Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ރިޔާޝާ (24ވަނަ ބައި)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
November 17, 2016 8 Mins Read
38 Comments

“ދެން ޢައިޝާ އަދިވެސް މެރީ ނުކުރަންތަ؟ ކީއްވެތަ ތިހެން ހުސްކޮށް ތިހުންނަނީ؟” ޝިފާން މަޢުޟޫ ބަދަލުކޮށްލިއެވެ. “ލޯބިވާ މީހާ ނުލިބުނީމަ.” ޢައިޝާ ވަރަށް ކުރުކޮށް ޖަވާބުދިނެވެ. “އެހެންތަ؟ އެއީ އަނެއްކާ ކާކު؟” ޝިފާން އެހެން ބުނެލުމުން ޢައިޝާ ވިސްނާލިއެވެ. “އެއީ ޝިފާންއަށްވެސް އިނގޭނެ އޭނަ. އެއީ އަޔާޒް. އޭނަ ރިޔާދެކެ ލޯބިވާ ވާހަކަ ބުނީމަ އަހަރެން އޭނައަށް އެކަން ނޭންގީވެސް. އެހެންވެ އަހަރެންނަށް އެދުވަސްކޮޅު ރިޔާއާ ދުރުވެސް ވެވުނު. އަޔާޒްދެކެ އަހަރެން އަބަދުވެސް ލޯބިވިން. އެކަމު ދެންމެ ތި ކިޔައިދިން ވާހަކަތަކުން ވަރަށް ފޫހިވެއްޖެ އޭނަދެކެ. އެހެންވީމަ މިޖެހުނީ އޭނަ މަތިން ހަނދާން ނައްތާލާފަ އެހެންމީހަކު ހޯދަން އުޅެން.” ޢައިޝާ ސީރިއަސްވެފައި ބުނެލިއެވެ. “އެހެންވިއްޔާ އަހަރެން ބުނަންތަ ވާހަކައެއް؟” ޢައިޝާ ބޯޖަހާލިއެވެ. “ޢައިޝާ އަހަރެންނާ މެރީކުރަންވީނު.”

“ވަޓް؟” ލިބުނު ހައިރާންކަމުގައި ޢައިޝާއަށް ބުނެވުނެވެ. “އާނ. ޢައިޝާ އަހަރެންނާ މެރީ ކުރަންވީނު.” ޝިފާން ތަކުރާރުކޮށްލިއެވެ. “އެކަމަކު ޝިފާން މެރީޑެއްނު.” ޢައިޝާ ބުނެލިއެވެ. “ހޫމް. ދެއަނތްބަށް.” ޝިފާން ބުނެލިއެވެ. އޭނާގެ ހިތުގައި ކުޑަވެސް ހާސްކަމެއް ނުވެއެވެ. ޢައިޝާ ވިސްނާލިއެވެ. “އަހަރެންނަށް އިނގޭ ޢައިޝާ ތިވިސްނަނީ ކޮން އެއްޗެއްކަން. އަހަރެން ދެއަނތްބަށް އިންނަން އުޅޭ ސަބަބެއްނު ތިވިސްނަނީ ދޯ؟” ޝިފާން އެހެން ބުނުމުން ޢައިޝާ ބޯޖަހާލިއެވެ. “ފަހަރެއްގައި ޢައިޝާ ހިތަށް އަރާފާނެ އަހަރެންނަކީވެސް އެހެން މީހުން އުޅޭހެން ފަހަރަކު މަލަކުން ފޮނި ބޮމުން ދުވާ މާބުރެކޭ. އެކަމު އެހެނެއް ނޫން އިނގޭ. އަހަރެން ޢައިޝާއަކަށް އެއްވެސް އެއްޗެއް އޮޅުވައެއް ނުލާނަން. ވައިފް ޕްރެގް ވެފަ އިންދާ ދިމާވި އެކްސިޑެންޓެއްގެ ސަބަބުން މިހާރު އަހަރެންގެ ވައިފްއަކަށް ދަރިންނެއް ނުލިބޭ.” ޝިފާން އޭނާގެ ވާހަކަ މެދުކަނޑާލީ އޭނާގެ އަޑު ބެދޭގޮތް ވުމުންނެވެ.

ޢައިޝާ ޝިފާންގެ އަތުގައި ހިފާލީ ހިތްވަރުކުރާށޭ ބުނާފަދައަކުންނެވެ. ކުޑަކޮށް އަޑު ހަމައަކަށް އަޅުވާލަމުން ޝިފާން އަނެއްކާވެސް އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “އަހަރެންވެސް އޭނަވެސް ދަރިއަކު ބޭނުންވޭ. ވަރަށް ދުވަސްވެއްޖެ މިކަމަށް ބޭސް ކުރާތާވެސް. އެކަމަކު ހަމަ ލިބެނީ އެއް ޖަވާބެއް. ދުވަހަކުވެސް ދަރިއަކު ނުލިބޭނެ ކަމަށް ޑޮކްޓަރުން ބުނަނީ. އެކަމަކު އަހަރެން އިތުބާރުކުރަނީ މާތް ﷲއަށް. މާތް ﷲ އަހަރެންނަށް ދަރިއަކު ދެއްވާނެކަމުގައި އަހަރެން ޤަބޫލުކުރަނީ. އެހެންވެ ކޮންމެ ނަމާދެއްގެ ފަހުގައި އަހަރެން އެކަލާނގެ ޙަޟްރަތަށް ދުޢާކުރަން ދަރިއަކު ދެއްވާތޯ. އެކަމަކު އަދި ވަގުތު ނުޖެހޭތީ ކާމިޔާބެއްނުވޭ. އެކަމަކުވެސް ވައިފް އެދެނީ އަހަރެން ދެވަނަ ކައިވެންޏެއް ކުރުމަށް. އޭގެ ފަހުން އަހަރެން މި މަސައްކަތް ކުރަނީ ރަނގަޅު މީހަކު ލިބޭތޯ. އެކަމަކު އަދި ކާމިޔާބުވާ ގޮތެއް ނުވޭ. ޢައިޝާއަކީ ވަރަށް ރަނގަޅު ކުއްޖެއް. އެހެންވީމަ ޢައިޝާ މިކަމާ އެއްބަސް ވެއްޖެއްޔާ އަހަރެން ވަރަށް އުފާވާނެ. އަދި އަހަރެން ޔަޤީންކަން ދެން އަހަރެންގެ ވައިފްއާ ޢައިޝާއާ ދޭތެރޭ އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭނެކަމުގެ.” ޝިފާން އެހެން ބުނުމުން ޢައިޝާ ޝިފާންއަށް ބަލާލިއެވެ.

