Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީ

ތައުބާ

Arupha Level 1
September 29, 2014 6 Mins Read
17 Comments

         މިދުނިޔެއަކީ ވަގުތީ އާލަމެކެވެ. މި ފަނާވެދަނިވި ދުނިޔެ ދޫކޮށް އަހަރެމެން ދަތުރުކުރަން އޮތީ އަބަދަށް ދެމިގެންވާ ދާއިމީ ޢާލަމަށެވެ. މިދުނިޔޭގައި އަހަރެމެން ދިރިއުޅެން އޮތީ ވަރަށް ކުޑަކުޑަ ދުވަސްކޮޅެކެވެ. އަހަރެމެންގެ ޙަޔާތަކީ އެއްވެސް ގެރެންޓީއެއް ނެތް އެއްޗެކެވެ. މިއަދު ދުނިޔޭގައި ހުރިއްޔާ މާދަން ދުނިޔޭގައި ހުންނާނެކަމުގެ ޔަގީންކަން އޮތީ ކާކަށްހެއްޔެވެ؟ ނިދާން އޮށޯވެފައި މާދަމާ ހޭލަން ފޯނު އެލާމް ކުރާއިރު، މާދަމާ ހޭލެވޭނެ ކަމުގެ ޔަގީންކަން އިބައޮތް ހެއްޔެވެ؟ މަރަށް ތައްޔާރު ވެވިއްޖެ ހެއްޔެވެ؟ ދުނިޔޭގެ މަޖަލާއި އުފަލުގައި އެއްވެސް ބިރެއް، ސިހެއްނެތި އުޅެމުންދާއިރު މަރާ މެދު ވިސްނާލަނީ ކިތައް ފަހަރު ހެއްޔެވެ؟ ދުނިޔަވީ މިފަދަ ޙަޤީޤަތް ތަކާއި، އެކިއެކި ސުވާލުތަކުން އަހަރެންގެ ސިކުނޑި ފުރިބާރުވާން ފެށުމުން ބޮލުގެ އިސްތަށިގަނޑުގައި ހިފައި ބާރު ކޮށްލެވުނެވެ. ސިކުނޑިއަށް ކުރަމުންދާބާރު ކުޑަކޮށްވެސް ކުޑަވޭތޯއެވެ. ނަމަވެސް އަހަރެންގެ ސިކުނޑިއަށް ހަމަޖެހުމެއް ނުލިބުނެވެ. އަހަރެންގެ ކަޅު މާޒީގެ ސަފުޙާތައް އަހަރެންގެ ކުރިމަތިން އުކެމުންދާ މަންޒަރު އަހަންނަށް ކެނޑިނޭޅި ސިފަވަމުން ދިޔައެވެ.

    **          **         **         **

       އޭރު އަހަރެންގެ އުމުރުން 15 އަހަރެވެ. ފުރާވަރުގެ އެންމެ ނާޒުކު ދުވަސްކޮޅެވެ. އަހަރެންގެ ޢާއިލާގައި ތިބެނީ އަހަރެންނާއި މަންމަ އެކަންޏެވެ. އަހަރެން ބޮޑުވަމުން އައީ މަންމަގެ ފުރިހަމަ ބެލުމުގެ ދަށުގައި މަންމަ ކައިރީގައެވެ. އަހަރެންގެ ބައްޕަ އަހަރެން ވަރަށް ކުޑައިރު ވަނީ ނިޔާވެފައެވެ. ވުމާއެކު ބައްޕަގެ ހަނދާން އަހަރެންގެ ސިކުނޑީގައި ހުންނަނީ ވަރަށް ފަނޑުކޮށެވެ. އޭރުން ފެށިގެން މަންމަ އަންނަނީ އާމްދަނީ ހޯދުމަށް ގޭގައި ހުރެގެން މަސައްކަތް ކުރަމުންނެވެ. މަންމައަކީ ފަހަން ވަރަށް މޮޅު މީހެކެވެ. ރަށުގެ ގިނަ މީހުންގެ ހެދުން ފަރުމާކޮށް ފަހައިދެނީ މަންމައެވެ. އެކަމުން މަންމަ އަށް ލިބޭ އާމްދަނީއިން ދެމީހުންނަށް ރަނގަޅަށް އުޅެވެއެވެ. މަންމަ އަހަރެންނަށް ކިޔައިދިން ގޮތުން އަހަރެންނާއި ވައްތަރީ އަހަރެންގެ ބައްޕައާއެވެ. އަހަންނަށް ލިބިފައިވާ ދޮންކަމާއި ދިގު އިސްކޮޅަކީ އަހަރެންގެ ބައްޕަގެ ފަރާތުން ވާރުތަ ކޮށްފައިވާ ސިފަތަކެކެވެ. އަހަރެމެންގެ އުމުރުންވެސް އެންމެ ދޮން އަދި އެންމެ ރީތި އެކަކީ އަހަރެންނެވެ. ހަށިގަނޑުގެ ބައްޓަންވެސް އެހާފުރިހަމަ އެވެ. ކްލާސް ފިރިހެން ކުދިން އަހަރެންނަށް ގޮވާ އުޅެނީ ހޫރުޕަރީ ގެ ނަމުންނެވެ. އެކަމާ އަހަރެން ވަރަށް “ތުއި” ވަމެވެ. އަހަރެންގެ ބުރުސޫރައާއި ހަށިގަނޑާމެދު ފަޚުރުވެރިވެރިވީމުއެވެ. ނަމަވެސް އެފަދަ ރީތި ސޫރައަކާއި ހަށިގަނޑެއް އަހަންނަށް ދެއްވި ﷲއަށް ޝުކުރުވެރިއެއް ނުވަމުއެވެ. އަހަރެން މިހާރު ބޮޑުވެއްޖެކަމާއި، އަންހެން ކުދިން ހަށިގަނޑު ނިވާކުރަންޖެހޭނެކަން އަހަރެންގެ މަންމަ އަބަދާއި އަބަދު އަހަރެންނަށް އަންގައި ނަސޭހަތް ތެރިވަމުން ދިޔައެވެ. އެކަމަކު މަންމަގެ ނަސޭހަތަށް އަހަރެން ދިނީ ބީރު ކަންފަތެކެވެ. ނަމާދުކޮށް، ޤުރުއާން ކިޔަވާ ދީނީ ކަންކަމަށް ފަރުވާ ބަހައްޓަން މަންމަ އަހަރެންގާތު އާދޭސްކުރެއެވެ. ނަމަވެސް މަންމަގެ އެއާދޭހަކުން އަހަރެންނަށް އެއްވެސް އަސަރެއްނުކުރެއެވެ.

