އެތައް ފަހަރަކު ރިންގްވަމުން ދިޔަ ފޯނު ނެގި އަޑު އިވުމުން މާޔާ ބަލާލީ ޝައިނާ އާއި ދިމާއަށެވެ. ސްޕީކާ އޮން ކޮށްފައި ހުރުމުން އެކޮޅުން “ހެލޯ” ބުނި އަޑު ދެމީހުންނަށްވެސް އިވުނެވެ. މާޔާ އެފޯނު ޝައިނާއަތަށް ދެމުން އަތުން އިޝާރާތްކޮށްލީ ހުރިހާ ކަމެއް ރަނގަޅުވާނެއެވެ. ތުރުތުރު ލެވިފައިވާއަތަކުން ޝައިނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލުމަށްފަހު “ހެލޯ”އޭ ބުނެލިއިރު އެހިތް އޮބިނޯންނަވަރަށް ތެޅެމުންދިޔައެވެ. ޝައިނާގެ އަޑު ޖެހުމާއިއެކު އަދާން އިތުރަށް އެންމެ ބަހެއްވެސް ނުބުނެ ފޯނު […]
އުޑުމަތީގައިވާ ކަޅު ވިލާތަކުން ދުނިޔެ އަނދިރިކޮށްލީ ހަމަ ކުއްލިއަކަށެވެ. ނަލަ ނަލަ ވައިރޯޅިތަށް ބާރުވެ ވިއްސާރަ ވެހެންފެށީ އެއްވެސް އިންޒާރެއްނެތިއެވެ. ވައި އިންތިހާއަށް ބާރުވެ ހީވަނީ ގެތަކުގެ ފުރާޅުވެސް އެއްލާލަފާނެހެންނެވެ. ކަނޑުގެ ރާޅުތަށްވެސް ގަދަވެ ތޫފާނެއްގެ މަލަމަތި ދައްކާލިހެން ހީވެއްޖެއެވެ. މިހުރިހާ ކަމަކުންވެސް އެއްވެސް އަސަރެއް ނުކުރާހާލު ގޮނޑުދޮށުގައި އިށީނދެލައިގެން އިން ޝައިނާގެ ދެލޯވަނީ ފުސްވެފައިއެވެ. މިއަދު ދުނިޔެ އަނދިރިކަން ދެއްކިޔަސް މާދަމާ އަލިކަމެއް ދައްކާނެ ކަަމަކަށް ޝައިނާގެ ހިތެއް ނުބުނެއެވެ. “ޔާ ﷲ މިއަޅާއަށް ކެތްތެރިކަން […]
ލޯތްބަކީ ކުށަކަށްވާނަމަ މިއަދު އަހަންނަށް މިވަނީ ވަރަށް ބޮޑު ކުށެއް ކުރެވިފައެވެ. ހިތުގައި ބިންވަޅުނެގިފައިވާ ހަނދާންތަކުން ދުރު ނުވެވެނީ ކީއްވެ ހެއްޔެވެ؟ އެއިޙުސާސްތަކާ ދުރަށް ނުދެވެނީ ކީއްވެ ހެއްޔެވެ؟ މިއަދު އަހަންނަށް ވެވިފައި މިވަނީ ކުށްވެރި ލޯތްބެކެވެ. އެހެންނަމަވެސް އެހަނދާންތަކުން ދުރަށް ނުދެވެނީ އެއީ އަހަރެންގެ އަމިއްލަ އިޚުތިޔާރުގައިވާ ކަމެއް ނޫނެވެ. އުމުރަށް ތި ލޯބި ހިތުގައި ފޮރުވާނަމެވެ. ކަނު އަނދިރިކަން ފިޔަވާ އިތުރު އެއްވެސް އަލިކަމެއް ނުވާ ކޮޓަރިތެރެއިން އިވެނީ މަޑު ގިސްލުމެއްގެ އަޑެވެ. […]
ހިތުގެ ފުންމިނުން.. އުދަރެސް މަތިން ފެންނަމުންދާ ރަތާއި އޮރެންޖު ކުލައިގެ ވިލާތަކުން ފަޒާ ޒީނަތްތެރި ކޮށްލާފައިވަނި ކުރެހުންތެރިން މޮޔަކޮށްލާހާ ފުރިހަމަކޮށެވެ. ކޮންމެ ކުރެހުންތެރިއެއްގެ ފިހިން އެކުލަތައް ފަވާލަން ބޭނުންވާނެއެވެ. ވަށައިގެންވާ ފެހިގަސްތަކުން މާހައުލު އިތުރަށް ފުރިހަމަ ކޮށްދެއެވެ. މިފަދަ ފުރިހަމަ މަންޒަރެއްގައި ހުރި ހަމަ އެކަނި “ކުނި” ކޮޅަކީ އަހަރެންކަމުގައި ދެކުނީމެވެ. މިދުނިޔެއަށްލީ ފުރަތަމަ ނޭވައާއެކު މަންމައާއި ބައްޕަ ވަރިވުމަކީ އަހަރެންގެ ކުށެއްހެއްޔެވެ؟ އަހަރެން ފެންނަ ކޮންމެ ފަހަރަކު މަންމަގެ މޫނުމަތި ބަނަވެގެންދާތަން ފެނެއެވެ. މިހިތުގައި […]
