އާޅެން ކުނިބުނި އިސްމާއީލް ޢަލީ ކަނދޮޅުދޫ ބޮޑު ރޯގާއެއްފަދަ ބޮޑު ކަމެކެވެ. އިންސާނުންނަށް އެކަންޏެއް ނޫނެވެ. ހުރިހާ ދިރޭ ތަކެއްޗަށް ރިހުން ލިބޭ ކަމެކެވެ. ބޭނުން ނެތުނީމާ އުކާނުލާ ވާނެގޮތެއްނެތެވެ. އުކާލާ ތަކެތި މަދުކުރުމީ ޙައްލެކެވެ. ނުފެންނަ ހިސާބަށް އެޅިޔަސް ނެތް އެއްޗަކަށް ނުވާނެއެވެ. އޭގެ އަސަރު ކޮންމެވެސް ބަޔަކަށް ފޯރާނެއެވެ. އުކާލާ ތަކެތީގެ ބޭނުން ހިފަމާ ހެއްޔެވެ؟ ޕްލާސްޓިކު ކޮތަޅާއި ނުލައި ބާޒާރު ކުރަމާހެއްޔެވެ؟ އުކާލެވޭ ބައެއްތަކެއްޗަކީ ކާދެވެ. އުކާލެވޭ ބައެއްތަކެއްޗަކީ ގަހަނާއެވެ. އިސްރާފް ކުރުމީވެސް […]
ކައިރީގައި ހުރި އައިޒަން ހުރީ ހިނިތުންވެލައިގެން އިހްސާންއާއި ދިމާއަށްބަލާށެވެ. އައިޒަން ބޮލުން ކޮށްލި އިޝާރާތާއިއެކު ތިން ޕޮލިހުން ގޮސް އިހްސާން އާއި ހަނާން އާއި ޝާނާގެ އަތުގައި ބިޑި އަޅުވައިލިއެވެ. ތިން މީހުންވެސް މާ ގަދަ ހަދާކަށް ނޫޅެއެވެ. ”އަދި އެބޮތް ދޯ ނޭނގޭ ކަމެއް؟” އައިޒަން މާނަ ފުން ގޮތަކަށް ބުނެލިއެވެ. ”ހައިޝަމް ކަލޭއާއި އެކު މަސައްކަތް ކުރަން ފެށީ މަ ބުނެގެން…. ސަބަބަކީ ހައިޝަމްއަކީ ސީކްރެޓް އިންވެސްޓިގޭޓާރ އަކަށްވީމަ..މަ އެކްސިޑެންޓު ވީ ވެސް ހައިޝަމްއަށް އެވާހަަކަ އެއްކޮށް ކިޔާދީފައި އޮއްވަ.. ހުރިހާ އެއްޗެއް ކިޔާދީ ނިމުނު ފަހުން.. މަ މިހުރިހާ ދުވަހު ކުރަމުން އައި މަސައްކަތް ކާމިޔާބު ވެއްޖެ..” އައިޒަން ދިޔައީ ހުރިހާ ހަގީގަތެއް ހާމަކުރަމުންނެވެ. އޭނާއަށް މިއަދު ނިފްޝާއަށް އިންސާފު ހޯދާދެވުމުން ހުރީ އެހައިމެ އުފާވެސް ވެފައިއެވެ. ”މަށަށް ހީވިއޭ ހައިޝަމް ކަލޭ މަފަހަތުން އުޅުނީ ކޮންމެވެސް ބޭނުމެއްގައޭ…” އިހްސާން ތެޅިފޮޅެން ފެށިއެވެ. ހީވީ މޮޔަވެފައި ހުރިމީހެއްހެންނެވެ. ”ހެހެހެެހެ.. ދެން ކިތަންމެ ވަރަކަށް ތިހެން ކިޔަސް ސަލާމަތެއް ނުވެވޭނެ..” ހައިޝަމް ހެމުން ބުނެލީ އިހްސާން ރުޅި އަރުވާލުމުގެ ބޭނުމުގައެއްނޫނެވެ. ނަމަވެސް އިހްސާން އައީ އަމަށަކު ރުޅިއެއްނޫނެވެ. ”އާދޭ ދާން” އައިޒަން އެހެން ބުނުމާއިއެކު އެންމެން އެތަނުން ނިކުންނަން ހިނގައިގަތެވެ. އިހްސާން ދިޔައީ ސަލާމަތްވާން އެކި މަސައްކަތް ކުރަމުންނެވެ. ނަމަވެސް އޭނާއަށް ސަލާމަތްވެވޭނެ ހެއްޔެވެ؟ ތިން މީހުންނާއިއެކު އެތާ ތިބި ހުރިހާ ފުލުހުން ގޮސް އެމީހުންގެ ޖިޕަށް އެރިއެވެ. ނަމަވެސް އައިޒަން އާއި ހައިޝަމް ދިޔައީ އައިޒަންގެ ސައިކަލުގައިއެވެ. ދެ މީހުންގޮސް އެރީ ކޮފިއަކަށެވެ. ”ހައިޝަމް ވަރަށް ބޮޑަށް ތޭންކްސް.. ހައިޝަމްގެ އެހީއާއި ނުލައި މަށަށް މިކަން ނުވެސް ވާނެ… ތޭންކްސް އަ ލޮޓް…” އައިޒަން ދިޔައީ ހައިޝަމް ކޮށްދިން ކަންތަކަށް ފަށްފަށުން ޝުކުރުއަދާކުރަމުންނެވެ. ހައިޝަމް ވެސް އެއީ އެއްވެސް ކަމެއް ނޫނޭ ކިޔާފައި ކޮފީ ބުއިމާގެން ކުރިއަށް ދިޔައެވެ. ”އައިޒަން.. ދެން އަވަހަށް އިންނަންވީނުން.. މިހާރު ކުށްވެރިންވެސް ހޯދުނީނުން.. ގެއްލިދާނެ ލަސް ކުރަން ހަދައިގެން..” ހައިޝަމް ކޮފީން އެތިކޮޅެއް ބޯލިއެވެ. އައިޒަން ފެށީ ހޭށެވެ. ވަކި އެއްޗެކޭ ނުބުނެއެވެ. ދެމީހުން އެގޮތުގައި ތިބެ ކޮފީ ބޮއި ނިންމާފައި ގެއަށް ދާން މިސްރާބު ޖެހިއެވެ. ހައިޝަމްވެސް ދިޔައީ އައިޒަން އާއިއެކު އައިޒަންމެންގެ ގެއަށެވެ. ”މަންމާ.. ބައްޕާ.. އާދެބަލަ.. ވާހަކައެއް ބުނަން..” އައިޒަން ގެއަށް ވަނެފައި ގޮވަން ފެށީ އޭނާގެ މަންމަ އާއި ބައްޕައަށެވެ. ހީވާގޮތުން މިއަދު ވީ ކަންތަކުގެ ވާހަކަ ބުނަން އުޅެނީ ކަންނޭގެއެވެ. ”ކިހިނެއްވީތަ ދަރިފުޅާ… ތަނެއްގަ ރޯވީތަ؟ ކިހިނެއްވެފަ ތިހުރީ ތުންފަތަށް؟ މުޅިގައިގައި ކިލާއެއްނު ތިހުރީ.. ކޮންތާކު އުޅެފައި ތިއައީ؟” އުސްވާ އެއްފަށްޗަކަށް ހުރިހާ ސުވާލެއް އަމުނާލިއެވެ. ދެވަނަ ފަހަރަށް އައިޒަންއަށް ކަމެއް ވާކަށް އުސްވާ ނޭދެއެވެ. ”ތެދެއް ދަރިފުޅާ.. ކިހިނެއް ވީތަ؟” ހުޒާމުވެސް ހާސްވެފައި ހުރިވަރުން ސުވާލުކުރިއެވެ. ”އަޅުގަނޑު މިއައީ ނިފްޝާއަށް އެހެން ހެދި މީހުން އަތުލައިގަނެފައި.. އަދި އަޅުގަނޑަށް އެހެން ހެދި މީހުންވެސް..” އައިޒަން ވާހަކަ ދައްކަން ފެށިއެވެ. ”ހައިޝަމް އެއީ ތެދެއްތަ؟ އަލްހަމްދުލިއްލާހް..” ހުޒާމްވެފައި ހުރި އުފަލާއިއެކު ގަބޫލުނުކުރެވިފައި އިނދެ ބުނެލިއެވެ. ”އާން ބޭބޭ.. އެކަން ވެއްޖެ.. ދެން އޮތީ އައިޒަންގެ ކައިވެނި އެއްނު…” ހައިޝަމް އައިޒަންއާއި ދިމާއަށް އެއްލޯ މަރައިލައިފައި ބުނެލިއެވެ. އެވަގުތު އައިޒަން ޖަހާލީ އިސް ދަށަށެވެ. ”އާން ދެން އޮތި ތި