           މިގޮތުގައި ދުވަސްތައް ފާއިތުވަމުންގޮސް އަހަރެންގެ އުމުރުން 16 އަހަރުވެއްޖެއެވެ. އުމުރުން 16 އަހަރުވީ ދުވަހު އަހަރެންގެ ރައްޓެހިން އަހަންނަށްޓަކައި ސަޕްރައިޒް ޕާޓީއެއް ބޭއްވިއެވެ. ރަށުގައި ހުންނަ މަތީފެންވަރުގެ ހޮޓަލެއްގައި ބޭއްވުނު އެޕާޓީގައި އަހަރެންގެ ގާތް ހުރިހާ ރަހުމަތްތެރިން ބައިވެރި ވިއެވެ. ހުރިހާ ރަހުމަތްތެރިންގެ ފަރާތުންވެސް ވަރަށް ރީތި ހަދިޔާ އަހަންނަށް ލިބުނެވެ. އެންމެ ކަމުދާ ހަދިޔާ އަހަންނަށް ދިނީ އަހަރެންގެ ޙަޔާތުގައި އަހަންނަށް އޭރު އެންމެ ޚާއްސަ ފަރާތް ކަމަށްވާ މިޒްޔަލްއެވެ. މިޒްޔަލް އަކީ އަހަރެންގެ 3ވަނަ “ބޯއީފްރެންޑެވެ”. އަހަރުމެން ރައްޓެހިވެގެން އުޅޭތާ އޭރު އެންމެ ދެމަހެވެ. ސަޕްރައިޒް ޕާޓީގެ ހުރިހާ ކަމެއްރޭވީ މިޒްޔަލް އެވެ. އަހަރެން ޤަބޫލުކުރިގޮތުގައި އަހަރެން ރައްޓެހިވި އެހެން ކުދިންނާ ޚިލާފަށް މިޒްޔަލް އާއި އަހަންނާ ހުރިހާ ގޮތަކުންވެސް ގުޅެއެވެ. އޭނާއަކީވެސް ރީތިކަމަށް މަޝްހޫރު ކުއްޖެކެވެ. އަހަރެމެންގެ ރައްޓެހިން ބުނާގޮތުން އަހަރެމެން ދެމީހުންނަކީ “މޭޑް ފޯ އީޗް އަދާރ ކަޕްލް” އެކެވެ. 2 މަސް ދުވަހުތެރޭގައި ދުރުނުވެވޭހާ ވަރަށް އަހަރެންނަށް މިޒްޔަލް ދެކެ ލޯބިވެވި ގާތް ވެވުނެވެ.

