“އަންހެން ދޮޅާ. އަމައްޔާތް! އެއްކަލަ ރަނޑު ދޯ އެހެރަދަނީ” އަވަސް ހިނގުމެއްގައި ސްކޫލަށްދިޔަ ޒައިން ފެނިފައި މަގުމަތީގައި ގޮތެއް ފޮތެއް ނެތިގެން އުޅޭ ގްރޫޕެއްގެ ކުއްޖެއް ގޮވާލިއެވެ. އެއާއިއެކު ދެނތިބި ކުދިންތައް ބާރަށް ހޭން ފެށިއެވެ. އެމީހުންގެ މަލާމާތައް ބެލުމެއްނެތި ޒައިން ބެލީ އަވަހަށް ސްކޫލަށް ދެވޭތޯއެވެ. މަގުމަތީގައި ގޮތެއް ފޮތެއް ނެތިގެން އުޅޭ ކުއްތާތަކެއްގެ އުސޫލުން ހިނގާހައި މީހަކާ ބެހި ދިމާކުރުމަކީ އެމީހުންގެ އާދައެވެ. އެފަދަ މީހުން ދައްކާ ވާހަކައަށް އަޅާލުމަށްވުރެ ނުލުން މާ ބުއްދިވެރިއެވެ. […]
ފަރީޝާއަކީ ދެބައި އުމުރަށް އަޅާފައިވާ އަންހެނެކެވެ. އެހެންނަމަވެސް އޭނާ އަކީ އެންމެ ފަހުގެ ފެޝަންތަކަށް ލޯބިކުރާ މީހެކެވެ. މިއާ ހިލާފަށް ފަރީޝާގެ ފިރިމީހާ މިހާދު އަކީ އެންމެ އާދައިގެ އެއްޗެއްސަށް ލޯބިކުރާ މަސްވެރިއެކެވެ. ބައެއްފަހަރު ފަރީޝާގެ ހުންނަ ދެއްކުންތެރި ކަމެއްގެ ސަބަބުން މިހާދުގެ ހިތަށްވެސް ސަހަރޯހީވެއެވެ. އާދައިގެމަތިން ކަންނެލި ދަތުރެއް ނިންމާލުމަށްފަހު މިހާދު މާލެ އައިސް ހުރި ދުވަހެކެވެ. ޖެހިގެން އޮތް ދުވަހަކީ ފަރީޝާގެ އުފަންދުވަހެވެ. ފަރީޝާއަކީ ރައްޓެހިންނާއެކު އުފަންދުވަސް ފާހަކަކޮށް އުޅޭ މީހެކެވެ. އެހެންވުމުން ފަރީޝާ […]
އޭރު އަހަރެންގެ އުމުރަކީ އެންމެ ހަ އަހަރެވެ. އަހަރެންގެ ތަޢުލީމީ ޙަޔާތް ޔޫކޭޖީ އިން ފެށީވެސް ހަމަ އެހަރުގައެވެ. އަހަރެންނާއި އެކުވެރި ދެތިން ކުއްޖަކު ކުޅެން އުޅުނީމެވެ. ގޭ މަގުމަތީގައެވެ. އަހަރެމެން ދުވެ ދުވެ އުޅެނިކޮށް ގޭދަށަށް މާގިނަ މީހުން އެއްވާތަން ފެނި އަހަރެން ބަލަން ހުރީމެވެ. ވަނީ ކީއްކަމެއް ނޭނގި ހުރެ ދުވެފައި ދިޔައީ ގެއަށެވެ. ކާގެ ދޮރުހުޅުވާފައި ހުރުމުން ކާގެއަށް ބޯދިއްކޮއްލި އިރު މޭޒުމަތީގައި ކުދިބިސްކޯދު ތައްޓަކާއި ޖޫސް ޖަގެއް ހުއްޓެވެ. އަދިވެސް މީހުންތައް […]
