ޒަހްރާ އަވަސް ފިޔަވަޅު ތަކެއް އަޅަމުން އެދިޔަ ގޮތަށް ދިއައީ ބަދިގެއާއި ދިމާލަށެވެ. މާމަ އަތަށް ލޮނުކޮޅު ދީފައި ކިހިލީލައި އިން ކުއްޖާ ބިންމަތީ ބައިންދާފައި އެތާ ހުރި އަށްޓެއްގައި އިށީދެއްޖެއެވެ.މާމަ އަށް މިތަން ފެނި ތިހިރީ ވަރަށް ކަންބޮޑުވެފަދޯ އޭ އަހާލިއެވެ.ޒަހްރާ އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އޭނާގެ ވަށައިގެން ވާ މާޙަވްލު ވެސް މަޑުމައިތިރި ވިކަހަލައެވެ. އިރުކޮޅަކުން ބަދިގޭން ބޭރު ބަލައިލި އިރު މަންމަ ފެންނާކަށް ނެތެވެ. އެކަން ޔަޤީން ވުމުން އޭނާގެ […]
މިއީ ޙަޤީގީ ވާހަކައެކެވެ. މީގައި ވަނީ އަސްލު ނަން ތަކެއް ނޫނެވެ..މި ވާހަކަ ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ . ފެންޑާގައި ހުރި ޖޯލިފަތީގައި ޒަހްރާ އޮށޯތީ މުޅިދުވާލު ހަތަރުދަމު ވެފައި ހުރި ވަރުބަލިކަން ފިލުވާލުމަށެވެ.އެއިރު މަގުވަށާފާރުން ބޭރުގައި ހުރި ބޮކިދަނޑީގައި ހަރުކޮށްފައި ހުރި ޓިއުބުލައިޓުން ދެމުން ދިޔަ ވަރުގަދަ އަލީގެ ތެރެއިން ހިމަތުނި ވާރޭގެ ކަނިތައް ފެންނަމުން ދިޔައެވެ. މަޑުމަޑު ވައިރޯޅިވެސް ޖެހެމުން ދިޔައެވެ. އެ ވައިރޯޅިތައް ޒަހްރާގެ މާޒީގެ އެންމެ ހިތްދަތި ސޮފްޙާ ތައް ހުޅުވާލަދިން […]