ލޯތްބަކީ އުފާވެރިކަމުގެ އިހުސާސެކެވެ. ދިރިއުޅުމުގެ އެންމެ މުހިއްމު އެއްބައޭ މީހުން ބުނާތީ އަޑުއަހަމެވެ. އަދި ފުރަތަމަ ނަޒަރުން ލޯބި ވެވިދާނޭވެސް ކިޔާތީ އަޑުއެހީމެވެ. މިހުރިހާ ކަމަކީ އަހަރެން ޤަބޫލުކޮށް އުޅުނު ކަންތައްތަކެއް ނޫނެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި ލޯތްބަކީ ލޯބީގެ ވާހަކަ ތަކުންނާއި ފިލްމު ތަކުގައިވާ ޚިޔާލީ ކަމެކެވެ. ނަމަވެސް އަހަރެންގެ މުޅި މި ވިސްނުން ބަދަލުކޮށްލީ ދިރިއުޅުމުގައި އަހަރެން ކުރި ދަތުރުތަކުގެ ތެރެއިން އެންމެފަހު ދަތުރުގައި ދިމާވި މީހެއްގެ ސަބަބުންނެވެ. މި ކިޔައިދެނީ އަހަރެންގެ މުޅި […]
މަސައްކަތުގެ ވަރުބަލިކަމާއި، މެންދުރުގެ ހޫނުކަން އިހުސާސްވުމުން ސްކޫލުން ނިކުމެގެން ގެއާއި ދިމާލަށް ހިނގައިގަތްއިރު، ގޭގައި އިޔާޒްއަށް އިންތިޒާރު ކުރަމުންދަނީ ކާކުކަމެއް، ކޮންއެއްޗެއްކަމެއް ފަހަރެއްގައިވެސް އޭނާގެ ހިތަކަށް ނާރައެވެ.އެމީހެއްގެ މޫނު އަބަދު ފެނި ފެނި، އެ މީހެއްގެ މަތިން ފޫހިވެފައިވާ އަނބިމީހާއާއި އޭނާގެ ދެ ދަރިން ފިޔަވާ ގޭގައި ހުންނާނީ ހޯދާފައިވާ ހަރުމުދާ އެކަންޏެވެ. އެހެންވެ އެކަމާ އިޔާޒް އެއްވެސް ޚިޔާލެއް ނުކުރެއެވެ. ގޭތެރެއަށް އައިސް ވަން އިރު އިޔާޒްގެ ކުޑަ އަންހެން ދަރިފުޅު ގިސްލަ ގިސްލާފައި ރޯން […]
(ކުރީގެ ޢަދަދާ ގުޅޭ) ވަފުދުތަކުގެ އަހަރު މަދީނާއަށް އައި ވަފުދުތަކުގެ ތެރޭގައި އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ ގެ ވަންހަފުޅުކަމުގައިވާ ހިލާލުވަންހައިގެ ވަފުދުވެސް ހިމެނުނެވެ. އެ ވަފުދުގައި އެކަމަނާގެ އެއްބަނޑު އެއްބައްޕާފުޅު އުޚްތެއްކަމުގައިވާ عزّة بنت الحارث ގެ ދަރިކަލުން ޒިޔާދު ބިން ޢަބްދު ﷲ ބިން މާލިކު، ވެސް މަދީނާއަށް ވަޑައިގެންނެވިއެވެ. ޒިޔާދު މަދީނާއަށް ވަޑައިގެންފައި އެކަލޭގެފާނުގެ ބޮޑުދައިތާފުޅު ދެކެވަޑައިގަތުމަށްޓަކައި އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ ގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. […]
ކާމިޔާބުވި ކުލަ ހުވަފެން މުސައްނިފާ ރޯޒީ 24 މާރޗް 2019 24 އުފާވެރި ހަޔާތެއްގެ ބިންގާ ކޮންމެ މީހަކުވެސް އަޅަނީ ތަފާތު ކުލަކުލައިގެ ހުވަފެންތަށް ދެކެމުން އޭގެ ތަޢުބީރުތަށް ހޯދަމުން ދުރާލާ ކާމިޔާބުގެ ކުލަ ޖެހިދާނެ ކަމުގެ ފުރިހަމަ އުންމީދުގައެވެ. މާހީއަކީވެސް ހަޔާތުގެ ފަލްސަފާގައި ގިނަ ހުވަފެންތަކެއްގެ ބިލާހެއް ކަމަށް ދެކެމުން އަންނަ ޒުވާން ޖިންސުއްލަތީފެކެވެ. އެނދުގައި އޭނާ އޮށޯވެގެން އޮތްއިރު އޭނާގެ މާޒީގެ ސޮފްތާތަކުގެ އެކި އެކި ސޮފްތާކުގެ ހަދާންތަށް އާވަމުން ދިޔައެވެ،އެއީ ކަރުނަވީހަޔާތެކެވެ. ބޭވަފާތެރި […]
ކީރިތި ރަސޫލާގެ އަރިހުގައި، އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާގެ ދިރިއުޅުއްވުން ރަސޫލާ صلّى اللّـه عليه وسلّم، ޢުމްރަތުލް ޤަޟާއިން އެނބުރި މަދީނައަށް ވަޑައިގެން އެކަލޭގެފާނުގެ މިސްކިތްކޮޅު ކައިރީގައި އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ، އަށް ކޮޓަރިކޮޅެއް ބިނާކޮށް ދެއްވިއެވެ. އެކަމަނާގެ ކޮޓަރިކޮޅަކީ، މި އުއްމަތުގެ އުއްމުލް މުއުމިނީނަކަށްޓަކައި އެންމެ ފަހުން ބިނާކުރެވުނު ކޮޓަރިކޮޅެވެ. ރަސޫލާ صلّى اللّـه عليه وسلّم، އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންހާ، އާ ކާވެނި […]