             މަންމަ އާދޭސްކުރާވަރުން ކެތްނުވެގެން އަހަރެން ބުރުގާއެޅީވެސް އަހަރެންގެ 16 ވަނަ އުފަންދުވަހުގައެވެ. ބުރުގާ އެޅިނަމަވެސް ދޫކޮށް ހެދުން އަޅައި ރީތިކޮށް ނިވާކަން ބޮޑުކޮށް ބުރުގާއެއް އަހަރެން ނާޅަމެވެ. އެއީ މިޒްޔަލްއަށްވެސް އަދި އަހަރެންގެ ރައްޓެހިންނަށްވެސް އެހާ ކަމުދާ ގޮތެއްނޫނެވެ. ބޮޑު ފޮތިފޭއްޔަކަށް އެރިގެން އުޅުމަކީ އަހަރުމެންގެ ނަޒަރުގައި ވަރަށް “އޮޑް” ގޮތެކެވެ. އެކަމަކު އަހަރެންގެ މަންމަ ބޭނުންވީ މުސްލިމް ޖިލްބާބުން އަހަރެން އަހަރެންގެ ހަށިގަނޑު ނިވާކުރާށެވެ. “ދެން މަންމަޔާހުރެ ކިހާ ބޮޑު ވެއްޖެ އުދަގުލެއް. ބުރުގާނޭޅިޔަސް ގޯސް. ބުރުގާ އެޅިޔަސް ގޯސް. އެއްވެސް މިނިވަން ކަމެއް ނެތެއްނު. މިގޭގެ ހަތަރު ފާރު ތެރެއަށް ވަނިއްޔާ އަބަދު އިވޭނީ ނަމާދު ކުރާށޭ، ޤުރުޢާން ކިޔާވާށޭ، ތިއުޅޭ ކުދިންނާ އެއްކޮށް ނޫޅޭށޭ، ރީތިކޮށް ހަށިގަނޑު ނިވާކުރާށޭ… ދެން ނޭގެ. ބޯ ހަލާކު ވެދާނެ. މަމިހާރު މިހުރީ ބޮޑުވެފަ. މަ އުޅޭނެގޮތް އިނގޭނީ މަށަށް. ރައްޓެހިންނަށް ގެންގުޅެންވީ މީހުންނާ ރައްޓެހިވާންވީ މީހުންވެސް ހޮވާނީމަ. މަ ނޫޅެން މީހުން ކިޔާއެއްޗެއް ބަލާކަށްވެސް. މައި ލައިފް. މައި ވޭ. މަމިއުޅެނީ ރަނގަޅަށް. މަންމަވެސް ތި މުސްކުޅި ޚިޔާލު ދޫކޮށްލާ.” މަންމަގެ ނަސޭހަތް ތަކާހެދި ބޯ ހަލާކުވެގެން މަންމައާއި ދެބަސްވެ އަރާރުން ވުމަށްފަހު ކޮންމެ ދުވަހަކުވެސް އަހަރެން ދަނީ ގެއިން ނުކުމެގެން މިޒްޔަލް މެންގެއަށެވެ. އެގޭގައި އަހަރެންނާ ދިމާއަށް އެއްޗެހި ކިޔާނެ މީހެއް ނުހުރެއެވެ. އެގޭގައި އުޅެނީ މިޒްޔަލް އެކަންޔެވެ.

           **       **         **           **

         މިޒްޔަލްގެ ޢާއިލާ ދިރިއުޅެނީ މާލޭގައެވެ. މިޒްޔަލް އަކީ ޢާއިލާގައި ހުރި އެންމެ ބޮޑު ފިރިހެންދަރިފުޅެވެ. ކިޔަވާ ނިމިގެން ރަށުން ރަނގަޅު ވަޒީފާއެއް ލިބިފައިވާތީ މާލެއަށްގޮސް މާލޭގެ ހަލަބޮލިކަމުގެ ތެރޭގައި އުޅުމަކީ މިޒްޔަލް ބޭނުންވާ ކަމެއްނޫނެވެ. އޭގެ އިތުރުން އޭނާ އެކަމަކަށްޓަކައި އެތަށްދުވަހަކު އިންތިޒާރުކުރި ކަންތައްވެސް އޭނާއަށް ވާންއޮތީ ރަށުގައި ހުރެގެންނެވެ. މިޒްޔަލްގެ އާއިލާ މީހުން ދެކޭ ގޮތުގައި އޭނާ އަކީ ބޮޑުވެފައިހުރި ކުއްޖެކެވެ. ހެވާއި ނުބައި ވަކިކުރަން އެނގޭނެއެވެ. އުމުރުން 23 އަހަރުވާއިރު ހުންނާނީ ދިރިއުޅެންވެސް ދަސްވެފައެވެ. އެހެންކަމުން އޭނާގެ ދިރިއުޅުމާމެދު ގޮތް ކިޔައި އަޅާލުމަކީ އެމީހުން ކުރަނޖެހޭކަމެއް ނޫނެވެ. ދަރިންނަކީ މައިންބަފައިންގެ ބޮލުގައި އެޅިފައި އޮތް ބޮޑު ޒިންމާއެއްކަން އެމީހުންވަނީ ހަނދާން ނައްތާލާފައެވެ. ދަރީންނާމެދު ޤިޔާމަތް ދުވަހުން ސުވާލުކުރެވޭނެކަންވެސް އެމީހުން ނުދެނަހުރިފަދައެވެ. މިޒްޔަލްގެ އަތުގައި ބޭނުން ވަރަކަށް ފައިސާ ހުރެއެވެ. ކައިބޮއި އުޅެނީ ހޮޓެލުންނެވެ. މަދު ފަހަރެއްގައި ބޮޑުދައިތަ މެންގެއަށް ކާން ހިނގައިދާނެއެވެ. ނޫނީ ގޭގައި އަމިއްލައަށް އެއްޗެށް ހަދާލައިގެން ކާލަފާނެއެވެ.

