އަހަންނަކީ ދީނާއި ދުރު މީހެކެވެ. ﷲ އޭނާ އަހަރެންގެ ދިރިއުޅުމަށް ގެނެސްދެއްވީ ކީއްވެގެން ކަމެއް ނޭނގެއެވެ. ނަމަވެސް އަހަންނަށް ލިބުނު އެންމެ ބޮޑު އަދި އުފާވެރި ހަދިޔާ އަކީ އަހަރެންގެ އަނބިމީހާއެވެ. އަހަރެންގެ އަނބިމީހާއަކީ ކަޅު ނަމަވެސް ވަރަށް ރީތި އަންހެނެކެވެ. އެކަމަކު އަހަރެން މާ ވަރަކަށް އޭނާގެ މޫނަކަށް ނުބަލަމެވެ. ސަބަބަކީ އޭނާ އަށް ލިބިފައިވާ ތަނަވަސް، ރީތި، ބޮޑު ހިތް އެ މޫނަށްވުރެ ހިތްގައިމުވީމައެވެ. އަހަރެންގެ އަންހެނުންނަށްވުރެ އުފާވެރި ދެވަނަ މީހަކު އަހަރެން ނުދެކެމެވެ. […]
ފުރާ ވަގުތު ކައިރިވަމުންދިޔަ ވަރަކަށް އަހަރެންގެ ހިތަށް ނޭނގޭ އިހްސާސްތަކެއް ވެރިވަމުން ދިޔައެވެ.އަހަރެންގެ ދަތުރު އެރެހެށްޓަން އައިސްތިބި ރަހަމަތްތެރީން ތަންކޮޅެއް ދުރުގައި މަޑުޖޮށްގެން ތިއްބެވެ.ކުއްލިއަކަށް އައިސް ކުރިމައްޗަށް އެހުއްޓުނީ ކައިޝަންއެވެ. އަހަރެން ފެނުމުން ކައިޝަންގެ އެނގުގައި އިން ތިން އަހަރަށްދާ ޒީން އަހަންނާ ދިމާއަށް އަތްދިއްކޮށްލުމުން އަހަރެން ޒީންނަގާ އުރާލީމެވެ.އެވަގުތު ވެސް ޒީންގެ މޫނުން އަހަންނަށް ދައްކައިދިނީ އެހެން މޫނެކެވެ.ހަމައެކަނި ތަފާތީ ޒީންގެ އެހުންނަ ކަޅުކަން ގަދަ ކަޅިއެވެ. ގ.އ ކޫއްޑޫއިން ފުރި ފުލައިޓް މާކަގިނަ ގަޑިއިރުތަކެއް […]
އަހަރެން ފުރަން ލޯންޗުގައި އިންދަ އަހަރެން ފޯނަށް ޖަޒްވާގެ މެސެޖެއް އައެވެ. ” ދަނީތަ؟ ދެން ކޮންއިރަކުން ދިމާވާނީ؟ ވަރަށް މިސްވާނެ އަދި ވަރަށް ލޯބިވޭ ” ” ނޫން ދުވަހަކުވެސް ޖަޒްވާ ދޫކޮއްލާފަ އެއް ނުދާނަން. ދެން އިރާދަކުރެއްވިއްޔާ މިރަށަށް އަންނާނީ ޖަޒޫއާ މެރީ ކުރަން. މިސް ޔޫ ޓޫ. ލަވް ޔޫ ޓޫ ” އަހަރެން ޖަޒްވާގެ މެސެޖަށް ރިޕްލައި ދިނީމެވެ. އެއީ ހަމަ އަޖައިބެފަދަ ކުއްޖެކެވެ. މި ދުނިޔެއިން އަހަންނަށް ދީމާވި އަހަރެން އެންމެ ކަމުދާ ކުއްޖަކަށްވީ ޖަޒްވާއެވެ. އަހަންނާ ޖަޒްވާގެ ގުޅުމަށް 3 މަސްވެއްޖެއެވެ. އަހަރެން