ކަމެއްނު.. ދޯ ދަރިފުޅާ.. އަވަހަށް އިނާޝާ އަށް އަންގަންވީ.. އެކަމަކު ކިހިނެއް ދަރިފުޅުމެން އިހްސާންމެން.. އުސްވާވެސް ހުރީ ވަރަށް އުފާވެފައިއެވެ. އައިޒަން އެމީހުން ކުރި ކަންތަކުގެ ވާހަކަ ދިޔައީ އަލިފުން ޔާއަށް ކިޔައިދެމުންނެވެ. ހުރިހާ ވާހަކައެއް ކިޔާއިދީ ނިމުމާއިއެކު އުސްވާ ދެން އަވަސްވެގަނީ އިނާޝާއަށް އެހަބަރުދޭށެވެ. އިނާޝާއަށް ވެސް ވީ އުސްވާއަށް ވީވަރެވެ. އައިޒަން އަދި ހައިޝަމް އެވާހަކަ ސިމާލުއަށް ކިޔާދިނުމުން އޭނާ ކުރީ ޝަކުވާއެވެ. ސިމާލު ކައިރީ ބުނެނުލައި ހުރިހާ ކަމެއް ކުރީމައެވެ. އެންމެންވެސް ދެން އަވަސް ވެގަނީ އައިޒަންއާއި ނިފްޝާގެ ކައިވެންޏަށެވެ. ** އެއް ހަފްތާ ފަސް** ކަޅު ކުލައިގެ ފަޓުލޫނަކާއިއެކު ހުދު ކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ކޯޓެއް ލައިގެން ހުރި އައިޒަން އެހާވެސް ފުރިހަމައެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައިވާއިރު ތުނި ކޮށް ފަޅާފައިވި ތުނބުޅިން އައިޒަންގެ ފިރިހެންވަންތަ ކަމާއެކު އަދި އެ ފުރިހަމަކަންވެސް އިތުރު ކޮށްދެެއެވެ. ބަަލައިލަން ކިތަންމެހާވެސް ރީއްޗެވެ. ”އައިޒަނޫ…. މިރޭ ހާދަހާވާ ރީއްޗޭ… ޔަގީން ނިފްޝާގެ ކަޅި އެހެން ފަރާތަކަށް އަބުރާވެސް ނުލައިނެކަން..” އައިޒަން ސިއްސައިގެން ދިޔައީ ސިމާލު އާއި ހައިޝަމް އައިސް ވާހަކަދައްކަން ފެށުމުނެވެ. ”ހޫން.. ދެން ހެވޭ..” އައިޒަން ރަކިވެފައި އިނދެ ބުނެލިއެވެ. ”ހައިޝަމް.. މަށަކަށް ހިޔެއްނުވެ ދެން މިސޮރު ފެންނާނެ ހެން ވެސް… ޕޮލިހަކަށް ވީމަ ވެސް ހީވި އެހެން ކަމެއްހެން ވިޔަ.. ދެން ހުންނާނި އަބަދުވެސް ބިޒީވެފަ…” މިފަހަރުވެސް ވާހަކަދައްކަން ފެށީ ސިމާލުއެވެ. އައިޒަން އާއި ދިމާއަށް އެކި ވައްތަރު ޖައްސަމުންނެވެ. އަދި މީހުން ލަދު […]
ބަލާކަށް ނުހުރެ އީޝަލް ގޮސް އެ ދޮރު ފޮތިގަނޑު ކަހާލިއެވެ. ނޫރާ އީޝަލް އަށް ބަލާލީ ޝުކުރުވެރި ނަޒަރަކުންނެވެ. އޭނާ އެ ދޮރުފޮތިގަނޑު ކަހާލަ ދޭން ކިތަންމެ ބޭނުންވިޔަސް ނޭނގޭ ބިރުވެރިކަމެއް އޭނާގެ ހިތުގެ ތެރޭގައި ވަށާލުމުން މުޅި މީހާ ފިނޑިވެ ހާސްވީއެވެ. އީޝަލް އައިކަން ނަސީބެކޭ ނޫރާގެ ހިތަށް އެރިއެވެ. ނޫން ނަމަ އޭނާގެ ދަރިފުޅަށް ވާނެ ގޮތެއްވެސް ނޭނގުނެވެ. ވަގުތުން ކަޅުހުއްތުބޭ ކައިރި ގޮސް މި ވާގޮތެއް ބަލަން ނޫރާ ގެ ކިތް އެދެމުން ދިޔައެވެ. ނަމަވެސް ދެ ނަމާދު ދޭތެރޭގައި ބޭރަށް ނިކުތުން ރަނގަޅު ނުވާނެތީ އިޝާގެ ފަހުން ދާން ނިންމިއެވެ. ދޮރުފަތިގަނޑު ކަހާލި ފަހުން ނޫރިޝްގެ ކިބައިން އެއްވެސް އާދަޔާ ޚިލާފު ކަމެއް ނުފެނެއެވެ. އޭގެ ބަދަލުގައި އޭނާ އޮތީ ވަރަށް ހަމަޖެހިލައިގެންނެވެ. ބޮޑު ކަމެއް ކުރިމަތިވެފައިވާ ކުއްޖެކޭ ފެންނަ މީހަކު ނުބުނާނެ އެވެ. އީޝަލް އާއި ދެމީހުން ސަކަރާތް ޖަހަން ތިބި މަންޒަރު ބަލަން ނޫރާ ހުރީ ހިނިތުންވެފައެވެ. އީޝަލްގެ ކައިރީގައި އިޝާ ނަމާދު ކޮށްލައިގެން ހޮސްޕިޓަލަށް އައިސް ދޭން ނޫރާ އެދިފައި އޮތުމުން އީޝަލް ތައްޔާރު ވަމުން ދިޔައީ ހޮސްޕިޓަލަށް ދާށެވެ. ކަކުލާ ހަމައަށް އަންނަ ރަތް ކުލައިގެ ގަމީހަކާއި އެކު އައިސް ބުލޫ ޖިންސެއް ލާ ނޭވީ ބްލޫ ކުލައިގެ ޝޯވލްއެއް އަޅައިގެން ހުރި އިރު ހީވަނީ ސާދަ ވިލޭރޭގެ ހަނދު ބިމަށް ފައިބައިފައި ހުރި ހެންނެވެ. އެހާވެސް އީޝަލް ފުރިހަމަ އެވެ. ހަރުގަނޑުން ކަޅުކުލައިގެ ހައިހީލްއެއް ނެގުމަށްފަހު އެއަށް އަރައިގެން އަވަސް ފިޔަވަޅު ތަކެއްގައި ހިނގައިގަތީ ހޮސްޕިޓަލާއި ދިމާލަށެވެ. ވޯޑަށް ވަދެގެން އައި އީޝަލް ފެނުމާއިއެކު ނޫރާ އިން ތަނުން ތެދުވެ އީޝަލް އަށް ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު ހިނގައިގަތީ އެތަނުން ނިކުންނާށެވެ. ” އީޝްއަށް އިނގޭތަ އީޝް އެގަޑީ ކާރޓެެއިން ކަހާލީމަ އޭތި ބުނީ އީޝް މަރާލާނަމޯ… އަހަރެން ވަރަށް ދެރަ ވާނެ އަހަރެންގެ ސަބަބުން އީޝް ދެރަ ގޮތެއްވެއްޖިއްޔާ… ” ނޫރާ ނިކުމެގެން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެ ދެރަވެފައިވާ މޫނަކާއިއެކު ނޫރިޝް ބުނެލިއެވެ. ” އެއްކަލަ ނޫ… އަހަންނަށް ކަމެއްވެއްޖެތަ… ދެންމެވެސް މިއައީ އެކަނި… ގަބުރުސްތާނު ކައިރިން ހިނގާލާފަ… ނުވެއެއްނު ކަމެއް… ނޫ މާ ބިރުން އުޅޭތީ އޭ އޭއްޗަށް ބިރު ދައްކަން ކެރެނީ… ތަންކޮޅެއް ކޫލް ކޮށް އުޅެބަލަ… އެއް އިރަކުވެސް ނޫ އަކީ ފިނޑި ކުއްޖެއް ނޫނެއްނު ދޯ… ދެން ނުވެސް ގުޅޭ ތިހެން ބިރުން އުޅެންޏަކާ… އަހަރެން ގޮތަށް އުޅެބަލަ… ” އީޝަލްގެ ބޭނުމަކަށް