Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ރިޔާޝާ (26ވަނަ ބައި)

Saandy
November 19, 2016
7 Mins Read
70 Views
60 Comments

“މީ… މީ ކޮން… އެއްޗެއް؟” ރިޔާޝާ ހުއްޓަހުއްޓާފައި އަހާލިއެވެ. “ތީ ދަރިފުޅުގެ ޙައްޤެއް. ތީ ދަރިފުޅުގެ ގޭގެ ރެޖިސްޓްރީ ބައްޕަގެ ނަން މައްޗަށް ބަދަލުކުރިކަމުގެ ލިޔުން. އަދި އަލުން އަނބުރާ ދަރިފުޅުގެ ނަމަށް ބަދަލުކުރާކަމުގެ ލިޔުން.” އިމާދު އެހެން ބުނެލުމުން ރިޔާޝާއަށް ހައިރާންކަމާއެކު އިމާދަށް ބަލާލެވުނެވެ. “އެކަމަކު ކިހިނެއް؟ އެގެ ވަނީ ބައްޕަ އަހަރެންގެ ނަމަށް…” “އާނ. ދަރިފުޅަކަށް އެކައްޗެއްވެސް ނޭނގޭ. ދަރިފުޅަށް ތަނެއްދޮރެއް ނޭނގި ދަރިފުޅުގެ މަންމަ ވަނީ އޭނަގެ ނަމަށް މުޅި ގެ ބަދަލުކޮށްފައި. އެކަން ކުރަން އޭނާ ބޭނުންކޮށްފައި ވަނީ ދަރިފުޅުގެ ނަކަލު ސޮއެއް.” އިމާދުގެ ކޮންމެ ވާހަކައަކުން ރިޔާޝާގެ ހައިރާންކަން ދިޔައީ ބޮޑުވަމުންނެވެ. “އެކަމަކު ތިހުރިހާ ކަމެއް ކިހިނެއް ބައްޕައަށް އެނގެނީ؟” ރިޔާޝާ ސުވާލުކުރިއެވެ. “ބައްޕައަށް އެކަން އެނގުނީ ދަރިފުޅުގެ މަންމައާއި ކައިވެނިކުރީމަ.”

“ކީކޭ؟” ލިބުނު ސިހުމުގައި ރިޔާޝާއަށް އަހާލެވުނެވެ. “އާނ. އަހަރެން އަމީނާއާއި ކައިވެނިކުރިތާ ފަސްއަހަރުވެއްޖެ. އަހަރެން މިފަހަރު މިދިޔައީ އެކަންތައް ނިންމާލަން. މިހާރު އަމީނާއަކީ މިނިވަނެއް.” އިމާދު އިސްޖަހައިގެން ހުރެ ބުނެލިއެވެ. “އަން. މީގަ ސޮއިކޮށްލާ.” ރިޔާޝާއަށް ފައިލާއި ގަލަމެއް ދިއްކޮށްލަމުން އިމާދު ބުނެލިއެވެ. ރިޔާޝާ ބަލާލީ ފަޔާޒަށެވެ. ފަޔާޒް ބޯޖަހާލީ ސޮއި ކޮށްލާށޭ ބުނާފަދަ ގޮތަކަށެވެ. ރިޔާޝާ އޭގައިވާ ލިޔުމުގައި ސޮއިކޮށްލާފައި ކުރިމަތީގައި ހުރި މޭޒުމަތީ ފައިލު ބޭއްވިއެވެ. އިމާދު އޭނާ އަމީނާއާއި ކައިވެރިކުރި ސަބަބު އޮޅުންފިލުވައިދިނެވެ. “ދަރިފުޅުމެން ބައްޕައަށް މާފްކުރޭ! ރަތީވެސް.” ރަތީބާ އިނީ އިވުނު ވާހަކަތަކުން ހުއްޓުން އަރާފައެވެ. އެއީ ތެދު ވާހަކަތަކެއްކަން ޤަބޫލު ނުކުރެވިފައެވެ. “ރަތީ!” އިމާދު ރަތީބާގެ ކޮނޑުގައި އަތް ބާއްވާލުމާއެކު ރަތީބާ އިމާދުގެ އަތް ފޮޅުވާލިއެވެ.

“އަތް ނުލާތި އަހަރެން ގައިގައި. އަހަރެން ހިއެއް ނުކުރަން އިމާދު ތީ ތިހާ އަމިއްލަ އެދުން ބޮޑު މީހެއް ކަމަކަށް. އަހަރެން ދުވަހަކުވެސް އިމާދު ކުރި ކަމަކަށް ހުރަސް އެޅިންތަ؟ ނޫނީ ހިތްހަމަނުޖެހިގެން އެއްޗެއް ބުނިންތަ؟ ނުބުނަމެއްނު ދޯ؟ ދެން ކީއްވެ ތިވަރުގެ ބޮޑު ކަމެއް ކުރިއިރު އަހަރެންނަށް ނޭންގީ؟” ރަތީބާއަށް ކޮށްފައިވާ އަސަރަކުން އޭނާއަށް ވާހަކަދެއްކުނީވެސް ބާރަށެވެ. އިމާދު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާއަށް މިދުވަސް އަންނާނެކަން މާކުރިންވެސް އެނގެއެވެ. ނަމަވެސް އޭނާ ހީކުރީ ރަތީބާ އޭނާއަށް މާފްކުރާނެ ކަމަށެވެ. “ބަލަ އަހަރެން މި ވާހަކަދައްކަނީ އިމާދުއާއޭ. ކީއްވެހޭ އަހަރެންނަށް ސިއްރުކުރީ؟ ބުނެބަލަ. ޖަވާބުދީބަލަ.” ރަތީބާ އިމާދު ލައިގެންހުރި ގަމީހުގެ ގިރުވާނުގައި ހިފާ ތަޅުވައިގަތެވެ. “ނުބުނާނަން ދޯ؟ އެންމެ ރަނގަޅު. އަހަރެން މިދަނީ.” އެހެން ބުނުމާއެކު ރަތީބާ ގެއިން ނުކުތުމަށް ދުއްވައިގަތެވެ. އިމާދުއަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ.