“އެކަމަކު ލޯބި…” ޢައިޝާ ބުނަން އުޅުނު އެއްޗެއް ވިސްނިގެން ޝިފާން ބުނެލިއެވެ. “މިހާރު ލޯބި ނުވިޔަސް އެކުގައި އުޅެން ފެށީމަ ލޯބި ވެވިދާނެ. މީ އަހަރެންގެ ތަޖުރިބާ. އަދި އަހަރެން އެއްވެސް މީހެއް ކައިރީ ނުބުނާ ވާހަކައެއް ޢައިޝާ ކައިރީ ބުނެފާނަން. އަހަރެން ވައިފްއާ އިނީ ލޯތްބަކުން ނޫން. މަންމަމެންގެ އެދުމުގައި ކޮޅުފައިން ނުޖަހަންވެގެން ޕްލަސް އަހަރެންގެ އެކްސް ޖީއެފް ބޭވަފާތެރިވީމަ. އެކަމަކު މިހާރު އަހަރެން ވައިފްދެކެ ވަރަށް ލޯބިވޭ.” ޝިފާން ކިޔައިދިނެވެ. “އަދިވެސް ޢައިޝާ ހިތަށް އަރާފާނެ މިސާލަކަށް ޢައިޝާއާ މެރީކުރާ ފަހުން އަހަރެންގެ މިހާރުގެ ވައިފް ޕްރެގް ވެއްޖެއްޔާ އަހަރެން ޢައިޝާ ދޫކޮށްލަފާނެބާއޭ؟ އެހެން ހީނުކުރައްޗޭ. އަހަރެން މެރީކުރާނީ އުމުރަށް އުޅެން. ޢައިޝާ އުޅެން ހުރިއްޔާ އަހަރެން ޢައިޝާ ދޫކޮށެއް ނުލާނަން.” ޝިފާން އެހެން ބުނެލުމުން ޢައިޝާ ޝިފާންއަށް ބަލާލިއެވެ.

“ދެން ވައިފް ބުނެފިއްޔާޔޯ؟” ޢައިޝާ ވަރަށް ޖެހިލުންވެފައި އިނދެ އަހާލިއެވެ. “ތިކަމާ އަހަރެންވެސް ވިސްނިން. އަހަރެން ވައިފް ކައިރީ އަހަންވެސް އެހިން މިސާލަކަށް އަހަރެން ދެވަނަ ވައިފްއެއް ހޯދާ ފަހުން އޭނަ ޕްރެގް ވެއްޖެއްޔާ ކިހިނެއްހޭ ހަދާނީ؟ އެހީމަ ބުނީ ދެމީހުން ގޮވައިގެން އުޅޭނީއޭ. އޭނަގެ އެއްވެސް މައްސަލައެއް ނެތޭ. އެހެންވީމަ ޢައިޝާ އެކަމާވެސް ކަންބޮޑުވާކަށް ނުޖެހޭނެ. އަނެއްކޮޅުން ވައިފް ޤަބޫލިއްޔާ އަހަރެންގެ މަންމަމެންވެސް ޤަބޫލުކަމަށް މަންމަމެންވެސް ބުނި.” ޝިފާން ވަރަށް ވިސްނުންތެރިކަމާއެކު ޙަޤީޤަތަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. “އަހަރެން ވިސްނާލަން ވަގުތުކޮޅެއް ބޭނުން.” ޢައިޝާ ހިމޭނުން އިރުކޮޅަކު އިނދެފައި ބުނެލިއެވެ. “އެންމެ ރަނގަޅު. ޢައިޝާ ވިސްނަން ބޭނުން ވަރަކަށް ވިސްނާ. އެކަމަކު އަހަރެންނަށް ވަރަށް ރަނގަޅު އެހާ ގިނަ ދުވަސް ނުކުރިއްޔާ.” ޝިފާން އެހެން ބުނެލުމުން ޢައިޝާ ހިނިތުންވެލަމުން ބޯޖަހާލިއެވެ.

**********

ރިޔާޝާ ބަދިގޭގައި ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި އަވަދިނެތި އުޅެނިކޮށް އަޔާޒް އައިސް ވަނެވެ. “ގުޑް މޯނިންގ ބޭބީ. މަށަށް ކޮފީއެއް ހަދައިދޭންވީނު.” އަޔާޒްގެ އަޑަށް ރިޔާޝާ ބަލާލިއެވެ. އަޔާޒް ފެނުމުން ފޫހިކަން ވެރިވި ނަމަވެސް ކޮފީއެއް ހަދައިދިނެވެ. “އަދި އާދެބަލަ މަ ކޮފީ ބޮއި ނިމެންދެން މިތާ އިންނަން.” ކޮފީ ތަށި ބަހައްޓާފައި ރިޔާޝާ ދާން ހިނގައިގަތުމުން އަޔާޒް ރިޔާޝާގެ އަތުގައި ހިފެހެއްޓިއެވެ. “އަތުން ދޫކުރޭ!” ރިޔާޝާ އަމުރުކުރިއެވެ. “ދޫނުކޮށްފިއްޔާ؟” އަޔާޒް އެހެން ބުނެލުމާއެކު ރިޔާޝާ އަތް ދަމާލާފައި އަޔާޒްގެ ކަންކަށިމަތީގައި ޖެހިއެވެ. އަރައިގެންދިޔަ ދިލަ ތަދުން އަޔާޒަށް ރިޔާޝާގެ އަތުން ދޫކޮށްލެވުނެވެ. “ޖަވާބު ލިބިއްޖެ؟” ރިޔާޝާ ރުޅިވެރިކަމާއެކު އެހެން ބުނެލާފައި އޭނާ ކުރަންހުރި މަސައްކަތަށް އެނބުރުނެވެ. އަޔާޒް ރިޔާޝާއަށް ލޯ އަޅާލާފައި ކަންކަށިމަތީގައި އަތުން ފިރުމާލިއެވެ. އަދި އެއްކޯވަރުން ކޮފީ ތަށި ބޯލިއެވެ.

އަޔާޒް ކޮޓަރިއަށް ވަދެގެން ގޮސް ހުއްޓުނީ އަލަމާރީގައި ހުރި އޭނާގެ އިސްކޮޅާއި އެއްވަރުގެ ބޮޑު ލޯގަނޑު ކައިރީގައެވެ. އަދި އޭނާގެ މޫނު އަނބުރާލައި ކަނާއަތު ކަންކަށިމައްޗަށް ބަލާލިއެވެ. އޭނާއަކީ ހަންގަނޑުގެ ކުލަ އަލި މީހެއްކަމުން ރިޔާޝާގެ އަތުގެ އިނގިލިތައް ޖެހުނު ތަން ރީތިކޮށް އިނގެން ހުއްޓެވެ. އޭރުވެސް އޭނާގެ މޫނުން ދިލަ ނަގަމުން ދިޔައެވެ. އޭނާގެ ދެއަތް މުށްކެވިގެން ދިޔައީ ރިޔާޝާ އޭނާގެ ގައިގައި އެފަދަ ގޮތަކަށް އަތްލީމައެވެ. މިވީހާ ތަނަށް ދުވަހަކުވެސް އެއްވެސް މީހަކު އޭނާގެ ގައިގައި ޖަހާފައެއް ނުވެއެވެ. އޭނާ ގައިގައި އެފަދަ ގޮތަކަށް އަތްލާން މީހުން ޖެހިލުންވެއެވެ. ނަމަވެސް ރިޔާޝާއަށް އޭނާގެ ގައިގައި ޖަހަން ކެރުނީތީ އޭނާ ހައިރާންވިއެވެ. އޭނާ ރިޔާޝާގެ ކިބައިން އެކަމުގެ ބަދަލު ހިފާން ޢަޒުމު ކަނޑައެޅިއެވެ.

