Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ރިޔާޝާ (22ވަނަ ބައި)

Saandy
November 13, 2016
8 Mins Read
70 Views
34 Comments

“ތިހިރީ ވަރިކޮށްފަ. އެހެރީ ދޮރު. ހަމަ މިހާރު ނުކުމެގެން ދާންއުޅޭ.” އިމާދު ހަމަޖެހިލާފައި ދޮރާއި ދިމާއަށް އިނގިލި ދިއްކޮށްލަމުން އެހެން ބުނެލުމުން އަމީނާއަށް ސިހުން ލިބުނެވެ.

“ކީކޭ؟” އަމީނާއަށް އިވުނު ބަސް ޤަބޫލު ނުކުރެވިގެން އަހާލެވުނެވެ. “އާނ. އަމީނާ ބޭނުންވާ ގޮތަށް ތިހުރީ ވަރިކޮށްދީފައި. ދެން ދާންއުޅޭ މިގެއިން.” އިމާދު ހަޅޭއްލަވައިގަތުމުން އަމީނާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިއެވެ. އިރުކޮޅަކު ހިމޭނުން ހުރެފައި ކުއްލިއަކަށް އައިސް އިމާދުގެ ގަމީހުގައި ހިފައިގަތެވެ. “ކަލޭ ލަދެއް ނުގަނޭތަ؟ ކަލޭ ހީކުރީ އަހަރެން ވަރިކޮށްފައި ކަލެއަށް ވަރަށް އުފަލުގައި އުޅެވިދާނެ ކަމަށްތަ؟ ބަލަން ހުންނައްޗޭ. ކަލޭގެ މުޅި ދިރިއުޅުން ނަރަކައަކަށް ހަދާލާނަން.” އަމީނާ ހަޅޭއްލަވަމުން ދިޔައެވެ. “އޭތް. މައިތިރިވެގެން ހުރޭ! ހަމަ މިހާރު މިގެއިން ނުކުމޭ! އަދި ބުނަން. ލާން ގެންގުޅޭ އަންނައުނުތައް ފިޔަވާ އެއްވެސް އެއްޗެއް ގެންގޮސްގެން ނުވާނެ!” އިމާދު އެހެން ބުނެލުމުން އަމީނާގެ ރުޅި އިތުރަށް ގަދަވުން ނޫންކަމެއް ނުވިއެވެ.

“ކީކޭ؟ ކަލޭ ލަދެއް ނުގަނޭތަ މަ ކައިރީ މިގެއިން ނުކުންނާށޭ ބުނާކަށް؟ ބަލަ މީ މަގޭ ގެޔޭ. މިގެއިން ނުކުންނަން ޖެހޭނީކީ މަށެއް ނޫން. ކަލޭ. ދާންއުޅޭ މިގެއިން!” އަމީނާ އިމާދުގެ ގަމީހުގައި ހިފާ ލަތްކެއް ޖެހި ގޮތުން ގަމީހުގެ ގޮށްތައްވެސް ދިޔައީ ވިއްސައިގެންނެވެ. ކުއްލިއަކަށް އިމާދު ހޭން ފެށުމުން އަމީނާގެ ރުޅި ހަމައިން ނެއްޓިއެވެ. އޭނާ އިމާދުއާއި ގާތަށް ޖެހިގަތް ގޮތުން އިމާދު ނޮޅާލާކަށްވެސް ފަހެއް ނުޖެހޭނެއެވެ. އޭނާއަށް އިމާދުއާއި ހަމައަށް ނާދެވެނީސް އިމާދު ކުއްލިއަކަށް ހިފީ އަމީނާގެ އަތުގައެވެ. އަދި ދަމާފައި ކޮޓަރިއަށް ވައްދަން ފެށުމުން އަމީނާ ނުދާން ގަދަ ހެދިއެވެ. “ކަލޭ އަދި މަ ވަރިކޮށްފައިވެސް ތިއުޅެނީ އެކަން ނުކުރެވިގެންތަ؟ ދޫކުރޭ މަގޭ އަތުން!” އަމީނާ ހަޅޭއްލަވަމުން ދިޔަނަމަވެސް އިމާދު އަޅައެއް ނުލިއެވެ. އޭނާ ގޮސް އަމީނާ އެނދާއި ދިމާއަށް ކޮށްޕާލާފައި ދިޔައީ އަލަމާރި ކައިރިއަށެވެ.

އަލަމާރި ކައިރިއަށް ގޮސް އަލަމާރީގައި ހުރި އަމީނާގެ ހުރިހާ ހެދުމެއް މުށިތަކު މައްޗަށް އަޅާލިއެވެ. އަދި އަލަމާރި މަތީގައި ހުރި އަމީނާގެ ފޮށި ނަގާ ހުރިހާ އެއްޗެއް ފޮށީގެ ތެރެއަށް ގަންނަވާލިއެވެ. ދެން އޭނާގެ ޖީބުން ތަޅުދަނޑިއެއް ނަގައިގެން ގޮސް އެނދު ކައިރީގައި ހުރި ސައިޑް ޓޭބަލްގެ އެންމެ މަތީ ވަތްގަނޑު ހުޅުވާލާފައި ނެގީ ކަޅުކުލައިގެ ރަބަރު ފައިލެކެވެ. ފައިލު ހިފައިގެން ގޮސް އަމީނާގެ ގާތުގައި އެނދުގައި އިށީނދެފައި އަމީނާއަށް ބަލާލިއިރު އެމޫނުމަތީގައިވަނީ ވިހަ ހިނިތުންވުމެކެވެ. “އެނގޭތަ މީ ކޮން އެއްޗެއްކަން؟” އިމާދު ހަމަޖެހިލާފައި އަހާލުމުން އަމީނާގެ ބޮލުގައި ރިއްސާލިއެވެ. އެއީ އޭނާ ކޮންމެވެސް ތާކުން ދެކުނު ފައިލެކެވެ. “ތީ ފައިލެއްނު.” އަމީނާ ޖެހިލުންވެފައި ބުނެލިއެވެ. “ރަނގަޅު. މީ ފައިލެއް. އެކަމަކު މީ ހަމައެކަނި ފައިލެއް ނޫން. މީ ކަލޭގެ ހަލާކުވެސްމެ.” އިމާދު އެހެން ބުނެލުމުން އަމީނާ ބަލާލީ ހައިރާންކަމާއެކުގައެވެ.