ރޭގަނޑުގެ ކެއުމަށްފަހު މީހުންތައް އެކި ކަންކަމުގައި ހޭލިމޭލިވަމުންދަނީއެވެ. ރެއަކީ އުޑުމަތި ސާފުރެއެކެވެ. މަޑު މަޑު ވައިރޯޅިވެސް ޖެހެމުންދިޔައެވެ. ވިލާރޮއްޖެއް، ތަރިއެއް ނެތް ހާމަ އުޑަށް ބަލަހައްޓައިގެން ޒާއިން ހުއްޓެވެ. ޖެހެމުންދާ ހިތްގައިމު ވައިރޯޅީގެ އިހްސާސް ވެސް އޭނާއަށް ނުވާކަހަލައެވެ. ބެލްކަނީގެ ދަގަނޑުގައި ދެއަތް އަޅުވާލައިގެން މައްޗަށް ބަލަން ހުރިއިރު އޭނާގެ ދެލޮލުން ކަރުނަ ވިދަ ވިދާ ހުއްޓެވެ. ކުއްލިއަކަށް އިވުނު އަޑެއްގެ ސަބަބުން އޭނާގެ ސަމާލުކަން އެއަޑަށް ހުއްޓުނެވެ. އެއީ ތަންކޮޅެއް ކުރީގެ […]
އާދައިގެ މަތިން އަހަރެން ‘ޔޫޓިއުބް’ އަށް ވަދެލީ އާންމުކޮށް ބަލާ އުޅޭ ވީޑިއޯ ބަލާލުމަށެވެ. ނަމަވެސް ކުއްލިއަކަށް ހަނދާނަށް އައީ ދުވަސްކޮޅެއް ކުރިން އެކުވެރިއަކު ‘ޖީ ޕްލަސް’ އިން ޝެއަރ ކޮށްފައިވާ މަދަހަ މަތިންނެވެ. އަހަރެންނަކީވެސް ކޮންމެވެސް ވަރަކަށް މަދަހަ އަޑުއަހާ އުޅޭ މީހަކަށްވުމުން ދިވެހި މަދަހަތައް ބަލާލީމެވެ. އަޑުއަހާލަން ހިތްގައިމު ވާނެހެން ހީވާ ދެތިން މަދަހައެއް ނަގާ ބަލާލީމެވެ. އެންމެފަހުން ނެގި މަދަހަ ޕްލޭ ކޮށްލީމެވެ. ހިތުގެ ހިނގުން ހުއްޓެއް އުޅޭހެން ހީވާންފެށިއެވެ. ނޭވާލާން އުދަނގޫވެ […]
ކީރިތި ޤުރުއާނަކީ މާތްﷲ ގެ ވަހީ ބަސްފުޅެވެ. ކީރިތި ޤުރުއާނަކީ މާތްﷲ ޖިބްރީލް ގެފާނު މެދުވެރިކޮށް ކީރިތި ރަސޫލާ މުހައްމަދު (ސައްލަﷲ އަލައިހި ވަސައްލަމް) އަށް ބާވާލެއްވުނު އެކަލާނގެ ކަލާމްފުޅެވެ. މުސްލިމުން އުޅެންވާ ގޮތް ވަނީ އަޅުގަނޑުމެންނަށް ކީރިތި ޤުރުއާނުގައި އަންގަވާފައެވެ. ޤުރުއާން ކިޔެވުމަކީ އެންމެ މުހިންމު އަޅުކަންތަކުގެ ތެރެއިން އަޅުކަމެކެވެ. އެއްކައުވަންތަ މާތްﷲ އާއި އަޅާގެ ގުޅުން ވަރުގަދަ ކޮށްދޭ އަޅުކަމެކެވެ. މުސްލިމުންގެ މެދުގައި އަމަން އަމާން ކަމާއި ސުލްހަވެރިކަން އިތުރުކޮށްދޭ އަޅުކަމެކެވެ. މީގެ އިތުރުން […]