ރިޔާޝާ ނާސްތާ ތައްޔާރު ކުރުމުގައި އުޅުނުއިރު ދެންމެ ހިނގި ހާދިސާއާއި ދޭތެރޭ ވިސްނެމުން ދިޔައެވެ. އޭނާއަށް އަޔާޒްގެ ގައިގައި ޖެހުނީތީ އޭނާ ބިރުގަންނަން ފަށައިފިއެވެ. އަޔާޒްއަކީ ޖާނުން ވަރުގަދަ ފިރިހެނެކެވެ. ގޮތް ނޭނގޭ ޒުވާނެކެވެ. އޭނާ އެކަމުގެ ބަދަލު ނުހިފާނެބާވައެވެ. މާތްކަލާކޯއެވެ. ކުއްލިއަކަށް މިދިމާވީ ކޮންފަދަ ކަންތައްގަނޑެއް ހެއްޔެވެ؟ ފަޔާޒް ކައިރީގައި ބުނަންވީބާވައެވެ. ނޫނެކެވެ. އޭރުން މަސްލަތު ގެއްލޭނީއެވެ. ދެބެން ދެ ހަތުރުންނަށްވެ ޢާއިލާ ބައިބައި ވާނީއެވެ. ރެނދުލާނީ އޭނާގެ އުފާވެރި ދިރިއުޅުމުގައެވެ. އެގޮތަށް އެކަންވާކަށް އޭނާއަކަށް ނުރުހެވޭނެއެވެ. ރިޔާޝާގެ ހިތަށް ބިރުވެރި ޚިޔާލުތައް ވަންނަން ފެށިއެވެ. ނުބައި ވަހުމުތަކުން އެހިތް ފުރި ބާރުވާން ފެށުމުން އިސާހިތަކު ދެލޮލަށް ކަރުނަތައް ޖަމާވެގަތެވެ. “މާތް ރަސްކަލާނގެ މިއަޅާއަށް ކެތްތެރިކަން ދެއްވާށި! އާމީން.” ރިޔާޝާއަށް ހިތާހިތުން ދުޢާކޮށްލެވުނެވެ.

ހެނދުނުގެ ނާސްތާގެ ވަގުތުގައި އެންމެން ހަމަވިއިރުވެސް އަޔާޒެއް ނާދެއެވެ. “ދަރިފުޅާ ރިޔާޝާ! ދާންވީނު އަޔާޒަށް ގޮވަން.” ރަތީބާ އެހެން ބުނެލުމުން ރިޔާޝާއަށް ސިހުން ލިބުނެވެ. އޭނާއަށް ބަލާލެވުނީ ފަޔާޒަށެވެ. ރިޔާޝާ ދާން ބޭނުން ނުވާކަން އެނގުނު ނަމަވެސް ފަޔާޒް ރިޔާޝާގެ ގާތުގައި ދާށޭ ބުނީ ރަތީބާއާއި އިމާދުގެ ހިތުގައި ސުވާލު އުފެދިދާނެތީއެވެ. ފަޔާޒް ދާށޭ ބުނުމުން ރިޔާޝާއަކަށްވެސް ބަހަނާއެއް ދައްކާކަށް ނުކެރުނެވެ. ރިޔާޝާ ގޮވުމުން އަޔާޒް ނުކުތެވެ. ސައިބޯ ހިތް ނުވި ނަމަވެސް މަންމަމެންގެ ސުވާލުތައް ކުރިމަތިވާނެކަން އެނގޭތީ އޭނާ ބަދިގެއަށް ދިޔައެވެ. އަޔާޒް އިސްޖަހައިގެން އިނދެ މަޑުމަޑުން ސައި ބޮމުން ދިޔައެވެ. “ދަރިފުޅާ! އަދިވެސް ހާދަ ބީރައްޓެހިކޮށް ތި އިންނަނީ؟ މީ ހަމަ ދަރިފުޅުގެވެސް ގެއެއްނު.” އިމާދު އެހެން ބުނެލުމުން އަޔާޒް އިސްއުފުލާ ބަލާލިއެވެ.

އަޔާޒްގެ ކަންކަށިމަތި ރަތްވެފައި ހުރިތަން ފަޔާޒަށް ފެނުމުން ސުވާލު ނުކޮށެއް ނީނދެވުނެވެ. “އެއީ ކުއްޖަކު މާ ލޯބިން ހަދިޔާއެއް ދީފައި.” އަޔާޒް އެހެން ބުނެލުމުން ރިޔާޝާގެ ހިތް ތެޅިލިއެވެ. އަޔާޒް އަނެއްކާ އެއުޅެނީ އެވާހަކަ ބުނަންބާވައެވެ. އޭރުން ވާނީ ކިހިނެއް ހެއްޔެވެ؟ ރަތީބާމެންގެ ހިތް އޭނާގެ މައްޗަށް ކިލަނބުވާނެކަން ގައިމެވެ. ފަޔާޒްވެސް މިވަގުތު އެވާހަކަ ފަށަންވެއްޖެ ހެއްޔެވެ؟ ވަރަށް ފޫހިވެއެވެ. ހައްތާވެސް ކަންބޮޑުވާންޖެހޭ ކަންތަކެވެ. ރިޔާޝާގެ ހިތަށް ތަފާތު އެއްޗެހިތައް އަރާ ފައިބަމުން ދިޔައެވެ. “އެއީ އަނެއްކާ ކޮން ކުއްޖެއް؟” ފަޔާޒް ވަރަށް ޝަޢުޤުވެރިކަމާއެކު އަހާލުމުން އަޔާޒަށް ބޭއިޚްތިޔާރުގައި ރިޔާޝާއަށް ބަލާލެވުނެވެ. ނަމަވެސް އެކަކަށްވެސް އެކަން ފާހަގަ ނުކުރެވުނީ ކެއުމައިގެން މަސްއޫލުވެފައި ތިބިވަރުންނެވެ. ރިޔާޝާގެ ނުތަނަވަސްވެފައިވާ މޫނު ފެނުމުން އަޔާޒް ބުނެލިއެވެ. “ދެން އެވާހަކަ ބާއްވާ. އެއީ އެއްވެސް ކަމެއްނޫން.” އަޔާޒް އެހެން ބުނެލުމުން އެއްވެސް މީހަކު އިތުރު ސުވާލެއް ނުކުރެއެވެ.