             މިޒްޔަލް އަހަރެންގާތު ބުނިގޮތުން އޭނާ ހަމައެކަނި ލޯބިވަނީ އަހަރެންދެކެއެވެ. އަހަރެންދެކެ އޭނަ ލޯބިވާންފެށި ދުވަސް އޭނާއަށްވެސް ހަނދާންނެތެވެ. އެކަމަކު ކުރިން އަހަރެން “ސިންގަލް” ނޫންވީމަ އޭނާގެ އިހްސާސްތައް އަހަރެންނަށް ސިއްރު ކުރީއެވެ. އަހަރެންގެ ލޯތްބަށްއޭނަ ވަރަށް ދިގު އިންތިޒާރެއް ކުރިކަމަށް އޭނަ ބުންޏެވެ. އަހަރެންގެ ހަނދާނުގައި ނުނިދާ އެތައްރެއަކު އޭނަ އޮންނަވާހަކަ އޭނަ އަހަރެންގާތު ބުނެއެވެ. އަހަރެންނަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއްވެސް ވާން އޭނާ ތައްޔާރަށް ހުރިކަން އޭނާ އަހަރެންނަށް ހާމަކުރަމުން ދިޔައެވެ. އެނޫންވެސް އެތައް ފޮނި ބަސްތަކުން އޭނާގެ މަޅީގައި އަހަރެން ޖައްސަމުން ދިޔައެވެ. އެ ފޮނި ބަސްތަކުގެ ފަހަތުގައި ފޮރުވިފައިވާ އެދުންތަކާމެދު އަހަރެންނަށް ރޭކާވެސް ނުލައެވެ. ރަށްޓެހިވެގެން އެންމެ ދެމަސް ވީއިރު އަހަރެން ދުވާލާއި ރޭގަނޑުގެ ބޮޑުބައި ހޭދަކުރަނީ މިޒްޔަލް މެންގޭގައެވެ. އޭނައާއި އެއް އެދެއްމަތީގައެވެ. އޭނާ ހިއްހަމަޖައްސައިދީ އުފާކޮށްދިނުމަށްޓަކައި އަހަރެންގެ އަބުރާއި ޢިތްޒަތް ވެއްޔާއި މޮޑެވިގެން ދިޔައިރުވެސް އެކަމާ އަހަރެން ލަދެއްނުގަތެވެ. ޒިނޭއަކީ ހަރާމް ކަމެއް ކަމާއި އެކަމަށް މަގުފަހިވާ ކަންކަމުންވެސް ދުރުހެލި ވުމަށް އަހަރެމެންގެ ދީނުގައި އަންގަވާފައިވާކަން މަންމަ އަހަރެންނަށް ބުނެދެމުން ދިޔައިރުވެސް އަހަރެންގެ ހިތައް ބިރުވެރިކަމެއް ނުވަދެއެވެ. މާތް ﷲގެ އަމުރުފުޅުތަކަށް ބޯލަނބައި އެކަލާނގެ ކޯފާއަށް ބިރުވެތި ވުމަށްވުރެ ބޮޑަށް އަހަރެންނަށް މުހިންމުވީ އަހަރެންގެ ލޯބިވެރިޔާ ހިންހަމަޖައްސައިދިނުމެވެ. އޭނާ އުފާވާނެހާ ކަމެއް އޭނާއަށް ކޮށްދިނުމެވެ. އެކަމަށްޓަކައި އަހަރެންގެ މަންމަ އަށް ދޮގުހަދައި އޮޅުވާލީމެވެ. ރައްޓެހި އަންހެންކުދިން ގާތު އަހަރެން ބަލާ އަހަރެންގެ ގެއަށްއައުމަށް އެދެމެވެ. އެމީހުންނާއެކީ ބޭރަށްނުކުތުމަށްފަހު މިޒްޔަލް މެންގެއަށްގޮސް އޭނާއާއެކު ލޯބީގެ ގުލްޝަނުގައި މާތައް ފޮޅުވަމެވެ.

