Skip to content
އެސްފިޔަ

ދެއުފަލުން މަޙްރޫމް ވީއެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އަހަރެންނަކީ ދަރިން ލިބުމުން މަޙްރޫމް ވެފައިވާ މީހަކީމެވެ. އިންސާނަކަށް ލިބޭނެ އެންމެބޮޑެ އެއްނިޢުމަތުން މަޙްރޫމް ވުމުގައއި އަހަރެންގެ ވަރަށް ބޮޑު ކުށެއްވާ ކަމުގައި އަހަރެންނަސް އިޙްސާސް ކުރެވެނީ ކީއްވެގެން ކަމެއް ނޭގެއެވެ. އެއީ ދާއިމީގޮތެއގައި ކުދިން ލިބުމުން މަޙްރޫމް ވުމަށް އެޅި ފިޔަވަޅެއްނޫނެވެ.

ފުއްގަނޑު ދޫނިތަކެއްފަދަ ލޯބިލޯބި،ކުދިން ތަންތަނުން ފެނުމުން އަހަރެންގެ މައިވަންތަކަމުގެ ލޯބި އުތުރި އަރައެވެ. އެފަދަ ލޯބިލޯބި ކުދިންކޮޅަކުން އަހަރެންގެ އުގު ފަޅުފިލާނެ ނަމައޭ ހިތަށް އަރައެވެ. އެފަދަ ކުދިންގެ ބޮލުގައި ފިރުމާލާ ހިތްވެއެވެ. ގަޔާލައި ބޮނޑިކޮށްލައި ރީތި ނާނާ ކިޔާލާ ހިތްވެއެވެ. އެމައުޞޫމު މަލުގެ މީރުވަހުން ސިކުނޑި ތާޒާ ކޮށްލާ ހިތްވެއެވެ.

ބަލިވެ އިނުމާއި،ވިހެއުމަކީ ވޭންހުރި ކަމެކޭ މީހުން ބުނާތީ އަޑުއަހަމެވެ. އެހެނަސް ވަރަށް ބަނޑު ބޮޑުވާ ހިތްވެއެވެ. ވިހާހިތްވެސް ވެއެވެ. ކުދިން ބަސްނާހާތީ މީހުން ކުރާ ޝަކުވާގެ އަޑުއިވެއެވެ. އަދި އެފަދަ ކުދިންނަށް ދެރަގޮތްތައް ވުމަށް މައިން ކުރާ ބަދުދުޢާގެ އަޑުވެސް އިވެއެވެ.ކުދިން ބެލުމަކީ އެފަދަ މީހުންނަށް ކުރިމަތިވެފައިވާ ބޮޑު މުޞީބާތެއް ކަހަލައެވެ. އެގޮތަށް ކަންތައް ހުރިކަމުގައިވިޔަސް އަހަރެން ކުދިން ބޭނުމެވެ. ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންގެ ވާޖިބެކެވެ. މިވާޖިބު އަދާކުރުމަށް އަހަރެން މިއިނީ ހިތާރޫޙުން ތައްޔާރު ވެގެންނެވެ.

ލައްކަގިނަ ބެހާއި،ފަންޑިތަ ހެދިއްޖެއެވެ. ކޮންމެ މީހަކުވެސް ބުނަނީ އެއްވެސް މައްސަކައެއް ނެތްކަމުގައެވެ.ފިރިމީހާގެ މައްސަލައެއް ނެތްކަން މެންދުރުގެ އިރުފަދައިން އެނގެއެވެ. މިކަމުގެ އަސްލަކީ އަހަރެންނަށް ކުރެވުނު ކުށެއްގެ ނަތީޖާއަށް ނުވެދާނެބާވައޭ ހީވެއެވެ.

އެއީ އަހަރެންގެ އެންމެ ޒުވާން ދުވަސްވަރުގެ ޙަދިސާއެކެވެ. އަހަރެންނަކީ މާދޮންނޫންނަމަވެސް ކަޅުމީހެއްނޫނެވެ. މީހުން ހިތްކިޔާޒާތުގެ އަންހެނެއްކަމަށް އަހަރެންނަށް ޤަބޫލުކުރެވެނީ ހުށަހަޅާ މީހުންގެ ޢަދަދު ގިނަކަމުންނެވެ. އެއިރުގެ ޙާލަތު ހުރިގޮތުން ޢިއްފަތްތެރިކަމަކީ ކޮބައިކަންވެސް އަހަރެންނަކަށް ނުއެގެއެވެ.ކޮންމެ މީހެއްގެ ހުށަހެޅުންވެސް ޤަބޫލުކުރެވެނީ އުފަލާއެކުގައެވެ.ލޯބީގެ ލިސްޓަށް ބޮޅެއް އިތުރުކޮށްލުމަކީ، ފަޚުރެއް ކަމަށް ދެކުނީމެވެ. މިއުޅުމަކީ ފާފަވެރި އުޅުމެއް ކަމަށް ޤަބޫލު ނުކުރެވުނަސް ނަހަލާލަށް ބަލިއިނުމަކީ ވަރަށް ގޯސްކަމެއްކަން އެއިރުވެސް އެނގެއެވެ. ބަލިވެއިނުން މަނާވެގަތުމަށް ބޭނުންކުރާ ވަސީލަތްތައް މިހާރު ތަޢާރަފްވެފައިވިޔަސް އެދުވަސްވަރު އެކައްޗެއްވެސް ނޭގެއެވެ. ނޭގިހުރެނަމަވެސް އެތަނުން ވަސީލަތެއްގެ ބޭނުން ކުރެވުނެވެ. އެކަމުގެ އަސަރުތައް މިހާރުވެސް ފާޅުވެއެވެ.