އިމާދަށް ހޭވެރިކަންވީ އިރުކޮޅެއް ފަހުންނެވެ. އޭރު ރަތީބާ ގޮސް ގޭގެ ބޮޑު ގޭޓުން ނުކުންނަނީއެވެ. އިމާދު އަޑުގެ ނެތްތަނަށް ރަތީބާއަށް ގޮވާލިއެވެ. ނަމަވެސް ރަތީބާއާއި ހަމައަކަށް އެއަޑެއް ނުފޯރިއެވެ. ރަތީބާ މަގަށް ނުކުތްތަން ފެނުމުން އިމާދުވެސް ދުއްވައިގަތެވެ. އޭރު ފަޔާޒްވެސް ދުވެފައި ނުކުންނަނީއެވެ. އަޔާޒް ސޯފާގައި އިނީ އޭނާގެ ހާލަތު ހުރިގޮތުން އޭނާއަށް ނުދުވެވޭނެތީއެވެ. ރިޔާޝާ ދާން ބޭނުންވި ނަމަވެސް ފިޔާޒާ ނިދާފައި އޮތުމުން އޭނާއަކަށް ދާކަށް ނުކެރުނެވެ. އޭނާ އަޔާޒަކަށް އިތުބާރެއް ނުކުރެއެވެ. އޭނާ ދާތަނުން އަޔާޒް ފިޔާޒާއަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެކުޑަ ކުއްޖާގެ އިއްފަތްތެރިކަންވެސް ނަގާލަފާނެއެވެ. ނޫނީ މަރާވެސް ލާފާނެއެވެ. ހިތަށް ވަތް ނުބައި ޚިޔާލަކުން ރިޔާޝާގެ ދެފައިކޮޅުން ވާގި ދޫވާގޮތްވިއެވެ.

“ބަލަ ކަލޭގެ މަންމަ މިއޮއް ބޮޑު އިންޑިޔާގެ ކާރުބާރު ބޮޑު މަގަށް ދުވެފައި ނުކުތްއިރުވެސް ކަލޭ ހަމަ އިންނަނީތަ؟ ތީ ކޮންކަހަލަ ދަރިއެއް؟ އަހަރެން ހަމަ ހައިރާންވެއްޖެ.” އަޔާޒް ސޯފާގައި ވިސްނުމަކަށް ގެއްލިފައި އިންދާ ރިޔާޝާ ހަޅޭއްލަވައިގަތެވެ. “ޙަޤީޤަތް ނޭނގި ހުރެ ހަޅޭއްނުލަވާ ހުރޭ އިނގޭ.” އަޔާޒް ގާތަށް ރުޅިއައީ ހަމަ ކުއްލިއަކަށެވެ. “ކޮން ޙަޤީޤަތެކޭ ކިޔާކަށް. މިހާރު ތި ފެންނަނީ ކަލޭގެ އަސްލު. ކަލޭ ތީ ބަނޑުއަޅާ ވިހޭ މައިމީހާއަށްވެސް އެއްވެސް ކުލުނެއް ހުރި މީހެއް ނޫންކަން މިއަދު ތި ސާބިތުވީ.” ރިޔާޝާ އެހެން ބުނުމާއެކު އަޔާޒްގެ ރުޅިގަނޑު އިތުރަށް ގަދަވިއެވެ. އޭނާ ރިޔާޝާއާއި ދިމާއަށް ހިނގައިގަތް ވަގުތު އޭނާގެ ކަނާއަތު ފަޔަށް އެރި ތަދުން އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. ރިޔާޝާއަށް ބަލަހައްޓައިގެން ހުރެވުނީ އަޔާޒް ކުރަން އުޅޭ ކަމެއް ނޭނގޭތީއެވެ. އެވަގުތު އޭނާއަށް އަޔާޒްގެ ކަނާއަތު ފައިން ލޭ ފައިބާތަން ފެނުމުން އޭނާއަށް ބިރުން ހަޅޭއްލަވައިގަނެވުނެވެ.

**********

ރަތީބާ އެ ކާރުބާރުބޮޑު މަގުގެ އެއްފަރާތުން ދުވަމުން ދިޔައިރު ފަޔާޒް އޭނާއަށް ގޮވަމުން ފަހަތުން ދިޔައެވެ. ފަޔާޒްގެ ފަހަތުން އިމާދުވެސް ދުވަމުން ދިޔައެވެ. މަގު ހިނގާ މީހުންވެސް ހައިރާންވެފައި ބަލަން ތިއްބެވެ. އެއްވެސް މީހަކު ރަތީބާ ހިފަހައްޓާކަށް ނޫޅެއެވެ. ފަޔާޒަށް ގޮސް ރަތީބާއާއި ހަމަކުރެވުނީ ވަރަށް ދުރަށް ދެވުނު ފަހުން ހަތަރު އަނގޮޅިއެއްގެ މެދުންނެވެ. އެވަގުތު ފަޔާޒަށް ވާތްފަރާތު ގޯޅިން އައި ބޮޑު ލޮރީ ފެނިފައި އަވަހަށް ރަތީބާ އަތުގައި ހިފައިގެން ދުއްވާފައި އެއްފަރާތަށް އެރުނީ ކިރިޔާއެވެ. އެއީ އިމާދުއަށް އައިސް އެގޯޅިއަށް ވަދެވުނު ވަގުތުކަމުން ލޮރީގައި ޖެހިފައި އިމާދު ވިއްސައިގެން ގޮސް މަތަވީ ފަންސަވީހަކަށް ފޫޓު ދުރުގައި މަގުގެ އެއްފަރާތުގައި ހުރި ދަގަނޑު ހޮޅިއެއްގައި ޖެހިފައެވެ. އެވަގުތު ފަޔާޒަށް އަޑުގެ ކޮޅަށް “ބައްޕާ”އޭ ކިޔާ ގޮވާލެވުނެވެ. ދެލޯ މެރެމުން ދިޔަ ވަގުތު އޭނާއާއި ދިމާއަށް ރަތީބާއާއި ފަޔާޒް ދުވެފައި އަންނަނިކޮށް އިމާދަށް ފުސްކޮށް ފެނުނެވެ.

އިސާހިތަކު އެތަނަށް މީހުންތައް ޖަމާވާން ފަށައިފިއެވެ. މުޅި ތަނުގައި ވަނީ ލޭގެ ކޯރެއް ދެމިފައެވެ. “ބައްޕާ! ބައްޕާ!” އިމާދުގެ މޫނުގައި ހިފާ ތަޅުވަމުން ފަޔާޒް ގޮވަމުން ދިޔައެވެ. ރަތީބާވެސް އިމާދުގެ ގައިގައި ހިފާ ތަޅުވަމުން ގޮވަމުން ދިޔައެވެ. އިރުކޮޅަކުން އެމްބިއުލެންސްގެ އަޑު އިވިގެން ދިޔައެވެ. އިމާދު ހޮސްޕިޓަލަށް ގެންދިޔުމާއެކު އޮޕަރޭޝަން ތިއޭޓަރަށް ވެއްދުނެވެ. އިރުކޮޅެއް ފަހުން ޑޮކްޓަރ ނުކުމެ ދިން ޚަބަރަކުން ރަތީބާ ވަގުތުން އަނބުރައިގަތެވެ. އިމާދު މިދުނިޔެއާއި ވަކިވީއެވެ. ފަޔާޒަށްވެސް ކުރި އަސަރެއްގެ ބޮޑުކަމުން އަޑުވީއްލާ ރޮއިގަނެވުނެވެ. ރަތީބާ އަވަސް ފަރުވާދޭ ކޮޓަރިއަށް ވެއްދި ފަރުވާދޭތާ ވިއްސަކަށް މިނެޓް ފަހުން ހޭއެރިއެވެ. ހޭއެރުމާއެކު އިމާދުއަށް ގޮވަމުން ރަތީބާ ފެށީ ރޯށެވެ. އިމާދުގެ މަރުގެ ސަބަބަކީ އޭނާކަމުގައި ރަތީބާއަށް ޤަބޫލުކުރެވެނީއެވެ.

“މަންމާ! ހިތްވަރުކުރޭ! މަންމަ ހިތްވަރު ނުކުރަންޏާ އަހަރެމެން ކިހިނެއް ހިތްވަރުކުރާނީ؟” ފަޔާޒް ކަރުނަތައް ހިންދާލަމުން ރަތީބާއަށް ހިތްވަރުދިނެވެ. “އިމާދު އެ މަރުވީ އަހަރެންގެ ސަބަބުން. އަހަރެން އެގޮތަށް ގެއިން ނުކުމެގެން ނުދިޔަނަމަ.” ރަތީބާ އަނެއްކާވެސް ރޯންފެށިއެވެ. “ނޫން މަންމާ. އަމިއްލަ ނަފްސު ކުށްވެރިނުކުރޭ. މީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް. އެއްވެސް މީހަކަށް އަނެކެއްގެ މަރެއް ނުހިފެހެއްޓޭނެ. މީ މިއަދު އަހަރެމެންނަށް ހުރިގޮތް. މަންމަ އަބަދުވެސް ބުނަމެއްނު ދިރިއުޅުމުގައި ހިތްދަތި ކަންތައްތަކާ ދިމާވާނެއޭ. އެކަންތައްތަކަށް ކެތްކޮށްގެން ދިރިއުޅުމައިގެން ކުރިއަށްދާން މަސައްކަތްކުރަން ޖެހޭނެއޭ. މިއަދު މީ އެފަދަ ވަގުތެއް. މީ ހިތްވަރާއެކު ކުރިއަށް ދާންވީ ވަގުތު.” ފަޔާޒް ވަރަށް ހިތްވަރާއެކު ވާހަކަދެއްކިއެވެ. އެތައް ވާހަކައެއް ދެއްކި ފަހުން ރަތީބާ ރުއިން ހުއްޓާލިއެވެ.

**********

“އަޔާޒް! ތީ… ތީ ކޮން ލެޔެއް؟” ރިޔާޝާ ބިރުންހުރެ ސުވާލުކުރިއެވެ. “ފެނޭތަ؟ އޭނ. އެބަ ފެނޭތަ؟ މީ މިއަދު އަހަރެންގެ ހާލު ހުރި ގޮތަކީ. އެކަމަކު ރިޔާޝާ ހީކުރަނީ ކީކޭ؟ އަހަރެންނަކީ ރަޙުމެއްނެތް މީހެކޭ. އަނިޔާވެރިއެކޭ. މަކަރުވެރިއެކޭ. ބޭވަފާތެރިއެކޭ. އެހެންނު.” އަޔާޒް ރުޅިވެރިކަމާއެކު ބުންޏެވެ. “އެކަމަކު އެދުވަހު އަހަރެންނަށް ރިޔާޝާ ގާތަށް ނާދެވުނީ މިހެންވެގެން. އަހަރެން ފަންކާ ސާފުކުރަން ހުއްޓާ ވެއްޓި ފޮތް ހަރުގަނޑު ދަށުވީ. އެ ޙާދިސާގެ ސަބަބުން އަހަރެންގެ ކަނާއަތު ފައި މިވަނީ ބުރިކޮށްލާފައި. މިއަދު އަހަރެންނަކީ ނުކުޅެދޭ މީހެއް.” އަޔާޒްގެ ރުޅިވެރިކަން މަޑުމަޑުން ފިލާގޮސް އަޑަށް ހިތާމައިގެ އަސަރު ވެރިވިއެވެ. އަޔާޒްގެ ވާހަކައިން ރިޔާޝާއަށް ސިހުން ލިބުނެވެ. “ކީކޭ؟” ރިޔާޝާއަށް ބޭއިޙްތިޔާރުގައި އަހާލެވުނެވެ. “އާނ. މީ ޙަޤީޤަތަކީ.” އަޔާޒް ބުނެލިއެވެ. “ދެން އެހެންވިއްޔާ ކީއްވެ އަހަރެންނަށް ކުރިން ތިކަން ނޭންގީ؟ މަސްދުވަސް ވެގެން ދިޔައިރު އަހަރެންނަކަށް ޙަޤީޤަތް ނޭންގީ ކީއްވެ؟ އަޔާޒަށް ހީވީތަ އަހަރެން އަޔާޒާއި ވަކިވެދާނެޔޭ؟ އެދުވަހު ތެދަށް ކިޔައިދިންނަމަ…” ރިޔާޝާއަށް އަޔާޒްގެ ހާލާއި ދޭތެރޭ ހަމްދަރުދީވެވުނެވެ.