**********

އިމާދު އަމީނާ ވަރިކުރުމުން އަމީނާ ދިޔައީ އޭނާގެ ރަށަށެވެ. އެއްވެސް މީހަކާއެކު އޭނާއަށް ރަނގަޅު ދިރިއުޅުމެއް ނޫޅެވޭނެއޭ ކިޔައި ރަށު މީހުން އޭނާއަށް މަލާމާތް ކުރަމުން ދިޔައެވެ. އެކި ކަހަލަ ގޯނާތައް ކުރަމުން ދިޔައީ އެއްވެސް އުޅުމެއްނެތް ބޭކާރު މީހެއްކަމަށް އިހުސާސްކޮށްދެމުންނެވެ. ރަށު މީހުންގެ މަލާމާތާއި ފުރައްސާރައަށް ކެތްނުވެގެން އެންމެފަހުން އޭނާ އަނެއްކާވެސް މާލެ އައީ ބޯ ހިޔާކޮށްލަން ވަންނާނެ ތަނެއްވެސް ނެތްކަން އެނގިހުރެއެވެ. އިމާދު އޭނާއަށް ހެދި ގޮތުން އޭނާއަށް ރަނގަޅު ފިލާވަޅެއް ލިބިއްޖެއެވެ. އެއީ އޭނާއަށް އުޅެވުނު ނުބައި ގޮތުގެ ނަތީޖާއެވެ. މިހާރު އޭނާ އެވަނީ ތައުބާވެ އިސްލާހުވެފައެވެ. ދެން އޭނާ ދުވަހަކުވެސް އެގޮތަކަށް ނޫޅޭނެއެވެ. މިހާރު އޭނާއަކީ ފަސްވަގުތު ބަރާބަރަށް ނަމާދުކުރާ ދީނަށް ލޯބިކުރާ އަންހެނެކެވެ.

މާލޭގެ ފަސްގަނޑުގައި ފައި ޖެހުނުއިރަށް އޭނާ އަވަސްވެގަތީ ކޮޓަރިއެއް ކުއްޔަށް ހިފުމަށެވެ. އޭނާގެ އަތުގައި ހުރި މަދު ލާރިކޮޅުން އޭނާ އެއްދުވަހަށް ކޮޓަރިއެއް ކުއްޔަށް ނެގިއެވެ. އޭނާ ގެނައި ފޮށި ކޮޓަރިއަށްލާފައި އޭނާ އަވަސްވެގަތީ ސައި ބޮއިގެން ވަޒީފާއެއް ހޯދަން މަސައްކަތް ކުރުމަށެވެ. ރަނގަޅު ތަޢުލީމެއް ލިބިފައި ނެތުމުން ރަނގަޅު ވަޒީފާއެއް ނުލިބޭނެކަންވެސް އެނގެއެވެ. އެހެންކަމުން ގެއެއްގައި ނޯކަރީކަން ކުރަން ޖެހުނަސް އޭނާއަށް އެންމެ ރަނގަޅެވެ. ބޭނުންވަނީ ދިރިއުޅެވޭނެހާ ލާރިކޮޅެއް އަމިއްލަ މަސައްކަތުން ހަލާލު ގޮތުގައި ހޯދުމެވެ. ގާތްގަނޑަކަށް އިރުއޮއްސެން ކައިރިވެފައި ވަނިކޮށް އޭނާއަށް ދިމާވީ ހަކީމް ކިޔާ މީހަކާއެވެ. “އަހަރެންގެ ރައްޓެހި ނަޢީމް ކިޔާ މީހަކު އެބައުޅޭ އެގޭގައި މަސައްކަތްކުރާނެ ދިވެހި އަންހެނަކު ބޭނުންވެގެން. އަހަރެން އޭނައާއި ވާހަކަދައްކާލާނަން އިނގޭ.” ހަކީމް އެހެން ބުނެފައި ދިޔައީ އޭނާގެ ފޯނު ނަންބަރު އަމީނާއަށް ދީފައި އަމީނާގެ ނަންބަރު ހޯދައިގެންނެވެ.

“ހަލޯ ނަޢީމް.” ހަކީމް ވާހަކދެއްކީ ނަޢީމްއާއެވެ. “ކީކޭ ހަކީމް؟” “މަބުނީ ކަލޭ ބުނީމެއްނު ދޯ ގޭގައި މަސައްކަތް ކުރާނެ ދިވެހި އަންހެނެއް ހޯދާ ވާހަކަ. މިއަދު މަށާ ދިމާވި ވަޒީފާއެއް ހޯދަން އުޅޭ އަންހެނަކާ. ވަރަށް ދީންވެރި ރަނގަޅު މީހެއް ވައްތަރު ޖަހާ ހަރު އަންހެނެއް.” ހަކީމް އެހެން ބުނެލުމުން ނަޢީމް ބުނެލިއެވެ. “އަނެއްކާ ގެއެއްގައި މަސައްކަތް ކުރެވޭވަރުގެ މީހެއްތަ؟ މިބުނީ އެހާ ދުވަސްވެފައި ހުރި މީހެއްވިއްޔާ ކަމަކު ނުދާނެ.” “އާނ. މަސައްކަތް ކުރެވޭވަރުގެ މީހެއް އެއީ. ބަލާ ބެލުމަށް ހީވަނީ ސާޅީސް ވަރުހެން ވާނީ. އަހަރެން އޭނަގެ ނަންބަރު ހޯދާފައި އިންނާނެ.” ހަކީމް ބުނެލިއެވެ. “އެހެންވިއްޔާ އަހަރެންނާ އޭނައާއި ބައްދަލުކޮށްދޭންވީނު.” ނަޢީމް ވަރަށް އުފަލުން ބުނެލިއެވެ. “އާނ. އަހަރެން އޭނައާއި ގުޅައިގެން ތިކަން ހަމަޖައްސާލާނަން. އޯކޭ.” ހަކީމް އެހެން ބުނެލާފައި ފޯނު ކަނޑާލީ ވަރަށް ހިތްހަމަޖެހިފައި ހުރެއެވެ. އޭނާގެ ފަރާތުން މީހަކަށް އެހީއެއް ވެވޭތީ އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

ހަކީމް ރޭގަނޑުގެ ކެއުން ނިންމާލާފައި އައިސް އަމީނާއަށް ގުޅާލިއެވެ. “ހަލޯ ދައްތާ! އަހަރެން ބުނީމެއްނު ދޯ ނަޢީމެއްގެ ވާހަކަ. އަހަރެން އޭނައާއި ވާހަކަ ދައްކައިފިން. އޭނަ ބުނީ ދައްތައާއި ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ.” ހަކީމް އެހެން ބުނެލުމުން އަމީނާ ވަގުތުން އެކަމާއި އެއްބަސްވިއެވެ. “ދައްތައަށް ކޮންމެ ގަޑިއެއްގައި ވިޔަސް ބައްދަލުކޮށްލެވޭނެ.” އަމީނާ ބުންޏެވެ. “އެންމެ ރަނގަޅު. އަހަރެން ގަޑިއެއް ހަމަޖައްސާފައި ދައްތައަށް އަންގާލާނަން.” ހަކީމް އެހެން ބުނެލާފައި ފޯނު ބޭއްވުމުން އަމީނާއަށް ފުން ނޭވައެއް ލެވުނެވެ. އިރާދަކުރެއްވިއްޔާ އޭނާއަށް ވަޒީފާ ލިބޭނެއެވެ. ކުޑައިރުކޮޅެއް ފަހުން އަނެއްކާވެސް ހަކީމްގެ ކޯލެއް އައެވެ. އަމީނާ ފޯނު ނެގުމުން ހަކީމް އޭނާ ހުންނަ އެޑްރެސް އޮޅުންފިލުވިއެވެ. އަދި ނުވަގަޑި ސާޅީސް ފަހެއްވާއިރު އޭނާ ބަލާ ދާނެކަމަށް ބުންޏެވެ. އަމީނާ އެންމެ ރަނގަޅު ކަމަށް ބުނެލިއެވެ.

