މިސްކިތުން ފައިބައިގެން ގެއަށް ދިޔަ މަގުމަތީގައި ކުއްލިއަކަށް ލޮލުގައި އަޅައިގަތީ އަލަށް ހުޅުވާފައިވާ ފިހާރައެއްގެ ޑިސްޕްލޭއެވެ. އަހަރެންނަކީވެސް ކުރަހާ އިންޓީރިއާ ފަރުމާ ކުރުމުގެ މަސައްކަތް ކުރާ މީހެއްކަމުން ފިހާރައިގެ ޑިސްޕްލޭ ހަދާފައިވާ ގޮތް ބަލާލާ ހިތްވިއެވެ. އަދި އެތާންގައި ޑިސްޕްލޭ ކޮށްފައިވާ ކަރަންޓާއި ގުޅޭ އެކި ފާޑު ފާޑުގެ ބޮކި ހޮޅި ބުރިއާއި އަދި އެހެނިހެންވެސް އެއްޗިހި ބަލާލަން ބޭނުން ވިއެވެ. ފިހާރައާއި ތަންކޮޅެއް ދުރުގައި މަގުގެ އަނެއްފަރާތުގައި ސައިކަލު މަޑުކޮށްލުމަށްފަހު ރަނގަޅަށް ފިހާރައާއި ދިމާއަށް ބަލާލީމެވެ. […]
ކުރީގެ އަދަދާއި ގުޅޭ…… “އަޑުއަހާ! އަހަރެންނަށް މިވާހަކަތައް ބުނާނެ ގޮތެއް ނޭންގިގެން މިއުޅެނީ، އެކަމު މިކިޔާދެނީ” އެޑަމް ވަރަށް ސީރިއަސް ކަމާއިއެކު ވާހަކަ ފެށިއެވެ. އާހިލްއާއި އައްމަޑޭ ވަރަށް ސީރިއަސް ވިއެވެ. އަދި އެޑަމް ކިޔަން އެއުޅޭ އެއްޗެއް ކަނުލާ އެހުމަށް އެކަކު އަނެކަކުގެ މޫނަށް ސުވާލުގެ ނަޒަރަކުން ބަލާލަމުން ހަމަ ހިމޭން ވެލިއެވެ. “އަސްލު ވެގެން އުޅޭގޮތަކީ…” އެޑަމް އެހެން ބުނެފައި ފުންނޭވާއެއް ލަމުން އަނެއްކާވެސް މަޑުޖެހުނެވެ. އެ ވާހަކަ ހަމަ ބުނަންވީ ބާއޭ އެޑަމްގެ […]
“ވެއާއިޒް އާހިލް؟” މުދައްރިސް ނަގާދެމުން ދިޔަ ފިލާވަޅުގެ ތެރެއަށް ގެއްލިފައި އިންދާ ކުއްލިއަކަށް ސިއްސައިގެންގޮސް އާހިލް އަށް ބަލާލެވުނީ ސްޕަވައިޒަރ ޕަރޭ އައިސް އާހިލް ކޮބައިތޯ ސުވާލު ކުރުމުންނެވެ. ވެގެން އުޅޭގޮތެއް ނޭނގި ހައިރާންވެ އިނދެ ޕަރޭ އާއި ދިމާއަށް ބަލާލަމުން އާހިލް އަތްމައްޗަށް އުފުލާލީއެވެ. “ކަމައުޓް!” އާހިލް އަތް އުފުލާލުމާއިއެކު ޕަރޭ ވަރަށް އަމުރުވެރިކޮށް ގޮވާލަމުން އަތުގެ އިޝާރަތުން ކުލާހުން ބޭރަށް ނިކުތުމަށް އާހިލްއަށް އަމުރު ކުރިއެވެ. ސުކޫލުގެ އޮފީހަށް ހާޒިރުކުރަން ޖެހޭވަރުގެ ކަމެއް ކޮށްފައިވާކަމެއް […]
ހިތްގައިމު ހަވީރެކެވެ. ދުވަހުގެ ހޫނުކަން ކެނޑި ފިނިކަން އަތްގަދަކުރަމުން ދިޔައެވެ. ޖެހެމުންދިޔަ ވައިރޯޅިތަކުން މާހައުލުގެ ހިތްގައިމުކަން އިންތިހާ ކުރުވައެވެ. ކުއްލިއަކަށް އިވުނީ މީހެއްގެ ހަޅޭކުގެ އަޑެވެ. އަޑު ދިޔައީ ބާރުވަމުން ގަދަވަމުންނެވެ. އަންހެން އަޑެކެވެ. ދުރުން އިވެމުންދިޔަ އަޑުފަށްގަނޑު ފަހަތުން އިވޭހެން ހީވެގެން ތެދުވެ ބަލައިލީމެވެ. ދަންނަ އަޑެއްވީމައެވެ. “އާދަނާ ނިކަން އަވަހަށް އައިސްބަލަ… ފިޒާން.. ފިޒާންގެ މޭ… ފިޒާންގެ އަނގަ..” ޖޯލިފަތީގެ ފަހަތުގައި ކޮޅަށްހުރި އަޒުލީނާއެވެ. ވަރުބަލިވެ ގުނބުހިލިފައެވެ. މޫނުމަތިން މީހާގެ ހާސްކަން ސިފަވެއެވެ. […]