“ނޭނގުނު ދޯ؟ ރަނގަޅަށް ތި ކިޔާލާތި! އޭރުން އެނގިދާނެ ތީ ކޮން އެއްޗެއްކަން.” އަމީނާގެ އަތަށް ފައިލު ދިއްކޮށްލަމުން އިމާދު ބުނެލީ މަލާމާތުގެ ރާގަކަށެވެ. އަމީނާ ޖެހިލުންވެ ހުރެވެސް އެ ފައިލު ހުޅުވާލިއެވެ. އޭގައި އޮތީ އެއްބަސްވުމެކެވެ. އޭގައިވާ ލިޔުން ކިޔަމުން ދިޔައިރު އަމީނާގެ މޫނުމައްޗަށް އަނދިރިވާކަމުގެ އިހުސާސެއް އޭނާއަށް ކުރެވުނެވެ. މިއީ އިހަށް ދުވަހަކު އިމާދު އޭނާ ލައްވާ ސޮއި ކުރުވި ފައިލެކެވެ. “އިމާދު! ކަލޭގެ ނުބައިކަން. ކަލޭ މިހެން ކަންތައް ކުރިއިރު ކަލޭގެ ހިތަކަށް ހަމަ އެއްވެސް އެއްޗެއް ނޭރި ދޯ؟” އަމީނާއަށް ރޮއިގަނެވުނެވެ. އޭނާއަށް އިތުރަށް ހަދާނެ ގޮތެއް ނުވިސްނުނެވެ. އޭނާއަށް ނޭނގުމުގެ ތެރޭގައި އެވަނީ އެގެ އިމާދަށް ހިބައިން ދެވިފައެވެ. އެއީ އޭނާ ރިޔާޝާއާއި ދޭތެރޭ ކަންތައްކުރި އިހާނެތި ގޮތާއި އިމާދަށް ކުރި ފުރިހަމަ އިތުބާރުގެ ހިތި ނަތީޖާކަން އޭނާއަށް ވިސްނުނީ އެވަގުތުއެވެ. މިހުރިހާ ދުވަސްވީއިރު އޭނާއަށް އެކަން ނުވިސްނުނީ ކީއްވެ ހެއްޔެވެ؟

“އަދިވެސް އަހަރެން ދޯ ނުބައިވީ؟ އެންމެ ފަހަރަކުވެސް ހިތަށް އެރިތަ ތިމާގެ ދަރިއާއި ދޭތެރޭ ކަންތައް މިކުރެވެނީ ރަނގަޅަކަށް ނޫނޭ؟ ފައިސާގެ ދަހިވެތިކަމުގައި އެ ކުށެއްނެތް ދަރިފުޅު ވިއްކާލިއިރު އެއްވެސް އެއްޗެއް ހިތަށް އެރިތަ؟ ނާރައެއްނު ދޯ؟ އެދަރިފުޅަށް ސިއްރުން އޭނަގެ ސޮއި ނަކަލުކޮށްގެން މުޅި ގެ އަމިއްލަ ނަން މައްޗަށް ބަދަލުކޮށްލިއިރު އެކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން ހިތަށް އެރިތަ؟ ނާރައެއްނު ދޯ؟ ދެން މިހާރު އަހަރެންނާ ދިމާއަށް ކޮން އެއްޗެކޭ ކިޔާކަށް؟” އިމާދު އަމީނާއާއި ދިމާއަށް އަތް އުކައުކާފައި ހަޅޭއްލަވަމުން ދިޔައެވެ. އަމީނާއަށް ލަދުވެތިކަމާއެކު އިސްޖަހާލެވުނެވެ.

“އެކަމަކު އިމާދު ކީއްވެ؟” “ތީ ވަރަށް ރަނގަޅު ސުވާލެއް. އަހަރެން މިކަން މިގޮތަށް ކަންތައްކުރީ ކީއްވެތޯ؟ އަހަރެންގެ ދަރިފުޅު ރިޔާޝާދެކެ ވާ ލޯތްބެއްގެ ސަބަބުން. އެދަރިފުޅު ލޯބިކުރާ ކޮންމެ އެއްޗަކަށް އަހަރެން ހިތުގެ އެންމެ ފުންމިނުން ލޯބިކުރަން. އެހެންވީމަ އަމީނާ އެކުއްޖާއާ ދޭތެރޭ ކަންތައްކުރާ ގޮތް އަހަރެންނަކަށް ބަލައެއް ނުގަނެވުނު. އެހެންވެ އަހަރެން ބޭނުންވީ އެކުއްޖާ މިތަނުން ސަލާމަތްކުރަން. އެއީ އަހަރެން އަމީނާއާއި ގުޅުނު ސަބަބަކީ. އަހަރެން ބޭނުމެއްނުވި އަމީނާއަށް އެފައިސާތައް ދޭކަށް. އެހެންވެ އަހަރެން އަމީނާއާއި ކައިވެނިކޮށްފައި ހުރިހާ ފައިސާއެއް އަހަރެންގެ އެކައުންޓަށް ޖަމާކުރީ. އަހަރެން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނިމުނީމަ އަހަރެން މި އަމީނާ ދޫކޮށްލީ. އަމީނާވެސް އެގޮތް ބޭނުންވީމަ.” އިމާދު އަމީނާގެ ކުރިމަތީގައި ޙަޤީޤަތް ހާމަކުރަމުން ދިޔައެވެ.

“އަހަރެން އަމީނާ ގާތުގައި އެދޭ ހަމައެކަނި އެދުމަކީ އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތް ގުޅުން އަބަދަށްޓަކައި ސިއްރުކޮށްދިނުން. އަދި އަހަރެންގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން މަސައްކަތް ނުކުރުން. އަހަރެން މިހުރިހާ ކަމެއް ކޮށްފައިވެސް އަމީނާ ގާތުގައި މިކަން ކޮށްދޭން އެދުނީމަ އަމީނާ މިހާރު ހިތަށް އަރާނެ އަހަރެންނަކީ ހާދަހާ އަމިއްލަ އެދުން ބޮޑު މީހެކޭ. އެކަމަކު އެހެން ހީނުކުރާތި. އަހަރެން ބޭނުންވަނީ އަމީނާއަށްވެސް ކޮންމެވެސް އެއްޗެއް ވިސްނިގެން ހެޔޮ މަގުގައި ފައިތިލަ ސާބިތުކުރަން. އަދި އެއްވާހަކަ. އަހަރެން ވީ އެންމެ އަވަހަކަށް ރިޔާޝާގެ ނަން މައްޗަށް މިގެ ރަޖިސްޓްރީ ކޮށްދޭނަން. އަދި ބުނަން. އަމީނާއަށް ހެޔޮ ވިސްނިގެން މާފަށް އެދެން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައިވެސް އަހަރެން އަމީނާއާއި ރިޔާޝާއާއި ބައްދަލުކޮށްދޭނަން. އެހެންނޫނީ ދެން ހަނދާން ނައްތާލާ! ދެން ދޭ!” އަމީނާގެ ބުރަކަށީގައި އަޅާ ދޮރާއި ދިމާއަށް ކޮއްޕާލަމުން އިމާދު ބުނެލިއެވެ.