ނުވަގަޑި ސާޅީސް ފަހެއް ވީއިރު އަމީނާ ހުރީ ތައްޔާރުވެގެންނެވެ. ހަކީމް އައިސް ގުޅާލުމުން އޭނާ ތިރިއަށް ފޭބީ އޭނާއަށް ވަޒީފާ ލިބޭތޯ ހިތާހިތުން ދުޢާ ކުރަމުންނެވެ. ކާރުގައި ހަކީމްއާއެކު އިންއިރު ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ކާރު ގޮސް މަޑުކޮށްލީ ފަސްބުރީގެ ބޮޑު އިމާރާތެއްގެ ކުރިމަށްޗަށެވެ. އޭރު އެބޮޑު އިމާރާތުގެ ދޮރުމަތީގައި ގާތްގަނޑަކަށް ތިރީހަކަށް އަހަރުގެ ޒުވާން ފިރިހެނަކު ހުއްޓެވެ. އެއީ ނަޢީމްކަމުގައި ހަކީމް ބުނެލިއެވެ. އާދައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސްގައި ހުރިއިރު އެޒުވާނާއަކީ އެހާ މުއްސަނދި ޢާއިލާއެއްގެ ކުއްޖެކޭ އެއްވެސް މީހަކު ނުބުނާއެވެ. އެހާ ސާދާ ޒުވާނަކު މިޒަމާނުގައި ވަރަށް މަދުވާނެއެވެ. އަމީނާއަށް އެޒުވާނާގެ ދެއްކުންތެރިކަމެއް ނެތް އެސިފަ ވަރަށް ކަމުދިޔައެވެ. އޭނާއަށް ހިތާހިތުން އެޒުވާނާއަށް ހެޔޮދުޢާ ކޮށްލެވުނެވެ.

“އައްސަލާމް ޢަލައިކުމް. މީ ނަޢީމް.” ނަޢީމް އަނގަބަހުން ސަލާމްކޮށްލަމުން އަހާލިއެވެ. “ވަޢަލައިކުމުއްސަލާމް. ދައްތައަށް ކިޔަނީ އަމީނާ.” އަމީނާވެސް ތަޢާރަފުވެލިއެވެ. “ހިނގާ އެތެރެއަށް. ހަކީމްވެސް އާދޭ.” އަމީނާމެންނަށް އެތެރެއަށް ވަންނަން އިޝާރާތް ކުރަމުން ނަޢީމް ބުނެލިއެވެ. ނަޢީމްއާއި ހަކީމް ލިފްޓަށް އެރުމުން އަމީނާވެސް ފަހަތުން އެރިއެވެ. ލިފްޓުގެ ދޮރު ލެއްޕުމާއެކު ނަޢީމް ފަހެއް ޖަހާފައި އިން ފިތަށް އޮބާލިއެވެ. ލިފްޓު ދތުރުކުރަން ފެށުމާއެކު އަމީނާއަށް ބިރުން ހަކީމްގެ އަތުގައި ހިފުނެވެ. ހަކީމް ސިހިފައި ބަލާލިއެވެ. އޭރު އަމީނާ ބިރުން ހުރިތަން ފެނުމުން އެއީ އަލަށް ލިފްޓަށް އެރި މީހެއްކަން އެނގުނެވެ. އެހެންކަމުން އޭނާ އެއްޗެކޭ ނުބުނެއެވެ. ފަސްވަނަ ބުރިއަށް ލިފްޓު ހުއްޓުމުން އެމީހުން ލިފްޓުން ނުކުތެވެ.

ނަޢީމްގެ ފަހަތުން ހަކީމްއާއި އަމީނާ ދިޔައެވެ. އޭނާ ގޮސް ދޮރެއް ހުޅުވާލާފައި ވަނީ ބޮޑު ގެއެއް ވަރުވާ ސިޓިންގރޫމަކަށެވެ. އަމީނާއަށް ހައިރާންވެފައި ބަލަން ހުރެވުނީ އެހާ ބޮޑު ގެއެއް އަދި ދުވަހަކުވެސް ހަމަލޮލުން ފެނިފައި ނުވާތީއެވެ. އެބޮޑު ގޭގައި އޭނާ ނުގެއްލޭނެބާވައޭވެސް އޭނާ ހިތަށް އެރިއެވެ. “ދައްތާ!” ހަކީމްގެ އަޑަށް ސިހިފައި އަމީނާ ބަލާލިއެވެ. ނަޢީމް ސޯފާގައި އިށީންނަން އިޝާރާތް ކުރުމުން އަމީނާ އަދަބުވެރިކަމާއެކު އިށީނެވެ. “މިގޭގައި އަނެއްހެން މާގިނަ މީހުންނެއް ނޫޅޭނެ. މިގޭގައި އުޅޭނީ އަހަރެންނާއި އަހަރެންގެ އަންހެނުންނާއި ދެން އަހަރެންގެ މަންމައާއި ދޮންބައްޕަ. ދެން އަނެއްހެން މާގިނަ މަސައްކަތްތަކެއްވެސް ކުރާކަށް ނުޖެހޭނެ. ކައްކާ ކާންދީފައި ހަފްތާއަކު އެއްފަހަރު މުޅި ގެ ސާފުކޮށްލަން ޖެހޭނީ. އެކަމަކު އާންމުކޮށް އުޅޭ ތަންތަން ޖެހޭނެ ކޮންމެ ދުވަހަކުވެސް ސާފުކުރަން. ދެން މިގޭގައި އުޅޭނެ ލަންކާ އަންހެނެއްވެސް. އޭނަ މިހާރު ޗުއްޓީއަށް ޤައުމަށް ގޮސްވީ. އޭނަ އައިމަ ދައްތައަށްވެސް ވަރަށް ލުއިވާނެ.” ނަޢީމް ވާހަކަދެއްކިއެވެ.