“އަހަރެން ބައްޕަ ގާތުގައި ބުނިން ޝިފާން ކައިރީ ބުނެގެން ރިޔާޝާއަށް އަންގާލަދޭށޭ. ޝިފާން ބުނި ބައްޕަ އޭނަ ކައިރީ ބުންޏޯ އަހަރެން އެދެޔޭ ރިޔާޝާއަށް މިކަން ސިއްރުކޮށްދޭން. އެކަމަކު އަހަރެން ބައްޕަ ގާތުގައި އެހީމަ ބައްޕަ ބުނީ ބައްޕައެއް ނުބުނަމޭ އެހެނެއް. ބައްޕަ ބުނީމޯ ރިޔާޝާއަށް ހުރިހާ ވާހަކައެއް ކިޔައިދޭން. އެމައްސަލައިގައި އަހަރެން ޝިފާންއާއި ގުޅުން ކަނޑާލީ ބައްޕައާއި އަހަރެންނާއި ދޭތެރެ ޖައްސަން މަސައްކަތް ކުރަނީއޭ ބުނެ. އެކަމަކު މިހާރު އަހަރެންނަށް ޔަޤީން އެއީ ބައްޕަ ކުރި ކަމެއްކަން. މިގެއަށް އަހަރެން އައިރޭ އަހަރެންނަށް އެކަން ޔަޤީންވީ. ބައްޕަ އަހަރެންގެ ކައިވެނި ކުރުވަން ވަރަށް މަސައްކަތްކުރި. އެކަމަކު އަހަރެން ޤަބޫލެއް ނުކުރަން ރިޔާޝާ އަހަރެން ދޫކޮށްލަފާނެ ކަމަކަށް. އެހެންވެ އަހަރެން ބައްޕަމެންގެ ނުޤަބޫލުގައި ރާއްޖެ ދިޔައީ. އެކަމަކު އެރޭ އަހަރެންނަށް އެނގުނީ ރިޔާޝާ މެރީކުރިކަން.” އަޔާޒް ކިޔައިދިނެވެ. އަދި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ތިރީހަކަށް މިނެޓް ފަހުން އަޔާޒް އައިސް ސޯފާގައި އިށީނެވެ. އޭރު އޭނާ ލައިގެން އިން ފަޓުލޫނު ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ފައިން ފޭބި ލޭވެސް ވަނީ ސާފުކޮށްފައެވެ. އޭރުވެސް ރިޔާޝާ ސޯފާގައި އިނީ ދެންމެގައި އިވުނު ވާހަކަތަކުން ހުއްޓުން އަރާފައެވެ. “މިހާރު ކޮބާ ލޭ؟” ރިޔާޝާއަށް ކުރެވުނީ މޮޔަ ސުވާލެއްކަން ވިސްނުމުން އަވަސްއަވަހަށް ދުރަށް އެނބުރުނެވެ. “އެއީ ޖަހާފައި މީނދަ ފައި އަސްލު ފައިން ބުރިކޮށްލި ހިސާބަށް ހެރުނީމަ ފޭބި ލޭ. ދޭތެރެ ދޭތެރެއިން ޖެހޭނެ ސާފުކުރަން. މިހާރު މިއައީ ސާފުކޮށްގެން.” އަޔާޒް އާދައިގެ ގޮތަކަށް ބުނެލިއެވެ. ރިޔާޝާ އިނީ ދެން ހަދަންވީ ގޮތަކާއި ދޭތެރޭ ވިސްނާށެވެ. އޭނާ އަޔާޒް ކިބައިން މާފަށް އެދެން ޖެހޭނެއެވެ. އޭނާއަށް އަޔާޒަށް ވަރަށް އަނިޔާ ދެވިއްޖެއެވެ.

“އަހަރެންނަށް މާފްކުރޭ! އަހަރެންނަށް އަޔާޒާއި ދޭތެރޭ ކަންތައް މިކުރެވުނީ ވަރަށް ގޯސްކޮށް. އެހެން އެކަންވީ އަހަރެންނަށް ޙަޤީޤަތް ނޭނގި އޮތީމަ. އެކަމަކު އަހަރެންނަކަށް ދެން މިދިރިއުޅުން ދޫކޮށެއް ނުލެވޭނެ. އަހަރެންނަށް ފަޔާޒްދެކެ ލޯބިވެވިއްޖެ. ދުވަހަކުވެސް ވަކިނުވެވޭ ވަރަށް. މިހާރު އަހަރެންގެ ހިތުގައި އަޔާޒަކަށް އެއްވެސް ޖާގައެއް ނެތް. އެހެންވީމަ އަހަރެން އެދެނީ އަޔާޒް އަހަރެންދެކެ ލޯބިވަންޏާ އަހަރެންގެ ދިރިއުޅުމުން ދުރަށް ދިޔުން. އަދި ރަނގަޅު ކުއްޖަކު ހޯދައިގެން ދިރިއުޅުމެއް ފެށުން. އަދި އެއްވާހަކަ. މިހާރު އަހަރެންގެ ހިތުގައި އަޔާޒަކަށް އެއްވެސް ބުރަކަމެއް ނެތް.” ރިޔާޝާ ހިނިތުންވެލާފައި ކޮޓަރިއަށް ދާން ހިނގައިގަތެވެ. އެވަގުތު އަޔާޒް ރިޔާޝާގެ އަތުގައި ހިފެހެއްޓިއެވެ. ރިޔާޝާ ފަސްއެނބުރި ބަލާލުމާއެކު އަޔާޒް އޭނާގެ އަތުގައި ހިފާ ދަމައިގަތެވެ. އެއާއެކު ރިޔާޝާ އައިސް ވެއްޓުނީ ސޯފާ މައްޗަށެވެ. އެއާއެކު އަޔާޒް ރިޔާޝާގެ ގައިމައްޗަށް ޖެހިގަތީ ޝިކާރައަކަށް ބަލަބަލާ އޮތް ސިންގާއެއް ފަދައިންނެވެ.