ކުއްލިއަކަށްު އެތަނުގައި އޮތް ގަބުރުގެ އަތް ކައިޝާގެ ފައިގައި ހިފާލީ ގުޑާ ނުލެވޭހާ ބާރަށެވެ. ކައިިޝާ ކަރުބުޑުން ހަޅޭއްލަވާގަތް އިރު އެކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. ދޮރުހުޅުވާލާފައި ވަތް އީތަން ހުރީ ހުއްޓުން އަރާފައެވެ. ކައިޝާ ހަޅޭލަވާގަތް އަޑު އިވުމުން ދުވެފައި އޭނަ ކޮޓަރިއަށް އައީ ތެޅިތެޅި އޮތް ހިތަކާއެކުއެވެ. އެހެންނަމަވެސް އެތާކުން އޭނައަށް އެއްވެސް ތަފާތުކަމެއް ފާހަގަ ނުކުރެވުނެވެ. ހުއްޓުން އަރާފައި ހުރި ކައިޝާ ފިޔަވައެވެ. އީތަން އެންމެ ފުރަތަމަވެސް ކޮޓަރިތެރެއަށް އަވަސް ނަޒަރެއް ހިންގާލިއެވެ. […]
“އެއީ ތެދެއްތަ ދަރިފުޅާ..ގަބުރެއް ލައްގައިގެންނޯ އުޅެނީ..” ގެއަށް ވަދެގެން އައި ކައިޝާއަށް ބަލާލަމުން ހުސްނާ ބުނެލި ވާހަކަ އީތަންއަށް އިވުނެވެ. ސައިކަލު ސްޓާޓް ކޮށްލަމުން ޕޮލިސް ސްޓޭޝަނަށް މިސްރާބު ހުރި އިރު އެހިތަށް އުދަގޫ ވަމުން ދިޔައެވެ. އީތަން ދުވެލާފައި ސްޓޭޝަނަށް ވަދެގެން ދިޔައިރު އެއޮމާން ނިތްކުރިމަތިން ދާތިކިތަށް ބަބުޅަމުން ދިޔައެވެ. އެހިތް ނުތަނަވަސް ވެފައިވާއިރު ސިކުނޑި ވަނީ ހާސްކަމެއްގެ ތެރޭގައެވެ. އީތަންއާ އެންމެ ފުރަތަމަވެސް ބައްދަލުވީ އެޕޮލިސްޓޭޝަނުގެ އިންޗާޖްކަމަށްވާ ހަލީމް ސަރ އާއެވެ. އީތަން […]
“އަލްހަމްދުލިﷲ..މި ބަލާވެރިކަމުން ތި ދެކުދިން ސަލާމަތް ވެއްޖެ..ބާއްޖަވެރި މުސްތަޤުބަލަކަށް އެދެން..ބޭބެގެ ދުޢާ ވަނީ ތި ދެކުދިންނާއެކު..” އަލިބެގެ މޫނުމަތި ވަނި އުޖާލާވެފައެވެ. އެތަނުގައި ތިބި ގިނަބައެއްގެ ހިތްތަކުގައި ބިރުވެރިކަން ވީނަމަވެސް ކޮންމެ މީހަކުވެސް ޝުކުރު ކުރަމުން ދިޔައީ މުސީބާތުން ސަލާމަތް ވުމުންނެވެ. އަލިބެ އެފުޅިއަށް ބަލާލަމުން އޭތި ކަޅުކުލައިގެ ކޮތަޅަކަށްލައި އައްސާލިއެވެ. އެފުޅިއަށް ހަދަންވާގޮތް އަލިބެއަށް އެނގެއެވެ. ކައިޝާގެ އަތުގައި ހިފަހައްޓައިގެން ހުރި އީތަންގެ ހިތުގައި ޒިއަދަންއާއި މެދު ހަމްދަރުދީވިޔަސް އޭނާގެ އުނދަގުލުން ސަލާމަތް ވުމުން އުފާވެސް […]
އެއަޑުގައި ހުރި ބާރަކުން އެރަށުގައިވާހާ ރުއްގަހެއް މުލުން ލުހިގެން މައްޗަށް އަރައިގެން ގޮސް ތިރިއަށް ފައިބައިގަތީ ނާމާން ގޮތަކަށެވެ. ހަމަ އެވަގުތު ކަނޑުގެ އަޑިން ފޮނުގަނޑެއް ކައްކާލުމަށްފަހުު ބޮޑު ކަކުނި ބައިގަނޑެއް އެރަށުގެ ގޮނޑުދޮށަށް ބީއްސާލިއެވެ. އެކަކުނިތަކުގެ އަމާޒު ހުރީ ޒިއަދަން ހުރި ގެއާ ދިމާއަށެވެ. އެއްވެސް އިތުރު ދިރުމެއް ނުވާ އެފަޅު ރަށުން އިވެނީ ބުޅާގޮވާ ފަދަ ނާމާން އަޑެކެވެ. އެހެން ނަމަވެސް އެއަޑު އަންނަނީ ކޮންދިމާއަކުން ކަމެއް ނޭނގެއެވެ. *** އޭޑީކޭ ދޮރުމަތީގައި […]