
ކާމިޔާބުވި ކުލަ ހުވަފެން
މުސައްނިފާ ރޯޒީ
24 މާރޗް 2019 24
އުފާވެރި ހަޔާތެއްގެ ބިންގާ ކޮންމެ މީހަކުވެސް އަޅަނީ ތަފާތު ކުލަކުލައިގެ ހުވަފެންތަށް ދެކެމުން އޭގެ ތަޢުބީރުތަށް ހޯދަމުން ދުރާލާ ކާމިޔާބުގެ ކުލަ ޖެހިދާނެ ކަމުގެ ފުރިހަމަ އުންމީދުގައެވެ.
މާހީއަކީވެސް ހަޔާތުގެ ފަލްސަފާގައި ގިނަ ހުވަފެންތަކެއްގެ ބިލާހެއް ކަމަށް ދެކެމުން އަންނަ ޒުވާން ޖިންސުއްލަތީފެކެވެ.
އެނދުގައި އޭނާ އޮށޯވެގެން އޮތްއިރު އޭނާގެ މާޒީގެ ސޮފްތާތަކުގެ އެކި އެކި ސޮފްތާކުގެ ހަދާންތަށް އާވަމުން ދިޔައެވެ،އެއީ ކަރުނަވީހަޔާތެކެވެ. ބޭވަފާތެރި މީހެއްގެ ރަހްމެއްނެތް އަނިޔާ ލިބިފައިވާ ހަޔާތެކެވެ. ކޮޓަރީގެ އޭސީ އެންމެ ފުލްކޮށް ހުއްޓަސް އެއިން އެއްގޮތަކަށް ވެސް އޭނާއަށް ފިނި ނުވާކަހަލަ އެވެ. ނިންމަތިން މުތީތަކެއްހެން ދާތައް ވިދަވިދާ ހުއްޓެވެ. ލޯކަރިން ކަރުނައިގެ އަސަރު ފެންނަމުން ދިޔައެވެ. އެކަރުނައިގެ އަސަރު ބުނެދޭން ދައްޗެވެ. އެއީ ވޭނީ ކަރުނައެވެ.
ދުވަސް ކޮޅަކީ ދިވެހިރާއްޖެއަށް ހޫނުގަދަ މޫސުމުގެ ދުވަސްކޮޅެކެވެ. ފިނިކުރުމުގެ މަގުސަދްގައި ފަންކާ އާއި އޭސީ ދޭތިވެސް ޖައްސާފަ ބަހައްޓާފަ ހުއްޓެވެ. އެހެނަސް މާހައުލުގައި ވަނީތެތްފިނިކަމުގެ އަސަރެވެ.
ލޯތްބަކީ މާހީއަށް ހިތި ތަޖްރިބާއެކެވެ. އަދި ހަމަ އެއާއި އެކު ލޯތްބަކީ މާހީޔަށް ކާމިޔާބުގެ ހަރުފަތެކެވެ. އަދި ހަޔާތުގެ ކާމިޔާބުވި ކުލަ ހުވަފެނެކެވެ. ހަމަ އެއާއި އެކު މިވާހަކަ ކިޔުންތެރިންނަށް އިބުރަތްތެރި މިސާލެކެވެ
ޓީވީ ސުޓޭޝަންއެއްގައި މަސައްކަތް ކުރުމަކީ މީހުންގެ ނަޒަރުގައި ވަރަށް ހުނަރުވެރި މީހުންގެ ބުރަމަސައްކަތެކެވެ. ހަގީގަތަކީވެސް އެއީއެވެ. މާހީ ވެސް ރާއްޖޭގެ މަޝްހޫރު ޓީވީ ސުޓޭޝަންއަކާ ގުޅުނެވެ. އެއީ އޮޅުން ބޮޅުމުން މަސްހުނިވެފައިވާ އޭނާގެ ހަޔާތަށް މަންޒިލެއް ހޯދުމަށް އޭނާއަށް ކުރެވުނު ފުރަތަމަ ތަޖްރިބާއެވެ. މާހީގެ ހިތްވަރާއި ކެތްތެރިކަމުގެ ހެއްކެވެ. ބައެއް ފަހަރު މާހީ ހިތަށްއަރައެވެ. އަލުން ކިޔަވަންވީއެވެ. މިދާއިރާގައި އެންމެ މަތީހަރުފަތަށް ދިޔުމަށްޓަކައި ތަރުތީބު ކުރަންޖެހޭ ތަރުތީބުތަކެއް ހުއްޓެވެ. ވަޒީފާ އަދާކުރަމުން އޭނާ ކިޔަވަން ފެށިއެވެ. ވަކި ކަމަކަށް ހުނަރު ނެތަސް އޭނާއަކީވެސް މަތީތައުލީމު ހާސިލް ކޮށްގެން އިން އަންހެންކުއްޖެކެވެ. ހަމައެކަނި ތަފާތަކީ އޭނާޔަށް ފުރުސަތު ލިބުނު ދާއިރާއިން އޭނާވަނީ ކުރިޔަށް ދިޔުމަށް މަސައްކަތް ކުރަން ޖެހިފައެވެ.