ވީ ނޫރިޝްގެ މޫޑު ރަނގަޅު ކޮށްލުމެވެ. އެކަން ވަރަށް ރަނގަޅު ކާމިޔާބުވެސް ވިއެވެ. ދެމީހުން ގަޔާ ވެފައި ސަކަރާތް ޖަހަމުން ދިޔައީ ކުޑަކުދިން ތަކެއް ފަދައިންނެވެ. ބިރުވެރި ފަޅު ގޮތަކަށް ބޭރުން ފެންނަން ހުރި ކަޅުހުއްތުބޭގެ ގެ ކަމަށްވާ ‘ މެޖިކަލް ވޯރލްޑް ‘ ގޭގެ ދޮރުން އެތެރެއަށް ވަންނަމުން ނޫރާ ސަލާމް ގޮވާލިއެވެ. އެތެރެއިން ސަލާމް ބަލައިގަތް އަޑު އިވުމުން ނޫރާ އެތެރެއަށް ދާން ހިނގައިގަތީ ހިތާ ހިތުން އެގޭގެ ރީތިކަމަށް ތައުރީފް ކުރަމުންނެވެ. ގޭގެ ބޭރުން ކިތަންމެ އާސާރީކޮށް ފެނުނު ނަމަވެސް އެތެރެ ހީވަނީ ހިންދީ ޑްރާމާ ތަކުގައި ފެންނަ ކަހަލަ ގެއެއް ހެންނެވެ. އެހާވެސް އެގެ ފުރިހަމަ ވެފައި ނަލަ އެވެ. ފުޅާ ދިގު ކޮރިޑޯއިން ހިންގާލާފައި ދާއިރު ކަނާތް ފަރާތުން ފެންނަން އޮތް މާ ބަގީޗާއިން އެ ދިރުމެއްނުވާ ގެއަށް ދިރުން ގެނެސްދީފައިވާ ފަދައެވެ. ކޮރިޑޯ ހުރަސްކޮށްފައި ގޮސް ކުރިމަތިން ފެންނަން ހުރި ދޮރުން އެތެރެއަށް ވަތް އިރު އެތާ ހުރި ތިން ސޯފާސެޓްގެ ތެރެއިން އެއް ސޯފާ ސެޓްގައި ނޫހެއް ހިފައިގެން ކަޅުހުއްތުބޭ އިނެވެ. ނޫރާ އަށް އެތެރެ އަށް ވަންނަން ނުކެރުމުން ދޮރުމަތީ ގައި ހުރެ އަނެއްކާ ވެސް ސަލާމް ގޮވާލިއެވެ. ”ވައަލައިކުމުއްސަލާމް” ސޯފާއިން ތެދުވަމުން ކަޅުހުއްތުބޭ އޭނާގެ އަތުގައި އޮތް ނޫހުން ނަޒަރު ވަކިކޮށް ދޮރާ ދިމާލަށް ބަލާލިއެވެ. ” އަނހަ… ކީއްކުރާ ކުއްޖެއް… އަވަހަށް ވަދޭ… ” ކިބުރުވެރި ކަމެއް ބޮޑާވެރި ކަމެއް ނެތް ހިތްހެޔޮ އަޑަކުން ކަޅުހުއްތުބޭ ބުންޏެވެ. ކިތަންމެ މުއްސަނދި ނަމަވެސް ބޮޑާވެރި ކަމެއް ނެތް މީހެއްކަން ނަސީބެކޭ ނޫރާގެ ހިތަށް އެރިއެވެ. އޭނާ ހީކުރީ މުއްސަނދި ވެއްޖިއްޔާ ކޮންމެ މީހަކީވެސް ވަރަށް ބޮޑާ ކިބުރުވެރި މީހެއް . ކަމަށެވެ. ނަމަވެސް އެއީ މުޅިން ތެދެއް ނޫން ކަން ކަޅުހުއްތުބޭ ޔަގީން ކޮށްދީފިއެވެ. ” އަނހަ ކޮން ކަމަކު އައި ކުއްޖެއް…”. ހިތްހެޔޮ އެކުވެރި އަޑަކުން ކަޅުހުއްތުބޭ އަހާލީ ހިނިތުންވުމަކާއި އެކުގަ އެވެ. ” އަޅުގަނޑު މިއައީ ކަޅުހުއްތުބޭ ކައިރީ ކަމަކު ކިޔަންވެގެން… ް ” ނުކެރިފައި ހުރި ގޮތަކަށް ނޫރާ ބުނެލިއެވެ. ” އަނެއްކާ ކިހިނެއް ވީ… ” ނޫރާގެ މޫނަށް ފަރުވާތެރި ކަމާއެކު ބަލަހަށްޓައިގެން ހުރެ ކަޅުހުއްތުބޭ އެހިއެވެ. ނޫރާގެ މޫނު މަތިން ފެނުނު ހާސްކަމުން އެކިޔަން އުޅެނީ ކުޑަ ކަމަކު ނޫންކަން ކަޅުހުއްތުބެއަށް އިނގުނެވެ. […]