އަހަރެންނަށް ކުރެވުނު ކުށެއްގެ ސަބަބުން ފިރިމީހާ ބަފަޔަކަށް ވުމުން މަޙްރޫމްވާކަށް އަހަރެން ބޭނުމެއްނޫނެވެ. އެހެންވެ ދެއަނތްބަށް މީހަކަށް އިނުމަށް އޭނައަށް ފުރުޞަތު ދިނީމެވެ. އޭނާ މިފުރުޞަތުގެ ބޭނުން ހިފިއެވެ. އެކަމަށް އެދިއެދިހުރި މީހަކުފަދައިންނެވެ. އޭނާގެ ދެވަނަ އަނބިމީހާ އަހަރު ދެކޮޅު ވިހައެވެ. އަހަރެން ﷲ އަށް ޝުކުރުކުރީމެވެ. އެކުދިންނަކީ އަހަރެންގެވެސް އުފަން ދަރިންގެ ގޮތުގައި ދުށީމެވެ.

ކަންތައް ދިމާވީ ހީވެސް ނުކުރާހާ ދެރަގޮތަކަށެވެ.އޭނާ އަހަރެން ދޫކޮށްލީއެވެ. ދެވަނަ އަނބި ނުޤަބޫލު ވީމައެވެ. އޭނަގެ ނުފޫޒުގަދަކަމުން ފިރިމީހާއަށް މަޖްބޫރު ވީއެވެ. އެއުފަލުންވެސް އަހަރެން މަރްޙޫމް ވީއެވެ.

ރިހޭފައިމައްޗަށް ފޮއިވެއްޓުން ހިމެނުނީ އަހަރެންގެ ނަސީބުކަމެގައެވެ. އަހަރެންނަށް ލިބުނު އެންމެ ބޮޑު ނިޢުމަތްކަމުގައެވެ.މިދަނޑިވަޅުގައި ހިތުގެ އިޢުތިޤާދު ހަރުދަނާ ވިއެވެ.މިއީ ހަމައެކަނި އޮތްތަން ނޫންކަން ވިސްނުނެވެ. ﷲ ގެ މަތީން މިހާރު ވަރަށް ބޮޑަށް ހަނދާންވާން ފަށައިފިއެވެ. އެކަލާނގެ މަތިން ހަނދާންކޮށް ހިތުގެ ޚާލިޞް ކަމާއިއެކު ނަމާދުކޮށް ލެވުމުން މީގެ ކުރިން ދުވަހަކުވެސް ނުލިބޭފަދަ ތަޞައްލީއެއް ލިބެން ފަށައިފިއެވެ.އަހަރެންގެ ފާފަވެރި ދުނިޔެއާއި އަލްވަދާޢު ކިޔުމުގެ ރޫޙް އިތުރުވެއްޖެއެވެ. އެއީ ނެތިމޮށުމާއި،ޒުވާބުކޮށް އަރައިރުންވި ދުނިޔެއެވެ.ޢިއްފަތް ނަގައިލުމާއި،މީހުންގެ ޙައްޤުތަކަށް އަރައިގަތް ދުނިޔެއެވެ. މިހާރު އެހުރިހާ ކަމަކުން ތައުބާވެ ﷲ އަށްޓަކައި ދިރިއުޅެން ދަސްވެއްޖެއެވެ.

( ނިމުނީ )

Comments (4)

  1. HAWWA

    VARA FURIHAMA MA SHA ALLAH

    1. HAWWA

      thanks hawwa

  2. ހުށާ

    thauba veema faafa fussava dhevvaane. kushe kurevuneema avaha thauba vun muhimmee. ehen noony faafa verive shaza libidhaane.. biruvethivun muhimmee . Allah swt ae raheem vantha raskalaange. Allah ge rahmathun maayoos vumeh neh. amilla nafsasha mivaahaka kiyaa konme meehaku mikamun ibrai haasilkoh, kuriah oitha rangalhu kuruma naseyhaitherivan.

    1. ހުށާ

      good

Comments are closed.