އެ ވަގުތު މާހީގެ ސަމާލުކަން ހުއްޓުނީ ދުރުދުރުން އިވުނު އަޑަކަށެވެ. ވާރޭވެހިގަތް އަޑަށެވެ. މާހީ ފުންމައިގެން ތެދުވިއެވެ. ކުޑަދޮރުން ބޭރު ބަލައިލިއެވެ. ރޭގަނޑުގެ އަނދިރިކަން ފިޔަވައި މާހައުލުގައި ވަނީ ހިރަފުހެވެ. ޖެހިލާ ވައިރޯޅިން ހިރަފުހާއެކު ގެނެސްދެނީ މޫސުމުގެ ހޫނުކަމެވެ. މާހީއަށްކުރެވުނީ ކުށްހީއެކެވެ. ވާރޭގެ އެއްވެސް އަސަރެއް ނެތެވެ. އެއީ އޭނާގެހަޔާތުން ބީވެދިޔަ އިހްސާސްތަކެވެ. މާޒީގެ އަސަރުތަކެވެ. ފައްތާހުގެ ސަބަބުން އޭނާގެ ހަޔާތުގައި އެޅުނު ކޫރުންތަކުން ހިތްދަތި ވިޔަސް މިއަދު އޭނާ މާޔޫސް އެއްނުވެއެވެ. ފައްތާހު އޭނާދެކެ ލޯބިވީކަމުގެ އިހްސާސް އޭނާއަށް ކުރެވުނު ދުވަސްތަށް މާޒީވީއެވެ. އެހަޔާތަކީ އަވާމެންދުރެކެވެ.
މާޒީގެ ސޮފްހާތަކުން އޭނާގެ ހިތްނުތަވަސް ވެގެންދިޔައެވެ. ހަނދާންވަމުންދިޔައީ ފައްތާހުގެ އަދާތަކެވެ.
އޭރުގަ ފައްތާހުގެފޯނުކޯލެއް ނާންނަ ދުވަހެއް ނުދެއެވެ. މެސެޖާއި، ވީޑިޔޯ ކޯލާއި ލޯބީގެ އިށާރާތްތަކުން އޭނާގެ ފޯނުގެ ސުކުރީން ފުލްފެގެންދިޔަ ދުވަސްތަށް މާޒީއާއި އެކުވީއެވެ. ކުއްލި ގޮތަކަށް އެދެމިހުންގެ ލޯތްބަށް ހިރަފުސް ބުރީއެވެ. ކުރިން އޭނާ ދެމުން އައި ލޯބި ކެހިވެރި ދަޅަތަކެއްގެ ކަންހުޅީ އަސީރަކަށް ފައްތާހު ވެގެންދިޔައީ ހީވެސް ނުކުރާގޮތަށެވެ. އޭނާއަށް އައިބަދަލު އޭނާގެ އެކުވެރިންގެ ދުލުން މާހީއާއި ހަމަޔަށް އަންނަމުންދިޔައެވެ. އެވަގުތު އެއެކުވެރިންނަކީ މާހީދެކެ ލޯބިވާ ގާތް އެކުވެރިންނޭ މާހީއަށް ހީވަމުންދިޔައެވެ. އެކަމަކު އޭރު ބަނަވަމުންދިޔައީ އޭނާގެ ހަޔާތެވެ. ހިތުގައި ވަނީ ސުވާލުތަކެކެވެ. ކީއްވެ ހެއްޔެވެ. އެތަކެއް އަހަރެއްގެ ތެދުވެރިކަމާއި، އިތުބާރާއި، ލޯބި ހިރަފުހަށް ވެގެން ވަޔަށް ބުރައިގެންދިޔައީ ހެއްޔެވެ؟ އޭރު އޭނާ މާހީއަށް ދެއްކީ ކުލަހުވަފެނެއްކަން މިއަދު މާހީއަށް ގަބޫލް ކުރެވުނެވެ.
މާހީއާއި ފައްތާހުގެ އެތަކެއްޒަމާންވީ ލޯބީގެ ކައިވެނި ރޫޅުނުވާހަކަ ނޫސްތަކުގެ ފަލަ ސުރުޙިއަށް ނަޔަސް ޢާއިލާތެރޭގަޔާއި ދުރުތާތިމާގެމީހުންގެތެރޭގަޔާ އެކުވެރިންގެ މެދުގައި އެއީ ބޮޑު ވާހަކައެކެވެ. ކުށް ކުރެވުނީ ކާކަށް ކަމެއް މިކައިވެނި ރޫޅުނީ ކީއްވެގެންކަން ނޭނގޭ ހާލު އެހެންނޭ މިހެންނޭ ކިޔާފަ ތުންތުންމަތިން ވަހަކަ ފެތުރެމުން ދިޔައެވެ. ރަށަށް ޒިޔާރަތްކުރި ބީރައްޓެހި ކުއްޖާ ފައްތާހުގެ ހަޔާތުގެ ބައްތި އަލިކުރީ އެހަޔާތުގައި މާހީއާއި ފައްތާހު ދިއްލާފައިވާ ވޮށް ނިންވާލާފައެވެ. މިކަން ވެގެންދިޔައީ ފައްތާހުދެކެ ގިނަމީހުން ރުޅިއަންނަ ކަމަކަށެވެ.