ހެނދުނު ހޭލިއިރު ފޯނަށް ބައިވަރު މިސްކޯލް އަދި މެސެޖުވެސް އައިސްސަ ހުއްޓެވެ. އަހަރެން ތެދުވެ ފޯނު ރަނގަޅަށް ބަލައިލީމެވެ. ޒަޒްވާ މެސެޖު ކުރިޔަސް އަދި ގުޅިޔަސް ގުޅަނީ ޖަޒްވާގެ މަންމަގެ ފޯނުންނެވެ. އެހެންވެ އަހަންނަކަށް އިސްވެ މެސެޖުކޮށް ގުޅާ ހަދާކަށް ނުކެރެއެވެ. ” ހުޒާމް މަންމަ އަހަރެމެން ދެމީހުންގެ ގުޅުމަކަށް ނުރުހެ…އެކަމުވެސް އަޅުގަނޑަށް ލޯބި އެއީ ކޮއްޗެއްކަން އަދި އުފާވެރި ހަޔާތެއްވެސް ފައްޓާދިނީ ހުޒާމް…އަޅުގަނޑަކަށް ހުޒާމްއާއި ނުލައެއް ނޫޅެވޭނެ” ޖަޒްވާގެ މެސެޖުގައި އޮތީ އެހެނެވެ. އަހަރެން ފެންކަޅިވިއެވެ. އަހަންނަށް ޖަޒްވާ ލޯބިވާވަރު އިހުސާސް ކުރެވުން ކަހަލައެވެ. ޖަޒްވާގެ އާއިލާ ކިތައްމެ ނުގަބޫލުވިޔަސް އަހަރުމެން ބެނުންވީ އެކީގައި އުޅޭށެވެ. ދެމީހުން އެކަކު އަނެކަކުދެކެ ވަނީ ހަމަ ހަޤީޤީ ލޮއެއްބެވެ. ދުވަސްތައް ފާއިތުވަމުންގޮސް އަހަރުމެންގެ ގުޅުމަށް އަހަރެއްވީއެވެ. ލޮއެއްބަކަށް ބަދަލެއް ނާދެއެވެ. އަދިވެސް އަހަރުމެންގެ ގުޅުމަށް ޖަޒްވާގެ އާއިލާއަކުން ޤަބޫލެއްނުވެއެވެ. ޖަޒްވާ ކިޔަވާނިމި އަމިއްލަ ފޯނެއް ލިބުން ފަހުން އަހަންނަށް ބޭނުން އިރަކު ޖަޒްވާއަށް ވާހަކަ ދެއްކެއެވެ. އަބަދުވެސް އަހަރެން ކަމަކީ ޖަޒްވާޔާ ވާހަކަ ދައްކަން އޮތުމެވެ. އަހަރެން އަދި ޖަޒްވާޔާ ގުޅުމެއް އޮންނަކަން ޖަޒްވާގެ މަންމައަށް އަދި އާއިލާގެ އެހެން މީހުންނަށްވެސް އިނގިއްޖެއެވެ. އަނެއްކާވެސް އަހަރުމެންގެ ގުޅުމަށް އަނދިރިކަމެއް ވެރިވެގަތީއެވެ. އާއިލާއިން ޖަޒްވާ އަށް ބިރު ދައްކާ ހަދަންފަށައިފިއެވެ. އަހަންނާ ގުޅުން ބާއްވާކަމަށް ވަންޏާ ޖަޒްވާގެ ފޯނު އަތުލާނެކަމަށް ޖަޒްވާގެ ބޮޑުބެ އިންޒާރު ދިނެވެ. “ހުޒާމް އަނެއްކާވެސް މަންމަ މެންނަށް އިނގިއްޖެ…ދެން ކިހިނެތް ހަދާނީ؟” “ކެތްކުރޭ………އިރާދަކުރެއްވިއްޔާ އަދި ޖަޒްވާގެ އާއިލާއިން އަހަރުމެންގެ ގުޅުމަށް ގަބޫލުވާނެ” އަހަރެން ހިތްވަރު ދެރައެއް ނުކުރަމެވެ. 