ދުވަސްތައް ފާއިތުވަމުން ގޮސް މުބާރާތްތައް ފެށެން ދެދުވަހަށް ވެއްޖެއެވެ. ހުރިހާ ދަރިވަރުންވެސް ދިޔައީ ފަރިތަކުރުމަށް ލިބޭނެ އެންމެ ފަހު ދެދުވަހަށް ވުމުން ވަރަށް ފުރިހަމައަށް ފަރިތަކުރުން ކުރިއަށް ގެންދަމުންނެވެ. ހަމައެއާއެކު ކޮންމެ ހައުސްއަކުންވެސް ދަނީ ސަޕޯޓްކުރުމަށް ދިދަ އާއި ހަންފަދަ ތަކެތި ތައްޔާރުކޮށް ކުރިއާލާ ތައްޔާރުވަމުންނެވެ. ހަވީރުގެ ހިތްގައިމު ވަގުތުތައް ނިމި އިރު އޮއްސުމަކާއި ގާތްވަމުން ދަނީއެވެ. ޕްރެކްޓިސް ނިންމާލުމަށްފަހު ވަރުބަލި ފިލުވާލުމަށްޓަކައި އަތިރިމަތި ކައިރީގައި ހުރި ހޮޅުއަށީގައި މިންހާ އާއި އަޝްރާ ތިއްބެވެ. ދެކުދިންގެ ނަޒަރުވެސް […]
އެއީ ރޭގަނޑުގެ ވަގުތެއްކަމުން އެ ހަލަބޮލި މާލެ ވަނީ އެއްކޮށް ހަމަހިމޭންވެފައެވެ. މި ހަމަހިމޭން ވަގުތު ވާރޭގެ ފެންތިކިތައް މާލޭގެ މަގުތަކުގައި ފެންގަނޑުތައް ހައްދަމުން ދެއެވެ. އަހަރެން ބެލްކަނީގައި ވާރޭ ކުޅެމުންދާ އެ ހިއްގައިމު ގުދުރަތީ މަންޒަރުތައް ބަލަން ހުއްޓާ މީހަކު ގުޅިއެވެ. އާއެކެވެ. އެއީ އަހަރެންގެ އެންމެ ގާތް އެއް އެކުވެރިޔާއެވެ. އަހަރެން އަވަހަށް ސައިކަލައް އަރާ ދިޔައީ މާލޭގެ ފެން ބޮޑުވެފައިވާ މަގުމަތީ ވަރައް ބާރައް ދުއްވަމުންނެވެ. އޭރު އަހަރެންގެ މަންޒިލަކައްވީ ހޮސްޕިޓަލެވެ. އަހަރެންގެ […]
ކުރެވުނު އަވަހެއް ކޮށްގެން ހޮސްޕިޓަލަށް ނައްޓައިލީމެވެ. ޓްރެފިކް ލައިޓުވެސް އަހަރެން ލަސްކުރުވަން އުޅޭހެން ހީވެ ރުޅިއައެވެ. ފެހި ބޮކި ދިއްލުމާއިއެކު މަޑުކުރުމަކާއިނުލާ ދުއްވައިލީމެވެ. އަނެއް މަގުން އައި ސައިކަލުގައި ޖެހުނުއިރުވެސް ނޭންގުނެވެ. ސައިކަލު ކޮޅަށް ނެގުމަށްފަހު ތެދުވެ ބަލައިލިއިރު އަހަރެންގެ ދެލޯޯ ބޮޑުވިއެވެ. ކުރިމަތީ އޮތް ސައިކަލު ދަށުގައި އޮތީ މުޖާހިދެވެ. ތަންކޮޅެއް ދުރުގައި އޮތީ ރާއިންއެވެ. **************************************** ހޮސްޕިޓަލުގެ ސީލިންގަށް އަހަންނަށް ލޯ ހުޅުވައިލެވުނީ ފުރަތަމަ ފަހަރަކަށް ނޫނެވެ. ކައިރީގައި ހުރީ ދޮންބެއެވެ. އިނާޝް ފެނޭތޯ ބަލައިލީމެވެ. އޭނާއަށް އަދި ހަބަރު ނުލިބެނީ ކަންނޭންގެއެވެ. “ކީއްތިކުރީ؟ މަންމަ ކައިރިއަށް ހާލު ބަލަން އައި މީހާ ތިއޮތީ ހާލުގަ ޖެހިފަ.” ދޮންބެ ސަމާސާކޮށްލިއެވެ. ހޭ ހިތް […]