ފައްތާހު ވަކިވީ ފަހުން މާހީގެ ނަފުސު މާހީއާއި ރުޅިވެއްޖެކަހަލައެވެ. މާހީގެ އަމިއްލަ އިހުސާސްތައް މާހީއަށްބީރައްޓެހިވެއްޖެއެވެ. މާހީ ބަނޑުހައިވެއެވެ. ނުކެވެއެވެ. ލޯމެރެއެވެ. ނުނިދެއެވެ. އެއްވެސް ކަމެއް ކުރާހިތެއް މާހި ނުވެއެވެ. ހަޔާތުގެ އެހައިޖާނުގައި އެތަށް މަސް ތަކެއް ފާއިތުވަމުންދަނީއެވެ. މާހީ މޮޔައިންގެ ހޮސްޕިޓަލަކަށް ގެންދަން ނުޖެހުނީ މާހީގެ ގާތް މީހުންގެ ކުޅަދާނަކަމުންނެވެ. ހުރިހައިކަމެއް ހުއްޓައިފައި އެމީހުން އައިސް މާހީ ކާރީތިބެއެވެ. ފައްތާހު ވަރި ކުރުމަކީ މާހީއަށް މައްސަލައެއް ނޫނެވެ. އެކަމަކު ސަބަބު ބުނެދިން ނަމައެވެ. މާހީގެ ކުށެއް ދެއްކި ނަމައެވެ. އެތައް އަހަރެއް ވަންދެން މާހީ ދިން އިތުބާރާއި، ކުރި އިހުތިރާމާއި، ވެވުނުލޯބިއާއި ކުރި އިންތިޒާރުގައި ކޮޅުފައިން ނުޖެހި ނަމައެވެ. މިއީ ރޮމުން ގިސްލަމުން އިނދެމާހީ ދައްކަމުން ދިޔަ ވާހަކައެވެ. އެންމެ ގާތް މީހުން ކާރީގައެވެ. މާހީ އެތައް ފަހަރަކު ފައްތާހަށް ގުޅިއެވެ. މެސެޖް ކުރިއެވެ. އެކަމަކު އެހިލަ ހިތުގެ ވެރިޔާއަށް އެއިން އެއްވެސް އެއްޗަކުން އަސރެއް ނުކުރިއެވެ. އެހެން އަންހެންކުއްޖެއްގެ ކަންހުޅީ އަސީރަކަށް ވެގެންދިޔައީއެވެ. މާހީ ބާކީ ކޮށް އޭނާގެ ހިތުން ރޮއްވާލާފައެވެ. މާހީގެ ލޮލުން އޮހުރުނެ އެހިތިކަރުނަތަކުގެ އަގު ކޮންމެވެސް ދުވަހަކުން އޭނާ އަދާކުރަންޖެހޭނެ ކަން ކަށަވެރެވެ. އެކެއްގެ ހަޔާތް ހަނަފަސް ސަހަރާއަކަށް ހަދާފަ ތިމާގެ ގަނޑުވަރު ބިނާކުރެވުނީ ކިތަށް މީހުންނަށް ހެއްޔެވެ. އާއެކެވެ. ނެގިގާގަޑަށް ބޮލިއެރުން ނޫންކަމެއް ނުވާނެއެވެ.
މާހީއަށް ހެޔޮއެދޭމީހުން ފެނިގެންދިޔައެވެ. ހަމްދަރުދީގެ އަތްތަކާ ލޯބިން މާހީގެ ދާވަނި ފުރާލަ ދިނީ ގާތް މީހުނާއި ތިމަތިމާގެ މީހުންނެވެ. އެހެންގޮތަކަށް ބުނާނަމަ ހުރިހާ ގާތް އެކުވެރިންނެވެ. ކޮންމެ މީހެއްގެ ނަސީހަތަކީ ފައްތާހު މަތިން ހަނދާން ނައްތާލާށެވެ. އޭނާ އަކީ ބަދުނަސީމު މީހެކެވެ. މާހީކަހަލަ ރަނގަޅު ކުއްޖަކާ އެކަށީގެންވާމީހެއްވެސް ނޫނެވެ. ސިފައިގެ ގޮތުން ބެލިޔަސް އެއީ މާހީއާއި ބަލާފަ ސުމެކެވެ. މިއީ ފައްތާހު އާއި ބެހޭގޮތުން މާހީ ކާރީ މީހުން ކިޔާއެއްޗިއްސެވެ. މިއިން މާހީއަށް ރޫހީ އުފާވެރިކަމަކާއި ދިރިއުޅުމުގެ ޔަގީންކަން ލިބިގެންދެއެވެ. އެކަމަކު ރައްދުގައި މާހީ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އިންޑިޔާމީހަކު ހަދާންބޮލަށް ގޮތަކަށް ހަރަކާތެއް ގެންނަނީއެވެ. އެއީ އާނއެކޭވެސް ނޫނެކޭވެސް ބުނެވޭ މާނަފުން ބޯހަލުވާލުމެކެވެ.
