ރިޔާޝާ އެނދުމަތީގައި ބަންޑުން ރޯން އޮއްވާ ދޮރު ހުޅުވާލި އަޑަށް ސިހިފައި ރިޔާޝާ ދެލޯ ފޮހެލިއެވެ. އަދި އަވަސްއަވަހަށް ދޮރާއި ދިމާއަށް ބަލާލިއެވެ. އެއާއެކު އޭނާއަށް ލިބުނު ހައިރާންކަމުގައި “އަޔާ” އޭ ބުނެލެވުނެވެ. ދޮރުމަތީގައި އެހުރީ ހަމަ އަޔާޒްގެ ސޫރައެވެ. ރިޔާޝާއަށް ބޭއިޚްތިޔާރުގައި ދުވެފައިގޮސް އެޒުވާނާ ގައިގައި ބައްދާލިއެވެ. އަދި ރޯން ފެށިއެވެ. ރިޔާޝާއަށް ވީގޮތް ފެނިފައި އެޒުވާނާ ހުރީ ހައިރާންވެފައެވެ. އަދި އޭނާއަށް “އަޔާ” އޭ ކިޔާ މުޚާތަބުކުރުމުން އޭނާގެ ހައިރާންކަން ދެގުނައަށް އިތުރުވިއެވެ. އެޒުވާނާ […]
“ރިޔާޝާވެސް މިހާރު ތިހިރީ ބޮޑުވެފައި. މީހުންނާ އިންނަވަރުވެފައި. އަންހެންކުދިން ނުވާނެ އެހާ ގިނަ ދުވަހު މީހުންނާ ނީނދެ ތިބޭކަށް. އެހެންވީމަ އަހަރެން ރިޔާޝާގެ ކައިވެނި ހަމަޖައްސައިފިން.” އަމީނާ އެހެން ބުނެލުމުން ރިޔާޝާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ލިބުނު ސިހުމުގައި އޭނާއަށް ކޮޅަށްވެސް ތެދުވެވުނެވެ. “އަހަރެން…” “މަ ކަލޭ މިގެނައީ ކަލޭގެ ރުހުން ހޯދާކަށް ނޫން. މިރޭ އަށްގަޑި ބަޔަށް ތައްޔާރުވެގެން ހުރޭ. މިރޭ ރަންކިޔުއްވަން އަންނާނެ.” އަމީނާ އޭނާގެ ހަރުކަށި އަޑުން ބުނެލިއެވެ. ވަގުތުން ރިޔާޝާގެ ދެލޯ ފެންކަޅިވިއެވެ. […]
ރިޔާޝާ މިއަދު ދުވަހަކުވެސް ނުވާހާ ދެރަވެއްޖެއެވެ. ޝިފާންގެ އެހަމަހިމޭންކަން އޭނާގެ ހިތަށް ތަދުކުރަމުން ދިޔައެވެ. އެންމެފަހުން އޭނާއަށް ކެތްނުކުރެވޭ ހިސާބަށް ދިއުމުން އެގެއިން ނުކުތުމަށް ދުއްވައިގަތެވެ. ރިޔާޝާ ހުއްޓުވަން އޭނާ ކިތަންމެ ބޭނުންވި ނަމަވެސް އެވަގުތު ބުނާނެ އެއްވެސް އެއްޗެއް އޭނާއަކަށް ނުވިސްނުނެވެ. އެހެންކަމުން އޭނާއަށް ރިޔާޝާ ދިޔަ ދިމާއަށް ބަލަން ހުރެވުން ފިޔަވާ އެއްވެސް ކަމެއް ނުކުރެވުނެވެ. ކުއްލިއަކަށް މި ކުރިމަތިވީ ކޮންފަދަ ބޮޑު އިމްތިޙާނެއް ހެއްޔެވެ؟ އެއްކޮޅުން ތެދަށް ކިޔައިދީގެން ނިކަމެތި އަންހެންކުއްޖެއްގެ ހިތް […]
“ތިހެން އިންޒާރު ދިނަކަސް މަށެއް ބިރެއް ނުގަންނާނެ. ކިތަންމެ އިންޒާރެއް ދިނަސް އެއީ ނުވާ ކަމެއް ކަމަކަށް ނުވާނެ. އެހެންނޫނަސް އަހަރެން މިއުޅެނީ މާ ރީތި މަންޒަރުތަކެއް ފެނިގެނެއް ނޫން މުޅި މާލޭގަ އެވާހަކަ ދައްކަމުން ދުވާކަށް. މަށަށް ކެރޭތަ ރޭގަ މަގޭ މަންމަ ހިލޭ ފިރިހެނެއް ގޮވައިގެން ހިތު ހުރިހާ ގޮތަކަށް އުޅުނޭ ބުނަން. އަހަރެން ލަދުގަނޭ މަންމަ އެހާ ދަށު ދަރަޖައަކަށް ވެއްޓުނީމަ.” ރިޔާޝާ އޭނާގެ ހިތުގައިވާ އެއްޗެއް ފުރަތަމަ ފަހަރަށް އަމީނާއާއި ދިމާއަށް […]
އަމީނާ އޭނާގެ މޯބައިލް ފޯނު ހިފައިގެން ކޮޓަރީގައި އިނީ ކޮންމެވެސް މީހަކަށް ގުޅައިގެންނެވެ. “ކަލޭ އަވަހަށް މިކޮޅަށް އަންނަން އުޅޭ. އެހެންނޫނީ އަހަރެމެންގެ ހުރިހާ ރޭވުމެއް ފެނަށް ވެދާނެ.” ރިޔާޝާ ބަދިގެއަށް ދިއުމަށްޓަކައި އަމީނާގެ ކޮޓަރި ހުރަސްކުރި ވަގުތު އަމީނާ ބުނި އަޑު އިވުނެވެ. އޭނާ މަޑުކޮށްލީ އިތުރު މީހެއްގެ އަޑު އިވޭތޯއެވެ. ނަމަވެސް އިތުރު މީހެއްގެ އަޑު ނީވުމުން ފޯނުން ވާހަކަދައްކަނީކަން އެނގުނެވެ. އޭނާގެ ހައިރާންވީ އަމީނާ އެހާ ސިއްރުވެރި ގޮތަކަށް ފޯނެއް ގެންގުޅޭތީއެވެ. އަދި […]
*މިވާހަކައަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. * މިވާހަކަ ލިޔެފައިވާނީ ސޮފްހާތަކެއްގެ ގޮތުގައެވެ. އަބަދުވެސް ބުނާތީ އަހަނީ ލޯބިވެރިންގެ ޖޯޑުތަކަކީ ތަގްދީރުގައި ލިޔެވިފައިވާ ކަމެކެވެ. އެކަން އޮންނަނީ ހަމަ ހަގީގަތުގައިވެސް އެގޮތަށެވެ. ލޯތްބަށްޓަކައި މީހުން ޖާނާއި ފުރާނަދޭ ވާހަކަ ވަރަށް ގިނައިން އަހަމެވެ. އަދި އެފަދަ ލޯތްބަކަށް އަހަރެމެން އެންމެން ވެސް އެދެމުއެވެ. މިއީ އަހަރެންގެ ވާހަކައެވެ. މަތީގައި ބަޔާން ކުރެވި ދިޔަފަދަ ވާހަކައެކެވެ. އަހަރެންގެ ދިރިއުޅުން މުޅިން އާމިސްރާބަކަށް ދަތުރުފެށީ 2002 ވަނަ […]
އަމީނާ ކޮޓަރިން ނުކުތް ވަގުތު ފޯނު ރިންގުވީ އަޑު އިވުނެވެ. އޭރު އަދި ރިޔާޝާއެއް ނުނިކުމެއެވެ. އަމީނާ ގޮސް ފޯނު ނެގީ އެހާ ހެނދުނާ ގުޅީ ކާކުތޯ ބެލުމަށެވެ. “ކޮން ބޭފުޅެއްތޯ؟” ޝިފާން އަދަބުވެރިކަމާއެކު އެހީ އެއީ ރިޔާޝާ ނޫންކަން އެނގުމުންނެވެ. “ތީ ކާކު؟” އަމީނާ އެހިއެވެ. “ޝިފާން.” “ކޮން ޝިފާނެއް؟” އަމީނާ އެހެން އަހާލީ ހިތްހަމަނުޖެހިފައި ހުރެއެވެ. “މީ ރިޔާޝާގެ އެކުވެރިއެއް. ތީ ރިޔާޝާގެ މަންމަތޯ؟” ޝިފާން ހަމަޖެހިލާފައި ބުނެލިއެވެ. “އާނ. ކިހިނެއްވީ؟” އަމީނާގެ ރާގު […]
ނޯޓު: މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. ހެނދުނުގެ ވަގުތު ކަމުން މަގުމަތީގައި މާ ގިނަ މީހުންގެ ހިލަމެއް ނުވެއެވެ. ލަންޑަން ގައި އާންމުކޮށް މީހުންހޭލާ އުޅެނީ މެންދުރު އަނބުރާލާ ފަހުންނެވެ. މި ހަމަހިމޭން މާހައުލުގައި އަޔާނާއި ތިފާހް މަޑުމަޑު ން ހިނގާފައި އެދަނީ ލަންޑަން އޮކްސްފޯރޑް ޔުނިވަރސިޓީ އާ ދިމާލަށެވެ. އަޔާނާއި ތިފާހަކީ ކުޑައިރުއްސުރެ އެންމެ ގާތް ދެ ރަހުމަތްތެރިންނެވެ. މި ދެކުދިންގެ އާއިލާ އަކީވެސް އެއް ފެންވަރެއްގެ ނުހަނު ގުޅޭ ދެ އާއިލާއެވެ. […]
އަޔާޒްމެންގެ ޚަބަރެއް ނުވާތީ ރިޔާޝާ ހުރީ ވަރަށް ކަންބޮޑުވެފައެވެ. ޝިފާން ފުރާ ވާހަކަ ބުނީއްސުރެ ރިޔާޝާއަކަށް ހަމައެއް ނުޖެހެވެއެވެ. ޝިފާން ދިޔުމުން އަޔާޒްގެ ޚަބަރެއް ލިބޭނެ ގޮތެއް ނޯންނާނެތީއެވެ. ޝިފާން ގޮސްފައި ގުޅާނެކަމަށް ބުނި ނަމަވެސް އަދި ޚަބަރެއް ނުވާތީ ރިޔާޝާއަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާ ކަންބޮޑުވެގެން ދެކޮޅަށް ހިނގަހިނގާ ހުއްޓާ ކުއްލިއަކަށް ދޮރުގައި ޓަކި ޖެހި އަޑަށް ސިހުނެވެ. މިވަގުތު އެއައީ ކާކުބާވައޭ ހިތަށްއެރިއެވެ. އޭނާ ހައިރާންވެ ހުރެ ގޮސް ދޮރު ހުޅުވާލިއިރު ފެނުނު މަންޒަރު […]