             އެއްވެސް ބިރެއް ސިހެއްނެތި ފާފައާއި މަޖަލުގައި އަހަރެންގެ ދިރިއުޅުން ވޭތުކުރަމުން ދިޔައީމެވެ. ރައްޓެހިވެގެން އުޅޭތާ 7 މަސްދުވަސް ވީއިރު މިޒްޔަލް އަހަންނާ ދުރަށްދާން ފަށައިފިއެވެ. އޭނަ އެހެން އަންހެން ކުއްޖަކާ ރައްޓެހިވެގެން އުޅޭވަހަކަ ދެކެވޭ ކަމަށްވެސް އަހަރެންގެ ގާތް ރަހުމަތްތެރިއެއް އަހަރެން ގާތު ބުންޏެވެ. އަހަރެން މިޒްޔަލް އާ އެސުވާލުކުރުމުން އޭނާ އަހަރެންނަށް ދިންޖަވާބުން އަހަރެންގެ ހިތް ކުދިކުދި ވިއެވެ. “ތިކަހަލަ ގޮތެއް ފޮތެއް ނެތް ބަޑި އަކާއެކު ގިނަ ދުވަހު އުޅޭނީ ކާކު. މަ މަންޖެއާ ރައްޓެހިވީ އެންމެ މަގްސަދެއްގައި. އެކަން މަށަށް ހާސިލްވެއްޖެ. ދެން މަ ނޫޅެން މަންޖާއެކު އުޅޭކަށް. އިޓްސް އޯވަރ. އޯކޭ؟” މިޒްޔަލްގެ ދުލުން އެއިވުނު ބަސްތަކުން ހުއްޓި ގަބުވެފައި އެތަށްއިރަކު އަހަރެން ހުރީމެވެ. އަހަރެނަށް އެހެން ނެހެދުމަށް އެދި ރޮއިއާދޭސް ކުރީމެވެ. އެކަމަކު މިޒްޔަމް އަހަރެންނަށް ރަހުމެއް ނުކުރިއެވެ. އަހަރެން ކަހަލަ “ތުންފުއްސަކާ” އެކު އޭނާނޫޅޭނެ ކަމަށް ބުންޏެވެ. ލިބުނު ނާކާމިޔާބީއިން ދެރަވިވަރުން އަހަރެން އެބުރި ގެއަށް ދިޔައީ މިޒްޔަލް ގާތަށް އާދޭސްކުރަން ނާންނަން އަޒުމް ކަނޑައަޅައިގެންނެވެ.

             މިޒްޔަލްއާ ރުޅިވިތާ އެއްމަސް ވީއިރު އަހަރެން ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. އެއްވެސް އެއްޗެއް ނުކެވެއެވެ. ކާހާ އެއްޗެއް ދަނީ ހޮޑަށެވެ. ހާލުދެރަވެގެން އަހަރެން ހޮސްޕިޓަލުގައި އެޑްމިޓް ކުރިއެވެ. އަހަރެންގެ ޓެސްޓްތަކެއް ހެދުމަށްފަހު ޑޮކްޓަރު ހިނިތުންވެފައި އައިސް ދިން ޚަބަރުން އަހަރެންގެ ހިތް ނުހުއްޓުނީކިރިޔާއެވެ. އަހަރެންގެ މަންމަ އަށް އެއަޑުއިވިފައި ލިބުނުޝޮކުން އެއްވެސް ހަރަކާތެއްނުކޮށް ހުއްޓިފައި އެތައްއިރެއްވަންދެން ހުއްޓެވެ. އަހަރެން ބަނޑުބޮޑުވީއެވެ. އެކަކު ޤަބޫލު ނުކުރިޔަސް އެއީ މިޒްޔަލް ގެ ދަރިއެކެވެ. އޭނާ އެކަމަށް އެއްބަހެއް ނުވާނެއެވެ. އެއްބަސް ވުމަށްއެދި އޭނާކައިރިއަށް ދާކަށްވެސް އަހަރެން ބޭނުމެއް ނުވިއެވެ. އެހާ ޅައުމުގައި އަހަރެންނަށް ކުރިމަތިވި އެ ކަންތައްގަނޑުގެ ސަބަބުން އަހަންނާއި އަހަރެންގެ މަންމައަށް އެތަށް ލަދަކާއި މީހުންގެ ނުރުހުން ރައްދުވިއެވެ.