“މިދުވަސްކޮޅު ގޭގައި މިއުޅެނީ އަހަރެން އެކަނި. މަންމައާއި ދޮންބައްޕަ ވީ ރާއްޖޭން ބޭރުގައި ބޭހަކަށް ގޮސް. ދެން އަންހެނުންވެސްވީ ކޯހަކަށް ރާއްޖޭން ބޭރުގައި. އެކަމު ދެތިން ދުވަސް ތެރޭ މަންމަމެން އަންނާނެ. އަންހެނުން އަންނާނީ ދެމަސް ފަހުން.” ނަޢީމް އޮޅުންފިލުވައިދިނެވެ. ނަޢީމްގެ ވާހަކަތައް ކަނުލާ އަޑުއަހަން އަމީނާ އިނެވެ. “އެހެންވީމަ މާދަމާ ނުކުންނަންވީނު. ދައްތައަށް ކޮންއިރަކު އާދެވޭނީ ފަސޭހައިން.” “ދައްތައަކީ އެކަނި އުޅޭ މީހެއް. އެހެންވީމަ ދައްތައަށް އާދެވިދާނެ ބުނި ކޮންމެ ގަޑިއެއްގައިވެސް.” އަމީނާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. “އެހެންތަ؟ އެހެންވިއްޔާ ހެނދުނު ހަތެއް ޖަހާއިރު އާދޭ އިނގޭ. އަހަރެން އަށެއް ޖަހާއިރު އޮފީހަށް ދާން ޖެހޭނެ.” ނަޢީމް އެހެން ބުނެލުމުން އަމީނާ އެންމެ ރަނގަޅުކަމުގައި ބުނެލިއެވެ. “އަދި އެއްވާހަކަ ނުބުނެވޭ ދޯ؟ ގަޑިއަށް ފަރުވާތެރިވެ ރަނގަޅަށް މަސައްކަތް ކުރަންޏާ އަހަރެން ދައްތައަށް ވަރަށް ރަނގަޅު މުސާރައެއްވެސް ދޭނަން. ދެން އެންމެ ރަނގަޅު ދިޔަޔަސް.” ހިނިތުންވެލާފައި ނަޢީމް އެހެން ބުނެލުމުން ހަކީމް އަމީނާ ގޮވައިގެން ދިޔައެވެ.

**********

ނިދުމުގެ ކުރިން ރިޔާޝާ ބަދިގެއަށް ދިޔައީ ފެންފުޅިއެއް ބަލައެވެ. އޭރު ފަޔާޒް އޮތީ ނިދަން އޮށޯވެއެވެ. ރިޔާޝާ ބަދިގެއަށް ވަދެ ހޮޅިބުރި ދިއްލާލާފައި އައިސްއަލަމާރި ކައިރިއަށް ދިޔަތަނާ ކުއްލިއަކަށް އޭނާގެ އަނގަމަތީ މީހަކު އަތްއެޅިއެވެ. އަދި އޭނާ ގެނެސް ފާރާލައި ފިއްތާލިއެވެ. “ހަނދާންކުރާތި! ހަޅޭއްލަވައިގަނެފިއްޔާ ހަދާނެ ގޮތް އިނގޭނީ މަށަށް. އެހެންނޫނަސް އޭރުން ކާކު ބޭޒާރުވާނީ؟ ހަމަ ރިޔާޝާ. ތީ މީހެއްގެ އަނތްބެއް. އަހަރެން މީ ހިލޭ ފިރިހެނެއް. ފިރިމީހާގެ އެއްމާބަނޑު ކޮއްކޮ. ކާކު ޤަބޫލުކުރާނީ؟” އަޔާޒް އިންޒާރެއް ދީފައި ރިޔާޝާގެ އަނގަމަތިން އަތް ނެގިއެވެ. އަދި ކުއްލިއަކަށް ރިޔާޝާގެ ކަނދުރާގައި ބޮސްދިނެވެ. ރިޔާޝާއަށް ލިބުނު ސިހުމުގައި އަނެއްކާވެސް އަޔާޒްގެ ކަންކަށިމަތީގައި ޖެހުނީއެވެ. އަޔާޒް އޭނާއާއި ދުރަށް ޖެހިލި ވަގުތު އަވަސްއަވަހަށް އޭނާ ބަދިގެއިން ބޭރަށް ދުއްވައިގަތީއެވެ.

ރިޔާޝާ ދުވެފައި ގޮސް ކޮޓަރި ދޮރު ހުޅުވާލި އަޑަށް ސިހިފައި ފަޔާޒް ތެދުވިއެވެ. އޭރު ރިޔާޝާ ބިރުން ތުރުތުރުއަޅައެވެ. “ކިހިނެއްވީ؟” ފަޔާޒް ހާސްކަމާއެކު އަހާލިއެވެ. “ވަގެއް. ވަގެއް.” ރިޔާޝާ ޙަޤީޤަތަށް ބުނަން ފަސްޖެހުނެވެ. “ކޮބާ؟” “ބަދިގޭގައި.” ރިޔާޝާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. ފަޔާޒް ދާން ފެށުމުން ރިޔާޝާ އޭނާގެ އަތުގައި ހިފެހެއްޓިއެވެ. “ބިރުނުގަނޭ. މި އަންނަނީއޭ.” އަނެއްކާވެސް ފަޔާޒް ދިޔަނުދީ ރިޔާޝާ ހިފެހެއްޓިއެވެ. “ނޫން. އެމީހުން ގޮތެއް ހަދާފާނެ.” މިވަގުތު ފަޔާޒަށް އަޔާޒް ފެންނާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންނޫނީ ފަހަރެއްގައި ފަޔާޒަށް ޝައްކެއް ވެދާނެއެވެ. “އަންނާނަން ފެންފުޅިއެއް ހިފައިގެން. ރިޔާ ބިރުން ތިއައީ ފެންފުޅިވެސް ނުލައެއްނު.” ފަޔާޒް އެހެން ބުނެފައި ގޮސް ބަދިގެއަށް ވަތްއިރު އަޔާޒް ހުރީ ފެން ބޯށެވެ. “ނުނިދަނީތަ؟” ފަޔާޒް އަހާލިއެވެ. “ފެން ބޮވައިގަނެގެން މިއައީ.” އަޔާޒް ހަމަޖެހިލަމުން ބުނެލިއެވެ. “ދެން އަވަހަށް ނިދަންދޭ އިނގޭ.” ފަޔާޒް އެހެން ބުނެލާފައި ފެންފުޅިއެއް ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ.