ޔަގީންނުންވެސް މާޙީގެ ހަޔާތަށް ބަހާރު މޫސުމް އަންނާއޭއެވެ. އެހެންނުވާންވީ އެއްވެސް ސަބަބެއްނެވެ. މާހީއަކީ ރީތި ހުނަރު ވެރި ކުއްޖެއްވިޔާއެވެ. އަތްލާ ކޮންމެ އެއްޗެއް ރަނަށްވެޔޭ މީހުން ބުނާޒާތުގެ ކުއްޖެކެވެ. އޭނާ އެމީހެއްގެ ހަޔާތަށް އަތުވެއްޖެއްޔާ އެމީހެއްގެ ހަޔާތް ބަހާރު މޫސުމަކަށް ވާނެއެވެ.
މާހީގެ ކައިވެނިއާއި ބެހޭގޮތުން އާއިލާތެރޭގަޔާއި އެކުވެރިންގެ މެދުގައި ގޮތްތަކެއް ހަމަޖެހި ތަރުތީބު ވެސް ކުރެވެމުންދިޔައެވެ، ކާކުކަން ނޭނގުނަސް ކޮންމެވެސް މީހަކު އަންނާނެނޫން ހެއްޔެވެ. ރަންކިޔާނެ ދުވަހާއި، ހަފުލާ އޮންނާނެ ދުވަހާއި، ތަން ވެސް އެއްބަސްވެވި ނިމިއްޖެއެވެ. ވީއިރު އުންމީދުގެ ހުޅުކޮޅު ކުއްލިއަކަށް ނިވެންވީކީއްވެގެން ހެއްޔެވެ؟
ޒަމާންތަކެއް ކުރިން އާސިމް އަކީ މާހީވެސް ދަންނަ މީހެކެވެ. އާސިމްގެ އަސްލު ނަން ނޭނގޭތީ އެކުވެރިންނާއެކު މާހީ ފާޑު ފާޑުގެ ނަންތަކުން އާސިމް އަށް ގޮވާ ފެންނަ ކޮންމެ ފަހަރަކު ދިމާކުރަމުންދިޔައެވެ. އެކަމަކު އެއީ އޭނާގެ ވެސް ސުކޫލް ދައުރުގައެވެ. ފައްތާހު އާއި ކައިވެނި ކުރުމުގެ މާކުރިންނެވެ.
އާސިމްއަކީވެސް ހުނަރުވެރި މަސައްކަތްރި ފިރިހެންކުއްޖެކެވެ. މާހީގެ އެދިމާކުރުމުން ފޮނި މީރުކަމެއް އާސިމް އިހްސާސްކުރަމުންދިޔައެވެ. އޭނާއަކީ ވަރަށް ހަރުދަނާގޮތެެއް ހުރި ފިރިހެން ކުއްޖެއްކަމުން މާހީމެން ކިތަންމެ ދިމާކުރިޔަސް ރައްދުގައި އެއްޗެކޭ ނުބުނެއެވެ. ހަމައެކަނި ހިނިތުން ވެލާފަ އެމީހުނާނާ ދުރަށް ދަނީއެވެ. އަސްލުގައި އާސިމްގެ ހިތުގައިވެސް މާހީއާއި ބެހޭގޮތުން ރުހާނީ ޖަޒްބާތެއް އުފެދިފައި އޮތެވެ. އެހެނަސް އެނާއަކީ ފެށުނީއްސުރެ ލަދުވަތި މީހެއް ކަމުން މާހީއާއި މެދު އޭނާއަށް ކުރެވެމުންދިޔަ އިހްސާސް އޮތީ ފުންކަންނޭނގޭ ވަޅުގަނޑެއްގަ ފޮރުވާފައެވެ.