އަމީނާއަކަށް އިމާދުގެ ކުރިމަތީގައި އިތުރަށް އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. ކުޑަމިނުން އޭނާއަށް އެހެން ނުހެދުމަށް އެދި އާދޭސްކުރާކަށްވެސް އޭނާގެ ދުލެއް ނުކުޅެދުނެވެ. އެއަށްވުރެ މާބޮޑަށް އޭނާއަށް ވަނީ އަމިއްލަ ނަފްސު ކުށްވެރިކުރެވިފައެވެ. އޭނާއަށް ރިޔާޝާއާއި ދޭތެރޭ ކަންތައް ކުރެވުނު ހުރިހާ ގޮތެއް ލޮލުގެ ކުރިމަތީގައި ސިފަވަމުން ދިޔައީ ފިލްމެއް ފަދައިންނެވެ. އަނެއްކޮޅުން އޭނާދެކެ އިންތިހާއަށް ލޯބިވި ފިރިމީހާ ރަޝީދުގެ މަތިންވެސް ހަނދާންވީ އެވަގުތުއެވެ. ރަޝީދުގެ އަނތްބެއްގެ ގޮތުގައިހުރެ އޭނާއަށް ކުރެވިފައިވާ ބޮޑެތި ފާފަތައް ހިތަށް އެރުމުން ފުރަތަމަ ފަހަރަށް ހިތަށް ބިރުވެރިކަން ވަދެ ލަދުވެތިކަން އިހުސާސްވިއެވެ. އޭނާގެ ދެލޮލުން ކަރުނަ އޮހޮރޭ ހާލުގައި ފޮށި ހިފައިގެން އެގެއިން ނުކުތެވެ. ދޮރުމަތީގައި ހުއްޓި ހުރެ ފަހު ފަހަރަށް އެގެއަށް ބަލާލިއެވެ. ވަކި މިސްރާބެއް ނެތި އޭނާ ފޮށި ހިފައިގެން ހިނގައިގަތީ އިރުއޮއްސުމުގެ ކުރިން ބޯހިޔާކޮށްލާނެ ތަންކޮޅެއް ލިބޭތޯއެވެ.

އަމީނާ ދިޔުމާއެކު އިމާދަށް އެނދުގައި އޮށޯވެލެވުނުއިރު އޭނާގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެއްވިއެވެ. އޭނާގެ ބޮލުން ބޮޑު ބުރައެއް ފިލައިފިކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. އޭނާގެ ސަބަބުން މިހާރު އަމީނާއަށް ހުންނާނީ ހެޔޮ ވިސްނިފައިކަމުގައި އޭނާ ޔަޤީންކުރެއެވެ. އަމީނާ އިތުރަށް އެއްޗެކޭ ނުބުނެ ދިއުމަކީ އެކަމުގެ ހެއްކެއް ކަމުގައި އޭނާ ދެކެއެވެ. ހަމަ އެވަގުތު އޭނާގެ ހިތަށްއެރި އެރި އެއްޗަކުން އޭނާ ނުތަނަވަސްވިއެވެ. އޭނާ އިންޑިޔާއަށް ގޮސް ރިޔާޝާއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ އަމީނާއަށް ވީގޮތް އެނގުމުން ރިޔާޝާ އޭނާއަށް ނަފުރަތު ކުރާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ކޮންމެ ގޮތެއްވިޔަސް ވަރިހަމައެވެ. އޭނާ އެދެނީ ރިޔާޝާއަށް އުފާވެރި ހަޔާތެކެވެ. އަމީނާއަށް ތެދުމަގު ލިބުމެވެ. އޭނާވެސް އޭނާއަށް ކުރެވިފައިވާ ކުށްތަކަށް ތަޢުބާވާނީއެވެ. އޭރުން އޭނާގެ ހަޔާތަށް އެއްވެސް އަނދިރިކަމެއް ނުވާނެއެވެ.

**********

ރިޔާޝާ ކޮޓަރީގައި އޮތީ ކަންބޮޑުވެފައެވެ. ކުއްލިއަކަށް އޭނާގެ ހަޔާތަށް ކުރިމަތި މިވީ ކަންތަކުން އޭނާއަށް ވަނީ ފާޑެއްގެ ޝޮކެއް ލިބިފައެވެ. އޭނާ އަޔާޒްގެ ކިބައިން މުޅިން ސަލާމަތްވީ ކަމުގައި ހީކޮށްގެން ހުއްޓާ ކުއްލިއަކަށް އޭނާގެ ހަޔާތަށް އަޔާޒްގެ ހިޔަނި މިއެޅުނީ ކޮންފަދަ ގޮތަކަށް ހެއްޔެވެ؟ އޭނާއަށް މި ލޯބިވެވުނީ އެއްމާބަނޑު ދެބެން ދެކެއެވެ. މިއީ ކޮންފަދަ އިމްތިޙާނެއް ހެއްޔެވެ؟ ރަތީބާ ފަޔާޒްގެ ގާތުގައި އަޔާޒް އެގެއަށް ގެނައިސްދިނުމަށް އެދުނު ފަހުން ރިޔާޝާގެ ހިތްވަނީ ނުތަނަވަސްވެފައެވެ. ތަފާތު ވަސްވާސްތަކުން އޭނާގެ ހިތަށް ބިރުވެރިކަން ވަންނަމުންދިޔައެވެ. އަޔާޒް އެގެއަށް އެއްކޮށް ބަދަލުވެއްޖެނަމަ އޭނާގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިގެން ދާނެކަން ރިޔާޝާއަށް ވިސްނެއެވެ.