ފަޔާޒް ރަތީބާ ގޮވައިގެން ގޭޓުން ވަދެގެން އައިއިރު ރަތީބާ ހީވަނީ ޗާބީ ދީފައިވާ ބުދެއްހެންނެވެ. ތަންތަންކޮޅަށް އައިސްފައި ހުއްޓުމުން ފަޔާޒް ރަތީބާގެ ކޮނޑުގައި ހިފާލާފައި ހިނގާށޭ ބުނެލުމުން ހިނގައިގަނެއެވެ. މިފަދަ ގޮތަކަށް ގޭޓާއި ގޭގެ ދޮރާއި ދޭތެރޭ އޮންނަ ހިމަ މަގުގެ މެދާއި ހަމައަށް އައިތަނާ ފަޔާޒްގެ ކަންފަތުގައި ޖެހުނީ ރިޔާޝާ ހަޅޭއްލަވައިގަތް އަޑެވެ. ފަޔާޒަށް ވީގޮތެއްވެސް ނޭނގުނެވެ. ގޭ ދޮރާއި ދިމާއަށް ދުއްވައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. ރަތީބާއަށްވެސް އެއަޑު އިވުނެވެ. އެހެންކަމުން އޭނާއަށްވެސް ގޭ ދޮރާއި ދިމާއަށް ހިނގައިގަނެވުނީ ތަންކޮޅެއް ހަލުވި ފިޔަވަޅުތަކެއްގައެވެ. ފަޔާޒް ދޮރުމައްޗަށް އެރި ވަގުތު ފެނުނު މަންޒަރަކުން އޭނާގެ ދެލޯ ބޮޑުވިއެވެ. “އޭތް!” ފަޔާޒް ހަޅޭއްލަވައިގަތުމާއެކު އަޔާޒް ރިޔާޝާގެ ގައިމަތިން ތެދުވެލި ވަގުތު ރިޔާޝާ އޭނާ ކޮއްޕާލާފައި ގޮސް ފަޔާޒްގެ ފުރަގަހަށް ވަނެވެ. އޭރު ރިޔާޝާގެ ހެދުމުގެ ދެއަތާއި މޭމަތިން ތަންގަނޑެއް ވަނީ އިރާލާފައެވެ.

އަޔާޒް އުޅުނީ އަވަހަށް ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަންނާށެވެ. ނަމަވެސް ފަޔާޒް އެއަށްވުރެ ކުރިން އަޔާޒްގެ ޓީޝާޓުގެ ފަހަތުން ކަރުވަޅުގައި ހިފާ ފަހަތަށް ވައްޓާލިއެވެ. އަދި އަޔާޒްގެ ބަނޑުގައި ފައިން ދެތިން ބޮނޑި އަޅާލިއެވެ. އެއީ ރަތީބާއަށް އައިސް ދޮރާއި ހަމައަށް އެރުނު ވަގުތެވެ. ފެނުނު މަންޒަރުން އޭނާއަށް އަނގަމަތީގައި އަތް އެޅުނެވެ. ދެބެން ހިފައިގަނެގެން އުޅޭ މަންޒަރު ފެނުމުން އެކަން ހުއްޓުވަން އުޅުނު ވަގުތު އޭނާއަށް ފާރު ކައިރީގައި ހުރި ރިޔާޝާ ފެނުނެވެ. މެޔާއި ދިމާލުން ދެއަތް ހުރަސްކޮށްލައިގެން ހުރިއިރު ހެދުމުގެ އަތުން ބައެއް ވަނީ އިރާލާފައެވެ. އޭނާއަށް ވެގެން އުޅޭގޮތް ރޭކާލީ ދެނެވެ. އޭނާ އަވަސްއަވަހަށް ރިޔާޝާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އަދި ރިޔާޝާ ހެދުން ލުމުން ނުކުތްއިރުވެސް ފަޔާޒް އަޔާޒްގެ ގައިގައި ތަޅަމުން ދިޔައެވެ. “ފަޔާ! އޭނަ ދޫކޮށްލާ. އޭނަ މަރުވެދާނެ.” އަޔާޒްގެ ގައިގެ އެތަންމިތަނުން ލޭ އޮހޮރެމުން ދާތަން ފެނި ރިޔާޝާއަށް ބުނެވުނެވެ. ރިޔާޝާގެ އަޑަށް ފަޔާޒަށް ހުއްޓުން އެރިއެވެ.

ފަޔާޒް ރިޔާޝާއަށް ބަލާލި ވަގުތު އަޔާޒް އަތް މުށްކަވާފައި ފަޔާޒްގެ ބޮލުގައި ޖެހިއެވެ. އެއާއެކު ފަޔާޒް އަޔާޒްގެ މޭމަތީ އިނދެފައި ވެއްޓުނެވެ. “ފަޔާ!” ރިޔާޝާއަށް ބާރަށް ގޮވާލެވުނެވެ. އަދި ކައިރިއަށް އަންނަންފެށި ވަގުތު އަޔާޒް އޭނާ ކޮށްޕާލާފައި އަރާ ފަޔާޒްގެ މޭމަތީގައި އިށީނދެ ތަޅަންފެށިއެވެ. ރިޔާޝާ ފާރުގައި ޖެހިފައި މަތަވި ނަމަވެސް ލޯބިވާ ފިރިމީހާގެ ގައިގައި ތަޅާ މަންޒަރު ބަލާކަށް ކެތެއްނުވިއެވެ. އޭނާ ގޮސް އަޔާޒްގެ ކަނާއަތު ފަލަމަސްގަނޑުގައި ޖެހުމާއެކު އަޔާޒް ވޭނީ އަޑަކުން ހަޅޭއްލަވައިގަތެވެ. “ހުއްޓާލާ! ހަމަ މިހާރު ހުއްޓާލާ! ބަފާ މަރުވިކަމުގެ ހިތާމައިގައި ތީދޯ އުޅެން ފެނުނު އެންމެ ރަނގަޅު ގޮތަކީ؟” ރަތީބާގެ އަޑު އިވިގެން ދިޔައީ ދުވަހަކުވެސް ނީވޭހާ ބާރަށެވެ.

ރިޔާޝާއާއި އަޔާޒަށްވެސް ރަތީބާގެ އެންމެ ފަހު ޖުމްލައާއެކު ސިހުން ލިބުނެވެ. ލިބުނު ސިހުމުގައި އަޔާޒް ފަޔާޒްގެ ގައިމަތިން ފޭބިއެވެ. “ބައްޕަ މަރުވީއޭ!” ރިޔާޝާއަށް ބުނެވުނެވެ. “އާނ. އަހަރެންގެ ފަހަތުން ގޮސް އެކްސިޑެންޓް ވީ.” ރަތީބާ ދެރަވެލާފައި ބުނެލިއެވެ. ރިޔާޝާއަށް ރޮވުނީ އަނެއްކާވެސް އޭނާދެކެ އެހާ ލޯބިވީ ބައްޕަ ނިޔާވުމުންނެވެ. އޭނާ މިދުނިޔޭގައި ބައްޕައެއްގެ ލޯބި ލިބުން ނެތީއޭ އޭނާގެ ހިތަށް އެރިއެވެ. ކޮޓަރީގައި ޓެބްލެޓް ހިފައިގެން ކާޓޫން ބަލަން އޮތް ފިޔާޒާ ބޭރަށް ނުކުތީ ގޭތެރޭގައި އަޑު ގަދަވެގެންނެވެ. “ޑެޑީ!” ފިޔާޒާގެ އަޑަށް އެންމެނަށް ބަލާލެވުނެވެ. އެވަގުތު ފިޔާޒާ އަނބުރައިގަނެގެން ވެއްޓުނީ އެހާ ބައިވަރު ލޭ ފެނުމުންނެވެ. “ދަރިފުޅާ!” ރިޔާޝާއަށް އެދިމާއަށް ދުއްވައިގަނެވުނެވެ.