މާހީއަކީ އާސިމްގެ ހިތެވެ. ނޫނެކެވެ. ހިތުގެ ވިންދެވެ. ނޫނެކެވެ. އާސިމްގެ ނޭވާއެވެ. ނޫނެކެވެ. އާސިމްގެ ހަށިގަނޑުގައި ދައުރުވާ ލެޔެވެ. މާހީއަށް ލޯބިންދީފައި ނުދޭނީ ކޮން ނަމެއްކަމެއް އާސިމަށް ނޭނގެއެވެ. އާސިމް އޭނާގެ ފޮތުގައި ލިއުނެވެ. މާހީއަކީ އާސިމްގެ ނިންޖެވެ. އަރާމެވެ. އުފަލެވެ. މާހީއަށްޓަކާ އޭނާ ފިދާވާނެއެވެ. އެެހެނަސް ކަޅުވިލާގަޑެއްފަދައިން މާހީގެ ހަޔާތުގެ ގުލްޝަންގައި ފައްތާހުގެ ނަންފެވިގެން ދިޔައީއެވެ. އާސިމް ހަނުހުރުމެގެ ސަބަބުންނެެވެ. އާސިމްގެ ހިތުގައި މާހީއާއި މެދު އެއްވެސް ޝުއޫރެއް ވާކަން ނުމެ އެނގޭހާލު ފައްތާހު ދިއްކޮއްލި އަތުގައި މާހީ ހިފުންވެގެންދިޔައީ މުޅި އުމުރަށް ގިނިކަންޏާ ހުންނަން އާސިމް އަމިއްލަ ހިތާ ސިކުނޑިޔާ ކުރި ވައުދަކަށެވެ. ސަބަބަކީ ލޯބިވެވޭނީ އެންމެ ފަހަރަކު އެންމެ މީހަކު ދެކެއެވެ. މިބުނާ މުހާވިރާގެ ސަބަބުންވެ. ތެދެކެވެ. މުޅި އުމުރައްވެސް އާސިމް މާހީ ދެކެ ލޯބިވާނެއެވެ. ދުރުގަ ހުރެގެންވިޔަސް ހެވެެވެ.
އާސިމް އަމިއްލަ ކޮންޕެނީއެއްގެ މަސަކަތްފެށިއެވެ. ރޭވިގެން އައި މިކޮންޕެނީގެ ހިއްސާދާރުން ވަރަށް ގިނައެވެ. ވަޒީފާތަކަށް އިއުލާން ކުރުމާއެކު އެތަށް ސީވީ ތަކުން އެޗްއާރު މޭޒުމަތި ފުރިގެންދިޔައެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. އެއީ ޓީވީ ޗެނެލްއެއްވީޔާއެވެ.
ވަޒީފާތަކުގެ ސިލްސިލާގައި މާހީވެސް އޭނާގެ ސީވީ ފޮނުވާލީ އަލަށް އިޝްތިހާރު ކުރި ޓީވީގެ މަގާމަކަށް އެދިއެވެ.
ޕިޔޯނު ކަރުދާސްތަކެއްހިފައިގެން އައިސް އާސިމްގެ މޭޒުމަތީ ބާއްވާފަ އިންޓަވިއުއަށް ކުދިން އައިސް ތިބި ވާހަކަ ބުނެފަ ވަރަށް މާނަވީ ގޮތަކަށް ހިނިތުންވެލިއެވެ. އާސިމް އަވަސްއަވަހަށް ފަހަރަކު ސިވީއެއްބަލަމުން މިއަދު އިންޓަވިރަން ތިބި ކުދިންގެ ނަންތަކަށް ބަލާލިއެވެ. ސިޓީއުރައިގެ ބޭރުގައި އަޖާއިބު ނަމެއް އޮތެވެ. “ކާމިޔާބުނުވި ކުލަހުވަފެން” ޖަހައިފައި އޮތެވެ. ފޮޓޯއެއް ނެތެވެ. އެކަމަކު ސީވީ އޮތެވެ. ނަމަކީ މާހީއެވެ. މިއީ ހަމަ އެމާހީ ބާވައެވެ. އެއްނަމެއްކިޔާ ބާއިވަރު މިހުން ތިބެދާނެއެވެ އާސިމް ހިތަށްއެރިއެވެ. އެ ކަހަލަ ގޮތަކަށް ލިޔެފަ މިއޮތީ ކީއްވެ ބާވައެވެ. މިސީވީ ފޮނުވި ކުއްޖާ އެބައިންތަ؟ އާސިމް އަހާލިއެވެ. އެކުއްޖާ ބޭރުގައި އެބައިނެވެ. އޮފިސް ކުއްޖާ ބުނެލިއެވެ، އޮފީސް ކުއްޖާއަށް އާސިމް އިށާރާތްކޮށްލިއެވެ. އެސީވީ ގެ ނަން އިން ކުއްޖާއަށް ގޮވާށެވެ.
އޭނާ ދޮރުހުޅުވާލުމަށް ފަހު ވަށައިގަން ބަލާލާފަ އެއްފަރާތުގައި އިސްޖަހައިގެން ފޯނަށް ބަލަން އިން ކުއްޖާއަށް ގޮވާލިއެވެ.
މާހީ އާދޭ އެތެރެއަށް”
އިށާރާތް ލިބުމާއެކު މާހީ ތެދުވަމުން ހެދުން ރަނގަޅު ކުރަމުން އެތެރެއަށް ދޮރު ހުޅުވާލިއެވެ
“އައްސަލާމް އަލައިކުމް” ދޮރުލުޅުވާލާފަ އެތެރެއަށް ނުވަދެ މާހީ ސަލާމް ގޮވާލިއެވެ. އެވަގުތު އާސިމް އިނީ ދޮރަށް ފުރަގަސް ވާގޮތަށެވެ. ފައިލް ތަކެއް ބަލަންށެވެ. ނޫނީ އޭނާ އިނީ އެގޮތްދައްކާށެވެ.
