ލޯތްބަކީ އުފާވެރިކަމުގެ އިހުސާސެކެވެ. ދިރިއުޅުމުގެ އެންމެ މުހިއްމު އެއްބައޭ މީހުން ބުނާތީ އަޑުއަހަމެވެ. އަދި ފުރަތަމަ ނަޒަރުން ލޯބި ވެވިދާނޭވެސް ކިޔާތީ އަޑުއެހީމެވެ. މިހުރިހާ ކަމަކީ އަހަރެން ޤަބޫލުކޮށް އުޅުނު ކަންތައްތަކެއް ނޫނެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި ލޯތްބަކީ ލޯބީގެ ވާހަކަ ތަކުންނާއި ފިލްމު ތަކުގައިވާ ޚިޔާލީ ކަމެކެވެ. ނަމަވެސް އަހަރެންގެ މުޅި މި ވިސްނުން ބަދަލުކޮށްލީ ދިރިއުޅުމުގައި އަހަރެން ކުރި ދަތުރުތަކުގެ ތެރެއިން އެންމެފަހު ދަތުރުގައި ދިމާވި މީހެއްގެ ސަބަބުންނެވެ. މި ކިޔައިދެނީ އަހަރެންގެ މުޅި ހަޔާތުގައިވެސް މީހަކަށްޓަކައި ކުރި ދިގު އިންތިޒާރެއްގެ ވާހަކައެވެ.
އާދުވަހަކަށް ފެނުން ތޮޅިލި އިރުގެ ދޯދިތަކުން ދުނިޔެއަށް ދިރުން ލިބިއްޖެއެވެ. 6 ގަޑި އިރުގެ ދިގު ދަތުރަކަށްފަހު ލޯންޗު ހިތަދޫ ބަނދަރާއި ގާތްކޮށްލިއެވެ. މާލެ ކަހަލަ ކާރުބާރު ބޮޑު ތަނެއްގައި އުޅެފައި ހިތްގައިމު ފެހިކަން ގަދަ ތަނަކަށް އާދެވުނީމާ އަހަރެންގެ ހިތަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނެވެ. ބައްޕައަކީ ހިތަދޫ މީހަކަށްވީ ކަމުގައިވިއަސް މިއީ އަހަރެން ހިތަދޫއަށް އައި ފުރަތަމަ ފަހަރެވެ. ” ޔޫހާ! ” ބަނދަރުމަތީގައި ހުރި ދެބައި އުމުރަކަށްދާ ފިރިހެނަކު އަހަންނަށް ގޮވާލިއެވެ. ހައިރާންވެ، ކާކުކަން ނޭނގިފައި އަހަންނަށް އެމީހާއާ ދިމާލަށް ބަލަން ހުރެވުނެވެ. އަހަރެންގެ ބައްޕަ އާ އެމީހާ ވައްތަރު ގޮތެއް ހުއްޓެވެ. ” ނޭނގުނު ދޯ؟ ” އަނެއްކާވެސް ވާހަކަދއްކީ އެމީހާއެވެ. ” ކުޑަބެ ދޯ؟ މިހާ ގިނަ ދުވަސްކޮށްފަ ފެނުނީމަ އަޅުގަނޑަށް ނޭނގުނީ! ” އަހަރެން އެމީހާއަށް ޖަވާބު ދިނީމެވެ. ކުޑަބެއަކީ އަހަރެންގެ ބައްޕަ އާ އެއްބަނޑު އެއްބަފާ މީހެކެވެ. އަދި އަހަރެން ކިޔަވައި ނިމެންދެން ހުންނަން ހަމަޖެހިފައިވަނީ ވެސް ކުޑަބެގެ ގޭގައެވެ. ގެޔަށް ދިޔަ މަގުމަތީގައި އަހަންނާ ކުޑަބެ ވަރަށް ގިނަ ވާހަކަ ދެއްކީމެވެ. ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން ފެންވަރައިގެން ޖައްސާލިތަނުން ނިދިއްޖެއެވެ. ނިނދިފައި އޮވެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް އަހަންނަކަށް ނޭނގުނެވެ. ކުއްލި އަކަށް ހޭލެވުނީ މީހަކު ގައިގައި ކޮއްޓާލީމައެވެ. ” ޔުނީފޯރމް ހެޔޮވަރު ކުރަން ހިނގާދަމާ! އޭރުންނެއްނު މާދަން ސުކޫލަށް ދެވޭނީ! ” ކުޑަބެދައްތަ ހެވިފައި ބުންޏެވެ. އަހަރެން ކަންނެތް ގޮތަކަށް ތެދުވެލައިފައި މޯޅި އަކަށް ދެމެލީމެވެ. އަދިވެސް ނިދީގެ އަސަރު ނުފިލާހެން ހީވާ ކަހަލައެވެ. އަވަސް އަވަހަށް ރީތިވެލައިގެން އަހަރެން ނިކުތީމެވެ. އެރޭ އެއްކޮންކަހަލަ ގޮތަކަށް ވޭތުވެގެން ދިޔައީ ސުކޫލު އެއްޗެހި ހަމަކޮށް ހޯދުމުގައެވެ.
43 Comments!
Comments are closed.

Gina myhun rashun mal’e annani kiyavan mi story ga eyge idhikolhu dhanyways nice starting
Hehe story kuri ah dhaa varakah ingeyne Kiivve kann Male’ inn rashakah kiyavan badhalu v.☺thank u ??
Male meehun dhaanvy kiyavan dhaanvy
Wow .. varah reethi
Thank u ❤
Nice starting..I am commenting log out vefa inge..???? ?. .waiting for the next..Ly Yerkko
Thank u ❤?
The starting was fantastic darlxx…??? cant wait to meet the male lead???
Thank u babe ?❤ varah avahah male lead aa meet vaane ❤
story v. salhi……im so proud of you…luv ya
Thank u so much darla ❤ ly 2❤
Darlin keep goin like this.. so proud of u?
Thank u so much love ❤️???
its so beautiful? and cant wait for the next part….? when are u uploading next part of the story?
Thank u girl❤ next part In Sha Allah mirey up kuranann ❤?
Vvvvv kiyaa hiyyvaa kahala rythi stry eh masha allah… ekm dhn oih part thnkolheh dhigu khlahche… waiting for the nxt…
Thank u ❤❤ labba next part dhigu vaane ❤?
Wow… School love story…. I love it…… Vvvvvvvv nice ingey……. Can’t wait for the next part….. Ly??❤️❤️
Thank u ?? Nxt part pending ga inii..In Sha Allah varah avahah up vaane ❤ly 2
Vaahaka rythi vaane henn hevey cant wait to read next episode?
Thank u ??
Story varah ves furihama…im so proud of you lvu ?❤️
Wow varah reethi
Thank u fahari ??
Vry rythi ngey. Keep it up besty. ❤Ilysm?
Thank u babe ??
Wooooow vvvv salhi… Maasha ﷲ… ? ?
Thank u ?? next part varah avahah up vaane.. E miihun publish nukohgen miulhenii ??
Knn thanaku V next part?
It was an amazing start love it can’t wait for the next part???
Thank u ?
Kalw gayaa salhieyhh?
Thank u ?
Mashah mihaaru vx ingijje thiya vaahaka
Ahahah ?✌
wow love this story…..i think i know you
Thank u? haha how do u know me??
awww varah salhi
Thank u?
Hi varau reethi. Keep it up. I think i know u.
Hi. Varau reethi. Love it. BTW when next part. Keep it up. I think i know u
Yaseeee I love ur story Masha allah
ohmy…Heekuri varrah Vuren ves mi vaahaka Salhi