އަހަރެންނަކީ ވަރަށް މަޑުމައިތިރި އެހެނަސް މީހުންނާއި ގުޅޭ ހިތްހެޔޮ މީހެކެވެ. މީހަކު ކޮންމެފަދަ އެއްޗެއް އަހަރެންނާއި ދިމާއަށް ބުނިކަމުގައިވި ނަމަވެސް އަހަރެން އެކަމަކަށް އަޅައެއް ނުލަމެވެ. އުމުރުން ހަތް އަހަރުން ފެށިގެން އަހަރެންގެ އެންމެ ގާތް އަދި އެންމެ ލޯބިވާ ދެ އެކުވެރިންނަކީ ޝަހާ އާއި މުނާއެވެ. މުނާ އަކީ ވަރަށް މަޖާ މިޒާޖެއްގެ އަނގަ ގަދަ ކުއްޖެކެވެ. ޝަހާއަކީ ވެސް ހަމަ އެފަދަ މިިޒާޖެއްގެ ކުއްޖެކެވެ. އަހަރެންގެ ހުރިހާ ވާހަކަތަކެއް އެދެ ކުދިންނާ ހިއްސާ ކުރީ […]
އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ ޢަންޙާއަކީ، ހިލާލުވަންހައިގެ ބޭކަނބަލެކެވެ. ބައްޕާފުޅަކީ އެވަންހައިގެ ބޮޑެއްކަމުގައިވާ حَارِث بن حَزْن އެވެ. އެމަނާގެ މަންމާފުޅަކީ ޔަމަނުކަރައިގެ ޙިމްޔަރުވަންހައިގެ ބޭކަނބަލެކެވެ. ނަންފުޅަކީ، ހިންދު ބިންތު ޢައުފެވެ. ހިންދު ބިންތު ޢައުފަކީ ތާރީޚުގެ ފަތްފުށްތަކުގައި ވަރަށް ބޮޑު މަޝްޙޫރުކަމެއް ހޯއްދަވާފައިވާ ބޭކަނބަލެކެވެ. ތާރީޚް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެކަމަނާއަށް ވުރެ ރަނގަޅު ދަނބިދަރިންތަކެއް ލިބިފައިވާ ދެވަނަ އަންހެނަކު އިންސާނީ ތާރީޚް ދެކެފައެއް ނުވެއެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ މައިމޫނާ ރަޟިޔަ ﷲ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެންނަކީ ދަރިން ލިބުމުން މަޙްރޫމް ވެފައިވާ މީހަކީމެވެ. އިންސާނަކަށް ލިބޭނެ އެންމެބޮޑެ އެއްނިޢުމަތުން މަޙްރޫމް ވުމުގައއި އަހަރެންގެ ވަރަށް ބޮޑު ކުށެއްވާ ކަމުގައި އަހަރެންނަސް އިޙްސާސް ކުރެވެނީ ކީއްވެގެން ކަމެއް ނޭގެއެވެ. އެއީ ދާއިމީގޮތެއގައި ކުދިން ލިބުމުން މަޙްރޫމް ވުމަށް އެޅި ފިޔަވަޅެއްނޫނެވެ. ފުއްގަނޑު ދޫނިތަކެއްފަދަ ލޯބިލޯބި،ކުދިން ތަންތަނުން ފެނުމުން އަހަރެންގެ މައިވަންތަކަމުގެ ލޯބި އުތުރި އަރައެވެ. އެފަދަ ލޯބިލޯބި ކުދިންކޮޅަކުން އަހަރެންގެ އުގު ފަޅުފިލާނެ ނަމައޭ ހިތަށް އަރައެވެ. އެފަދަ ކުދިންގެ […]
ޔަހޫދީންނަކީ މޫސާގެފާނަށް ތަބާވެ ތަޢުރާތަށް އީމާންވި މީސްތަކުންނެވެ. އަދި މިހާރުވެސް ތަޢުރާތަށް އީމާންވެގެން އުޅޭކަމަށް ދަޢުވާކޮށް އުޅޭ މީހުންނެވެ. ޔަހޫދީންވަނީ އެބައިމީހުން މުޤައްދަސް ކޮށްގެން ގެންގުޅޭ ތަޢުރާތު އެތަށް ގޮތަކަށް ބަދަލުކޮށް އޭގައިވާ ޙުކުމްތަކާއި އާޔަތްތަށް އޮޅުވާލާފައެވެ. މިހާރު ތަޢުރާތޭ ކިޔައިގެން ދައުވާކޮށްގެން އެބައިމީހުން ގެންގުޅޭ ފޮތަކީ އަމިއްލަ އަތްތަކުން ބަދަލުގެނެސް ހަދާފައިވާ “މަސްހުނި ރުނބަ” އެކެވެ. މޫސާގެފާނުގެ ޝަރީޢަތުގައި ހޮނިހިރު ދުވަހަކީ ޚާއްޞަ އިމްތިޔާޒީ މަޤާމެއް ދެއްވާފައިވާ ދުވަހެކެވެ. އަޅުގަނޑުމެން ގެ މި މާތްވި އިސްލާމީ […]