އެ އަޑަކީ އާސިމަށް އިވިފަރިތަ އަޑެކެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އާސިމް ދޮރާއި ދިމާލަށް އެނބުރުނެވެ. އޭނާއަށް ހީވީ ހަމަ ރަނގަޅަށެވެ. ދޮރުމަތީގައި ހުރީ މާހީ އެވެ އާސިމްގެ ލޯބިވާ މާހީއެވެ.. ދުށުމަށް ދެ ލޯ ކެތްތެރިކަން ކުޑަވެފައިވާ މާހީއެވެ. ފުރަތަމަ ސިކުންތުގައި އާސިމްގެ ހިތް ފުރިގެން ބަންޑުންވިއެވެ. ދެވަނަ ސިކުންތުގައި އާސިމަށް ލިބުނީ ސިހުމެކެވެ. އަދި މާހީގެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލައިލެވުނެވެ. މާހީ
ލައިގެންހުރީ އިސްލާމި ހިޖާބު ހެދުމެކެވެ. އާސިމް އަބަދުވެސް ބޭނުންވަނީ އަންހެނުން އެހެދުންލާށެވެ.. އެއީ އަންހެނާއަށް އެންމެ ރީތި ހެދުންވެސް މެއެވެ. ގިނަ މީހުންގެ އިހްތިރާމް ލިބިފައިވާހެދުމެކެވެ. އެހެދުމުގައި އަންހެންކުއްޖާގެ ރީތިކަން މާބޮޑެވެ. މުޅި ހަށިގަނޑު ފޮރުވިފައިވެއެވެ.
އޮފީސް ކުއްޖާ ބޭރަށް ނިކުތެވެ. އިންޓަވިއު ކުރާނީ އާސިމް އެވެ.
އީށީނުމަށް އާސިމް އިށާރާތް ކޮށްލިއެވެ.ކިޔަމަންތެރި ދަރިއެއްހެން އައިސް މާހީ ހާއްސަ ކުރެވިފައިވާ ގޮނޑީގައި އިށީނެވެ. ދެމީހުންގެ މެދުގައިވެސް ފުންކަން ނޭނގޭ ހިމޭންކަން ވެރިވެގެންދިޔައެވެ.
“ޓީވީގެ މަސައްކަތަށް ޝައުގުވެރިވަނީތަ؟” އާސިމް މާހީގެ ފައިލް ބަލާކަމުން އަހާލިއެވެ.
“މި ޖަހަފަވާ ނަމަކީ ކީއްވެ؟
ސުރުހީގަ ޖަހާފައިވާ ނަމަށް އިށާރާތްކޮށްފަ އާސިމް އަހާލިއެވެ.
“އެއީ އަޅުގަނޑު މިހާރު ލިޔަންއުޅޭ ފޮތުގެ ނަން” މާހީ ހިނިތުންވުމަކާއެކު ބުނެލިއެވެ.
ފައްތާހު އާއި މާހީގެ ހަޔާތުގެ އެފަލްސަފާ ކޮންމެވެސް ވަރަކަށް އާސިމް އަށް އެނގޭވާހަކަ އާސިމް ބުންޏެވެ.
މާހީ އެވާހަކަތަކަށް މާބޮޑު ޖަވާބެއް ނުދެއެވެ. އަތުގަވާ ކަރުދާސްތަކަށް ބަލަން އިނީއެވެ. އެ ލޮލުގައި ހިތާމައިގެ އަސަރެއް ނެތެވެ.
“ދެން މައްސަލައެއް ނެތް. ވީކަމެއް ވީ!” އާސިމް ބުންޏެވެ.”
އާސިމް އެންމެ ފަހުގެ ނިންމުން ނިންމި ކަހަލައެވެ.
މާހީވާޒީފާއަށް ހޮވުނެވެ. އާސިމް އާއި ދެމީހުން އެއްއޮފީހެއްގައި މަސައްކަތްކުރުމަކީ ލިބުނު ރަނުގެ ފުރުސަތެކޭ މާހީގެ ހިތް ބުނޏެވެ. އޮފީހަކަށް އެގޮތަށް މަސައްކަތާއި މަޝްއޫލް ވުމުން މާހީގެ ހިތުގައި ލާފައިވާ ޒަޙަމް ތަކަށް ވެސް ފަރުވާއަކަށް ވާނެއެވެ.
ފައްތާހު މާހީ ދޫކޮށްލީ އެއްވެސް ސަބަބެއްނެތިއެވެ.އެހެންވެ މާހީ އަކީ ފައްތާހުއާއި ނުލާވެސް ކާމިޔާބު މީހެއް ކަން މާހީ ސާބިތު ކޮށްދޭނެއެވެ. މިއީ މާހީގެ އަޒުމެވެ.