“ރިޔާ! ޕާޓީއަށް ދާން ތައްޔާރެއްވެސް ނުވަންތަ؟” ރިޔާޝާ ވިސްނުމެއްގެ ތެރޭގައި އޮއްވާ ފަޔާޒްގެ އަޑަށް ސިހުނެވެ. “އަހަރެން ބޮލުގައި ރިއްސާތީ މިއޮތީ.” ރިޔާޝާ ގަސްތުގައި ދޮގު ހެދިއެވެ. އަޔާޒްއާއި ދިމާވި ފަހުން އޭނާގެ ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. އަޔާޒް އޭނާގެ އުފާވެރި ދިރިއުޅުމުގެ ތެރެއަށް ވަދެފާނެކަމުގެ ބިރުވެރިކަން ހިތުގައި އޮންނަނީއެވެ. “އެހެންތަ؟ ވަރަށް ބޮޑަށްތަ؟” ފަޔާޒް އަވަސްއަވަހަށް އައިސް ރިޔާޝާގެ މަގަތުން އިށީނދެފައި އަހާލިއެވެ. “އުހުނ. އެހާ ބޮޑަކަށް ނޫން. ފަޔާ ފިޔާޒާ ގޮވައިގެން ގޮސްލާ އިނގޭ.” ރިޔާޝާ އެހެން ބުނެލުމުން ފަޔާޒް ވަގުތުން އެކަމާއި ދެކޮޅު ހެދިއެވެ. “ރިޔާއަށް ނުދެވެންޏާ އަހަރެންވެސް ނުދާނަން.” “ފަޔާ ނުދިޔައިމަ ޖުމާން ކިހާ ދެރަވާނެ. ގައިމު ފަޔާ ވަރަށް ޚާއްސަވީމައެއްނު ސީދާ އޭނަގެ އަތުން އަހަރެމެންނަށް ވެޑިންގ ކާޑް އެ ހަވާލުކުރީ.” ރިޔާޝާ ބެލީ ކޮންމެހެން ހަދާފައިވެސް ޕާޓީއަށް ނުގޮސް ވޭތޯއެވެ. ނަމަވެސް ފަޔާޒް ނުދާނެކަމަށް ބުނުމުން އެންމެފަހުން އޭނާވެސް ދާން އެއްބަސްވީއެވެ.

ޕާޓީއަށް ދިޔައިރު އެބޮޑު ގޯތިތެރެ ވަނީ މެހެމާނުންތަކުން ފުރިފައެވެ. މަޑު ފިޔާތޮށި ކުލައިގެ ހެދުމާއިއެކު ހުދު ކުލައިގެ ދޯޕައްޓާގައި ރިޔާޝާ ވަރަށް ފުރިހަމައެވެ. ފަން ދިގު އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައި އޮތްއިރު މޫނުމަތީގައިވާ ލުއި މޭކަޕުން ރިޔާޝާގެ ރީތިކަން އިތުރުކޮށްދީފައިވެއެވެ. ފިޔާޒާވެސް މަޑު ފިޔާތޮށި ކުލަޔާއި ހުދުކުލައިން ފަރުމާކުރެވިފައިވާ ޕާޓީ ހެދުމުގައި ފެންނަނީ ކުޑަކުޑަ ޕަރީއެއް ފަދައިންނެވެ. ހުދު ކުލައިގެ އަތްދިގު ގަމީހާއި ކަޅު ކުލައިގެ ފަޓުލޫނުގައި ފަޔާޒްގެ ރީތިކަންވެސް އިންތިހާއެވެ. ގަމީހުގެ އަތް އުޅަނބޮއްޓާއި ހަމައަށް އޮޅާލެވިފައިވާއިރު އެއަތުގެ މުލައްދަނޑީގެ ބާރުގަދަކަން އެނގެއެވެ. ފަޔާޒާއި ރިޔާޝާ ފިޔާޒާގެ އަތުގައި ހިފައިގެން ގޯތިތެރެއަށް ވަނުމާއެކު އެތައް ބައެއްގެ ލޯތައް އެލޯބި ކުޑަކުޑަ ޢާއިލާއަށް އަމާޒުވާން ފެށިއެވެ. ކޮންމެ މީހާކުވެސް އެ ޢާއިލާގެ ފުރިހަމަކަމަށް ހިތާހިތުން ތަޢުރީފްކޮށްލަމުން ހަސަދަވެރިންގެ އެއްފީނާއިން ސަލާމަތްކޮށްދެއްވުން އެދި ދުޢާކޮށްލައެވެ.

ޕާޓީއަށް ދިޔައިރު އެބޮޑު ގޯތިތެރެ ވަނީ މެހެމާނުންތަކުން ފުރިފައެވެ. މަޑު ފިޔާތޮށި ކުލައިގެ ހެދުމާއިއެކު ހުދު ކުލައިގެ ދޯޕައްޓާގައި ރިޔާޝާ ވަރަށް ފުރިހަމައެވެ. ފަން ދިގު އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައި އޮތްއިރު މޫނުމަތީގައިވާ ލުއި މޭކަޕުން ރިޔާޝާގެ ރީތިކަން އިތުރުކޮށްދީފައިވެއެވެ. ފިޔާޒާވެސް މަޑު ފިޔާތޮށި ކުލަޔާއި ހުދުކުލައިން ފަރުމާކުރެވިފައިވާ ޕާޓީ ހެދުމުގައި ފެންނަނީ ކުޑަކުޑަ ޕަރީއެއް ފަދައިންނެވެ. ހުދ ކުލައިގެ އަތްދިގު ގަމީހާއި ކަޅު ކުލައިގެ ފަޓުލޫނުގައި ފަޔާޒްގެ ރީތިކަންވެސް އިންތިހާއެވެ. ގަމީހުގެ އަތް އުޅަނބޮއްޓާއި ހަމައަށް އޮޅާލެވިފައިވާއިރު އެއަތުގެ މުލައްދަނޑީގެ ބާރުގަދަކަން އެނގެއެވެ. ފަޔާޒާއި ރިޔާޝާ ފިޔާޒާގެ އަތުގައި ހިފައިގެން ގޯތިތެރެއަށް ވަނުމާއެކު އެތައް ބައެއްގެ ލޯތައް އެލޯބި ކުޑަކުޑަ ޢާއިލާއަށް އަމާޒުވާން ފެށިއެވެ. ކޮންމެ މީހާކުވެސް އެ ޢާއިލާގެ ފުރިހަމަކަމަށް ހިތާހިތުން ތަޢުރީފްކޮށްލަމުން ހަސަދަވެރިންގެ އެއްފީނާއިން ސަލާމަތްކޮށްދެއްވުން އެދި ދުޢާކޮށްލައެވެ.