ދުވަހަކީ ވިއްސާރަ ދުވެހެކެވެ. ބޮޑު ތިކި މުތީތަކުގެ އަޑު ރީތި މިއުޒިކެއް ފަދައިން ފަޒާގައި ގުގުމަމުން ދިޔައެވެ. މާލޭގެ މަގުތަކުގައި ފެން ހެދިފައިވާއިރު ވައިރޯޅިތަކުގެ ބާރުމިނުގައި ގަސްތަށް ހެލެމުން ދިޔައެވެ. ކަޅު ބޯ ވިލާތަކުގެ ފަހަތުގައި އިރު ފަރުދާވުމުން އަޑުމަތިން ފެންނަމުންދަނީ އަނދިރިކަމެވެ. ބެލްކަނީގައި ހުރި ކުޑަ ކައުޗްގައި އަވްޔަން އިށީނދެލިއެވެ. އޭނާގެ ހުޑީ ބޮލުގައި އަޅާލަމުން ބެލްކަނިން ބޭރުން ފެންނަ މަންޒަރަށް ނަޒަރު ހިނގާލިއެވެ. ކުރިޔާ ޙިލާށް އޭނާގެ ހިތަށް އެ ވާރޭ މުތީތަކުން ހަމަޖެހުމެއް […]
ނޯޓް: މިވާހަކަ ޑިސެމްބަރު މަހުގެ މެދުތެރޭގައި ކިޔުންތެރިންނާ ހަމައަށް ގެނެސްދޭން މިދަނީ މަސައްކަތް ކުރަމުންނެވެ. އިރާދަކުރެއްވިއްޔާ ޑިސެމްބަރު 20 ހިސާބުގައި ޝާޢިއު ކުރެވެން ފެށޭނެއެވެ. (އިން ޝާ ﷲ). ކިޔުންތެރިން މިވާހަކައަށް އިންތިޒާރު ކުރާނެކަމަށް އުންމީދުކުރަމެވެ. ވާހަކައާއި ބެހޭ ކުރު ތަޢާރަފެއް ކޮމެންޓް ސެކްޝަންގައި ވާނެއެވެ. މުތާގެ އެހެނިހެން ވާހަކަތަކެކޭ އެއްފަދައިން މިވާހަކައަށް ވެސް ކިޔުންތެރިންގެ ތަރުހީބު ލިބޭނެކަމަށް އުންމީދުކުރަމެވެ.
ކޮންމެ ދުވަހެއްގެވެސް އިރުއަރައިގެން ގޮސް އިރުއޮއްސެނީ އެކި މީހުންގެ ހަޔާތުގައި އެކި ކުލަތަށް ޖައްސަމުންނެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެޔޭ ބުނާ އުސޫލު ކޮންމެ މީހަކުވެސް އަޑިގަނޑުތަކާ އުސްގަނޑުތަށް ގިރާކުރަމުން ދިޔައެވެ. ކޮންމެ މީހެއްވެސް ތަފާތުގޮތަކަށެވެ. ނުފޫޒުގަދަމީހުން ނިކަމެތިންގެ މައްޗަށް ބާރުވޯވަމުންދާއިރު އަމިއްލަ އެދުމުން ފޯވެފައި ތިބި މީހުން އެބައިމީހުންގެ އެދުންތަށް ފުއްދަމުން ގެންދިޔައެވެ. ދުވަސްތަށް މާޒީއާ އެކުވަމުން ދިޔައީ ހީވެސް ނުކުރާހާ ބާރުމިނުގައެވެ. އަލިޝްކާއާއި އަވްޔަން ހަތަރުދުވަސްވީއިރު އެދެމީހުންގެ ގުޅުމަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. […]