“އަޔާޒް ވަދޭ ކޮޓަރިއަށް. ފަޔާޒްވެސް ވަދޭ ކޮޓަރިއަށް.” ރަތީބާ އަމުރުކުރިއެވެ. ރަތީބާގެ އަމުރަށް ނުކިޔަމަންތެރިވާކަށް ފަޔާޒަކަށް ނުކެރުނެވެ. އެހެންކަމުން އޭނާ ތެދުވެ މަޑުމަޑުން ކޮޓަރިއާއި ދިމާއަށް ދިޔައީ ބޮލުގައި އަތް އަޅައިގެން ހުރެއެވެ. އަޔާޒް އޭނާގެ ކޮޓަރި ފާރުގައި ލެނގިލައިގެން އިނީ ފައިގައި ރިއްސަމުން ދާތީއެވެ. “ބަލަ އަދިވެސް އިނީތަ؟ ވަންނާށޭ!” އަޔާޒްގެ ފައިގައި ވޭން އަޅަމުންދިޔަ ނަމަވެސް އޭނާ ކޮޓަރިއަށް ވަނެވެ. އިމާދުގެ ކުއްލި ވަކިވެ ދިޔުމާއި ގޭތެރޭގައި މިއަދު ހިނގައިދިޔަ ޙާދިސާގެ ސަބަބުން ލިބިފައިވާ ހިތާމައިގެ މައްޗަށް ކެތްތެރިކަން އިސްކޮށްގެން، ރޭގަނޑު ގޭ އެންމެނަށް ކާން ގޮވީ ރަތީބާއެވެ. ކެއުމުގެ ވަގުތުގައި އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ކާއެއްޗެހި ގަދަކަމުން ދިރުވަމުން ގެންދިޔަ ކަހަލައެވެ. ކާހިތްނުވި ނަމަވެސް އެހާލުގައިވެސް ކެއީ މެންދުރު ނުކައި ތިބުމުން ލިބިފައިވާ ހައިހޫނުކަމެއްގެ ސަބަބުންނެވެ.

ކައިގެން ނުކުމެފައި އެންމެން ސިޓިންގރޫމްގައި ތިބިއިރު އަޔާޒް ވީ ކޮޓަރީގައެވެ. ރަތީބާ އަޔާޒަށް ގޮވުމުން ފަޔާޒް ކޮޓަރިއަށް ދާން ހިނގައިގަތީ ރިޔާޝާ އަތުގައި ހިފައިގެންނެވެ. “ދަރިފުޅާ ފަޔާޒް. އިހަށް ގޮސް އެތާ އިށީނދެބަލަ. މަންމަ ވާހަކައެއް ދައްކަންވެގެން.” ފަޔާޒް ނުރުހުންވެ ހުރެވެސް ގޮސް ސޯފާގައި އިށީނެވެ. ދެތިން ފަހަރަށް ގޮވި ފަހުން އަޔާޒް ނުކުތެވެ. “އާދެބަލަ މިތާ އިށީންނަން.” ރަތީބާ އެހެން ބުނެލުމުން އަޔާޒް އައިސް ސޯފާގައި އިށީނީ ރިޔާޝާއާއި ދިމާއަށް ލޯ އަޅާލަމުންނެވެ. “ކޮން އެއްޗެއް ބަލާކަށްތަ؟” އަޔާޒް ރިޔާޝާއާއި ދިމާއަށް ބަލާތީ ފަޔާޒް ހަޅޭއްލަވައިގަތެވެ. “އަހަރެން އެބަ އެއްޗެއް ބަލަންތަ؟” އަޔާޒްވެސް ރުންކުރު ގޮތަކަށް ބުނެލިއެވެ. “ކަލޭމެން މޮޔަވެގެންތަ ތިއުޅެނީ؟ އަދި މިއުޅެނީ ބަފާ މަރުވިފަހުން ސައުވީސް ގަޑިއިރު ނުވެގެންނޭ. ތީ އެވަރު ނޭނގޭވަރުގެ ތުއްތު ކުދިންތަކެއްތަ؟” ރަތީބާ ގާތަށްވެސް ރުޅިއައެވެ.

“މީނދަ ފިރިހެނާ މިގެއިން ނުދަނީސް މަގޭ ރުޅި މަޑެއް ނުވާނެ. ހިތަށްއަރާ މިފިރިހެނާއާ ދިމާނުވިނަމައޭ. ލަދުވެސް ގަނޭ ކޮއްކޮއޭ ބުނަން.” ފަޔާޒް އަޔާޒާއި ދިމާއަށް އިނގިލި ދިއްކޮށް ބުނެލިއެވެ. ރިޔާޝާ ފަޔާޒްގެ އަތުގައި ހިފާ ފިތާލީ ހަމަޖެހޭށޭ ބުނާފަދަ ގޮތަކަށެވެ. “ރިޔާޝާ މަޑުން އިނދެބަލަ. އޭނަ އިތުރަށް މިގޭގައި ބަހައްޓަން މަސައްކަތް ކޮށްފިއްޔާ ދެން ނޭނގެ ހަދާނެ ގޮތެއްވެސް. އޭނަ ނުދަންޏާ އަހަރެން މިގެއިން ދާނަން.” ފަޔާޒް މިފަހަރު ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ މިފަހަރު އެކަން ކޮންމެވެސް އެއްކޮޅެއްގައި ޖައްސާނެއެވެ. ރަތީބާ ގޮތް ހުސްވާގޮތްވިއެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އޭނާގެ ދެދަރިންނެވެ. ދެދަރިންވެސް އޭނާއަށް މުހިންމެވެ. ނަމަވެސް ކަންތައް ދިމާވެފައިވާ ގޮތުން އޭނާއަށް މިޖެހުނީ ކޮންމެވެސް އެއް ދަރިއަކު ޚިޔާރުކުރާށެވެ. ފަޔާޒާއި އަޔާޒް އެކަކު އަނެކަކަށް ބަހުގެ ހަމަލާތައް ފޮނުވަމުން ދިޔައިރު ރަތީބާ އިނީ ހަދާނެ ގޮތަކާމެދު ވިސްނާށެވެ. ވަރަށް ވިސްނުމަށްފަހު އޭނާ ގޮތެއް ނިންމިއެވެ.

