ދުނިޔޭގައި ފާޑުފާޑުގެ މީހުން އުޅޭނެ ވާހަކަ އަބަދުވެސް އަޑުއަހަމެވެ. އެކިމީހުންގެ މިޒާޖާއި ވިސްނުންވެސް ތަފާތުވާނެކަން ދަންނަމެވެ. އެކަން ހިތުގެ އަޑިން ގަބޫލުވެސް ކުރަމެވެ. އަދި އެކިމީހުންނަށް އެކި ކަހަލަ ބުރަތަކާއި އުނދަގޫތަކާއެކު ތަފާތު ކަންތައްތައް ދިމާވާނެކަންވެސް ދެނަހުރީމެވެ. އެހެނަސް ޙަޔާތުގައި ދުވަހަކުވެސް އެފަދަ ބިރުވެރި، ހަޑި މުޑުދާރު، ވިޔާނުދާ ކަމަކާ ކުރިމަތިލާން ޖެހިދާނެއެކޭ ހިޔެއް ނުކުރަމެވެ. އާބާދީމަދު، ކުށްކުރުން މަދު ވެއްޓެއްގައި އޭރު އުޅެން ލިބުނީތީކަމަށްވެސް ވެދާނެއެވެ. އެހެނަސް އެދުވަސް އައުމުން އެކަމާވެސް ކުރިމަތިލީމެވެ. އޭރު އަހަރެން […]