ބައެއް ފަހަރަށް ހިތަށް އަރައެވެ. މިދުނިޔެއިން ނެތި ހިނގައިދާނަމެވެ. އެހެން ހިތަށް ނާރުވަންވީ ވަކި ކީއްވެ ހެއްޔެވެ؟ އަހަރެންގެ ހަޔާތަށް އަލިކަން ގެނެސްދޭނީ ކޯއްޗެއް ހެއްޔެވެ؟ އެންމެ ރީތި އެއްޗަކީ ލޯބި ކަމުގައި ވެފައި އޮތް އިރު އަހަންނަށް އެބުނާ ލޯތްބެއްވެސް ނުލިބުނެވެ. އަހަރެންގެ ހަނދާނަށް އައީ މާޒީއެވެ. އެއީ އަހަރެން ގްރޭޑް އެގާރަ ބާރަ ހަދަމުން ދިޔަ ދުވަސްވަރެވެ. އަހަރެންނަށް ވަރަށް ރަނގަޅު ކުއްޖެއް ކަމަށްވާ ޖާޔާއެވެ. އެއް ކްލާހެއްގައި އުޅުނުއިރު ބުނެފިއްޔާ ނޮކޮށްދޭކަށް ވަކި […]
( މި ވާހަކައިގައި ބޭނުންކޮށްފައިވާނީ ހާދިސަ ދިމާވި މީހުންގެ އަސްލުނަމެއް ނޫނެވެ.) ހިތްގައިމު ހެނދުނެއްގެ ވަގުތެވެ. ދުނިޔެމައްޗަށް އަލިވެފައިވީނަމަވެސް، ހޫނުކަމުގެ އެއްވެސް އަސަރެއްނެތެވެ. މަގުމަތި ކުނިކެހުމުގައި ބައެއް އަންހެންވެރިން މަސްއޫލުވެގެން އުޅޭތަން ފެނެއެވެ. އިރު އިރުކޮޅުން ޖެހިލާ މަޑު ވައިރޯޅިން، ދިގު ހުއި ގަސްތައް ހެލެމުންދާ މަންޒަރު ވަރަށްވެސް ހިތްގައިމެވެ. ގޭދޮށް ކުނިކަހަން އޮތް މޫމިނާ، އިލޮށިފަތި އެއްލައިލަމުން ދުއްވައިގަތީ އޭނާގެ ހަގު ދަރިފުޅު ރޮއިގަތް އަޑަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލިއިރު އިރުފާނު ހޭލައިގެން ރޮނީއެވެ. […]
ކުއްލިއަކަށް އަހަރެންގެ ހަނދާނަށް އައީ ކެމެރާގެ ވީޑިއޯގެ ހަނދާނެވެ. ފުލުހުންނަށް ދިން ބަޔާނާއެކު އެވީޑިއޯ އަހަރެންނަށް ދެވިދާނެއެވެ. އަވަހަށް ކެމެރާ ނަގައި ބަލައިލީމެވެ. އެކަމަކު ކެމެރާގެ ބެޓެރިވަނީ މުޅިން ހުލިވެފައެވެ. އަވަހަށް ކެމެރާ ތާރޖަށްޖަހައި ކެމެރާގެ ކާރޑްގައި ހުރި އެއްޗެހިތައް އަހަރެން ލެޕްޓޮޕަށް އަޅައިލީމެވެ. އަހަރެން އެ ވީޑިއޯ ހުޅުވާލީމެވެ. ފަހަރަކު ވީޑިއޯއެއް ވަރަށް ފަރުވާތެރިކަމާއެކު ލަސްލަހުން އަހަރެން ބަލަން ފެށީމެވެ. ފާހަގަކުރެވޭ ބައެއް މުހިއްމު އެއްޗެއް ލިޔަމުން ދިޔައީމެވެ. “ދަރިފުޅާ!” އަހަރެންނަށް ހޭލެވުނީ މަންމަ ގޮވުމުންނެވެ. […]