ހުދުކުލައިގެ ބޮޑު ވެޑިންގ ޑްރެސްގައި ޒީނާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. ޒީނާގެ ރާޅުބާނި އިސްތަށިގަނޑު ރީތި ގޮތަކަށް ހަދާ ހުޅިއެއް ޖަހާފައިވާއިރު ދެކަންފަތް ކައިރިން ދެއިސްތަށިކޮޅު ވައްޓާލާފައިވެއެވެ. ޒީނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ކޮށްފައިވާ މޭކަޕުންނެވެ. ކޯޓު ފަޓުލޫނުގައި ހުރިއިރު ޖުމާންގެ ރީތިކަމުން އޭނާ ހުރަސްކޮށް އަންހެންކުދިންތައް ދަނީ ހިތާހިތުން ތަޢުރީފުކުރަމުން ޒީނާގެ ނަސީބުގަދަކަމަށް އެއްބަސްވަމުންނެވެ. “މަރުޙަބާ!” ކައިވެނީގެ ހަފްލާ ޚާއްސަކުރެވިފައިވާ ދެމަފިރިންނާއި ސަލާން ކޮށްލަމުން ރިޔާޝާއާއި ފަޔާޒް ބުނެލިއެވެ. “ވާވް. ދައްތަގެ ޑްރެސް ވަރަށް ރީތި.” ޒީނާގެ ހެދުމުގައި އަތް ހާކާލަމުން ފިޔާޒާ އެހެން ބުނެލުމުން ޒީނާ ގުދުވެ ފިޔާޒާގެ ކޮލުގައި ހިފާލިއެވެ. “ކޮއްކޮވެސް ވަރަށް ރީތި. ހަމަ ހީވަނީ ޕަރީއެއްހެން.” ޒީނާ އެހެން ބުނެލުމުން ފިޔާޒާ އުފަލުން “ތޭންކް ޔޫ”އޭ ބުނެލިއެވެ.

ރިޔާޝާއާއި ފަޔާޒް ފިޔާޒާ ގޮވައިގެން ކާއެއްޗެހިތައް ހުރި ދިމާއަށް މިސްރާބު ޖެހިއެވެ. އެމީހުން އެދިމާއަށް ދިޔަތާ އިރުކޮޅެއް ނުވެ އަޔާޒް އައިސް ވަނެވެ. ހުދުކުލައިގެ އަތްދިގު ގަމީހާއި އަޅިކުލައިގެ ފަޓުލޫނުގައި އަޔާޒް ވަދެގެން އައިއިރު އެތައް ބައެއްގެ ލޯތައް އޭނާއަށް ހުއްޓިގެން ދިޔަތަން ފެނުމުން ފޫހިކަމެއް ވެރިވިއެވެ. އޭނާ އެރީތިކަން ދައްކަން ބޭނުންވަނީ ހަމައެކަނި ރިޔާޝާއަށެވެ. މާބޮޑު ސަމާލުކަމެއްނުދީ އޭނާ ގޮސް ޖުމާންގެ ދެމަފިރިންގެ ގާތަށް ހުއްޓި މަރުޙަބާކިޔެވެ. އަދި ކާއެއްޗެހިތަކާއި ދިމާއަށް މިސްރާބުޖެހި ވަގުތު އޭނާއަށް ރިޔާޝާ ފެނުނުހެން ހީވިއެވެ. މީވެސް އަޖައިބެކޭ އޭނާގެ ހިތަށްއެރިއެވެ. ކޮންމެ ތަނަކުން ރިޔާޝާ ފެންނަހެން ހީވަނީއެވެ. އޭނާގެ ބަސްނާހާ ހިތަށް ވިސްނައިދޭނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ.

ރިޔާޝާއާއި ފަޔާޒް ފިޔާޒާ ގޮވައިގެން ގޮސް ކާއެއްޗެހި ތައްޓަށް އަޅައިގެން އައިސް މޭޒެއްގެ ދޮށުގައި އިށީނެވެ. “މަންމީ! ފިޔާއްކޮ ހީސްލަވަނީ.” ފިޔާޒާ މަޑުމަޑުން ރިޔާޝާ ގާތުގައި އެހެން ބުނެލުމުން ރިޔާޝާ ފަޔާޒްގެ ގާތުގައި ބުންޏެވެ. “އާދޭ ޑެޑީއާއެކު ދާން.” ފަޔާޒް އެހެން ބުނެލުމުން ފިޔާޒާ ތެދުވަމުން ރިޔާޝާ އަތުގައި ހިފާލުމުން ރިޔާޝާވެސް ދާން ހިނގައިގަތެވެ. ކުޑައިރުކޮޅެއް ފަހުން ފިޔާޒާ ގޮވައިގެން އެމީހުން އެނބުރި އައިއިރު އެމީހުން ތިބި މޭޒު ކައިރީގައި އެހެން މީހަކު އެބައިނެވެ. އެއީ ތަންކޮޅެއް އަނދިރި ހިސާބަކަށްވެފައި އެމީހާ އިނީ އެމީހުންނާއި ފުރަގަސްދީގެން ކަމުން އެއީ ކާކުކަމެއް އެމީހުންނަކަށް ނޭނގުނެވެ. “އެކްސްކިއުޒް މީ.” ފަޔާޒްގެ އަޑަށް އެޒުވާނާ އެނބުރި ބަލާލުމާއެކު އެންމެނަށްވެސް ލިބުނީ ސިހުމެކެވެ. “އަޔާޒް!” ފަޔާޒަށް ބުނެލެވުނެވެ.

“ޑެޑީ! ޑެޑީ!” ފަހަރަކު މީހަކަށް އިޝާރާތް ކުރަމުން ފިޔާޒާ އެހެން ބުނެލުމުން އަޔާޒް ހީލިއެވެ. “މީ އެއްކަލަ ދުވަހު ބޭބެއާއި އެކްސިޑެންޓްވީ ކޮއްކޮ ދޯ؟ ކޮން ނަމެއްތަ ކޮއްކޮއަށް ކިޔަނީ؟” އަޔާޒް ވަރަށް ގާތް ގޮތަކަށް އަހާލުމުން ފިޔާޒާ ނަން ބުނެލިއެވެ. “ކިހިނެއްވީ އަސްލު؟” އަޔާޒް އެހެން އަހާލުމުން ފަޔާޒް ބުނެލިއެވެ. “އަސްލު އަހަރެމެން ތިބި މޭޒު މީ. ދެން ދަރިފުޅު ފާޚާނާއަކަށް ދާން ޖެހިގެން ދިޔައީ.” އެމޭޒު ކައިރީގައި ހުރީ ތިން ގޮނޑިކަމުން ފަޔާޒް ބުނެލިއެވެ. “އެހެންތަ؟ ސޮރީ!” އަޔާޒް އެހެން ބުނެލަމުން ގޮނޑިން ތެދުވިއެވެ. “ނޫނޭ. އެތަނުން ގޮނޑިއެއް ގެނެސްގެން އަހަރެމެން އިށީނދެފާނަން. މިރޭ އަހަރެމެންނާ ޖޮއިން ކުރަންވީނު.” ފަޔާޒް އެހެން ބުނެލުމުން އުފާވެފައި އަޔާޒް އަވަހަށް ގޮނޑީގައި އިށީނެވެ. ކަން ދިމާކުރި ގޮތުން ރިޔާޝާއަށް އިށީނދެވުނީ އަޔާޒްގެ ކުރިމަތީގައެވެ. އަޔާޒް ސިއްރުސިއްރުން އޭނާއަށް ބަލަމުން ދާތީ އޭނާއަށް އުނދަގޫވަމުން ދިޔައެވެ.

