ސާޔާ މާހިލްއަށް ގުޅާލީ އެގަޑީގައި ހޭލާ އުޅޭނެ ކަމަކަށް ނޫނެވެ. ދެތިން ފަހަރަކު ފޯނު ރިންގުވިތަނާ މާހިލް ފޯނު ނަގައިފިއެވެ. މާގިނަ ވާހަކަތަކެއް ނުދައްކާ ސާޔާ ފޯނު ބޭއްވީ އަވަހަަށް ބޭރަން ނުކުންނަން ވެގެންނެވެ. ހަމީދު ގިނަގިނައިން އެގެއަށް އަންނަންފެށީ ސާޔާއަށް އޭނާގެ ނަޒަރު އަމާޒުވުމުންނެވެ. ހަމީދު އެގެއަށް އަންނަނީ އަސްލަމް ގޭގައި ނޫޅޭ ގަޑިތަކުގައެވެ. ޝިފާނާ ހީކޮންގެން ހުންނަނީ ހަމީދު އޭނާ ކައިރިއަށް އަންނަނީ ކަމަށެވެ. އެދުވަހު ސާޔާ ފެނުމަށްފަހު ހަމީދުއަށް ސާޔާ ވަރަށް ކަމުދިޔައެވެ. […]
ސާޔާ ވެއްޓެން ދަނިކޮން ހުޝިޔާރުކަމާއެކު މާހިލް ސާޔާ ހިފެހެއްޓިއެވެ. މާހިލް ސާޔާ އަތް ދަނޑި މައްޗަލައިގެންގޮސް ސޯފާގައި ބޭއްވިއެވެ. ވަށައިގެން ހޯދާލުމަށްފަހު ކާކޮޓަރިއަށްވަދެ ފެންފުޅިއެއް ހިފައިގެން އައިސް މާހިލް ސާޔާގެ މޫނަށް ފެންފޮދެއް ވިއްސާލިއެވެ. އިރުކޮޅެއް ވީތަނާ ސާޔާ ލޯ ހުޅުވާލާފައި ފުންމައިގެން ތެދުވިއެވެ. ކައިރީގައި އިން މާހިލް ފެނިިފައި ވިސްނާނުލައި ބާރަަކަށް މާހިލްގައިގައި އޮޅުލައިގަތެވެ. ކުއްލިއަކަށް ސާޔާ މިކުރިކަމަކުން މާހިލްވެސް ސިހުނެވެ. ނަމަވެސް މާހިލް ސާޔާ ދުރުކޮށްލާކަން ނޫޅުނެވެ. ސާޔާ ހަމައަކަށް އެޅިލުމުން ކުރެވުނު […]
އޯލެވެލް އިމްތިހާނުގެ ނަތީޖާ ލިބެން އޮތް ދުވަހު ސާޔާ ހުރީ އަތްފައި ފިނިވެފައެވެ. ދިހަ އަހަރު ދުވަހު ކުރި މަސައްކަތުގެ ނަތީޖާ ބަލާ ހިތުން ކެތްކުރެވެނީއެއްވެސްނޫނެވެ. މާމަތީ ވަނައެއް ނުލިބުނަސް ހުރިހާ މާއްދާއަކުން ފާސްވާން އޭނާ ބޭނުމެވެ. ސާޔާ ނަތީޖާ ނަގަން ދިޔައީ ތެޅިތެޅި އޮތް ހިތަކާއެކުގައެވެ. އަތަށް ނަތީޖާ ލިބުމާއެކު ލިބުނު އުފާ ބަޔާންކުރަން ދައްޗެވެ. އޭނާ އޮތީ ހުރިހާ މާއްދާއަކުން ފާސްވެފައެވެ. އުފަލުން ސާޔާ ގެއަށްއައީ ބައްޕަ އޭނާގެ ނަތީޖާއާއިމެދު ހިތްހަމަ ޖެހޭނެކަން […]
އަސްލަމް ހީކުރިވަރަށްވުރެ އަވަހަށް އޭނާއަށް އާތިކާއާއި ނުލާ އުޅެން އާދަވިއެވެ. އަސްލަމް ހުރީ މިކަމާ ވަރަށް ހައިރާންވެފައެވެ. އާތިކާދެކެ އެހާ ލޯބިވާއިރުވެސް އާތިކާ ނެތިގެން މާބޮޑަކަށް ދެރައެއް ނުވެއެވެ. އަސްލަމްއަށް ޝިފާނާ ކަމުދާންފެށީ ކީއްވެކަމެއް އޭނާއަކަށް ނޭނގުނެވެ. ޝިފާނާއަށް އަސްލަމްގެ ނަޒަރު އޭނާއަށް އަމާޒުވާތަންފެނި ހުންނަނީ އުފަލުންނެވެ. ޝިފާނާއަށް އެނާގެ ރޭވުން ކާމިޔާބުވިކަން އެނގުނީ އަސްލަމް އޭނާގެ މަންމައާ ދެއްކި ވާހަކަ އަޑުއިވުމުންނެވެ. އަސްލަމް ޝިފާނާއާއި ކައިވެނިކުރަން ބޭނުންވާކަމަށް ބުނެފައި އޭނާ އެކައިވެނި ކުރަނީ ސާޔާއަށްޓަކައިކަމުގައި ބުންޏެވެ. […]
ޝިފާނާ އާތިކާ ކައިރީގައި ދޮގެއް ހަދާލާފައި ނުކުތީ ހަމީދުއާއި ބައްދަލުކުރަން ދާށެވެ. ޝިފާނާ ހަމީދުއާ ބައްދަލުކުރީ ގެސްޓު ހައުސް އަކުންނެވެ.އެއީ ހަމީދު އެދެމީހުންނަން ހާއްސަކޮންގެން ހިފާފައި ހުރި ކޮޓަރިއެކެވެ. ޝިފާނާ އައިސް ވަތްތަން ފެނިފައި ހަމީދު ހުރިހާ ދަތްތައް ފެންނަ ވަރަށް ހިނިތުންވެލާފައި އައިސް ޝިފާނާގެ ގައިގައި ހިފާ ގެނެސް އެނދު މައްޗަށް ވައްޓާލިއެވެ. ޝަހުވާނީ އެދުމުން ފޯވެފައިތިބެ ދެމީހުން މަޖާ ނަގަމުން ދިޔަ އިރު ލަދާއި ބިރުގެ ކަންފުޅެއްވެސް ނުވެއެވެ. ޝިފާނާ ހެދުން ލައިގެންއައިސް ބެއްޔާއާއި […]
