ޒަހުވާގެ ހިތްވަނީ ނުތަނަވަސް ކަމުން ފުރިފައެވެ. އޭނާގެ ޙަޔާތްވަނީ ބަނަވެ އަނދިރި ކަމުގެ ތެރޭގައެވެ. ފެންނަ ފެނުމަށް އޭނާވަނީ ދިރިއުޅުންމަތިން ފޫހިވެ އުންމީދުކަނޑާލާފައެވެ. އޭނާގެ ހިތް ބުނާކަހަލަ އެވެ. “އަހަރެން ދިރިހުންނަންވީ ކީއްވެ ހެއްޔެވެ؟ ދުނިޔޭގައި އަހަރެންނަށްޓަކައި އޮތީ ކޮން އެއްޗެއް ހެއްޔެވެ؟ އަހަރެންގެ ޙަޔާތް ވޭތުވެގެން ދިޔައީ ފާފަކުރުމުގައެވެ. ހިނގަމުން ދިޔަ މަގުން ވެއްޓޭނީ އަނދަވަޅަކަށްކަން އެނގިހުރެމެ އެމަގުން ހިނގީމެވެ. ހަވާނަފްސްގެ އެދުންތަކަށް ތަބާވެ ދުނިޔަވީ ޙަޔާތް އުޚުރަވީ ހަޔާތުގެ މައްޗަށް އަހަރެން އިސްކުރީމެވެ. އަހަރެންނަކީ […]
މިދުނިޔެއަކީ ވަގުތީ އާލަމެކެވެ. މި ފަނާވެދަނިވި ދުނިޔެ ދޫކޮށް އަހަރެމެން ދަތުރުކުރަން އޮތީ އަބަދަށް ދެމިގެންވާ ދާއިމީ ޢާލަމަށެވެ. މިދުނިޔޭގައި އަހަރެމެން ދިރިއުޅެން އޮތީ ވަރަށް ކުޑަކުޑަ ދުވަސްކޮޅެކެވެ. އަހަރެމެންގެ ޙަޔާތަކީ އެއްވެސް ގެރެންޓީއެއް ނެތް އެއްޗެކެވެ. މިއަދު ދުނިޔޭގައި ހުރިއްޔާ މާދަން ދުނިޔޭގައި ހުންނާނެކަމުގެ ޔަގީންކަން އޮތީ ކާކަށްހެއްޔެވެ؟ ނިދާން އޮށޯވެފައި މާދަމާ ހޭލަން ފޯނު އެލާމް ކުރާއިރު، މާދަމާ ހޭލެވޭނެ ކަމުގެ ޔަގީންކަން އިބައޮތް ހެއްޔެވެ؟ މަރަށް ތައްޔާރު ވެވިއްޖެ ހެއްޔެވެ؟ ދުނިޔޭގެ […]
“އަންހެން ދޮޅާ. އަމައްޔާތް! އެއްކަލަ ރަނޑު ދޯ އެހެރަދަނީ” އަވަސް ހިނގުމެއްގައި ސްކޫލަށްދިޔަ ޒައިން ފެނިފައި މަގުމަތީގައި ގޮތެއް ފޮތެއް ނެތިގެން އުޅޭ ގްރޫޕެއްގެ ކުއްޖެއް ގޮވާލިއެވެ. އެއާއިއެކު ދެނތިބި ކުދިންތައް ބާރަށް ހޭން ފެށިއެވެ. އެމީހުންގެ މަލާމާތައް ބެލުމެއްނެތި ޒައިން ބެލީ އަވަހަށް ސްކޫލަށް ދެވޭތޯއެވެ. މަގުމަތީގައި ގޮތެއް ފޮތެއް ނެތިގެން އުޅޭ ކުއްތާތަކެއްގެ އުސޫލުން ހިނގާހައި މީހަކާ ބެހި ދިމާކުރުމަކީ އެމީހުންގެ އާދައެވެ. އެފަދަ މީހުން ދައްކާ ވާހަކައަށް އަޅާލުމަށްވުރެ ނުލުން މާ ބުއްދިވެރިއެވެ. […]
ސްކޫލްގެ ބެލް ޖެހުމާއި އެކު ހުރިހާ ކުދިން ދުއްވައިގަތީ އަވަހަށް ކްލާހުން ނުކުމެގެން މަންމަ ކައިރިއަށްދެވޭތޯއެވެ. ސްކުލޫގެ ގޭޓުކައިރީގައި ދަރިންގެ އިންތިޒާރުގައި ތިބި ހުރިހާބެލެނިވެރިންގެ މޫނުމަތިންވެސް ފެންނަނީ ހިނިތުންވުމެވެ. ކޮންމެ ކުއްޖަކުވެސް އައިސް އެކުއްޖެއް ބަލާއައިސް ހުރިމީހާގެ އަތުހިފައިގެން ގެއަށްދާން ހިނގައިގަތެވެ. އެދުވަހު ސްކޫލުގައި ޓީޗަރު ކިޔަވައިދިން އެއްޗެހި ބެލެނިވެރިޔާއަށް ކިޔަދެމުންނެވެ. މިމަންޒަރު ބަލަން ދުރުގައި ހުރި އަލީގެ ލޯ ކަރުނައިން ތެންމާލީ އޭނާގެ ހާލާއިމެދު ވިސްނި ހިތަށްކުރި ފުންއަސަރަކުންނެވެ. ކިޔެވުމަކީ އަލީވެސް ވަރަށް ކުރާހިތްވާކަމެކެވެ. ޔުނީފޯމްލައިގެން […]