ދުވަސްތައް ފާއިތުވަމުންދަނީ ނުލާހިކު އަވަހަށެވެ. ކޮންމެ ދުވަހަކުވެސް އެތައް ފަހަރަކު ރިޔާޝާއާއި އަޔާޒް ބައްދަލުވެއެވެ. ކޮންމެ ދުވަހަކުވެސް އަޔާޒްގެ އެތައް ގޯނާތަކަކާއި ރިޔާޝާއަށް ކުރިމަތިލާން ޖެހެއެވެ. ޢާއިލާގެ މަސްލަހަތަށްޓަކައި ރިޔާޝާއަށްވެސް އެވާހަކަ ބުނާކަށް ނުކެރެއެވެ. ނަމަވެސް މިހާރު އަޔާޒްގެ ކަންތައް މާ މައްޗަށް ގޮސްފިކަމުގައި ރިޔާޝާ ޤަބޫލުކުރެއެވެ. ކުރިން ގައިގައި އަތް ނުލިޔަސް މިހާރު އަޔާޒް އޭނާ ގައިގައިވެސް އަތްލާން ފެށީއެވެ. އެހެންކަމުން މިހާރު އޭނާ މާބޮޑަށް ބިރުގަންނަން ފަށައިފިއެވެ. ފަޔާޒް ގާތުގައި ބުނަންވީއެވެ. އެހެންނޫނީ ވަގުތު ފާއިތުވެދާނެއެވެ. އޭރުން ފަޔާޒަށްވެސް އޭނާ ދައްކާ ވާހަކަ ޤަބޫލެއް ނުކުރެވޭނެއެވެ.

އެއްދުވަހެއްގެ ހަވީރެވެ. ރިޔާޝާ އިނީ ސައިބޯށެވެ. އޭރު ފަޔާޒް ވީ ފިޔާޒާ ގޮވައިގެން ފިހާރައަކަށް ގޮހެވެ. އަޔާޒް ބޭރަށް ދާންވެގެން އުޅެނިކޮށް ބަދިގެ ދިއްލާފައި ހުރިތަން ފެނިގެން އެދިމާއަށް ދިޔައެވެ. ބަދިގޭގައި ރިޔާޝާ އެކަނި އިންތަން ފެނުމުން އޭނާ ދެކޮޅު ހޯދާލީ ވަގެއް ފަދައިންނެވެ. އިމާދުއާއި ރަތީބާވެސް ފެންނަން ނެތުމުން އޭނާ އަވަސްއަވަހަށް ބަދިގެއަށް ދެމިގަތެވެ. އޭނާ ގޮސް ރިޔާޝާއާއި ދާދި ކައިރިއަށް ހުއްޓުމުން ރިޔާޝާއަށް ސިހުން ލިބުނެވެ. “މަށަށްވެސް ކޮފީއެއް ހަދައިދީބަލަ. ވަރަށް ބަނޑުހައިވެގެން މިއައީ.” އަޔާޒް އެހެން ބުނެލުމުން ކިތަންމެ ފޫހިވެފައި ހުރެވެސް ކޮފީ ހަދައިދިނީ ބަނޑުހައިވެފައި ހުރި ވާހަކަ ބުނުމުންނެވެ. ކޮފީ ޖޯޑު ގެނެސް ބެހެއްޓުމުން އޭނާ އިށީނދެލީ ރިޔާޝާއާއި ދިމާ ކުރިމަތީ ހުރި ގޮނޑީގައެވެ. “ރިޔާޝާ ކީއްވެތަ އަބަދު އަހަރެން ގައިގައި ތިތަޅަނީ؟” އަޔާޒް އަހާލިއެވެ. “އަޔާޒަށް ކީއްވެތަ އަހަރެން ފަހަތުން ނެއްޓެން ނޭނގިގެން ތިއުޅެނީ؟” ރިޔާޝާވެސް ޖަވާބު ދިނުމުގެ ބަދަލުގައި ކުރީ ސުވާލެކެވެ.

“ލޯބިވާތީ.” “ތިލޯބި ކޮންމެވެސް އެހެން މީހަކަށް ދައްކާ. އަހަރެންގެ ލޯތްބެއް ދުވަހަކުވެސް އަޔާޒަކަށް ނުލިބޭނެ. ކުރިން އަހަރެން ހީކުރީ އަހަރެންނަށް އަޔާޒްދެކެ ވެވުނީ ލޯބިކަމަށް. އެކަމަކު މިހާރު އެނގިއްޖެ އެއީ އަދި ލޯތްބެއް ނޫންކަން. އަހަރެން ލޯބިވަނީ ހަމައެކަނި ފަޔާޒްދެކެ. އަދި އަހަރެންދެކެ ލޯބިވަނީވެސް ހަމައެކަނި ފަޔާޒް.” ރިޔާޝާ ބުނެލިއެވެ. “ރިޔާޝާ ލޯބިވަނީ އަހަރެންދެކެ. އަދި އަބަދުވެސް ލޯބިވެވޭނީ އަހަރެންދެކެ. އެއީ ރިޔާޝާއަށް ޙަޤީޤީ ލޯބިވެވުނީ އަހަރެންދެކެ ކަމަށްވާތީ.” އަޔާޒް ވަރަށް ޔަޤީންކަމާއެކު ބުނެލިއެވެ. “ތީ ކުށްހީއެއް. ތިކަހަލަ މީހެއްދެކެ ދުވަހަކުވެސް މީހަކު ލޯތްބެއް ނުވާނެ.” ރިޔާޝާވެސް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. “ތިހެން ކޮންމެ މީހަކަށްވެސް ލޯބިވެޔޭ ކިޔާފައި އަނެއް މީހާގެ ތަންމަތި ފަޅުފިލުވައިދެވިދާނެ. މިހާރުވެސް ނޭނގެ ކިތައް މީހުންގެ ތަންމަތި ފަޅުފިލުވައިދީފަ ކަމެއް ތިހުރީ.” އަޔާޒް ބުނި އެއްޗަކުން ރިޔާޝާގެ ލޭ ކެކިގަތެވެ. ކައިރީގައި ހުރީ ހޫނު ކޮފީ ތަށި ނަގާ އަޔާޒްގެ މޫނަށް ޖެހިއެވެ. “ރިޔާޝާ!”

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ބީރައްޓެހިޔާ 4

Next

ވާލޯބި އެނގޭނަމަ… 16

Next
November 17, 2016

ވާލޯބި އެނގޭނަމަ… 16

Previews
November 17, 2016

ބީރައްޓެހިޔާ 4

38 Comments!

  1. raf says:
    November 17, 2016 at 1:08 pm

    im 1st…..enme fori eri tha nun ney saandy thi nimaali…avaha next part up kode chey…v salhi ingey…hope kaari mustagubale ga riyaasha ah hageegay ingeyne kama..hehehe…n vvvv nice mi part…

    1. Saandy says:
      November 17, 2016 at 1:13 pm

      ޝުކުރިއްޔާ! އެނގިދާނެތާ ވާގޮތެއް

  2. bad girl says:
    November 17, 2016 at 1:09 pm

    hehehe riyaashaa vess haadhahaa kereyei dw …… i luv this story ;D

    1. Saandy says:
      November 17, 2016 at 1:13 pm

      ޝުކުރިއްޔާ

  3. Ashvy says:
    November 17, 2016 at 1:10 pm

    ? salhi..v interesting..riyaasha thihedhy hama rangalhah.. ?next part avahah genesdhehchey.