ކެއުމުގެ ތެރޭގައި މާގިނަ ވާހަކަތަކެއް ނުދެކެވުނު ނަމަވެސް ފަޔާޒާއި އަޔާޒް ދޭތެރެ ދޭތެރެއިން ތަފާތު ވާހަކަތައް ދައްކަމުން ދިޔައެވެ. އެދެމީހުން ދޭތެރެ ދޭތެރެއިން ވާހަކަދައްކަން ފަށާއިރު ހީވަނީ ޒަމާނުއްސުރެ ދެ ރައްޓެހިންހެންނެވެ. އެކުޑަ ވަގުތުކޮޅު ތެރޭގައިވެސް އެދެމީހުންގެ އެކުވެރިކަން ބަދަހިވެގެން ދިޔައީ ހީނުކުރާހާ އަވަހަށެވެ. ރިޔާޝާއަށް އަޔާޒްގެ ކުރިމަތީގައި އިންނަން ފަސޭހަ ނުވާނެކަން އެނގިހުރެވެސް އޭނާގެ އެއްމާބަނޑު ކޮއްކޮއާއި ދިމާވުމުން ވާހަކަދައްކާނުލާ ދާކަށް ފަޔާޒަކަށް ނުރުހެވުނެވެ. “އަޔާ! އަހަރެންނަށް ކުޑަ ކަމެއް ކޮށްލަދީފާނަންތަ؟” ހިމޭންކަމާއެކު ކެއުމުގައި އިނދެފައި ފަޔާޒް އަހާލިއެވެ. “އެއީ އަނެއްކާ ކޮންކަމެއް؟ އަހަރެންނަށް ކޮށްދެވޭވަރުގެ ކަމެއް ވިއްޔާ ކޮށްދޭނަން.” އަޔާޒް ވަރަށް ޝަޢުޤުވެރިވެފައި އަހާލިއެވެ.

“އަޔާ މިރޭ އަހަރެންނާއެކު އަހަރެންގެ ގެއަށް ޖައްސާލަދޭންވީނު.” ފަޔާޒް އެހެން ބުނެލުމުން އަޔާޒް ހައިރާންވެފައި އަހާލިއެވެ. “އެއީ؟” “އެއީ ކުޑަ ކަމަކު. ސަޕްރައިޒެއް.” ފަޔާޒްގެ އެހެން ބުނެލުމުން އަޔާޒް ގާތަށް ވަރަށް ހިނިއައެވެ. މިފަޔާޒް ކޮންމެ ފަދަ އެއްޗެކޭވެސް ކިޔައިފާނެއެވެ. އެންމެ ދެފަހަރު ބައްދަލުވި މީހަކަށް ދޭން އޮންނާނީ ކޮން ސަޕްރައިޒެއް ހެއްޔެވެ؟ “މައްސަލައެއް ނެތް.” އަޔާޒް އެއްބަސްވީ އޭނާއަށް ރިޔާޝާ އުޅޭ ގެ އިނގޭނެތީއެވެ. އޭރުން އޭނާއަށް ފަޔާޒް ނޫޅޭ ގަޑިތައް ބަލާފައި ރިޔާޝާއާއި ބައްދަލުކުރަން ދެވިދާނެއެވެ. އޭރުން އޭނާގެ ޙަޤީޤަތް އަނގާކަށް މާ އުނދަގުލެއް ނުވާނެއެވެ. ފިޔާޒާ ދޭތެރެ ދޭތެރެއިން އަޔާޒްއާއި ފަޔާޒް ވައްތަރުކަމުން އެވާހަކަ ބުނެއެވެ. ދެ ޑެޑީ އޭ ކިޔަމުން ދިޔައީ އެކުޑަ ކުއްޖާގެ ޅަ ސިކުނޑިއަށް އެކަން ވިސްނައިނުގަނެވޭތީއެވެ.

“އަހަރެން އެބަ އަންނަން ފާޚާނާއަކަށް ވަދެލާފައި.” ފަޔާޒް އެހެން ބުނެފައި ދިޔުމުން ރިޔާޝާ ނުތަނަވަސްވާން ފެށިއެވެ. އޭނާ އަޔާޒްއާއި އެކަހެރިވާކަށް ބޭނުމެއް ނޫނެވެ. އަޔާޒްއާއި ވާހަކަދައްކާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. “ރިޔާ ކިހިނެއްތަ؟” އަޔާޒް އަހާލިއެވެ. “ރަނގަޅު. އަޔާޒް ކިހިނެއްތަ؟” ރިޔާޝާ ގަޔާނުވެ އިނދެ އަހާލިއެވެ. އޭނާއަށް އަޔާޒް ފެނުމުން ވަނީ ފާޑެއްގެ ފޫއްސެކެވެ. “ކީއްވެތަ މިހާރު އަޔާޒް ތިކިޔަނީ؟ ކުރިންހެން ލޯބިން އަޔާ ކިޔާބަލަ.” ކައިރީގައި ފިޔާޒާ އިންކަންވެސް ނުވިސްނާ އަޔާޒް ބުނެލިއެވެ. އެކުޑަ ކުއްޖާއަށް އެއްވެސް އެއްޗެއް ނުވިސްނޭނެކަން އޭނާއަށް އެނގެއެވެ.