         މަންމަ އަހަރެންދެކެ އައި ރުޅިން އަހަރެންނާ ރިތިކޮށް ވާހަކަ ނުދައްކާ އެއްހަފްތާ ވާންދެން ހުއްޓެވެ. އަހަރެންނަށް އަހަރެންގެ ރައްޓެހިންތައް ގެއްލުނެވެ. އެބަޔަކަށްޓަކައި މަންމަގެ ނަސޭހަތައް ބީރުކަންފަތް ދިން ރައްޓެހިންނާއި ލޯބިވެރިޔާ އަހަރެންނަށް ފަސްއެނބުރި ބަލާވެސްނުލައެވެ. އަހަރެންނަށް އެހީވެ ހިއްވަރުދޭންވެސް ހުރީ ހަމައެކަނި އެ މަންމައެވެ. އެ މަންމައަކާ ހެދި އުނދަގޫވެގެން، ބޮލަށްނުކުޅަދާނަވެގެން އުޅުނު މަންމައެވެ. މަންމަގެ ނަސޭހަތަކީ ކިހާ މުހިންމު އެއްޗެއްކަން އަހަރެންނަށް ވިސްނުނީ ދެނެވެ. މަންމަގެ ރައްޓެހިން އަހަރެންގެ ދަރިފުޅު “އެބޯޓް” ކޮށްލުމަށް މަންމަގާތު ބުންޏެވެ. އެކަމަކު މަންމަ އެކަމަށް އެއްބަހެއް ނުވިއެވެ. މައިމީހާގެ ފުރާނައަށް ގެއްލުން ނުވާހާ ހިނދަކު ދަރިފުޅު އެބޯޓް ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އެއީ ދިރިހުރި ފުރާނައެއް މަރާލުން ފަދަ ކަމެކެވެ. ދުނިޔަވީ ލަދާހުރެ މައުސޫމްއެއްގެ ފުރާނަ ދުއްވާލުމަކީ މަންމަ ޤަބޫލުކުރާ ގޮތެއްނޫނެވެ. އަހަރެންނަށް ކުރެވުނު ފާފައިގެ މައްޗަށް އިތުރު ފާފައެއް ކުރުވާކަށް މަންމައެއް ބޭނުމެއް ނުވިއެވެ.

       މަންމަގެ އެނިންމުމަށް އަހަރެން އެއްބަސްވީމެވެ. އެދުވަހުން ފެށިގެން އަހަރެންގެ ޙަޔާތް އާފެށުމަކުން ފަށަން އަހަރެން ޢަޒުމް ކަނޑައެޅީމެވެ. ދީނަށް ލޯބިކުރާ ދީންވެރި ކުއްޖަކަށް ވުމަށް މަސައްކަތް ކުރުމަށް އަތުކުރި އޮޅާލީމެވެ. އެކަމުގައި މަންމަގެ އެހީތެރިކަމާ އެއްބާރުލުން އަހަރެންނަށް ވަރަށް ބޮޑަށް ލިބުނެވެ. އިސްލާމް ދީނުގައި އަންހެނުންގެ މާތްކަމާއި މަތިވެރިކަން އަންގައިދޭ އެތަށްލިޔުމަކާއި ވީޑިއޯއެއް އަހަރެން ބެލީމެވެ. ނަމާދު ކުރުމާއި ޤުރުޢާން ކިޔެވުމުގެ މުހިންމުކަމާއި، ޒިނޭއާއި ބަދު އަޚްލާޤީ ޢަމަލު ހިންގުމުގެ ނުބައި ކަމާއި އެކަމުގެ ސަބަބުން ލިބޭ ވޭންދެނިވި ޢަޛާބު އަންގައިދޭ ދަރުސްތަކާއި ލިޔުންތައް އަޑުއަހައި ކިޔައިހެދީމެވެ. އަހަރެން ބަރާބަރަށް ނަމާދު ކުރާން ފެށީމެވެ. ޤަވާއިދުން ޤުރުއާން ކިޔަވާ ސުންނަތް އަޅުކަންވެސް ކުރާންފެށީމެވެ. އިސްލާމީ ރިވެތި ޖިލްބާބުން އަހަރެންގެ ހަށިގަނޑު ނިވާކުރީމެވެ. މާތް ﷲ އެކަލާނގެ އެކި އަޅުތަކުންނަށް ތެދުމަގު ދައްކަވަނީ އެކި ގޮތް ގޮތަށެވެ. އަހަރެންނަށް ކުރެވުނު ހަޑިހުތުރުކަންބޮޑު ފާފައިގެ ސަބަބުން ކުރިމަތިވި ދަތިއުދަގޫތަކާއި ހިތްދަތިކަންވީ ހެވާއި ނުބައި ދެނެގަންނަން އަހަންނަށް ލިބުނު ފުރުސަތަކަށެވެ. އަހަރެންނަށް ކުރެވުނު ފާފަތައް ފުއްސަވާދެއްވުން އެދި ﷲގެ ހަޟުރަތުގައި ރެއާދުވާލު އަހަރެން ދުޢާކުރަމެވެ. ކުރެވުނު ފާފަތަކާމެދު ވިސްނާ ރޮއި ނުހަދާ ރެއެއް ނުދާނެއެވެ. ކޮންމެ އިންސާނަކަށްވެސް ފާފަކުރެވޭނެއެވެ. ފާފަކުރެވުމުން ތައުބާވުމަކީވެސް އޮތް ކަމެކެވެ. ތަޢުބާވުމުގެ މާނައަކީ އެކަމާ ދެރަވެ، ދެން އެ ފާފަ އަލުން ތަކުރާރު ނުކުރުމެވެ. ފަހުން ތައުބާވުމުގެ ނިޔަތުގައި ފާފަކުރުމުގައި ދެމިހުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. އެހެނީ އެ އިންތިޒާރުކުރާ “ފަސް” އަންނާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެވެ. އަހަރެންނަށް ތައުބާވުމުގެ ފުރުސަތު ލިބުނު ކަމަށްޓަކައި ﷲއަށް ތާއަބަދު ޝުކުރުވެރިވަމެވެ.