3 މަސްދުވަސް ވަންދެން އަހަރުމެން ވާހަކަ ނުދައްކާ ހުރީމެވެ. އެއީ ޖަޒްވާގެ ފޯނު އަތުލާނެކަމުގެ ބިރަށްޓަކައެވެ. 3 މަސް ފަހުން އަނެއްކާވެސް ވާހަކަ ދައްކަން ފެށީމެވެ. އަހަރެން ހުރީ އޮފީހުގައި މަސަކަތެއްގައެވެ. ވައިބާއިން އަހަރެން ދިޔައީ ޖަޒްވާ އަށް މެސެޖުކުރަމުންނެވެ. ” ޖަޒް…..އައި ވިލް ޓެކްސްޓު ޔޫ ލޭޓާ….އައި އޭމް ގޮއިންޓު ފިނީޝް ދަ ރިޕޯޓް” “ޔާ އޯކެ…..ލަވް ޔޫ ހަޒް” ޖަޒްވާ ޖަވާބުގައި ފޮނުވިއެވެ. ރިޕޯޓް ނިންމުމަށް ފަހު އަހަރެން އޮފީހުން ބޭރަށް ނިކުތީމެވެ. ފޯނުނެގުމަށް ފަހު ޖަޒްވާ އަށް ގުޅަނިކޮށް އޮފިސް ކައިރި އަށް ފުލުހުން އައެވެ. ކޯޓް އަމުރެއްގެދަށުން އަހަރެން ހައްޔަރުކޮއްގެން ގެންދެވުނެވެ. ހައްޔަރު ކުރީ ކޮން ސަބަބަކާ ހުރެކަމެއް ފުލުހުން އަހަންނަކަށް ނާންގައެވެ. އޭރު ގަޑިން ދަންވަރު 12 ޖަހާ ބޮޑުވީއެވެ. އަހަރެންގެ ހަބަރެއް ނުވެގެން ޖަޒްވާ އަހަންނަށް ގުޅައެވެ. ނަމަވެސް އަހަރެން އިނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވާތީ އަހަންނަކަށް އެފޯނަށް ޖަވާބެއް ނުދެވުނެވެ……..(ނުނިމެ)
ފުރަތަމަ ބަޔާ ގުޅޭ ކޮޓަރި ހުޅުވާފިއެވެ . ލަރާ އާއި ލުޔޫން އަކީ ސްކޫލް ދުވަސް ވަރު އެއް ކިލާހެއްގައި އުޅުނު 2 އެކުވެރިންނެވެ . ސްކޫލް ވެސް ނިމިގެން ދިޔައީ އެއްކޮށެއެވެ . ލުޔޫން ގެ ހުރިހާ ވާހަކަ އެއް ކަހަލަ ގޮތަކަށް ލަރާ އަށް އިގެއެވެ އަދި މޫނަށް އަންނަ ކުލަ ވަރު ލަރާ ވަނީ ދަސް ކޮށްފައެވެ . ކޮޓަރި އަށް ވަދެ ކޮޓަރި ތަޅުލުމަށް ފަހު ލަރާ ވާހަކަ ދައްކަން ފެށިއެވެ […]
ކޮންމެ މީހަކަށް ވެސް އުފާވެރި ކަމާއި ހިތާމަ ވެރިކަން އާދެއެވެ . އުފަލުން ގޮސް އުޅެވޭ ނޫޅެވޭ ގޮތް ވެސް ނޭންގެއެވެ . ނަމަވެސް ހިތާމަ ވެރި ކަމެއް ދިމާ ވެއްޖެ ނަމަ އެ މީހަކީ ދުނިޔެ މަތީގައި ވަރަށް ވެސް އެކަނި ވެރިއެކެވެ . އެއްވެސް މީހެއްގެ އަޅާލުމެއް ނެއް މީހެއް ކަހަލަ އެވެ . އަދި ދުނިޔެ މަތިން ފޫހި ކުރުވައެވެ . މި ވާހަކަ އަކީ ހަޤީޤީ ހާދިސާ އަކަށް ބިނާ ކޮށްފައިވާ […]