“އަޔާޒް! ބުނަންތަ ރަނގަޅު ވާހަކައެއް. މާ އަނގަ ގަދަކުރަން ނޫޅޭ. އަހަރެން ކިޔާނީ އަހަރެން ބޭނުން ނަމަކުން. އެނގިއްޖެތަ؟” ރިޔާޝާ ގާތަށް ރުޅި އައި ނަމަވެސް މާހައުލުގެ ގޮތުންނާއި ކައިރީގައި ފިޔާޒާ އިނުމުން އޭނާ ވާހަކަދެއްކީ މަޑުމަޑުންނެވެ. “ހާދަ ރުޅިއެއް ތިއައީ. އަދި ރުޅިއަންނަ ވަރުގެ އެއްޗެކޭ ބުނެވިއްޖެތަ؟ އަހަރެން މަތިން ހަނދާންކުރަންވެގެން ދޯ އަހަރެންނާ އެހާ ވައްތަރު މީހަކާ އިނީ؟” އަޔާޒް ރިޔާޝާ ރުޅި އެރުވުމުގެ ގަސްތުގައި ބުނެލިއެވެ. “ބޭކާރު ވާހަކަ ނުދައްކާ.” “ފިރިމީހާއަށް އެނގިދާނެތީ ހާދަ ބިރެއްވެސް ގަނެޔޭ ދޯ؟” އަޔާޒްގެ މޫނުމަތީގައި ވަނީ ވިހަ ހިނިތުންވުމެކެވެ. “އަހަރެން ނުޖެހޭ ކޮންމެހެން ފަޔާދެކެ ބިރުގަންނާކަށް. ބުނަންތަ ރަނގަޅު ވާހަކައެއް. މަށަކީ އަޔާޒްހެން މީހުންނަށް އޮޅުވާލައިގެން މީހުންގެ އިހުސާސްތަކާ ކުޅޭ މީހެއް ނޫނޭ. އޭނައާއި އަހަރެން އިނީ އޭނައަށް ހުރިހާ ޙަޤީޤަތެއް ކިޔައިދީފައި. ސާފުވެއްޖެ؟” ރިޔާޝާ އެހެން ބުނެފައި ތެދުވެ ފިޔާޒާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

ރިޔާޝާ ދާތަން ބަލަން އަޔާޒް އިނީ ހައިރާންވެފައެވެ. ރިޔާޝާ ބަދަލުވެފައިވާ މިންވަރު އޭނާއަށް އިހުސާސްކުރެވުނެވެ. އެތެރެހަށީގައި އަނދައިގަތް ނަފުރަތުގެ އަލިފާނުން އޭނާގެ ގައިން ހޫނު އަރައިގަތެވެ. ރިޔާޝާ ވަކި ހިސާބަކަށް ދިޔަތަނާ ފަޔާޒް އަންނަތަން ފެނުނެވެ. “ކީއްވެ ތި އަންނަނީ؟” ރިޔާޝާމެންނާއި އަރާ ހަމަކުރަމުން ފަޔާޒް އަހާލިއެވެ. “ހިނގާ ގެއަށް ދާން. މިހާރު އެބަ ވަރަށް ގަދައަށް ބޮލުގައި ރިއްސާ.” ރިޔާޝާ އެހެން ބުނެލުމުން ފަޔާޒް އެމީހުން ތިބި މޭޒާއި ދިމާއަށް ބަލާލިއެވެ. އަދި އެދިމާއަށް ހިނގައިގަތުމުން ރިޔާޝާ ކަންބޮޑުވިއެވެ. “އަޔާ! ހިނގާ ދާން.” ފަޔާޒް އެހެން ބުނެލުމުން އަޔާޒް ތެދުވިއެވެ. ގުޅާލެވިފައިވާ ފަޔާޒާއި ރިޔާޝާގެ އަތަށް އަޔާޒް ބަލާލީ ތަފާތު ނަޒަރަކުންނެވެ. އެމަންޒަރުން އޭނާގެ ހިތަށް ތަދުވިއެވެ. ރިޔާޝާއަކީ ހަމައެކަނި އޭނާގެ ޙައްޤެކޭ އޭނާގެ ހިތަށްއެރިއެވެ.

ކާރުގައި ތިބިއިރު އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ރިޔާޝާ އިނީ ފުން ވިސްނުމެއްގައެވެ. އަޔާޒް މިރޭ އޭނާއަށް އެދިނީ ނުރައްކާތެރި ސިގުނަލްތަކެކެވެ. އަޔާޒް އޭނާގެ ދިރިއުޅުމަށް ޒަހަރުލާން މަސައްކަތް ކުރާނެކަން މިހާރު އޭނާއަށް ސާފުވެއްޖެއެވެ. ނަމަވެސް އޭނާއަށް ފަޔާޒާއިމެދު ފުރިހަމަ އިތުބާރު އެބައޮތެވެ. ފަޔާޒް އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ. ފަޔާޒްގެ އެލޯބީގެ ބާރުގައި އޭނާއަށްވެސް ވަނީ ފަޔާޒްދެކެ އެވަރަށް ލޯބިވެވިފައެވެ. އޭނާގެ ހިތުން ދެން އިތުރު މީހަކަށް ޖާގައެއް ނެތެވެ. އަޔާޒްގެ ހިތުގައި ހިނގަމުންދަނީވެސް ހަމަ އެފަދަ ޝުޢޫރުތަކެކެވެ. އޭނާއަށް ރިޔާޝާ ގެއްލުނީ ޝިފާންގެ ސަބަބުންކަމުގައި ސިކުނޑި ޤަބޫލުކުރިއަސް ހިތް އެކަމަކާ އެއްބަހެއްނުވެއެވެ. އޭނާގެ ހިތަށް އުނދަގޫ ކުރަމުންދާ ސުވާލަކީ ޝިފާން އެދެމެދަށް ހުރަހަކަށް ވީއިރު ރިޔާޝާއާއި ޝިފާން ކައިވެނި ނުކުރީ ކީއްވެ ހެއްޔެވެ؟

