކައްޗެއްވެސް ނޭނގޭ. ދަރިފުޅަށް ތަނެއްދޮރެއް ނޭނގި ދަރިފުޅުގެ މަންމަ ވަނީ އޭނަގެ ނަމަށް މުޅި ގެ ބަދަލުކޮށްފައި. އެކަން ކުރަން އޭނާ ބޭނުންކޮށްފައި ވަނީ ދަރިފުޅުގެ ނަކަލު ސޮއެއް.” އިމާދުގެ ކޮންމެ ވާހަކައަކުން ރިޔާޝާގެ ހައިރާންކަން ދިޔައީ ބޮޑުވަމުންނެވެ. “އެކަމަކު ތިހުރިހާ ކަމެއް ކިހިނެއް ބައްޕައަށް އެނގެނީ؟” ރިޔާޝާ ސުވާލުކުރިއެވެ. “ބައްޕައަށް އެކަން އެނގުނީ ދަރިފުޅުގެ މަންމައާއި ކައިވެނިކުރީމަ.”

(ނުނިމޭ)

22
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

އައިޝާ 9

Next

ބީރައްޓެހިޔާ 5

Next
November 18, 2016

ބީރައްޓެހިޔާ 5

Previews
November 17, 2016

އައިޝާ 9

42 Comments

  1. Shaa says:
    November 18, 2016 at 10:51 am

    my god.. kiyaa hithun indhaa e nimuny.. alhe next episode avas kohdhyyyy

    1. Saandy says:
      November 18, 2016 at 3:25 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 26ވަނަ ބައި ގެނެސްދޭނަން

  2. Ashvy says:
    November 18, 2016 at 10:59 am

    Omg .. dhn kihinebaa vaanee.. vvv salhi ???

    1. Saandy says:
      November 18, 2016 at 3:26 pm

      ޝުކުރިއްޔާ! ވާންހުރި ގޮތް ބަލާލަން ކުރިއަށްހުރި ބައިތައް ކިޔާލާ 🙂

  3. Addo says:
    November 18, 2016 at 11:23 am

    Woww… Dhen kihinehbaa vaany… Next part avas kollahchey… I’m waiting for the next part

    1. Saandy says:
      November 18, 2016 at 3:27 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 26ވަނަ ބައި ގެނެސްދޭނަން

  4. maree says:
    November 18, 2016 at 11:26 am

    v reethi

    1. Saandy says:
      November 18, 2016 at 3:28 pm

      ޝުކުރިއްޔާ

  5. :)))))))) says:
    November 18, 2016 at 11:26 am

    yessss..most interesting part

    1. Saandy says:
      November 18, 2016 at 3:28 pm

      ޝުކުރިއްޔާ

  6. :))))♡♡ says:
    November 18, 2016 at 12:09 pm

    Fayaax n riya dhuru nukurahchey…v salhi mi part ves…..

    1. Saandy says:
      November 18, 2016 at 3:29 pm

      ޝުކުރިއްޔާ

  7. :))))♡♡ says:
    November 18, 2016 at 12:12 pm

    Next part avaskoh up kobba plxx. …
    Fayaa ah kameh nukuraya. …..

    1. Saandy says:
      November 18, 2016 at 3:29 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 26ވަނަ ބައި ގެނެސްދޭނަން

  8. Khajja says:
    November 18, 2016 at 12:48 pm

    V salhi

    1. Saandy says:
      November 18, 2016 at 3:30 pm

      ޝުކުރިއްޔާ

  9. raf says:
    November 18, 2016 at 1:08 pm

    next part avaha up ko dechey…

    1. Saandy says:
      November 18, 2016 at 3:33 pm

      އިރާދަކުރެއްވިއްޔާ މާދަމާ 26ވަނަ ބައި އަޕްކޮށްލާނަން

  10. Ami says:
    November 18, 2016 at 1:19 pm

    Wow. Salhi ey mi part.saandy thanx. Waitin next part

    1. Saandy says:
      November 18, 2016 at 3:33 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 26ވަނަ ބައި ގެނެސްދޭނަން