އޯރަންގުޒޭބަކީ އިންޑިއާގެ ވަރަށް މަޝްހޫރު ރަސްކަލެކެވެ. އޭނާއަކީ ޝާހްޖާހާންގެ ދަރިކަލުންނެވެ. އޯރަންގުޒޭބަކީ ވަރަށް ބޮޑު ޢިލްމުވެރިއެކެވެ. ވިސްނުންފުޅުތޫނު ބުއްދިފުޅު ފުރިހަމަ ރަސްކަލެކެވެ. އޭނާ އިންޑިއާގެ ސަބް ކޮންޓިނެންޓްގެ މައްޗަށް ( މިހާރުގެ އިންޑިޔާއައި ޕާކިސްތާން އާއި ބަންގްލާދޭޝް) ފަންސާސްއަހަރު ރަސްކަން ކުރެއްވިއެވެ. އިންޑިޔާގެ އަކްބަރު ރަސްގެފާނުގެ ސަބަބުން އުފެދިފައިއޮތް ދީނީޙިލާފު ކަންތައްތައް ވަރަށް ބޮޑަށް އިޞްލާޙުކުރެއްވިއެވެ. އޭނާއަކީ ރަސްކަމުގެ ޤާނޫނާއި ޤަވައިދުތައް ވަރަށް މޮޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. ރަސްކަމުގެ ހުރިހައި ކަމެއް އަމިއްލަށްފުޅަށް ބައްލަވައެވެ. އޭނާގެ ދިރިއުޅުއްވުން […]
މިވާހަކަފެށިފައިވަނީ އަހަރެން އުފަންވީދުވަހުން ފެށިގެންނެވެ. އެދުވަހުން ފެށިގެން އަހަރެންގެ މަންމަ 8 ފަހަރު އަހަރެންނަށް ދޮގު ހެދިއެވެ. އަހަރެންނަކީ ވަރަށް ފަޤީރު ޢާއިލާ އަކަށް އުފަންވެފައިވާ ހަމައެކަނި ޢާއިލާ ގައި ހުރި ފިރިހެން ދަރިއެވެ. ފަޤީރުކަމުގެ ޙާލަތު ހުރިމިންވަރަކީ ކާލާނެ އެއްޗެއްނެތިވެސް ބައެއްދުވަސް އެއްކޮށް ހޭދަވެގެންދެއެވެ. މިހާލުގައި އުޅެމުން ގޮސް ކާއެއްޗެއް ލިބޭ ހިނދު މަންމައަށްވާ ބައިވެސް ދެނީ އަހުރެންނަށެވެ. އަދި ދިނުމަށްފަހު ބުނެއެވެ. “ދަރިފުޅާ ކާލާށެވެ. މަންމަ ބަނޑުހައެއްނުވެއެވެ.” މިއީ މަންމަގެ ފުރަތަމަ ދޮގެވެ. އަހަރެންގެ […]
“މައުމޫން އިސްތިއުފާ! މައުމޫން އިސްތިއުފާ” އެކީއެކައްޗަކަށް، މުޅިތަން ގުގުމާއިގެން ދާވަރަށް އިވެމުންދިޔައީ ރައީސުލް ޖުމްހޫރިއްޔާގެ އިސްތިއުފާއަށް ގޮވަމުންދިޔަ އަޑެވެ. އަދި ހަމައެއާއިއެކު ޖަލުގައިވާ ސިޔާސީ ކުއްވެރިން ދޫކޮށްލުމަށާއި ސިޔާސީ މީހުން ހިފާ ހައްޔަރު ނުކުރުމަށް ވެސް އެއްވެފައިވާ މީހުން ގޮވަމުން ދިޔައެވެ. އަދި ޗީފް އޮފް ޕޮލިސް އާދަމް ޒާހިރު ގެ އިސްތިއުފާ އަށް ގޮވަމުން ދިޔައިރު މުޅި ޖުމްހުރީ މައިދާނާއި ޙުސައިން އާދަމް ބިލްޑިންގ ކައިރިއާއި ބަންޑާރަ ކޮށި ކުރިމަތިވަނީ އެއްވެފައިވާ މީހުނާއިގެން ތޮއްޖެހި ފުރި […]