**             **            **             **

ޚިޔާލީ ދުނިޔެއިން އަހަރެންނަށް ހޭވެރިކަންވީ ކުޑަކުޑަ ކުއްޖެއް މަންމާއޭ ކިޔާފައި ގޮވާލުމުންނެވެ. އެއީ އަހަރެންގެ ލޯބިވާ ދަރިފުޅު މާހިލްއެވެ. މާހިލްގެ ފަހަތުން ގެއަށްވަތް މަޢާޒު ފެނުމުން އަހަރެންގެ ހިތަށްނޭނގޭ ފިނިކަމެއް ލިބި ބޮލުގެރިހުންވެސް ފިލާދިޔަކަހަލައެވެ. އެއީ އަހަރެންގެ ލޯބިވާ ފިރިމީހާއެވެ. އޭނާ ލޯބިވީ އަހަރެންގެ ރީތި ސިފަ ދެކެ އެއްނޫނެވެ. ރީތި އަޚްލާގުދެކެއެވެ. އޭނާ އަހަރެންގެ ކިބައިން ބޭނުންވީ ދުނިޔަވީ އުފަލެއް ހާސިލް ކުރާކަށްނޫނެވެ. އަހަރެން ބޭނުންވެގެން އޭނާއައިސް އެދުނީ އަހަރެންގެ މަންމަ ގާތުގައެވެ. ދީނީ ގޮތުން ބެލިޔަސް އަޚްލާގީ ގޮތުން ބެލިޔަސް މަޢާޒު އަކީ ރަނގަޅު ޒުވާނެކެވެ. އަހަރެން މަޢާޒުއާ ކައިވެނީގެ ގޮތުން ގުޅުނީ މާހިލް ލިބުނުތާ 5 މަސް ވީފަހުންނެވެ. މަޢާޒްގެ ފަރާތުން މާހިލް އަށް ބައްޕައެއްގެ ލޯބި ލިބުނެވެ. އަދި އަހަރެންނަށް ފިރިއެއްގެ ލޯބި ލިބުނެވެ. އެފަދަ ހެޔޮލަފާ ޞާލިޙް ފިރިއެއް ލިބުމަކީ ކޮންފަދަ ނަސީބެއްހެއްޔެވެ؟

         އަހަރެންނާ މަޢާޒު އިދެގެން އުޅޭތާ މިހާރު ދެއަހަރުވެއްޖެއެވެ. މަޢާޒު އަކީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރުމަށް އަހަރެންނަށް އެއްބާރުލައި ނަސޭހަތްތެރިވާ ފިރިއެކެވެ. ލޯބި ވުމަކީ ހަމައެކަނި ބޭނުންހައި އެއްޗެއް ގަނެދީ ފައިސާ އިން ޚަރަދު ކޮށްދިނުމެއްނޫނެވެ. ތިބާ ދެކެ ޙަޤީޤީ ލޯބިވާ މީހެއް ތިބާދެކެ ލޯބިވާނީ ﷲ އަށްޓަކައެވެ. އެމީހެއް ﷲ އަށް ބިރުވެތި ވާނެއެވެ. އަދި ﷲއަށް ބިރުވެތި ވުމަށް ތިބާއަށް ނަސޭޙަތްތެރިވެސް ވާނެތެވެ. މިޒްޔަލް ފަދައިން ދުނިޔެވީ އުފާ ހޯދަން މަސައްކަތް ކުރާނީ ތިބާދެކެ ލޯބި ނުވާ މީހުންނެވެ. އާޚިރުގައި އެމީހުން ތިބާ ބޭކާރު ކޮށްލާނެއެވެ. ވީމާ ދިރިއުޅުމަށް ބައިވެރިއަކު ހޯދާއިރު ހަމައެކަނި އޭނާގެ ސިފައަށް ނުބަލާށެވެ. އޭނާގެ އަޚުލާޤު މާމުހިންމެވެ. ފާފައެއް ކުރުމަށް ތިބާއަށް ދަޢުވަތުދޭ މީހަކީ ތިބާދެކެ ހަޤީޤީ ލޯބިވާ މީހެއްނޫނެވެ. ޙަޤީޤީ ލޯބިވާނަމަ ފާފަތަކުން ދުރުހެލިވެ ތަޢުބާވުމަށް އޭނާ ނަސޭހަތްތެރިވާނެއެވެ.