  11. Appy says:
    November 18, 2016 at 2:04 pm

    Mi saandy mee haadha myhun hiyythalhuvan molhu myhekey dhw konme faharaku vx hama mikahala thaakun nimmaalany heheh …ekam vx vaahaka v rythi ingey

    1. Saandy says:
      November 18, 2016 at 3:34 pm

      ޝުކުރިއްޔާ! ހެހެހެ އެޕީ… އެކަހަލަ ތަންތަނުން ނިންމާލީމައެއްނު ކިޔާހިތްވާނީ… ހެހެހެ

    2. raf says:
      November 18, 2016 at 7:38 pm

      dhw

    3. Saandy says:
      November 19, 2016 at 2:04 am

      ހޫމް

  12. mixoo says:
    November 18, 2016 at 2:25 pm

    alhey what is ayaaz trying to do…why cant he let his own brother live happily

    1. Saandy says:
      November 18, 2016 at 3:35 pm

      ޝުކުރިއްޔާ! އަމިއްލަ އެދުން ބޮޑީ ދޯ ހިސާބަށްވުރެ… ހެހެހެ

  13. mujey says:
    November 18, 2016 at 2:32 pm

    waiting for the next episode?

    1. Saandy says:
      November 18, 2016 at 3:36 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 26ވަނަ ބައި ގެނެސްދޭނަން

  14. Regards says:
    November 18, 2016 at 6:00 pm

    Ya. I also don’t understand why ayaaz became a villain suddenly….,……… story is amazingly beautiful……… by the way saandy, are u a girl Or a boy?

    1. Saandy says:
      November 19, 2016 at 2:04 am

      ޝުކުރިއްޔާ
      ސާންޑީއަކީ ބޯއީއެއް

  15. Shaf says:
    November 18, 2016 at 6:03 pm

    Vrah nice 🙂

    1. Saandy says:
      November 19, 2016 at 2:05 am

      ޝުކުރިއްޔާ

  16. raf says:
    November 18, 2016 at 7:36 pm

    ok ok any ways vaahaka v reethi…

    1. Saandy says:
      November 19, 2016 at 2:05 am

      ޝުކުރިއްޔާ

  17. Anonymous says:
    November 18, 2016 at 9:47 pm

    woww vaahaka haadha reechey.. hihthalhu vaalaafa thi nimaaly.. mirey nuvx nideyne.. shine keep it up

    1. Saandy says:
      November 19, 2016 at 2:06 am

      ޝުކުރިއްޔާ
      އެނޮނީމަސް! މީ ސާންޑީ… ޝައިންއެއް ނޫން… ހެހެހެ

  18. Anonymous says:
    November 18, 2016 at 10:11 pm

    Meega ayaz kushakee kobaaaa hehe

    1. Saandy says:
      November 19, 2016 at 2:07 am

      އަޔާޒްގެ ކުށަކީ އެހާ ނުލަފާ ވުމެއްނު… ހެހެހެ

  19. NAIN says:
    November 18, 2016 at 10:56 pm

    vaahaka varah reethi.ekamaku Ayaa ehaa goas veema varah sad.dhen ayaa rangalhuvefa fayaaz aa riyaa gulhigen ulhen dheeba.

    1. Saandy says:
      November 19, 2016 at 2:08 am

      ޝުކުރިއްޔާ! ހޫމް ދޯ ނެއިން

  20. Nazi says:
    November 19, 2016 at 8:32 am

    Vvv reethi kiyaahithun indhaa nominee iyye feshee kiyan ekamaku v avaha nimijje mihaaru ves heevanee hafthaaei vehjehen up nukuraathaa. Plz avaha up koadhei chey

    1. Saandy says:
      November 19, 2016 at 9:21 am

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މިއަދު އަޕްކޮށްލާނަން

Comments are closed.

All Right Reserved!