ޖެހެމުންދާ ފިނި ވައި ރޯޅިތައް ދަނީ މިންހާގެ ދިގު އިސްތަށިގަނޑު ވިހުރުވަމުންނެވެ. ފަސް ގަޑި ބައިވެ، އިރުއޮއްސެން ގާތްވަމުންދާތީ އެތާނގައި ތިބި މައިންބަފައިން އެމީހުންގެ ދަރިން ގޮވައިގެން ގެޔަށް ދިޔުމަށް އަވަސްވެގަންނަމުން ދިޔައެވެ. އެއެންމެންނާ ޚިލާފަށް މިންހާ އެކަނި މާއެކަނި އިނީ އޭނާގެ މަރުވެފައިވާ މަންމަގެ ހަނދާންތަކުގެ ތެރެއަށް ގެއްލިފައެވެ. ކޮންމެ ދުވަހަކު މިގޮނޑުދޮށަށް އަންނަނީ އެފޮނި ހަނދާންތައް އާކުރާން ކަމުގައި ވީނަމަވެސް މިންހާގެ ސިކުނޑިއަށް އަންނަނީ އޭނާގެ ޙަޔާތުގައި ހެދުނު އެންމެ ބޮޑު ގޯހުގެ ހަނދާންތަކެވެ. […]
ލުމާން އައި ދުވަހުން ފެށިގެން އަހަރެންނާއި މެދުގައި ހާއްސަކަމެއް ބަހައްޓާހެން އަހަރެންނަށް ހީވަމުން ދިޔައެވެ. ލުމާންއަކީ މާލޭގައި އުޅެ ބޮޑުވަމުން އައިސްފައިވާ ކުޖެކެވެ. އަދި އަހަރެންނަކީ ރާއްޖެތެރޭގެ ނާތަހުޒީބު ރަށެއްގައި އުޅެ ބޮޑުވަމުން އައި ކުއްޖެކެވެ. އެހެންވީމައި އަހަރެންގެ ހުންނާނީ ކޮން ވިސްނުމެއް ހެއްޔެވެ. މީހުން ބުނާ އެއޗެއްސައް ވަރައް ފަސޭހައިން ހެއްލޭނެއެވެ. އޭގެ ހަފްތާއެއް ފަހުން އަހަރުމެންގެ ރައްޓެހި ހުރިހާކުދިން އެކުގައި ދަތުރު ދިއުމައް ރޭވީމެވެ …………. ދަތުރު ދިޔުމައްރޭވީ 2004ވަނަ އަހަރު ޑިސެމްބަރ 26ވަނަ […]
މިވާހަކައިގައި ބޭނުން ކުރެވިފައި ވާ ނަންތަކަކީ ބަދަލު ކުރެވިފައިވާ ނަންތަކެކެވެ…………………………………………… ************************************************************* މިވާހަކައަކީ އހަރެންގެ ހަޔާތުގެ ވާހަކައެވެ. ދިރިއުޅުމުގައި އަހަރެން ވީ ގުރުބާނީ ތަކާއި އަހަރެން އުފުލި ވޭން އަހަރެންނޫން އެހެން މީހަކަށް ނޭނގޭނެއެވެ. އަހަރެންނަކީ އާދައިގެ އާއިލާއަކަށް އުފަން އަންހެން ކުއްޖަކީމެވެ. މީގެން ބައެއ ވާހަކަތަކަކީ އަހަރެންގެ އާއިލާއަށްވެސް ސިއްރު ކުރެވިފައިވާ ވާހަކަ ތަކެވެ. އަހަރެން ނަކީ އެއްވެސް ވިސްނުމެއް ފިކުރެއް ނެތި އުދުހެމުން ދާ ކޮކާލެއްފަދަ ކުއްޖަކީމެވެ. އޭރު އުމުރުން ވާނީ 11 ނުވަތަ […]
މާލޭގެ ކޮންކުރިޓް އިމާރާތްތަކާއި ހަލަބޮލި މަގުތަށް އަދި އެކި ޒާތްޒާތުގެ މީހުން ފެނިފައި އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދުނީ ހީވެސް ނުކުރާހާ އަވަހަށެވެ. މިއީ އަހަރެން މާލެއައި ފުރަތަމަ ފަހަރު ކަމުން މާލެއަށާއި އަދި ތަންތަނަށް ވެސް އަހަރެން ވަރަށް އަލެވެ. މަންމައާއި ބައްޕަ ބަލަމުން އައި ފޮނި ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި އަހަރެން މާލެ މިއައީ މަންމައާއި ބައްޕަ އަދި އަހަރެންގެ އާއިލާ ވެސް ދޫކޮށްލާފައިއެވެ. އަދި އަހަރެންވެސް ބަލަމުން އައި ފޮނި ހުވަފެންތަށް […]