އަނެއްދުވަހުގެ ހަވީރު އަހަރެން އިނީ އަހަރެން އުޅޭ ގެ ކައިރި އިން ޖޯލިފަތީގައެވެ. އަހަރެން އިންތިޒާރު ކުރަމުން އައީ ޖަޒްވާގެ ޖަވާބަކަށެވެ. އަހަރެން ލޮލުގައި އަޅައިގަތީ އީމާ އަންނަ ތަނެވެ. ” ކޮބާ؟ ޖަވާބެއް ލިބުންތަ؟ ” އަހަރެން ވަރަށް އުއްމީދާއެކު އީމާ އައިސް އަރާ ހަމަކުރިތަނުން އެހީމެވެ. “ނޫން… ޖަޒްވާ ބުނީ އަދި ވިސްނާލަން ވަގުތުކޮޅެއް ބޭނުންވާ ވާހާކަ ” ޖަވާބުގައި އީމާ ބުންޏެވެ. މައްސަލައެއް ނެތެވެ. އަހަރެން ޖަޒްވާގެ ލޮއެއްބަށް އިންތިޒާރުކުރާނަމެވެ. އަހަރެން މުޅި އުމުރު ހޭދަކުރަން ބޭނުންވަނީ ޖަޒްވާޔާ އެކުގައެވެ. ހަމަ އެދުވަހު ފިނިކޮއްލުމަށް އަހަރެން ދިޔައީ އަތިރިމައްޗަށެވެ. ހަމަ އެވަގުތު ޖަޒްވާވެސް އެތަނަށް އައެވެ. އަހަރެން ޖަޒްވާގެ ކައިރިއަށް ދިޔައިމެވެ. ” ހާއި….ހާދަ މީރުވަހެކޭ އެދުވަނީ ” ޖަޒްވާ އެއަޑަށް ބަލާލިއެވެ. އަހަރެން ޖަޒްވާގެ މޫނުމަތީ އަތް އެޅީމެވެ. އަދި ޖަޒްވާ އަހަންނާ ދިމައަށް އެނބުރިލިއެވެ. ” ހުޒާމް މީހަކަށް ފެނިދާނެ. އެހެން ނޫނަސް ރަށުން ބޭރު މީހަކާ އަހަރެން ކިހިނެތް ރައްޓެހިވާނީ؟ ހީކުރީތަ ތަންކޮޅެއް ފައިސާ ގިނަވީމަ ބޭނުންހާ އެއްޗެއް ހެދޭނެ ކަމަށް؟” އަހަންނަށް ހީވީ ގައިގެ އެކި ތަންތާ ހަންޖަރަކުން އަނި އަޅާފަ އެތަންތަނަށް ލޮނުމިރުސް އެޅިހެނެވެ. ވަރަށް އަސަރު ކުރިއެވެ. ” އޯކޭ… އޯކޭ ޖަޒްވާ އަހަރެން ހިއެއް ނުކުރަން މި ކުޅެވުނީ ކުޅިވަރެއް ކަމަކަށް. އަހަރެން ޖަޒްވާގެ ސިޓީއަކަށް އިންތިޒާރު ކުރާނަން. އަދި އަހަރެން މި ރަށުން ފުރައިގެން ދާނީވެސް ޖަޒްވާގެ ޖަވާބެއް ލިބުނީމަ. އެ ޖަވާބު ލިބޭގޮތަކުން އަހަރެން ބަލާނަން އަހަންނަށްވެސް މި ކުޅެވުނީ ކުޅިވަރެއް ކަމަށް” އަހަރެން ވަރަށް އަސަރާއެކު އެހެން ބުނެފައި އެތަނުން ދިޔައިމެވެ. އެރޭވެސް އަހަރެން ނިދަން ވަރަށް މަސަކަތްކުރީމެވެ. ހަމަ އެއްވެސް ވަރަކަށް ނިއްޖެއް ނާދެއެވެ. އަހަރެން ތެދުވުމަށް ފަހު ބޭރަށް ނިކުތީމެވެ. މުޅި ރަށްވަނީ ހަމަހިމޭންކަންމަތީއެވެ. ބޭރު ޖޯލިފަތީގައި އަހަރެން އޮއްވައި އަހަންނަށް ނިދިޖެހެން ފެށިއެވެ. އަހަންނަށް ހޭލެވުނީ މާޒިން އައިސްސަ އަހަނަށް ގޮވިތަނުންނެވެ. ” އޭ ކިއްވެފަ މިތާ؟ ” ” ކަމެއް ނުވެ. ޖައްސާލާ އޮއްވަ ނިދުނީ.” އަހަރެން ތެދުވަމުން ބުނީމެވެ. ފާހަނައަށް ވަދެ ފެންވަރާލައިގެ ނިކުތްއިރު ވަރަށް ހިނިއއިސްސަ މާޒިން އިނެވެ. ” ހުޒާމް އިއްޔެ ޖަޒްވާޔާ މީޓް ކުރިން ދޯ؟” “އާނ…. އެކަމް އަހަންނަށް ހީވީ އެގަޑީގައި ބޮލުގައި އެއްޗަކުން ޖެހިހެން. ވަރަށް އެހެން ކަހަލަ ގޮތަކަށް ވާހަކަވެސް ދެއްކީ. އަހަރެން ވަރަށް ވިސްނަން އެބަ އެކަމާ ” މާޔޫސްކަމާއެކު އަހަރެން ބުނީމެވެ. ” މާޔޫން ނުވޭ! މިއޮތީ އީމާ އައިސްސަ ދިން ސިޓީއެއް ” އަހަރެން އަތަށް މާޒިން ސިޓީ ދިއްކޮލަމުން ބުންޏެވެ. އަހަރެން ވަރަށް އަވަސް ކޮއްލާފައި ސިޓީ ހުޅުވާއިލީމެވެ. ސިޓީގައި އޮތީ ޖަޒްވާ އަހަރެން ކަހަލަ ވަފާތެރި ތެދުވެރި ލޯބިވާ މީހަކާއެއްކޮށް އުޅެން ބޭނުންވާ ވާހަކަ އަދި ދުވަހަކުވެސް ދޫކޮއްލާފަ ނުދާނެކަމެވެ. އަހަރެން ވަރަށް އުފާވިއެވެ. 21 އޮކްޓޫބަރ 2014 އަކީ އަހަރެން ހިތުގެ އަޑީގައި ލިޔެވޭނެ ދުވަހެކެވެ. ހަމަ އެވަގުތު އަހަރެން ވެސް ސިޓީއެއް ލިޔުނީމެވެ. އަހަރެން ވެސް އިންތިހާ އަށް ލޯބިވާ ވާހަކަ އަދި އަބަދުވެސް ޖަޒްވާ އަށް ޓަކާ ޖަޒްވާގެ މީހެއްގެ ގޮތުގައި ހުންނާނެކަމަށެވެ. އަދި އަހަރެންނާއި ގުޅޭނެ ނަންބަރު ވެސް ލިޔުނީމެވެ. އަހަރެން ތައްޔާރުވީ ދަބަހަށް އެއްޗެހީ އަޅައިގެން ފުރާށެވެ. ” ބަލަ ތީޔޯ؟ ” ” ފުރަން މިއުޅެނީ. މާޒިން އަހަރެން އަންނަން ދެން ޖަޒްވާ އަށް ބަލައްޗޭ. އަހަރެން ދެން އިރާދަކުރެއްވިއްޔާ މިރަށަށް އަންނާނީ ޖަޒްވާޔާ މެރީ ކުރަން……(ނުނިމޭ)