(ނުނިމޭ)

24
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ބީރައްޓެހިޔާ 7

Next

ބީރައްޓެހިޔާ 8

Next
November 19, 2016

ބީރައްޓެހިޔާ 8

Previews
November 19, 2016

ބީރައްޓެހިޔާ 7

60 Comments

  1. Maree says:
    November 19, 2016 at 1:15 pm

    V reethi

    1. Saandy says:
      November 20, 2016 at 9:50 pm

      ޝުކުރިއްޔާ

  2. ?? says:
    November 19, 2016 at 1:22 pm

    V reethi..

    1. Saandy says:
      November 20, 2016 at 9:50 pm

      ޝުކުރިއްޔާ

  3. Adoo says:
    November 19, 2016 at 1:28 pm

    Dhen vaany kihineh??? Vvvvvvv reethi.? next part avahah up kurahchey plx!

    1. Saandy says:
      November 20, 2016 at 9:52 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ އަންގާރަ ދުވަހު 27ވަނަ ބައި ގެނެސްދޭނަން

  4. Appy says:
    November 19, 2016 at 1:30 pm

    Ayaaz haadha goas myhkashey dhw mivy enme fahun ..saandy dhn in bai ve avas kohdhehchey v kiyaahihhvey mi vaahaka

    1. Saandy says:
      November 20, 2016 at 9:53 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ އަންގާރަ ދުވަހު 27ވަނަ ބައި ގެނެސްދޭނަން

  5. Lol says:
    November 19, 2016 at 2:33 pm

    Ayyaz is the unlucky one and the black sheep of family … Its surprising that he havent commit suicide or murder.

    1. Saandy says:
      November 20, 2016 at 9:53 pm

      ޝުކުރިއްޔާ

  6. Kiyaa Meehaa says:
    November 19, 2016 at 3:52 pm

    Wow.. it’s so interesting.. Waiting 4 the next part

    1. Saandy says:
      November 20, 2016 at 9:54 pm

      ޝުކުރިއްޔާ

  7. Hasy says:
    November 19, 2016 at 3:54 pm

    V salhi. Waiting for next part

    1. Saandy says:
      November 20, 2016 at 9:54 pm

      ޝުކުރިއްޔާ

  8. Shii says:
    November 19, 2016 at 4:54 pm

    Dhnn kn dhuhun next part??

    1. Saandy says:
      November 20, 2016 at 9:55 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ އަންގާރަ ދުވަހު 27ވަނަ ބައި ގެނެސްދޭނަން

  9. Navya says:
    November 19, 2016 at 5:01 pm

    Haadha foari gadha a vaahaka ? nice

    1. Saandy says:
      November 20, 2016 at 9:55 pm

      ޝުކުރިއްޔާ

  10. Khajja says:
    November 19, 2016 at 5:02 pm

    Wow v rythi ekam ayaaz dhw ayaa dhenves goiy dhookoggen beybeaa gulhigen ulhebala ebunaahen thyky mihaaru kudakudhinneh noon dhw ayaa balaabodu kuri bappaves ayaa ah olhuvaaly dhenves hey araabala stry v habeys n waiting nxt part

    1. Saandy says:
      November 20, 2016 at 9:56 pm

      ޝުކުރިއްޔާ! އާނ ދޯ ޚައްޖަ

  11. Riyaa says:
    November 19, 2016 at 5:04 pm

    Amazing!! Ayaaz dheke v foohivejje mihaaru.. furathama aslu beynunvee Ayaaz aa Riyaa gulhen.. ekam mihaaru hama beynumee Fayaa aa gulhen.. waiting 4 next part

    1. Saandy says:
      November 20, 2016 at 9:57 pm

      ޝުކުރިއްޔާ

  12. Aisthu says:
    November 19, 2016 at 5:08 pm

    Wow Saandy…. ur gr8….. Fayaa deserves Riyaa….. that stupid Ayaaz….. I hate him…… mee mihaaru enme inthizaaru kurevey vaahaka mi site in…… next part avas kollahchey

    1. Saandy says:
      November 20, 2016 at 9:57 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ އަންގާރަ ދުވަހު 27ވަނަ ބައި ގެނެސްދޭނަން

  13. NAIN says:
    November 19, 2016 at 5:09 pm

    varah reethi mipartves.Nain heekuree Ayaa hageegaih kiyaadheefa rangalhuvaane kamah..ekamaku mivee eheneh noondhow..hithuga andhamun dhaa alifaan gandu bodu dhow vee..varah sad Ayaaz ah e vaa gothun..

    1. Saandy says:
      November 20, 2016 at 9:58 pm

      ޝުކުރިއްޔާ

  14. Amil says:
    November 19, 2016 at 6:07 pm

    Wow nice. Waitin 4 next part

    1. Saandy says:
      November 20, 2016 at 9:59 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ އަންގާރަ ދުވަހު 27ވަނަ ބައި ގެނެސްދޭނަން

  15. raf says:
    November 19, 2016 at 6:14 pm

    Alhey raf ah heevanii mi vaahaka v avaha nimey ne hen den.. 🙁 hurihaa kame e faha raa dhw dimaa vii… 🙁 hope konmes kolhega jehumuge kurin ayaa ge haalu eyna ge mom n fayaa ah ingry nekama….
    N avaha next part up ko dechey….v kiyaa hithun mihiry mihaaru

    1. Saandy says:
      November 20, 2016 at 10:01 pm

      ޝުކުރިއްޔާ! ރަފް… ބަލަން ތިބެމާ ދޯ؟ އަދި އެބައޮތް ވާހަކައިގެ 1/3

  16. Naadhi says:
    November 19, 2016 at 8:07 pm

    V asarugadha vaahakaeh

    1. Saandy says:
      November 20, 2016 at 10:01 pm

      ޝުކުރިއްޔާ

  17. Anonymous says:
    November 19, 2016 at 8:55 pm

    ayaaz mn ge bahpa valhulaakah vx nudeytha? kobaa ebai.. anehkaa emeehun nudeytha bahpa ge moonu balaakah vx