ފަޔާޒްގެ ހިތުގައިވެސް އެފަދަ ޝުޢޫރުތަކެއް ހިނގަމުން ދިޔައެވެ. އަޔާޒް އެގެއަށް ގެންދިޔުމުން ކަންތައް ވާނީ ކިހިނެއްބާވައެވެ. ރިޔާޝާގެ ހިތް އަޔާޒަށް އެނބުރޭނީބާވައެވެ. ނަމަވެސް މަންމަ އެކަމަށް އެދެފިނަމަ މަންމައަށްޓަކައި އޭނާ އެކަންވެސް ކުރާނެއެވެ. އަނެއްކޮޅުން އޭނާ ރިޔާޝާއަށް ވީ ވަޢުދުވެސް އޭނާ ފުއްދައިދޭނެއެވެ. ރިޔާޝާ ބޭނުންވެއްޖެނަމަ އޭނާ ރިޔާޝާ ދޫކޮށްލައިދޭނެއެވެ. ރިޔާޝާގެ އުފަލަށްޓަކައެވެ. އޭނާގެ ފުރިހަމަނުވެ އޮތް ޢާއިލާގެ ޙައްޤުގައެވެ. އެޢާއިލާގެ އުފާވެރިކަމަށްޓަކައި އޭނާގެ ލޯބި ޤުރުބާންކުރާންވެސް އޭނާ އެހުރީ ތައްޔާރަށެވެ. އެވެސް އެއްމާބަނޑު ކޮއްކޮއަށެވެ. ކާރު އައިސް ގެއަށް މަޑުކޮށްލުމާއެކު ފަޔާޒާއި އަޔާޒް ކާރުން ފޭބިއެވެ. ފިޔާޒާ ފޭބިއިރުވެސް ރިޔާޝާ ކާރުން ނުފައިބާ އިނުމުން ފަޔާޒް ކައިރިވެލާފައި ގޮވާލިއެވެ. ސިހިފައި އަވަސްއަވަހަށް ރިޔާޝާ ކާރުން ފޭބިއެވެ. ގެއަށް ވަންނަން ހިނގައިގަތުމާއެކު އަޔާޒްގެ ހިތް ތެޅިގަތީ ކީއްވެކަމެއް އޭނާއަކަށް ނޭނގުނެވެ. ތެޅިތެޅި އޮތް ހިތަކާއެކު ފަޔާޒްމެންގެ ފަހަތުން އޭނާވެސް ގެއަށް ވަނެވެ.

(ނުނިމޭ)

21
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Saandy

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ވާލޯބި އެނގޭނަމަ… 13

Next

ބައްޕާ މިދޭ އިޙްތިރާމް(ފުރަތަމަބައި)

Next
November 13, 2016

ބައްޕާ މިދޭ އިޙްތިރާމް(ފުރަތަމަބައި)

Previews
November 13, 2016

ވާލޯބި އެނގޭނަމަ… 13

34 Comments

  1. aik says:
    November 13, 2016 at 7:18 am

    Nice.

    1. Saandy says:
      November 14, 2016 at 7:13 pm

      ޝުކުރިއްޔާ

  2. sweety says:
    November 13, 2016 at 7:26 am

    nice

    1. Saandy says:
      November 14, 2016 at 7:13 pm

      ޝުކުރިއްޔާ

  3. Addo says:
    November 13, 2016 at 8:26 am

    V nice. Dhen vaanee kihinehbaa

    1. Saandy says:
      November 14, 2016 at 7:14 pm

      ޝުކުރިއްޔާ

  4. girl :))) says:
    November 13, 2016 at 8:50 am

    ples..fayaax deserves riyaa more 🙂

    1. MM says:
      November 13, 2016 at 9:33 am

      Sure

    2. Saandy says:
      November 14, 2016 at 7:15 pm

      ޝުކުރިއްޔާ! އެނގިދާނެތާ ކާކަށްކަން ރިޔާޝާ ލިބެނީ

    3. Saandy says:
      November 14, 2016 at 7:23 pm

      ޝުކުރިއްޔާ އެމްއެމް އަށްވެސް

  5. Anonymous says:
    November 13, 2016 at 9:28 am

    Ayaaz ah ey naagehaggulibenjeheyne hurihaagothakunves vv reethi

    1. Saandy says:
      November 14, 2016 at 7:15 pm

      ޝުކުރިއްޔާ

  6. NAIN says:
    November 13, 2016 at 9:35 am

    vvv reethi.dhen vaanee kihinebbaa.hageegaih engumun riyaa Ayaa gaathah dhaanebaa..next part avas kollaathi

    1. Saandy says:
      November 14, 2016 at 7:17 pm

      ޝުކުރިއްޔާ! ވާހަކައިގެ ކުރިއަށްހުރި ބައިތަކުން ތިޔަ ސުވާލުތަކުގެ ޖަވާބު ލިބޭނެ… އިރާދަކުރެއްވިއްޔާ މާދަމާ 23ވަނަ ބައި ގެނެސްދޭނަން

  7. Almaa says:
    November 13, 2016 at 9:37 am

    Wowoooo

    1. Saandy says:
      November 14, 2016 at 7:17 pm

      ޝުކުރިއްޔާ

  8. Rsy says:
    November 13, 2016 at 10:30 am

    vvv reethi

    1. Saandy says:
      November 14, 2016 at 7:18 pm

      ޝުކުރިއްޔާ

  9. Anonymous says:
    November 13, 2016 at 1:12 pm

    V reethi

    1. Saandy says:
      November 14, 2016 at 7:18 pm

      ޝުކުރިއްޔާ

  10. Maavee says:
    November 13, 2016 at 1:18 pm

    Reethi vaahakaeh

    1. Saandy says:
      November 14, 2016 at 7:18 pm

      ޝުކުރިއްޔާ

  11. Dhondhooni says:
    November 13, 2016 at 1:36 pm

    woww v v reethi…waitin for the next part..

    1. Saandy says:
      November 14, 2016 at 7:19 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 23ވަނަ ބައި ގެނެސްދޭނަން

  12. Anonymous says:
    November 13, 2016 at 4:14 pm

    Vaahaka v reethi

    1. Saandy says:
      November 14, 2016 at 7:20 pm

      ޝުކުރިއްޔާ

  13. sindox says:
    November 13, 2016 at 4:16 pm

    next part please v nice….

    1. Saandy says:
      November 14, 2016 at 7:20 pm

      ޝުކުރިއްޔާ! އިރާދަކުރެއްވިއްޔާ މާދަމާ 23ވަނަ ބައި ގެނެސްދޭނަން

  14. maree says:
    November 13, 2016 at 4:19 pm

    Konirakun next part othee

    1. Saandy says:
      November 14, 2016 at 7:22 pm

      ޝުކުރިއްޔާ! މިއަދު އަޕްކޮށްލަން އުޅުނީ… އެކަމު ސައިޓަށް ދިމާވި މައްސަލައަކާހެދި ނުވަދެވުނީމަ ނުވީ… އިރާދަކުރެއްވިއްޔާ މާދަމާ 23ވަނަ ބައި ގެނެސްދޭނަން

  15. Fathimath says:
    November 14, 2016 at 12:37 pm

    VV Reethi

    1. Saandy says:
      November 14, 2016 at 7:22 pm

      ޝުކުރިއްޔާ

  16. raf says:
    November 16, 2016 at 1:39 pm

    wifi masala aahedi vaahaka nukiyunii ma v dera vi..but story v habeys……v furihama

    1. Saandy says:
      November 17, 2016 at 3:43 pm

      ޝުކުރިއްޔާ

Comments are closed.

All Right Reserved!