“ހުޒާމް އަށް ޖަޒްވާ ކަމުދޭތަ؟” މާޒިން އަހަންނާ ކޮއްލި ސުވާލުން އަހަރެން ކޮންމެސް ވަރަކަށް ސިހުނެވެ. “އާނ.. އަހަންނަށް ޖަޒްވާ ވަރަށް ކަމުގޮސްސި. މާޒިން އަހަންނަށް ޖަޒްވާ ކިޔާދީބަލަ” އަހަރެން ޖަޒްވާޔާ ބެހޭ ގޮތުން އޮޅުންފިލުވަން ބޭނުންވިއެވެ. “ޖަޒްވާ އަކީ ވަރަށް މަޑުމައިތިރި ކުއްޖެއް. ރަނގަޅު އަޙްލާޤެއްގެ ކުއްޖެއް. މިރަށު މަރިޔަމް އަބޫބަކުރު އާއި ހަސަނުބެގެ ދެވަނަ ދޮށީ ދަރިފުޅު. އަހަރުމެންގޭ ހަސްނާ ވަރަށް ގާތްވާނެ. ސެޓް ކޮއްދޭންވީތަ؟” މާޒިން ޖަޒްވާ އަކީ ކާކު ކަން ކިޔާދިނީ ކުރުގޮތަކަށެވެ. އަދި އަހަންނާ ދިމާވެސް ކޮއްލީއެވެ. “ހެހެހެ އަހަރެން އެކަނ ކުރާނީ. އިރާދަކުރެއްވިއްޔާ […]
މި ވާހަކަ އަކީ ހަޤީޤީގަތުގައިވެސް ހިނގާފައި އޮތްކަމެކެވެ. އަހަރެންނަކީ އާއިލާގެ އެންމެ ދޮށީ ފިރިހެން ދަރިފުޅެވެ. އަހަރެންގެ ކުޑަޔަށް އަދި ފިރިހެން ކުއްޖެއް ހުރެއެވެ. ބައްޕަގެ ވިޔާފާރިގެ ހުރިހާ ކަމެއްވެސް ބަލަހައްޓަނީ އަހަރެންނެވެ. ނ. ހޮޅުދޫގައި މިސްކިތެއް އެޅުމަކީ ބައްޕަ ކުރަން ބޭނުންކަމެކެވެ. އެގޮތުން މިސްކިތް އެޅުމަށް ހޮޅުދޫގެ ލޭންޑް ޕްލޭން ހެދުމަށް އަހަރެން ހޮޅުދޫއަށް ދިއުމަށް ބައްޕަ އެދުނެވެ. އެދަތުރުގައި އަހަރެން ކޮއްކޮ އުބައިދުވެސް ދާން ބޭނުންވިއެވެ. އެކަމަކު ބައްޕަ އެކަމަށް އިންކާރު ކުރެއްވުމުން އުބައިދު އެދަތުރުގައި ގެންދާގޮތަކަށް ހަމައެއް ނުޖެހުނެވެ. […]
ގަޑިން ދަންވަރު 2 ޖެހީއެވެ. ނަމަވެސް ލިބިފައިވާ ހިތާމައެއްގެ ބޮޑުކަމުން އިފާގެ ލޮލަށް ނިދީގެ ހިލަމެއްވެސް ނުވެއެވެ. ކުޑަ ދުވަސްކޮޅެއް ތެރޭގައި އޭނާއަށް ލޯބިވެވުނު ޝިޔަމް އޭނާއަށް ބޭވަފާ ތެރިވީއެވެ. ޝިޔަމްގެ ބޭނުން ފުދުމުން އިފާ އެއްލާލީއެވެ. އިފާ އަކީ ރާއްޖެތެރޭ ރަށެއްގައި ދިރިއުޅެމުން އަންނަ 21 އަހަރުގެ އަންހެން ކުއްޖެކެވެ. މީގެ މަހެއްހާދުވަސް ކުރިން އޭނާ ވަނީ ޝިޔަމް ނަމަކަށްކިޔާ އުމުރުން 25 އަހަރުގެ ފިރިހެން ކުއްޖަކާ ރައްޓެހިވެފައެވެ. އަދި މިއަދު އިފާގެ ހިތް ކުދިކުދިވެފައި […]