    1. Saandy says:
      November 20, 2016 at 10:04 pm

      ޝުކުރިއްޔާ! ތި ފާހަގަކޮށްލީ ވަރަށް ރަނގަޅު ތަންކޮޅެއް… އަސްލު ހަމަ ހިތަށްއެރީ އެބައި ނުގެންނާނީއޭ… ނުގެނަޔަސް ކިޔުންތެރިންނަށް ދޭހަވާނެޔޭ… އެކަމު އެބައި ނުގެނެވުނީމަ ކުޑަ އުނިކަމެއް އެބައުޅޭ ދޯ؟ އަދިވެސް އެއްފަހަރު ޝުކުރިއްޔާ އެތަންކޮޅު ފާހަގަކޮށްލީމަ… ކުރިއަށް އޮތްތާވެސް އެކަހަލަ ތަންތަން ބުނެދޭނެ ކަމަށް އުންމީދުކުރަން

  18. Lyn says:
    November 19, 2016 at 11:25 pm

    Varah reethi..waiting for next part..?

    1. Saandy says:
      November 20, 2016 at 10:05 pm

      ޝުކުރިއްޔާ

  19. raf says:
    November 20, 2016 at 2:01 pm

    Konirakun tha next part up kodenii…??

    1. Saandy says:
      November 20, 2016 at 10:10 pm

      ސާންޑީ ހަމަ މާބޮޑަށް ބިޒީވެގެން މިއަދު އަޕްކޮށްނުލެވުނީ… މާދަމާވެސް ވަރަށް ބިޒީވާނެ… އެކަމަކު އިރާދަކުރެއްވިއްޔާ އަންގާރަ ދުވަހު 27ވަނަ ބައި ގެނެސްދޭނަން… އާބައި ގެނެސްދިނުން ލަސްވާތީ މިވާހަކައިގެ އިންތިޒާރުގައި ތިބި ކުދިންގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދެން

    2. raf says:
      November 20, 2016 at 10:24 pm

      hehehe….inthizaaru kuraanii dhw den… 😀

    3. Saandy says:
      November 21, 2016 at 10:15 am

      ހޫމް ދޯ ރަފް

  20. Ami says:
    November 21, 2016 at 8:32 am

    Inthixaarugaa mithiby. Hyvany v reethi vaanehen. Bune ennu inthixaaruge meyvaa fonivaaneyey..he he dhw saandy?.dhigukohlladheythi ingey next part pls…

    1. Saandy says:
      November 21, 2016 at 10:14 am

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ ދިގުކޮށްލަދޭނަން

  21. Herrr says:
    November 22, 2016 at 10:07 am

    Varah fahun Her mi ky mi hurihaa part eh ves. But vv salhi.. saandy ur perfect… avahah up kohladhy… ekam ayaa ves kehtheri vegen nennu riya libeynyy. Eana aa dheatherea ekakuves nuvisna viyya so sad. Fayaaz ah riyaa fenumah vure kurin riyaa aa ayaa gulhun ovea dho. Ehenveema her bunaany Fayaaz ea e dhe meehun dheathere ah vathy.. ekam ayaa ves keh kuran jeheyne dho… dhen saandy avas kohllaa

    1. Saandy says:
      November 22, 2016 at 12:10 pm

      ޝުކުރިއްޔާ! މިއަދު 27ވަނަ ބައި އަޕްކޮށްލާނަން

  22. Marixx says:
    November 22, 2016 at 10:47 am

    its Tuesday still no update. why is it taking so long? cant wait to read the next part. plx upload it asap.

    1. Saandy says:
      November 22, 2016 at 12:11 pm

      ޝުކުރިއްޔާ! މިހާރުވެސް ތިކަމާ މިއުޅެނީ… މިއަދު އަޕްކޮށްލަދޭނަން… އަދި ކުޑަކުޑަ އިންތިޒާރެއް ކޮށްލާ

  23. asi says:
    November 22, 2016 at 11:30 am

    varah reethi
    haadha lahea up kolla leg
    keep waiting for next part

    1. Saandy says:
      November 22, 2016 at 12:12 pm

      ޝުކުރިއްޔާ! މިބައި އަޕްކޮށްލުން ތަންކޮޅެއް ލަސްވީ މާ ބިޒީވީމަ… އިރާދަކުރެއްވިއްޔާ މިއަދު އަޕްކޮށްލާނަން

  24. raf says:
    November 22, 2016 at 12:05 pm

    tody is Tuesday kobaa tha vaahaka…?

    1. Saandy says:
      November 22, 2016 at 12:13 pm

      މިހާރުވެސް ތިކަމާ މިއުޅެނީ… އިރާދަކުރެއްވިއްޔާ އަޞްރު ކުރިން އާބައި އަޕްކޮށްލާނަން… އަދި ކުޑަކުޑަ އިންތިޒާރެއް ކޮށްލާ

  25. Someone says:
    November 22, 2016 at 1:09 pm

    Saandy akee fahaa meehe tha….???

    1. Saandy says:
      November 22, 2016 at 2:29 pm

      ނޫން

  26. raf says:
    November 22, 2016 at 1:10 pm

    Yer inthizaaru kuraanan vaahaka ah…. 😀

    1. Saandy says:
      November 22, 2016 at 2:30 pm

      ޝުކުރިއްޔާ

  27. someone says:
    November 22, 2016 at 3:20 pm

    kobaa vaahaka….den saandy ge job akee koba… if u dnt mind can u tell us…

    1. Saandy says:
      November 22, 2016 at 3:58 pm

      މިހާރު އަޕްކޮށްލާފަ އިންނާނެ… ސޮރީ ލަސްވީމަ… އަލަށް ހަދާ ގެސްޓް ހައުސްއެއްގެ ވާރކް ކުރަނީ،… އެހެންވެ ވަރަށް ބިޒީ ދުވަސްކޮޅެއް މީ

  28. raf says:
    November 22, 2016 at 3:26 pm

    asrunamaadah bangigovaafi male’ in vaahakaa ge next part kiyaa hithu mihurii mihaaru… 😉

    1. Saandy says:
      November 22, 2016 at 3:56 pm

      މިހާރު އަޕްކޮށްލާފަ އިންނާނެ… ސޮރީ ލަސްވީމަ

    2. raf says:
      November 22, 2016 at 8:29 pm

      its ok… 🙂

    3. Saandy says:
      November 24, 2016 at 12:19 pm

      🙂

Comments are closed.

All Right Reserved!