اليسع عليه السّلام އަކީ އަރަހުށި މާތް الله سبحانه وتعالى ބަނީޢިސްރާއީލު ބާގައިގެ މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވި ނަބީބޭކަލެކެވެ. ކީރިތި ޤުރްއާނުގައި اليسع عليه السّلام ގެ ނަންފުޅު ދެފަހަރު ބަޔާން ކުރައްވާފައިވެއެވެ. އެއީ މާޢިދާ ސޫރަތާއި ޞާދު ސޫރަތުގައެވެ. ކީރިތި ޤުރްއާނުގައި اليسع عليه السّلام ގެ ނަންފުޅު ބަޔާން ކުރައްވާފައިވީނަމަވެސް އެކަލޭގެފާނުގެ ރިސާލަތާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އެކަލޭގެފާނުގެ ޙަޔާތްޕުޅާ ބެހޭގޮތުން އެއްވެސް އިތުރު ތަފްސީލެއް ބަޔާން ކުރައްވާފައެއް […]
ކޮންމެ ދުވަހަކީ އާ ދުވަހެކެވެ . އާ ފެށުމަކެވެ . އާ ގޮތް ތަކެއް އަދި އާ ބަސްތަކެއް އުފެދިގެން ދާނެއެވެ . އެ ދުވަހަކަށް އިރު އަރާނީ މޫނު މައްޗައް އުފާވެރި ކަމުގެ ކުލަ ދައްކުވައިދެމުންނެވެ . ބައެއް މީހުން އެ ފެށުން ވެގެން ދާނީ ހިތްދަތި ކަމާ ނާމާން ކަންމަތީގައެވެ . މޫނު މަތިން އެއްވެސް އުފާވެރި ކަމެއް ފެނިގެންނެއް ނުދާނެއެވެ . އަނެއް ބައި މީހުން އުފާވެރި ކަމުގައެވެ . އަހަންނަށް ނޫނީ […]
ލޮބުވެތި އެކުވެރިން . އަދި މި ޑައިރީ ކިޔާ މީހުން . މި ޑައިރީ އަކީ އަސްލު ހަޤީޤީ ވާހަކަ އަކަށް ބިނާ ކުރެވިފައިވާ ޑައިރީއެވެ . މި ޑައިރީން ފިލާވަޅެއް ނެގުން އެއީ އަހަރެންގެ އުއްމީދެކެވެ . އަދި ކޮންމެ ވެސް އެއް ދުވަހަކުން މި ޑައިރީ އެސްފިޔަ އަށް އަޕްލޯޑު ކުރާނެ ވާހަކަ ދަންނަވާލަމެވެ . މީގެ 21 އަހަރު ކުރިން . އަހަރެންނަކީ ކުޑަ ކުއްޖަކީމެއެވެ . އަހަރެންނަށް ވަރަށް ވެސް ލޯބި […]
ޔާސިރާއި، ޙާރިޘާއި، މާލިކާ ތިން ބޭކަލުންނަކީ ތިން އަޚުންނެވެ. އޭގެ ތިން ކަލުން އެއްފަހަރަކު ޔަމަނުކަރައިން މައްކާއަށް ދަތުރުފެށިއެވެ. މައްކާގެ ތަފާތު މާހައުލާއި އެތަނުގެ އިޖްތިމާއީ ދިރިއުޅުމާއި ސަގާފަތް ތަޖްރިބާކޮށްލެއްވުމަށްޓަކައެވެ. އޭގެ ތެރެއިން މާލިކާއި، ޙާރިޘް މައްކާއަށް ވަޑައިގެން ދުވަސްކޮޅަކު ތިއްބެވުމަށްފަހު އެނބުރި އެބޭކަލުންގެ އަސްލު ވަޒަންކަމުގައިވާ ޔަމަނަށް ވަޑައިގެންފިއެވެ. އޭގެ ދެކަލުންގެ އަނެއް އަޚް ޔާސިރު ބިން އާމިރު މައްކާއަށް ދޫކުރައްވާފައެވެ. ޔާސިރު ބޭނުންފުޅުވީ މައްކާގައި މަޑުކުރެއްވުމަށެވެ. އަބަދުގެ އަބަދަށް މައްކާގައި ވަޒަންވެރިވުމަށެވެ. ޔާސިރު ހުންނެވީ […]
އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު صلّى اللّـه عليه وسلّم އަކީ މުޅި އިންސާނިއްޔަތަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާއެވެ. އިސްލާމްދީނުގެ ހަރުދަނާ އުސޫލުތައް އުނގަންނަވައި ދެއްވުމުގެ އިތުރުން އެކަލޭގެފާނު ވެވަޑައިގެންނެވީ މުޅި އިންސާނިއްޔަތަށް ފައިދާއާއި ލާބައާއި މަންފާކުރަނިވި އެންމެހައި ކަންތައްތަކެއް ބަޔާންކޮށްދެއްވި ރަސޫލާކަމުގައެވެ. އެންމެހައި ހެޔޮ ޚުލުޤުފުޅާއި މަކާރިމްތަކެއް އިންސާނިއްޔަތަށް ބަޔާންކޮށްދެއްވި ޚާތިމުލް އަންބިޔާޢު ކަމުގައެވެ. މިއެންމެހައި ކަމެއް އެކަލޭގެފާނުވަނީ ޢަމަލުފުޅާއި ބަސްފުޅުތަކުން ސާބިތުކޮށްދެއްވާފައެވެ. ކުޑަކުދިންނަކީ ހިތްތަކުގެ އުފާވެރިކަމެވެ. މާދަމާގެ ކުރިމަގެއެވެ. ރަނގަޅު ހަރުދަނާ ޖީލެއް ބިނާވެގެންދަނީ […]