އަހަރެން ހަނދާން ހުންނަން ފެށީއްސުރެންވެސް އަހަރެންނަކީ އުފާވެރި ދިރިއުޅުމެއް ވޭތުކުރަމުން އައި މީހަކީމެވެ. އާއިލާގައި ތިބި ހުރިހާ ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއަށް ވުމުން އަހަރެން ބޮޑުވަމުން އައީ މަންމަ އާއި ބައްޕަގެ އިތުރުން ދައްތަ މެންނާއި ބޭބެމެންގެ ވެސް ފުރިހަމަ ލޯތްބާއި ހިމާޔަތް ލިބިގެންނެވެ. މިހެންކަމުން އަހަރެންގެ ސްކޫލް ދައުރު ފެށިގެން ދިޔައީވެސް ކާމިޔާބުކަމާއި އެކުގައެވެ. ކޮންމެ އަހަރެއްވެސް ނިންމާލަނީ ކުލާހުން އެއްވަނަ ހޯދައިގެންނެވެ. ކިޔެވުމުގެ އިތުރުން އެހެން ކަންކަމުގައިވެސް އަހަރެން ދިޔައީ މަންމަމެން […]
“ނުހާ، ނޫރާ” އަހަރެމެންގެ ކަންފަތުގަ ޖެހުނީ ބޭބެ ގެ އޯގާތެރި އަޑެވެ. “އާދޭ ކުރުނބާ ބޯން.” ބޭބެ ބުނެލި އަޑު އިވުނެވެ. ކުޅުން ހުއްޓާލުމަށް ފަހު އަހަރުމެން ދުއްވައިގަތީ ބޭބެ ކައިރިއަށެވެ. އޭރު މަންމަ ވެސް ބަދިގޭގަ އުޅުނެވެ. އަހަރެމެންގެ އާއިލާ އަކީ ކުޑަ ކުޑަ މެދު ފަންތީގެ އާއިލާ އެކެވެ. ފަނުން ހަދާފައި ވާ ކުޑަ ކުޑަ ގޭގަ އަހަރުމެންގެ ކުޑަ ކުޑަ އާއިލާ އުޅެމުން އައީ ވަރަށް ވެސް އުފަލުގަ އެވެ. އެއީ އަހަރެންގެ […]
ސައިބަރ ބުލީންގް ނުވަތަ އޮންލައިން ބުލީންގް އަކީ އަދުގެ މުޖުތަމައުގައި ވަރަށް އާންމުކޮށް އަޑުއިވެމުންދާ ބަހެކެވެ. މީގެ މާނައަކީ ކޮބައިތޯއެވެ؟ އިލެކްޓްރޯނިކް ޓެކްނޮލޮޖީގެ ތެރޭގައި ހިމެނޭ ފޯނު، ކޮމްޕިއުޓަރު ، ލެޕްޓޮޕް އަދި ޓެބްލެޓުތައް އަދި މިނޫންވެސް ތަކެތި ބޭނުންކޮށްގެން މެސެޖު،ޗެޓު،ފޮޓޯ،ވީޑިއޯ ފޮނުވުމުން ކުރާ ބުލީ ނުވަތަ ހަނގާއެވެ. މިފަދަ ބުލީތަކުގެ މިސާލުތަކުގެ ތެރޭގައި އެފޮނުވޭ ފަރާތް ނުރުހޭފަދަ މެސެޖުތަކާއި ވީޑިއޯ،ފޮޓޯ ހިމެނެއެވެ. އަދި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ނުހިނގާ ކަމެއްގެ އަޑުފެތުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ. […]
މިއަދު އަހަރެން ފަޚުރުވެރިވަމެވެ. ޓީވީއިން އަހަރެންގެ ދަރިފުޅުފެންނަމުންދިޔައިރު އަހަރެންގެ ހިތްވަނީ އުފަލުން ފުރިފައެވެ. ލޮލުން އޮހޮރެމުންދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. އޯލެވެލް އިމްތިހާނުން ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދައިގެން އޭނާ ދިޔައީ ރާއްޖޭގެ އެއްވަނައަށެވެ. އަދި އިތުރު ދެ މާއްދާއަކުން 100% މާރކްސް ހޯދައި ދުނިޔޭގެ އެއްވަނަވެސް އަހަރެންގެ ދަރިފުޅު ހޯދިއެވެ. އެއީ އަހަރެން ބަނޑުއަޅަ ވިހޭ ދަރިފުޅެވެ. އަހަރެން ފަޚުރުވެރިނުވާންވީ ސަބަބެއް ކޮބައިހެއްޔެވެ؟ ނަމަވެސް އަހަންނަށް މި އިހުސާސްވަމުންދާ ފަޚުރުވެރިކަމަކީ އަހަންނަށް ހަމަ ހައްގުއެއްޗެއް ބާއެވެ؟ […]