    1. Saandy says:
      November 17, 2016 at 1:14 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 25ވަނަ ބައި ގެނެސްދޭނަން

  4. raf says:
    November 17, 2016 at 1:11 pm

    by the way saandy kon rashe tha..???..

    1. Saandy says:
      November 17, 2016 at 1:16 pm

      ސިއްރެއް… ރަފް ބޭނުމިއްޔާ އެފްބީ އިން ދިމާކޮށްލާ
      Abdulla Saandu މައި އެފްބީ އައިޑީ އަކީ

  5. Appy says:
    November 17, 2016 at 1:21 pm

    Hihi konkahala thaakun thinimmaaly

    1. Saandy says:
      November 17, 2016 at 3:39 pm

      ޝުކުރިއްޔާ! އެހަމަ އެންމެ ރަނގަޅު ހިސާބުން އެ ނިންމާލެވުނީ… ހެހެހެ

  6. sonaalee says:
    November 17, 2016 at 1:46 pm

    Aslu riyaashaa ah hageegaiy kiyaadhen jehey..aslu ayaaz ge evves kusheh neh..riyaasha libenjehey nee ayaaz ah..

    1. Saandy says:
      November 17, 2016 at 3:41 pm

      ޝުކުރިއްޔާ! އެނގިދާނެތާ ރިޔާޝާ ލިބެނީ ކާކަށްކަންވެސް

  7. Aish says:
    November 17, 2016 at 2:05 pm

    Ayaaz ulhey vahthareh dhw.. V foohivey.. Riyashaa vejje ehnnu fayaaz ah kiyaadheyn hageegaiy

    1. Saandy says:
      November 17, 2016 at 6:55 pm

      ޝުކުރިއްޔާ

  8. Maree says:
    November 17, 2016 at 3:26 pm

    vv reethi

    1. Saandy says:
      November 17, 2016 at 3:41 pm

      ޝުކުރިއްޔާ

  9. NAIN says:
    November 17, 2016 at 3:52 pm

    vvv reethi mi story kuriyah dhaa goi.keep it up.

    1. Saandy says:
      November 17, 2016 at 4:57 pm

      ޝުކުރިއްޔާ

  10. Chill girl says:
    November 17, 2016 at 4:03 pm

    Dhn riyrshr fayrx kairin dvrce wrny.. Dhn riyrshr marry kuraany ayrx aa… dhn libey kujjaa ah kiyaany iyaazaa.. dhn ayrx kairin dvrce wefa 2 kudhin gowaign huhnaany.. Eyrah salhi waane.. hihihi

    1. Saandy says:
      November 17, 2016 at 4:58 pm

      ޝުކުރިއްޔާ! އެނގިދާނެތާ ވާގޮތެއްވެސް

  11. Chill girl says:
    November 17, 2016 at 4:06 pm

    Stry ga ebain dhw bunefa ‘meege kurin ehwes myhaku nujaha ey ayrx gaiga’ ekam kurin wes riyrshr jehi ehnu? Adhi iny riyrshr warah birun ney hury ayrx kahala waru gadha :p meeheh gaiga jehunyma.. ekam eyna kurin es jehi ehnu? Eyru biru nugane?

    1. Saandy says:
      November 17, 2016 at 4:59 pm

      ކުރިން ޖެހީއެއް ނޫނެއްނު… ކުރިން އެއްޗެހި ކިޔާލީނު ފުކަކަށް ވާވަރަށް

  12. zihaan says:
    November 17, 2016 at 5:02 pm

    Ayaaz nubai meehakah hedheema vaahaka mihaaru hadi

    1. Saandy says:
      November 17, 2016 at 5:52 pm

      ޝުކުރިއްޔާ! އަދި ކުރިއަށް އޮތްތާ ރަނގަޅުވާނެކަމަށް ބަލަމާ

    2. ss says:
      December 14, 2016 at 4:24 pm

      agreed

  13. Anonymous says:
    November 17, 2016 at 5:13 pm

    woww story haadha reechey.. waiting for next part.. up soon.. knme gadiaku vx beleny mi vaahaka up vejje thw.. plx up soon.. keep it up 🙂

    1. Saandy says:
      November 17, 2016 at 5:53 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 25ވަނަ ބައި އަޕްކޮށްލާނަން

  14. Ami says:
    November 17, 2016 at 5:36 pm

    Ohh. V salhi. But kada ee fayaa ah evves kameh ge hilamehves nuvaatheeve dhw??

    1. Saandy says:
      November 17, 2016 at 5:54 pm

      ޝުކުރިއްޔާ

  15. Addo says:
    November 17, 2016 at 7:00 pm

    WOW!! V v salhi… Ayaaz mi ulhey gothun v foohivey… ehaa amilla edhun boduvegen noolhe ehen meehaku hoadheema veenu… next part avahah up kollahchey… waiting for the next part

    1. Saandy says:
      November 17, 2016 at 7:03 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 25ވަނަ ބައި ގެނެސްދޭނަން

  16. Axee says:
    November 17, 2016 at 7:34 pm

    I agree addo..hate ayaax………ey saandy aishaa r shifaan marry nukuruvahchey..aisha v lobiveyhnu ayaax dheke…aishaa ayaax ragalhu kuraane.ragalhu kohgen fahun aisha vil get ayaax..riyaa n fayaa….dat vil b nice

    1. Saandy says:
      November 18, 2016 at 7:01 am

      ޝުކުރިއްޔާ! އެނގިދާނެތާ ވާގޮތެއްވެސް

  17. # says:
    November 17, 2016 at 7:58 pm

    Varah salhi.. vaahaka.. saandy ge reply tha varah fahka….

    1. raf says:
      November 17, 2016 at 8:37 pm

      dhw…ehaame furiha ma…this is the only writter hama ekani kurihaa kiyunteringe hiyaalu thaka reply kuraa…..raf kee eves vaahaka e ga mihaa furiha ma ko reply kuraa mihe adi ufeney…..raf dekey gothuga thankyou akee ves v bodu eche konme kiyunteri e ge comment ah…eyrun kiyun yerinves kiyaa laa hivaane dhw….good keep it up saandy….v furiha ma vaahaka e mi……

    2. raf says:
      November 17, 2016 at 8:42 pm

      but faharega miulhe nii fb ah vann nan kama ekam adi nuvegen miulhe nii…. 🙂

    3. Saandy says:
      November 18, 2016 at 7:03 am

      ޝުކުރިއްޔާ! ހެހެހެ

  18. raf says:
    November 17, 2016 at 8:32 pm

    thigotha vejeyaa v derakoshey dimaa ve raf akee student e i love reading dhivehi stories…school ga ves vaahaka liyumuge mubaa ray tha kun 1st place libey…..raf fb aka nuvan nan…hw sad dhw…..
    den bunebaa saandy kon rashe kan…im in grade 9 next year…
    hope u will tell… 😀

Comments are closed.

Next Episodeރިޔާޝާ (25ވަނަ ބައި)←


All Right Reserved!