       އޭ ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. ތައުބާވާށެވެ. ނޫނީ މާ ލަސްވެދާނެއެވެ. ދުނިޔަވީ އުފާލާ މަޖަލަށް ހެއްލިގެން އުޚުރަވީ ޙަޔާތް މަތިން ހަނދާން ނައްތާލައިގެން އުޅެނިކޮށް މަރު ތިބާއާ ކުރިމަތިވެދާނެއެވެ. ވަގުތު ފާއިތު ނުވަނީސް ތައުބާވެ ﷲގެ މަގަށް ރުޖޫޢުވާށެވެ. ކާމިޔާބީ ލިބޭނީ އޭރުންނެވެ.

ނޯޓް: މިއީ “ސަން ކިޔުންތެރިން”ގައިވެސް ޕޯސްޓް ކޮށްފައިވާ އަޅުގަނޑުގެ ވާހަކައެކެވެ.

Share Article

Follow Me Written By

Arupha

Level 1

Other Articles

Previous

ނިމުމެއްނުވާ ލޯބި…

އެލީޝާ
Next

އެލީޝާ

Next
އެލީޝާ
October 5, 2014

އެލީޝާ

Previews
September 25, 2014

ނިމުމެއްނުވާ ލޯބި…

17 Comments!

  1. Nabee says:
    September 30, 2014 at 8:28 am

    Rangalhu story eh vima ehves kuhjjakuves comment nukurey dho. Vvvvvvvv nice this story.

  2. me says:
    September 30, 2014 at 9:59 am

    v iburaytheri nice story eh. keep it up

  3. MANSHA says:
    September 30, 2014 at 1:51 pm

    great one..

  4. saraa says:
    September 30, 2014 at 3:10 pm

    nikan reethi… vrah bodu thedheh eiii,,,,, visney iru onnaany maruge thun faiy mathyga….. eyrah vaane kameh noannaane…. kiyunya kiyaigen nukiyunyya nukiyaa shahaadhath maruvaan v

  5. my self says:
    September 30, 2014 at 4:32 pm

    ހަމަ އަސްލު ވާހަކައެއްތަ؟ ހަޤީޤަތެއްތަ؟

  6. Shadhi says:
    September 30, 2014 at 8:53 pm

    V ibrehtheri vaahakaeh… mivaahaka kiyalan libuneethee thanks

  7. heyoedhey says:
    October 1, 2014 at 3:08 pm

    thibaa a heyo magu dhekkeveethee Allah a shukuru dhannavan. thi magu gai saabithuvuma hiyvvaru kuraathi.

  8. ArUFa says:
    October 1, 2014 at 3:34 pm

    jazaakiAllaah khair all. mee hageegee vaahakaeh nun 🙂

  9. Gems says:
    October 1, 2014 at 10:00 pm

    Varah reethi vaahaka. Hithaamayakee aharemenah gaafil kamun dhuru nuvevey kann. Allah alhamennah thedhu magu dhahkavaashi. Aameen

  10. mm says:
    October 2, 2014 at 12:25 pm

    ދެރައީ ހަޤީޤީވާހަކައެށް ނޫން ވީމަ… ވަރަށް އިބުރަތްތެރި

  11. maya says:
    October 3, 2014 at 9:42 am

    Varah reethi mi vaahaka.. keep it up Arupha..♡♥♥♥♡ 😀 😀 😀 😉 😉

  12. Shuhu says:
    October 5, 2014 at 11:18 am

    v iburaitheri vaahakaeh.. mizamaanuga miulhey kudhinnah mifadha vaahakathah vaany jokakah.. emeehunnah dhen mee v odd kameh.. keehkuraany dho! heyogoeh visni heyomagah enbureynenama kithammehaaves rangalhu!:-)

  13. kailyn says:
    November 11, 2014 at 10:53 pm

    V reethi vaahaka eh…. Asluves… Aharemenkahala teenage umuruge kudhinnaa v gulhey vaahaka eh…. I wish Maldives gai ulhey zuvaan kudhin mikahala vaahaka thah kiyaa, gaboolukoh islaahu vaaneykamah. Mikahala vaahaka eh shaairu kurevveethee v bodah shukuriyya…

  14. reader says:
    December 1, 2014 at 10:40 am

    vv nice vaahaka eh…maasha Allah

  15. anth says:
    July 7, 2015 at 9:44 pm

    Ibrathun furigen vaa reethi vaahaka eh.

  16. Aaaeeee says:
    August 17, 2015 at 3:24 pm

    Nice

  17. Aree says:
    February 17, 2018 at 4:15 pm

    vv nice vaahakaeh…..

Comments are closed.



All Right Reserved!