ހަޔާތުގެ ސޮފްހާއަށް ގަނޑަކަށްފަހު ގަނޑެއް އިތުރުވަމުން ދިޔަ ވަރަކަށް އަހަރެންގެ ސިއްޚީ ހާލަތުވެސް ދަށްވަމުން ދިޔައެވެ. އަނގައިންނާއި ނޭފަތުން އަންނަމުން ދިޔަ ލޭ ދުވަހެއް ދުވަހަކަށް ގިނަ ވަމުން ދިޔައެވެ. ސުކޫލަށް ދެވެނީވެސް ވަރަށް މަދުންނެވެ. ސުކޫލަށް ދެވޭ ދުވަހެއްވެއްޖެއްޔާ އާން އަހަންނާ ދިމާލަށް ބަލަހައްޓައިގެން އިނދެއެވެ. ވާހަކައެއް ބުނަން އުޅޭހެން ހީވާ ކަހަލައެވެ. އާންގެ މި ޢަމަލުތަކުގެ ސަބަބުން އުފާ ކުރަންވީ ކަމެއް ނޫނީ ދެރަވާންވީ ކަމެއް އަހަންނަކަށް ނުވިސްނުނެވެ. ލޯތްބަކީ ކޯންޗެއްކަމާއި ލޯބިވާން ދަސްކޮށްދިނީ […]
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ދުނިޔެއާ އަލްވަދާޢު ކިޔައިފިއެވެ. މިރޭ އަހަރެން ޤަސްތުކުރީ އަހަރެންގެ ލޯބި ހުށައަޅާށެވެ. އާންގެ މެސެޖަކަށް އަހަރެން އިންތިޒާރު ކުރަމުން ދިޔަ އީމެވެ. އަހަރެން ކުރަމުން ދިޔަ އިންތިޒާރު ދިގުލައި ނުގޮސް އާންގެ މެސެޖެއް އަހަންނަށް އައެވެ. އަހަރެން އަވަސް އަވަހަށް އަހަރެން އާން ދެކެ ލޯބިވާ ވާހަކަ ބުނީމެވެ. ” އާން! އަހަންނަކަށް ނޭނގެ އަހަރެން އާން ދެކެ ލޯބި ވެވުނީ ކޮންއިރަކު، ކޮންތާކު އަދި ކިހިނެތް ކަމެއްވެސް! އެނގޭހާވެސް އެއްޗަކީ […]
ފަތިހުގެ ތެތް ފިނިކަން މުޅި ކޮޓަރި ތެރެއަށް ވެރިވެއްޖެއެވެ. ސުކޫލަށްދާ ފުރަތަމަ ދުވަސްކަމުން އަހަރެން ވަރަށް އުފާވިއެވެ. ހަމައެހެންމެ ހިތް ނުތަނަވަސްވެސް ވާންފެށިއެވެ. ވާނީވެސް އެހެންތާއެވެ. އަހަންނަށް މުޅިން އައު މާހައުލެކެވެ. މުޅިން އައު ބައެއްގެ ތެރެއަށް ދާއިރު ހިތް ނުތަނަވަސް ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. ސުކޫލަށް ދިޔަ މަގުމަތީ ވަރަށް ގިނަ މީހުން އަހަންނާއި ދިމާލަށް ބެލި އެވެ. އެހެން ކުދިންތަކެކޭވެސް އެއްފަދައިން އަހަރެންވެސް ސުކޫލުގެ ތެރެއިން ވަދެގެން ގޮސް 11 ގެ ކުލާހަށް […]
ލޯތްބަކީ އުފާވެރިކަމުގެ އިހުސާސެކެވެ. ދިރިއުޅުމުގެ އެންމެ މުހިއްމު އެއްބައޭ މީހުން ބުނާތީ އަޑުއަހަމެވެ. އަދި ފުރަތަމަ ނަޒަރުން ލޯބި ވެވިދާނޭވެސް ކިޔާތީ އަޑުއެހީމެވެ. މިހުރިހާ ކަމަކީ އަހަރެން ޤަބޫލުކޮށް އުޅުނު ކަންތައްތަކެއް ނޫނެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި ލޯތްބަކީ ލޯބީގެ ވާހަކަ ތަކުންނާއި ފިލްމު ތަކުގައިވާ ޚިޔާލީ ކަމެކެވެ. ނަމަވެސް އަހަރެންގެ މުޅި މި ވިސްނުން ބަދަލުކޮށްލީ ދިރިއުޅުމުގައި އަހަރެން ކުރި ދަތުރުތަކުގެ ތެރެއިން އެންމެފަހު ދަތުރުގައި ދިމާވި މީހެއްގެ ސަބަބުންނެވެ. މި ކިޔައިދެނީ އަހަރެންގެ މުޅި […]