“އިއްސޭ… އިއްސޭ ދެން ތެދުވެބަލަ… ދެން ކިހައި އިރެއް މިހާރު މިގޮތަށް ގޮވޭތާ! ގައިމު ހޭލަން ވެއްޖެއްނު!” ޒަހުރާ ކުދިކިޔަމުން އެނދުކައިރިއަށް ވެއްޓިފައިވާ ބާލީސް ނަގައި ހިންދެމިލިއެވެ. [ބުނާނެ މަށޭ ނިދި ގަދައީ… ނިދި ގަދައީ ކާކުބާ… އަހަރެން ބަދިގެއަށް ދިޔައީ ވެސް އެވަރަށް ގޮވައިފަ… ތި ދެން ތިހާ ނިދިގަދަ މީހެއް ވެސް ނޫނެއްނު… ދެން ތެދުވެ ބަލަ…] އެނދުގައި ބާލީސް ބާއްވާލަމުން އިސްމާޢިލްގެ ބުރަކަށީގައި ކޮއްޓައިލިއެވެ. “އަދިވެސް އޮތީތަ… އެބައިވޭތަ؟…” މަޑުމަޑުން އެނދުގެ މަގަތުގައި […]
ހިތާމައިގެ ކަނޑުގައި ޤަރަގްވީ ފަހުންނޭ ފިތާމޭ މިދިޔައީ މަގޭވިރި ކަތުންނޭ ސިކިނޑި ކެކިއޮހޭތީ ލޮލުން ފައިބަނީދެން ހަށީނެތިމުޅިން ހެއިޖެހުނު ހާލުދެކިފައި ކަށީގައި ރިހުން މިއުޅެނީ ބޮޑުވެގެންނޭ ވިކުލަރަތް ކަރުނުތައް އެދުވަހަށް ފަހުންނޭ ވަޒަންގެސްލިދާތަން ނުފެނި ފަރުޖެހޭތޯ މަޒަންގާލި ލޮލުގައި މިލީ ފަށްފަށުންނޭ
“ކިހާ ދެރަކަމެއްތަމި ދެން؟؟” ނަހުލާ ރުޅިއައިސް ރަތްވެހުރެ ޖަމީލުއާ ދިމާލަށް ޓެބްލެޓް ދިއްކޮށްލަމުން ބުންޏެވެ. ޖަމީލް ޓެބްލެޓް އަތުލާ ބަލާލިއިރު އޭގައި ހުޅުވާފައި އިން ހަވީރު ނޫސް ޕޭޖުގެ ފަލަ ސުރުހީއަކަށް އިނީ ރިޝްވާން ކާމިލްގެ ގަޔަށް ވަޅިހަރާ މަރާލި ޚަބަރެވެ. “ހަވީރު އެކަންޏެއް ނޫން، ރާއްޖޭގައި ޚަބަރު ފަތުރާ ހުރިހާ ވަސީލަތެއްގެ ފަލަ ސުރުހީ އަކީ ވެސް ހަމަ މި ވާހަކަ، އަދި މިމީހުންގެ ވަރު ބަލާބަލަ، އެވާހަކަ އެދައްކަނީ އިތުރަށް ފޮނިތޮށި އާއި ކާފޫރު […]
ކަލާގެ ލޯތްބައް ކަލާގެ ލޯތްބައް އެދި އެދި ރޮނީ ކީއްވެ ކަލާ ބުނެދީބަލާށޭ މިހިތައް އަނިޔާ ނުދެއްޗޭ ކަލާ ރޮއްވާފަ ނުދާށޭ ކޮން ކަހަލަ މަޖުބޫރެއް ވީފަހެ ކަލާ، ކަލާގެ ލޯތްބައް އެދެމޭ ކީއްވެ ކަލާތިހެން ތިހަދަނީ
ހޯލު ތެރޭތިބި އެންމެން ތިބީ ވާނުވާ ނޭނގިފައެވެ. މީގެ ކުޑައިރު ކޮޅެއްކުރިން އެކި ކުލަ ކުލައިގެ ބޮކިތަކުން ދިއްލާފައި އޮތް ހޯލުތެރެއަށް މިހާރު ވެރިވެފައި ވަނީ ކަނު އަނދިރިކަމެވެ. އެރޭ ސެންޓްރަލް ހޯލުގައި ޑިއުޓީ އަދާ ކުރަމުން ދިޔަ މުއައްޒަފުންގެ ތެރެއިން ދެތިން މުއައްޒަފުން އަވަސްވެގަތީ ހޯލަށް އަވަހަށް ކަރަންޓު ހޯދާދެވޭތޯއެވެ. ކުޑައިރުކޮޅެއްގެ އަނދިރި ކަމަށްފަހު މުޅިތަން އަލިވެގެން ދިއުމާއެކު އިވުނީ އަންހެނެއްގެ ހަޅޭކުގެއަޑެވެ. ހަފްލާއަށް އައިސްތިބި އެންމެންގެ ނަޒަރު ހުއްޓިފައި ވަނީ ހޯލުގެ ކަނާތްފަރާތަށް ވާގޮތަށް […]