އަހަރެންގެ ހަންގަނޑަށް ވަނީ އަލިކަން ލިބިފައެވެ. އޮމާންވެފައެވެ. އެކަމަކު އަމިއްލަ ރަށް ނޭކުރަންދޫއަށް އާދެވޭ ކޮންމެ ފަހަރަކީ ރަޙުމަތްތެރިންނާއެކު އެ ހިތްގައިމު ކުޅިޔަށް އަރަންޖެހޭނެ ފަހަރެކެވެ. ޓީވީ.އެމް.ގައި މަސައްކަތްކުރުމަކީ ފަސޭހަކަމެކެވެ. އެހެންނަމަވެސް ޚަބަރުތައް ހޯދަން ދުއްވަންޖެހޭ ދުއްވުންތަކާ، އޮހަރަންޖެހޭ ދަލުގެ ޢަދަދަކީ، ޢަދަދު ކުރެވޭނެ އެއްޗެއް ނޫނެވެ. އަހަރެން އެމަސައްކަތްކުރަނީ ކުރާނެނުކުރާނެ ކަމެއް ނެތިގެންނެއް ނޫނެވެ. އެކަމަށް ހިތްޖެހިފަ ހުންނަލެއް ބޮޑުކަމުންނެވެ. މާ ކުރާހިތްވާ ކަމަކަށް ވާތީއެވެ. “މާހިރު! ތި ކެމެރާ ބާއްވައިފައި އާދެބަ މި ފިނި […]
މިދުނިޔެއަކީ ވަގުތީ އާލަމެކެވެ. މި ފަނާވެދަނިވި ދުނިޔެ ދޫކޮށް އަހަރެމެން ދަތުރުކުރަން އޮތީ އަބަދަށް ދެމިގެންވާ ދާއިމީ ޢާލަމަށެވެ. މިދުނިޔޭގައި އަހަރެމެން ދިރިއުޅެން އޮތީ ވަރަށް ކުޑަކުޑަ ދުވަސްކޮޅެކެވެ. އަހަރެމެންގެ ޙަޔާތަކީ އެއްވެސް ގެރެންޓީއެއް ނެތް އެއްޗެކެވެ. މިއަދު ދުނިޔޭގައި ހުރިއްޔާ މާދަން ދުނިޔޭގައި ހުންނާނެކަމުގެ ޔަގީންކަން އޮތީ ކާކަށްހެއްޔެވެ؟ ނިދާން އޮށޯވެފައި މާދަމާ ހޭލަން ފޯނު އެލާމް ކުރާއިރު، މާދަމާ ހޭލެވޭނެ ކަމުގެ ޔަގީންކަން އިބައޮތް ހެއްޔެވެ؟ މަރަށް ތައްޔާރު ވެވިއްޖެ ހެއްޔެވެ؟ ދުނިޔޭގެ […]
: މިއީ 2002 ވަނަ އަހަރުގެ ޖުލައިމަހު އއ.މަތިވެރީގައި ހިނގާފައިވާ ޙަޤީޤީ ހާދިސާއެކެވެ. މިހާދިސާގެ މަޢުލޫމާތު ފިޔެސް މަޖައްލާގައި ސާއިޢުކުރުމަށްޓަކައި އަޅުގަނޑު ނަގާފައިވަނީ 2003 ވަނައަހަރު އއ. މަތިވެރިއަށް ކުރި ދަތުރެއްގައެވެ. މިހާދިސާ އަޅުގަނޑަށް ކިޔައިދިނީ މި ހާދިސާގައި ގެއްލުނު މުޙައްމަދު ނަޒީހުގެ ބައްޕަ އިބްރާހިމް އިސްމާއިލް އެވެ. މީގެ އިތުރުން މިހާދިސާ ހިނގައިގެން އުޅުނު އިރު މިކަމުގައި އިސްކޮށްއުޅުނު ބައެއްފަރާތްތަކުން ދީފައިވާ މަޢުލޫމާތާއި އެހެންވެސް ބައެއް ރައްޔިތުން ދީފައިވާ މަޢުލޫމާތު ހިމަނާފައިވާނެއެވެ. އއ.މަތިވެރީ ކޮމްރެޑްވިލާ […]
ދުވަހަކީ އުޑުމަތި ސާފު ވައިމަޑު ދުވަހެކެވެ. އުދަރެސް ކައިރީގައި ހުރި ވިލާތަކަށް އޮއްސެމުން ދިޔަ އިރުގެ ދޯދިތައް އެޅުމުން ވަނީ އެކި ކުލަތަކުން ދިއްލިފައެވެ. އުތުރުފަރާތުން ހީވަނީ ރަތް ފިނިފެންމާ ބަގީޗާއެއް އޮތް ހެންނެވެ. ދެކުނުފަރާތުން ހީވަނީ އަނގުރު އަލިފާން ރޯވެފައިވާ ހެންނެވެ. މިފަދަ މަންޒަރެއް ބަލަން މީހުން ތިބޭނީ ހިތްހަމަޖެހުމާ އުފަލާ އެކުގައެވެ. ނަމަވެސް ނިޝާ މޫނުމަތިން ފެންނަމުންދަނީ މާޔޫސްކަމާ ހިތާމައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އޭނާއަށް މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެކެވެ. އޭނާގެ ލޯބިވެރިޔާ […]
ދުނިޔޭގައި ފާޑުފާޑުގެ މީހުން އުޅޭނެ ވާހަކަ އަބަދުވެސް އަޑުއަހަމެވެ. އެކިމީހުންގެ މިޒާޖާއި ވިސްނުންވެސް ތަފާތުވާނެކަން ދަންނަމެވެ. އެކަން ހިތުގެ އަޑިން ގަބޫލުވެސް ކުރަމެވެ. އަދި އެކިމީހުންނަށް އެކި ކަހަލަ ބުރަތަކާއި އުނދަގޫތަކާއެކު ތަފާތު ކަންތައްތައް ދިމާވާނެކަންވެސް ދެނަހުރީމެވެ. އެހެނަސް ޙަޔާތުގައި ދުވަހަކުވެސް އެފަދަ ބިރުވެރި، ހަޑި މުޑުދާރު، ވިޔާނުދާ ކަމަކާ ކުރިމަތިލާން ޖެހިދާނެއެކޭ ހިޔެއް ނުކުރަމެވެ. އާބާދީމަދު، ކުށްކުރުން މަދު ވެއްޓެއްގައި އޭރު އުޅެން ލިބުނީތީކަމަށްވެސް ވެދާނެއެވެ. އެހެނަސް އެދުވަސް އައުމުން އެކަމާވެސް ކުރިމަތިލީމެވެ. އޭރު އަހަރެން […]
ކަންކުރާ ގޮތާއި ކަންކުރާ ތަން ތަފާތެވެ. ކުރަނީ އެއްކަމެއް. “ކޮބާ ކިހެނެއް ކަންތައްތައް” ކޮފީއަށް އައިސް ގޮނޑި ދަމާލާފައި އިށީނުމާއިއެކު ޝިޔާރު އަހާލިއެވެ. “ކިހިނެއްވާނީ، ވަރަށް ސަކަރާތް، ހަމަ މިދަނީ ދެކޮޅު ނެޖެހިގެން” ސުވާލަކާއި އެކުގައި އަހަރެން ޝިޔާރަށް ޖަވަބު ދިނީމެވެ. “އާން ތިކަން އޮތީ ތިހެން، ކޮންމެވެސް ގޮތަކުން ލާރިގަނޑެއް ލިބޭނެ ގޮތް ހޯދަންވީ” ޝިޔާރު އަހަރެން ބުނިއެއްޗަކާއި ބައިވެރި ވެލުމުގެ ގޮތުން ބުންޏެވެ. “އެބައޮތް މޮޅު ގޮތެއް” ޝިޔާރު ކޮންމެވެސް ޚިޔާލެއް އައުމުން ބުންޏެވެ. […]