ހަން. މޫނުގަ މާގިނައިން އަތްލުމުން\ އަތް ކޭއްތުމުން އަތުގެ ތެޔޮކަން ކަނޑުވާލައެވެ. އަދި މޫނުގައިވާ ޒައްރާތަކެއްވަރުވާ ކުޑަކުޑަ ލޯލިތައް ތެރެއިން ލާފައި ޖަރާސީމު ނުވަތަ ހިރަފުސް ވަދެގެން ދެއެވެ. ހަންގަނޑުގެ އޮމާންކަމާއި ތެޔޮކަން ހިފެހެއްޓުމަށްޓަކައި އަންހެން ބޭފުޅުން ދުވާލާކު 9 ތަށި ފެން އަދި ފިރިހެން ބޭފުޅުން ދުވާލަކު 13 ތަށި ފެން ބުއިމަށް އާދަކުރައްވަން ޖެހޭނެއެވެ. ހަފްތާއަކު އެއްފަހަރު އެނދުގެ ތަންމަތި ފޮޅާ ސާފުކޮށް އަދި ބެޓްޝީޓު ބަދަލުކުރަން ޖެހޭނެއެވެ. ސަބަބަކީ ހިރަފުސް، އަނގައިގެ ކުޅު […]
ތިންވަނަ ބައި. ތުންފަތް. ތުންފަތް ތެތްކޮށް ބަހައްޓަން ބޭނުންނަމަ ލުނބޯ ތަށްޓަކަށް ފެލާލާފަ ހަކުރު ނުވަތަ ބްރައުން ޝުގަރ އެއާ އެއްކޮށްލާފަ ތުންފަތުގަ ހާކާށެވެ. މިގޮތަށް ހަދާއިރު 30 ސިކުންތު ނުވަތަ މިނެޓެއްވަރު ވަންދެން ބަހައްޓާށެވެ. ހަނދާން ކުރާށެވެ. ލުނބޮއަށް ބައެއް މީހުން އެލާރޖިކް ވާނެއެވެ. އެއްފަހަރު މިހެން ހެދުމަށްފަހު ތުންފަތް ކަހާ ހިރުވާނަމަ ދެން މިހެން ނަހަދާށެވެ. އަދި މިއަށް އެލާރޖިކް ނުވާ މީހުންވެސް އަށްވަށް ނިކުންނައިރު ތުންފަތުގައި ހުރި ލުނބޯގެ އަސަރު އެއްކޮށް ފިލުވަން […]
ދެވަނަ ބައި. މަދުބަޔަކަށް ނަމަވެސް ބޯ ތަލަވުމުގެ މައްސަލަ ކުރިމަތިވެއެވެ. މިހެން ދިމާވަނީ ޑިހައިޑްރޮޓެސްޓޮސްޓެރޯން ނުވަތަ ޑީ.އެޗް.ޓީ ކިޔާ ހޯރމޯނެއްގެ ސަބަބުންނެވެ. މިހޯރމޯން އާންމުކޮށް ހުންނަނީ ފިރިހެނުންގެ ގައިގައެވެ. ނަމަވެސް މިކަމަށްވެސް ހައްލެއް އެބައޮތެވެ. ކާށިތެޔޮ ބޮލުގައި ލާފައި ކުޑަކޮށް ބޯ މަސާޖް ކޮށްލާށެވެ. ދެން އެއަށްފަހު ބްރަޝްއަކުން މަޑުމަޑުން ބޯ ކަހާލާށެވެ. ކޮންމެ ދުވަހަކުވެސް ކުޑައިރުކޮޅެއް ވަންދެން މިގޮތަށް ހަދާށެވެ. ހަފްތާއެއް ވަންދެން މިގޮތަށް ހެދުމުން މަޑުމަޑުން ބޮލުގައި އިސްތަށި ފަޅަން ފަށާނެއެވެ. ރަނގަޅަށް އިސްތަށި […]
ހަށިގަނޑު ރީތިކޮށް ބެހެއްޓުމަކީ ހަމަ ކޮންމެ މީހަކުވެސް ކުރަން ބޭނުންވާނެ ކަމެކެވެ. މިކަމުގައި ވަކި އުމުރެއް ނެތެވެ. ކުޑަޔަސް، ބޮޑަސް، ފުރާވަރުގެ ކުއްޖަކަސް، ޒުވާނަކަސް، ހަރުމީހަކަސް، މުސްކުޅިއަކަސް ވަކި ތަފާތެއް ނެތެވެ. މިމަޒުމޫނުގައި އަޅުގަނޑު ބަލައިލާނީ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ. ފުރަތަމަ މިބަލައިލަނީ އިސްތަށިގަނޑަށެވެ. *އިސްތަށިގަނޑު: އިސްތަށިގަނޑުގެ ތެޔޮކަން ހިފެހެއްޓުމަށްޓަކައި ކޮންމެ ދުވަހަކު ބޯދޮވުމުން ދުރުހެލިވާށެވެ. ކޮންމެ ދުވަހަކު ބޯދޮވުމަކީ އިސްތަށިގަނޑުގެ ތެޔޮކަން ނެތިކޮށްލާ ކަމެކެވެ. އިސްތަށިގަނޑު ތެތްކޮށް ހުންނައިރު ފުނާއެޅުމަކީ އިސްތަށި […]