މާހީ އާއި ފައްތާހު އިނީ ދެމީހަކަށް ލޯބިވެވޭނެ އެންމެ މަތީ ދަރަޖައަކަށް ލޯބިން އުޅުމުގެ ފަހުންނެވެ. އެހެނަސް އެހެން އަންހެނެއް ފައްތާހުގެ ކަންހުޅީގ އަސީރަކަށް ވުން މާހީއަށް ނުހުއްޓުވުނެވެ.
ފައިލްތަކެއ ހިފައިގެން އާސިމް ކާރިޔަށް މާހީދާން ގޮސް އޭނާގެ އޮފީހުގެ ކެބިން ދޮރުހުޅުވާލަން ހިފާލިއެވެ. ވަގުތަކީ އާސިމް ވެސް ކޮންމެވެސް ފައިލް ތަކެއް ހިފައިގެން އޮފީހުން ބޭރަށް ދާން ދޮރުހޫލުވާފަ ނިކުތް ގަޑިއެވެ. ދެމީހުންގެ އަތުގައިވާޕޭޕަރުތައް ބިންމަށްޗަށް ވެއްޓުނެވެ. މިމަންޒަރު އޮފީހުގެ އެހެންކުދިންނަށް ފެނުނެވެ. ދެމީހުން ޕޭޕަރުތަށް ހޮވަމުން އެއްކުރަމުން ދިޔައެވެ. ކަރިން ދިޔަ މަލްހާއާއި ފަޒީމާ އާއި އުޒްމާއަށް ވީމިކަންތަށް ވަރަށް މަޖާ ކަމަކަށެވެ. އަސްލު އެމީހުންވެސް ހިތުގެ އަޑިން ބޭނުންވަނީ އާސިމް އާއި މާހީ ގުޅުމެވެ.
“އަހަރެން ވެއްޓުނަ ނުދީ ސަލާމަތް ކޮށްދީފި ޝުކުރިއްޔާ” ސިއްރުވެރި ގޮތެއްގާ އާސިމް މާހީއާއި އެކު ތެދުވަމުން ބުނެލިއެވެ.
އެ ކުޑަ ހިނދުކޮޅު އެދެމީހުންގެ ލޯބި އޭގެ ޒާތުގައި އުފެދިގެން ދިޔައެވެ. އަބަދުވެސް އާސިމް ގެހިތުގައި ބިންވަޅު ނެގިފައިވަނީ މާޙީގެ ނަމެވެ. މިހާރު އަދި މާބޮޑަށް މިޖަޒްބާތު އުތުރި އަރައިގަތީއެވެ.
ފައްތާހު ވަރިކުރި ފަހުން ވެސް މާހީ އޮޅުމަކުންވެސް އެހެން ފިރިހެނަކާއި ވާހަކަ ނުދައްކައެވެ. ހުރިހާ ފިރިހެނުންމަތިން އޭނާ ފޫހިވެފައިވާކަހަލައެވެ. މީހަކާ އިނުމާއި. އެފަދަ ޚިޔާލެއް ވެސް ނުމެ ކުރެއެވެ. ލޯތްބާ ވަފާތެރިކަން އަދި އިތުބާރު އެއީ އޮންނަ އެއްޗެއް ނޫންކަމަށް މާހީ ވަނީ ނިންމާފައެވެ.
ވަޒީފާ އަދާކުރާތާ މަހެއް ވިއެވެ. އާސިމްގެ އެއްވެސް އިޝާރާތަކަށް މާޙީ ދަންނަ ކަމަކަށް ނަހެދިއެވެ. އެންމެ ފަހުން ހަތިޔާރު ބަހަށްޓާލަން ޖެހުނީ އާސިމް އަށެވެ. މިއަދު އޭނާ މާހީއަށް ލޯބި ހުށަޅާނެއެވެ. ގަބޫލް ކުރޭތޯއެވެ. ހަނަފަސްކަން ލިބިފައިވާ އާސިމްގެ ހަޔާތަށް ބަހާރު މޫސުމް އާދޭތޯ އަހާނެއެވެ. އަދި އެއީ ވީރާނާ ވެފައިވާ މާހީގެ ހަޔާތަށް ވެސް އުޖާލާކަން ގެނެސް ދިނުމަށެވެ.
“މާހީ..މަޑުކޮށްބަލަ’
މާހީ އޮފީހުން ނިކުންނަކޮށް އާސިމް ކައިރިޔަށް އައިސް ބުނެލިއެވެ. އޭނާގެ އަތުގައި ތާޒާ މާބޮޑިއެއް އޮތެވެ.
މާހީ ހުއްޓިލާފަ ހައިރާންވެފަ އާސިމް އަށް ބަލަން ހުއްޓެވެ. އާސިމް ދިއްކުރި މާބޮނޑީގައި އޭނާ ނުހިފައެވެ. އެވަގުތު މާހީގެ ކުރިމަތީގައި ކަކޫމައްޗަށް އާސިމް ތިރިވެއްޖެއެވެ އަނެއްކާވެސް މާބޮނޑި މާހީއާއި ދިމާލަށް ދިއްކޮއްލިއެވެ.