ތެޅިތެޅި އޮތް ހިތަކާއެކު އާތިކާގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ސާޔާ އެނދުމަތީގައި ނިދާލާފައި އޮތެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނީދެނެވެ. ކޮޓަރީގެ ދޮރު ލައްޕާލާފައި ނުކުތްތަނުން ޝިފާނާވެސް އަންނަތަން ފެނުނެވެ. ޝިފާނާގެ މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ. އާތިކާ ސުވާލުކުރުމުން ކަމެއް ނުވެއޭ ކިޔާފައި މައުޟޫ ބަދަލުކޮށްލިއެވެ. ޝިފާނާގެ މަންމަ މުހުސިނާ ނިޔާވީ ކުއްލިއަކަށެވެ. އޭނާއަށް އެވާ އުނދަގޫތަކުގެ އިތުރަށް އެހެން ބައްޔެއް ނުވެއެވެ. އެދަނޑިވަޅުގައި އެންމެ ބޮޑަށް ޝިފާނާއަށް އަޅައިލާ ހިތްވަރު ދިނީ […]
ފަސްވަރަކަށް އަހަރުގެ ކުޑަ އަންހެން ކުއްޖެއް ބޯޅައެއް ހިފައިގެން ދުވެދުވެފައި އުޅެއެވެ. އެކުއްޖާ އާއި ދެތިން ފޫޓެއް ދުރުގައި އެކުއްޖާގެ މައިންބަފައިން އިށީދެލައިގެން ތިއްބެވެ. އަންހެން ކުއްޖާގެ މޫނުން އުފާވެރި ހިނިތުންވުމެއް ފެންނަން ހުއްޓެވެ. ކުޅެން އުޅެމުންވެސް ދުރުގައިތިބި މަންމައާއި ބައްޕައަށް ބަލައިލަނީ މައުސޫމް ގޮތަކަށެވެ. ދަރިފުޅު ހީލާ ކޮންމެ ފަހަރަކު އެދެމީހުންގެ ހިތްފުރިގެންދެއެވެ. އަސްލަމްއާއި އާތިކާ ކައިވެނިކުރީ ރައްޓެހިވެގެން އަހަރެއްހާ ދުވަހު އުޅުމަށްފަހުގައެވެ. ދެމީހުންގެ އާއިލާގެވެސް ރުހުމުގައި ކައިވެނި ކުރެވުނު ނަމަވެސް ކައިވެންޏަށްފަހު އަސްލަމް […]
ހަޤީޤީ ހާދިސާ އެދުވަހު އަހަރެން ޔުނިވަރސިޓީގެ ފާހާނާ ތެރެއަށް ވަނީ އެފަދަ މަންޒަރެއް ފެނިދާނެ ކަމަކަށް ނޫނެވެ. އެހެނަސް، ﷲ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އަހަރެންނާ އެއްކޮށް ކިޔަވާ މާޒިން ނަމަކަށް ކިޔާ ސާޅީހަކަށް އަހަރުގެ ފިރިހެނެއް ފާހަނާ ތެރެއަށް ވެއްޓިގެން އެތަނަށް ބައިވަރު މީހުން ޖަމާވެފައި ތިއްބެވެ. “ކިހިނެއްތަވީ؟” އަހަރެން އެމީހުން ގާތު އެހީމެވެ. ” އޭނަ ނޭވައެއް ނުލާ. މުޅި ގައި ފިނިވެފަ. ހީވަނީ ދިރުމެއް ނެތް ހެން. ވަރަށް ނުބައިވަސް […]
މުޅި ކޮޓަރިތެރޭގައި ވަނީ އުދާސްކަމެވެ. ހަށިގަނޑު ތޮރުފާފަދަ ހޫނުކަމެކެވެ. ހަތަރުފަރާތުގައިވާ ފާރުން އާވި އަރާފަދައެވެ. ފަންކާ ނިއްވާލައިފާ ވުމުން މުޅި ކޮޓަރިތެރޭގައިވެސް ވަނީ ފޫހިކުރުވާފަދަ ހަމަހިމޭންކަމެވެ. ފަންކާގައި އެލުވާފައިވާ ދަންމަޅި ދެކޮޅަށް ހޫރިލަ ހޫރިލަ އިނެވެ. ހައިޝަމް ގޮނޑިއަކަށް އެރުމަށްފަހު އެ މަޅިއަށް ބަލަހައްޓައިގެން ހުރީއެވެ. އެ ދެލޮލުން ކަރުނައިގެ އަސަރުފެންނަމުން ދިޔައެވެ. މޫނުމަތި ވަނީ މިލާފައެވެ. އޭނާ މަޑުމަޑުން އެ މަޅި ކަރަށް މަހާލިއެވެ. ދެލޯ ފިއްތާ ބާރުކޮށްލިއެވެ. އެވަގުތު އެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތަށް […]