ދުވަހަކީ އުޑުމަތި ސާފު ވައިމަޑު ދުވަހެކެވެ. އުދަރެސް ކައިރީގައި ހުރި ވިލާތަކަށް އޮއްސެމުން ދިޔަ އިރުގެ ދޯދިތައް އެޅުމުން ވަނީ އެކި ކުލަތަކުން ދިއްލިފައެވެ. އުތުރުފަރާތުން ހީވަނީ ރަތް ފިނިފެންމާ ބަގީޗާއެއް އޮތް ހެންނެވެ. ދެކުނުފަރާތުން ހީވަނީ އަނގުރު އަލިފާން ރޯވެފައިވާ ހެންނެވެ. މިފަދަ މަންޒަރެއް ބަލަން މީހުން ތިބޭނީ ހިތްހަމަޖެހުމާ އުފަލާ އެކުގައެވެ. ނަމަވެސް ނިޝާ މޫނުމަތިން ފެންނަމުންދަނީ މާޔޫސްކަމާ ހިތާމައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އޭނާއަށް މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެކެވެ. އޭނާގެ ލޯބިވެރިޔާ […]