“މާހީ އަހަންނާ މެރީކޮށްފާނަންތަ؟”
މާހީ ހުރީ އާސިމްގެ ފަރާތުން މިފަދަ ހަރަކާތެއް ފެނިދާނެ ކަމަކަށް ނޫނެވެ. އަދި އެއީ ވަށައިގެން މީހުން ހިނގަހިގާ ތިބި ތަނެކެވެ. އޮފީހުގެ އެހެންމީހުންވެސް އަންނަމުން ދިޔައެވެ. އެއާއެކު މީހުން އެތަނަށް ބޮނޑިވާންވެސް ފަށައިފިއެވެ. މާޙީ ލިބުނު ޝޮކުންނާއި ހައިރާން ކަމުން ހުރީ ބަސް ހުއްޓިފައެވެ.
“އާނއެކޭ ބުނޭ.” ބަލަން ތިބި އެންމެން ވެސް އެއް އަޑަކުން މިހެން ކިޔަން ފަށައިފިއެވެ.
މާހީ ނޫނެކޭ ބުނާނީ ކިހިނެއްހެއްޔެވެ؟ އެއަކަށް ވުރެން މާހީގެ ހިތް އެދޭނެ ވަކިއެހެން ކަމެއް އޮންނާނެހެއްޔެވެ؟ އޭނާވެސް ބޭނުންވަނީ އުފާވެރިކަމުގެ ބިންގާއަޅާށެވެ. ހިނިތުންވާށެވެ. ބަނަވެފައިވާ ހަޔާތް އާބާދު ކުރާށެވެ.
އާސިމްގެ މާބޮޑީގައި މާހީ ހިފިއެވެ. އަދި އާއެކޭ ބުނާހެން ބޯޖަހާލިއެވެ.
އެތަނަށް އެއްވެ ތިބިމީހުން އަތްލިބަޑި ޖަހައި ސާބަސް ދޭން ފަށައިފިއެވެ. އެއީ އޭނާގެ ޓީވީ ޗެނެލްގެ ކުދިންނެވެ. މަރުހަބާގެ ބަސްތައް އެތައް ބަޔަކު ބުނަން ފަށައިފިއެވެ. ފަޒީމެން އެންމެން ކާރީތިއްބެވެ. އެކުދިން އައިސް ކަރާކަރުޖައްސާ މާހީއާއި ސަލާމްކޮށް މުބާރަކްބާދް އަދާކުރިއެވެ. ހީވީ އާސިމް އާއި މާހީ ކައިވެނި ކުރިހެންނެވެ.
އާއިލާގެ އެންމެންވެސް ހަމަ ވަގުތުން ކާވެންޏަށް ރުހިއްޖެއެވެ.
ކުޑަހަފްލާއަކާއިއެކު މާހީ އާއި އާސިމް ކައިވެނި ކުރިއެވެ. މާހީގެ އަތުގައި ހިފައިގެން އޭނާ ހުރިއިރު ހީވަނީ އޭނާއަށް މުޅި ދުނިޔެ މިލްކުވެފައިވާހެންނެވެ.
ލޯތްބަކީ ރޯވެއްޖެ ނަމަ ނިވުމެއް ނުވާ އަލިފާނެއް. އެއީ އެކެއްގެ ވެސް އިޚްތިޔާރެއްގައި ވާކަމެއް ނޫން. އެކަމަށް މުޅި ދުނިޔެ އެކު އެކީ ހުރަސް އެޅިޔަސް އެއަކީ ހުއްޓުވޭ ވަރަށް ވުރެން ގަދަ ބާރެއް.
އަސްލު ލޯތްބަކީ ކިހާވަރެއްގެ އެއްޗެއްކަން މާހީއަށް ދަސްވީ އަދި ކިރިޔާއެވެ. މިހާރު ފައްތާހުދިން އަނިޔާ މަޑުމަޑުން މާހީގެ ހިތުން ފިލައިގެން ދާނެއެވެ.
އާ ސަފުހާއަކުން ދިރިއުޅުން ފެށިއެވެ. އަސްލު އޭނާދެކެ ލޯބިވާ މީހާގެ އަތުގައި މިއަދު އޭނާ ހިފިއެވެ. ޒަވާޖީހަޔާތެއް ފެށިއެވެ. ވަޒީފާއަށް ނުކުމެ ކާމިޔާބުތައް ހޯދިއެވެ. ތެދެކެވެ. މިއީ އޭނާގެ ކާމިޔާބުވި ކުލަ ހުވަފެނެވެ.
ނިމުނީ
8 Comments!
Comments are closed.
Story v.iburaihtheri????
Thank you Malaa
Welcome sis!! What’s Ur age sis??
Story vara sali
.Rozy 40
Vahaka vara adugada. Rovije vara reethi keep it up
Rozy is 43. Vaahaka reethi
Rozy Story vara habes dhen new story kon iraku libeni
kan hulhiehge asyrehge vaahaka haadha ginain dhakkaafa? ehvaahaka eh maa ginain repeat kuryma hadi . ekam vaahaka hama salhi ???